އަދުގެ ޚާއްސަ

ސިއްޙަތު

Print

ޙާޖީ ޢަބްދުއްރަޙުމާނާއި ކަދުރުއައްޔަގެ ހިބަރު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އެހެނިހެން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އައްޝައިޚުލްފަޤީހުލްޙާއްޖު ޢަބްދުއްރަޙުމާނުލްއަޒުހަރީ، މަޝްހޫރު ނަމުން ނަމަ، ޙާޖީ ޢަބްދުއްރަޙުމާނަކީ ވަރަށް ތަޤުވާވެރި ޒާހިދު ވަރަޢަވެރި ބޭފުޅެކެވެ. އޭނާއަކީ މިޞްރުގެ ޖާމިޢުލްއަޒުހަރުން ތަޢުލީމު ޙާޞިލުކުރައްވައި އެ ޔުނިވަރސިޓީއެއްގެ ފެކަލްޓީއެއްގެ ޑީންކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަތުލިޔުން ރީތިކަމުން ބޮޑުތަރުތީބު ޗާޕުކުރައްވާން ސަރުކާރުން ކޮޅުނބަށް ފޮނުއްވި ކާތިބެކެވެ. ތަޢުލީމަށް އޭރު ވެސް ހިތްޕުޅުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން، އެ މަސައްކަތް ނިމުނުން ލިބިވަޑައިގަތް ތިންސަތޭކަ ފަންސާހެއްހައި ރުފިޔާ ހިއްޕަވައިގެން އެގޮތްމިގޮތުން މިޞްރަށްވަޑައިގެން ޢާލަމީ ފާސް (މި ޒަމާނުގެ ގޮތަށް ނަމަ، މާސްޓަރސް) ޙާޞިލުކުރެއްވިއެވެ.

Print

އެސްވަޅުގެ ޙައްލަކީ ކޮބާ؟

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ އެހެނިހެން


އަޙުމަދު ރަޝީދު، ލ. ފޮނަދޫ
 
[އެސްވަޅު] "މިއުޅެނީ ފައިގައި އެސްވަޅެއް ޖަހައިގެން. ހާދަ ވަރަކަށޭ މި ތަދުވަނީ. މިގޭ މީހުންގެ ފައިގައި ވަރަށް ގިނައިން އެބަނަގާ. ބައެއް މީހުން ބުނޭ މިއީ ހަމުގެ ބައްޔެކޭ، ގައިން ގަޔަށް ވެސް އަރައޭ." މިއީ އަހަރެންގެ ރައްޓެއްސެއްގެ ގެއަށް ދިޔައިރު އަހަރެންގެ ރަޙްމަތްތެރިޔާ ފައިތިލައިގައި ވަޅިއަކުން ކޮށްޓަން އިންދައި ތިޔަ ކުރަނީ ކީއްހޭ އަހައިލުމުން ދިން ޖަވާބެކެވެ.
Print

ފޭރު: ދިވެހި ގޯތި ގެދޮރުން ފެންނަ، ޞިއްޙީ ފައިދާތައް ގިނަ މޭވާއެއް.

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސިއްޙަތު


ފާޠިމަތު ޝިފާ

ދިވެހިންގެ ގޯތި ގެދޮރުގައި ހައްދައި އުޅޭ މޭވާގެ ތެރޭން ފޭރަކީ ވަރަށް ފާހަގަ ކޮށްލެވޭ މޭވާ އެކެވެ. ރާއްޖެއެކޭ އެއްފަދައިން ދުނިޔޭގެ ގިނަ ސަރަހައްދުތަކެއްގައި  ފަސޭހަކަމާއެކު ހެދޭ މޭވާގެ ބާވަތެކެވެ. މެދުތެރޭ އެމެރިކާ އާއި އުތުރު އެމެރިކާގަ އެވެ. ކެރީބިއަން ސަރަހައްދާއި  އޭޝިޔާ ބައްރުގެ އެކި ކަންކޮޅުތަކުގަ އެވެ.
Print

ސިޙުރުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ސިޙުރު ޖެހުމުގެ ކުރިން އެއިން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ވެއެވެ. އެ ކަންތައްތަކަކީ:


1. މާތް ﷲ އަށް ވަކީލުކުރުން: އެކަލާނގެ ޙަޟުރަތަށް ވަކީލުކޮށްފި މީހެއްގެ މައްޗަށް އެކަލާނގެ ޢިނާޔަތްތެރިކަމާއި ރައްކާތެރިކަން ލައްވާނެއެވެ. (وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ) (އައްޠަލާޤު: 3) މާނައީ، "އަދި ﷲ އަށް ވަކީލުކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ."


2. ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިއުން. އެ ޒިކުރުތަކަކީ:

o އިޚުލާޞް، ފަލަޤި، ނާސް ތިން ސޫރަތް: ކީރިތި ރަސޫލާ (صلى الله عليه وسلم) ގެ ސުންނަތުގައި ވާރިދުވެފައިވަނީ، މިއިން ކޮންމެ ސޫރަތެއް، ހެނދުނު ތިންފަހަރު، ހަވީރު ތިންފަހަރު ކިޔެވުމަށެވެ.
Print

ހަކުރު ބައްޔާމެދު ފަރުވާތެރި ވަމާ!!

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސިއްޙަތު


އަލީ ނިޝާން
 
ހަކުރު ބަލި (Diabetes Mellitus) އަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު އިންތިޒާމްކޮށްދޭ އިންސޫލިން އުފެއްދުމަށް ހަށިގަނޑު ނުކުޅެދުމުން، ނުވަތަ އިންސޫލިން އަށް ހަށިގަނޑު އިޖާބަ ނުދިނުމުން ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގައި އުފެދޭ އުނިކަމެކެވެ. މާނަ އަކީ މިދެންނެވި ގޮތަށް އިންސޫލިން އުފައްދައި ނުދިނުމުން، ލޭގައިވާ ހަކުރުގެ މިންވަރު ނުވަތަ ގުލުކޯޒްގެ މިންވަރު މަތިވެގެން ގޮސް ހަކުރު ބަލި ކުރިމަތި ކުރުވަނީ އެވެ. ސަބަބަކީ އިންސޫލިން އަކީ ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށް އެއްހަމައެއްގައި ބަހައްޓައިދޭ ހޯމޯން އެވެ.
Print

ސިޙުރަކީ ކޮބާ؟ އަދި އެއިން ސަލާމަތްވާނީ ކިހިނެއް؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ޢަބްދުލްމުޢީދު ޙަސަން



ހުށަހެޅުން

މި ކުޑަކުޑަ ފޮތުގައިވާނީ، ސިޙުރަކީ ކޮބައިކަމާއި އެއިން ސަލާމަތްވާނެ ގޮތެވެ. ސިޙުރުގެ މާނައާއި އެއާމެދު ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ގޮތާއި އަދި މިޒަމާނުގެ ޢިލްމީ ތަޙުޤީޤުތަކުން އޮޅުން ފިލާފައިވާ ގޮތް މިފޮތުގައި ވާނެއެވެ. އޭގެ އިތުރުން، ސިޙުރުގެ ވައްތަރުތަކާއި އެއާމެދު އިހުގެ މަޝްހޫރު ޢިލްމުވެރިން ދެކެވަޑައިގެންފައިވާ ގޮތް ވެސް ހިމަނާފައިވާނެއެވެ. ހަމައެފަދައިން، ސިޙުރުވެރިން ކުރާ ނުބައި ކަންތައްތަކާއި އެބައިމީހުން ހަދާ މަކަރާއި ޙީލަތްތަކަށް ވެސް ބަލާލާފައި ވާނެއެވެ. ސިޙުރަކީ ކޮބައިކަމާއި އެއިން ސަލާމަތްވާނެ ގޮތް ދެނެވަޑައިގަތުމަށް ބޭނުންފުޅުނަމަ، މިފޮތް ވިދާޅުވުން ހުއްޓެވެ.

Print

ފަތްކެޔޮ:- ބޯނަސް ލިބޭ މޭވާއެއް!

