އަދުގެ ޚާއްސަ

ސައިންސް ޓެކްނޮލޮޖީ

Print

ޖޫން 2020 ގައި ހިފާ "ފަނޑު ހިޔަނި" ހަނދު ކޭތަ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

ޢަބްދުﷲ ރަޝީދު މ.ލިނެޓް

2020 ޖޫން 5 ވަނަ ދުވަހުގެ ރޭ "ފަނޑުހިޔަނި" (Penumbra)  ހަނދު ކޭތައެއް ހިފާން ފަށައެވެ. ފަނޑުހިޔަނި ކޭތައަކީ، ލޮލަށާއި ޓެލެސްކޯޕަށާއި ދުރުމިއަށް ނުފެންނަ، ފަލަކީ ޢިލްމުން ދެނެގަނެވޭ ބާވަތުގެ ކޭތައެވެ. ސަބަބަކީ ހަނދުގެ އަލިކަން ފަނޑުވާކަން ފާހަގަކުރެވޭ މިންވަރަށް ހަނދުގެ އަލިކަން ފަނޑު ނުވުމެވެ.

"ހަނދުކޭތަ"އަކީ، އިރުގެ އަލީގެ ސަބަބުން ދުރަށް ދެމިގެންވާ، ދުނިޔޭގެ ދެމިގެންވާ ހިޔަނީގެ ތެރެއަށް ހަނދު ނުވަތަ ހަނދުން މިންވަރެއް ވަނުމަށް ކިޔާ ނަމެވެ. 

Print

ރާޒުވާކުޅެން ދަސްކުރާނެ ސައިޓެއް.

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ



ރާޒުވާކުޅެން ދަސްކުރަން ބޭނުންނަމަ، ރާޒުވާ ކުޅެން އެނގޭ މީހަކު އެ ކުޅޭގޮތް ދަސްކޮއްދޭންދެން ހުންނާކަށް ނުޖެހެއެވެ. މިހާރު، އިންޓަރނެޓްގެ ޒަރީޢާއިންވެސް ރާޒުވާ ކުޅެން ދަސްކުރެވިދާނެއެވެ. މިތަނަށް ކްލިކްކޮއްލުމުން ރާޒުވަން ކުޅެން ދަސްކޮއްދޭ ވެބްސައިޓްތަކަށް ދެވޭނޭ މަގުފަހިވެގެންދާނެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ރާޒުވާކުޅުމުގައި ފަސޭހައިން ކުޅިފަސް ހޯދިދާނެއެވެ.
Print

ސޮނީ އެރިކްސަން W395

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


Sony Ericsson C510


ޢަބްދުﷲ ފިރާޤް

•    މީ ސޮނީ އެރިކްސަންގެ ވަރަށްފަހުގެ އުފެއްދުމެއްކަމަށްވާ "ސޮނީ އެރިކްސަން W395" އެވެ. މިފޯނު ބާޒާރަށް ނެރެފައިވާ   2009 މާރޗް މަހުއެވެ. ސޮނީ އެރިކްސަންގެ މިފޯނަކީ ހަމައެކަނި 2ޖީ ނެޓްވޯރކްތަކުގައި މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މިފޯނަކީ މެދުފަންތީގެ މީހުންނަށް އަމާޒު ކޮށްގެން އުފައްދާފައިވާ އަގުހެޔޮ ފޯނެކެވެ.
 
Print

ވުޟޫކުރާ މެޝިން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން



ވުޟޫކުރާ މެޝިނަކީ، އޮސްޓްރޭލިއާގައި އީޖާދުކޮށް، މެލޭޝިއާގައި ތައްޔާރުކުރުމަށް ހަމަޖެހިފައިވާ އެއްޗެކެވެ. މި މެޝިން އެކުލެވިގެންވަނީ، ތިން ބައިންނެވެ. ފުރަތަމަ ބައިން ދޮވެދެނީ، އަނގައާއި މޫނާއި ދެކަންފަތެވެ. ދެވަނަ ބައިން ދޮވެދެނީ، ދެއަތެވެ. ތިންވަނަ ބައިން ދޮވެދެނީ ދެފައިތިލައެވެ. މި ތިންބައި އެއްކޮށް، އެއް މެޝިނެއްގެ ގޮތުގައި އުފެއްދުމަށް، މި މެޝިން އީޖާދުކުރި ކުންފުނިން ވިސްނަމުން ގެންދެއެވެ. މި މެޝިން އުފައްދާ ކުންފުންޏަށް، މިހާތަނަށް 600 އޯޑަރު ލިބިފައިވާ ކަމަށް ވެއެވެ.


މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި މެޝިނުން ވުޟޫކުރުމުން، ފެން އިސްރާފެއް ނުވާނެއެވެ. އަދި ވުޟޫކުރަން ހޭދަވާ ވަގުތު އަވަސް ވާނެއެވެ. ތިން މިނެޓަށްވުރެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މި މެޝިނުން ވުޟޫކޮށް ނިމޭނެއެވެ. މި މެޝިނުގެ ފެން ބަންދުކޮށް ހުޅުވާ ހަދަނީ، އިންފްރާރެޑް ދޯދީގެ އެހީގައެވެ. އެހެންކަމުން އެޔަކު ބަންދުކުރަން ޖެހޭ އެއްވެސް ފެން އިސްކުރެއް ނުހުންނާނެއެވެ. އެއިން ވުޟޫކުރާއިރު، ފެނުގެ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނެއެވެ.

Print

"ހަނދު ބެލުން" މިބަހުގެ މައްޗަށް ނަޒަރެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

ޢަބުދުﷲ ރަޝީދު މ.ލިނެޓް

[ހަނދުބެލުން] މި ޢިބާރާތުގެ އަޑު އިވުމުން ނުވަތަ ލިޔުމަކުން ފެނުމުން ދޭހަވާ ދެ މާނައެއް އިޙުސާސްވީނަމަވެސް، މައްސަރު ފެށުމުގައި ހަނދުގެ [ހުޅެވި] ފެނޭތޯ ބަލާބެލުމަށް މި ބަސް ބޭނުންކުރާކަން ދިވެހިންނަކަށް ނޯޅޭނެއެވެ. 

އެހެންނަމަވެސް [ހަނދުބެލުން] މި ބަހާމެދު ކޮންމެހެން ދެނެގަތުން ލާޒިމު ކަންތައްތަކެއް ހުރިކަން އިއްޔެއާއި އަދަށް ވިސްނާއިރު، ގަބޫލުކުރާން ޖެހެއެވެ.

Print

ފަންކްޝަން ކީތަކުގެ ބޭނުން

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް


ފަންކްޝަން ކީތަކަކަކީ، ކޮމްޕިޔުޓަރު ކީބޯރޑުގެ މަތީގައިވާ، އެ ފިތްތަކަކުން ތަފާތުގިނަ މަސައްކަތްތަކެއް ކުރެވޭ ފިތްތަކެކެވެ. ކޮމްޕިޔުޓަރު ކީބޯރޑުގައިވާ ޝިފްޓްކީއަށް ފިތައިގެން ހުރެ، އެހެން ފިތްތަކަށް ފިތުމުން، އެފިތުން އާދަކޮށް ކުރެވޭ ކަންތަކުގެ އިތުރުން އެހެން ކަންތައް ކުރެވޭބީދައިން، ފަންކްޝަން ކީތަކުން ގިނަ ބޭނުންތަކެއް ކުރެވެއެވެ. ކީބޯރޑުގެ ތިރީގައިވާ އެފް.އެން ކީއަކީ، ކީބޯރޑުގެ މަތީގައިވާ ފިތްތައް އެކްޓިވޭޓްކޮއްދޭ މައިގަނޑު ފިތެވެ. މަތީގައިވާ ފަންކްޝަން ކީތަކުގެ ސަބަބުން، ކީބޯރޑުގެ ސައިޒު ކުޑަކޮށްދެއެވެ. ފަންކްޝަން ފިތްތަކަށް، "ހޮޓްކީ" އޭވެސް ކިޔައެވެ. ހޮޓްކީ އަކީ، ފިތަކަށް ފިތާލުމުން، ވަކި ޚާއްޞަކަމެއް ކުރެވޭ ފިތެކެވެ.


