އަދުގެ ޚާއްސަ

ދިވެހި

Print

މޫނުމަތި އަޅާން ޖެހެނީ ދަތްދޮޅީގައި!؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު  (މާޒީ)، ލ. މާވަށް

ފައިބެއަހަރު ފަހުކޮޅު ސީނުކަރައިން ފެނުނު ކޮރޯނާ ވައިރަސް ދުނިޔެއަށް ފެތުރެން ފެށި ވާހަކަ އަޅުގަނޑު އެހީ 2019 ވަނަ އަހަރު ޑިސެންބަރުމަހުގެ ތެރޭގައެވެ. ފަހުން އެ ވައިރަހުން ޖެހޭ ބައްޔަށް (ކޮރޯނާ ވައިރަސް ޑިޒީސް) ކުރުނަމެއް ހަދައި "ކޮވިޑް19"ގެ ނަމުގައި މަޝްހޫރުވިއެވެ. އެ ހިސާބުން ފެށިގެން ގެއިން ބޭރަށް ނުކުންނަ ނަމަ، ފޮތި މޫނުމަތި (މާސްކު) އެޅުމަކީ އާދައެއް ކަމުގައި އަޅުގަނޑު ހެދީމެވެ. އެއީ އަޅުގަނޑުގެ ކިބައިން އެހެން މީހަކަށް ނުވަތަ އެހެން މީހެއްގެ ފުށުން އަޅުގަނޑަށް އެ ބަލީގެ ވައިރަސް އެރުމުގެ ފުރުޞަތު ކުޑަކުރުމަށް ޓަކައި އަޅުގަނޑު އަމިއްލައަށް އިޚުތިޔާރުކުރި ކަމެކެވެ.

Print

ގުޑުންއެރުމުން ނަވުގެ ފަތޮޅަށް

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

        

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އެހީތެރި  މިތުރަކާ  ދެކޮޅަށް  ގުޅައިލާ އިއްތިޙާދު ކޮޅަށް

        އެހީއަށް އެދި އަރައި ގުޅުނަސް ތިބޭނީ އަބަދުވެސް  ދެކޮޅަށް

ދުކެއް އައި ނަމަ އައީ އެ ކޮޅުން، މިއީ ތާރީޚު ދައްކާ ގޮތް

        ފުކެއްވެސް ދޫނުކޮށް އެވެރިން، އަޑިން ތިބެނީ އަބަދު ދެކޮޅަށް

ސަލާމަތްކަން އަދައި މަސްހުރި ކޮށާރެއް ބުޅަލަކަށް ދިނުމުން

        މަލާމާތެއް ކަމަށް  ނޫންތޯ  އެ  ވާނީ  ހަމަ  ވެވޭ ދެކޮޅަށް 

ވަގެއްގެ އަތަށް ތިޖޫރީ ދީ، އެހީތެރިވާން އެދޭ ނަމައީ

        މަގެއް  ނޫންތޯ  އެއީ  ހުޅުވާ،  ލިބޭނީ  ދޫކަމޭ  މުކޮޅަށް

Print

ދިވެހިބަހުގެ ޤާނޫނާ ގުޅޭ ގޮތުން ކުރިން ހާމަނުވާ ހަގީގަތްތަކެއް.

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މީގެ އަހަރުތަކެއް ކުރީން، 2009ގައި، ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ކުރިމަތިލީ އިރު، އަޅުގަނޑުގެ އުއްމީދުގެ އެންމެ ކުރީގައި އޮތީ އަޅުގަނޑު އެންމެ ބޮޑަށް ޝައުޤު ހުންނަ ދެ ދާއިރާ ތަރައްޤީކޮށް ކުރިއަރުވައި ފެންވަރު ހިފެހެއްޓުމަށްޓަކައި ބޭނުންވާނޭ ޤާނޫނީ ބާރުވެރިކަން ހޯދުމުގެ ނިޔަތެވެ. އެކަމަށް ޓަކައި އެ ދެ ދާއިރާއިން ދެ ޤާނޫނެއް ހަދައި މަޖުލީހުން ފާސްކުރެވޭތޯ ބެލުމެވެ. އަޅުގަނޑުގެ މަޤުޞަދު ޙާޞިލުކުރުމަށް ޓަކައި މީހަކަށް ކުރެވޭނެ އެންމެ ބޮޑަކަށް އަޅުގަނޑު މަސައްކަތްކުރީމެވެ.

