އުންމީދުގެ އަލިކަން
ބިންމާ އިބްރާހީމް ވަޙީދު
ގަޑިން ފަތިހު ފަހެއްޖަހައިފި އެވެ.
ފަތިސް ނަމާދަށް ބަންގި ގޮވަނީ 04:46 ން ނެވެ.
މާލޭގައި އަހަރެން އުޅުނުއިރު ފަތިސް ނަމާދު ކުރަނީ މިސްކިތުގައި، ޖަމާޢަތުގަ އެވެ.
ވީއިރު، ރަށަކަށް އަޔަސް އެކަން ކުރަން އަހަރެން ބޭނުންވީ އެ ގޮތަށެވެ. ނިދީ ގަޑި ސޯނާކޮށްގެންނެވެ.
އެކަމަކު ބޭނުންވި ގަޑިއަކަށް ނުހޭލެވުނެވެ. އެއް ގޮތަކީ ގަޑި ހަލާކުވީ އެވެ. އަނެއް ގޮތަކީ ސޯނާގެ އަޑަށް އަހަންނަށް ހޭނުލެވުމެވެ.
އަހަންނަކީ ޓީޗަރެކެވެ.
އަހަރެން ކިޔަވައިދެނީ އިނގެރޭސި އެވެ.