އަދުގެ ޚާއްސަ

ދިވެހި

Print

ތިމާއަށް ރަނގަޅަށް ދިވެހިބަސް ނޭނގޭކަމަށް ދިވެއްސަކު ބުނުމަކީ . . .

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު – މާވަށް

ތެދުފުޅެކެވެ. ބަހަކީ ބަދަލު އަންނަ އެއްޗެކެވެ. އެކަމަކު އޭގެ މާނައަކީ ބަސް ހަލާކުކުރުމެއް ނޫނެވެ. ބަހުގެ ރީތި ހަމަތަކާއި އުޞޫލުތައް އުވައިލުމެއް ވެސް ނޫނެވެ. އެމީހަކު ބޭނުންހައި ގޮތަކީ ގަވާއިދު ކަމަށް ގަބޫލުކުރުމެއް ވެސް ނޫނެވެ. އެ ބަދަލެއްގެ ސަބަބުން ބަހަށް ގެއްލުން ލިބޭ ނުވަތަ އުނިކަމެއް އަތުވެދާނޭ ބަދަލަކީ ރަނގަޅު ބަދަލެއްކަމަކަށް ހަމަގައިމުވެސް ހެޔޮ ވިސްނޭ މީހަކު ގަބޫލެއް ނުކުރާނެއެވެ. 

Print

އަލުވި ބޯކިބާ

ޝާޢިއުކުރީ އަޙްމަދު ޙާފިޒު . ހިމެނޭބަޔަކީ ސުފުރާ



ބޭނުންވާ ތަކެތި

ލިޔުނީ: ސްނޯ ޑްރޮޕް


2 ދަޅު ފަސްމީރު މަސް

4 ހިކަނދިފަތް (ހިމުންކޮށް ކޮށާފައި)

2 ގިތެޔޮ މިރުސް (ހިމުންކޮށާފައި)

3 ފިޔާ (ހިމުންކޮށް ކޮށާފައި)
Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (9)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ތިމާވެށި


ބިންމާ އިބްރާހީމް ވަޙީދު

24 ޖުލައި(ހޮނިހިރު) އާ ގުޅޭ.....

ހިތްހަމަޖެހިގެން ދިރިއުޅުމަށްޓަކައި، ކާނާ އަކީ ކިހާ މުހިންމު އެއްޗެއްކަން އެންމެންނަށް އެނގެ އެވެ. އެކަމަކު، ކަސްރަތާ މެދު އެހާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ. ގިނަ ފަހަރަށް، ކަސްރަތަކީ، ވަގުތު ބޭކާރުވުމުން ކުރާ ކަމަކަށް އޮންނަނީ ވެފަ އެވެ. ކަސްރަތުކުރަން ވަގުތު ހުސްކުރުމަކީ ކުރެވޭވަރުގެ ކަމަކަށްނުވެ އެވެ. ވަގުތު ހުސްކުރެވުމުން ވެސް، އެ ވަގުތުކޮޅުގަ ވެސް ކުރެވެން އުޅެނީ އެހެން ކަމެކެވެ. ރައްޓެއްސަކާ އެކުގައި ކޮފީއަކަށް ދިޔުމެވެ. ނުވަތަ ވަޒީފާއިން ސަލާމަތް ނުވެވުމެވެ. ނިދިއައިސްގެން ޖައްސާލެވުމެވެ.
Print

މުއާޞަލާތުކުރުމާއި މުޢާމަލާތުކުރުން: ތަފާތު ދެކަމެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



އިންސާނީ މުޢާމަލާތުގައި މުއާޞަލާތުކުރުމުގެ ތަފާތު އެތައް ގޮތްތަކެއް ވެއެވެ.


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަރަބި ބަހުގެ އަޞްލުން އައިސް ދިވެހިބަހަށް ވަދެ ދިވެހިވެފައިވާ ދެ ލަފުޒެވެ. "މުއާޞަލާތު" ކުރުމެވެ. "މުޢާމަލާތު" ކުރުމެވެ. މިހާރު ދިވެހި ދެ ލަފުޒެވެ. ދިވެހިބަހުގެ ރަދީފުގައި ހިމެނޭ ދިވެހި ދެ ލަފުޒެވެ. އެހެންކަމުން އެ ލަފުޒު ދިވެހި ބަހަށް އައި ގޮތަކާއި އައި ތަނެއް ބެލުމަކީ އަޅުގަނޑުގެ މިއަދުގެ މައުޟޫއެއް ނޫނެވެ. އަޅުގަނޑު މިއަދު ބަލައިލާނީ މި ދެ ލަފުޒުގެ މާނައާއި ދިވެހިބަހުގައި މި ދެލަފުޒު ބޭނުންކުރާ ގޮތުގެ މައްޗަށެވެ.

