ސައިންސް ޓެކްނޮލޮޖީ

Print

ކޮމްޕިޔުޓަރާބެހޭ ބައެއް ސުވާލާއި ޖަވާބު

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

ސުވާލު: ސީޑީ އޮޓޯޕްލޭ ކަނޑާލާނީ ކިހިނެއް؟

ޖ. ތިރީގައިމިވާގޮތަށް ތަރުތީބުން ކުރިޔަށް ގެންދާށެވެ.
* ސްޓާޓް > ރަން > "gpedit.msc" މިހެން ލިޔުމަށްފަހު އެންޓަރއަށް ފިތާލާށެވެ.
* ދެން ހުޅުވޭ ވިންޑޯގައިވާ " Computer Configuration" އަށް ފިތާލާށެވެ.
* އެއަށްފަހު ތިރިންފެންނަ " Administrative Templates" އަށް ޑަބަލް ކްލިކް ކޮއްލާށެވެ.
* ދެން " System" އަށް ޑަބަލް ކްލިކްކޮއްލާށެވެ.
* އެއަށްފަހު ފެންނަ ލިސްޓުގައިވާ "Turn Off Autoplay" އަށް ޑަބަލް ކްލިކްކޮއްލާށެވެ. އެއަށްފަހު، އަންނަ * ވިންޑޯގައިވާ "Disabled" އަށް ކްލިކްކޮއްލާށެވެ.
Print

ގޫގްލް އެންޑްރޮއިޑް ވައިޓް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤު

ޓީ މޯބައިލްގެ "ނިއު ގޫގްލް އެންޑްރޮއިޑް އިން ވައިޓް" ފޯނަކީ ތަފާތު އާ ފަސޭހަތަކަކާއި އެކު އުފައްދާފައިވާ މޯބައިލް ފޯނެކެވެ. ހާއްސަކޮށް މި ފޯނަކީ މޯބައިލް ވެބް ބްރައުޒިންގ ގެ އާފަސޭހަތަކެއް ގެނުވައިދިން ފޯނެކެވެ.

މި ފޯނުގެ ދިގުމިނުގައި ހުންނަނީ 118 މިލިމީޓަރެވެ. ފުޅާމިނުގައި 56 މިލިމީޓަރ ހުންނައިރު ބޯމިނުގައި ހުންނަނީ 17 މިލިމީޓަރެވެ.
Print

ހުވަފެނަކީ، ސަމާސާ އެއްޗެއް ނޫނެވެ! (03)

ޝާޢިއުކުރީ އިސްމާޢީލް ޝާކިރު . ހިމެނޭބަޔަކީ ސައިންސް


އިސްމާޢީލު މުބާރަކް

އާދެ! އަޅުގަނޑުމެން ނިދީމާ އުޑުތަކުގެ  ރޫޙާނީ ޢާލަމާއި ގުޅޭ،  (އަޅުގަނޑު ކުރިން  ދެންނެވި) ސްޕިރިޓް މޮލެކިއުލް ތަކުން އުފެދޭ ހަށިގަނޑަކީ ވަރަށް ނާޒުކް އާވިގަނޑެއް ނުވަތަ ލޮލަށް ނުފެންނަ ދުންގަނޑެއް ފަދަ އެއްޗެކެވެ.  އެ ހަށިގަނޑު ސަމާވީ ޢާލަމްގައި ކުޅެނީ މި މާއްދީ ޖިސްމާނީ ހަށިގަނޑުގެ ބަދަލު ރޯލެއް ކަމުގައި  ވެސް ކުރީން ދަންނަވައިލެވިއްޖެ އެވެ.   ހަށިގަނޑާ ދުރަށް ދަތުރުކޮށް ދިއުމަށްޓަކާ ހަށިގަނޑުގެ ކާނާއިން އުފައްދާ ތަބީޢީ ހަކަތައިން ބައެއް  އިލެކްޓްރޯމެގްނެޓިވް ހަކަތަޔަކަށް ބަދަލުވާ ކަމުގައިވެސް އަޅުގަނޑު ވާނީ ދަންނަވާފައެވެ. 
 
