އަދުގެ ޚާއްސަ

ސައިންސް ޓެކްނޮލޮޖީ

Print

2021 ވަނަ އަހަރުގެ ފުރަތަމަ މާހަނދު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

ދުނިޔޭގެ ވަށައިގެން ކޮންމެ މަހަކުވެސް ހަނދު އޭގެ ފަލަކުގައި ބުރެއް ޖަހައެވެ. އެ ފަލަކު އޮންނަނީ ކުކުޅުބިސް ބުރެއްގެ ޒާތަށެވެ. އެހެންކަމުން، އެ ބުރުގައި ހިނގާ ހިނގުމުގައި ހަނދުގެ ސައިޒު ދުނިޔެއަށް ފެންނަ ތަފާތު 12%  ގެ މިންވަރަށް ތަފާތު ވެއެވެ. 

ދުނިޔެއާއި އެންމެ ދުރަށް ހަނދު ދާ މިންވަރަކީ، 4O6,300 ކިލޯ މީޓަރަށެވެ. އެންމެ ކައިރިޔަށް އަންނަ މިންވަރަކީ 356,700 ކިލޯ މީޓަރަށެވެ. 

Print

ރޯދަމަސް ނިމުން

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު މ.ލިނެޓް

11 މޭ 2021 ވަނަ އަންގާރަ ދުވަހަކީ މި ހިނގާ ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. އިސްލާމީ އާދަކާދައިގައި މައްސަރުތައް ގުނައި ކަނޑައެޅުމުގައި އޮންނަ ހަމަޔަކީ، ހަނދު ބެލުމެވެ. 

ކަން އެހެން ހުރިނަމަވެސް، ޢިލްމީ ގޮތުން ފަލަކީ ޙިބާސުން އެކަންކަން ކަށަވަރަށް ބަލާން އެނގޭން ފެށިފަހުން، ހަނދުބެލުމުގެ އާދަ ދިރުވަމުން އައި ނަމަވެސް، ޢަމަލީ ގޮތުން ބުރަވަނީ ފަލަކީ، ޙިސާބަށެވެ. ސަބަބަކީ، އިރާއި ހަނދު، ޙިސާބެއްގެ މަތީގައި ލެއްވެވިކަން ޤުރުއާނުން އެނގޭން އޮތް އޮތުން، ޙިސާބު ޢިލްމުން ދެނެގަންނަން އިންސާނުންނަށް އެނގި، އޭގެ ކަށަވަރުކަން ތަޖްރިބާ ކުރެވިފައި ވާތީއެވެ. 

Print

ބްލެކްބެރީ ފޯނާއި ބްލެކްބެރީގެ ޚިދުމަތް (Blackberry)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ




ޢަބްދުﷲ ފިރާޤް


    
ބްލެކްބެރީ އޭ ބުނުމުން މީ އާ ނަމަކަށް ނުވެދާނެއެވެ. އެކަމަކު ބްލެކްބެރީގެ ޚިދުމަތޭ ބުނުމުން ހަމަޔަގީނުންވެސް މީ އަޅުގަނޑުމެންތެރެއަށް މުޅިން އަލަށް ތަޢާރަފްވި ޚިދުމަތެކެވެ.

ބްލެކްބެރީ ފޯނަކީ، ކެނެޑާގެ ކުންފުންޏެއް ކަމަށްވާ "ރިސާރޗް އިން މޯޝަން" (RIM) އިން  މޯބައިލް ފޯނުގެ ޢާއިލާއަށް 1999 ވަނައަހަރު އުފަންކުރުވި ސްމާޓް ފޯނެކެވެ.  1999 ވަނައަހަރު އުފަންވި ބްލެކްބެރީގެ ޚިދުމަތް ސްމާރޓް ފޯނެއްގެ ސިފަ ލިބިގެން ބޭނުންކުރަން ފެށިފައިވަނީ 2003 ވަނައަހަރުއެވެ.