ދިވެހިބަހުގެ ރަދީފުގައި ވާ ގޮތުން، މުޢާމަލާތުގެ މާނައަކީ ދުނިޔަވީ ކަންތައްތަކުގައި ދެ ފަރާތެއްގެ ދެމެދުގައި ހިންގާ ގުޅުމެވެ. މިސާލަކަށް ވިޔަފާރި ކުރުން ފަދަ ކަންތައްތަކެވެ.
Print

އީދު ބިޑި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް

ކުޑަ އިރުގެ ހަނދާންތަކުގެ ތެރޭން އެއް ހަނދާނަކީ އީދު ބިޑީގެ ހަނދާނެވެ. އީދުބިޑި ތައްޔާރު ކުރެވޭ ގޮތުގެ ހަނދާނެވެ. އެ ކަމުގެ މަޖަލާއި ފޯރީގެ ހަނދާނެވެ.

އީދު ބިޑިއަކީ ވަކި މުވާޞަލާތެއް ކުރުމަށް ތައްޔާރު ކުރެވޭ އެއްޗެކެވެ. ވަކި ވާހަކައެއް އެންގުމަށް، ވަކި ޚަބަރެއް  ދިނުމަށް ތައްޔާރުކުރެވޭ އެއްޗެކެވެ.
Print

ރޯސް ކުކުޅު

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ސަމާސާ އަދަބު

ޢަބްދުﷲ ނަޢީމު އިބްރާހީމް
   
ހުދުމާ ހޮޓަލަކީ މާލޭގެ ވަރަށް މަޝްހޫރު ހޮޓަލެކެވެ. (މި ލިޔުމުގައި ބޭނުން ކޮށްފައި މިވަނީ ހޮޓަލުގެ އަޞްލު ނަމެއް ނޫނެވެ.) އެ ހޮޓަލުގެ ގޮފިތައް މާލޭގެ ވަރަށް ގިނަ ތަންތާނގައި ހުރެއެވެ. ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި އެ ހުދުމާ ހޮޓާ ޢާންމުންގެ މެދުގައި މަޤްބޫލު ވެގެން ގޮސްފައިވާ ސަބަބަކީ އެ ހޮޓަލުގެ ކާ އެއްޗެތީގެ ފެންވަރު އެއް ވަރެއްގައި ހިފެހެއްޓިފައި ހުރުމެވެ. ކާ އެއްޗެތީގެ ފެންވަރު އެއް ވަރެއްގައި ހިފެހެއްޓުމަށް ޓަކައި ޚުދު ހޮޓަލުގެ ވެރިޔާ ބަދިގެއަށް ވަންނަވައި އެއްޗެތީގެ ރަހަ ބައްލަވައި ހައްދަވާ ކަމަށް ވެއެވެ.

Print

ނޮވެމްބަރު ތިނަކަށް ނަޒަރެއް

ޝާޢިއުކުރީ ޝާފިޢު ޢަބްދުﷲ / ތިނަދޫގެ ހއ. ބާރަށް . ހިމެނޭބަޔަކީ ތާރީޚް

އާދެ އަޅުގަނޑުމެންގެ ޤައުމު ދުށް މަތިވެރި ލޮބުވެތި ބަތަލުންގެ އަޑު އަޅުގަނޑުމެންގެ ކަންފަތުން އަބަދާ އަބަދު ގުގުމައެވެ. އެކި ގޮތްގޮތުން ގައުމާއި ދީނާ ވަތަން ހަމައެއާއެކު ރައްޔިތުންގެ ހިމާޔަތުގައި އެތައް ބަތަލުނެއް އަޅުގަނޑުމެންގެ ގައުމު ވަނީ ދެކެފައެވެ. ދޮން ބަންޑާރައިންނާއި މުހައްމަދު ތަކުރުފާނާއި މިހެންގޮސް އެތައް ބޭކަލުންނެކެވެ. އެބައެއްގެ ވާހަކަ އަޅުގަނޑުމެން ދިވެހިން ހަނދާންކުރާނެ އެތައް ބަތަލުންނެއް ދިވެހި ގައުމުގެ ފަސްގަނޑުގެ ދަށުގައި ވިނަމަވެސް އަދިވެސް ދިރިތިބީންގެ ގޮތުގައިވާ އެތައް ޝަހީދުންނެއް އަޅުގަނޑުމެނާއެކު ވެއެވެ. ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ޖާނާއި މާލުން ގުރުބާންވި އެތައް އަބްތާލުންނެއްގެ ޒިކުރާ އަޅުގަނޑުމެން ތާއަބަދު އާކުރާނަމެވެ.

