އަދުގެ ޚާއްސަ

ދިވެހި

Print

ޞޯދުގެ ކޮނޑުހުޅު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސަމާސާ އަދަބު

ޢަބްދުﷲ ނަޢީމު އިބްރާހީމް

ޞޯދަކީ އަޅުގަނޑުގެ ދިވެހި މުދައްރިސެވެ. ޞޯދު ފިޔަވައި ދިވެހިބަހުގެ އެއްވެސް ހަމައެއް، ލިޔުމުގެ އެއްވެސް އުޞޫލެއް އަޅުގަނޑަށް ކިޔައިދިން އެއްވެސް މީހަކު ނުހުންނާނެއެވެ. އެހެންވީމާ އަޅުގަނޑުގެ ދިވެހި މުދައްރިސަކީ ހަމައެކަނި ޞޯދެވެ. ޞޯދޭ މި ދަންނަވަނީ މުލީ ޢަބްދުﷲ ޞާދިޤުގެ ވާހަކައެވެ.

ޞޯދަކީ ސަމާސާ އަދަބުގައި ވަރަށް ކުރީގައި އުޅުއްވާ ބޭކަލެކެވެ. އަޅުގަނޑަށް ފާހަގަ ކުރެވުނު ގޮތުގައި އޭނާ ލިޔުއްވާ ސީރިއަސް ލިޔުންތަކުގައި ވެސް ކޮންމެވެސް ވަރަކަށް ހެއްވާ ގޮތް ހުރެއެވެ. އޭނާގެ ވާހަކައިގައިވެސް ހަމަ އެ ހެއްވާ އަސަރު ހުރެއެވެ. އެއީވެސް ޤުދުރަތުން ބައެއް މީހުންނަށް ދެއްވާ ހުނަރެކެވެ.

Print

[ތިމާވެށި] އުފެއްދެވީ ކޮން ބޭފުޅެއް؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތިމާވެށި

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއަދަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. 1974 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޖޫންމަހު 5 ވަނަ ދުވަސް ފާހަގަކުރަނީ [ދުނިޔޭގެ ތިމާވެށީގެ ދުވަސް]ކަމުގައެވެ. މި ދުވަސް އދ. ގެ އާންމު މަޖިލީހުން ކަނޑައެޅީ 1972 ގައި ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގައި [އިންސާނީ ތިމާވެށީ]ގެ މައްޗަށް މަޝްވަރާކުރާން ބޭއްވި ސިންތާގެ ފުރަތަމަ ދުވަސް އެއީ އެ ދުވަސް ކަމަށް ބަލައިގެންނެވެ. މި ދުވަސް ފާހަކަކުރާން ކަނޑައެޅި ސަބަބަކީ ދުނިޔެއަށް، އަދި (އިންސާނުންގެ ފުށުން ނަމަވެސް) މުޅި ދުނިޔޭގެ ވެއްޓަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ ސަބަބުންނެވެ. އެ ކަންކަމުގެ މައްޗަށް މީހުންގެ މެދުގައި ހޭލުންތެރިކަން އުފައްދައި އެ ހޭލުންތެރިކަން ދަމަހައްޓައި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރާން ބާރު އެޅުމުގެ ގޮތުންނެވެ.