މި ފޯނުތަކުގެ އޮޕަރޭޓިންގ ސިސްޓަމަކީ "ރިމް"ގެ އަމިއްލަ އޮޕަރޭޓިންގ ސިސްޓަމެކެވެ.
Print

އިންފޮރމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިޔުޓިންގ ގެ ތާރީޚުގެ ތެރެއިން ބައެއް ..... (ފަހުބައި)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އައިޓީ



އަޙުމަދު ޖަވާދު / ޅ. ނައިފަރު


                                            15 ސެޕްޓެމްބަރ  2011 (ބުރާސްފަތި) ގުޅޭ

2001 ވަނަ އަހަރު

-    އޮޕަރޭޓިންގ ސިސްޓަމްތަކުގެ އެތައްބައިވަރު އަޕްޑޭޓްތަކާއެކު މައިކްރޯސޮފްޓް ވިންޑޯޒް އެކްސްޕީ ބާޒާރަށް ނެރުނެވެ.
-    އިންޓެލް ޕެންޓިއަމް 4 ގެ 1.4 ގިގަ ހާރޓްޒް ގެ ޗިޕް ތަޢާރަފްވިއެވެ. މި ޗިޕްގައި 42 މިލިއަން ޓްރާންސިސްޓަރ ހިމެނިފައި ވެއެވެ.
Print

ސެމްސަންގ ގެލެކްސީ ނޯޓް Samsung Galaxy Note

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤް

ސެމްސަންގ (ނުވަތަ ސަމްސުންގ) ކުންފުނިން އުފައްދާފައިވާ ސްމާރޓް ފޯނުގެ އަދަދު ވަރަށްގިނައެވެ. ޓެބްލެޓްތަކުގެ ފެންވަރު ވަރަށް ރަނގަޅެވެ. ކަސްޓަމަރުންގެ ރުހުން ލިބިފައިވާ މި އުފެއްދުންތަކުގެ ސިލްސިލާއަށް އިތުރުވި އެއްބޮޅަކީ "ސެމްސަންގ ގެލެކްސީ ނޯޓް" އެވެ. މާރކެޓް ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، މިފޯނަކަށް ސްމާރޓް ފޯނެކޭ ބުނާނެ ޖާގައެއް ނެތެވެ. އަދި މީ ޓެބްލެޓެކޭ ވެސް ބުނާނެ ޖާގައެއްނެތެވެ. އެހެންކަމުން މީ މި  ދެވައްތަރުގެ "ހައިބްރިޑް" އެކޭ ބުނުންމާ ރަނގަޅުވާނެކަމަށް ތަޖުރިބާކާރުން ދެކިލައްވައެވެ.
Print

ހަނދުބެލުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު މ.ލިނެޓް

ހަނދުބެލުމަކީ، ޝަރުޢީ އިޞްޠިލާޙުން ނަމަ ހަނދުމަހެއްގެ ފެށުން ކަށަވަރު ކުރުމަށް ޙިސާބު ޢިލްމުން ބެލެން ނެތް ޒަމާންތަކުގައި ޢަމަލު ކުރިގޮތަށް ކިޔާނަމެވެ. އެހެނަސް އިސްލާމީ ޙަޟާރަތު ކުރިއަރައި ޢިލްމާއި ސައިންސުގެ ރޮނގުން އިސްލާމުން ވެސް ކުރިއެރުން ހޯދައި ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ފަލަކީ ޙަޤީޤަތްތުގެ ޢިލްމާއި ސިއްރުތައް ހާމަވެ ފަލަކީ ޢިލްމުގެ ކަށަވަރުކަން ދެނެގަނެވުނުފަހުން، ހަނދުބެލުން ވެފައިވަނީ އިސްލާމީ އާދައިކާދައިގެ ކަމެއް ފަދައިންނެވެ. 