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ސިއްޙަތު


''ސްޓްރޯކް  stroke ގެ ނުރައްކާތެރިކަން ކުޑަކުރުމުގެ ޤާބިލިއްޔަތު ލިބިފައިވާ މޭވާއެއް''


ޙުސައިން ޝާކިރު

ފަތްކޭލުގެ ދަނޑުވެރިކަމަކީ ބޯދާ ދުވަސްވީ ދަނޑުވެރިކަމެކެވެ. ފަތްކޭލުގެ ދަނޑުވެރިކަމަކީ މޫސުމީ ދަނޑުވެރިކަމެއް ނޫނެވެ. ފަތްކޭލުގެ 500 އަށްވުރެ ގިނަވައްތަރުވެ އެވެ. ފަތްކޭލުގެ ދަނޑުވެރިކަމަކީ އަހަރުގެ ހުރިހާ މޫސުމެއްގައި ވެސް ކުރެވޭ އަދި މޭވާ ލިބޭ ފައިދާހުރި ދަނޑުވެރިކަމެކެވެ. އިންޑިއާގައި 4000 އަހަރުކުރިން ވެސް ފަތްކޭލުގެ ދަނޑުވެރިކަން ކުރާކަމަށް ވެ އެވެ. މިހާރުވެސް އެންމެ ގިނައިން ފަތްކެޔޮ ހައްދާ ޤައުމަކީ އިންޑިއާ އެވެ.
Print

ޤުދުރަތީ ފަރުވާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސިއްޙަތު


އަނީސް މަންޞޫރު

މިޒަމާނުގައި ފަސްތަރީގެ ހަސްފަތާލު ވެ އެވެ. އަދި ހަތްތަރީގެ ހަސްފަތާލު ވެސް ވެ އެވެ. ނަމަވެސް ދަންނަވަން މިއުޅެނީ، އެންމެ ތަރިއެއްވެސް ނެތް ހަސްފަތާލެއްގެ ވާހަކަ އެވެ. އެ ހަސްފަތާލުގެ އެނދެއްގައި ބަލި މީހަކު އޮތެވެ. އޭނާ އޮތީ އަޅާ ވޭނެއްގެ ބޮޑުކަމުން އަޑުއަޑުން ގޮވަގޮވަ އެވެ. ބައެއް ފަހަރު އޭނާއަށް ރޮވެ އެވެ. ނަމަވެސް ފަރުވާއެއް ދިނުމަށް ހަސްފަތާލުގެ މީހަކު އޭނާގެ ގާތަކަށް ނާންނާނެ އެވެ. އޭނާ ބާއްވާފައި އޮތް ޖަގަހައިގެ ދޮރު ވަނީ ލައްޕާލާފަ އެވެ. އިރު އަރަންދެން އޭނާ އޮންނަން ޖެހޭނީ
Print

ފަޅޯ: މޮޅު ފަރުވާއެއް

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ސިއްޙަތު


ޙުސައިން ޝާކިރު

ފަޅޮލަކީ  ރާއްޖޭގައި ޢާންމުކޮށް ހެދޭ މީރު ފޮނި މޭވާއެކެވެ. ޅަ ނޫނީ ގިތިކޮށްހުއްޓައާއި ދޮންވެ ފައްކާވުމުން ކާންބޭނުން ކުރެވޭ މޭވާއެކެވެ. ޅަ ފަޅޯ ތަރުކާރީގެ ގޮތުގައި ރިހަކެއްކުމަށާއި ބަތްކައްކާއިރު ހަނޑުލާ އެއްކުރުމަށާއި އަދި ސަޓަނިހެދުމަށް ދިވެހިން ބޭނުންކުރެއެވެ.
Print

ފައިސާ ... ބަލީގެ ހާއްޔެއް

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ސިއްޙަތު

އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ

ކަރުދާހު ނޫޓަކީ ބިރުވެރި ނުރައްކާތެރި އެއްޗެކޭ ދަންނަވައިފިނަމަ، އެއީ މޮޔަގޮވުމެކޭ ވިދާޅުވާނެ ބޭފުޅުން  ތިއްބަވާނެކަން ކަށަވަރެވެ. ފައިސާއަކީ އަގުހުރި އެއްޗަކަށް ވާއިރު، އަދި  މި ކަރުދާސްކޮޅު ހޯދަން އެންމެން މަސައްކަތްކުރާ އިރު އެއީ ބިރުވެރިއެއްޗެކޭ ބުނަން ހެޔޮވާނެހެއްޔެވެ؟ އެއީ ނުރައްކާތެރި އެއްޗެކޭ ބުނަންކެރޭނެ ހެއްޔެވެ؟
Print

