އަދުގެ ޚާއްސަ

ސައިންސް ޓެކްނޮލޮޖީ

Print

ކޫލްއައިރިސް – ފަޔަރފޮކްސްގައި ބޭނުންކުރެވޭ އާދަޔާޚިލާފު އެޑް-އޮން އެއް

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

ކޫލްއައިރިސްއަކީ، އެ އެޑް-އޮން އެއް އިންސްޓޯލްކުރުމަށްފަހު އެ އެޑް-އޮން ހިންގާލުމުން، މުޅި ސްކްރީން 3ޑީ އަށް ބަދަލުކޮއްލާ އެޑް-އޮން އެކެވެ. އައިފޯންގައި މަންޒަރުތައް ފެންނަގޮތަށް ސްކްރީނުން ފެންނަ ފޮޓޯތައްވެސް އަރިއަރިއަށް ނުވަތަ ދިމާދިމާލަށް ކަހާލެވޭނެއެވެ. މިއީ ވަރަށް ފުރިހަމަ އަދި އެހާމެ ހިތްގައިމު އެޑް-އޮން އެކެވެ. ނަމަވެސް، މި އެޑް-އޮން ބޭނުންކުރެވޭނީ ބައެއް ވެބްސައިޓްތަކުގައެވެ. އޭގެތެރޭން ބައެއް ވެބްސައިޓުތަކަކީ، ގޫގުލް އިމޭޖަސް، ޔޫޓިޔުޓް، އަދި ފްލިކަރ އެވެ. ކޫލްއައިރިސް ޑައުންލޯޑްކުރުމަށް މިތަނަށް ކްލިކްކޮއްލާށެވެ.
Print

ސޮނީ އެރިކްސަން C510

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


Sony Ericsson C510

ޢަބްދުﷲ ފިރާޤު

މިފަހަރު މިބަލައިލަނީ ސޮނީ އެރިކްސަންގެ ވަރަށްފަހުގެ އުފެއްދުމެއްކަމަށްވާ ސޮނީ އެރިކްސަން C510 އަށެވެ. މިފޯނަނީ 2009 ފެބްރުއަރީ މަހު ބާޒާރަށް ނެރެފައިވާ ދެގޮތަށްވެސް ޖީބަށްލުއި ފެންވަރު ރަނގަޅު ފޯނެކެވެ. މެދުފަންތީގެ އަގުތަކުގެ ފޯނަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިފޯނަކީ ކަމުދާނެ ފޯނަކަށްވާނެއެވެ. ސޮނީ އެރިކްސަން C510 ފޯނަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ.
Print

ބޮކިތެޅުމުން....ދެން ހަދާނީ ކިހިނެއް؟

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ



އެނަރޖީ ސޭވިންގ ބޮތްކެއް ތަޅައިގެން ދިއުމުން ދެންހަދާނީ ކިހިނެއް؟

ޢަބްދުﷲ ފިރާޤް

އަޅުގަނޑުމެންގެ ގޭގޭގައާއި، އޮފީސްތަކުގައި އާންމުކޮށް މިހާރު ބޭނުން ކުރަމުން މިދަނީ "އެނަރޖީ ސޭވިންގ" ބޮކި ނުވަތަ ސީ.އެފް.އެލް (ކޮމްޕެކްޓް ފްލޮރިސެންޓް ލޭމްޕް) އެވެ. ކަރަންޓް ޚަރަދު ކުޑަ، ގިނަދުވަހަށް ދެމިހުންނަ މިލައިޓަކީ އާންމު ބޭނުންތަކަށް ބޭނުންކުރަން އެންމެ ރަނގަޅު ލައިޓޭވެސް ބުނެވިދާނެއެވެ.  

