އަދުގެ ޚާއްސަ

ސައިންސް ޓެކްނޮލޮޖީ

Print

ޤިބްލަ ކަށަވަރު ކުރުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު މ.ލިނެޓް 

އަޅުގަނޑުމެން މުސްލިމުންގެ އެންމެ މުހިންމު އެއް މަރުކަޒަކީ، މާތްވެގެންވާ ކައުބާއެވެ. އެތައް ގޮތަކުންނެވެ. އެއީ ކޮންމެ ދުވަހަކު މަދުވެގެން ފަސް ފަހަރު ކުރިމަތިލެވޭ ޤިބްލައެވެ. 

އެ ގޮތުން ކައުބާވީ ދިމާ ދެނެގަތުމީ ކޮންމެ މުސްލިމަކަށާއި މުސްލިމުންގެ ކޮންމެ ރަށަކަށާއި ތަނަކަށް ވެސް ލާޒިމު ކަމެއް މެއެވެ. އެއްވެސް ނަމާދެއް ޤިބުލައަށް ކުރިމަތިލުމާ ނުލައި، ޞައްޙަވެގެން ނުވާތީއެވެ.

Print

ވިންޑޯސް 7

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް


މައިކްރޯސޮފްޓުން އަލަށް ތަޢާރަފްކުރަންއުޅޭ އޮޕަރޭޓިންގ ސިސްޓަމް (އޯ.އެސް) ކަމަށްވާ، ވިންޑޯސް 7 ގެ ބީޓާ ވާރޝަން އެމީހުންވަނީ ވަރަށް ފަހުން ނެރެފައެވެ. މިއީ، މިހާރު ބޭނުންކުރާ އެކްސްޕީ އާއި ވިސްޓާއަށްވުރެ، އިންސްޓޯލްކުރުމަށް ފަސޭހަ އޯ.އެސްއެކެވެ. ވިންޑޯސް 7 ލޯޑްވުމަށްބަލާއިރު ފާހަގަކުރެވޭ ކަމަކީ، އެހެން އޮޕަރޭޓިންގ ސިސްޓަމްތަކަށްވުރެ އަވަސްކަމެވެ. މިކަން އެންމެ ބޮޑަށް ފާހަގަކުރެވޭނީ، ވިސްޓާ ބޭނުންކުރުމަށްފަހު، މިއޯ.އެސްއަށް ހިޖުރަކުރާ ފަރާތްތަކަށެވެ.
ވިންޑޯސް 7 ގެ ޑެސްކްޓޮޕް ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ބައެއް ބަޓަންތަކާއި، ޓާސްކްބާރ ފަދަ އެއްޗެހިވެސް ހުންނަނީ ޓްރާންސްޕޭރަންޓްކޮށެވެ. އެހެންކަމުން، މިޒަމާނުގެ ގްރެފިކް ޑިޒައިނިންގގެ ވައްޓަފާޅި ވަރަށް ރަނގަޅަށް އެބަހުރިކަމަށް ބުނެވިދާނެއެވެ.

Print

އެޕަލް އައި ފޯނު

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


Apple iPhone

ޢަބްދުﷲ ފިރާޤް
    
    ފުރަތަމަބައި:

އެޕަލް އައި ފޯނަކީ ފޯނުގެ ދުނިޔެއަށް ވަރަށް އާ ކަންތައްތަކެއް ގެނެސް ދިން ފޯނެކެވެ. އާ  ޓެކްނޮލޮޖީގެ ފަސޭހަތަކާއެކު 2 ޖަނެރޭޝަނެއްގެ ފޯނު ބާޒާރަށް ނެރެފައިވެއެވެ. 2 ޖީ އައި ފޯނާއި، 3 ޖީ އައި ފޯނުވެސް ބާޒާރަށްނެރެ، ވަރަށްގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވެއެވެ. އައިފޯނަށް ޝަޢުޤުވެރިވާ އެންމެހާ ކިއުންތެރިންނަށް ބުނެލަންއޮތީ އުފާވެރި ޚަބަރެއްގެ ވާހަކައެވެ. މި ޖޫން މަހު 19 ވަނަދުވަހު އަނެއްކާވެސް އައިފޯނުގެ އިތުރު ވާރޝަން އެއް ނުކުންނަވާހަކައެވެ. ނަމަވެސް މިބައިގައި ބަލާލާނީ މިހާރު ނުކުމެފައިވާ 2 ޖީ އަދި 3 ޖީ ފޯނަށެވެ. ނަމަވެސް މިސިލްސިލާގެ އެހެން ބައެއްގައި ދެން ނުކުންނަ ވާރޝަން އާއި ބެހޭ މަޢުލޫމާތު  އެންމެހާ ކިއުންތެރިންނާއި ހިއްސާކޮށްލާނަމެވެ.
Print