Print

ސެމްސަންގް ގެލެކްސީ އެސް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން

Samsung Galaxy S

ޢަބްދުﷲ ފިރާޤް

ސެމްސަންގ ކުންފުނީގެ މި އުފެއްދުމަކީ މިވަގުތު އެންމެ މަޤްބޫލުކަން ހޯދާފައިވާ ފޯނުތަކުގެ ތެރޭގައި ހިމެނޭ ފޯނެކެވެ. މިފޯނުގައި އޮޕަރޭޓިންގ ސިސްޓަމެއްގެ ގޮތުގައި ބޭނުންކުރަނީ އެންމެފަހުގެ އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމެވެ. މިފޯނުގެ ޓަޗް އިސްކިރީނުގެ ފަސޭހަކަމަކީ ވެސް މިފޯނު ބޭނުންކުރުމަށް ޝަޢުޤުވެރި ކުރުވާ އެއްސަބަބެވެ. މިފޯނުން ހައިޑެފިނިޝަން ކޮށް ވީޑިއޯ ބަލާލެވުމަކީވެސް މިފޯނަށްލިބޭ ތަރުޙީބު އިތުރުވެގެންދާނެކަމެކެވެ. ހަމަމިއާއި އެކު މިފޯނުގައި ހިމެނޭ
Print

އިންފޮރމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިޔުޓިންގގެ ތާރީޚުގެ ތެރެއިން ބައެއް ..... (ފުރަތަމަ ބައި)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އައިޓީ



އަޙުމަދު ޖަވާދު،  ޅ. ނައިފަރު

މިއީ އަޅުގަނޑު ފަންވަތުގައި ޝާޢިއުކުރުމަށް ލިޔާ ފުރަތަމަ ލިޔުމެވެ. އަޅުގަނޑަކީ ކޮމްޕިއުޓިންގ އާއި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ އެ ދާއިރާގައި މަސައްކަތް ކުރާ މީހަކީމެވެ. އަދި އެ ދާއިރާއިން ދުނިޔެ ހޯދަމުންއަންނަ ކުރިއެރުންތަކާ ބެހޭ މަޢުލޫމާތު ހޯދުމާއި ދިރާސާކުރުމަކީ އަޅުގަނޑު ހޮބީއެއްގެ ގޮތުގައި ކުރަމުން އަންނަ ކަމެކެވެ. އެގޮތުން އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތުތަކުގެ އަލީގައި މި ލިޔުމުގައި އަޅުގަނޑު މި ބަލައިލަނީ އެންމެ ފުރަތަމަ އުފެއްދި ޑިޖިޓަލް ކޮންޕިއުޓަރާ ހިސާބުން
Print

Nokia-Oro ނޮކިއާ އޯރޯ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ



ޢަބްދުﷲ ފިރާޤް

މިއީ، ނޮކިއާއިން 2011 އޮގަސްޓް މަހު ބާޒާރަށް ނެރެފައިވާ ފޯނެކެވެ. ބަލައިލަން ރީތި، ފެންވަރު ރަނގަޅު އަދި އަގުވެސް ބޮޑު ފޯނެކެވެ. ނޮކިއާގެ މި އުފެއްދުމަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައި ވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މިފޯނުގެ އެންމެ ހާއްސަކަމަކީ މީ 18 ކެރެޓް ގޯލްޑް ޕްލެޓް ކޮށްފައިވާ ފޯނަކަށްވުމެވެ.

