އަދުގެ ޚާއްސަ

ދިވެހި

Print

ނުކުރެވުނު ވައްކަން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތިމާވެށި

            
ކަނީރު ޢަބުދުއްރަޙީމް
     
ވެލާމަހަކީ ޚާއްސަކޮށް އޭރުގެ ދިވެހިންނަށް ވަރަށް ކަމުދާ މީރު މަހެކެވެ. އެކަމަކު ރާއްޖޭން ވެލާ މަދުވަމުންދާތީ ވެލާ "ފުރޮޅުން" އޮތީ އޭރު ވެސް (ޤާނޫނަކުން ނޫނަސް) ފާޑަކަށް މަނާވެފައެވެ. ވުމާއެކު ވެލާމަސް ކާންޖެހެނީ ފޮރުވައިގެންނެވެ.  ވަގަށެވެ.

އޮފީހުގެ މަސައްކަތެއްގައި ދާންޖެހުނު ރަށެއްގައި ހައެއްކަ ދުވަހު މަޑުކޮށްލަން ޖެހުނު ފަހަރެކެވެ. ރޭގަނޑުގެ ވަގުތުތައް މުޅިންހެން ހުހެވެ.  ނަތީޖާ އަކަށްވީ ކެޔޮޅުކަމު ދާންފެށުމެވެ.
Print

ދަތުރުނާމާ ( ހަދުވަރު )

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ޖޯގްރަފީ


މުޙައްމަދު  ޝަރީފް ލަބަން ށ. ފުނަދޫ

ހަވީރު ފަހެއްޖެހިއިރު " ހަނދުވަރުބޯޓް" ގައި މާލެދިއުމަށް ފުނަދޫން ފުރީ ވަރަށް އަރާމު ދަތުރެއް ލިބުމަށް އުންމީދުކުރަމުންނެވެ. ބޯޓުގައި ހީވަނީ ލަންދޫ ވައްޓެއްގައި ކަނޑޫޖަހާފައި ހުރިހެންނެވެ. އެހާވެސް  މީހުން ގިނައެވެ. މަދަރުސާތަކުގެ ބޮޑު ބަންދުކަމުން އެކިއެކި ބޭނުންތަކަށް ފުރަމާލެޔަށް ދަތުރުކުރާ މީހުންނެވެ. ބޯޓުގައި މީހުންތިބި އަދަދެއް ލަފާކުރާކަށްވެސް ނޭގެއެވެ. އެހާވެސް މީހުން ގިނައެވެ.  ގިނައީ އަންހެނުންނާ ކުޑަކުދިންނެވެ. ބޯޓު ދުއްވަނީ
Print

ކިތަންމެވަރަކަށް ކިޔެވިއަސް ފައިދާއެއް ނެތް!!

ޝާޢިއުކުރީ މޫސާ އަހުސަން ޝަރީފް / ސަމަންދަރު ގދ.ހޯނޑެއްދޫ . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު

ގައުމުގައި ކިޔަވައިގެން ތިބި ނޫކަށިފުރައިގެ ޒުވާނުނާއި ބޮޑުން އިތުރުވެއްޖެއެވެ. ކިޔަވާ ކުދިން ކިޔަވަމުންދަނީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އެގާރަ ބާރަ ހަދަނީއެވެ. ޑިޕްލޮމާއާއި ޑިގްރީވެސް ހަދަނީއެވެ. ނޫންނަމަ އެއަށްވުރެވެސް މައްޗަށް ނުކިޔަވާ މީހަކު މިހާރު ދަނީ މަދުވަމުންނެވެ. އުސްތާޒުންނާއި ޑޮކްޓަރުން މިވަނީ އިންތިހާއަށް އިތުރުވާން ފަށާފައެވެ. ނަމަވެސް ކުރަނީ ކޮންފައިދާއެއް ހެއްޔެވެ. ކިޔެވުމުގެ ދާއިރާތަށް ނުހަނު ގިނައެވެ. ކިޔަވަނީ ހުރިހާކަމެއް ހިމނޭ ވަށައިޖެހޭ ތައުލީމެއްގެތެރެއިންނެވެ.

