އަދުގެ ޚާއްސަ

ސައިންސް ޓެކްނޮލޮޖީ

Print

އިބިލީހުގެ ލިބާސްލެއްވުން (2)

ޝާޢިއުކުރީ އިސްމާޢީލު މުބާރިކު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ



އިސްމާޢީލް މުބާރަކު

                                                          (13 ޖުލައި 2011 އާ ގުޅޭ)

އާދެ!  އަޅުގަނޑު މީގެ ކުރީގެ ބައިގައި  ހަމަ އެކަނި އަލިއަޅުވައިލައިފައި ވާނީ މި އާޓިކަލްގައި ވާހަކަދެކެވޭނެ ނުކުތާތަކުގެ މައްޗަށެވެ. އެހެނީ ރޫޙާނިއްޔަތާ ގުޅޭ މައުޟޫޢަކުން މި ޒަމާނުގެ ސައިންސާ ގުޅުވައިގެން ވާހަކަތަކެއް ބަޔާން ކޮށްދޭއިރު ކުޑަކުޑަ ޢިބާރާތަކުން ހުރިހާ އެއްޗެއް ދަންނަވައިލުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމުގައި އަޅުގަނޑަށް ފެންނާތީ އެވެ.

މި ލިޔުމާ މެދު ތަފާތުގޮތް ގޮތަށް ދެކެވަޑައިގަތުން އެއީ މިކަމުގައި ކަން ވާނެ ގޮތް ވެސް މެއެވެ.
Print

15 ނޮވެމްބަރ 2020 ވަނަ ދުވަހުގެ "މާހުޅެވި"

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

މި ހިނގާ 1442 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 29 (15 ނޮވެމްބަރ 2020) ވަނަ އާދީއްތަ  ދުވަހަކީ، މި އަހަރުގެ ދެވަނަ "މާހުޅެވި" ފާޅުވާ ދުވަހެވެ. ސަބަބަކީ، އެ ދުވަހު ހަނދު ދުނިޔެއާއި ގާތްގަނޑަކަށް 358,458 ކިލޯމީޓަރުގެ ކައިރީގައި ހުއްޓައި އެއްއުއި ވާތީއެވެ. އެއީ، އާ މަހެއް ފެށޭއިރު ދުނިޔެއާއި އެންމެ ކައިރީގައި މި އަހަރު ހަނދު ހުންނަ ދެވަނަ ފަހަރެވެ.

Print

"ހަންހާރަ" ކުޑަކުދިންގެ ޞަފުޙާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޢަބްދުލްމުޢީދު ޙަސަން


މިފަހަރު މި ގެނެސްދެނީ ތަފާތު ވެބްސައިޓަކާ ބެހޭ މަޢުލޫމާތުކޮޅެކެވެ. މިއީ ކުރިން ގެނެސްދީފައިވާ ވެބްސައިޓުތަކާ ޚިލާފަށް ކުޑަކުދިންނަށްޓަކައި ވެބްސައިޓަކުން ތައްޔާރުކޮށްފައިވާ ޞަފުޙާއެކެވެ.


އާދޭހެވެ. "ހަންހާރަ" ކުޑަކުދިންގެ ޞަފުޙާއަކީ، އާކިފެހިޗަރ ވެބްސައިޓުން ކުޑަކުދިންނަށްޓަކައި ތައްޔާރުކުރާ ޞަފުޙާއެކެވެ. މި ޞަފުޙާ، އާވަނީ، ކޮންމެ މަހަކު އެއްފަހަރުއެވެ. މި ޞަފުޙާ އަމާޒުކޮށްފައިވަނީ، ގްރޭޑް 7 އިން ފެށިގެން ދަށުގެ ކުދިންނަށެވެ.

Print

ނޮކިއާ 6790

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ނޮކިއާ 6790


Nokia 6790


ޢަބްދުﷲ ފިރާޤު

•    ނޮކިއާގެ މިފޯނަނީ 2009 ޖުލައި މަހު ބާޒާރަށް ނެރެފައިވާ ފޯނެކެވެ. ނޮކިއާ 6790 ފޯނަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މީގެ އިތުރުން އެފް.އެމް ރެޑިއޯ ފަދަ ބޭނުންތެރި ފަސޭހަތައްވެސް މިފޯނުގައި ވާނެއެވެ.