ކޮންމެ ކަމެއްގައިވެސް ރަނގަޅު ނުރަނގަޅު ހުންނަ ފަދައިން މި ލައިޓް ގެންގުޅުމުގައިވެސް ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން މިތަނުގައި ފާހަގަކޮށްލާނީ ސީ.އެފް.އެލް ލައިޓެއް ތަޅައިގެން ދިއުމުން ކަންތައް ކުރާނެ ގޮތަކާއި މެދުގައެވެ.  
Print

ނިއުޓްރިޝަނުގެ އެހީގައި، ކުށްކުރުން ހުއްޓުވުން

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ސައިންސް


ޙުސައިން ޝާކިރު

ޑޮކްޓަރ ވިކްޓަރ ޖީ. ރޮސިން ގަބޫލުކުރައްވާ ގޮތުގައި  ހިމޭން މަޑުމައިތިރި ވެށްޓެއް ޤާއިމު ކުރެވިފައިވާ ސެނިޓޭރިއަމެއްގައި، އެހެން މީހުންގެ އުނދަގޫ ނުފޯރާ ގޮތަށް ނުރައްކާތެރި ކުށްވެރިން ބައިތިއްބިއްޖެ ނަމަ، ހަމަ އެހެންމެ އެމީހުނާ މުޢާމަލާތު ކުރުމަށް އޯގާވެރި ދީނީ ބަޔަކު އެތާތިބިނަމަ، އަދި މިންހެޔޮ ކެއުމެއް (ބެލެންސްޑް ޑައިޓެއް) ކާންދެވިއްޖެނަމަ، އެމީހުންގެ ކިބައިގައި ހަރުދަނާ ދީނީ ސިފަތަކަކާއި ރަނގަޅު ގޮތްތަކެއް ހަރުލެއްވިދާނެ އެވެ.
Print

ކީރިތި ޤުރުއާނަށް ޚިދުމަތްކުރާ ބައެއް ވެބްސައިޓްތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޢަބްދުލްމުޢީދު ޙަސަން

1. އަލްޤުރްއާނުލްކަރީމް ޑޮޓް ކޮމް

މިއީ، ކީރިތި ޤުރުއާނުގެ ހުރިހައި ކަލިމައެއް ވަކިވަކިން ތަރުޖަމާކޮށްދީފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓްގައިވާ، ކީރިތި ޤުރުއާނުގެ ފިހުރިސްތަށް ވަޑައިގެންނެވުމަށްޓަކައި މިތަނަށް ކްލިކްކޮށްލައްވާށެވެ. ފިހުރިސްތުން ސޫރަތެއް ނަންގަވައިފިނަމަ، ހުޅުވޭނީ ހަމަ އެޞަފުޙާގައެވެ.

ނަންގަނެވިދިޔަ ޞަފުޙާއަށްވުރެ، ސޫރަތްތަކުގެ ނަންބަރު ޖަހާފައިވާ ޞަފުޙާ ބައެއް ބޭފުޅުންނަށް މާ ކަމުދާނެއެވެ. އެ ޞަފުޙާއަށް ވަޑައިގެންނެވުމަށްޓަކައި، މިތަނަށް ކްލިކްކޮށްލައްވާށެވެ. އެ ޞަފުޙާގައި 114 ސޫރަތުގެ ނަންބަރު ވަކިވަކިން ތާވަލެއްގައި ލިޔެފައިވާނެއެވެ. އެއިން ނަންބަރަކަށް ކްލިކްކޮށްލެއްވުމުން، އާ ޞަފުޙާއެއްގައި ސޫރަތުގެ ތަރުޖަމާ ހުޅުވޭނެއެވެ.

Print

އޯ2 ގައިޑް - O2 Guide

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤު

މިފަހަރު މިބަލާލަނީ އޯ2 ގެ އުފެއްދުމެއް ކަމަށްވާ "އޯ2 ގައިޑް" މި ފޯނަށެވެ. މިފޯނަނީ ދާދި އަވަހަށް ބާޒާރަށް ނުކުންނާނެކަމަށް ބުނެފައިވާ ފޯނެކެވެ. އެހެންކަމުން އޯ2 ގެ ފޯނުތަކަށް ޝަޢުޤުވެރިފަރާތްތަކަށް މީ އުފާވެރި ޚަބަރަކަށް ވާނެކަމަށް އުންމީދު ކުރަމެވެ. އޯ2 ގެ މި އުފެއްދުމަކީވެސް 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ.
Print