ނޮލެޖް އިންޓަރނޭޝަނަލް ޔުނިވަރސިޓީ (ކޭއައިޔޫ)

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން


ތަޢާރުފު

ޖާމިޢަތުލް މަޢުރިފާ އަލްޢާލަމިއްޔާ ނުވަތަ ނޮލެޖް އިންޓަރނޭޝަނަލް ޔުނިވާސިޓީ (ކޭއައިޔޫ) އަކީ، ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ދުރުން ތަޢުލީމުދޭ އިސްލާމީ މުއައްސަސާއެކެވެ. މައިގަނޑު ގޮތެއްގައި އެ ޔުނިވާސިޓީން ތަޢުލީމު ފޯރުކޮށްދެނީ އިންޓަރނެޓްގެ ޒަރީޢާއިންނެވެ. ތަފާތު އެތައް ރޮނގަކުން މަތީ ތަޢުލީމު ދިނުމަށް ޤާއިމުކޮށްފައިވާ އެ ޔުނިވަރސިޓީން ދެ ރޮނގަކުން މިހާރު މަތީ ތަޢުލީމު ދެ އެވެ. އެ ދެ ރޮނގަކީ، ޝަރީޢަތާއި ކީރިތި ޤުރުއާނާބެހޭ ދިރާސާތަކެވެ. މިއިން ކޮންމެ ރޮނގަކުން ފުރަތަމަ ޑިގްރީ ޙާޞިލުކުރުމުގެ މަގު އެ ޔުނިވަރސިޓީން ވަނީ ދަރިވަރުންނަށް ތަނަވަސްކޮށްދީފަ އެވެ.
Print

ހަވާގެ އަނދިރި ވަޅުތައް (ބްލެކް ހޯލް)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

އަޙުމަދު ލަބީބު

މި ކާއިނާތުގެ އެކިއެކި ހިސާބުތަކުގައިވާ ގުރަހަތަކުގައި އެތަކެއް ހާސް ކަޅު ހޮހަޅަ ނުވަތަ ބޮލެކް ހޯލް ތައްވެއެވެ. ބުލެކް ހޯލް ނުވަތަ ކަޅު ހޮހަޅަ އުފެދެނީ ބޮޑަތި ތަރިތައް މިސާލަކަށް ބުނާނަމަ، އަޅުގަނޑުމެން ދިރިއުޅެމުން މިދާ ދުނިޔޭގެ ބޮޑުތަރި ނުވަތަ  އިރު،  އޭގެ އަޖަލު ހަމަވުމުން އޭގައިވާ އަލިކަން ފިލައި ދިޔުމުން އޭގައި ހުރިހާ ބާރެއް، ޖަޛްބާތާއި ހަކަތަތައް އޭގެ މެދަށް ޖަމާވުމުން އޭގެ މިން ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ. މި ގޮތުން އުފެދޭ ކަޅު ހޮހަޅައިގެ ބަރުދަން އިންތިހާ ދަރަޖައަކަށް މަތިވެގެން ދެއެވެ. އޭގައިވާ ދަމާބާރުގެ ނުވަތަ ޖާޛްބިއްޔަތުގެ މިންވަރު އަންދާޒާއެއް ވެސް ނުކުރެވޭނެވެ. އާދަޔާ ޚިލާފު ބޮޑު ބަރުދަނެއް، ނިސްބަތުން ކުޑަ ސަރަހައްދެއްގެ ތެރެއަށް ޖަމާވެގެން ދިޔުމުން ދެން އޭގެ ވަށައިގެންވާ ދަމާބާރު (ޖާޛްބިއްޔަތު) ވަރުގަދަވާ މައިގަނޑު ސަބަބަކަށް ވެދެއެވެ.

Print

"ނައިސްޓްރާންސްލޭޓަރ" : ފައްކާ ވެބްސައިޓެއް.