ތެދެކެވެ. ކިޔަވައިގެން ކުރަނީ ކޮންފައިދާއެއްހެއްޔޭ ބުނުމުން ވަރަށްގިނަ ބައެއްގެ ދެބުމަ ގޮށްޖެހިދާނެވެ. އެހެންނަމަވެސް ތެދު ހަގީގަތް ލިއުމަކުން ހާމަކުރަމާތޯއެވެ. އެއްވެސް ހާލެއްގައި މިދަނަނަވަނީ ހުރިހާ ބޭފުޅުންގެ ވާހަކައެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ކިޔަވައިގެންތިބި ގިނަބައެއްގެ ވާހަކައެވެ. ގިނަ ބައެއްގެ އަމަލުތައް ހުރިގޮތުގެ ވާހަކައެވެ. އެންމެ ތުއްތުއިރު ނާސަރީގައި '' ކުދި ކުދި ކަރުދާސް، ކުދިކުދި ކަރުދާސް '' ހޮވާނެގީމެވެ. ރަނގަޅު ކަންތައްތަކެއް ދަސްކުރީމެވެ. އެންމެ ސާފުތާހިރު ކުލާސް ރޫމު ކަމުގެ ވަނަ ހޯދުމަށްވެސް އެތައް ބައިވަރު މަސައްކަތެއް ކުރީމެވެ. އަޅުގަނޑުމެނެވެ. މިދަންނަވާ ހުރިހާ ބޭފުޅުންވެސް މެއެވެ.

Print

ހިޔަންޏަށް މުޑި ނެގުން

ޝާޢިއުކުރީ މާހިދު މުޙައްމަދު / ފްރެޝްކޯނަރ / ނ. ހެނބަދޫ . ހިމެނޭބަޔަކީ ސަމާސާ އަދަބު

އަހަރެންނަކީ ބޮނޑިބަތުގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އަހަރެންގެ އަންހެނުން މިރެއަށް ބޮނޑިބަތް ކައްކާ ވާހަކަ ބުނީއްސުރެ އަހަރެން ހުންނަނީ ކުޅު ދިޔާވެފައެވެ. ސޮނިފައިބާ ވަރުގައެވެ. ވާނީވެސް އެހެންނެވެ. ބޮނޑިބަތްކޮޅެއް ކާލަން ނުލިބޭތާ ހާދަ ޒަމާނެއް ވެއްޖެއެވެ. މިރޭ ރަނގަޅަށް ކާލާނަމެވެ. ކެއުމަށް ތައްޔާރުވަންދެން އަހަރެން އިނީ ފާޚާނާގައެވެ. ބަނޑު ހުސްކުރާށެވެ. ގިނައިން ކެވޭނީ އޭރުންނެވެ.

ރޭގަނޑު އަށެއް ޖަހައިފިއެވެ. ކާން ތައްޔާރުވެއްޖެއެވެ. ކާކޮޓަރިން ދުވި ބޮނޑިބަތް ވަހުންވެސް ހިތާހައްޓާބެދިއްޖެއެވެ. ބަލަން ނުހުރެ ހަރަކުން ދޫކޮށްލި މިސައިލެއްހެން ގޮސް އަވަހަށް މޭޒު ކައިރީ ހުރި ގޮނޑިއެއްގައި އިށީނދެފީމެވެ. ރަނގަޅަށް ގޮނޑީގައި ހަމަޖެހެލިތަނާ ގޮނޑިއާއެކު އެ ވެއްޓުނީ ތަޅުންގަނޑު މައްޗަށެވެ. އުނަގަނޑަށް ވީތަދުން ހަޅޭއްފަޅޭއްޖަހައިގަނެވިއްޖެއެވެ. ބަދައެއް ބިންދައިގެން ދިޔައީ ކަންނޭނގެއެވެ. މިކަހަލަ ކެހި އިންސާނުންނަށް ދޭން ހެޔޮނުވާނެއެވެ. ވާނުވާ ބެލިއިރު އިށީނދެވުނީ އެއްފައި ނެތް ގޮނޑިއެއްގައެވެ. ނަމަވެސް ވާތަދަކަށް ނުބަލައި އަނެއްކާވެސް ޖެހިގެން ހުރި ގޮނޑީގައި އިށީނދެފީމެވެ.