Print

ޕްރައިމަރީ ސްކޫލެއްގެ ފަރުމާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން

މިއީ، އާކިޓެކްޗަރ ކިޔަވާ ދަރިވަރަކު ފަރުމާކޮށްފައިވާ، ޕްރައިމަރީ ސްކޫލެކެވެ. އާކިޓެކްޓުންގެ އަރިހުގައި މިއީ، މަޤުބޫލު ފަރުމާއެއް ކަމަށް ވާނެ ކަމުގައި އުންމީދު ކުރަމެވެ.

އާކިޓެކްޗަރ ކިޔަވާ ދަރިވަރުންނާއި ސްކޫލްތަކުގެ މުއައްޒަފުންނަށް މިއިން މަންފާއެއް ކޮށްފިނަމަ، އަޅުގަނޑުގެ މަޤުޞަދު ޙާޞިލުވީއެވެ. ސްކޫލްގައި ހިމެނޭ ބައިތައް، ފްލޯ ޕްލޭންތަކުގައި ހުރި ގޮތާއި ހުރި ތަންތަނަށް ބައްލަވާށެވެ. މިސާލަކަށް ފާޚާނާ ހުރީ ނިވާވެފައިވާ ތަނެއްގައެވެ. އެކަމަކު، ކްލާސްތަކުގައި ތިބެފައި، ދަރިވަރުންނަށް ފަސޭހަކަމާއެކު ދެވޭ ހިސާބުގައެވެ. އަދި ޖިމުގެ ކައިރީގައެވެ. މި މޭރުމުން އެހެން ތަންތަނަށް ނަޒަރު ހިންގަވާލައްވާށެވެ.
Print

ކޮމްޕިއުޓަރގެ މަސައްކަތް އަވަސްކުރެއްވުމަށް އެޅުއްވިދާނެ ފަސް ފިޔަވަޅެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޢަބްދުލްމުޢީދު ޙަސަން

ފުރަތަމަ ފިޔަވަޅު

Prefetch ފޯލްޑަރގައިވާ ފައިލްތައް ފޮހެލައްވާށެވެ. މިކަން ކުރެއްވުމަށްޓަކައި ހައްދަވަންވީ ގޮތް ތިރީގައި މިވަނީއެވެ.

1. Start އިން Run ނަންގަވާށެވެ.
2. ދެން Open ގައި prefetch ލިއުއްވާފައި Ok އަށް ކްލިކްކޮށްލައްވާށެވެ.
3. 2 ގައިވާ ގޮތަށް ހެއްދެވުމުން Prefetch ފޯލްޑަރ ހުޅުވޭނެއެވެ.
4. ދެން އެ ފޯލްޑަރގެ ތެރެއަށް ކްލިކްކޮށްލައްވާށެވެ. (އެހެން ތަނަކަށް ކްލިކް ނުކުރައްވާނަމަ، މިހެން ނުހައްދަވައި، 5 ވަނަ ފިޔަވަޅު ކުރިޔަށް ގެންދަވާށެވެ.)

Print

ސެމްސަންގ ބީހޯލްޑް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤު

ސެމްސަންގ ބީހޯލްޑް ފޯނަކީ ބަލާލަންރީތި، ގިނަ ފަންކްޝަންތަކެއް ހިމެނޭ ފޯނެކެވެ. ސެމްސަންގް ބީހޯލްޑްގެ އެސްޕްރެސޯ އަދި ބީހޯލްޑް ރޯސް ވެސް ހުރެއެވެ.

• ސައިޒް: ދިގު: 1.4 އިންޗި، ފުޅާ: 1.2 އިންޗި، ފޯނުގެ ބޯމިން: 0.5 އިންޗި.
• މިފޯނުގައި ބޭނުންކޮށްފައިވަނީ ރިޗާރޖަބްލް 1000 މިލިއެމްޕެއަރގެ ބެޓެރީއެކެވެ. 5 ގަޑިއިރު ވާހަކަދެއްކޭއިރު ސްޓޭންޑްބައި ގޮތުގައި 12 ގަޑިއިރު މިފޯނު ބޭނުންކުރެވެއެވެ.
• 850 MHz, 900 MHz, 1800 MHz, 1900 MHz މި ބޭންޑް (ފްރިކްއެންސީ) ތަކުގައި މި ފޯނު ބޭނުންކުރެވޭނެއެވެ.
Print

ހުވަފެނަކީ، ސަމާސާ އެއްޗެއް ނޫނެވެ! (02)