Print

ބާވެފައިވާ މައުޟޫޢެއް: ދެންނެވުމާއި ވިދާޅުވުން

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ދިވެހި

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ކަންކަމާމެދު ވިސްނޭނީ އެކަމެއް އެނގޭނަމައެވެ. ކަމެއް އެނގިފައި އޮތުމަކީ ބައެއް ފަހަރު ހާދަހާ ހިތަށް ތަދުވާކަމެކެވެ. ކަމެއްގެ އެކޮޅުމިކޮޅު އެނގިފައިވާ މީހަކަށް އެކަމެއް ނުބައިކޮޅަށް ދާން ފެށީމާ ވަރަށް ދެރަވާނެއެވެ. ބޮލަށް އުނދަގޫވާނެއެވެ. ހިތަށް ތަދުވާނެއެވެ. ނޭނގޭނަމަ ދެރަވާކަށް ވެސް ލަދުގަންނާކަށް ވެސް ނޭނގޭނެތާއެވެ. މިއަދު އަޅުގަނޑު މި އުޅޭނީ އެފަދަ ވާހަކައަކަށް އިންސާފުކުރެވޭތޯއެވެ.

"ފަންވަތު"ގެ އަހުލުވެރިއަކު އަދި ރައްޓެއްސަކު ފޭސްބުކުން ބައްދަލުވެގެން މިއަދު ވިދާޅުވިއެވެ. ދެންނެވުމާއި ވިދާޅުވުގެ މައްޗަށް އަޒީ އަދި ލިޔެފައެއް ނެތެވެ. އަޅުގަނޑު ދެންނެވީމެވެ. ކިތަންމެ ފަހަރަކު ތިޔަ މައުޟޫޢަށް ލިޔެފީމެވެ. (އަޅުގަނޑު އެހެން ދެންނެވީ އެ މައުޟޫޢަކީ އަޅުގަނޑު ވަރަށް ގިނައިން ވާހަކަދައްކައި ބަހުސްކޮށްފައިވާ މައުޟޫޢަކަށްވާތީއެވެ. އެކަމަކު އެއީ، ލިޔެވުނީ ކަމެއް ކިޔަވައިދެވުނީ ކަމެއް މާ ރަނގަޅަކަށް ހަނދާނެއް ނެތެވެ.) އެ ބޭފުޅަކު ވިދާޅުވިއެވެ. ތިމަން ތިޔަ ލިޔުމެއް ދެކެވަޑައެއް ނުގަންނަވަމެވެ. 

Print

ކުޑަކުދީންގެ ވާހަކަ (2): ނާނީގެ ނެނީއަށް ފެނުނު ހުވަފެން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ސާދުނާ ޢަބްދުލްކަރީމް

ނާނީއަކީ ނޭކުރެންދޫ ކުއްޖެކެވެ.  ނާނީގެ މަންމަ  އަކީ ނަރުހެކެވެ. ނާނީގެ މަންމަ ވަޒީފާއަށް ދިޔުމުން ނާނީ ބަލަހައްޓަނީ ނާނީގެ ނެނީއެވެ. އެއީ ނޭޕާލްގެ އަންހެން ކުއްޖެކެވެ. 

ހޮނިހިރު ދުވަހެއްގެ މެންދުރުފަހެވެ. ނާނީގެ ނެނީ  އެންމެ ފުތަރަމަ ނާނީ ގޮވައިގެން ގޮސް ފެންވެރުވިއެވެ. އެއަށްފަހު ނާނީގެ ބޮލުގައި ފުނާ އަޅުވައި ރީތިކޮށްފައި  ނާނީއަށް  ނޫޑުލްސް ކާންދިނެވެ.  ދެން އަނޯނާ ފަނިތަށްޓެއް ބޯންދިނެވެ. އޭގެ ފަހުން  ނާނީއަށް އެންމެ ރީތި ނާނާ ކިޔައިދީގެން ނާނީ ނިންދުވިއެވެ.  އެންމެ ފަހުން ނާނީގެ ނެނީ ވެސް  ނާނީގެ ކޮޓަރީގައި އޮށޯވެ ނިދީއެވެ.