Print

އަތޮޅުވެރިންނަށްހިއްޕޭނީވަލުގައެވެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އާދަކާދަ

ޠާހާ އަބޫބަކުރު، ލ.ގަން 

ދިވެހި ބަހުގެ ބޯދާ ބުނުންތަކުގެ ތެރޭގައި ހިމެނޭ މުސްކުޅި ބަސްތަކާއި މިސާލުބަސްތައް ގުޅިފައި ހުންނަނީ ހަޤީޤަތުގައި ވެސް ހިނގައިފައިވާ ހާދިސާތަކާއެވެ. ބައެއް ހާދިސާތައް ހިނގައި ދިޔަ ގޮތް މާޒީގެ ތެރެއަށް ގެއްލިގެން ދިޔަކަމުގައި ވިޔަސް އެ ހާދިސާއަށް ނިސްބަތްކުރެވޭ ބަސް ދެމިއޮވެއެވެ. އެ ފަދަ މުސްކުޅި އެއްބަހަކީ ހައްދުންމަތީގައި ހިނގައި ދިޔަ ހާދިސާއަކަށް ނިސްބަތްކުރެވޭ "އަތޮޅުވެރީންނަށް ހިއްޕެވޭނީ ވަލުގައޭ" ބުނެވޭ މުސްކުޅި ބަހެވެ. ދިވެހި ބަސްފޮތުގައި އޮންނަ ގޮތުން މި ބަހަކީ "އިސްކޮށްހުންނަ މީހަކަށް ކުރެވޭނީ އަމުރެވެ. ކަމެއް ފުރިހަމަ ކުރެވޭނީ، އެ ކަމަކަށް އަމަލީ ސިފަ ގެންނަން ތިބި ބަޔަކަށް އެއްބާރުލެވިގެންނޭ ބުނުމަށް ބުނެއުޅޭ ބަހެކެވެ."

Print

ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (12)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިވެހި

 

މުޙަންމަދު ޝާހިދު ޙަލީމު

(18 ޖުލައި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

ގ- ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުޅުނު ތަމްސީލުތައް

1- ރުއްކުރިން ފެނުނު އަތްތިލަ

މިއީ ކޮޅުމަޑުލު އަތޮޅު ތަޢުލީމީ މަރުކަޒުން 1996 ވަނަ އަހަރު ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވީ އާދަމް ޒާހިރެވެ. މި ތަމްސީލު ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

ޏ- މޯލްޑިވްސް ސެންޓަރު ފޯ ސޯޝަލް އެޑިއުކޭޝަނުގައި ކުޅުނު ތަމްސީލުތައް

Print

ކުޑަކުދީންގެ ވާހަކަ (9): ތަރުތީބު ރާވެރިބޭ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ސާދުނާ ޢަބްދުލްކަރީމް

މަރޮށީ ރާވެރިބޭގެ އަނބި ރ. ރަސްމާދޫ ރޯނުގޭ ހަރީރާއަކީ މުރާލި އަންހެނެކެވެ. ރާވެރިބޭ ހަވީރު ރުއްތަކުން ރާބާލައިގެން އައިއިރު ހަރީރާ ހުރީ، ރާވެރިބޭ  މެންދުރު ނަމާދަށް ދަމުން  ދޮވެފައި ރޯނުގައި އެޅުވި ރަތް ސޯޓުން ރޫ ފިލުވާށެވެ.

