އަދުގެ ޚާއްސަ

ޝަޚްޞިއްޔަތު

Print

ދަރަވަންދޫގޭ ޢަބްދުﷲ ކަމާލުއްދީން

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ދިވެހި


އައްޝައިޚް ދަރަވަންދޫގޭ ޢަބްދުﷲ ކަމާލުއްދީން ބަންޑާރަ ނާއިބު މަނިކުފާނު


މުޙަންމަދު ވަޙީދު ނަދްވީ
       
އައްޝައިޚް ދަރަވަންދޫގޭ ޢަބްދުﷲ ދީދީ (ނުވަތަ ޢަބްދުﷲ ކަމާލުއްދީން) އަކީ މާލޭ މައްޗަންގޮޅީ ބޮޑުގަލުގޭ މާކޮށާރު ބަނޑޭރި މޫސާދީދީ އާއި މާފަންނު ދަރަވަންދޫގޭ ތުއްތުމަނިކެ (ޙައްވާ މަނިކެ) އާ ދެކަނބަލުންގެ ހަގުދަރިކަލުންނެވެ. ބޮޑުގަލުގެ ހުރީ މިހާރު އިސްކަންދަރު އިސްކޫލު ހުރިތާނގައެވެ. މިދެކަނބަލުންގެ ދޮށީ ދަރިކަލަކީ ދަރަވަންދޫގޭ ޙުސައިންދީ ދީދީ (ތުއްތީދީ) އެވެ. މިއީ ޙުސައިން ޞަލާޙުއްދީނެވެ. ޢަބްދުﷲ ދީދީ، ޙުސައިން ދީދީއަށްވުރެ ހަތްއަހަރުފުޅު ހަގެވެ. ބޮޑުގަލުގޭ މޫސާދީދީއަށް މާކޮށާރު ބަނޑޭރިކަން ދެއްވަނީ އޭނާގެ ބައްޕަ ބޮޑުގަލު އިސްމާޢީލް މަނިކު ނިއާވުމުން އިސްމާޢީލްމަނިކަށް އޮތް މާކޮށާރު ބަނޑޭރިކަމެވެ.
Print

ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ޑޭޒީމާ: އާމިނަތު ފާއިޒާ

ޝާޢިއުކުރީ އަޙްމަދު ޖަދުޢާން . ހިމެނޭބަޔަކީ ޚާއްޞަ


އަޙްމަދު ޖަދުޢާން


ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ޑޭޒީ މަލުގެ ނަމުން މަޝްހޫރު ވެވަޑައިގެންފައިވާ، މަޝްހޫރު ޝާއިރާ، އަލްފާޟިލާ އާމިނަތު ފައިޒާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1343 ވަނަ އަހަރުގެ ޞަފަރު މަހުގެ 29 ވަނަ ދުވަހު މާލޭގައެވެ. މީލާދީ ގޮތުން ބަލާއިރު އެއީ 1924 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.
އެކަމަނާގެ ބައްޕާފުޅަކީ އަލްމަރުޙޫމް ޔޫސުފް މޫސާ ނުވަތަ ބެރުގޭ ޔޫސުފް ފުޅު އެވެމަންމާފުޅަކީ އަލްމަރުޙޫމާ މަރިޔަމް މޫސާ ނުވަތަ ބޮޑުފެންވަޅުގޭ ދޮންދީދީއެވެ. އެކަމަނާ އުފަންވެ ވަޑައިގަތީ ގ.ބޮޑު ފެންވަޅު ގޭގައެވެ.
Print

ހަނދާނުގެ މާފައްޗެއް

ޝާޢިއުކުރީ މޫޙައްމަދު ދީދީ . ހިމެނޭބަޔަކީ ދިވެހި


ނޯޓު: މިއީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނު ދެމި އޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާގުޅިގެން އެ މަނިކުފާނާބެހޭ ގޮތުން ލިޔުއްވާފައިވާ ވަރަށް އަސަރުގަދަ ލިޔުއްވުމެކެވެ.

ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު

"ފަރިކަމާއެކު، ބާޣުގައި ފޮޅެމުން އެއައިމާތައް އެކީ
    ފަރިކަމެއްނެތި ހިކިމިލައިގޮސް އޭގެވަސްވެސް ހަމަނެތޭ.
އާނއެކޭ! ރޫޙަށް އިތިރުވޭނެއްލިބޭމީ ދަރުސެކޭ،
    އާނއެކޭ! ޤުދުރަތުގެ ޤާނޫނޭ    ބުނުން ނޫނީނެތޭ.
އުފެދުމާ ނެތުމާއި އެކުލެވިފައިއެވާ ޤާނޫނަކަށް،
    އުފެދުމާއެކު ބޯލަނބާ ކިއަމަންނުވާ އެއްޗެއްނެތޭ"