އަގުހެޔޮ ކާރު

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


 
ޢަބްދުﷲ ފިރާޤް

މީ އަގުހެޔޮ ކާރެއްގެ ވާހަކައެވެ. މާރޗް 23 ވަނަދުވަހު އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާގެ ޓާޓާ ކުންފުނިން ބާޒާރަށް ނެރުނު މިކާރަކީ އެންމެ އަގުހެޔޮ ކާރުކަމަށް އެފަރާތުން ބުނެއެވެ. "ޓާޓާ ނެނޯ" ގެ ނަމުން ނަންދެވިފައިވާ މިކާރަކީ އަގުގެ ގޮތުން ވަރަށްހެޔޮ، ޓެކްނޮލޮޖީގެ ގޮތުން ފުރިހަމަ ކާރަކަށްވާނެކަމަށް ޓާޓާ ކުންފުނިން އުންމީދުކުރެއެވެ. މިކާރު އުފައްދާނެކަމަށް 10 ޖެނުއަރީ 2008 ގައި ޢިއުލާނު ކޮށްފައިވާއިރު މިކާރަކީ ވަރަށްގިނަ ބައެއްގެ އުންމީދަކަށްވެސް ވަނީ ވެފައެވެ.
Print

ވެއްޓުނު އާފަލެއްގެ ސަބަބުން

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ސައިންސް


އާދަމް ޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ

" އަހަންނަކީ އާފަލެއް ނަމަ
އަދި ގަހެއްގައި އިންދެ ބޮޑުވި ނަމަ
އަހަރެން ވެއްޓޭނެ އެވެ.
ރީތިރީތި ކުއްޖެއްގެ ގޮތުގައެވެ.
އަދި އެކުއްޖަކީ........ "
އެއީ ނިވްޓަން އެވެ. އިނގިރޭސި ސައިންސިސްޓެކެވެ. އޭނާ ފިޒިކްސް، ހިސާބު އަދި އެސްޓްރޮނޮމީއަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްފައި ވެއެވެ.
Print

މޮޓޮރޮލާ A3100

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤު

•    މޮޓޮރޮލާގެ މި އުފެއްދުމަކީ 2009 މާރޗް މަހު ބާޒާރަށް ނެރެފައިވާ ފޯނެކެވެ. 2 ޖީ، އަދި 3 ޖީ ނެޓްވޯރކްގައިވެސް މިފޯނު ބޭނުންކުރެވޭނެއެވެ. މޮޓޮރޮލާގެ މި އުފެއްދުމަކީވެސް ޒަމާނުގެ ފަހުގެ ގޮތްތައް ބޭނުންކުރެވިގެން އުފައްދާފައިވާ ފޯނެކެވެ. މިގޮތުން ޓަޗް އިސްކިރީނާއި، ވައި ފައި ފަދަ ޚިދުމަތްތައް މިފޯނުގައި ހިމެނެއެވެ.
 
Print

ޔޫ.އެސް.ބީ ސެލް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ



ޢަބްދުﷲ ފިރާޤު

USBCELL

      "ޔޫ.އެސް.ބީ ސެލް" އަކީ ބެޓެރީ އަކަށް ކިޔާނަމެކެވެ. މިހާރު ބޭނުންކުރަމުންމިދާ އޭ.އޭ ސައިޒްގެ ބެޓެރިއާއި ވާދަކޮށް މާރކެޓްހޯދުމުގެ މަޤުޞަދުގައި "މޮޒިއާ އެނަރޖީ" އިން 2008 ވަނައަހަރު ބާޒާރަށް ނެރެފައިވާ މި އޭ.އޭ ސައިޒްގެ ބެޓެރީއަކީ ރީޗާރޖް ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ބެޓެރީއެކެވެ.
Print

ޑާރވިންގެ ތިޔަރީ ޗިސްޗިސްވުން

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ސައިންސް


 
އިބްރާހީމު ރަޝީދު މޫސާ

އެމެރިކާގެ ކެންޓް ސްޓޭޓް ޔުނިވަރސިޓީ އާއި ކެލިފޯރނިއާ ޔުނިވަރސިޓީގެ  އެދުރުންގެ ޓީމެއް ގުޅިގެން ކުރި ޢިލްމީ ދިރާސަތަކެއްގެ ސަބަބުން  ޑާރވިންގެ ތިޔަރީ  ބާޠިލުކަން  ހާމަވެގެން ހިނގައްޖެ އެވެ.