Print

ލާމަސީލު އުސްތާޛު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު

ކައުޘަރު އަޙްމަދު ލަޠީފް

އާދަމް ޒާހިރު 2017 ވަނަ އަހަރު ޖަމާޢަތުގެ ޚަބަރުގައި ލިޔުއްވާފައިވާ ގޮތުގައި މުދައްރިސުންންގެ ވާޖިބާއި މަސައްކަތަކީ އަގުނުކުރެވޭ ގައުމީ މަސައްކަތެކެވެ. މުދައްރިސުންނަކީ ގައުމެއްގެ ދިރުމާއި އެގައުމުގެ ދަރިން ހެދި ފޯދުމުގެ މޭސްތިރިންނެވެ. ކިހާބޮޑު ތެދުފުޅެއް ތޯއެވެ. ތަޢުލީމީ ދާއިރާ ނުވަތަ އުނގަންނައިދިނުމާއި ތަރުބިއްޔަތު ކުރުމުގެ ދާއިރާގައި މަސައްކަތްކުރުމަކީ ހަމަ ހަގީގަތުގައި ވެސް ބުރަ ޒިންމާދާރު އަބުރުވެރި ކަމެކެވެ. ސަބަބުތައް ގިނަގުނައެވެ. އަޅުގަނޑަށް ވެސް އުނގަންނައިދިނުމުގައި ގާތްގަނޑަކަށް ހައެއްކަ އަހަރު ހޭދަކުރުމުގެ ފުރުސަތު ލިބިފައިވެއެވެ. އެހެން ނަމަވެސް ދަންނަވަންތޯއެވެ. މިދާއިރާގައި މަސައްކަތްކުރާ ކޮންމެ މީހަކީ އަދި ކާމިޔާބު މީހަކަށް ނުވެދާނެއެވެ. ކޮންމެ ކަމެއްގެ ވެސް ކާމިޔާބު ފެށޭ ހިސާބު ކަމަށް އަޅުގަނޑު ގަބޫލުކުރާ ހިސާބަކީ، ކުރަން އުޅޭ ކަމަކާމެދު ހިތުގައި ވަރުގަދަ ލޯތްބެއް އުފެދޭ ހިސާބެވެ. ދައްކާން މިއުޅޭ ވާހަކައަކީ އަޅުގަނޑަށް އުނގަންނަވައިދެއްވި އަޅުގަނޑުގެ ލާމަސީލު އުސްތާޛެއްގެ ވާހަކައެވެ. 

Print

ދިވެހި އާދަކާދައިން ފަންޑިތަ ބަހުރުވައިގެ ރައިވަރުކޮޅަކާއި ޅެމެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އާދަކާދަ

 

ޢަބްދުﷲ ރަޝީދު މ. ލިނެޓް

މި ރައިވަރު ތަކުގައިވަނީ ފަންޑިތައެއް ނޫނެވެ. ނަމަވެސް، އިހުޒަމާހުގައި ފަންޑިތަ ހަދައި އުޅުނު ބާވަތްތަކުގެ މައްޗަށް ރައިވަރުން ފެންނާން ހުރި ރައިވަރުތަކަށް ނަޒަރުކޮށް، އެ އާދަކާދައިގެ ބާވަތްތައް މުނާސަބު ގޮތެއްގައި ރައިވަރުން ފެންނާން ހުރުމުގެ ބޭނުންތެރިކަން ތަޢުލީމީ ދާއިރާގެ ދަރިވަރުންނަށް ބޭނުންވާތީ އެކަމަށް މަގުފަހިކޮށް ދިނުމުގެ ބޭނުމުގައި އަޅުގަނޑު ލިޔުނު 10 ރައިވަރެވެ.

Print

އެންމެ އަގުހުރި ބަޔަކީ ދެ ފުށް ދެގޮތް މީހުންނެވެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

އެއްދުވަހު އޮފީހުގެ މެނޭޖަރު އޭނަގެ މުވައްޒިފުން އިމްތިހާނުކޮށްލަން ބޭނުންވިއެވެ. ދެން ހުރިހާ މުވައްޒިފުން މަޝްވަރާކުރާ ކޮޓަރިއަށް ގެނެސް އެއްކުރިއެވެ. އަދި އެންމެންގެ ކުރިމައްޗަށް ސުވާލެއް ހުށަހެޅިއެވެ. "ދޭކާ ދޭކާ އެއްކުރީމަ ވާނީ ފަހެކެވެ! މި ޖަވާބު ރަަނގަޅު ހެއްޔެވެ؟" މެނޭޖަރު ސުވާލުކުރިއެވެ.

އެކަކު ބުންޏެވެ. ދޭކާ ދޭކާ އެއްކުރީމަވާނީ ހަމަ ފަހެކެވެ.

Print

އިބިލީހުގެ ހަކުރުތިކި

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ޢަބްދުﷲ ޞާދިޤު (ނޢޢވ)

ތެދުތެދަށް ދަންނަވާ ނަމަ، އަޅުގަނޑުމެން އެންމެން ވެސް އިބިލީސްދެކެ ރުޅި އަންނަމުއެވެ. އިބިލީހަށް ނަފުރަތު ކުރަމުއެވެ. އެއީ އެ ސޮރުގެ ކަމަކީ އަޅުގަނޑުމެންގެ މެދުގައި ހުރިހައި ނުބައިކަމެއް އުފެއްދުން ކަމަށް ވާތީއެވެ. ރަނގަޅު މީހުންނަށް މަގު އޮޅުވައިލާތީއެވެ. 