Print

ތިމާވެއްޓާއި ރަޙްމަތްތެރި ފޯނު

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤް



ތިމާވެށީގެ މައްސަލަ ތަކަކީ ދުނިޔޭގެ ސަމާލުކަން އެކަމަކަށް ހުއްޓިފައިވާ މައްސަލަ ތަކަކެވެ. އެހެންކަމުން ތިމާވެއްޓާއި ރަޙްމަތްތެރިކޮށް ކަންކަންކޮށް ނިންމާލުމަކީ ދުނިޔޭގެ ވަރަށްގިނަ ބަޔެއްގެ ސަމާލުކަންދޭ ކަމެކެވެ. ޙާއްސަކޮށް ބޮޑެތި އިންޑަސްޓްރީތަކުން މިކަމަށްދޭ ސަމާލުކަން ވަކިން ބޮޑެވެ.
Print

ނިދާ ބޮކި

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުﷲ ފިރާޤް

ފިހާރައަކަށްވަދެ "ނިދާ ބޮތްކެއް" ދީބަލާށޭ ބުނެފިނަމަ ފުރަތަމަވެސް އަހާލާނީ ކޮންކުލައެއްތޯއެވެ. ރާއްޖޭގައި ކަރަންޓްގެ ޚިދުމަތް އާންމުވިފަހުން މީ ފިހާރަތަކުން އަޅުގަނޑަށް އިވޭ ވަރަށް އާންމު އަޑެކެވެ. އެކި މީހުންނަށް ކަމުދާނީ އެކި ކުލައިގެ ބޮތްކެވެ. އަނެއްބަޔަކު ވިސްނާނީ މި ބޮކީގެ އަލިމިން ހުންނާނެވަރާއި މެދުގައެވެ. އަދި އެއްފަހަރު ގަންނަ ކުލަ އަނެއްފަހަރު ނުގަންނަ މީހުންވެސް ތިބޭނެއެވެ. އެއީ ގަނެވުނު ކުލަބޮކިން ނުވަތަ "ނިދާ ބޮކިން" އެންމެ ހިތްއެދޭ ބޭނުން ނުފުދުމުންނެވެ.
Print

ފަލަކީ ޢިލްމާއި ކީރިތި ޤުރުއާން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

ކެޕްޓަން މުޙައްމަދު ޝަރީފު، ހ. އެލިއަތުވިލާ

މި ހިނގާ 1441 ވަނަ އަހަރުގެ ފިޠުރު ޢީދުގެ ހަނދާ ގުޅޭ ގޮތުން ކުރެވުނު ހޫނު ބަޙުސަކީ ވަރަށް ޚުތޫރަތްތެރި ވަގުތެއްގައި ކުރެވުނު ބަޙުސަކަށްވެފައި ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންގެ ތެރެއިން ޢިއްޒަތްތެރި ބައެއް ޢިލްމުވެރީން ކޮންމެވެސް ވަރަކަށް އަޅުގަނޑުގެ ރައުޔު ހޯއްދަވަމުން ވެސް ގެންދެއްވުމާއި އަދި މި ދާއިރާގައި އަޅުގަނޑު ވަރަށް ކުޑަކުޑަކޮށް ނަމަވެސް ހޭކިލެވުމުގެ ހެޔޮނަސީބު الله سبحانه وتعالى މިންވަރު ކުރައްވައިފައި ވުމުން ކޮންމެސް ބަހެއް ދަންނަވާން ޤަސްދުކުރަމެވެ.

ފަހަރެއްގައި ވެސް ތިޔަ ޢިތްޒަތްތެރި ޢިލްމުވެރިންގެ ޢިލްމުވެރިކަމާމެދު އަދި ޢަޤީދާއާމެދު، އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް އޮތީއަކީ ނޫނެވެ. ނަމަވެސް ވިސްނުން ކޮށި މީހަކަށް ނުވަތަ ބަޔަކަށް އެފަދަ ގޮތަކަށް ވިސްނިގެން ހިނގައިދާނޭ ގޮތަކަށް ތިޔަ ފަދަ ޢިތްޒަތްތެރި ޢިލްމުވެރީންގެ ބަހުސް ނުދާނޭ ގޮތަކަށް ދީނީ އަދި ޢިލްމީ ދަލީލުތަކުގެ މައްޗަށް ބައްޓަންކުރުން ކިހިނެއްވާނެތޯ ދަންނަވައިލާން އަޅުގަނޑުގެ ހިތަށް އެރީއެވެ.