ޝާޢިއުކުރީ އިސްމާޢީލް ޝާކިރު . ހިމެނޭބަޔަކީ ސައިންސް


އިސްމާޢީލު މުބާރަކު

އަޅުގަނޑުމެން ހަށިގަނޑާއެކު ހޭލާ ތިބޭ ވަގުތުތަކުގައި  މި ތިބެނީ ކުރިން ދަންނަވައިލެވުނު، ނިއުޓަންގެ ބިމުގެ ނިޒާމާބެހޭ ޤާނޫނަށް ތަބާވެގެންނެވެ.  ނުވަތަ ތަބާވާން ޖެހިފައެވެ.  ސަބަބަކީ، އިންސާނާއަކީ، ބިމުން އުފެދުނު އެ ބިމުގެ މުށްވަރެއް ކަމަށް ވުމާއެކު، މި ބިމުގެ މާއްދާއެއް ކަމަށްވާ މި އިންސާނީ ހަށިގަނޑަށް ބިމުގެ ޤާނޫނު ހިނގާނެތީއެވެ.  އެހެންނަމަވެސް ހަމަ މި ހަށިގަނޑުގައި މާ މަތީގެ ރޫޙާނީ ކާއިނާތަކުން އައިސް އުޅޭ މީހަކުވަޒަންވެރިވެ އުޅޭކަން، ނުވަތަ އައިސް އުޅޭ ހަކަތައެއް ވާކަން އަޅުގަނޑުމެން ނޫނަސް ދުނިޔޭގެ ހުރިހާ ދީންތަކެއްގެ މީހުންވެސް ޤަބޫލު ކުރެއެވެ.  ބިމުގެ މަށްޓަށް، ނޫނީ މުރަކަޔަށް ނޫނީ ކިލާފަންޏަށް ވެގެންގޮސް އަލުން ރިސައިކަލްވަނީކަމުގައި ގަބޫލު ކުރި އިނގިރޭސިވިލާތުގެ ސައިންޓިސްޓް ޗާލްސް ޑާވިން އަދުގެ ޒަމާނީ  ސައިންސްގެ ކުރި މަތީގައި މި ހާރު ވަނީ ފަޟީޙަތްވެފައެވެ.
Print

ހަރުތަކެތި ކަފާ ފެންކަޓަރު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން


އިހުގެ ބައެއް ހަރުބަސްބަހުގައި އައިސްފައިވާ ތިލަ މާނަތައް، މިޒަމާނުގެ ޓެކްނޯލޮޖީ ދަނީ ދޮގުކުރަމުންނެވެ. އިހުގެ ހަރުބަހެއްގައި ވެއެވެ. "ދަގަނޑު ކެނޑޭނީ ދަގަނޑުންނެވެ." މި ހަރުބަހުގެ ތިލަ މާނައަށް ބަލާއިރު، ދޭހަވަނީ، ދަނގަޑު ގަނޑެއް ކަފާލެވޭނީ، ދަގަނޑުން ހަދާފައިވާ ހަމަ އެވަރުގެ ވަރުގަދަ އާލަތަކުންނެވެ.

ނަންގަނެވިދިޔަ ހަރުބަހާ ޚިލާފު ވިސްނުމެއް، ގެންގުޅުނު ޙިކުމަތްތެރިންގެ ނަޒަރުގައި، "ފިނިފެންމަލުގެ ފިޔައިން ދަގަނޑު ކަނޑާލެވިދާނެއެވެ." މި ބަހުގެ ތިލަ މާނައަކީ، ފިނިފެންމަލުގެ ފިޔައަކުން ދަގަނޑު ކަފާލެވިދާނެއެވެ. އެކަން ކުރުމަށްޓަކައި ކޮންމެހެން ވަރުގަދަ އާލަތެއް ބޭނުން ނުވެއެވެ.