މީގެ ދުވަސްކޮޅެއް ކުރީން ރައްޓެއްސަކު ދެއްކި ވާހަކައެއްގައި ކޮންމެ ވެސް ކަމަކަށް މިސާލުޖަހަމުން އޭނާ ބުންޏެވެ. އެއީ ހަމަ އިބިލީހުގެ ހަކުރު ތިއްކެކޭ އެއްވެސް ތަފާތެއް ހުރި ކަމެއްނޫނެވެ. ދެން އޭނާ ކިޔައިދިނީ، ޒަމާނުއްސުރެ ތުންތުންމަތީން ކިޔެމުން އަންނަ ފުލޯކީ ވާހަކައެކެވެ. އެ ވާހަކަ އަޅުގަނޑަށް ވަރަށް ކަމުދިޔައެވެ. 

Print

ކުޑަކުދީންގެ ވާހަކަ(10): ވާހަކަ ގިނަ ވަލީދުގެ ބަސް ހުއްޓުނު ގޮތް

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވާހަކަ

 

ސާދުނާ ޢަބްދުލްކަރީމް

ވެލާވަރަކީ ވަރަށް ގިނައިން ވެލާ އަރާ ރަށެކެވެ. އެ ރަށް ލިޔުއްވައިގެން އުޅެނީ ވަންދޫ ވާރުގޭ ވަސީމެވެ. ވަސީމުގެ ފަރާތުން އެރަށް ބަލަހައްޓަނީ ވަންދޫ ވާހަކަ ގިނަ ވަލީދެވެ.

ވަރަށް ވިއްސާރަ ދުވަހެކެވެ.  ވަންދޫ  ވާހަކަ ގިނަ ވަލީދު ވާރޭތެރޭގައި ވިއްސާރަ ކޯޓެއް ލައިގެން ވެލާވަރަށް ދާންފުރިއެވެ. އޭރު ވިދައި ގުގުރަމުން ދިޔައެވެ. ނަމަވެސް އޭނާއަކީ ވަރަށް ވިސްނުން ތޫނު މީހެކެވެ. 

ވަލީދަށް ވެލާވަރަށް ދެވުނު އިރު ބޯކޮށް ވެހެމުން ދިޔަ ވާރޭ ތުނިކޮށްލައިފިއެވެ. އޭނާ އެންމެ ފުރަތަމަ ވެސް ބެލީ  ވެލާވަރުގެ ގޮނޑުދޮށުން ރަށްވަށައި  ހިނގައިލުމަށެވެ. ރަށް ވަށައި ބުރެއް ޖެހުމުގެ ބޭނުމަކީ  ވޭތުވެ ދިޔަ ރޭ ވެލާވަރަށް ވެލައެއް އެރިތޯ ބެލުމެވެ. 

Print

"އަތުކުށް" (2)

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ދިވެހި

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށުއަޒީ)

އޮންލައިން ނޫސްތަކުން ފެންނަ ބައެއް ކުށްތަކާއި އެ ކުށްތައް ރަނގަޅުކުރާނެ ގޮތާއި އެ ކުށް، ކުށަކަށް ވީ ގޮތުގެ މައްޗަށް އަޅުގަނޑު ސިލްސިލާ ގޮތެއްގައި ލިޔަމުން މިގެންދާ ލިޔުމުގައި މިއަދު ބަލައިލާނީ ނޫހެއްގައި އޮތް އެންމެ ސުރުޚީއެއްގެ މައްޗަށެވެ. މި ސިލްސިލާގެ ބޭނުމަކީ ނޫހުގައި ލިޔުއްވާ ޒުވާން ކުދީން ގަވާއިދަށް އަހުލުވެރިކުރުވުން ކަމަށް ވާތީ، ކުށް ޢިބާރާތް ނަކަލުކުރީ ކޮން ނޫހަކުން ކަމެއް ބަޔާނެއް ނުކުރާނަމެވެ. ނަމަވެސް އެ ދުވަހެއްގައި ފާހަގަކުރެވުނު ކުށް ޢިބާރާތް ލިޔެ، އެ ޢިބާރާތުގެ ރަނގަޅު ގޮތް، ސަބަބާއެކު ބަޔާންކުރުމަކީ އަޅުގަނޑުގެ ހަގީގީ ބޭނުމެވެ. މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން ލިޔުންތައް އިޞްލާޙުކުރައްވާން ހުރިހާ ބޭފުޅުން ވެސް މަސައްކަތްޕުޅު ކުރެއްވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި އިލްތިމާސެކެވެ.