ހަތަރު ދުވަހުގެ ކުއްޖެއްގެ ބަނޑުތެރޭގައި ތިން ކުދިން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސިއްޙަތު


ޢަބްދުލްމުޢީދު ޙަސަން


އެ ތިންކުދިން އޮތީ، ޢުމުރުން އެންމެ ހަތަރު ދުވަސްވީ ފިރިހެން ކުޑަކުއްޖެއްގެ ބަނޑުތެރޭގަ އެވެ. އެ ކުއްޖާގެ ބަނޑުތެރޭން އެ ތިންކުދިން ނެރުނީ ޖޯޑްންގެ ޑަކުޓަރުންގެ ޓީމަކުންނެވެ. އެޓީމުން ހާމަކުރި ގޮތުގައި އެއީ ކާމިޔާބު އޮޕަރޭޝަނެކެވެ. އެ ޓީމުގައި އިސްކޮށް ހުންނެވި ޑރ. ނާޖިޙު ވިދާޅުވީ، އޭގެ ތެރެއިން ފުރަތަމަ ކުއްޖާ އޮތީ
Print

އެއްމާބަނޑު 5 ކުދިންގެ ސިއްރަކީ ބޭހެކެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސިއްޙަތު


ޢަބްދުލްމުޢީދު ޙަސަން


ސަޢޫދީ ޢަރަބިއްޔާގައި ދިރިއުޅޭ ޔަމަނުކަރައިގެ އަންހެނަކު، އެއްމާބަނޑު 5 ކުދިން ވިހައިފި އެވެ. އެއީ ދެ އަންހެން ކުދިންނާއި ތިން ފިރިހެން ކުދިންނެވެ. ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ހޮސްޕިޓަލެއްގައި އެ ފަސް ކުދިން ދުނިޔޭގެ އަލިކަން ދުށީ، ސިޒޭރިއަނަކަށްފަހުގަ އެވެ. ދޮޅުގަނޑިއެއް ހައިއިރު ހޭދަވި އެ ސިޒޭރިއަން ހެދުމުގައި އިސްވެ ހުންނެވީ، ޑރ. މުޙައްމަދު ބިން ޙަސަނެވެ. އޭނާ ވިދާޅުވާ ގޮތުގައި، ފަސްކުދިންނާއި އެ ކުދިންގެ މަންމަގެ ޙާލު ރަނގަޅެވެ. ކުދިންގެ ބަރުދަން ހުރީ، 800 ގްރާމާއި 900 ގްރާމާ ދެމެދުގަ އެވެ. އެކުދިންގެ ހެދިބޮޑުވުން ފުރިހަމަވުމަށްޓަކައި ދެމަސް ދުވަހުގެ މުއްދަތަށް ހޮސްޕިޓަލުން ޚާއްޞަ ފަރުވާ ދޭންޖެހެ އެވެ.
Print

ހަތަރު އަތާއި ހަތަރު ފައި ހުރި ކުއްޖާގެ އެހާރާއި މިހާރު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސިއްޙަތު


ޢަބްދުލްމުޢީދު ޙަސަން


އެއީ އިންޑިއާގެ ފަޤީރު އަވަށަކަށް އުފަންވި އަންހެން ކުއްޖެކެވެ. އުފަންވި އިރު އެކުއްޖާގެ ހަށިގަނޑުގައި ހަތަރު އަތާއި ހަތަރު ފައި ހުއްޓެވެ. އެކުއްޖާގެ މި ޙާލަތު، ނަހަމަ ގޮތުގައި ބޭނުންކުރުމަށް ބައެއް ފަރާތަކުން މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ، ޗަރުކޭސް ކުޅޭ ބަޔަކު އެކުއްޖާ ގަންނަން އުޅުނު ކަމެވެ. އަދި އެކުއްޖާއަކީ ކަލާނގެ ވަންތަ ކުއްޖެއް ކަމަށް ވެސް ބައެއް މީހުން ބުނެއުޅުނެވެ. ކޮންމެއަކަސް އެކުއްޖާގެ މަންމައާއި ބައްޕަގެ ފަޤީރު ކަމާއެކު ވެސް، ނަހަމަ ގޮތުގައި އެކުއްޖާގެ ބޭނުންކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް އެ ދެ މީހުންނަކު ނުދިނެވެ.
Print