Print

ޤާނޫނުއަސާސީ އާއި ޤާނޫނުގެ ވެރިކަން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތާރީޚް

 

ޠާހާ އަބޫބަކުރު، ލ.ގަން

އިހު އެވޭލާ ޒަމާނުންސުރެ ދިވެހިރާއްޖޭގައި ދެމިއޮތީ ވިރާސީ ރަސްކަމެކެވެ. ކިޔަމަންތެރި ދިވެހިން ބޯލަނބަމުން ދިޔައީ ރަދުންގެ ވިދާޅު ބަސްފުޅަށެވެ. ރަދުން "ހިތްޕުޅަށް" އަރައިވަޑައިގަތް ކޮންމެ ގޮތެއް އެއީ "އެންމެ ރަނގަޅު" ގޮތްކަމަށް ރައްޔިތުން ދިޔައީ ޤަބޫލުކުރަމުންނެވެ. އަނިޔާވެރި ރަހުންނާއި ރަނީންގެ ވަކިދަށުގައި ދިވެހިން ހޭދަކޮށްފައިވާ ދަތި ދުވަސްތަކަކީ އަދުއްވުންގެ "އަޅުވެތިކަމުގެ" ދުވަސްވަރުގައި ހިތްދަތިކަމުގައި ހޭދަކުރި މުއްދަތަށްވުރެ ވަކި މަދު ދުވަސްތަކެއް ނޫނެވެ. މި ރާއްޖޭގައި ޢިލްމުގެ ދަންމަރުގެ ހުޅުކޮޅު ރޯވެ، ބޮޑުވާންފެށުމާއެކު ދިވެހިންގެ ހޭލުންތެރިކަން އިތުރުވާން ފެށީ 20 ވަނަ ޤަރުނުތެރޭގައެވެ. މިއީ ދިވެހީންނަށް ޤާނޫނުއަސާސީއެއްގެ ހިޔާވަހިކަން ލިބޭންފެށި ހިސާބުންކަމުގައި ދެންނެވިދާނެއެވެ. އެ ގޮތުން ވޭތުވެދިޔަ 80 އަހަރުތެރޭގައި ވުޖޫދަށް އައި ޤާނޫނުއަސާސީތަކާއި އެ ޤާނޫނުތަކަށް ގެނެވުނު އެތަކެއް އިސްލާޙާއެކު ދިވެހި ތާރީޚްގައި ފެވިގެން ގޮސްފައިވަނީ އާދަޔާއި ޚިލާފު ސަފުޙާތަކެކެވެ. މި ދިރާސާގައި ކުރުގޮތަކަށް މި ބަލައިލަނީ މިހާތަނަށް ރާއްޖޭގައި ތަސްދީޤުކުރެވުނު ޤާނޫނުއަސާސީތަކުގެ ބައެއް ތާރީޚްގެ މައްޗަށެވެ. ޤާނޫނުއަސާސީގެ ދަށުން ވެރިކަން ކުރެއްވި ބޭފުޅުންގެ ވެރިކަން ނިމުމާއި ޤާނޫނުއަސާސީއާ ހުރި ގުޅުމަށެވެ.

Print

ރާއްޖެ އިސްލާމްވީ ދުވަހުގެ ހަނދާނުގައި

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ އިޖުތިމާޢީ

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއަދަކީ 1374 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ދިވެހީން ފާހަގަކުރަމުންއައި "ރާއްޖެ އިސްލާމްވީ ދުވަހެވެ. ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުން އައި އެހެން ދީންތައް ދޫކޮށްލައި، ދިވެހި ދައުލަތުން ރަސްމީކޮށް އިސްލާމް ދީން ޤަބޫލުކުރީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރާ މަހު ދެވަނަ ދުވަހުކަމަށް ތާރީޚުން ހެކިދެއެވެ. މީލާދީން 1153 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