އަޅުގަނޑުގެ ޚިޔާލީ ލޮލަށް، ފެންނަމުން، ނުފެންނަމުން ދަނީ، ދުންޔަވީ މަސްރަޙުގެ މަތީގައި ތަމްސީލު ވަމުންދާ މަންޒަރުތަކެކެވެ. ބައެއްފަހަރަށް، ދިވެހިރާއްޖޭގެ މަޙްކަމަތުއްޝަރީޢާގެ
Print

މުސްލިމް ސައިންސް ދާނުން - 34

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އައްޝައިޚް އަޙްމަދު ފަހުމީ

أَبُو أَحْمَدُ بْنُ مُحَمَّدُ اَلسَّجِسْتَانِي

433/1024
ތަޢާރުފު

އަޙްމަދު ބުނު މުޙައްމަދަކީ، މޮޅު ފަލަކީ ޢިލްމު ވެރިއެކެވެ. އެހައިމެ މޮޅު ހިސާބު ޢިލްމު ވެރިއެކެވެ. ބިމުގެ ދަވްރުވުން ROTATION OF THE EARTH ހޯއްދެވީ މީނާ އެވެ.

ހިސާބު ޢިލްމުގައި اَلْقَطْعُ الْمَخْرُوطِي- CONIC SECTION ހޯއްދެވީ މީނާ އެވެ.
Print

إنالله وإنا إليه راجعون

ޝާޢިއުކުރީ ޢަބްދުﷲ ޖަލާލުއްދީން . ހިމެނޭބަޔަކީ ދިވެހި


މާތް އުސްތާޛުގެ ދަރިވަރު


ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޢަބްދުﷲ ފަހްމީ ދީދީ


ދިވެހި ޖައްވުގެ އުސްތާޛު، ޙަޟްރަތު ޞާޙިބު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުއްތަމަފަނޑިޔާރު މަނިކުފާނު، ޙައްޖުގެ މަގުގައި، ސިލޯނުގައި އަވަހާރަވެއްޖެ އެވެ!

ފަނާވަނިވި ދޫކޮށް މި ދުނިޔޭގެ ދާރު
    މަނާނެތިކުރޫ ޤަޞްދު ދާރުލްޤަރާރު
ދުރެއްނެތް ވުމެއް ދިވެހި ޖައްވާ މަޒާރު
    ކުރެއްވީ ސިލޯނުގެ ބިމުން އިޚްތިޔާރު
އެތާ އަރިހުގައި ކާފަދަރިފުޅުގެ މާތް
    ވެތާއޮންނެވީ ދަފްނު މޮޅު ޙާޖިޔާރު
ކުރީން މީގެ ދެ ފަހަރަކު އުސްތާޛު މާތް
    ހުރީލިބިވަޑާއިގެންނެ ޙައްޖުގެ ޝިޢާރު
Print

ނަބަވީ ސީރަތުގެ އަލީގައި: ލީޑަރެއްގެ ސިފަތައް

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ

ޢަބްދުﷲ ފާރޫޤު ޙަސަން

އިންސާނީ މުޖުތަމަޢެއް ނުވަތަ އިޖުތިމާޢީ ނިޒާމެއް ފުރިހަމަ ކާމިޔާބީއަކާ ހަމަޔަށް ގެންދިޔުމަށް ޓަކައި އެންމެ މުހިއްމު އެއް ކަމަކީ އެ މުޖުތަމަޢަކަށް ނުވަތަ އެ ނިޒާމަކަށް ޤާބިލު ލީޑަރަކު ލިބިފައި ވުމެވެ. އެ ލީޑަރަކީ ލީޑަރޝިޕްގެ އެންމެ ފުރިހަމަ ސިފަތައް ލިބިފައިވާ މީހަކު ކަމުގައި ވުމެވެ.

އިންސާނާއަކީ އިޖްތިމާޢިއްޔަތަށް ލޯބިކުރާ މަޚުލޫޤެކެވެ. އިޖުތިމާޢީ ޝުރޫރަކީ އޭނާގެ ޠަބީޢަތުގައި އަށަގެންފައިވާ ކަމެކެވެ. އެހެންކަމުން ލީޑަރަކާ ނުލައި އިޖުތިމާޢީ ނިޒާމެއް ދެމިއޮތުމަކީ މުސްތަޙީލު ކަމެކެވެ. ލީޑަރަކު ނެތް މުޖުތަމަޢަކީ ނުވަތަ އިޖުތިމާޢީ ނިޒާމަކީ ގޮތްވަކު ނެތް ބަކަރި އައިނެއް ފަދަ ބައެކެވެ. އެފަދަ ބައެއްގެ އެއްވެސް މަންޒިލެއް ނުވަތަ މަޤްޞަދެއް ނޯންނާނެއެވެ.
Print

ށ. ފުނަދޫގެ ޝަޚްޞިއްޔަތު ތަކުގެ ތެރެއިން

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ދިވެހި


އާދަމް ޝަރީފު ށ.ފުނަދޫ، ރޯޒީ

އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމް


އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމަކީ ނ.ކުރެދިވަރު ހޮޅުދޫގޭ ޢަބުދުލްކަރީމް އާދަމާއި، ޙައްވާ އިބުރާހީމްގެ ދަރިކަލެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 02 ފެބުރުއަރީ 1932ގައި ނ. ކުރެދިވަރު ހޮޅުދޫ ގެއަށެވެ.

