ޝަޚްޞިއްޔަތު

Print

މުސްލިމް ސައިންސް ދާނުން - 32

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އައްޝައިޚް އަޙްމަދު ފަހުމީ

 أَبُوالْوَفَا مُحَمَّدُبْنِ أَحْمَدُ اَلْبُوزْجَانِي

398/1011 ނުވަތަ940-998
ތަޢާރުފު

މީނާ އަކީ، ހިސާބު ޢިލްމުގައި REGULAR HEPTAGON  އީޖާދު ކުރެއްވި ޢިލްމުވެރިޔާ އެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު

މީނާ އަކީ، ނޭޝާޕޫރުގެ ރަށެއް ކަމުގައިވާ ބޫޒްޖާން ގެ ރަށްވެއްސެކެވެ. އުފަންވެވަޑައިގެންފައި ވަނީ، މީލާދީން 940 ގަ އެވެ. އަވަހާރަވީ ގާތްގަނޑަކަށް 1011 ގަ އެވެ. 71 އަހަރުގެ ދިގު ޢުމުރުފުޅެއް ލިބިވަޑައި ގަތެވެ.
Print

ރައީސް ނާޞިރުގެ އަރިހުގައި...

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިވެހި


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2009)

ޤައުމެއްގެ ވެރިކަން ކޮށްފި މީހަކާމެދު ދެކެވޭ ވާހަކަތައް އާންމުކޮށް އިވެނީ މައިގަނޑު ދެރާގަކަށެވެ.  ރުހުމުގެ ރާގާއި ނުރުހުމުގެ ރާގެވެ.  ގިނަ ފަހަރަށް މި ދެ ރާގަކީ ވެސް ސިޔާސީ އޮނަކުން ފުމެވޭ ދެ ރާގެވެ. މި ދެރާގަށް ޝައުޤުވެރިވާ މީހުން ދެ އަތަށް  ބެހިގެން ދަނީ ވެސް ސިޔާސީ އޮޑީގެ ކޮޅުފަސްކޮޅާއި ދިރުނބާކޮޅުންނެވެ. 

އެހެންކަމުން، ސިޔާސީ ޖަޒުބާތުތުތަކުން އެކަހެރިވެލައި، ދިވެހި ޤައުމުގެ ޚާއްޞަ ޝަޚުޞިއްޔަތެއްގެ ޒާތާއި، މިޒާޖުފުޅާ ބެހޭގޮތުން ކޮންމެ ވެސް ވަރެއްގެ ލުއި މަޢުލޫމާތުކޮޅެއް ހޯދާލުމުގެ ޝައުޤުގައި ވަގުތު ކޮޅެއް ހޭދަ ކޮށްލަމާތޯ އެވެ.
Print

މުސްލިމް ސައިންސް ދާނުން - 31

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އައްޝައިޚް އަޙްމަދު ފަހުމީ 

أَبُو الْحَسَنُ عَلِي بْنِ عَبْدِ الرَّحْمَنِ بْنِ يُونُسُ صُوفِي

395/1009
ތަޢާރުފު 

މީނާ އަކީ، ފަލަކީ ޢިލްމުގެ މާހިރެކެވެ. މީނާ " إِنْحِرَافُ دَائِرَةِ الْبُرُوجِ"  INCLINATION OF ECLIPTIC ގެ މިންވަރު ފުރިހަމައަށް ހޯއްދެވި އެވެ. 

ޙަޔާތުގެ ކުރީޅާއި ތަޢުލީމާއި ތަރުބިޔަތު

މީނާއަކީ، މިޞްރުގެ ޤާހިރާގެ އަހުލުވެރިއެކެވެ. އުފަން ތާރީޚު ސާފުވާކަށެއް ނެތެވެ. އަވަހާރަވީ، 395/1009 ގަ އެވެ. އާދައިގެ ޢުމުރެއް މީނާއަށް ލިބިވަޑައިގަތެވެ. 
 
Print

އަލްމަރްޙޫމް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިވެހި

ދިވެހި އަދަބީ ދުނިޔެއިން އޮއްސުނު އަލިގަދަ ތަރިއެއް


ޢަބްދުﷲ ނަޢީމު އިބްރާހީމް


ދިވެހިރާއްޖޭގައި ތިއްބެވި އެންމެ މޮޅު ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއްބޭފުޅެއް ކަމަށްވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު އިއްޔެ އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވުމުން ދިވެހި ލިޔުންތެރިކަމުގެ ދުނިޔޭގައި ފިޔަޖަހަޖަހާ ހުރި އަލިގަދަ ތަރިއެއް އޮއްސުނީއެވެ.