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް


ނައިސްޓްރާންސްލޭޓަރ އަކީ، ތަރުޖަމާކުރުމަށް ބޭނުންކުރެވިދާނެ ވަރަށް ފައްކާ ވެބްސައިޓެކެވެ. އެއްބަހުން އަނެއްބަހަށް އެއްޗެއް ތަރުޖަމާކުރުމަށް ބޭނުންވާނަމަ، އެކަން ވަރަށް ފަސޭހަކަމާއެކު މިސައިޓުގެ އެހީގައި ކުރެވިދާނެއެވެ. މިސައިޓު ހުޅުވުމަށްފަހު، ލިޔަން ބޭނުންވާ ލެންގުއޭޖެއް ޚިޔާރުކުރުމަށްފަހު، ލިޔުމަށް ޚާއްޞަ ކުރެވިފައިވާ ގޮޅީގައި ބޭނުންވާ ޖުމްލައެއް ލިޔާށެވެ. އޭރުން އެގޮޅީގެ ތިރީގައިވާ ބަޔަށް ތަރުޖަމާކުރެވިފައިވާ ލިޔުން އަރަމުންދާނެއެވެ. މީ މިސައިޓުން ހިލޭ ފޯރުކޮއްދޭ ޚިދުމަތެކެވެ.

މިސައިޓަށް ޒިޔާރަތްކުރުމަށް މިތަނަށް ކްލިކްކޮއްލާށެވެ.

Print

މޮޓޮރޮލާ ZN300

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


Motorola ZN300


ޢަބްދުﷲ ފިރާޤް


މޮޓޮރޮލާގެ މި ފޯނަކީ 2009 މެއި މަހު ބާޒާރަށްނެރެފައިވާ ފޯނެކެވެ. މީ އެންމެ ފަހުގެ ހުރިހާ ޓެކްނޮލޮޖީއެއް ހިމަނައިގެން ނެރެފައިވާ ފޯނެއްނޫނެވެ. ނަމަވެސް އާދައިގެ ފޯނުތަކަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަމާޒު ކޮށްގެން ނެރެފައިވާ ފޯނެކެވެ. އެހެންކަމުން މިފޯނު ފަރުމާކުރެވިފައިވަނީވެސް 2 ޖީ ނެޓްވޯރކްތަކަށެވެ.
Print

ދެވަނަ ޓޫތުޕިކް ސިޓީ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން


އެމެރިކާގެ ރަށްޔިތެއް ކަމަށްވާ ސްޓެން މަންރޯ އަކީ އާދަޔާ ޚިލާފު ހުނަރެއް ލިބިފައިވާ ފަންނާނެކެވެ. އޭނާއަށް ލިބިފައިވާ ފަންނާއި ހުނަރު، ފެނިގެން ދިޔައީ ދަތްކޮށްޓާ ދަނޑިން އޭނާ ހަދާފައިވާ ބިނާތަކުންނެވެ. އެއިން ހެދި ފުރަތަމަ ރަށުގެ މަސައްކަތް އޭނާ ފަށާފައިވަނީ، 2003 ވަނަ އަހަރުގަ އެވެ. އެއަށްފަހު، އޭނާވަނީ އެފަދަ ދެވަނަ ރަށެއް ބިނާކުރުމުގެ މަސައްކަތް ކާމިޔާބުކޮށްފަ އެވެ.

ދަތްކޮށްޓާ ދަނޑިން އޭނާ ހަދާފައިވަނީ، ދުނިޔޭގެ މަޝްހޫރު ބިނާތަކެވެ. އޭގެތެރޭގައި ގެފުޅު ވެސް ހިމެނެ އެވެ. އެ ހުރިހައި ތަންތަނެއް އޭނާވަނީ، ދެވަނަ ޓޫތުޕިކް ސިޓީ ގައި ހިމަނާފަ އެވެ.
Print

ވަށްބޮޅު ކޭތަ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސައިންސް

ޢަބްދުﷲ ރަޝީދު މ.ލިނެޓް

ދިވެހި ރާއްޖެއަކީ ވެސް މިއަދު ޢިލްމީ ގޮތުން ކުރިއަރަމުން އަންނަ ގައުމެކެވެ. ދިވެހި ހުރިހައި ދަރީންނަކީ، ތަޢުލީމީ ބަޔެކެވެ. އެހެންކަމުން މިއަދު ޢިލްމީ ކަންކަން ހާމަކުރެވެން ޖެހޭނީ، ކަންކަން ހިނގާ ގޮތާއި ކަމުގެ ޙަޤީޤަތް ޢިލްމީ ގޮތުން ސާބިތުވާ ގޮތަށެވެ. ޚިޔާލަށް ނުވަތަ ހީ ގެ މައްޗަށް ޢިލްމީ ކަންކަން ހާމަ ކުރެވިގެން ނުވާނެވެ. 