Print

މަލަކާ

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

ޢަބްދުﷲ ރަޝީދު 

މިތުރާގެ  އަސަރީ  މަސްތަކީ  ހިތުގައި  އަނދާ  އަލިފާނެކޭ 

         ބިތުސާ   ނުވެވި  ހިތް  ޣަރަޤުވާ  ފިތުނައިގެ  ގަދަ  ޠޫފާނެކޭ

އޮއިގައި ދިޔަސް  އިތުބާރުތައް  ސޮއިކޮށް  ހެދުނު އިޤްރާރުތައް

         ފޮއިތަކުގެ  ރަން  ހަނދުވަރު ތެރޭ  ބޮއިގަހުގެ  ފަތަކީ  ހެކިތަކޭ

ފިނިފެންމަލެއް  ފަދަ  ތުންފަތުން ހިނިތުންވެލާ ތިޔަ  ފަރިކަމީ 

         ދިނިގެން  ހިތާމަ   ހިތުން  ފިލާ  ފިނިކަން  ހިތަށްދޭ   އާރެކޭ 

Print

"އަތުކުށް" (4)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ސިލްސިލާ ގޮތެއްގައި އަޅުގަނޑު ލިޔަމުން މި ގެންދާ ލިޔުމުގައި މި ފަހަރު ވެސް އަޅުގަނޑު ބަލައިލާން މި ގަސްތުކުރަނީ ނޫހެއްގައި އޮތް އެންމެ ޖުމުލައެއްގެ މައްޗަށެވެ. ދެންނެވިފައި ވާނޭ ފަދައިން އަޅުގަނޑުގެ މި ސިލްސިލާގެ ބޭނުމަކީ ނޫހުގައި ލިޔުއްވާ ޒުވާން ކުދީން ގަވާއިދަށް އަހުލުވެރިކުރުވުން ކަމަށް ވާތީ، ކުށް ޢިބާރާތް ނަކަލުކުރީ ކޮން ނޫހަކުންކަމެއް އަޅުގަނޑު ބަޔާނެއް ނުކުރަމެވެ. 

Print

ކަރުނައާ ނުލައި ކެއްކުން (1)

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސުފުރާ


ރޫސިހާ ބަތް


ސއ. މުޙަންމަދު އަމީން (1949)

ރޫސިހާ ބަތަކީ ދިވެހިންގެ އެންމެ އާންމު ކެއުމެވެ. ރޫސިހާ ބަތާއި ގަރުދިޔައަކީ، ނުވަތަ ރޫސިހާ ބަތާއި ރިހާކުރަކީ، ވަރަށް ވެސް މީރު ކެއުމެކެވެ. އާދޭހެވެ! ދެގޮތެއްގައިމެ، މީރުކަން ފުރިހަމަވަނީ، މިރުހާއި، ލުނބޯހުތް، ފިތައިގެން މޮޑެލީމަ އެވެ.
Print

ހިތްގައިމު އަޖައިބެކެވެ.

ޝާޢިއުކުރީ Mohamed Ahusan . ހިމެނޭބަޔަކީ ތިމާވެށި

ދުނިޔޭގެ ނިސްބަތުގައިވެސް ދިވެހިރަށްތަކަކީ:

ހިތްގައިމު އަޖައިބެކެވެ.

ކަނީރު ޢަބްދުއްރަޙީމު
      
ދިވެހިރާއްޖެއަކީ ގުދުރަތީ ވަރަށްރީތި މަންޒަރުތަކެއް އެކުލެވިފައިވާ ތަފާތުހިތްގައިމުކަމަކާއި ލޮލަށްފިނިކަމެއް ފޯރުކޮށްދޭ ތަނެއްކަމުގައި ދެކޭއެއްމެންމެ ގަބޫލުކުރެއެވެ. އެއްފަހަރު ބަލައިލައިގެންހިތަށް ހަމަޖެހުމެއްނުލިބި އަދިވެސް ބަލައިލަން ބޭނުންވާ ތަނެކެވެ. އަބަދާއި އަބަދު ދުނިޔޭގެ އެކިކަންކޮޅުތަކުން ފަތުރުވެރިން ޒިޔާރަތްކުރަމުންދާކަމީ މިއީތެދެއްކަމުގެ އަލިގަދަހެއްކެކެވެ.
Print