ދީނީޢަޤީދާ ހަލާކުކޮށްލުމަށްޓަކައި ޒަޔޮނިސްޓުން ރޭވި ސިއްރު ރޭވުންތަކުގެ ދަށުން ދުނިޔެއަށް މަޝްހޫރުކުރުވި ޑާރވިން އަކީ، މާތްﷲ ގެ އަމުރުފުޅަށް ނުކިޔަމަންތެރިވި ޔަހޫދީންގެ ތެރެއިން ބަޔަކު ރާމާމަކުނުތަކަކަށް ބަދަލުކުރައްވާފައިވާތީ، އެ މަލާމާތުން ޔަހޫދީން ސަލާމަތްކުރުމަށްޓަކައި، އިންސާނުންގެ އަޞްލަކީ ރާމާމަކުނުކަމަށް ބުނާ ތިޔަރީއެއް ދުނިޔެއަށް އުފަންކުރުވި މީހާއެވެ.  ޗާރލްސް ރޮބަރޓް  ޑާރވިން ( 1809 މ – 1882 މ ) އަކީ ޔަހޫދީއެކެވެ.
Print

އީމެއިލް އެޑްރެހުގައިވާ " @ " ނިޝާނަކީ ކޯއްޗެއް؟

ޝާޢިއުކުރީ ޝަމްސުލް ފަލާޙް . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

ބޮޅެއްގެ ތެރޭގައިވާ @ ނިޝާނަކީ، އީމެއިލް އެޑްރެސްތަކުގައި ބޭނުންކުރެވޭ ނިޝާނެކެވެ. ޙަޤީޤަތުގައި، މިނިޝާނަށް ކިޔާ ރަސްމީ ނަމެއް ނުވެއެވެ. އެންމެ ގިނައިން ބޭނުންކުރެވޭ ނަމަކީ، "އެޓް" އެވެ. އެހެންނަމަވެސް، މިނިޝާނަށް ކިޔާ ބައިވަރު ނަންތަކެއް ވެއެވެ. ވަރަށް ގިނަ ބަސްތަކުގައި، މި ނިޝާނުގެ ސިފައާ ގުޅުންހުރި ޖަނަވާރުގެ  ނުވަތަ ޖަނަވާރުގެ ގުނަންތަކުގެ ނަންތައް ބޭނުންކުރެއެވެ.

ތިރީގައި މިލިޔެލަނީ އޭގެތެރޭން ބައެއް ބަސްބަހުން، "@" ނިޝާނަށް ކިޔާ ބަސްބަހެވެ.
Print

އެލް.ޖީ KC910i ރެނޯރ LG KC910i Renoir

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން

 
ޢަބްދުﷲ ފިރާޤު

އެލް.ޖީ ގެ މި އުފެއްދުމަކީ ދާދިފަހުން އެކުންފުނިން ބާޒާރަށް ނެރެފައިވާ ފޯނެކެވެ. މޯބައިލްފޯނުގެ ފަހުގެ ވަސީލަތްތައް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ މިފޯނަކީ އެލް.ޖީ ގެ އުފެއްދުންތައް ކަމުދާ ފަރާތްތަކަށް ވަރަށް ކަމުދާނެ ފޯނެއްކަމަށް ބެލެވެއެވެ. 2 ޖީ، އަދި 3 ޖީ ނެޓްވޯރކްގައިވެސް އެލް.ޖީ ރެނޯރ ބޭނުންކުރެވޭނެއެވެ.
Print