އެދުވަސްވަރަކީ ރާއްޖެތެރޭގައި މަދަރުސާތަކުން ކިޔެވުމުގެ ފުރުޞަތު އެއްގޮތަކަށް ވެސް ލިބިނެތް ދުވަސްވަރަކަށްވުމުން ޢަބުދުﷲ ޢަބުދުލްކަރީމް ތަޢުލީމް ޙާޞިލްކުރެއްވީ މަންމައާއި ބައްޕަގެ ކިބައިންނާއި،  މަންމައާއި އެއްބަނޑު އެއްބަފާ ބޮޑުދައިތައާއި، ބައްޕަގޯތީ ކާފަ
( އާދަމް މުޙައްމަދުފުޅު) ގެ ފަރާތުންނެވެ. މިގޮތުން އެދުވަސްވަރު އެއަތޮޅުން ފާހަގަކޮށްލެވޭ
Print

އަލްވާލީ ސަޢީދު ބުނު ޢާމިރު (رضي الله عنه)

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ޚާއްޞަ


ޢިބުރަތް ލިބިގަންނަމާ ހިނގާށެވެ! ޢަޖައިބުވާވަރުގެ ޝަޚުޞިއްޔަތެކެވެ.


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

އަލްވާލީ ސަޢީދު ބުނު ޢާމިރު އިސްލާމްވެވަޑައިގެންނެވީ ޚައިބަރު ހަނގުރާމައިގެ ކުރިންނެވެ. އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ އަރިހުގައި ޚައިބަރު ހަނގުރާމައާއި އަދި އެނޫންވެސް އެހެނިހެން ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންނެވި މަތިވެރި ޞަޙާބީން (رضي الله عنهم) ގެ ތެރެއިންނެވެ.
Print

ދޮންބަންޑާރައިން: ހުރަވީދުވަހުގެ ބަޠަލް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިވެހި


އަޙްމަދު ޖަދުޢާން

ޤައުމީ ގޮތުން ފާހަގަ ކޮށްލެވޭ މުހިންމު ދުވަސްތައް ފާހަގަ ކުރުމަކީ ކޮންމެ ޤައުމެއްގެ ޙަޔާތުގައިވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެގޮތުން ރާއްޖޭގައި ފާހަގަ ކުރަމުންދާ މުހިންމު ދުވަސް ދުވަހުގެ ތެރެއިން ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ފަޚުރުވެރި ހުރަވީދުވަހެވެ.
Print

މުސްލިމް ސައިންސް ދާނުން - 33

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އައްޝައިޚް އަޙްމަދު ފަހުމީ

أَبُو عَلِي اَلْحَسَنُ إِبْنِ الْهَيْثَمُ

430/1021 ނުވަތަ965-1039
ތަޢާރުފު

މީނާ އަކީ، ލޮލާއި އައްޔާ ބެހޭގޮތުން ފުންކޮށް ތަޙްޤީޤު ކުރެއްވި އައު ނަޒަރިއްޔާއެއް ހާމަ ކުރެއްވި، އައްޔާއި ހޫނުގެ ޙަޤީޤަތާ ބެހޭގޮތުން ސާފު ނަތީޖާތައް ދުނިޔެއަށް ހާމަ ކުރެއްވި މުޅި ދުނިޔެއަށް މަޝްހޫރު އިބްނުލް ޙައިޘަމް އެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު

އިބްނުލް ހައިޘަމްއަކީ، ސައެންސުގެ ދުނިޔޭގައި އޭނާގެ ނަން ރަން އަކުރުން ލިޔުން
Print

ހުތް އަލިދީދީ : ''އެންމެ ފުރަތަމަ'' ދިވެހި ޅެންވެރިޔާ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ދިވެހި


އަޙްމަދު ޖަދުޢާން


ދިވެހި ޅެމުން އުފާ ލިބިގަނެ، ޅެމުގެ  މޮޅުދެރަ ފާހަގަ ކުރެވެމުންދާ ކޮންމެ ހަފުލާއެއްގައި ކޮންމެ ވަގުތެއްގައި އެންމެފުރަތަމަ ދިވެހިބަހުން ޅެމެއް ހެއްދެވި (މިހާރުގެ ވަޒަންތަކަށް ޅެމެއްހެއްދެވި) ބޭފުޅާގެ ޒިކުރާ އާކުރުމަކީ، ކޮންމެހެން މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ސަބަބަކީ، އޭނާ ދިވެހި ޅެންވެރިކަމަށް ގެނެސްދެއްވީ އައު ފެށުމެކެވެ. އައު ދިރުމެކެވެ. އައު އުފެއްދުންތެރިކަމެކެވެ.
 

ހަމަމިގަލަމުން

އިދާރާ

ވާހަކަ