Print

މުގު ބަކުން

ޝާޢިއުކުރީ ޖުވޭރިޔާ ވަޖުދީ . ހިމެނޭބަޔަކީ ސުފުރާ


ތުއްތު ކުދިންގެ ކާނާ

ބޭނުންވާ ތަކެތި


ޖުވައިރިޔާ ވަޖުދީ

2 މޭޒުމަތީ ސަމަސާ މުގު
2 މޭޒުމަތީ ސަމުސާ ހަނޑޫ
2 އިންޗީގެ ބަރަބޯކޮޅެއް ( ކޮށާފައި)
5 ރެހި ނުވަތަ ކުޑަ ރޯމަސްކޮޅެއް ނޫނީ މަހު މޭކޮޅެއް ( ކުދިކޮށް ކޮށާފައި)
Print

ދިވެހިރާއްޖޭގައި އުޅޭ ބައެއް ބޮލި (2)

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ތިމާވެށި


އަޙުމަދު ސަމީޢު

05 ހިރުބޮލި   (Cypraea_talpa )

މިބޮލީގެ މަތީފަރާތް ހުންނާނީ ދޮންމުށިކުލައަކާއި ފަނޑު ފަނޑު ހުދުކުލައަކުން ހުރަސްގަޅިޖަހާފައެވެ. ވަށާ ކައިރިއާއި ދަށްފަރާތް ކަޅުކުލައެއްގައެވެ.

ހިރުބޮލީގެ ދެވައްތަރެއް ހުރެއެވެ. ސައިންޓިފިކް ނަންވެސް ތަފާތެވެ. އަޅުގަނޑު ބޭނުން މި ކުރަނީ އޭގެ ރީތިވައްތަރެވެ. [ރަންހިރުބޮއްޔެވެ.] އަދި ދިވެހިން އެންމެގިނައިން ބޭނުންކުރާ އަގުހުރި ވައްތަރެވެ. މިއީ ދިވެހި ސަރަހައްދުތަކުގައި މާ އާންމު ބޮއްޔެއް ނޫނެވެ. ފުރިހަމަ ބޮޑުމިނަކަށް ވަނީ 9 ސ މ އެވެ.
Print

ކުދިންގެ އަޚްލާޤް ގޯސްވުމުގައި ޒިންމާވާންޖެހޭ ފަރާތަކީ ހަމަ މައިންބަފައިންނެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



ޙުސައިން ޞަލާޙް

މިއަދު ރާއްޖޭގެ ހަތަރު ބިތަށް ނަޒަރު ހިންގައިލިޔަސް ފެންނަމުންދަނީ އަޚުލާޤީ އެކި ފެންވަރުގެ މައްސަލަތައް ފުނިޖެހެމުންދާ ތަނެވެ. ޚާއްޞަކޮށް މި ފަދަ މައްސަލަތައް ކުޑަކުދިންގެ މެދުގައި ބޮޑުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ކުޑަކުދިންގެ މެދުގައި މިފަދަ އަޚުލާޤީ، އިޖްތިމާއީ މައްސަލަތައް އަށަގަންނަމުން ދާނަމަ، މާދަމާގެ ޒުވާނުންގެ ގޮތުގައި ޤައުމުގެ ޒިންމާތައް ކޮނޑުގައި އަޅަން އޮތް ޖީލުގެ ޙާލަތާމެދު ކޮންމެހެން ވިސްނައިލާން ޖެހެއެވެ. ފިކުރު ކުރާންޖެހެއެވެ. އެހެންނަމަވެސް ހިތާމަޔަކީ މި ކަންތައްތަކަށް ވިސްނައި ފިކުރުކޮށް ނަޒަރުހިންގައިލުމުން ފެންނަނީ ޤައުމުގެ ޙާލަތު މި ދަނީ
Print

ކަރާގެ ރަދީފު (1)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް

ތިޔަ ބޭފުޅުން މީގެ ކުރިން ވާނީ ރ. ގެ ރަދީފު ވިދާޅުވެފައެވެ. އެ ރަދީފުގައި ހިމެނިފައި ވަނީ ދިވެހިބަހުގައި ރ. އިން ފެށޭ ލަފުޒުތައް ދޮގެއްތޯއެވެ؟

