އަދުގެ ޚާއްސަ

Print

މީ ހަމަ އެ މާލެބާއޭ!

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢަބްދުﷲ ޞާދިޤު

މީހުންގެ މޫނުތައް އަލި، މީ ހަމަ އެ މާލެބާއޭ!
          ހީނހީނ މަޖާކުރަންތިބި   މީ ހަމަ އެ މާލެބާ އޭ!

މާ ހަމަހިމޭންކަމެއް އޮތް މާހައުލު ބިރުތަކެއް ނެތް
           ފާހަގަވި ވީ ކުރިން އޮތް މީ ހަމަ އެ  މާލެބާއޭ!

ވާހަކަފަށަން ބަލާއިރު، ވާޖެހިލުމެއް އެހާވަރު،
         ވާހަކަ ހެދުން އެހާވަރު، މީ ހަމަ އެ މާލެބާއޭ!

ބޭރަށް ނުކުންނަ އިރުގާ ހޭވަރިވެ މަގުބެލުމުގާ
         މޭގަނޑުތެޅޭ ފިކުރުގާ،   މީ ހަމަ އެ މާލެބާއޭ!

ޅަކުދިން އެ ތިބަ ގޮތެއްދޯ! އެ ކުރާ ޢަމަލުތަކެއްދޯ!
          ނުކުރާކަމެއް ނެތޭދޯ!   މީ ހަމަ އެ މާލެބާއޭ!

ފަޚުރެއް އަގެއް އެބޮތްބާ؟ އަޚުކަން ވަކިން އެބޮތްބާ؟
          އަޚުލާޤު ފަހެ ކޮބައިބާ؟    މީ ހަމަ އެ މާލެބާއޭ!

މުދަލުގެ ޙިމާޔަތެއް ނެތް، ގެދޮރުގެ އަމާންކަމެއް ނެތް
         މި ދެވޭތަނެއް އެނގެން ނެތް، މީ ހަމަ އެ މާލެބާއޭ!

އާ ބަޔަކުފަހެ އައީހޭ؟ އާ ބަސްމަގެއް އައީހޭ؟
             ނާ ސަބަބަކީ ކޮބައިހޭ؟ މީހަމަ އެ މާލެބާއޭ!

ި                  ނިމުނީ

ޢަބްދުﷲ ޞާދިޤު (2006). ފަތްތޫރަ (327) ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

އިދާރާ

އެނގޭތަ؟

ވާހަކަ