ހެނދުނުގެ ނާސްތާ ސްކޫލް ކުދިންނަށް ވަރަށް މުހިންމު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސިއްޙަތު


މުޙަންމަދު ޢަބްދުއްޞަމަދު
 
ދުވަހުގެ އެންމެ މުހިންމު ކެއުމަކީ ހެނދުނުގެ ނާސްތާކަން އެނގިވަޑައިގަންނަވަނީ ކިތައް ބެލެނިވެރިނަށްތޯ އެވެ؟ ހަށިގަނޑަށް ފައިދާހުރި ކާނާއެއް ހެނދުނުގެ ނާސްތާއަށް ބޭނުންކުރުމަކީ މުޅި ދުވަހުގެ ހަރަކާތްތައް ރަގަޅަށް ފެށުމަށް ލިބޭ ބާރެކެވެ. ނަމަވެސް ހެނދުނުގެ ނާސްތާއަށް ސަމާލުކަމެއް ނުދެވެއެވެ. ބޮޑެތި މީހުންނާއި ސްކޫލްކުދިންނާއި ބެލެނިވެރިން ވެސް ހެނދުނު ސައި ދޫކޮށްލުން އާދަކޮށްފި އެވެ. ނަމަވެސް ދަރިވަރުންނަށް ހެނދުނު ރަނގަޅު ނާސްތާއެއް ދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ.
Print

ބޭސްކެއުމަށް ހަނދާންކޮށްދޭ އާ ޖިހާޒެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސިއްޙަތު


ޢަބްދުލްމުޢީދު ޙަސަން


އެ ޖިހާޒު އީޖާދުކުރީ، ސުޢޫދީ ޢަރަބިއްޔާގެ ޖާމިޢަތު ތަބޫކު (ތަބޫކު ޔުނިވަރސިޓީ) ގެ އަންހެން ދަރިވަރެކެވެ. އޭނާގެ ނަމަކީ، ވުޖުދާނުއް ސުފުޔާނީ އެވެ. އޭނާ އުފެއްދި ޖިހާޒު ނުވަތަ އާލަތަކީ، ބޭސް ކެއުމަށް އެހީތެރިވެދޭ އެއްޗެކެވެ. ޚާއްޞަކޮށް، ޢުމުރުން ދުވަސްވެފައިވާ މީހުންނާއި، ލިޔަން ކިޔަން ނުދަންނަ މީހުންނާއި، ހަނދާންނެތޭ މީހުންނަށް، އެއީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ބޭސް ކާންޖެހޭ ވަގުތާއި، ކާންވީ މިންވަރު، އެއިން އަންގައިދެނީ، އަޑާއި މަންޒަރާއެކުގަ އެވެ. ބަލިމީހާއާ ބެހޭ މަޢުލޫމާތާއި، އޭނާ ކުރިން ބޭނުންކޮށްފައިވާ ބޭސްތަކާއި، މިހާރު ބޭނުންކުރަމުން ގެންދާ ބޭސްތަކުގެ މަޢުލޫމާތު، އޭގައި ޚަޒާނާކުރެވިދާނެ އެވެ. ޑަކުޓަރަށް ދާ ދުވަސްތަކުގެ ތާރީޚާއި ކުރެވޭ ބޭސްފަރުވާގެ ތަފުޞީލުތައް ވެސް އޭގައި ރައްކާކުރެވިދާނެ އެވެ.
Print