ކަމެއްގެ އިލްމީ ޙަޤީޤަތާ ތަފާތު ގޮތަަކަށް ޢިލްމީ ކަންކަމެއްގެ ވާހަކަ ހާމަވުމަކީ، ޢިލްމީ ގޮތުން ކުރިއަރަމުން އަންނަ ޒުވާން ޖީލަށް ކަންކަމުގެ އަޞްލާމެދު އޮޅުން އަރާނެ ކަމެކެވެ. އެއީ، ވެގެންވާނެ ގޮތެއް ނޫނެވެ. 

Print

ޑިފޯލްޓް ފޮންޓް ބަދަލުކުރާނީ ކިހިނެއް؟

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

މިލިޔުމުގައި މިބަލާލަނީ، މައިކްރޯސޮފްޓް ވޯރޑް 2007 ގައި، ޑިފޯލްޓް ފޮންޓް ބަދަލުކުރާނެގޮތުގެ މައްޗަށެވެ. މައިކްރޯސޮފްޓް އޮފީސް 2007 ގެ ވޯރޑް 2007 ގެކުރިން، ވޯރޑްގެ ޑިފޯލްޓް ފޮންޓެއްގެގޮތުގައި މައިކްރޮސޮފްޓްއިން ބޭނުންކޮއްފައިވަނީ، ޓައިމްސް ނިއު ރޯމަން އެވެ. ނަމަވެސް، މިހާރު ޑިފޯލްޓް ފޮންޓެއްގެގޮތުގައިވަނީ، ކެލިބްރީ އެވެ.
Print

ނޮކިއާ 6208C ސްލައިޑް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން





Nokia 6208C  

ޢަބްދުﷲ ފިރާޤް

* ނޮކިއާގެ މިފޯނަނީ 2009 އޭޕްރިލް މަހު ބާޒާރަށް ނެރެފައިވާ ފެންވަރު ރަނގަޅު ފޯނެކެވެ. ނޮކިއާ ގެ މިފޯނަކީ ހަމައެކަނި 2ޖީ ނެޓްވޯރކްގައި މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ.

 
Print

އިސްލާމީ އާ އީޖާދެއް: ބުއްދިވެރި މިސްކިތުގެ ނިޒާމު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން


ކިންގ ޢަބްދުލްޢަޒީޒު ޔުނިވަރސިޓީގެ ދަރިވަރުންގެ ގްރެޖުއޭޝަން ޕްރޮޖެކްޓްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޕްރޮޖެކްޓަކީ، ބުއްދިވެރި މިސްކިތުގެ ނިޒާމެވެ. އެ ނިޒާމު އީޖާދުކުރި ދަރިވަރަކީ، ހާނީ ސިންދީ އެވެ. އޭނާ އުފެއްދި އެ ނިޒާމު މިހާރު ވަނީ، ޖިއްދާގެ މިސްކިތެއްގައި ޤާއިމުކޮށްފަ އެވެ. އެއީ، ޖިއްޖާގެ މަސްޖިދުލް ޖަޒީރާ އެވެ.

ހާނީ އީޖާދުކުރި ބުއްދިވެރި މިސްކިތުގެ ނިޒާމު ވެގެން ދިޔައީ ވަރަށް ގިނަ ބަޔެއްގެ މަޤުބޫލުކަން ލިބުނު މޮޅު އެއްޗެއް ކަމުގަ އެވެ. ސުޢޫދީ ޢަރަބިއްޔާގައި މިއަންނަ މަހު ބޭއްވޭ ސައިންޓިފިކް މަހާސިންތާގައި އެ އީޖާދު ބައިވެރިކުރެވޭނެ އެވެ.
Print

21 ޖޫން 2020 ގައި ހިފާ އިރުކޭތަ އާއި، އިރުކޭތައިން ދެނެގަނެވޭ ބައެއް ކަންކަން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

ޢަބްދުﷲ ރަޝީދު، މ.ލިނެޓް

މި ޖޫން މަހުގެ 5-6 އަށް ހިފައިދިޔަ ހަނދު ކޭތަ ނިމުމާއެކު، ދެން ކުރިއަށް އޮތީ 21 ޖޫންގައި ހިފާ އިރުކޭތަ އެވެ. 