ޙަޤީޤަތުގައި، މިދެންނެވި ދެ ހަރުބަހުގެ މުރާދައަކީ، އެއިން ދޭހަވާ ތިލަ މާނައެއް ނޫނެވެ. އޭގެ އަސްލު މާނަތައް ޝަރަޙަކުރުން، އެކަމުގެ އަހުލުވެރިންނަށް ދޫކޮށްލާފައި މައުޟޫޢަށް ދާނަމެވެ.
Print

ކުޑަ ކުދިންނަށް: ކޮމްޕިއުޓަރގެ ގަޑި ކައިރީގައި ނަން ލިޔާނީ ކިހިނެއް؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޢަބްދުލްމުޢީދު ޙަސަން

ކޮމްޕިއުޓަރގެ ގަޑި ކައިރީގައި، ކޮމްޕިއުޓަރ ގެންގުޅޭ ކުއްޖެއްގެ ނަން ލިޔެވިދާނެއެވެ. މިކަން ކުރަން ބޭނުންކުއްޖަކު، ހަދަންވީގޮތް ތިރީގައި މިވަނީއެވެ.

1. Start އިން Run ނަގާށެވެ. ދެން Open ގައި regedit މިހެން ލިޔެފައި Ok އަށް ކްލިކްކޮށްލާށެވެ.
Print

ނޮކިޔާ 5800 އެކްސްޕްރެސް މިޔުޒިކް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤު

ނޮކިއާގެ މި އުފެއްދުމަކީ މިއުޒިކަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަ ކޮށްގެން ފަރުމާ ކުރެވިފައިވާ ފޯނެކެވެ. ވަންޓަޗް އޯޑިއޯ އަދި ވީޑިއޯ ފީޗާރސް ހިމެނިފައިވާއިރު ހައި ރިޒަލޫޝަން ވައިޑް ސްކްރީނަކާއި، ސްޕީރިއަރ ސަރައުންޑް ސައުންޑްވެސް ހިމެނެއެވެ.

ފޯނުގެ ދިގުމިނުގައި ހުންނަނީ އެންމެ 111 މިލިމީޓަރެވެ. ފުޅާމިނުގައި 51.7 މިލިމީޓަރ ހުންނައިރު ފުޅާމިނުގައި ހުންނަނީ 15.5 މިލިމީޓަރެވެ. ބަރުދަނުގައި 109 ގްރާމްހުރެއެވެ.
Print

ހުވަފެނަކީ ސަމާސާ އެއްޗެއް ނޫނެވެ! (01)

ޝާޢިއުކުރީ އިސްމާޢީލް ޝާކިރު . ހިމެނޭބަޔަކީ ސައިންސް



އިސްމާޢީލު މުބާރަކު

ހުވަފެނާމެދު އެކި ބަސްބަހުން ގިނަގުނަ ތަފާތު ފޮތްތައް ލިޔެވިފައިވެ އެވެ.  ގިނަ ފޮތްތައް ބުނާ ގޮތުން ހުވަފެނަކީ،  ސިކުނޑީގައި ހިމެނިފައިވާ، ވިސްނުމަށް ބޭނުން ކުރާ ބަހުރުވައިން އުފައްދާ ރަމްޒީ ޚުލާޞާއެކެވެ.  ތިމާގެ ދިރިއުޅުމުގައި  ދިމާވާ، ހަނދާން ނައްތާލަން އުނދަގޫ ކަންތައްތަކާއި، ދުވާލުގެ ވަގުތުތަކުގައި ދިމާވާ ކަންތައްތަކުގެ އުސްއަލިތައް ސިކުނޑި ނަގައިގަނެ އެވެ. އަދި އަމިއްލަޔަށް އެ ކަންކަމުގެ ޚުލާޞާ އެއް ރާވައިލައެވެ. ދެން  ނިދީގައި ހުވަފެނެއްގެ ގޮތުގައި ދައްކަނީއެވެ. ދިވެހިން ބުނެ އުޅޭތީ އަޑު އިވެނީ ހުވަފެނަކީ ބިލާހެއްކަމުގައެވެ.  އެހެންކަމަށްވާނަމަ، އެއީ މާ ބޮޑު މާނައެއް ނެތް، ކުޅޭކުޅޭ ފެނުމެކެވެ. މަޖާ ސަމާސާ އެކެވެ. އެކަމަކު ޙަޤީޤީ ބިލާހަކީ، ކޮބައިބާވަ އެވެ؟
Print

ރީތިބިނާ 1: އާކިޓެކްޗަރގެ އަހުލުވެރިންނަށް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން

މާތްﷲގެ ވާގިފުޅާއެކު، މިސަފުޙާގައި ގެނެސްދޭނީ، ރީތި ޢިމާރާތްތަކާ ބެހޭ މަޢުލޫމާތެވެ. އާކިޓެކްޗަރގެ އަހުލުވެރިން، ދާއިމީ ގޮތެއްގައި މި ޞަފުޙާއަށް ޒިޔާރަތްކުރައްވަމުން ގެންދަވާށެވެ.