•    ނެޓްވޯކް:-
o    2 ޖީ ނެޓްވޯރކް:  GSM 900 / 1800 / 1900
o    3 ޖީ ނެޓްވޯރކް: 2100/1900/1700/900/850HSDPA 
Print

ކީރިތި ޤުރުއާނާއި ފަލަކީ ޢިލްމު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

 

ކެޕްޓަން މުޙަންމަދު ޝަރީފް،  ހ. އެލިއަތުވިލާ 

މި ހިނގާ 1441 އަހަރުގެ ފިޠުރު ޢީދުގެ ހަނދާ ގުޅޭ ގޮތުން ބައެއް ޢިލްމުވެރީންގެ މެދުގައި ކުރެވުނު ހޫނު ބަޙުޘަކީ ވަރަށް ޚުޠޫރަތްތެރި ވަގުތެއްގައި ކުރެވުނު ބަޙުޘަކަށްވެފައި، ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންގެ ތެރެއިން ބައެއް ޢިއްޒަތްތެރި ޢިލްމުވެރީން ކޮންމެވެސް ވަރަކަށް އަޅުގަނޑުގެ ރައުޔު ހޯއްދަވަމުން ވެސް ގެންދެވުމާއި އަދި މި ދާއިރާގައި ކޮންމެވެސް މިންވަރަކަށް މަސައްކަތް ކުރުމުގެހެޔޮ ނަޞީބު الله سبحانه وتعالى އަޅުގަނޑަށް މިންވަރު ކުރައްވައިފައި ވާތީ ކޮންމެވެސް ބަހެއް ދަންނަވާން ޤަޞްދުކުރަމެވެ. ފަހަރެއްގައި ވެސް ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންގެ ޢިލްމުވެރިކަމާމެދު އަދި ޢަޤީދާއާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް އޮވެގެނެއް ނޫނެވެ. ނަމަވެސް ވިސްނުން ކޮށި މީހަކަށް ނުވަތަ ބަޔަކަށް އެ ފަދަ ގޮތަކަށް ވިސްނިގެން ހިނގައިދާނޭ ފަދަ ގޮތަކަށް ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންގެ ބަޙުޘް ނުދާނޭ ގޮތަކަށް ދީނީ އަދި ޢިލްމީ ދަލީލުތަކުގެ މައްޗަށް ބައްޓަން ކުރެއްވުން ކިހިނެއްވާނެތޯ ދަންނަވައިލާން އަޅުގަނޑުގެ ހިތަށް އެރީއެވެ.

Print

އެޕަލް އައި ފޯނު 4

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


Apple iPhone 4

ޢަބްދުﷲ ފިރާޤު
 
   ހަތަރުވަނަބައި:

އެޕަލް އައި ފޯނަކީ ފޯނުގެ ދުނިޔެއަށް ވަރަށް އާ ކަންތައްތަކެއް ގެނުވައިދިން ފޯނެކެވެ. އަހަރަކު އެއްފަހަރު ނެރޭ އައި ފޯން ސިލްސިލާގެ ފޯނުތަކުގެ އެންމެ ފަހުގެ ފޯނު ނުކުމެފައިވަނީ 2010 ޖޫން މަހުއެވެ. އެޕަލް އައި ފޯން 4 ގެ ނަން ދީފައިވާ މިފޯނާއި ބެހޭ މަޢުލޫމާތު ކޮޅެއް ހިއްސާކޮށްލެވޭތޯ ބަލާނަމެވެ.

ފޯނުގެ މުހިންމު ބައެއް ސިފަތައް:
 
Print

ކާކުގެ އިނގިލީގެ ނިޝާނެއް!