Print

"އަތުކުށް" (3)

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ދިވެހި

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށުއަޒީ)

އަޅުގަނޑު ސިލްސިލާ ގޮތެއްގައި ލިޔަމުން މި ގެންދާ ލިޔުމުގައި މިއަދު ބަލައިލާނީ ނޫހެއްގައި އޮތް އެންމެ ޖުމުލައެއްގެ މައްޗަށެވެ. އަޅުގަނޑުގެ މި ސިލްސިލާގެ ބޭނުމަކީ ނޫހުގައި ލިޔުއްވާ ޒުވާން ކުދީން ގަވާއިދަށް އަހުލުވެރިކުރުވުން ކަމަށް ވާތީ، ކުށް ޢިބާރާތް ނަކަލުކުރީ ކޮން ނޫހަކުންކަމެއް އަޅުގަނޑު ބަޔާނެއް ނުކުރަމެވެ. އެހެނީ އަޅުގަނޑުގެ ހަގީގީ ބޭނުމަކީ، އެ ދުވަހެއްގައި ފާހަގަކުރެވުނު ކުށް ޢިބާރާތް ލިޔެ، އެ ޢިބާރާތުގެ ރަނގަޅު ގޮތް، ސަބަބާއެކު ބަޔާންކުރުމެވެ. މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން ލިޔުންތައް އިޞްލާޙުކުރައްވާން ހުރިހާ ބޭފުޅުން ވެސް މަސައްކަތްޕުޅު ކުރެއްވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި އުންމީދާއި މަޤުޞަދާއި ނިޔަތެވެ.

Print

ނަކަލުކުރުމުގެ ޙައްޤު ނުވަތަ ކޮޕީރައިޓަށް އިޙުތިރާމްކުރުން

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ އިޖުތިމާޢީ

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިންސާނާކު އުފައްދައިފައިވާ ކޮންމެ އެއްޗެއް ވެސް އުފެއްދި މީހަކު ނުވަތަ ބަޔަކު ވާނެއެވެ. މި ފަދަ ކޮންމެ އެއްޗަކީ ވެސް ކޮންމެވެސް މީހެއްގެ ނުވަތަ ބަޔެއްގެ އުފެއްދުމެއްކަން ކަށަވަރެވެ.  އެހެންކަމުން އެ އެއްޗެއް ވާނީ އެ އުފެއްދި މީހެއްގެ ނުވަތަ އެ އެއްޗެއް އުފައްދައިދިން މީހެއްގެ މިލްކަކަށެވެ. އެ އެއްޗެއް ބޭނުންކުރުމުގެ އެންމެހާ ޙައްޤެއް އޮންނާނީ އޭގެ ވެރި ފަރާތަށެވެ. ނުވަތަ އޭގެ ވެރި ފަރާތުން އެ ޙައްޤު ހަވާލުކޮށްފައި އޮންނަ ފަރާތަކަށެވެ. 

Print

ކަޅު މުޙައްމަދު ރަސްގެފާނުގެ އަނދިރި ރަސްކަން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތާރީޚް

 

ޢަބްދުﷲ ސަޢީދު   

އެއީ ހިލާލީ ދަރިކޮޅުގެ 15 ވަނަ ރަސްގެފާނެވެ. ދިވެހިރާއްޖޭގައި ލިޔެވިފައިވާ ތާރީޚަށް ބަލާއިރު،51 ވަނަ އާއި 54 ވަނައާއި 58 ވަނައިގައި ވެސް އޮންނަނީ މި ރަދުންގެ ނަންފުޅެވެ. ތިން ފަހަރެއްގެ މަތިން  ޖުމުލަ 32 އަހަރާއި 9 މަސް ދުވަހު ރަސްކަން ކުރެއްވިއެވެ. ކަޅު މުޙައްމަދު ރަސްގެފާނުގެ ކޮލީ ނަންފުޅަކީ އައްސުލްޠާން ކަޅު މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުންނެވެ. 

Print

ތަޢުލީމުގައްޔާއި މުޖުތަމަޢުގައި ގިނަބައްސަކަން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (21.2.21) 

މީ މާދަރީ  ދުވަހޭ ބަހުގެ  ދުވަހަށް  ނަޒަރުދީ  ވިސްނަމާ!

