އަދުގެ ޚާއްސަ

ސައިންސް ޓެކްނޮލޮޖީ

Print

ޓްރިޕްލް އިކްލިޕްސް

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ސައިންސް


"ޓްރިޕްލް އިކްލިޕްސް" އެއީ ނުރައްކަލެއް އަންނަ ކަމުގެ ޢަލާމާތެއްތަ؟!


 ޝާކިރު

ސަައިންޓިސްޓުން ނިންމަނީ އެއީ އިއްތިފާގުން ދިމާވާ ކަމެއް ކަމަށާއި ތަރިތައް ދައުރުވުމުގައި ދިމާވާ ކަމެއް ކަމަށެވެ.

އިންޑިއަން އިންސްޓިޓިއުޓް އޮފް އެސްޓްރޮފިޒިކްސް (އައި. އައި. އޭ) ގެ ސައިންސްވެރިން ބުނަނީ ތިން ކޭތަ ހިފަން މެދުވެރިވަނީ ތަރިތައް ދައުރުވުމުގެ ނިޒާމަށް އަންނަ ބަދަލަކުން  ދިމާވާ އިއްތިފާޤެއް ކަމަށެވެ.  

2009 ވަނަ އަހަރު ޓްރިޕްލް ކުލިޕް (ތިން ކޭތަ) ހިފާނީ ޖުލައި 7 ގައި ހަނދު ކޭތައެއް، އެއަށްފަހު ޖުލައި 22 ގައި އިރު ކޭތައެއް އަދި އޮގަސްޓް 7 ގައި ހަނދުކޭތަ އެކެވެ. އިތުރު ހަ (ތިން ކޭތަ) 2020 ވަނަ އަހަރަ ހަމައަށް ހިފާނެއެވެ.
Print

ދުނިޔޭގެ އެންމެ މަޤުބޫލު ސޯޝަލް ނެޓްވޯރކްތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

މިހާރު ގިނަބަޔަކު އިންޓަރނެޓް ބޭނުންކުރުމުގައި ދެވިހިފާފައިވަނީ ސޯޝަލް ނެޓްވޯރކުތަކަށެވެ. މިގޮތުން ބަލާއިރު، ފޭސްބުކް އާއި މައިސްޕޭސް އަކީ، ދުނިޔޭގެ ފެންވަރުގައި އެންމެ ގިނަ ބަޔެއްގެ މެދުގައި މަޤްބޫލުކަން ހޯދައިފައިވާ ދެ ސޯޝަލް ނެޓްވޯރކެވެ.

Print

އޫރު ރޯގާއާ ބެހޭ ބައެއް ސުއާލާއި ޖަވާބު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސައިންސް


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


އޫރު ރޯގާ އަކީ ކޮބާ؟

އޫރު ރޯގާއަކީ، އޫރުގެ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެކެވެ. އޫރުތަކަކަށް މި ބަލި ޖެހުމުން، އެތަކެތީގެ ބަލި ޙާލު ވަރަށް ބޮޑުވެއެވެ. ނަމަވެސް ވަރަށް ނާދިރު ޙާލަތެއްގައި މެނުވީ މަރެއް ނުވެއެވެ. ޢާއްމު ގޮތެއްގައި މި ބަލި ފެތުރެނީ ޚަރީފު މޫސުމާއި ފިނި މޫސުމުގައެވެ. ނަމަވެސް، އެ ދެ މޫސުމް ނޫން ދުވަސްތަކެއްގައި ވެސް މި ބަލި ފެތުރުމަކީ ވެދާނެ ކަމެކެވެ.

އޫރު ރޯގާގެ އެތައް ވައްތަރެއް ވެއެވެ. އިންސާނުންނަށް ޖެހޭ ރޯގާގެ ވައިރަހެކޭ އެއްފަދައިން، އޫރު ރޯގާގެ ވައިރަހަކީ ވެސް ދާއިމީ ގޮތެއްގައި އޭގެ ޖެނެޓިކް ޗާޓު ބަދަލުކުރަމުން ގެންދާ އެއްޗެކެވެ.