Print

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިން މަސައްކަތްތަކެއް ކުރިއެވެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

ޠާހާ އަބޫބަކުރު، ލ.ގަން، 

ފެށުން:

އިންޑިޔާކަނޑުގެ ބިޔަ ސިންގާ ރާޅުތަކުގެތެރޭގައި ގަތާލެވިފައިވާ މުތީތަކެއްފަދައިން ދުނިޔޭގެ ޗާރޓުގައި ފާހަގަކުރެވޭ ދިވެހިރާއްޖޭގެ ކުދިޖަޒީރާ ރަށްތަކުގައި ދިވެހިން ދިރިއުޅެމުންދާތާ އެތައް ވޭލާތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. މީސްކޮޅުމަދު، ބިމުގެ ގޮތުން ކުޑަތަނެއް ކަމަށްވީނަމަވެސް ރާއްޖެ އޮތީ އިންޑިޔާކަނޑުގައިކަމުން، އެހިސާބުގައި އެކިދުވަސްވަރު އަޅަމުންދިޔަ އާރާއިބާރުގެ އޮއިގެތެރޭ ދިވެހިންނާއި ދިވެހިރާއްޖެއަށް ވަރަށް ޚާއްސަކަމެއް ދެވުނެވެ.

Print

ހެޔޮ ޢަމަލު ގިނަކުރާންވީ ސަބަބުތައް

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

 

ކުރަންވީ  ހެޔޮ ޢަމަލު  އަޅަމެން   ނުރައްކާ  ފޭކުރާނެންޏާ

         ދުރަށް ޝައިޠާނު ފައްސައިލައި އަމާން  މަގުގައި  ތިބޭނެންޏާ

ވަޔާ  ދުނިޔޭގެ  އާބުހަވާ  ތިމާއަށް  ގެންނަ  ބަލިބައްޔާ

          ޙަޔާތުގެ  އެކި މުޞީބާތުން  ދަފުޢު  ވެވިގެން  އުޅޭނެންޏާ

އެދުން ވާނަމަ  އަރުތަ  ލިބުމަށް ފަލާޙާ ކާމިޔާބާ، އަދި-

          ދެދުނިޔޭން ޖާހު މާތް ޝަރަފާ ތިމާ  ބޭނުންވެގެން  ވަންޏާ

Print

ރަނގަޅު މާނައިގައި ލަފުޒު ބޭނުންކުރުން

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ނަކަލުކުރުމަކީ މޮޅަށް ޢިބާރާތްކުރާން ބޭނުންކޮށް އުޅޭ ހުނަރެކެވެ. މޮޅަށް ލިޔެފައި ހުންނަ ލިޔުންތައް ނަކަލުކޮށްގެންނެވެ. އެ ފަދަ ލިޔުންތައް ކިޔައިގެންނެވެ. މޮޅު ތަޤުރީރުތައް އަޑުއަހައިގެންނެވެ. މި ގޮތަށް ލިޔުންތައް ބަލައިގެން އަޑުއަހައިގެން ލިޔެފައި ހުންނަ ތަކެތި ކޮޕީކޮށްގެން މޮޅު ލިޔުންތަކުގައި ބޭނުންކޮށްފައި ލަފުޒުތައް ބޭނުންކޮށް އުޅުމަކީ ގޯސް ގޮތެއް ނޫނެވެ. އެއީ ރަނގަޅުކަމެކެވެ. ބޭނުންތެރި ކަމެކެވެ.

Print

ބަތް ބަކުން

ޝާޢިއުކުރީ ޖުވޭރިޔާ ވަޖުދީ . ހިމެނޭބަޔަކީ ސުފުރާ


ތުއްތުކުދިންގެ ކާނާ

ޖުވައިރިޔާ ވަޖުދީ

ބޭނުންވާތަކެތި


4 މޭޒުމަތީ ސަމުސާ ހަނޑޫ
3 ގްރީން ބީންސް ( ފެހިތޮޅި) ( ބުރިބުރިކޮށްފައި)
1 މޭޒުމަތީ ސަމުސާ ފެހިމުގު
2 އިންޗި ހުންނަހާ އަލުވި ( ކުދިކޮށް ކޮށާލާފައި)
Print

ފާތައް- ދަމަހައްޓަން ޖެހޭ މުހިއްމު މާހައުލެއް!