        މީ މާ ފަޚުރުވެރި  ރީތި ބަހެކޭ އަދި މިކަން ވެސް ދަންނަމާ

                އީމާނުގައި ދިވެހީން  މިތިބަ، ކެރިގެން މިއަދު  ކުރިއަށް  ދަމާ!

ތަޢުލީމުގައި ގިނަބައްސަކަން މުޖުތަމަޢުގައި  ކޮށްގެން އިތުރު

        އައުދާނަ ޤައުމީ ދިވެހިބަސް ދެކެގެން ކަމަށް  ޤައުމީ ފަޚުރު

                ޤައުމީބަހުގެ މާތް ހައިބަތަށް އިސްކަން  މިއަދު އެންމެން  ދެމާ! 

ހަށިލުއިކަމާއެކު  ދޫތަކުން  ބަހުރުވަތަކަށް  އިސްކަންދެމުން

       ރަށިބަސް އެއީ  ރަށުބަހަކަމާ، ރަޓުބަހަ އެއީ  ރަށިބަހަކަމާ-

                ހަށިހެއުކަމާއެކު ދަނެ މިކަން،  ޚިދުމަތްތަކެއް  އެބަހަށް  ދެމާ!

Print

"ތޯ"ގެ ދައުރަކީ ކޮބައިތޯއެވެ؟

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ދިވެހިބަހުގެ ބައިތަކުގެ ތެރޭގައި ނަން ކިއިގެންވާ ނަން، ކަން، މަސްދަރު، ނަންއިތުރު، ކަންއިތުރު، ނަންއިތުރުގެނަން،  މި ހަތްބައިގެ ތެރޭގައި ނުހިމެނޭ ކޮންމެ ލަފުޒެއް ހިމެނިފައިވަނީ "އަކުރު"ގެ ތެރޭގައެވެ. އަށްވަނަ ބައިގައެވެ. މިހެންވުމުން އަކުރުގެ ތަޢާރަފުގައި ލިޔުއްވައިފައި އޮންނަ އެއްޗަކާ ދިމާނުވާ ފަހަރު ވެސް އާދެއެވެ. ދިވެހިބަހުގެ ގަވާއިދުގެ ތެރޭގައި "އަކުރު" ކަމަށް ބަލަނީ އެ ލަފުޒެއް އެކަނި، ޖުމުލައަކާ ވަކީން އޮންނަ އިރު ފުރިހަމަ މާނައެއް ދޭހަ ނުވާ، އެހެން ނަމަވެސް ޖުމުލައިގެ ތެރޭގައި އެހެން ލަފުޒުތަކާ ގުޅުވައިގެން އައުމުން މުޅި ޖުމުލައަށް ފުރިހަމަ މާނަ ގެނެސްދޭ މަސައްކަތުގެ ލަފުޒުގެ ގޮތުގައެވެ. އިނގިރޭސި ބަހުން ކިޔާ "ފަންކްޝަނަލް" ލަފުޒަށެވެ. 

Print

ދުނިޔޭގެ އެންމެ ނުރައްކާ އެއަރޕޯޓްތައް

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ޖޯގްރަފީ

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

މަތީންދާ ބޯޓެއްގައި އެއް ގައުމުން އަނެއް ގަމުމަށް އުދުހިލުމަކީ ދަތުރުފަތުރުގެ އެންމެ ސަލާމަތްތެރި އެންމެ އަމާން ވަސީލަތްކަމަށް އެންމެންވެސް އެއްބަސްވާނެއެވެ. އަދި ތަފާސްހިސާބުތަކުން މިކަން ސާބިތުވެއެވެ. ނަމަވެސް ކިތަންމެ ފަސިންޖަރަކު ވާނީ އުދުހުމުގެ ތެރޭގައި ބިރުގަންނަ ފަދަ ތަފާތު ހާދިސާތައް ތަޖުރިބާކޮށްފައެވެ. ނޭޕާލުން ފުރި ރޭ އަޅުގަނޑު ވެސް ބިރުގަތް ހާދިސާއަކާ ކުރިމަތިވިއެވެ. އެއަރޕޯޓްގެ ރަންވޭ އޮންނަލެއް ތިރިވެފައި ވަށައިގެން ހުންނަ ފަރުބަދަތަކުގެ އުސްކަމުންނެވެ.