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އައިޓީ


 
މުހައްމަދު ޢަބުދުއްޞަމަދު ، ފެހިވިލާގެ/އިހަވަންދޫ

ކުރީ ޒަމާނުގައި އިންސާނާގެ އިނގިލީގެ ނިޝާންތަކާމެދު މާބޮޑު އެއްޗެއް އިންސާނުންނަށް އެނގިފައެއް ނުވެއެވެ. މާބޮޑު ހޯދުންތަކެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް 1856 ވަނަ އަހަރުން ފެށިގެން އިންސާނާގެ އިނގިލީގެ ނިޝާންތަކާމެދު ހޯދުންތަކެއް ވަނީ ހޯދާފައެވެ. މި ހޯދުންތައް ހޯދީ، ގެން ގިންސެން ނަމަކަށް ކިޔާ އިނގިރޭސި ވިލާތުގެ ޢިލްމުވެރިއެކެވެ. އޭނާ ހޯދީ ކޮންމެ އިންސާނެއްގެ އިނގިލިތަކުގެ ކުރީގައި ޚާއްޞަ ރޮނގުތަކެއް ވާކަކެމެވެ. މިރޮނގުތައް ދެމީހަކު އެއްގޮތް ނުވާކަމެވެ. މި ހޯދުންތަކުގެ އަލީގައި މިކަންތައްތައް ވަނީ އިތުރަށް ދިރާސާކޮށް ހޯދައިފައެވެ.
Print

ކޮމްޕިއުޓިންގ އާއިި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ތާރީޚުގެ ތެރެއިން ބައެއް ..... (ދެވަނަ ބައި)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ



އަޙުމަދު ޖަވާދު، ޅ. ނައިފަރު

                                                  (11 އޮގަސްޓް 2011 (ބުރާސްފަތި) ގުޅޭ)

1976 ވަނަ އަހަރު
-    ސްޓީވް ޖޮބްސްއާއި ސްޓީވް ވޮޒްނިއަކް ގުޅިގެން އެންމެ ފުރަތަމަ އެޕަލް ކޮންޕިއުޓަރ އުފެއްދިއެވެ. އަދި ކުޑަ ދުވަސްކޮޅަކަށްފަހު އެޕަލް ކޮންޕިއުޓަރުގެ 2 ވަނަ ވަރޝަން ވެސް އުފެއްދިއެވެ. އެއާއެކު ސްކޫލުތަކާއި ކޮލެޖްތަކުގައި އެޕަލް ކޮންޕިއުޓަރުގެ މަޤުބޫލުކަން އިތުރުވެގެން ދިޔައެވެ.

1979 ވަނަ އަހަރު
-    އެންމެ ފުރަތަމަ ޕަބްލިކް އޮންލައިން ޚިދުމަތްކަމަށްވާ ކޮމްޕުސާވް ތަޢާރަފްކުރިއެވެ.
Print

މުޝްތަރީ އާއި ޒުޙަލު އެއްއުއިވުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސައިންސް

                              

ޢަބްދުﷲ ރަޝީދު، މ.ލިނެޓް 

އިރު ވަށައިގެން ގުރަހަތައް ދައުރުކުރާ ކުރުމުގައި އަދަކީ މުހިންމު ޙާދިސާއެއް ހިނގާ ދުވަހެކެވެ. މުސްތަރީ އާއި ޒުޙަލު އެއްއުއިވާ ދުވަހެކެވެ. އެއީ، ކޮންމެ އަހަރަކު ހިނގާ ކަމެއް ނޫނެވެ. އަހަރުތަކަކަށް ފަހު ހިނގާ ކަމެކެވެ.

ނަމަވެސް ކޮންމެ 20 އަހަރަކުން 1 ފަހަރު މި ދެ ގުރަހަ އެއް ރާއްސެއްގައި އެއްއުއިވުމީ ދައުރުވުމުގެ އާދައިގައި ހިނގާކަމެކެވެ. އެކަމަކު މި ފަހަރުގެ އެއްއުއި ވުމަކީ، ދުނިޔެއަށް އެއް ތަރިއެއްގެ ގޮތުގައި މި ދެ ގުރަހަ ފެންނަ މަދު ޙާލަތުންކުރެ ޙާލަތެކެވެ. މި ފަހަރުގެ އެއްއުއިވުމުގެ ބާވަތަކީ އެތައް ސަތޭކަ އަހަރަކުން އެއްފަހަރު މަގުން ހިނގާ ކަމެކެވެ.