1. 12 ޑިސެމްބަރ 2008


Louis Vuitton flagship store by UNStudio

Print

ދުނިޔޭގެ އެންމެ ބޮޑު، އޮންލައިން އިސްލާމީ ވެށި

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޢަބްދުލްމުޢީދު ޙަސަން

އިންޓަރނެޓްގައި އިލެކްޓްރޯނިކް މުޖުތަމަޢުތައް ޤާއިމްކުރަން ފެށީ ވަރަށް ފަހުންނެވެ. ނަމަވެސް، ހިކިފަނުގައި އަލިފާން ރޯވާހާ ހަލުއިކަމާއެކު، އެކަން ވައިގައި ހިފައިފިއެވެ. ނަތީޖާއަކަށްވީ، މަޑުން ނުތިބެ މުސްލިމުން ވެސް މިމައިދާނަށް ވަދެ، އިންޓަރނެޓްގައި، ވަރޗުއަލް އިސްލާމީ ވެށްޓެއް ޤާއިމްކުރުމެވެ.

މިފަދަ ވެށިތަކަކީ، ދުނިޔޭގެ ފެންވަރުގައި، ދީންތަކުގެ އަހުލުވެރިންނަށް ހުޅުވާލެވިފައިވާ ބިޔަ މައިދާންތަކެކެވެ. އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފުވެ އުޅުމަށް، މިފަދަ ވެށިތަކުގެ ބޭނުން ހިފިދާނެއެވެ.
Print

ރާހީގެ ޙަޤީޤަތަކީ ކޮބާ؟

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސައިންސް



ޢަބްދުﷲ ނަޢީމު އިބްރާހީމް

އެސްޓްރޮލޮޖީއަކީ ނުވަތަ ނުޖޫމީ ޢިލްމަކީ ތަރިތަކުގެ ސަބަބުން ދުނިޔެއަށާއި އެހެނިހެން ތަކެއްޗަށް ކުރާ އަސަރު ދެނެގަތުން ކަމަށް އެ ޢިލްމުގެ އަހުލުވެރިން ބުނެއެވެ. އެކަމަކު ޢާއްމު ގޮތެއްގައި މި ޢިލްމުގެ ބޭނުން ކުރެވެނީ ތަރިތަކުގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް ކުރާ އަސަރުތައް ބަޔާން ކޮށް ދިނުމުގެ ގޮތުންނެވެ.
Print

އާކިޓެކްޗަރގެ އެންމެ ފަހުގެ އުފެއްދުންތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން

ފޮޓޯގައި އެވަނީ، ޔޫއޭއީ ގައި މިހާރު ބިނާކުރެވެމުންދާ ޢިމާރާތެކެވެ. މިތަން ބިނާކޮށް ނިމޭނީ 2011 ވަނަ އަހަރުގައި ކަމަށް ލަފާކުރެވެއެވެ. މި ޢިމާރާތް ނިމޭއިރު، އުސްމިނުގައި 160 މީޓަރު ހުންނާނެއެވެ. ފަހަކަށް އައިސް ޔޫއޭއީ އަކީ، މިފަދަ އުސް ޢިމާރާތްތައް ބިނާކުރާ ޤައުމެކެވެ.

ފޮޓޯގައިވާ ޢިމާރާތް ގެނެސް ދީފައިވާ ސައިޓަކީ، އާކިޓެކްޗަރގެ ފަހުގެ އުފެއްދުންތައް ބައްލަވާ ހިތްޕުޅުވާ ބޭފުޅުންނަށާއި ދަރިވަރުންނަށް ނުހަނު ބޭނުންތެރި ސައިޓެކެވެ.
މިހެންވެ، ފަންވަތް މެދުވެރިކޮށް ތިޔަބޭފުޅުންގެ އަރިހަށް އެ ސައިޓު ހުށަހަޅަމެވެ.
އެ ސައިޓަށް ޒިޔާރަތް ކުރެއްވުމަށް ޓަކައި:
މިތަނަށް ކްލިކްކޮށްލައްވާށެވެ.
Print