Print

ކަލިޔާ ބިރިންޖީ

ޝާޢިއުކުރީ މޫޙައްމަދު ދީދީ . ހިމެނޭބަޔަކީ ސުފުރާ


ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު

ކަލިޔާ ބިރިންޖީއަކީ، ދިވެހިންގެ ''ފޮލާ'' ނުވަތަ ''ބިރިޔާނީ'' އެވެ. އިހުޒަމާނުގައި ދިވެހިންގެ އެންމެ ޤަދަރުހުރި ކާނާއަކީ، ކަލިޔާބިރިންޖީ އާއި، މިރުހުލީ ކުކުޅެވެ. ކޮންމެ މޮޅު ގެ އެއްގައި ޢީދުގެ އުފާވެރި ކެއުމަކަށްވަނީ އެ ކެއުމެކެވެ. އެކި ފުއް ވަކިވަކީން ހުންނާނެހެން، ކައްކާފައި ހުންނަ ''މުސްކުޅި'' ކަލިޔާ ބިރިންޖީ........
Print

ސައެންސްގެ އުފެއްދުންތަކުން ދިވެހިރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރު ފޯރައެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތިމާވެށި


ޝަކީލާ ޙާމިދު


1- ފެށުން

ޞިނާއީ އިންޤިލާބަށްފަހު އިންސާނުން މިއަދު މި އަންނަނީ އެބައިމީހުންގެ ވިސްނުމާއި ފިކުރުގެ ބޭނުންކޮށް އަރުތަވެރިކަމުގެ އިސް ސަފުގައި ފައިތިލަ ސާބިތުކުރަމުންނެވެ. ތަފާތު ހޯދުންތައް ހޯދައި އައު އީޖާދުތައް ކޮށް ޓެކްނޮލޮޖީގެ އާ އުސްމިންތަކެއް ގިރާކުރަމުންނެވެ. ވާދަވެރި ރޫޙެއްގައި މި ގޮތަށް އުފައްދާ ތަކެއްޗަކީ އިންސާނީ ދަރިފަސްކޮޅުގެ ހަލާކު ކަމުގައިވެފައި ވާއިރު ވެސް އެކަމާ ފަރުވާލެއްނެތެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔެއަށް މި ވަނީ ތިމާވެށީގެ ތަފާތު މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. ދުނިޔެ ހޫނުވެ ދުނިޔޭގެ ފިނި ހިސާބުތަކުގައި ވާ ގަނޑުފެންތައް ވިރި ކަނޑުގެ ލޮނުގަނޑު ބޮޑުވެ މޫސުން ގޯސްވެ މޫސުމީ ތޫފާނުތަކާ ދުނިޔެ މިވަނީ ކުރިމަތިލާން ޖެހިފައެވެ. ރާއްޖެއަކީ ދުނިޔެއަށް ކުރިމަތިވާ މިފަދަ  މައްސަލަތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ޤައުމެވެ.
Print

ފޮތުގެ ތަޢާރުފު (5)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އަރުޝީފު

އަގުހުރި މުތެއް: ރިޔާޟުއްޞާލިޙީން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މި ފަހަކަށް އައިސް ދިވެހި އަދަބިއްޔާތަށް ވަރަށް ބޮޑު މުއްސަނދިކަމެއް ގެނެސްދިން ފޮތެއް ދުނިޔޭގެ އަލިކަން ދެކެފި އެވެ. މަޝްހޫރި ލިޔުންތެރިޔާ އަލްމަރުޙޫމު ބާޑީގޭ މުޙައްމަދުދީދީގެ އަގުހުރި ދަރިކަލުން ފަޟީލަތުއްޝައިޚު އަޙުމަދު ފާރޫޤު މުޙައްމަދު ތަޞްނީފުކުރެއްވި މި ފޮތުގެ ނަމަކީ "ރިޔާޟުއްޞާލިޙީން" އެވެ. މިއީ ނަވަވީ އިމާމު ލިޔުއްވި ޙަދީޘް ޢިލްމުގެ ޝަރަޙައިގެ މައްޗަށް ދިވެހިބަހުން ލިޔުއްވި
Print

"ކަށި"

ޝާޢިއުކުރީ އަޙުމަދު މަޢުޞޫމް، ފެންފިޔާޒުގެ، ހއ. ވަށަފަރު . ހިމެނޭބަޔަކީ ސަމާސާ އަދަބު