ވަޔަލެސް އިސްޕީކަރު

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުﷲ ފިރާޤް

އެމީހަކު ހިތް އެދޭ ޝައުޤުވެރި އަޑެއް އޭގެ ރީތި ސާފު ގޮތުގައި އެހުމަށް ކޮންމެ މީހަކުވެސް ލޯބި ކުރެއެވެ. ޠަބީޢީ ގޮތުގަޔާއި، ޒަމާނީ ވަސީލަތްތަކުގެ އެހީގައެވެ.  ބައެއްމީހުން ހުސްވަގުތު ފުރާލުމަށެވެ. އަނެއްބަޔަކު އުފާވެރި ކަން ލިބިގަތުމަށެވެ. ހިތްދަތިކަން ފިލުވާލުމަށެވެ. ބައެއް މީހުން ލަވައާއި މިޔުޒިކު އަޑު އަހައެވެ. އަނެއްބަޔަކު ގިނަގިނައިން، ސީރަތާއި، މަދަޙަ އަދި ކީރިތި ޤުރުއާން އަޑު އަހައެވެ.  މިފަދަ ކޮންމެ ފަރާތަކަށް ވެސް  ވަޔަލެސް އިސްޕީކަރަކީ ވަރަށް ބޭނުންތެރި އެއްޗަކަށްވާނެއެވެ.
Print

ހުވަފެނަކީ، ސަމާސާ އެއްޗެއް ނޫނެވެ! (05)

ޝާޢިއުކުރީ އިސްމާޢީލް ޝާކިރު . ހިމެނޭބަޔަކީ ސައިންސް


7 އޭޕްރީލް (ބުދަ)އާ ގުޅޭ...

މާއްދީ ހުވަފެން

އިސްމާޢީލު މުބާރަކް

މާއްދީގޮތުން ފެންނަ ގިނަ ހުވަފެންތައް ގުޅިފާވަނީ ނިދާފައި އޮންނަ އިރު އަޅުގަނޑުމެންގެ ވިސްނުމުން ބޭރުގައި  މަސައްކަތްކުރަމުންދާ ބުއްދި ކަމުގައި ވާ ''ސަބްކޮންސިއަސް މައިންޑް'' އާއެވެ. ހޭލާ ތިބޭއިރު ބައެއް ކަހަލަ ސިލްސިލާ ޚިޔާލްތަކުގެ މައްޗަށް އަޅުގަނޑުމެންގެ ބުއްދި އަމާޒުކޮށްގެން އުޅުމުގެ ސަބަބުން އެ ޚިޔާލްތައް އަޅުގަނޑުމެންގެ ވިސްނުމުން ބޭރުގައި މަސައްކަތް ކުރަމުންދާ ބުއްދީގެ ތެރެއަށް ފުރޭނިގެން ދިއުމުން އެ ދިޔަ މަޢުލޫމާތުކޮޅު މަންޒަރަކަށް ބަދަލުވެގެން ދިއުމުން މިވަނީ ހުވަފެނަކަށެވެ.
Print

ޕާސްވޯޑް ހަނދުމަފުޅު ނެތިއްޖެނަމަ، ހެއްދެވިދާނެ ގޮތެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އައިޓީ


ޢަބްދުލްމުޢީދު ޙަސަން

ވިންޑޯސް އެކްސްޕީގެ ޔޫސަރ އެކައުންޓަށް ޕާސްވޯޑެއް ލައްވާފައިވާނަމަ، ކޮމްޕިއުޓަރ ހުޅުވާލެއްވޭނީ، އެ ޕާސްވޯޑް ޖައްސަވައިގެންނެވެ. މިއީ، ޢާއްމު ޙާލަތުގައި މިކަން އޮތްގޮތެވެ. ނަމަވެސް، ޕާސްވޯޑް ހަނދުމަފުޅު ނެތިއްޖެނަމަ، ޕާސްވޯޑް ނުޖައްސަވާ، ކޮމްޕިއުޓަރ ހުޅުވާލެއްވިދާނެ ގޮތެއް އެބައޮތެވެ. އެގޮތް، ތިރީގައިވާ ފިޔަވަޅުތަކުގައި މިވަނީއެވެ.