•    ނެޓްވޯރކް:-
o    2 ޖީ ނެޓްވޯރކް:  GSM 850/ 900 / 1800 / 1900
o    3 ޖީ ނެޓްވޯރކް: 1900 /HSDPA 850   
Print

އިބިލީހުގެ ލިބާސްލެއްވުން: ޝައިޠާނުން އިންސާނުންގެ މައްޗަށް ވެރިވެގަތުން

ޝާޢިއުކުރީ އިސްމާޢީލު މުބާރިކު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


އިސްމާޢީލް މުބާރަކް

1) 1960 ގެ އަހަރުތަކުއްސުރެ ޖިންނި ޝައިޠާނުން (ނުވަތަ ހުޅަނގުގެ މީހުން ބޭނުން ކުރާ ބަހުން ނަމަ " އޭލިއަން") ގެ ޓެކްނޮލޮޖީ އެވެރިން އަތުން ލިބިގަނެގެން  އޭގެ ބޭނުން ކޮށްގެން އެމީހުންނާ އެއްސަފެއްގައި އިންސާނުންގެ ޓެކްނޮލޮޖީ ތަރައްގީކުރުމުގެ މަސައްކަތް އެމެރިކާގައި ކުރެވެމުން ދެއެވެ. އަދި ޖިންނި ޝައިޠާނުންނާ މުޢާމަލާތު ކުރަމުން ގެންދެއެވެ. މި ލިންކުން  މިކަމާ ބެހޭ އިތުރު ބައެއް ޚަބަރު ސާފުވެ ވަޑައިގަންނަވާނެއެވެ.
Print

1442 ރަބީޢުލް އައްވަލް 1

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހެވެ. މިއަދުގެ މުނާސަބާގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ދަންނަވަމެވެ. އަޅުގަނޑުގެ ގަލަން މި ނެގީ ގައުމީ ދުވަހުގެ ވާހަކަ ދައްކާކަށް ނޫނެވެ. އެކަމަކު މިއަދު މިއީ ރަބީޢުލްއައްވަލު ފުރަތަމަ ދުވަސްކަން ކަށަވަރުކުރުމަށްޓަކައި ފަލަކީ ގޮތުން ބަލާ ހަމަތަކުގެ މައްޗަށް ވާހަކަދައްކައިލުމަށްޓަކައެވެ.

Print

ސެމްސަންގ S8000 ޖެޓް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


Samsung S8000 Jet


ޢަބްދުﷲ ފިރާޤު

މީ ސެމްސަންގ ގެ ފަހުގެ އުފެއްދުމެކެވެ. 2009 ޖޫން މަހު ބާޒާރަށްނެރެފައިވާ މިފޯނަކީ ޒަމާނުގެ ގިނަ ވަސީލަތްތައް ހިމަނައިގެން އުފައްދާފައިވާ ފޯނެކެވެ.

•    ނެޓްވޯރކް:-
o    2 ޖީ ނެޓްވޯރކް:  GSM 850/ 900 / 1800 / 1900
o    3 ޖީ ނެޓްވޯރކް: 2100 / HSDPA 900  

•    މިފޯނުގެ ބަރުދަނަކީ 110 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 108.8 މިލިމީޓަރެވެ. ފުޅާމިނަކީ 53.5 މިލިމީޓަރެވެ. އަދި ބޯމިނުގައި ހުންނަނީ 11.9 މިލިމީޓަރެވެ.
Print

މޯބައިލްފޯނަށް އާ އިންޤިލާބެއް....

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ޓެކްނޮލޮޖީ

ޢަލީ މަނިކު (ދާރީ)

" ފޯނުކުރާ އެކުވެރިޔާ ފޯނުންބޭރަށް ނިކުމެ ހަރަކާތާއެކު ވާހަކަދައްކާނެ..." IBM
ޤަބޫލުކުރުމާ ނުކުރުން ކިޔުންތެރިންނަށް ދޫކޮށްލީ!