ހިފާ ކޭތަ ފެންނަ މިންވަރާ މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. ނޫސްނޫހާއި ޢާންމުންގެ މެދުގައެވެ. އޭގެ ސަބަބުން ކޭތައާ މެދު ހާމަ ކުރެވޭ ޢިލްމީ ވާހަކަތަކުގެ މުޢުތަބަރުކަމަށް ހީނަރުކަން ފޯރައެވެ. 

Print

ހޯލީ ޤުރުއާން ޑޮޓް ނެޓް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޢަބްދުލްމުޢީދު ޙަސަން

މިއީ، ކީރިތި ޤުރުއާނުގެ އާޔަތްތައް ފަސޭހަކަމާއެކު، ކޮޕީކުރައްވަން ރަނގަޅު ވެބްސައިޓެކެވެ.

ސޫރަތްތަކުގެ ފިހުރިސްތު ޞަފުޙާއަށް ވަޑައިގެންނެވުމަށްޓަކައި، މިތަނަށް ކްލިކްކޮށްލައްވާށެވެ.

ޢަރަބި ބަސް ދެނެވަޑައިނުގަންނަވާ ބޭފުޅުންނަށް ވެސް، މި ފިހުރިސްތުން، ސޫރަތްތައް ހޯއްދެވިދާނެއެވެ. އަދި އާޔަތްތައް ކޮޕީކުރެއްވުން ވެސް ދަތިފުޅެއް ނުވާނެއެވެ.
Print

ނޮކިއާ 8800 ގޯލްޑް އާރޓް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން



Nokia 8800 Gold Arte

ޢަބްދުﷲ ފިރާޤް

މިފަހަރު ކިއުންތެރިންނާއި ހަމައަށް މިގެނެސްދެނީ ނޮކިއާގެ އެންމެފަހުގެ އެއް އުފެއްދުންކަމަށްވާ ނޮކިއާ 8800 ގޯލްޑް އާރޓް މި ފޯނެވެ. 2009 މާރޗް މަހު ބާޒާރަށް ނެރެފައިވާމިފޯނަކީ ބަލާލަން ރީތި ފެންވަރު ރަނގަޅު އަދި އަގުވެސް ބޮޑު ފޯނެކެވެ. ނޮކިއާ 8800 ގޯލްޑް އާރޓް ފޯނަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ.

 
Print

ޔޫރޯ އިސްލާމިކް މިސްކިތް ފަރުމާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ހާނީ ޞަލާޙު (އިސްލާމްއޮންލައިން ޑޮޓް ނެޓް)
ޚުލާޞާ ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



ހުޅަނގު ޔޫރަޕުގައި މިސްކިތުގެ ޒަމާނީ ފަރުމާއެއްގެ ވިސްނުން އުފެދެމުން އެބަދެ އެވެ. އެއީ، ބިނާވެށީގެ ޝަޚުޞިއްޔަތަށް އިޖާބަދޭ ޙާލު، މިސްކިތުގެ އިސްލާމީ ވަންތަކަން ޙިމާޔަތްކޮށްދޭ ފަރުމާއެކެވެ.

މި ވިސްނުން ފެންމަތިވީ، އިޓަލީވިލާތުގައި ދާދި ފަހުން ބޭއްވުނު މަހާސިންތާއެއްގަ އެވެ. އެ މަހާސިންތާގެ ނަމަކީ، "މުސްލިމުން ޔޫރަޕަށް ދިނީ ކޮން އެއްޗެއް؟" މިއެވެ. މަހާސިންތާގެ ބައިވެރިން ކަށަވަރުކޮށްދިން ގޮތުގައި، "ޔޫރަޕުގައި ބިނާކުރެވޭ މިސްކިތްތައް ވާންޖެހޭނީ، އެ ބައްރުގެ ތިމާވެށްޓާއި ސަގާފަތަށް އިޙުތިރާމުކުރާ ޙާލު، އިސްލާމީ އަގުތަކާ ފުށުނާރާ ގޮތަށް ފަރުމާކޮށްފައިވާ ބިނާތަކެއް ކަމުގަ އެވެ." މިހާރު ޕޮލެންޑްގެ ވެރިރަށް ވޯސޯގައި ބިނާކުރެވޭ މިސްކިތް ފަރުމާކޮށްފައިވަނީ މި ވިސްނުމުގެ ދަށުންނެވެ.
Print

މައްސަރާއި ވަގުތުތައް ދެނެގަތުމުގެ ކަށަވަރު ޢިލްމަކީ ފަލަކީ ޙިސާބެއް ނޫންތަ؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

މީގެ ސާދަ ސައްތަ އަހަރު ކުރިން ބާވައިލެއްވި ކީރިތި ޤުރުއާނަކީ، އޭގެ ކުރިމަތިން ވެސް އަދި ފަހަތުންވެސް އެއްވެސް ބާޠިލްކަމެއް ނާންނާނެ ފޮތެކެވެ. ކަނޑައެޅިގެންހުރި، ކާފިރަކު މެނުވީ އެއާމެދު އިންކާރެއް ނުކުރާނެއެވެ.