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތިމާވެށި


 މުޙައްމަދު ޢަލީ، ތަރިވިދާގެ / ރ.މާކުރަތު
       
ތިމާވެށީގެ މައްސަލަތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނަ އިރު ތިމާވެށީގެ ހޭލުންތެރިކަން މުޖުތަމަޢުގައި އިތުރު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭކަން ފާހަގަ ކުރެވެއެވެ. އަޅުގަނޑުމެންގެ މާހައުލުގައި ހިމެނޭ ޤުދުރަތީ ވަސީލަތްތަކާއި އެތަކެތީގެ މަންފާ ކޮންމެވެސް ސިފައެއްގައި އަޅުގަނޑުމެންނަށް ކުރާ ވަރަށްގިނަ ތަންތަނާއި ތަކެތި ވެ އެވެ.
Print

ކިޔަވާ ކުއްޖަކު އުޅޭބާވައެވެ........؟؟؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


މުޙައްމަދު ފިރުޒުލް

ބުނާތީ އަޑުއިވެއެވެ. "ކިޔަވާކުދިންނަކީ ޤައުމުގެ މުސްތަޤްބަލެވެ. މާދަމާ ޤައުމު ހިންގަން ތިބި ލީޑަރުންނެވެ. ޤައުމަށްޓަކައި ފިދާވާންތިބި މުވާޠިނުންނެވެ." ނަމަވެސް ޙާލަތު ދައްކަމުންދާ މަންޒަރުތަކުން ހިތަށް ކުރަނީ ފުން އަސަރުތަކެކެވެ. ވެރިވެގެން ދަނީ ބަޔާންކުރަން ދަތި މޮޅިވެރިކަމެކެވެ. މިއަދުގެ މުޖުތަމަޢުން އިސްވެ މި ދެންނެވި މަތިވެރި މަޤާމުތައް ފުރާދެވިދާނެ ކުދިންތަކެއް ނުފެންނާތީ އެވެ. ޤައުމުގެ ޙައްޤުގައި ފިދާވާން ކެރިދާނެ ކުދިބަޔަކު އުޅޭކަމަށް ޤަބޫލުނުކުރެވޭތީ އެވެ. ޤައުމުގެ ދުވެލި ސީދާ މަގުގައި ކުރިއަށް ގެންދާނެ ޒުވާނުންތަކެއް މާދަމާ ފެނިދާނެކަމަށް ހީނުވާތީ އެވެ. ސަބަބުތައް ނިކަން ގިނަވެފައި ސާފެވެ.
Print

ކަރާގެ ރަދީފު (2)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް

މި ސިލްސިލާގެ ފުރަތަމަ ބައިގައި އަޅުގަނޑު ބަލައިލީ [ކަރާ] މި ލަފުޒު ކުރިޔަށް ލައިގެން ހެދިފައިވާ ނަންނަމަށެވެ. މި ބައިގައި ބަލައިލާނީ ކަރާ ހެއްދުމުގެ މަސައްތަކުގެ ތެރޭގައި ހިމެނޭ އެ ނޫން ބައެއް ނަންނަމަށެވެ.
Print

ހާރުކާ މީދާ

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު

   
ޢަބްދުﷲ ނަޢީމު އިބްރާހީމް     

ކުޑަ ކުދިންގެ ބަހުރުވަ އަކީ ޚާއްޞަ ބަހުރުވައެކެވެ. ކޮންމެ ކުޑަ ކުއްޖަކުވެސް ވާހަކަ ދައްކަން ފަށަނީ އޭނާގެ އަމިއްލަ ބަހުރުވައަކުންނެވެ. އެ ބަހުރުވައަކީ އެ ކުއްޖަކު ބޮޑު ވެގެން އަންނަ މާޙަވްލާއި އިވޭ އަޑުތަކެއްގެ ސަބަބުން ކުއްޖާއަށް ދަސްވާ ބަހުރުވައެއް ކަމަށް މާހިރުން ވިދާޅުވެއެވެ.
    