Print

ޝާމިލާ ކުތުބުޚާނާ ނުވަތަ އަލްމަކުތަބަތުއް ޝާމިލާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޢަބްދުލްމުޢީދު ޙަސަން

މިއީ، އިންޓަރނެޓުން ހިލޭ ލިބެން ހުންނަ ފޮތްތައް، އެއްތަނަކަށް ޖަމާކުރުމުގެ މަޤުޞަދުގައި ތައްޔާރުކުރެވިފައިވާ ކުތުބުޚާނާއެކެވެ. މި ކުތުބުޚާނާގެ ސޮފްޓްވެއަރ، ޝާމިލާ ވެބްސައިޓުން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

އަހުލުއް ސުންނާ ވަލްޖަމާޢާގެ މަންހަޖާ ޚިލާފު ފޮތްތައް މި ކުތުބުޚާނާގައި ހިމެނުމަކީ، ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް، އިސްލާމްދީނަށް ޚިދުމަތްކުރައްވާ ޢިލްމުވެރިން ދިރާސާކުރެއްވުމުގެ ގޮތުން ގެންގުޅުއްވާ ބިދުޢައިގެ ފޮތްތައް މި ކުތުބުޚާނާގައި ބަހައްޓަވައިގެން ދިރާސާކުރެއްވުމަކީ ހުއްދަ ކަމެކެވެ.
Print

ނޮކިއާ އީ 75

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


Nokia E75

ޢަބްދުﷲ ފިރާޤް

•    ނޮކިއާގެ މިފޯނަނީ 2009 މާރޗް މަހު ބާޒާރަށް ނުކުންނާނެ ފެންވަރު ރަނގަޅު ފޯނެކެވެ. ނޮކިއާ އީ75 ފޯނަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މީގެ އިތުރުން އެފް.އެމް ރެޑިއޯ ފަދަ ބޭނުންތެރި ފަސޭހަތައްވެސް މިފޯނުގައި ވާނެއެވެ.
 
Print

އޯ.އެލް.އީ.ޑީ ޓީވީ

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


O.L.E.D Television

ޢަބްދުﷲ ފިރާޤް

ހަލުވިކަމާއިއެކު ކުރިއަރަމުންއަންނަ އާހޯދުންތަކާއި، އާއުފެއްދުންތައް ދުވަހުން ދުވަހަށް މިއަންނަނީ ކުރިއަރާ ތަރައްޤީ ވަމުންނެވެ. އެންމެފުރަތަމަ ފެނިގެންދިޔަ ބޮޑު ފޮށިގަނޑުލީ ކަޅާ ހުދުގެ ޓީވީ ތަކަށްފަހު ތަފާތު ޖީލުތަކުގައި ތަފާތު ވައްތަރުގެ ޓީވީ ނުކުމެފައިވެއެވެ. މޫނުމަތި ފަތި ޓީވީ އާއި އެލްސީޑީ ޓީވީ އެވެ. އަދި ޕްލާސްމާ ޓީވީ އަކީވެސް ދާދިފަހުގެ އުފެއްދުމެކެވެ. 
 
Print

އިންސާނާގެ ސިކުނޑި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސައިންސް

ޕްރޮފެސަރ ޙަސަން ޢުޤައިލް


ދުނިޔޭގައިވާ އެންމެހާ މަޚުލޫޤުންގެ ތެރެއިން އެންމެ އާދަޔާ ޚިލާފު ސިކުނޑިއެއް ދެއްވާފައިވަނީ އިންސާނުންނަށެވެ. އިންސާނާގެ ހަށިގަނޑުގެ ހަކަތައިގެ ވިހި އިންސައްތަ ސިކުނޑި ބޭނުންކުރި ނަމަވެސް ސިކުނޑި ހިއްސާކުރަނީ ހަށިގަނޑުގެ ބަރުދަނުގެ އެންމެ ދެއިންސައްތައެވެ. ސިކުނޑީގައި ދައުރުވަމުންދާ ލޭގެ ސަބަބުން ސިކުނޑި އޮންނަނީ މަޑު ފިޔާތޮށި ކުލައެއްގައެވެ. 

Print

އެލް.ޖީ އެރީނާ KM900

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤު

LG Arena KM900

މިފަހަރު މިބަލާލަނީ އެލް.ޖީ ގެ އުފެއްދުމެއް ކަމަށްވާ "އެލް.ޖީ އެރީނާ" މި ފޯނަށެވެ. މިފޯނަނީ ދާދި އަވަހަށް ބާޒާރަށް ނުކުންނާނެކަމަށް ބުނެފައިވާ ފޯނެކެވެ. 2ޖީ އަދި 3ޖީ ނެޓްވޯރކްގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ އެލް.ޖީ ގެ މި ފޯނަކީ ތަފާތު ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ފޯނެއްކަމަށް ބެލެވެއެވެ.
 