ފަލަކީ ކަންކަން ޙިސާބެއްގެ މަތީގައި ލައްވާފައިވާކަން ކީރިތި ޤުރުއާނުގެ އެތައް އާތަތެއްގައި މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި އެކަން އަންގަވާފައި އޮތުމަކުން، އޭގެ ފަދައެއް ނޭނގޭނެއެވެ. އެކަމަށްޓަކައި އޮތީ ޙިސާބު ޢިލްމުގެ ބާވަތްތަކުން ފަލަކީ ޙިސާބުގެ ކިތަންމެ ކުޑަ މިންވަރެއް ވިޔަސް ޙާޞިލްކުރުމެވެ. 

Print

ގޫގުލް ސްކެޗްއަޕް

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް


ގޫގުލް ސްކެޗްއަޕް އަކީ، ކުރެހުންތެރީންނާއި، ފަރުމާކުރުންތެރިންނާއި، އާރކިޓެކްޓުންނާއި ސިވިލް އިންޖިނިއަރުން ފަދަ ޢިމާރާތާއި ކުރެހުމުގެ ދާއިރާގައި ނުވަތަ 3ޑީ މޮޑެލްތައް ހެދުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ޚާއްޞަ ޕްރޮގްރާމެކެވެ. މިއީ، ގޫގުލްއިން ތައްޔާރުކޮއްފައިވާ ވަރަށް ފުރިހަމަ، ކޮންމެ މީހަކަށްވެސް، ފަސޭހަކަމާއެކު، 3ޑީކޮށް ކުރެހޭ ސޮފްޓްވެއަރއެކެވެ. މި ސޮފްޓްވެއަރއަކީ، 1999 ގައި އެޓްލާސްޓް ސޮފްޓްވެއަރ ކުންފުނިން އުފައްދާފައިވާ ސޮފްޓްވެއަރއެކެވެ.
Print

އެލް.ޖީ ޒެނަން

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


LG Xenon

ޢަބްދުﷲ ފިރާޤް


މިފަހަރު މިބަލާލަނީ އެލް.ޖީ ގެ އުފެއްދުމެއް ކަމަށްވާ "އެލް.ޖީ ޒެނަން" މި ފޯނަށެވެ. މިފޯނަނީ މިހިނގާ އެޕްރިލް މަހު ބާޒާރަށް ނެރެފައިވާ ފޯނެކެވެ. އެލް.ޖީ ގެ މިފޯނަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ.

Print

އިލެކްޓްރިކް ވެހިކަލް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ



ޢަބްދުﷲ ފިރާޤް

ދުނިޔެއަށް ދިމާވެފައިވމާ އެންމެ ބޮޑު އެއް މައްސަލައަކީ، ދުނިޔޭގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރެވެ. މިކަމުގެ ބޮޑުބައެއް ހިއްސާކުރަނީ އަޅުގަނޑުމެން ޖައްވަށް ދޫކުރަމުންދާ ވިހަ ގޭހެވެ. އަޅުގަނޑުމެން ދުއްވާ އިންޖީނުލީ އުޅަނޑުފަހަރަކީ މިކަމުގެ މައިގަނޑު އެއް ސަބަބު ކަމުގައި ނޫނީ ނުވާނެއެވެ.
    ސައިންސްވެރިންނާއި ރިސާރޗްކުރާ މީހުން ތާއަބަދު މިފަދަ ކަން ކަމުގެ ޙައްލެއްފެނޭތޯ މަސައްކަތް ކުރަމުންދެއެވެ. މީގެ ނަތީޖާއެއްކަމުގައި ބެލެވޭ އެއް އުފެއްދުމަކީ އިލެކްޓްރިކް ވެހިކަލެވެ.  މިފަހަރު މިބަލައިލަނީ، "ގޯ ގްރީން ޓެކް" ގެ އުފެއްދުމަކަށެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