މިއީ މޯބައިލް ފޯނަށް އަންނަންއޮތް ކުރިއެރުމެއްގެ ވާހަކައެކެވެ. ޚާއްޞަކޮށް ޑިސްޕްލޭ ނުވަތަ ގްރެފިކްސްގެ ވާހަކަ އެވެ. ޤަބޫލުކުރަން ދައްޗެވެ. ނަމަވެސް ވުޖޫދަށް އަތުވެއްޖެނަމަ އަޅުގަޑުމެންގެ ދިރިއުޅުމަށްވެސް ބަދަލު އަންނާނެކަމެކެވެ. އެވާހަކައިގެ ކުރިން މިހާތަނަށް ވުޖޫދަށް ނެރެވުނު މޯބައިލް ފޯނުގެ ޑިސްޕްލޭތަކަށް އަވަސް ނަޒަރަކުން ބަލާލެވޭތޯ މަސައްކަތްކުރާނަމެވެ.
Print

ފެންތަށީގައި ހިފެހެއްޓުން

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ސައިންސް

 

އަޙްމަދު ސިމާޙު

ސައިކޮލޮޖީ ޓީޗަރު އެއް ދުވަހަކު ކްލާހަށް އައީ ބިއްލޫރި ތަށްޓަކާއި ކުޑަ ފެންފުޅިއެއް ހިފައިގެންނެވެ. ބިއްލޫރިތަށީގެ މެދެއްހާ ހިސާބަށް ފެންއެޅުމަށްފަހު ތަށި އުފުއްލައި، އެއް އަތުން އޭގައި ހިފަހައްޓައިގެން ހުރެ ބުންޏެވެ. މީގެ ބަރުދަނުގައި ގައިމު ވެސް 500 ގްރާމެއް ހަމައެއް ނުވާނެއެވެ. އެކަމަކު ކިހާ އިރެއް ވަންދެން މި ގޮތަށް ހިފަހައްޓައިގެން ހުރެވިދާނެ ކަމަށް ތިޔަ ކުދިންނަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ ޖަވާބުގައި ކުދިން ބުންޏެވެ. ތިޔަހާ ލުއި އެއްޗެއް ކިތަންމެ އިރަކު ވެސް ހިފަހައްޓައިގެން ހުރެވިދާނެއެވެ.

Print

އެއީ އާދައިގެ ވެބް ސައިޓެއް ނޫން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޢަބްދުލްމުޢީދު ޙަސަން


ވާރލްޑް ޑިޖިޓަލް ލައިބްރަރީއަކީ، އާދައިގެ ވެބްސައިޓެއް ނޫނެވެ. އެއީ، ވަރަށް ގިނަ ރެފަރެންސްތަކާއި ޑޮކިއުމަންޓްތަކާއި ނާދިރު ލިއުންތައް ހިމެނޭ އަރުޝީފެކެވެ. މި ލައިބްރަރީ އުފެއްދުމުގައި ބައިނަލްއަޤުވާމީ އެތައް ފަރާތެއްގެ ޙިއްޞާ ހިމެނިފައި ވެއެވެ.

ޗައިނާގެ ބޯދާ ލިއުންތަކާއި ޢަރަބި އިސްލާމީ ލިއުންތަކާއި އެމެރިކާއާއި ޔޫރަޕުގެ ބޯދާ ލިއުންތައް، އެ ސައިޓުގައި ވެއެވެ. އެ ސައިޓަށް ޒިޔާރަތްކުރައްވާ ކިއުންތެރިންނާއި ބާޙިޘުންނާއި ތަޢުލީމުޔާފުތާއިންނަށް، ދުނިޔޭގެ ޢިލްމީ ޚަޒާނާތަކުގެ ތަޅުދަނޑިތައް ވަނީ ފޯރުކޮށްދީފައެވެ. މި ބިޔަ މަޝްރޫޢުގެ ބޭނުމަކީ، އިންސާނީ ތާރީޚުގައި އުފެއްދިފައިވާ ޢިލްމާއި މަޢުރިފާ، ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމެވެ.