Print

ނޮކިއާ 6260 ސްލައިޑް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


Nokia 6260 Slide

ޢަބްދުﷲ ފިރާޤް

ނޮކިއާގެ މިފޯނަނީ 2009 އޭޕްރިލް މަހު ބާޒާރަށް ނެރެފައިވާ ފެންވަރު ރަނގަޅު ފޯނެކެވެ. ނޮކިއާ 6260 ސްލައިޑަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މީގެ އިތުރުން ސްޓީރިއޯ އެފް.އެމް ރެޑިއޯ ފަދަ ބޭނުންތެރި ފަސޭހަތައްވެސް މިފޯނުގައި ވާނެއެވެ.
Print

އިބިލީހުގެ ލިބާސްލެއްވުން (3)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސައިންސް


އިސްމާޢީލް މުބާރަކު
                                                 (21 ޖުލައިި 2011، (ބުރާސްފަތި) އާ ގުޅޭ)

ސިއްރު ކުރެވިފައިވާ ޙަޤީޤަތް ފޮރުވުމަށްޓަކައި ޙަޤީޤީ މިނިވަންކަން މި ވަނީ ޢާއްމު ކުރެވިފައެވެ. ޙަޤީޤީ މިނިވަންކަމަކީ އެހެން މީހަކާ ނުބެހި ތިމާ ހިތް އެދޭ ހުރިހާ ކަމެއް ކުރުމުގެ އިޚްތިޔާރު ލިބިފައި އޮތުންކަމުގައި ވަނީ ބެލެންފަށައިފައެވެ.

އެބޯޝަން (ނުވަތަ ރަޙިމުގައިވާ، އުފެދެމުން އަންނަ ކުއްޖާ ޤަތުލު ކޮށް ވައްޓައިލުން) ވަނީ މުޅި ދުނިޔޭގައި ޢާއްމުވެފައެވެ. އަޅުގަނޑުމެންގެ ތެރޭގައި ވެސް އަޅުގަނޑުމެންގެ ޢިލްމުވެރިން އެ ވިދާޅުވާ ޖުމްހޫރު ނުވަތަ ގިނަ ޢިލްމުވެރިން އެއްބަސްވާ ގޮތާ ﷲ ނިޔާ ކަނޑައަޅުއްވައިފައިވާ ގޮތާ ޚިލާފު ވީ ނަމަވެސް މިއަދު ގަދަވަނީ އަޅުގަނޑުމެންގެ ބަހެވެ.
Print

އިންޓަރނެޓް އެކްސްޕްލޯރަރއަށްވުރެ ފަޔަރފޮކްސް އާއި އޮޕެރާ ރަނގަޅުވާ ސަބަބުތައް.

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

މިހާރު އިންޓަރނެޓް އެކްސްޕްލޯރަރގެ (އައި.އީ) މަޤުބޫލުކަންދަނީ ދުވަހެއްދުވަހަކަށް ދަށްވަމުންނެވެ. އިންޓަރނެޓް ބޭނުންކުރާމީހުންގެ ގިނަ ބަޔަކު މިހާރު އެނބުރެމުންދަނީ، މޮޒިއްލާ ފަޔަރފޮކްސް ނުވަތަ އޮޕެރާ ފަދަ ބްރޯޒާރތަކަށެވެ. މިލިޔުމުގައި މިބަލާލަނީ، އިންޓަރނެޓް އެކްސްޕްލޯރަރއަށްވުރެ، ފަޔަރފޮކްސްއާއި އޮޕެރާ ރަނގަޅުވާ ސަބަބުތަކުގެ މައްޗަށެވެ.

ސްކްރީނަށް އެޑްތައް އެރުން
އިންޓަރނެޓް އެކްސްޕްލޯރަރ ބޭނުންކުރާއިރު، ބައެއް ސައިޓްތަކެއް ވަންނައިރު ކުއްލިކުއްލިއަށް ސްކްރީނަށް އެކިފާޑުގެ އިސްތިހާރުތައް އެކުލެވޭ ވިންޑޯތައް އަރަމުންދެއެވެ. އައި.އީގައި އެޑް-ބްލޮކިންގ ފީޗަރ އެކުލެވިފައިވާނަމަވެސް، އޮޕެރާއާއި ފަޔަރފޮކްސް ގައިވާފަދަ މޮޅު އެޑް ބްލޮކިން ޓެކްނޮލޮޖީއެއް އައި.އީގައެއް ނުވެއެވެ.
Print