1. ޕާސްވޯޑް ޖައްސަވަން ޖެހޭ ހިސާބަށް ދިއުމުން، Alt ފިތަށާއި Ctrl ފިތަށް އެއްފަހަރާ ފިއްތަވާލައްވާށެވެ.
Print

ޕްލާސްމާއާއި އެލް.ސީ.ޑީގެ ތަފާތު

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޝަމްސުލް ފަލާޙް

ޕްލާސްމާ އާއި އެލް.ސީ.ޑީ (ލިކުއިޑް ކްރިސްޓަލް ޑިސްޕްލޭ) އަށް ބަލާއިރު، މާބޮޑު ތަފާތެއް ހުންނަކަމަށް ފާޅުނުވިޔަސް، އަސްލު އެދޭތީގައި އެކުލެވިގެންވަނީ ތަފާތު ދެ ޓެކްނޮލޮޖީއެކެވެ. ހަނިވެފައި، ސްކްރީން ފްލެޓްކޮށް ހުރިނަމަވެސް، އެއީ ތަފާތު ދޭއްޗެކެވެ. ޕްލާސްމާ އާއި އެލް.ސީ.ޑީ މޮނީޓަރުތަކާއި ޓީވީތަކާހުރި އެންމެ ބޮޑު ތަފާތަކީ، އެ އެއްޗެހިތަކުގައިހުންނަ ޕިކްސެލްސް އަލިކުރުމުގައި ހުންނަ ތަފާތެވެ.

ޕްލާސްމާ ޓީވީ
ޕްލާސްމާ ޓީވީ ޓެކްނޮލޮޖީ ބިނާވެގެންވަނީ، ފްލޮރިސެންޓް ލައިޓް ބަލްބް އެއްގެ މައްޗަށެވެ. ޑިސްޕްލޭގައި ސެލްތަކެއް ހުންނާނެއެވެ. ކޮންމެ ސެލްއެއްގައި، ބިއްލޫރި ޕެނަލްތައް ވަކިކުރެވިފައިވާނީ ކުޑަ ޖާގައަކުންނެވެ. އެ ޖާގަ ފުރާލެވިފައިވާނީ، ނިއޮން-ޒެނޮން (neon-xenon) ގޭހުންނެވެ. ޕްލާސްމާ ބޭނުންކުރަމުންދާ ގަޑީގައި، ދޭތެރެދޭތެރޭން ގޭސްތައް ޗާރޖުވާނެއެވެ. މިގޮތަށް ގޭސްތައް ޗާރޖުވުމުން، އޭގެން، ރަތާއި ފެއްސާއި ނޫ ފޮސްފޯރސް (phosphors) އުފައްދާނެއެވެ. މަންޒަރު އުފައްދައިދެނީ މީގެންނެވެ. މީގެ، ރަތާއި ފެއްސާއި ނުލުގެ ފޮސްފޯރސްގެ ކޮންމެ ގްރޫޕަކަށް ކިޔާނީ، ޕިކްސެލް (ޕިކްޗަރ އެލިމެންޓް) އެވެ.
Print

އެޗް. ޓީ. ސީ. ޓަޗް ކްރޫޒް 09

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤު

އެޗް. ޓީ. ސީ. ޓަޗް ކްރޫޒް 09 މޯބައިލް ފޯނަކީ އެޗް. ޓީ. ސީ. ގެ އެންމެފަހުގެ އެއް އުފެއްދުމެވެ. 2009 ފެބްރުއަރީގައި ބާޒާރަށް ނެރެފައިވާ މި ފޯނަކީ މޯބައިލް ފޯނުގެ އާ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް ގެނުވި ހިނިތުންވުމަކަށްނޫނީ ނުވާނެއެވެ.
 
•    މިފޯނަކީ 2 ޖީ އަދި 3 ޖީ ނެޓްވޯރކްގައިވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާފޯނެކެވެ. 2 ޖީ ނެޓްވޯރކްތަކުގައި ޖީ. އެސް. އެމް 1900 / 1800 / 900 / 850 މި ބޭންޑްތަކުގައި މި ފޯނު ބޭނުންކުރެވޭނެއެވެ. 3 ޖީ ނެޓްވޯރކެއްނަމަ އެޗް. އެސް. ޑީ. ޕީ. އޭ 2100 / 900 މި ބޭންޑްތަކުގައި ބޭނުންކުރެވޭނެއެވެ. އެހެންކަމުން ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް މި ފޯނު ބޭނުންކުރެވޭނެއެވެ.
 