Print

އެޕަލް އައި ފޯނު 3ޖީ އެސް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


Apple iPhone 3G S

ޢަބްދުﷲ ފިރާޤް
    
އެޕަލް އައި ފޯނަކީ ފޯނުގެ ދުނިޔެއަށް ވަރަށް އާ ކަންތައްތަކެއް ގެނުވައިދިން ފޯނެކެވެ. އާ  ޓެކްނޮލޮޖީގެ ފަސޭހަތަކާއިއެކު 2 ޖަނެރޭޝަނެއްގެ ފޯނު ބާޒާރަށް ނެރެފައިވެއެވެ. 2 ޖީ އައި ފޯނާއި، 3 ޖީ އައި ފޯނުވެސް ބާޒާރަށްނެރެ، ވަރަށްގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވެއެވެ. އައިފޯނަށް ޝަޢުޤުވެރިވާ އެންމެހާ ކިއުންތެރިންނަށް ބުނެލަންއޮތީ އުފާވެރި ޚަބަރެއްގެ ވާހަކައެވެ. މި ޖޫން މަހު 19 ވަނަދުވަހު އަނެއްކާވެސް އައިފޯނުގެ ޢާއިލާއަށް ފޯނެއް އިތުރުވާނެ ވާހަކައެވެ. މިފަހަރުގެ ފޯނަށް ދީފައިވާނަމަކީ އައިފޯނު 3ޖީ އެސް. އެވެ. ކުރީގެ 2 މޮޑެލަށްވުރެ ޙިދުމަތްތައް އިތުރުކޮށްގެން ނެރެފައިވާ މިފޯނުގެ އިންޓާނަލް މެމޮރީގެ މިންވަރުވެސް ދެގުނަ ބޮޑުކޮށްފައި ވެއެވެ.
 
Print

ކަރަންޓަކީ ނުރައްކާތެރި އެއްޗެއް!

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުﷲ ފިރާޤް

ޒަމާން ބަދަލުވެ ދިޔައީއެވެ. ފުޅިބައްތިއާއި، ފާނޫޒުގެޒަމާން ފެންނަ ހިސާބަކުނެތެވެ. އަތުން އެއްޗެހި ދޮވެސާފުކުރުންވެސް ނެތިދަނީއެވެ. އަލިފާން އަންދައިގެން އިސްތިރިކުރި ހަނދާންތައްވެސް ފަހަތައްގޮސް ގެއްލިއްޖެއެވެ. އާ ހޯދުންތަކާއި އާ އީޖާދުތަކުގެ ސަބަބުން ދިރިއުޅުންފަސޭހަވެ ހިނގައްޖެވެ. ކޮންމެކަމެއް ކުރުމަށް މެޝިނެއް އުފައްދައިފިއެވެ. އަހަރެމެންގެ މި ކުޑަކުޑަ ވެށީގައިވެސް މިބުނާ މެޝިންތައް ވަކިހިއްޕާލައިފިއެވެ.
Print

ހިޖްރީ އައު އަހަރު 1442 ފެށުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު މ.ލިނެޓް

ހިޖްރީ ސަނަތުން 1441 ނިމި 1442 ވަނަ އަހަރު ފެށޭ މުނާސަބަތަކީ، އިސްލާމީ ދުނިޔޭގައި ވަރަށް ޚާއްޞަ މަތިވެރި ދުވަހެކެވެ. އިސްވެދިޔަ ރިސާލަތްތަކުގެ ނޫރު ދުނިޔޭން ފަނޑުވެ އަނިޔާވެރިކަމާއި ޖަހާލަތުގެ ފުރަ މެންދަމަށްފަހު ޢަދުލާއި ހިދާޔަތުގެ އިރު ދުނިޔެ ދުށް މަތިވެރި ރިސާލަތު ދުނިޔެއަށް ފެތުރިގެން ދިޔުމުގެ މަތިވެރި މަޙައްލަށް، ކީރިތި ނަބިއްޔާ محمد صلى الله عليه وسلم  ކުރެއްވި ހިޖްރައިގެ ތާރީޚީ ހަނދާން އާވެ އާލާވާ މަތިވެރި މުނާސަބަތެވެ. 