އެތުގެ ތަފާތު ސިފަތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޖޯގްރަފީ


އަޙްމަދު ޢަބްދުﷲ ސަޢީދު

އެތަކީ އެންމެ ބޮޑު އެއްގަމު ޖަނަވާރެވެ. އިންސާނުން އެއިން އެތައް މަންފާތަކެއް ލިބިގަނެއެވެ. ދަތުރުފަތުރުގެ ސަވާރީއެއްގެ ގޮތުގަ އެވެ. ބަރު މުދާ އުފުލައިދޭ އުޅަނދެއްގެ ގޮތުގަ އެވެ. މި ނޫނަސް އެތުގެ އެތައް ބޭނުމެއް އިންސާނުން ހިފާ އިރު، ބައެއް އިންސާނުން އެއީ ކަލާނގެ ކަމަށް ވެސް ދެކެ އެވެ. އެއީ އެސޮރުގެ ބިޔަކަމާއި ވަރުގަދަކަމުން ކަމަށް ވެސް ވެދާނެ އެވެ. މި ބިންމަތީގައިވާ އެންމެ ބިޔަ ޖަނަވާރުވިއްޔާ އެވެ.
Print

ފޮތް ކިޔުމުގެ ރީތި އާދަ އުވިގެން ނުދަނީސް ސަލާމަތް ކުރަމާތޯއެވެ.

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އަޙްމަދު ސަމީރު ޢަލީ

އެމެރިކާގެ ކެލިފޯނިޔާގެ ޡާނަވީ މަދަރުސާއެއްގައި ކިޔަވައިދެއްވާ (Kelly Gallagher) ކެލީ ގެލެހަރ އަކީ 25 އަހަރުގެ ތަޖުރިބާ ހުރި މުދައްރިސެކެވެ. (ފަސް ފޮތާއި ތަޢުލީމީ ދާއިރާއާ ގުޅުންހުރި އެތައް ސީޑީއެއް ނެރުއްވާފައިވެއެވެ.) ކިޔަވައިދެއްވަނީ އިނގިރޭސިބަސް، އެބަހުގެ އަދަބިއްޔާތައި ލިޔުންތެރިކަމުގެ ހުނަރެވެ. ނަމުގެ ބާވަތުން މިނަމުގެ ވެރިޔަކީ އަންހެނެއްތޯ ނުވަތަ ފިރިހެނެއްތޯ ދެނެގަތުން ފަސޭހަ ނުވާތީ، އެއީ މިސްޓަރ ކެލީ ގެލެހަރ ކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.
Print

ކަނޑިކި ލޯބި

ޝާޢިއުކުރީ ޢަބްދުﷲ ޢަފީފް . ހިމެނޭބަޔަކީ ސަމާސާ އަދަބު

ޢަބްދުﷲ ޢަފީފް  / އިމޭޖް،ކ.ކާށިދޫ

         އެއީ މީގެ ޒަމާންތަކެއް ކުރިއެވެ. ކާށިދޫގެ ފާލަމުން ފައިބާއިރު ކަނާއަތްފަރާތުން ފުރަތަމަޖެހޭ ގެއަކީ އުސްމާނާ ހަރީރާގެ ދެމަފިރިން ދިރިއުޅޭ ގެއެވެ. ލަކުޑިން މެއްލަޖަހައިގެން ބިތްބައްދައި ،ފަނުން ހިޔާކޮށްފައިވާ ރީތި ކުޑަކުޑަ ގެއެކެވެ. އެތެރެގެ އެއީ އުސްމާނުގެ ދެމަފިރިންގެ ބައެވެ. މައިދައިތައާއި ބަފާބެ ނިދަނީ ދިމާއެނދުގައެވެ. 