Print

ބަޙުރު އީމަޖައްލާ: ލިޔުންތެރިންނަށް ޒަމާނީ ބާޒާރެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޢަބްދުލްމުޢީދު ޙަސަން


ޢަރަބި ބަހުން ބަޙުރު ކިޔަނީ، ކަނޑަށެވެ. މި ނަމުން ދޭހަވާ މާނަތަކުގެ ތެރޭގައި ބިޔަކަމާއި ތަނަވަސްކަމާއި ފުންކަން ހިމެނެއެވެ. ބަޙުރު އީ މަޖައްލާ ތައްޔާރުކޮށްފައިވަނީ، މި މާނަތައް އެކުލެވޭ ގޮތަށެވެ. އެއީ މަޢުލޫމާތުގެ ބިޔަ ކަނޑެކެވެ. މަޒުމޫނާއި ޅެމާއި ފޮތާއި ވީޑިޔޯ ފަދަ ތަކެތި ރައްކާކުރެވިފައިވާ ތަނަވަސް ޚަޒާނާއެކެވެ. ނަމަވެސް އެ ބިޔަ ޚަޒާނާ، ތިޔަ ބޭފުޅުންގެ ޖީބުކޮޅުގައި ވެސް ގެންގުޅުއްވިދާނެއެވެ. އެހެނީ، އެއީ ސީޑީ ރޮމެކެވެ. ނުވަތަ ޑީވީޑީ ރޮމެކެވެ.

ބަޙުރު އީމަޖައްލާގެ އެންމެ މުހިންމު އެއް ސިފައަކީ، ލިޔުންތެރިންނަށް ފޮތް ވިއްކުމުގެ މަގު ތަނަވަސްކޮށްދީފައިވުމެވެ. މީގެ މާނައަކީ، ލިޔުންތެރިޔަކު ލިޔުއްވާ ފޮތްތައް، ޗާޕުކުރެއްވުމެއްނެތި، މި މަޖައްލާ މެދުވެރިކޮށް ވިއްކަވައި ވިޔަފާރިކުރެއްވިދާނެއެވެ. މިއީ، ފަންވަތް ފަދަ ވެބްސައިޓްތަކަށް ލިޔުއްވާ ހީވާގި ލިޔުންތެރިންނަށް އުފާވެރި ޚަބަރެއް ކަމުގައި ނޫނީ ނުވާނެއެވެ.
Print

ނޮކިއާ N900

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


Nokia N900

ޢަބްދުﷲ ފިރާޤު

ނޮކިއާގެ މިފޯނު ބާޒާރަށް ނެރެފައިވަނީ 2009 ނޮވެމްބަރ މަހުއެވެ. މިފޯނަކީ 2 ޖީ އަދި 3 ޖީ ނެޓްވޯރކްވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ، އަދި މޯބައިލް ފޯނުގައި ހިމެނޭ ހުރިހާ މުހިންމު ފަސޭހަތަކެއްވެސް ހިމެނޭގޮތަށް ފަރުމާ ކުރެވިފައިވާ ފުރިހަމަ ފޯނެއްކަމަށް ދެކެމެވެ.
Print

އިބިލީހުގެ ލިބާސްލެއްވުން (4)

ޝާޢިއުކުރީ އިސްމާޢީލު މުބާރިކު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ



އިސްމާޢިލް މުބާރަކް


ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު އެމެރިކާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޖޯޑު ވަތުތަށިތަކެއްހެން ހުންނަ ދިހުން ކުލަ އަރާ، ގޮތް ނޭނގޭ، އުދުހޭ އުޅަނދުތަކެއް ނިއުޔޯކްގެ މަތިން ގިނަ ޢަދަދަކަށް ފެންނަން ފެށުމެވެ. އޭރު އެމެރިކާގައި ތިބި އެންމެ ޢިލްމީ، ޤާބިލު، ވިސްނޭ މީހުން މި ކަމާމެދު ފާޅުކުރި ޚިޔާލުތައް އެއީ މި ކަމާމެދު ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމުގައި ބެލެވޭ އެމެރިކާ މި ކަމަށް ޖެހިލުންވި ވަރު ހާމަވީ ނިޝާނެކެވެ.
Print