Print

ޖީމެއިލް (ގޫގުލް މެއިލް) ގެ މަޤްބޫލުކަން އިތުރުވި ސަބަބުތައް

ޝާޢިއުކުރީ ޝަމްސުލް ފަލާޙް / ދ.ކުޑަހުވަދޫ . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް
     
އިންޓަރނެޓް ބޭނުންކުރާ މީހުންގެ ގިނަބަޔަކު އީމެއިލްގެ ޚިދުމަތް ހޯދުމަށްޓަކައި އިންޓަރނެޓް ބޭނުންކުރެއެވެ. މިގޮތުން އެކިމީހުންނަށް ކަމުދަނީ އެކި އީމެއިލް ކްލައެންޓުތަކެވެ. އެއްބަޔަކަށް ޔާހޫ މެއިލް ކަމުދާއިރު، އަނެއްބަޔަކަށް އެންމެ ރަނގަޅީ ވިންޑޯސް ލައިވް ހޮޓްމެއިލް އެވެ. އަދި އަނެއްބަޔަކަށް އެންމެ ފަސޭހައީ އޭ.އޯ.އެލް އެވެ. މިގޮތުން މިހާރު ދުނިޔޭގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބޭނުންކުރާ އެއް އީމެއިލް ކްލައެންޓަކީ ޖީމެއިލް އެވެ.
Print

ބޮއް: މަގުބޫލުކަމެއް ނުލިބި ވަކިވެގެންދިޔަ އަވަށްޓެރިއެއް

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ސައިންސް


 

ޝާކިރު

ބޮއް ކެރެކްޓަރައިޒް ކުރެވެނީ އޭގެ ދިގު ދެ އޮއްޓުފައިންނާއި ކުޑަހަށިގަނޑުންނެވެ. އަތުގެ އިނގިލިތަކުގައި ނުވަތަ ފައިގެ އިނގިލިތަކުގައިވާ ފައިވާންގަނޑުންނެވެ. (މިތަނުގައި ފައިވާންގަނޑު މާނަކުރެވެނީ ބައެއް ދޫނިސޫފާސޫފީގެ ފައިގެ އިނގިލިތައް އެއް އިނގިއްޔާ އަނެއް އިނގިއްޔާ ދެމެދު ގުޅުވާދެވިފައިވާ ތުނި ހަންފަށަށެވެ. މިފަދަ ދޫނީގެ މިސާލަކީ ކުރަންގާއި މާރަނގަ އަދިި އަސްދޫނިފަދަ ދޫނިތަކެވެ). ބޮކަކީ ލޯ ބޭރަށް ނުކުމެފައި ހުރުމާއެކު ނަގޫނުހުންނަ އެއްޗެކެވެ. ބައެއް ބޮކަކީ ފެންފެންގަނޑުގައި އެތަކެތީގެ ޙަޔާތުން ބައެއް ހޭދަކުރާ ފެނާއި ވަރަށް ދޯޅު ދިރިއުޅުމެއް އުޅޭ އެއްޗެކެވެ. އެއްގަމުގައި ފަސޭހައިން ހަރަކާތްތެރިވާ އެއްތަނުން އަނެއްތަނަކަށް ދިއުމަށް ފުމެއުޅޭ ނުވަތަ ތަންތަނަށް އަރާ އެއްޗެކެވެ.

Print

ހަރުފަ މަސް

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ސައިންސް

ޝާކިރު

ހުރިހާ ވައްތަރެއްގެ ހަރުފައިގެ މަހަކީ ވެސް ބައެއްމީހުން ކައި އުޅޭ އެއްޗެކެވެ. އެއީ، ވިހަހަރުފައެއް ކަމުގައި ވިއަސް ނުވަތަ ވިހަނޫން ވައްތަރެއްގެ ހަރުފައެއް ކަމުގައި ވިއަސް މަސްކައި އުޅެއެވެ. އެހަރުފައަކީ ކަނޑުގައި ނުވަތަ ފެންފެންގަނޑާއި ކޯރުގައި ނުވަތަ އެއްގަމުގައި އުޅޭ ހަރުފައެއްކަމަށް ވިއަސް ވެހެވެ.

ހަރުފައަކީ ޝިކާރަކޮށް އުޅުމާއި ކަތިލުމުގައި ނުރައްކައުތެރި ސޫތްޕެކެވެ. ހަރުފަ ޝިކާރަކޮށް ކަތިލުމުގައި ފަރުވާންތެރިވާން ޖެހޭ ސަބަބަކީ އެ ސޫފި ދަތްއަޅައިފިނަމަ، އެސޫފި ޝިކާރަވުމުގެ ބަދަލުގައި އެސޫފީގެ ޝިކާރައަކަށް ތިމާވެދާނެތީއެވެ.
Print

ކެޕްސްލޮކް ފިތަށް އޮބޭއިރަށް އެނގޭގޮތަށް ހަދާނީ ކިހިނެއް؟

ޝާޢިއުކުރީ ޝަމްސުލް ފަލާޙް / ދ.ކުޑަހުވަދޫ . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

ކޮމްޕިޔުޓަރުން ލިޔަމުންގެންދާއިރު، ބައެއްފަހަރު އޮޅިގެން "ކެޕްސް ލޮކް" ފިތަށް އޮބޭނަމަ، އެކަން ޙައްލުކުރާނީ ކިހިނެއް؟

ޖަވާބު: އަނދިރިތަނެއްގައި ލިޔާއިރު، ނުވަތަ ކޮޕްމިޔުޓަރުން ލިޔަމުންގެންދާއިރު، ކެޕްސް ލޮކް ފިތަށް އޮބިއްޖެނަމަ އެނގޭގޮތަށް ހެދިދާނެއެވެ.