        އާދައިގެ މަތިން މިރޭވެސް އިޝާނަމާދުން އައިސް ރޭގަޑުގެ ނާސްތާ ނިންމާލުމަށް ފަހު ހަރީރާގެ ލޮލަށް އުސްމާނު ބަލާލިއެވެ. "މިރޭވެސް ނިދާނީ ބޮޑުއަށީގައިތަ؟ މިހާރު އަހަރެންގެ މަގަތުގައި ހަރީރާ ނުނިދާތާ ތިންމަސްދުވަސް ވެއްޖެ." އުސްމާނުގެ ވާހަކަށް ހަރީރާ ޖަވާބު ދިނުމުގެ ބަދަލުގައި ފޫހިގޮތަކަށް އުސްމާނާ ދިމާއަށް ބަލާލުމަށްފަހު ތެދުވެގެން ގޮސް ބޮޑުއަށީގައި އޮށޯވެ ނިދައިފިއެވެ.    

Print

އުދައާއި ބޮޑުރާޅުގެ ތަފާތު ނޭނގުނިއްޔާ ކުރާނެ ކަމެއް ނެތެވެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އާދަކާދަ

ޢަބްދުﷲ ރަޝީދު މ. ލިނެޓް

ކަނޑުގެ ނުޤުޞާން ރާއްޖޭގެ ރަށްރަށަށް ފޯރުމަކީ، ހިނގާ ކަމެކެވެ. ނަމަވެސް، ލިބޭ ކަނޑުގެ ނުޤުޞާނުގެ ބާވަތްތައް ނަމުގެ ތަފާތުން ވަކި ނުކުރެވޭކަމީ، ކަމުގެ އަޞްލާއި ސަބަބަށް ވާޞިލު ނުވެވޭނެ އަޞްލެކެވެ.

އެހެނީ، އެއްބާވަތަކަށް ހިނގާ ކަންކަމުގެ ވެސް ތަފާތު ނަމުން ބަޔާންވާނެތީއެވެ. 

ރާއްޖެއަށް މިހާރު ކުރާ ވިއްސާރައިގައި ރާއްޖޭގެ ރަށްރަށަށް ލިބޭ ކަނޑުގެ ނުޤުޞާނުތަކަކީ، އުދައެއް ނޫނެވެ.

Print

ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (11)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިވެހި

 

މުޙަންމަދު ޝާހިދު ޙަލީމު

(13 ޖުލައި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

21- ފެހިވިދުވަރު 1

މިއީ ގަލޮޅުން 1988 ވަނަ އަހަރު ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތަކުގެ ތެރެއިން މިހައިތަނަށް އެނގުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ.

1. ބުރާސްފަތިތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު

2. ޢަލިފުޅުގެ މޮޅު އުކުޅުތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު

Print

ކުޑަކުދީންގެ ވާހަކަ(7): ނައިނަވާ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ސާދުނާ ޢަބްދުލްކަރީމް

ނައިނަވާ އުފަންވީ  ހޮނިހިރު ދުވަހެއްގައެވެ.  އެއީ ނޮރަ ނަކަތުގެ ނުވަވަނަ ދުވަހެވެ. ނައިނަވާގެ އެޑްރެހަކީ މ. ނާލާފުށީ ނޫރާނީގެއެވެ. ނައިނަވާގެ މަންމަގެ ނަމަކީ ނޫރަންނަހާރެވެ. ނައިނަވާގެ ބައްޕައަކީ ނޭޕާލު  މީހެކެވެ. އޭނާގެ ނަމަކީ ނޫން އިބުނު ނޫޙުއެވެ.

 ނައިނަވާއަށް އެންމެ ރީތީ ނޫކުލައެވެ. ނައިނަވާ އެންމެ ކާހިތްވަނީ ނާނެވެ. އޭނާއަށް އެންމެ މީރު ބުއިމަކީ އަނޯނާ ފަންޏެވެ.  ނައިނަވާ ދުވަހަކުވެސް ނޫޑުލްސް އެއް ނުކައެވެ. އޭނާ ހީކުރަނީ ނޫޑުލްސް ހަދަނީ ކިލާފަނިން ކަމަށެވެ.  ނައިނަވާ ނަންނުގަތިދެކެ ވަރަށް ބިރުގަނެއެވެ.

އިތުރު މަޒުމޫން...

ހަމަމިގަލަމުން

އިދާރާ

ވާހަކަ