ޓެކްނޮލޮޖީގެ ބައެއް ސުވާލާއި ޖަވާބު

ޝާޢިއުކުރީ ޝަމްސުލް ފަލާޙް . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

މި ލިޔުމުގައި މި ފާހަގަކޮށްލަނީ ޓެކްނޮލޮޖީއާ ވަރަށް ގުޅުންހުރި ވަރަށް އާންމުކޮށްކުރެވޭ ސުވާލުތަކަކާއި ޖަވާބުތަކެކެވެ. އެހެންކަމުން، އަޅުގަނޑު އުއްމީދު ކުރަނީ މިލިޔުމުގެ ޒަރީޢާއިންވެސް ކިޔުންތެރިންނަށް އިތުރު މަޢުލޫމާތުތަކެއް ލިބިގެންދާނެކަމުގައެވެ. މިއީ ސިލްސިލާކޮށް ގެނެސްދެވޭނެ ބައެކެވެ.


ސ. އިންޓަރނެޓުގައި ޑޭޓާ ބެކްއަޕް ނަގާނެ އެންމެ ފަސޭހަގޮތަކީ ކޮބާތޯ؟

ޖ. އެންމެ ފަސޭހަ އިންޓަރނެޓް ބެކްއަޕް ޚިދުމަތަކީ މޮޒީހޯމް އެވެ. އެ ސައިޓަށް ވަޑައިގެންނެވުމަށްޓަކައި މިތަނަށް ކްލިކްކޮށްލައްވާށެވެ. އެސައިޓުގައި ރަޖިސްޓަރީކުރުމުން، ކޮމްޕިޔުޓަރުން މަސައްކަތް ކުރަމުންދާ ވަގުތު، ބެކްގްރައުންޑް މަސައްކަތެއްގެ ގޮތުގައި ބެކްއަޕް ނެގެމުންދާނެއެވެ. މިކަމަށް އެންމެ ފުރަތަމަ ފަހަރު ދުވަސްކޮޅެއް ނެގިނަމަވެސް މިއީ އެންމެ ފަސޭހައިން ހިލޭ މިކަންކުރެއްވޭނޭ ގޮތެވެ. ނަމަވެސް، މިއަށްވުރެ އަވަހަށް ބެކްއަޕް ނެގޭނޭ އެހެން ސައިޓުތައް އިންޓަރނެޓްގައި ވެއެވެ. އަދި ހައްދެއްނެތި ބެކްއަޕް ޖާގަ ލިބެނީ މަހަކު 5 ޔޫ.އެސް ޑޮލަރަށެވެ. އެފަދަ ވަރަށް ގިނަ ސައިޓުތައް އިންޓަރނެޓުގައި ވެއެވެ.
Print

ކޭތަ ހިފާ ގޮތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސައިންސް


ޢަބްދުލްމުޢީދު ޙަސަން


އިރުކޭތަ ނުވަތަ ހަނދުކޭތަ ހިފަނީ، ދުނިޔޭގެ ވަށައިގެން ހަނދު ދައުރުކޮށް، އަދި އިރުގެ ވަށައިގެން ދުނިޔެއާއި ހަނދު ދައުރުކުރާތީ އެވެ. އެތަކެތި ދައުރުކުރަމުންދާއިރު، ބައެއްފަހަރު، އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަދެ އެވެ. މިހެން ވާއިރު، ހިފަނީ، ހަނދުކޭތަ އެވެ. ބައެއްފަހަރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ އެވެ. މިހެންވާއިރު ހިފަނީ އިރުކޭތަ އެވެ.

ކޭތަ ހިފާއިރު، ދެމެދަށް ވަންނަ އެތިން އުފެދޭ ގަދަ ހިޔާގަނޑު އޮންނަނީ، ގޮށްޓެއްގެ ސިފައިގަ އެވެ. އެގޮށީގެ ތެރޭގައި ހިމެނޭ ބައިގައި ހިފާނީ މުޅި ކޭތައެކެވެ. އެ ގޮށީގެ އަރިމަތިން އުފެދޭ މަޑު ހިޔާގަނޑުގެ ތެރޭގައި ހިމެނޭ ބައިގައި ހިފާނީ ފަޅި ކޭތައެކެވެ.
Print