ބައެއް ފަހަރަށް އިވޭ އަޑު އެ ކުއްޖާގެ ސިކުނޑީގައި ހަރުލާ ގޮތަކުންވެސް ބަހުރުވަ އުފެދެއެވެ.
Print

ހައްދުންމަތީ އިސްދޫ މީހުންގެ އުވަ ދެވުން

ޝާޢިއުކުރީ އިބްރާހީމް ޙަމީދު . ހިމެނޭބަޔަކީ ތާރީޚް

ހައްދުންމަތީ އިސްދޫގެ ދުވަސްވީ ކާބަފައިންނަކީ، އެވޭލާ ޒަމާނުއްސުރެ ދިރިއުޅުމަށްޓަކައި ތަފާތު އެކިއެކި މަސައްކަތްތައް ކުރަމުން އައި ބައެކެވެ. އަމިއްލަ އަތުންފައިން ކުރެވެންހުރިނަމަ ހުރި، ހުރިހާ މަސައްކަތެއް އަމިއްލައަށް ކޮށްގެން ދިރިއުޅުން ފުރިހަމަ ކުރަމުން އައި ހީވާގި، ކެރޭ، މުރާލި، ހިއްވަރުގަދަ ބައެކެވެ. ރަށްވަންތަކަމާއި، އަތޮޅުވަންތަކަމުގެ ފުންލޯބި ހިތުގައި އޮވެގެން ޢުމްރާނީ ތަރައްޤީގެ އަރުތަ ހޯދުމަށް މަސައްކަތް ކުރަމުން އައި ބައެކެވެ. މިކަންކަމުގެ ދިރިހުރި ހެކި، އަދި އަދަށް ދާންދެންވެސް ހައްދުންމަތީ އިސްދޫގެ މީހުން ދިރިއުޅޭ ސަރަޙައްދުން ފެންނަން އެބަހުއްޓެވެ. އެއަގުހުރި ކާބަފައިން އިޚްތިޔާރުކުރި މަސައްކަތްތަކުގެ ތެރެއިން މި ލިޔުން މެދުވެރިކޮށް ބަޔާންކޮށް ދެވޭތޯ މިބަލަނީ ހައްދުންމަތީ އިސްދޫގައި އުވަދެވުމުގެ މަސައްކަތް ކުރަމުންއައި ގޮތެވެ.

Print

އެންމެ ޖުމުލައެއްގެ އެންމެ ފިއްޔަކާ މެދު.......

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިވެހި

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަސް ލިޔެ ކިޔުމުގައި ފިލި އަދާކުރާ ދައުރު ވަރަށް ބޮޑެވެ. އަޅުގަނޑު ފިއްޔޭ މި ދެންނެވީ ކުރު އަޑާއި، ދެމޭއަޑާއި، އެއް އަޑުގެ ތެރެއިން ފާޅުވާ އަނެއްއަޑު ހިމެނޭ ގޮތަށް ދިވެހިބަހުގައި ބޭނުންކުރާ ހުރިހައި ބާވަތެއްގެ 11 ފިލި ހިމެނޭ ގޮތުންނެވެ. މި ގޮތުގެ މަތީން ދިވެހިބަހުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަނީ އައިބައިފިލިކަމުގައި އަޅުގަނޑު ބަހުސްކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް މި މައްސަލައިގެ ޙައްލު އަދި ވެސް ފެންނާކަށް ނެތެވެ.

Print

ކުޑަކުދީންގެ ވާހަކަ (1): ކަޅު ކުކުޅު ދިން ކޭން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ސާދުނާ ޢަބްދުލްކަރީމް

މިއަދަކީ ކަޅު ކުކުޅަށް ވަރަށް އުފާވެރި ދުވަހެކެވެ. ކަޅު ކުކުޅު އުފާވީ އެ ކުކުޅު ކޮއްޓި 12 ފިޔޮއް ބޮޑުވެ މައިގެ ވީއްލީތީއެވެ. ކުދި ފިޔޮއްކޮޅު ކާޅުތުނބުން އަރަންދެން، އެ ސޮރުމެން ގޮވައިގެން ކަޅު ކުކުޅު އުޅޭން ޖެހުނީ ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއެކު، ނުހަނު ބުރަކޮށެވެ. ފިޔޮއްކޮޅުގެ ބަފާ، ރަތްހާލުގެ ފުށުން އެއްވެސް ކަހަލަ އެހީތެރިކަމެއް ނުލިބިއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