ބްލެކްބެރީ ކާރވް 8900

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން

BlackBerry Curve 8900
 

ޢަބްދުﷲ ފިރާޤް

ބްލެކްބެރީ ފޯނަކީ ދުނިޔޭގެ ގިނަ ޤަޢުމުތަކެއްގައި މަޤްބޫލްކަން ހޯދާފައިވާ ފޯނެކެވެ. އެހެންކަމުން މިފަހަރު މި ބަލާލަނީ ބްލެކްބެރީގެ ފަހުގެ އުފެއްދުމެއްކަމަށްވާ "ބްލެކްބެރީ ކާރވް 8900" މި ފޯނަށެވެ. 2008 ޑިސެމްބަރު މަހު ބާޒާރަށް ނެރެފައިވާ މި ފޯނަކީ ހަމައެކަނި 2ޖީ ނެޓްވޯރކްތަކަށް ޙާއްޞަކޮށްގެން އުފައްދާފައިވާ ފޯނެކެވެ.
 
•    ނެޓްވޯރކް:-
•    ނެޓްވޯރކް: GSM 850/ 900 / 1800 / 1900
 
•    މިފޯނުގެ ބަރުމިނުގައި ހުންނާނީ 110 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 109 މިލިމީޓަރެވެ. ފުޅާމިނުގައި 60 މިލިމީޓަރު ހުންނައިރު ފޯނުގެ ބޯމިނަކީ 13.5 މިލިމީޓަރެވެ.
 
Print

ރިމޯޓުން ނިވާލުމުން.......

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުﷲ ފިރާޤް

ގޭތެރޭގެ މާހައުލުގެ އިތުރުން އޮފީސް މާހައުލުގައިވެސް ބޭނުންކުރަމުންދާ ގިނަ އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ސާމާނަކީ ރިމޯޓް ބޭނުންކޮށްގެން ނިވާލެވޭ ތަކެއްޗެވެ. ޓީވީ، ވީސީއާރު، ލަވަޖަހާސެޓް ފަދަ ތަކެއްޗެވެ. އެއަރކަންޑިޝަން އަދި ހީޓަރުފަދަ ތަކެއްޗެވެ. ކޮމްޕިއުޓަރ މޮނީޓަރ ފަދަ ތަކެއްޗަކީވެސް މިފަދަ ގޮތަކަށް ބޭނުންކުރެވޭ ތަކެއްޗެވެ. ކޯޑުލެސް ޓެލެފޯނާއި، އާންސަރިންގ މެޝިނާއި، އިންޓަކަމްސް ފަދަ ސާމާނަކީވެސް ހަމަ މި ގިންތީގައި ހިމެނޭ ތަކެއްޗެވެ. 

ދަންނަވާލަން މި އުޅޭ ވާހަކައަކީ "ސްޓޭންޑްބައި މޯޑް" ގެ ވާހަކައެވެ. ރިމޯޓް ބޭނުންކޮށްގެން ނިވާލުމުން އެއެއްޗެއް ދާނީ ސްޓޭންޑްބައި މޯޑަށެވެ. އެހެންކަމުން އެއެއްޗެއްގައި ކަރަންޓް ހުންނާނެއެވެ. އަދި އަބަދު ބޮތްކެއްދިއްލިފައި ހުންނާނެއެވެ. ނުވަތަ ނިވިދިއްލޭނެއެވެ. ބައެއް ތަކެތީގައި ގަޑިފަދަ ތަކެތިވެސް ފެންނަން ހުންނާނެއެވެ. 
Print

އާދަޔާ ޚިލާފު މަގުހަދާ މެޝިނެއް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސައިންސް


ޢަބްދުﷲ ނަޢީމު އިބްރާހީމް

މިއީ މަގުހަދާ މެޝިނެކެވެ. މި ޚަބަރު ނުވަތަ މަޢުލޫމާތު އަޅުގަނޑަށް ފެނުނީ ޑޮކްޓަރ ޢަބްދުﷲ ނިޔާފް ފޭސްބުކަށް ލައްވާފައިވާ މަޢުލޫމާތުކޮޅަކުންނެވެ. މި މެޝިނަށް ކިޔާ ނަމަކީ "ޓައިގަރ ސްޓޯން" އެވެ. މިއީ ރާއްޖެއަށް ވަރަށް ބޭނުންތެރި މެޝިނެއް ކަމަށް ގަބޫލު ކުރެވޭތީ ފަންވަތުގެ އަހުލުވެރިންނާ ޙިއްޞާކޮށްލީއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