އާދައިގެމަތިން ނޫރީ މިއަދުވެސް ގެއަށް އައި އިރު އަންހެނުން ގެއަކު ނެތެވެ. ނޫރީ ހުރީ ބަނޑުހައިވެގެން ހާންތިވާވަރުވެފައެވެ. ބަދިގެފަރާތަށް ގޮސް ތެލިތަކުގެ ފިޔަން ހިއްލާ މުޅި ބަދިގެ އެފުށް މިފުށަށް ޖެހިއިރުވެސް ރޯފިލުވާފައި ހުރި ކާއެއްޗެއް އަތަކު ނުޖެހުނެވެ. އުނދުންމަތީ އޮވެ ރޯފިލާފައި އޮތް މެއްސެއް ކީއްކުރަން ހެއްޔެވެ؟ މަދިރިއެއްވެސް ނެތެވެ. ނޫރީ ގާތަށް އައީކީ އަމަށަކު ރުޅިއެއް ނޫނެވެ. އެކަމަކު ކުރާނީ ކީއްހޭ ހިތާ ދެފަރާތަށް ބޯ ހޫރާލުމަށް ފަހު، މޮޅިވެރި ގޮތަކަށް އިސްޖަހައިގެން ހުރެ ކޮޓަރިއާ ދިމާއަށް ހިނގައި ގަތެވެ.

Print

ހިތްހަމަޖެހިގެން ދަރީން ތަރުބިއްޔަތުކުރާން ބޭނުން ނަމަ....... (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު

ކައުޘަރު އަޙްމަދު ލަޠީފް

ﷲ ސުބުޙަނަހޫ ވަތަޢާލާ ބައެއް މީހުންނަށް އަންހެން ދަރީން ދެއްވައެވެ. އަނެއްބައި މީހުންނަށް ފިރިހެން ދަރީން ދެއްވައެވެ. އަނެއްބައި މީހުންނަށް އަންހެން ދަރީންނާއި ފިރިހެން ދަރީން ދެއްވައެވެ. އަދި އަނެއް ބަޔަކު ދަރީން ލިބުމުން މަޙުރޫމުކުރައްވައި އިމްތިހާންކުރައްވައެވެ. ކޮންމެއަކަސް ގަބޫލުކުރާންޖެހޭ ހިތި ހަގީގަތަކީ، ދަރީންނަކީ ބޭނުން ބަޔަކު ބޭނުން ވަގުތަކު ބޭނުންވީމާ ބޭނުން ތާކުން ހޯދޭ އެއްޗެއް ނޫން ކަމެވެ. އެއީ ﷲ ތަޢާލާ ދެއްވާ ނިޢުމަތެއް ކަމެވެ. ވަރަށް ބޮޑު އަމާނާތެއް ކަމެވެ. 

Print

ބައްޕައަށް ހުއްޓުވޭނެ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ކަނީރު ޢަބްދުއްރަޙީމް

ސަލީމު ގެޔަށް އައީ ކުޑަކުޑަ ފިނދަނައެއް ހިފައިގެނެވެ. ވަރަށް ފޮރުވައިގެން ގިފިއްޔަށް ދެވޭތޯ ބޮނދަބޮނދައިގެން ދަނިކޮށް ދައްތަޔާ ދިމާވީއެވެ. ދައްތަ ހަމީދާއަށް އެ ދޫނި ފެނި ދެ ލޯ ބޮޑުކޮށްލައިފައި އެއްޗެއް ބުނާން އުޅުނެވެ. އެ ވަގުތު ވާހަކަ ފެށީ ސަލީމެވެ. އޭނާ މަޑުމަޑުން ބުންޏެވެ.

"ދައްތަ މި ވާހަކަ ނުދެއްކިއްޔާ ދައްތަ ބޭނުންވެގެން ބުނި އެއްކަލަ އަލަނާސި ބޮލި ދޭނަން ދައްތައަށް." އެ އަޑުއިވުމުން ހަމީދާ އަވަސްއަވަހަށް ދެކޮޅު ހޯދައި ބަލައިލިއެވެ. މަންމަ ކޮބައިތޯ ހޯދައިލިއެވެ. އަދި އަތުގެ އިޝާރާތުން ދާށޭ ބުނުމުން ސަލީމް ދިއައީއެވެ.

އިތުރު މަޒުމޫން...

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