ހަކުރުބަލި

ޝާޢިއުކުރީ ޢަބްދުލްޙަކީމު ޙުސައިން މަނިކު . ހިމެނޭބަޔަކީ ސިއްޙަތު



ޢަބްދުލްޙަކީމު ޙުސައިން މަނިކު

ހަކުރުބަލި ބުނީ ޢަބްދުލްޙަކީމު ޙުސައިން މަނިކާ ބައްދަލުވޭތޯ އުޅެންފަށައިފީމެވެ. މާލޭގެ ވަރަށް ގިނަ ބަޔަކު އަތުލައިގެންފީމެވެ. އަދި ރާއްޖެތެރޭގެ ވަރަށް ގިނަ ބަޔަކު އަތުލައިގެންފީމެވެ. އެމީހުންގެ ލަބްލަބާއާއި، ކިޑްނީއަށް ވަދެގެންފީމެވެ. އޭގެތެރޭގައި ސާޅީސް އަހަރަށްވުރެ އުމުރުން ހަގު ގިނަބަޔަކު ހިމެނުނެވެ. އޭގެ ދޮށީމީހުން ވެސް ހިމެނުނެވެ. ވަރަށް ގިނަބަޔަކަށް އަހަރެންނާއި، އެއްބައެއް ނުވެވުނެވެ. އަހަރެންގެ ނަސޭހަތެއް ގަބޫލެއް ނުކުރެވުނެވެ.
Print

އޫރު ރޯގާ- 21 ވަނަ ގަރުނުގެ ބޮޑު ރޯގާއަށް ވެދާނެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސިއްޙަތު


 މުޙަންމަދު ޢަބްދުއްޞަމަދު /ހއ.އިހަވަންދޫ
 
ދުނިޔޭގައި ދިރިއުޅޭ ތަފާތު ދިރޭ ތަކެތީގެ އާބާދާގައި ތަފާތު ބަލިތައް ފެތުރެއެވެ. އިންސާނުންނާއި ޖަނަވާރުންގެ ތެރޭގައެވެ. ގަސްގަހާގެއްސާއި ދޫނި ސުފާ ސޫފީގެ ތެރޭގައެވެ. ދޫނި ރޯގާގެ ބިރުވެރިކަމަށް ފަހު މިހާރު ކުރިމަތިވެފައި މިވަނީ ސްވައިން ފްލޫ ނުވަތަ އޫރު ރޯގާ އެވެ. މި ރޯގާއަކީ އޫރުގެ އާބާދީ ތެރޭގައި ފެތުރޭ ބައްޔެކެވެ. މިބަލި ޖެހެނީ އޫރުގެ ނޭވާލުމުގެ ނިޒާމަށެވެ. މިއީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މިބަލި ޖައްސާ ވައިރަހަށް  ކިޔަނީ " އިންފުލުއެންޒާ ވައިރަސް އޭ " އެވެ. އިންފުލުއެންޒާ ވައިރަސް ޖެހެނީ ދިރޭތަކެތީގެ އެއް ވައްތަރަށެވެ. އެހެނީ، އިންސާނުންނާއި އޫރާއި ، ދޫންޏަށް ޖެހޭ އިންފުލުއެންޒާ ވައިރަސް ތަފާތު ވާނެއެވެ. އެހެން ނަމަވެސް ، ބައެއް ފަހަރު ވައިރަސް ދިރޭ ތަކެތީގެ ގިނަ ވައްތަރުތަކަށް ޖެހިދާނެއެވެ. މިސާލަކަށް ބައެއް ފަހަރު  އޫރަށް ބަލިޖެހެނީ ، ހަމައެކަނި އޫރަށް ބަލިޖައްސާ ވައިރަހުން ނެވެ. އެކަމަކު، އިންސާނުންނާއި ދޫންޏަށް ބަލިޖައްސާ ވައިރަހުން ވެސް އޫރަ ބަލިޖެހިދާނެ އެވެ.
Print