Print

ކީރިތި ޤުރުއާނާއި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޢަބްދުލްމުޢީދު ޙަސަން


ކީރިތި ޤުރުއާނަށް ޚިދުމަތްކޮށްދޭ ބައެއް ވެބްސައިޓްތައް، މީގެ ކުރިން ވެސް ގެނެސްދެވިފައި ވާނެއެވެ. މި ސިލްސިލާގައި މިފަހަރު ގެނެސްދޭ ވެބް ސައިޓުގައި، ކީރިތި ޤުރުއާނާއި، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ހިމެނެއެވެ.

މިފަހަރުގެ ސައިޓަކީ، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ވެބްސައިޓެވެ.

ކުއްލިއްޔާގެ ވެބްސައިޓްގައިވާ ކީރިތި ޤުރުއާނުގެ ޚިދުމަތަކީ، ލިއުންތެރިންނަށް ނުހަނު ބޭނުންތެރި ޚިދުމަތެކެވެ. އަދި ކުއްލިއްޔާގެ ދަރިވަރުންނަށް، ތަޢުލީމީ ކަންކަމުގައި، އެ ޚިދުމަތުގެ ބޭނުން ހިފިދާނެއެވެ.

Print

އެޕަލް އައި ފޯނު (3 ވަނަބައި)

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


Apple iPhone

ޢަބްދުﷲ ފިރާޤު
    
    ތިންވަނަބައި:

ކުރީ ބައިގައި ވާނީ އައިފޯނުގެ "ވާރޝަން އަޕްގްރޭޑް" ކުރާނެގޮތާއި، "ޖެއިލްބްރޭކް" ކުރާނެގޮތް ގެނެސްދެވިފައެވެ. އެހެންކަމުން މިބައިގައި ފުރަތަމަ ބަލާލާނީ އައިފޯނު "ކްރެކް" ކުރާނެ ގޮތާއި ބެހޭގޮތުންނެވެ.

އައިފޯނު ކްރެކް ކުރާނެގޮތް:

1)    ފުރަތަމަ "އައިފޯން ބްރައުޒަރ" ޑައުންލޯޑް ކުރާށެވެ. "އައިފޯން ބްރައުޒަރ" ގެ 1.8.1 ރަނގަޅުވާނެއެވެ. އެއަށްފަހު ޕީ.ސީ އަށް "އައިފޯން ބްރައުޒަރ" އިންސްޓޯލު ކުރާށެވެ.
Print

ތިމާވެށްޓާ ރައްޓެހި ކާރު: ޣަޒާލު 1

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން


ޣަޒާލު 1 އަކީ ސަޢޫދީން އުފެއްދި ފުރަތަމަ ކާރެވެ. އެކާރު އުފެއްދުމުގެ މަސައްކަތް ކުރެވުނީ، ކިންގ ސަޢޫދު ޔުނިވަރސިޓީގެ ކުއްލިއްޔަތުލް ހަންދަސާގެ ދަރިވަރުންގެ ގްރެޖުއޭޝަން ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ. އެއީ، ގަލްފު ޤައުމުތަކުގެ މޫސުމާ ގުޅޭގޮތަށް ފަރުމާކޮށްގެން ހަދާފައިވާ، ތިމާވެށްޓާ ރައްޓެހި ކާރެކެވެ. 14 ޖޫން 2010 ގައި، އެކާރު އިފުތިތާޙުކޮށްދެއްވީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ޚާދިމުލް ޙަރަމައިނިއް ޝަރީފައިނި، އަލްމަލިކު ޢަބްދު ﷲ ބިން އާލު ސަޢޫދު (ޙަފިޡަހު ﷲ) އެވެ.
Print

ފަލަކީ ގޮތުން މިއަހަރު ޙައްޖު ދުވަހާއި، ހިޖްރައިން 10 ވަނަ އަހަރުގެ ޙައްޖަކީ ހުކުރު ޙައްޖެއްކަން ފަލަކީ ކަށަވަރުވާ ގޮތާއި، މުހިންމު ބައެއް ހާދިސާ ހިނގި ދުވަސްތަކަށް ބަލައިލުމެއް.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު މ.ލިނެޓް 