މި ފަހަރު ތަފާތުކޮށްލައްވައިފައި [ކަރާގެ ރަދީފު] ވިދާޅުވެލެއްވުން ކިހިނެއްވާނެތޯއެވެ؟
Print

ނޮވެމްބަރު ތިނެއް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް     

ނޮވެމްބަރު ތިނެކޭ ބުނީމާ ކޮން އަހަރެއްގެ ނޮވެމްބަރު ތިނެއް ކަން ނޭނގިގެން ސުވާލު ކުރާނޭ އެއްވެސް ދިވެއްސަކު ނުހުންނާނެއެވެ. ރާއްޖޭގެ އެންމެން ހަނދާން ހުންނަ ނޮވެމްބަރު މަހަކާއި ތިން ވަނަ ދުވަހެއް އޮންނަނީ 1988 ވަނަ އަހަރު އެކަންޏެވެ. އެ ދުވަހަކީ ދިވެހީންގެ ހިތުން ފިލައިގެން ނުގޮސް އެތައް ދުވަހެއް ވާންދެން ހުންނާނޭ ބިރުވެރި ދުވަހެކެވެ. އެ ދުވަސް ބިރުވެރި ދުވަހަކަށް ވީ ނަމަވެސް އެ ދުވަހު ހިނގައި ދިޔަ ހެއްވާ ކަންތައްތައްވެސް މަދެއް ނޫނެވެ.
Print

ވޯރާވިޔަފާރިވެރިން އެހާ ނުފޫޒުގަދަވީ ކީއްވެ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

އަންވަރު އިބްރާހީމް

ވޯރާ ވިޔަފާރިވެރިން ރާއްޖެއައިސް، މާލޭގައި ވިޔަފާރިކުރަންތިބުމުގެ ހުއްދަ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (4) ދެއްވީ 1857 ވަނަ އަހަރުއެވެ. އެ ހުއްދަ ދެވުނުތާ 30 އަހަރު ނުވަނީސް، މުޅި ދިވެހި ބާޒާރު އެމީހުންގެ މުށުތެރެއަށް ލިއެވެ. މުދާ ވިއްކުމާއި ގަތުމުގެ ކޮންޓްރޯލް

Print

އަހަރެންނަކީ ކާކު؟

ޝާޢިއުކުރީ އަޙުމަދު މަޢުޞޫމް . ހިމެނޭބަޔަކީ ދިވެހި

              އަހަރެން އުފަންވީ ތަހުޒީބީ  މުޖުތަމަޢަކަށެވެ. އެބަޔަކަށް ނިހާޔަތަށް އަހަރެންގެ ބޭނުން ޖެހިފައިވާ ބައެއްގެ ތެރެއަށެވެ. މީލާދީ ސަނަތުން 19 ވަނަ ގަރުނުގެ ތެރޭގައި ފްރާންސްގެ ޔުޖޭން ޕައުބެއްލެގެ އަތްމައްޗަށް އުފަން މި ނިކަމެތި އަނާގެ ނަމަކީ ވަރަށް އާންމު ނަމެކެވެ. ޤަދަރުކުޑަގޮތަކަށް، ތަފާތު ޤައުމުތަކުގައި ތަފާތު ނަންނަމުން އަހަރެންނަށާއި އަހަރެންގެ ދަރީންނަށް މުޚާޠަބުކުރި ނަމަވެސް އަހަރެންގެ އެއްވެސް ދަރިޔަކު އަދި ޢާއިލީ މެންބަރަކުވެސް ހިތްވަރެއް ނޭލޭނެއެވެ. ފަހަތަކަށް ނުޖެހޭނެއެވެ. މިއަދު އަހަރެން މުސްކުޅިވެ ގައިބާރު ނެތި ކިތަންމެ ދަތި ހާލެއްގައި އޮންނާން ޖެހުނަސް، އަހަރެންގެ ޢާއިލާއިން އެ ގެންދަނީ މުޅި އިންސާނީ ދަރިފަސްކޮޅަށް ޚިދުމަތް ކުރަމުންނެވެ. މިއަދު އަހަރެން މުސްކުޅިވެ ލޯބޯ ކޮށިވެފައިވިޔަސް، އަތްފައިގެ ބާރު ކެނޑި، ގޮތް ހުސްވެފައި އޮތަސް، އަހަރެންގެ ޢާއިލާ މިހާރު އެވަނީ މުޅި ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިފައެވެ.