ހިމަބިހި: މައިންނާއި ޅަދަރިންނަށް ހުރި ބޮޑު ބިރެއް

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ސިއްޙަތު


ޝާކިރު

ހިމަބިއްސަކީ ޢާންމުކޮށް ޖާރމެން މީސެލްސް ގެ ނަމުން އެނގި ދެނެވިވާ ރުބެއްލާ ވައިރަސް އިން ޖައްސާ ބަލިމަޑުކަމެކެވެ. މިނަން އައިސްފައިވަނީ ލެޓިން އިންނެވެ. މާނައަކީ 'ކުޑަ ރަތް' އެވެ. ޖާރމަން މީސެލްސް މިބައްޔަށް ކިޔަނީ މިބަލި ފުރަތަމަ ހޯދާފައިވަނީ އަށާރަވަނަ ގަރުނުގެ މެދުތެރޭގައި ޖާރމަންގެ ފިޒިޝަނެއް ވީމައެވެ. ފްރެޑްރިކް ހޮފްމަން  Friedrich Hoffmann 1740 ގައި ފުރަތަމަ ފަހަރަށް ކުލިނިކަލީ ރުބެލްލާ ތަޢާރަފުކުރިއެވެ. އަދި ޑި ބަރގެންde Bergen  1814 ވަނަ އެކަން ކަށަވަރު ކުރިއެވެ. އަދި 1758 ވަނަ އަހަރު އޯރލޯOrlow  މިކަން ކަށަވަރުކޮށްދިނެވެ.
Print

ކުލާހަށް ކަރުބޮލަކު އެޅުން

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ސިއްޙަތު


ކުލާހަށް ކަރުބޮލަކު އެޅުން -– ކިހާ ނުރައްކާތެރިކަމެއްބާ؟


އަޙަމަދު ރަޝީދު   އެސްޖެހިގެ    ލ. ފޮނަދޫ
   
ސްކޫލުގެ އޮފީސްތެރޭގައި ޕީ.ޓީ.އޭ އިން ނެރޭ ފާރުނޫސް ފައިނަލް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ފާޑެއްގެ ވަހެއް އައިސް ނޯށުގެ ހިނދުރީތެރެއަށް ވަންނަން ފެށިއެވެ. ޖެހުނު ވަހުގެ ގަދަ ކަމާއި ޒަވިކަމުން މުޅި ހަށިގަނޑަށް އެނގުން ވެގެން ދިޔައެވެ. ބޮލަށް އެނބުރުން އަރާކަހަލަ ގޮތްތަކެއްވެސް ވިއެވެ. އިރުކޮޅެއްފަހުން މުދައްރިސަކު އޮފީހަށް ދުރުވެ މައްސަލަ ހުށަހަޅުއްވައިފި އެވެ. އެ މުދައްރިސު ހުންނެވި ކުލާހަށް ކަރުބޮލަކު އެޅީއެވެ. މިކަމެއް ކުރީ ކޮން ކުއްޖެއް ނުވަތަ ކުދިންތަކެއްކަން ނޭނގުނު ނަމަވެސް މުޅި އެ ހިސާބުގަނޑު އެއްވަސްވެފައިވަނީ ކަރުބޮލަކުގެ ވަހުންނެވެ.
Print

އޫރު ރޯގާ: 11 މެއި 2009

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސިއްޙަތު


ޢަބްދުލްމުޢީދު ޙަސަން


ތާރީޚު: 11 މެއި 2009 މ. ގަޑި: 6:00 ޖީއެމްޓީ

މިހާރު، 31 ޤައުމެއްގައި އޫރު ރޯގާ ފެތުރިފައިވާ ކަން، ރަސްމީ ގޮތުން އެ ޤައުމުތަކުން ވަނީ އަންގާފައެވެ. އެ ޤައުމުތަކުގައި މިހާރު އޫރު ރޯގާ ޖެހިފައިވާ މީހުންގެ ޖުމްލައަކީ، 4684 އެވެ.


1. މެކްސިކޯ ގައި 1626 މީހުނަށް އޫރު ރޯގާ ޖެހިފައިވާކަމަށް ތަޙުލީލުތަކުން ދައްކައެވެ. އޭގެ ތެރެއިން 48 މީހުން ވަނީ މަރުވެފައެވެ.


2. ޔޫއެސްއޭ ގައި 2532 މީހުނަށް އޫރު ރޯގާ ޖެހިފައިވާކަމަށް ތަޙުލީލުތަކުން ދައްކައެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފައެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