މައްސަރު ފެށުމާއި ޚާއްޞަ ދުވަސްދުވަސް ކަށަވަރުކޮށް ދެނެގަތުމަކީ، ކުރަންވާ ކަމެކެވެ. އެކިއެކި ދުވަސްދުވަސް ކަށަވަރުކޮށް ދެނެގަތުމުގެ އެންމެ ކަށަވަރު ވަސީލަތަކީ ފަލަކީ ޙިސާބެވެ. ދެން ތާރީޚެވެ. ފަލަކީ ޙިސާބުގެ އަލީގައި ވޭތުވެދިޔަ އަހަރުއަހަރުގެ މަސްމަހާއި ދުވަސްދުވަސް ދެނެގަނެވޭނެއެވެ. ހަމަ އެހެންމެ ކުރިއަށް އޮތް އަހަރުތަކުގެ ދުވަސްދުވަހާއި މައްސަރުތައް ކަށަވަރުކޮށް ދެނެގަނެވޭނެ ވެއެވެ. 

Print

ވިންޑޯސް 7 އާއި މެކް އޯ.އެސް އެކްސްގެ ތަފާތު

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

މިލިޔުމުގައި މިބަލާލަނީ، ވިންޑޯސް 7 އާއި މެކް އޯ.އެސް އެކްސް ގެ ތަފާތުތަކަށެވެ. އިންޓަރނެޓުގައިވާ ޓެކްނޮލޮޖީ ވެބްސައިޓުތަކުގައި މިކަމާބެހޭގޮތުން ތަފާތު ގިނަ ބަޙުޘްތައްވަނީ ކޮއްފައެވެ. ތިރީގައި މިވަނީ އޭގެ ޚުލާޞާއެކެވެ. މި ދެ އޮޕަރޭޓިންގ ސިސްޓަމްޓަމްގެ ތެރޭން އެންމެ ރަނގަޅު އަދި ކަމުދާ އޯ.އެސްއެއް ކަނޑައަޅާނީ ކިޔުންތެރިންނާއި ބޭނުންކުރާ ފަރާތްތަކުންނެވެ.

Print

އެޕަލް އައި ފޯނު - (ދެވަނަ ބައި)

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


Apple iPhone

ޢަބްދުﷲ ފިރާޤް
    
    ދެވަނަބައި:

މިބައިގައި އަލިއަޅުވާލާނީ އެޕަލް އައިފޯނު ގެންގުޅުމުގައި ވިސްނާލަންޖެހޭ ބައެއް ކަންތައްތަކާއި ބެހޭ ގޮތުންނާއި، މިފޯނުގެ ސޮފްޓްވެއަރ "އަޕްގްރޭޑް" ކުރުމާއި ބެހޭގޮތުންނެވެ.
Print

ޢަރަބި ބަސް ދަސްކުރުމަށް އެހީއެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން


އިސްލާމްވެބް ގައި ކުޑަ ކުދިންނަށް ހަދާފައިވާ ބަޔެއް ވެއެވެ. އެބަޔަށް ކިޔަނީ ބަނީން ވަ ބަނާތެވެ. ޢަރަބި ބަސް އުނގެނޭ ދަރިވަރުންނަށް އެބައިން އެހީތެރިކަން ހޯދިދާނެ އެވެ. އެބައިގައި ވާހަކައާއި ލަވަފަދަ ތަކެތި އަޑާއި މަންޒަރާއެކު ހިމަނާފައިވެ އެވެ. އެތަކެތި ތައްޔާރުކޮށްފައިވަނީ ފަސޭހައިން ފަހުމްކޮށް ދެނެގަނެވޭނެ ފަދަ ފަސޭހަ ޢަރަބި ބަހުންނެވެ.


ބަނީން ވަ ބަނާތުގައިވާ މުހިންމު ބައިތަކުގެ ތެރޭގައި:

ހަމަމިގަލަމުން

އިދާރާ

ވާހަކަ