Print

ކޮން މީހެއް؟ (20)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(07 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

[އެންމެ ރަނގަޅު!] ނީނާ ޖަވާބު ދިނެވެ. [އެކަމަކު މަންމަ ވާނެ ނޫންތޯ އަޅުގަނޑާއެކު މާވަށަށް ދުރުވާން]

[މަންމަ ގޮސްފާނަން ދަރިފުޅާއެކު. އެކަމަކު އެހާ ގިނަ ދުވަހަކު ނުއެއް ހުރެވޭނެނު ބައްޕަ އެކަނި ބަހައްޓައިފައެއް. ކޮއްކޮމެން އަދި ކިޔަވައި ނުއެއް ނިމޭ. އެ މީހުންޗުއްޓީއަށް އަންނާނެ މި މަހު. އިދްރީސްބެގެ މީހުން ދަރިފުޅަށް އެހީވާނެ.]

[މަންމާ! މީހެއްގެ އެހީއެއް ބޭނުމެއް ނުވާނެ. ރިސޯޓުގައި ނީނާ ހުންނާނީ! އެކަމަކު އަޅުގަނޑާއެކު ދުރުވެލައްވާންވާނެ. މަންމަ ފޫހިވެލެއްވީމާ ދުރުވާން އޮންނާނެ ނޫންތޯ؟]

Print

ހިތްހަމަޖެހިގެން ދަރީން ތަރުބިއްޔަތުކުރާން ބޭނުން ނަމަ........ (3)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

ކައުޘަރު އަޙުމަދު ލަޠީފު 

(1 ޖުލައި 2020ގައި ޝާއިޢުކުރިބައާ ގުޅޭ)

ދަރީން ތަރުބިއްޔަތު ކުރުމުގެ ވާހަކައަކީ މުޅިދުނިޔޭގައި ދައްކާ ވާހަކައެކެވެ. ކޮންމެ ދެމަފިރިއެއްގެ ކަންބޮޑުވުމެކެވެ. އާމްދަނީ ހޯދަނީ އެކުދިންނަށްޓަކައެވެ. ބައެއް ފަހަރު ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީ އިތުރު އެހެން ވަޒީފާއެއް އަދާކުރަންޖެހޭ ހިސާބަށް ވެސް ދެއެވެ. ބައެއްފަހަރު ދެމަފިރިން އެއްކޮށް ވެސް އާމްދަނީ ހޯދަންޖެހޭ ފަހަރު އަންނަނީ މަދެއްކޮށެއް ނޫނެވެ. 

Print

ކަރުކަނދު (ބިރިޔާނީމާ)

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

 

"ކަރުކަނދު" ގެ ނަންކިޔޭ

ހަރު ތޮށިން ވާ ނަލަ މަލޭ

ކަރުގަނޑެއް ހަރު އެކުލެވޭ

ވަރުވިއެއް އަށް ފިޔަ ވެޔޭ

ތަރުވިވާ ނަން ނެތިވެ ގޮސްފި

އަރުތެރެ އިންއެ ރަހަ  ގޮސްފި

__________________

Print

ކެލަވަކި: ކަނޑޫ ފަލުން ފެނި، މާބޮޑު ބަހުސެއް ނެތި ރަދީފަށް

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޚިޔާލުފާޅުކުރުމާއި ފާޑުކިޔުމަކީ މުހިއްމުކަމެކެވެ. އެއީ ކަންކަން އިޞްލާހުކޮށް ފުރިހަމަކުރާން ލިބޭ ބާރެކެވެ. މިއީ ޤާނޫނުއަސާސީއިން ވެސް ރައްޔިތުންނަށް ލިބި ދީފައިވާ ޙައްޤެކެވެ. ނަމަވެސް މި ޙައްޤުގެ ބޭނުންކުރާންވާނީ ޒިންމާދާރުކަމާއެކުގައެވެ. ކަމާބެހޭ ފުރިހަމަ މަޢުލޫމާތު ހޯދައިގެންނެވެ. ޢިލްމީ ގޮތުން ޚިޔާލުފާޅުކުރާންވާނީ ޢިލްމީ ގޮތެއްގައެވެ. ބަޔަކު ކުރާ ކަމަކާ ގުޅޭ ގޮތުން ލިޔުއްވާ އިރު، އެ ބަޔެއްގެ ފުށުން މަޢުލޫމާތު ހޯދައިގެންނެވެ. އެ ވާހަދައްކާ މައުޟޫއަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯދައިގެންނެވެ. އެހެން ނޫނީ އެ ވާނީ އާޑަކިޔުމަކަށެވެ.