> "ކޮންޓްރޯލް ޕެނަލް" ހުޅުވާށެވެ.
> "އެކްސެސިބިލިޓީ އޮޕްޝަންސް" އަށް ޑަބަލް ކްލިކްކޮއްލާށެވެ.
> ދެން ފެންނަ ވިންޑޯގެ ތިރީގައިވާ "ޔޫސް ޓޮގަލްކީސް" ލިޔެފައިވާ ދިމާލުގައިވާ ގޮޅިއަށް ކްލިކްކޮއްލާށެވެ.
Print

ރަސް ހަރުފަ

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ސައިންސް


ލިޔުނީ: ޝާކިރު

ހަރުފަޔަކީ ބޯދާ ޒަމާނުންފެށިގެން އަދި މިއަދުވެސް ބައެއް މީހުން އަޅުކަންކޮށް އުޅޭ ސޫތްޕެކެވެ. ހަރުފައަކީ މިވަގުތު ދުނިޔޭގައި އުޅޭ އެންމެ ދުވަސްވީ ރެޕްޓައިލްސް އެވެ. ތާރީޚީގޮތުން ޑައިނަސޯރަށްވުރެ މިސޫފިދޮށިކަމަށް ބުނެއެވެ. މި ސޫފި އެނގިފައިވަނީ "ހަރުފަ" އިގެ ނަމުންނެވެ. ހަރުފަ ތަފާތު ދަރިފަސްކޮޅުތަކަށާއި ވަންހަތަކަށް ބެހި ފައިވެއެވެ. 14 ނުވަތަ 15 ދަރިކޮޅުގެ 2400 ވަންހައިގެ ހަރުފަ އުޅެއެވެ. މިސޫފީގެ ދަރިފަސްކޮޅު ބެހިފައިވަނީ ހަމަހަމަ އުޞޫލަކުން ނޫނެވެ. ބައެއް ދަރިކޮޅުގައި އެންމެ ވައްތަރެއްގެ ހަރުފަ އުޅޭއިރު އަނެއް ދަރިކޮޅެއްގައި ވަރަށް ގިނަ ވަންހަތައް ވެއެވެ. ދުނިޔޭގެ އެތަންމިތަނުގައި ވިހައިގެ ބިރުވެރިކަމެއް، އަސަރެއްނެތް 1500 ވަންހައިގެ ހަރުފައުޅެއެވެ. މި ސޫފިތައް ދިރިއުޅެނީ ބިމުގައި ހަރުކޮނެގެންނާއި ގަސްގަހުގައި އަދި ފެންފެންގަނޑުގައެވެ.

Print

މައިކްރޯސޮފްޓް ވޯރޑް 2007 ގައި އޯގަނައިޒޭޝަން ޗާޓުކުރަހާނެގޮތް

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

ދުނިޔެ ތަރައްޤީވެ، އިންސާނުން އެކިއެކި އާހޯދުންތަކުގެ އެހީގައި މެޝިނަރީއާއި  އެކިއެކި އާލާތްތައްވަނީ، އުފައްދާފައެވެ. މިގޮތުން ކޮމްޕިޔުޓަރަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކުރަން ބޭނުންވާ ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުމަށް މިހާރު ބޭނުންކުރެވޭ އެންމެ މުހިންމު ވަޞީލަތެވެ. އެންމެ އާދައިގެ ގޭގެޔާއި ފިހާރަފިހާރައިން ފެށިގެން، ބޮޑެތި ފެކްޓްރީތަކުގައިވެސް، ކޮޕްމިޔުޓަރު ބޭނުންކުރެވެއެވެ.
މިލިޔުމުގައި މިބަލާލަނީ، މު މުހިންމު ވަޞީލަތް، އާދެ، ކޮމްޕިޔުޓަރުގެ އެކިއެކި ފިލާވަޅުތައް ކިޔުންތެރިންނަށް ހުށައަޅާދެވޭތޯއެވެ. 

ހަމަމިގަލަމުން

އިދާރާ

ވާހަކަ