މިނިވަންކަމާއި ޤައުމު
އަސްމާ އަބޫބަކުރު، ހއ. ދިއްދޫ
ޤައުމެއްގެ ރައްޔިތުން އެންމެ އަގުބޮޑު ރައުސުލްމާލުގެ ގޮތުގައި ދެކޭނީ އެ ބަޔެއްގެ މިނިވަންކަމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ވެސް މިނިވަންކަމާއި އަޅުވެތިކަމުގެ ވާހަކައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިނިވަންކަމުގެ ފޮނިރަހަ އިޙުސާސްކުރެވޭނީ އަޅުވެތިވެފައިވާ ބަޔަކަށެވެ. މުސްލިމު ޤައުމެއްގައި އިސްލާމްދީނާއި، މިނިވަންކަން އޮތުމަކީ ކިހައި ބޮޑު ނިޢުމަތެއްތޯއެވެ؟ އަޅުގަނޑުމެން ދިވެހީންނަކީ އިސްލާމްދިނާއި މިނިވަންކަމުގެ ހިޔަލުގައި ދިރިއުޅެމުންދާ ބަޔެކެވެ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ދަރީންނެވެ. ދިވެއްސަކަށް ވީތީ އަޅުގަނޑުމެން މިއަދު ފަޚުރުވެރިވަމެވެ.