Print

ހުވަފެނަކީ، ސަމާސާ އެއްޗެއް ނޫނެވެ! (04)

ޝާޢިއުކުރީ އިސްމާޢީލް ޝާކިރު . ހިމެނޭބަޔަކީ ސައިންސް


15 މާޗު (ހޯމަ) އާ ގުޅޭ...

އިސްމާޢީލު މުބާރަކު

ކަލަކު ވޮޑިގެންވާ ކަމުގެ ބޮޑު ޙަޤީޤަތަށް އިންކާރުކުރާ ބަޔަކު ވެސް ދުނިޔޭގައި އުޅެ އެވެ.  އެހެންނަމަވެސް ޙަޤީޤަތުގައި  މިކަމަށް ޗެލެންޖުކޮށް، ހެއްކާއި ބުރުހާނު ގެނެސްދެވޭނެ އިންސާނީ އެއްވެސް ސިކުނޑިއެއް ފެންނާކަށް ނެތެވެ. އެފަދަ ޙުއްޖަތެއް ޢިލްމެެއް ސައިންސެއް ވެސް ނެތެވެ.  ބުނެވޭ ގޮތުގައި ޗައިނާގެ ކޮންމެސް ޕްރޮވިންސެއްގައި ހުރި މީހަކު ދެވަނަ ބޮނޑު ހަނގުރާމައިގެ ފަހުން އޭނާގެ ސިކުނޑިޔަށް ލިބުނު ޝޮކަކުން ނުނިދާ އިންނަތާ ސާޅީސް އަހަރަށްވުރެ ގިނަވެއްޖެއެވެ. މީ ސިކުނޑި ހަމަޖެހޭ މީހެއްނޫނެވެ. އޭނާގެ ހަށިގނަޑު ބޭނުން ކުރަނީ ޝައިޠާނާ ނޫންކަމެއް ވެސް ނޭނގެއެވެ.  އެނގޭ ކަމަކީ އެއީ ހަމަ މީހެއް ނޫންކަމެވެ. ދުނިޔޭގައި ހުއްޓަސް ދުނިޔޭގެ ހޭވެރިކަމެއް ނެތް މީހަކީ ދުނިޔޭގައި ހުރި މީހެއް ނޫނެވެ. 
Print

ގިގަޕީޑިޔާ އަކީ، މާސިންގާ ބިޔަ ކުތުބުޚާނާއެކެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން

ދިރާސީ އާ އަހަރު ފެށުމާއެކު، ދިވެހިރާއްޖޭގެ ލޮބުވެތި ކިޔަވާ ކުދިންނަށާއި ހިންމަތްތެރި މުދައްރިސުންނަށް، އާ އަހަރުގެ ތަހުނިޔާ ދަންނަވަމެވެ.

އެއަށްފަހު، ތިޔަބޭފުޅުންގެ އަރިހަށް ގިގަޕީޑިޔާ ހުށަހަޅަމެވެ. އެއީ ވަރަށް ބިޔަ ކުތުބުޚާނާއެކެވެ. 96000 (ނުވަދިހަ ހަ ހާސް) އަށްވުރެ ގިނަ ފޮތް އޭގައި ވެއެވެ. ޢިލްމާއި މަޢުރިފާގެ އެކިއެކި ދާއިރާތަކުގެ ފޮތްތައް އޭގައި ވެއެވެ. ބަސް، ސަގާފަތް، އައިޓީ، ފަލަކީ ޢިލްމު، ފިޒިކްސް، ކޮމްޕިއުޓަރ، އާކިޓެކްޗަރ، މެޑިސިން، އިންޖިނިއަރިންގ، ލޯ، މިފަދަ މިފަދަ އެތައް ދާއިރާތަކެއްގެ ފޮތްތަކެވެ. އަދި ބޮޑެތި އެކުމާފާނުތައް ވެސް އޭގައި ވެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