ކޮމްޕިޔުޓަރު ތާރީޚުގެ ޚުލާޞާއެއް

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް


ތަޢާރަފު

އެންމެ ފުރަތަމަ ކޮމްޕިޔުޓަރެއް އީޖާދުކުރެވިފައިވަނީ ސީދާ ކޮންކިއަރުކަން ދެންނެވުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެނީ، ކޮމްޕިޔުޓަރުގެ ވައްތަރުތައް ގިނަވެފައިވުމެވެ. އެހެންކަމުން، އެކި ވައްތަރުގެ ކޮމްޕިޔުޓަރު އީޖާދުކޮށްފައިވަނީ އެކި ތާރީޚުތަކުގައެވެ.

މިލިޔުން ލިޔެވިފައިވާނީ، އެންމެކުރީގެ ކޮމްޕިޔުޓަރުން ފެށިގެން މިއަދު މިބޭނުންކުރާ ވައްތަރުތަކުގެ ކޮމްޕިޔުޓަރު އީޖާދުކޮށްފައިވާ ދުވަސްވަރުތަކާއި މުހިންމު އެހެނިހެން ތާރީޚުތައް ހިމަނައިގެންނެވެ.


(ފޮޓޯ: ދަ އެނެލިޓިކަލް އެންޖީން)
Print

'ކުށުގެ ވެށި އުފެއްދުމުގެ ޤާބިލުކަން ލިބިފައިވޭ.'

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ސައިންސް


ޝާކިރު

ޑީ އެން އޭ ހެކި ހަގީގަތާއި ޚިލާފަށް އުފެއްދިދާނެކަން އިޒުރޭލުގެ ސައިންސް ވެރިންތަކެއް ހާމަކޮށްފިއެވެ. ކުރިމިނަލް ކޭސްތައް ސާބިތުކުރުމުގައި ރަން މަގާމެއް ހޯދާފައިވާ ޑީ އެން އޭ އަގު ވެއްޓި ގެއްލިގެން ދިއައީއެވެ. އިތުބާރު ކުޑަވެގެން ދިއައީއެވެ.

ސައިންޓިސްޓުން ޑީ އެން އޭ އެކުލެވިފައިވާ ލެއާއި ކުޅުގެ ސާންޕަލް ދިން މީހާގެ ސާންޕަލްނޫން މީހެއްގެ ލެއާއި ކުޅު ބޭނުން ކޮށްގެން ހަގީގަތާއި ޚިލާފު އުފެއްދުމެއް އުފެއްދީއެވެ. އެބައިމީހުންނަށް ޑީ އެން އޭ ޕްރޮފައިލް އެކުލެވިފައިވާ ޑާޓާބޭސްއަށް ވަދެވިއްޖެނަމަ، އެބައިމީހުނަށް އެޕްރޮފައިލްއާ މުޅިން އެއްގޮތް ޑީ އެން އޭ ސާމްޕަލް އެމީހާގެ ހަށިގަނޑުގެ ޓިޝިއު އާ ނުލާ އުފެއްދި ދާނެކަންވެސް ހާމަކުރީއެވެ.
Print

ވިންޑޯސް ފިތުގެ ކުރުމަގުތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

މިލިޔުމުގައި މިބަލާލަނީ، ކީބޯރޑުގައިވާ ވިންޑޯސް ފިތް ބޭނުންކޮށްގެން، ކަންތައްތައް ކުރާނޭ ކުރުމަގުތައް (ޝޯރޓް ކަޓް) ބޭނުންކުރާނެ ގޮތްތަކެވެ.

ވިންޑޯސް ފިތަށް އޮބާލުމުން، ނުވަތަ ވިންޑޯސްފިތާއި އެހެން ފިތަކަށް އެއްފަހަރާ އޮބާލުމުންވެސް ތަފާތު ކުރުމަގުތައް ވެއެވެ. މިކުރުމަގުތައް ބޭނުންކުރާއިރު، އޮބަންވީ ފިތްތަކުގެ ފަހަތުން ފެންނަ ކޯލޯން " : " އަކީ ކޮމާންޑުގެ ބައެއް ނޫންކަން ހަނދުމައިގައި ބަހައްޓާށެވެ. އަދި ބޭނުންކޮށްފައިވާ " + " އަކީވެސް ކޮމާންޑުގެ ބައެއްނޫނެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