ފަލަކީ ޙަރަކާތުން މިއަދު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު މ. ލިނެޓް

ފަލަކީ ޙަރަކާތްތަކަކީ، ހުއްޓުމެއްނެތި ޤިޔާމަތާ ހަމަޔަށް ހިނގަހިނގައިހުންނަ، މިންވަރު ކުރައްވާފައިވާ ކަމެކެވެ. ސޫރަތުއް ޒުމަރުގެ 5 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވާފައިވާ ފަދައިންނެވެ. ”خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُسَمًّى أَلَا هُوَ الْعَزِيزُ الْغَفَّارُ“. ("އެކަލާނގެ އުޑުތަކާއި، ބިން حقގޮތުގައި ހެއްދެވިއެވެ. އެކަލާނގެ ދުވާލުގެ މައްޗަށް ރޭގަނޑު އޮޅައިލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅައިލައްވަތެވެ. އަދި އިރާއިހަނދު خدمةތެރިކުރެއްވިއެވެ. އެއިންކޮންމެ އެއްޗެއްމެ ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގާނެތެވެ. ދަންނާށެވެ! އެކަލާނގެއީ، عزيزވަންތަ ރަސްކަލާނގެއެވެ. ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.") (سورة الزّمر:5)

Print

އިންޓަރނެޓަކީ ކޮބާ؟

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އައިޓީ


ޙުސައިން ޝަރީފު  އެސްޖެހިގެ ލ. ފޮނަދޫ

އިންޓަރނެޓަކީ މިހާރު އަހަރެމެންނަށް އައު އެއްޗެއް ނޫނެވެ. ނަމަވެސް ޙަޤީގަތުގައި އިންޓަރނެޓަކީ ކޮބައިކަމާއި މި މާސިންގާ ވިއުގައިގައި އެކުލެވިގެންވާ ޚިދުމަތްތަކަކީ ކޮބައިކަމާމެދު ވިސްނާލެވިފައިވަނީ ކިތައް ކުދިންނަށް ބާވައެވެ؟ ތިޔަކުދިން އިންޓަނެޓްގެ އެހީގައި މޮބައިލް ފޯނުންނާއި ކޮމްޕިއުޓަރުން 'ޗެޓް' ކުރަމުއެވެ. އަދި ބައެއްފަހަރަށް ބައެއްކަހަލަ 'ވެބް ސައިޓްތަކަށް' ވަދެ އެސައިޓުތަކުގައި ހުންނަ 'ފޮޓޯ' އާއި 'ވީޑިއޯ' ބަލައި 'އޯޑިއޯ' އަޑު އަހަމުއެވެ. އަދި ފަހުން ބަލައިލުމަށާއި ރައްޓެހިންނަށް ދައްކައިލުމަށް ޓަކައި މިތަކެތި 'ޑައުންލޯޑުކޮށް' 'ސޭވް' ކުރަމުއެވެ. އެހެންނޫން ހެއްޔެވެ؟
Print

ނޮކިއާ 5800 ނެވިގޭޝަން

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


Nokia 5800 Navigation

ޢަބްދުﷲ ފިރާޤް

•    ނޮކިއާގެ މިފޯނު ބާޒާރަށް ނެރެފައިވަނީ 2009 އޮކްޓޯބަރ މަހުއެވެ. މިފޯނަކީ 2 ޖީ އަދި 3 ޖީ ނެޓްވޯރކްވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ފޯނެކެވެ.

•    ނެޓްވޯރކް:-
o    2 ޖީ ނެޓްވޯރކް:  GSM 850/ 900 / 1800 / 1900
o    3 ޖީ ނެޓްވޯރކް: 2100 /HSDPA 900  

އިތުރު މަޒުމޫން...

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