Print

އަލުވި ބަކުން

ޝާޢިއުކުރީ ޖުވޭރިޔާ ވަޖުދީ . ހިމެނޭބަޔަކީ ސުފުރާ


ތުއްތު ކުދިންގެ ކާނާ

ބޭނުންވާތަކެތި

ޖުވައިރިޔާ ވަޖުދީ

1 އަލުވި ( ކުދިކޮށް ކޮށާފައި)
2 އިންޗީގެ ބަރަބޯކޮޅެއް ( ކުދިކޮށް ކޮށާފައި)
3 މޭޒުމަތީ ސަމުުސާ ރަތް ހަނޑޫ
1 މޭޒުމަތީ ސަމުސާ މުގު
1 މޭޒުމަތީ ސަމުސާ ހިމުން ކޮށް ކޮށާފައި ހުރި ރޯމަސް
Print

ކަނީރު – ރީތި ވިހަގަހެއް

ޝާޢިއުކުރީ މުޙައްމަދު ވިދާން ޝާކިރު . ހިމެނޭބަޔަކީ ތިމާވެށި


=މުޙައްމަދު ވިދާން ޝާކިރު=

ކަނީރު ގަހަކީ، ވަރަށް ރީތި މަލެއް އަޅާ ގަހެކެވެ. އަޅުގަނޑުމެން ގޭގައިވެސް ބޮޑު ކަނީރުގަހެއް ހުރެއެވެ. ތަފާތު މުނާސަބާތަކަށް އެގަހުން މާހޯދުމަށްޓަކައި ދޭތެރެދޭތެރެއިން މީހުން އާދެއެވެ. އެގަހުން މާބޮޑިތައް ބިނދެގެން ގޭތެރޭގައިވެސް ބަހައްޓާ އުޅެމެވެ.
 
ނަމަވެސް އޭރު ކަނީރުގަހާބެހޭ ގޮތުން މާގިނަ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. މީގެ އަހަރެއްހާ ދުވަސްކުރިން އެއްރެއަކު އަޅުގަނޑުގެ ބައްޕަ ދުރުވެ ކަނީރުގަހަކީ ވިހަގަހެއް ކަމުގެ މަޢުލޫމާތު ލިބިލައްވައިފިކަމަށް ބުނުއްވިއެވެ. ބައްޕައަށް މިމަޢުލޫމާތު ދެއްވީ އަޅުގަނޑުމެންގޭ ދޮރުމަތީން ދިމާވެގެން އަލްފާޟިލް އޮގަރު އިބްރާހީމް ވަޙީދުކަމަށާއި އަދި އެގަހުގެ ސައިންޓިފިކް ނަމާއި އެނޫންވެސް ބައެއް މަޢުލޫމާތު ވަޙީދު ވިދާޅުވެދެއްވިކަމަށް ބައްޕަ ބުނުއްވިއެވެ.
Print

ބަހަވީ ޢިލްމުގެ ތެރެއިން...: ވާހަކަދެއްކުމުގައި އެއްބާރުލުމުގެ އުޞޫލުތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ވާހަކަދެއްކުމުން މުޢާމަލާތުކުރުމަކީ އިޖްތިމާއީ ކަމަށްވާތީ މިކަމުގައި މިންގަނޑުތަކެއް ކަނޑައެޅިފައިވެއެވެ.


ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ވާހަކަދެއްކުމަކީ އިޖްތިމާއީ ކަމަކަށްވާތީ ވާހަކަދެއްކުމަކުން ދެމީހެއްގެ ދެމެދުގައި ނުވަތަ ބައެއްގެ މެދުގައި މުވާޞަލާތުކުރެވޭނީ ވަކި ހަމަތަކާއި އުޞޫލުތަކެއްގައި ހިފަހައްޓައިގެންނެވެ. އެހެންނޫނީ އެ ދައްކާ ވާހަކައަކުން، ނުކުތުމަށް އުއްމީދުކުރާ ނަތީޖާ ނުފެނި ހިނގައިދާނެ އެވެ. އަދި ބޭނުން ނުވާ އެހެން ނަތީޖާއެއް ނުކުތުމަކީ ވެސް އެކަށީގެންވާކަމެކެއެވެ. މަޝްހޫރު ބަސްވާރު އެޑްވެޑް ފިނެގެން (1999) ބަޔާންކުރައްވާ ގޮތުގައި ވާހަކަދެއްކުމުގައި، ވާހަކަދައްކާ ފަރާތާއި ވާހަކަދެކެވޭ ފަރާތުން ހިފަހައްޓަންޖެހޭ ހަމަތަކަކާއި އުޞޫލުތަކެއްވެއެވެ. އަދި މި ހަމަތަކަށް ކިޔަނީ "އެއްބާރުލުމުގެ އުޞޫލުތައް" ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.
Print

ތޮއްޑުވަށް އެރި ބޭރި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ

ނާޑުކަތާ

އާދަމް ނަޞީރު އިބްރާހީމް

ރިޔަލު ދޯންޏެއްގައި މާލެއާ ތޮއްޑުވާ ދެމެދު ދަތުރުކޮށްލުމުގެ ނަސީބު ނުވަތަ ބަދުނަސީބު އަޅުގަނޑަށް ލިބުނެވެ. މި ޒަމާނުގައި އެންމެ 45 މިނިޓުން މި ދެމެދު ބައްދައިލެވުނަސް، އެ ޒަމާނުގެ އެ ދަތުރަށް ތިންރޭ ތިން ދުވާ ހޭދަވިއެވެ. މޫސުމުގެ ފުރޮޅުންތަކުގެ ސަބަބުން، ރިޔަލަށް ވައި ނުލިބުމާއި، އޮޔާއި ވަޔަށް އައި އެނބުރުންތަކާ ހުރެ، ދަތުރު ނިންމައިލެވުނީ އެތައް ތަނެއްގައި ބަނދަރު ކޮށްގެނެވެ.
Print

ލޮނުމިރުހު ހިތާނު!

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޙައްމަދު ފާތިޙް

އެއީ ބިރުވެރި ދުުވަހެކެވެ. އެބިރުވެރި ދުވަހު އެބިރުވެރި ކޮޓަރީގެ ބޭރުގައި ގޮނޑިއެއްގައި އިށީނދެގެން އިންއިރު އަހަރެންގެ ދެފައި ރޯމަހެއްހެން ތެޅެމުން ދިޔައެވެ. އަހަރެންގެ މަންމަ އާއި ބައްޕަ އަހަރެންގެ ކައިރީގައި ތިބެގެން އަހަންނަށް ހިތްވަރު ދެމުން ދިޔައެވެ. އަހަރެންގެ އުމުރުފުރާގެ ކުދިންގެ ތެރެއިން ފަހަރަކު ކުއްޖެއް އެބިރުވެރި ކޮޓަރިއަށް ވަންނަމުން ދިޔައެވެ.
Print

ދީނީ ޚިލާފުތަކުގެ ތާރީޚުގައި ދިވެހިރާއްޖެ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

 އަބޫ ބަކުރު ދާވޫދު

ހިޖުރައިން 548ވަނަ އަހަރު، (1153މ) އޭރު ދިވެހި ތަޚުތުގައި ރެދަނލިކަން ކުރައްވަމުން ގެންދެވި ތީމުގޭ މަހާ ކަލަމިންޖާ އިސްލާމްދީން ޤަބޫލު ކުރެއްވުމަށްފަހު މިވޭތުވެދިޔަ ދިގުމުއްދަތުގައި ދިވެހިރާއްޖެ މިވަނީ ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ޝަރަފް ހޯދާފައެވެ. ނަމަވެސް މި މަތިވެރި ޝަރަފާއި އެކުވެސް ދީނީ ތަފާތު ފިކުރުތަކުގެ ސަބަބުން 

އިތުރު މަޒުމޫން...

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