ބައެއް މީސްމީހުންނަކީ އެމީސްމީހުން ދުނިޔެދޫކޮށް ދިޔައީމާ ދެދުވަހަކު ހިތާމަކޮށްފައި، އެބައެއްގެ މަތީން އަޅުގަނޑުމެން ހަނދާން ނައްތައިލާ މީހުންނެވެ. ބައެއް މީސްމީހުންގެ ހަނދާން ދުނިޔެ އޮތްހައި ދުވަހަކު ދެމިހުންނާނެއެވެ. އަލްމަރްޙޫމް ޢަބްދުއްރަޙީމަކީ ހަނދާނުން ފޮހެވިގެން ނުދާނޭ ބޭފުޅެކެވެ. އަޚްލާޤް ރަނގަޅު، މަޑުމައިތިރި، މާތް ބޭފުޅެއްގެ ގޮތުންނާއި، ދިވެހި ލިޔުންތެރިކަމުގެ ދުނިޔެއަށް އަގުހުރި މުތްތަކެއް ދޫކުރެއްވި ލިޔުންތެރިއެއްގެ ގޮތުންނެވެ.
Print

މުސްލިމް ސައިންސް ދާނުން - 30

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


أَبُوالْقَاسِمُ إِبْنِ عَبَّاسُ اَلزَّهْرَاوِي

 395/1009 ނުވަތަ 1030-1106

އައްޝައިޚް އަޙްމަދު ފަހުމީ


ތަޢާރުފު


اَلزَّهْرَاوِي އަކީ، ބޭސްވެރިކަމުގެ ދާއިރާގައި އޮޕަރޭޝަން ކޮށްގެން ފަރުވާ ދިނުމުގެ ސިސްޓަމް އީޖާދު ކުރެއްވި ޢިލްމުވެރިޔާ އެވެ. އޭނާގެ ކުރިން ޢާއްމު ގޮތެއްގައި ފަރުވާ ކުރެވެނީ ހަމައެކަނި ބޭހުންނެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު

اَلزَّهْرَاوِي ފަށާ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު ދެން ތަޢުލީމް ކުރިޔަށް ގެންދެވީ ޤުރްޠުބާ ޔުނިވަސިޓީ ގަ އެވެ. އެ ތަނުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު
Print

އިޚްލާޞްތެރިކަމާ ކިޔަމަންތެރިކަމަކީ، އޭނާގެ ޚާއްޞަ ސިފައެވެ.

ޝާޢިއުކުރީ މުފީދު ތިންމީމު . ހިމެނޭބަޔަކީ ދިވެހި

             
                     ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް
                                    ތާ އަބަދު ދެމި ހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއް ނެތޭ

ތިން މީމު

އިސްކޮޅުން ދިގު ނޫން ހިމަތޮޅި ބޭފުޅެކެވެ. ކަޅު ބޭފުޅެއް ނޫނެވެ. ސާދާ ބޭފުޅެކެވެ. ހިތްހެޔޮ ބޭފުޅެކެވެ. ކޯފާމަޑު ބޭފުޅެކެވެ. މަޑުމައިތިރި ކެތްތެރި ބޭފުޅެކެވެ. ހީވާގި މުރާލި ބޭފުޅެކެވެ. ކަމަށް ކަމޭހިއްތަވާ ބޭފުޅެކެވެ. ޙަވާލުކުރެވުނު ކޮންމެ ކަމެއް ފުރިހަމައަށް ކުރެއްވި ބޭފުޅެކެވެ. އެންމެންނަށް ކަމޭހިއްތަވައި އިޙްތިރާމްކުރެއްވި ބޭފުޅެކެވެ. އެކުގައި އުޅުއްވި އެންމެންގެ މިތުރެކެވެ. ސިއްރުވެރިއެކެވެ. ވަފާތެރިއެކެވެ. އުސްތާޛެކެވެ. މުމައްސިލެކެވެ. ކުޅުންތެރިއެކެވެ. ލިޔުންތެރިއެކެވެ. މޮޅު ފަންނާނެކެވެ. އިޚްލާޞްތެރިކަމާ ކިޔަމަންތެރިކަމަކީ، އޭނާގެ ޚާއްޞަ ސިފައެކެވެ. ފަންސާސް ހަތްއަހަރާ ހަތްމަސްދުވަހު ސަރުކާރުގައި، ރައްޔިތުންގެ ޚިދްމަތުގައި ދެމިހުންނެވި ޚިދްމަތްތެރިއެކެވެ. މިދަންނަވަނީ މީމު ސާދުން ރަމްޒުވާ އެންމެންގެ ސާދުގެ ސިފަތަކެވެ. ތިމަރަފުށީ މުޙަންމަދު ޞާދިޤުގެ ސިފަތަކެވެ. ނުވަތަ މުރިނގު މުޙަންމަދު ޞާދިޤުގެ ސިފަތަކެވެ.
Print

މުސްލިމް ސައިންސް ދާނުން - 29

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ



أَبُوالْقَاسِمُ عَمَّارُ الْمُوصَلِي

388/1005
އައްޝައިޚް އަޙްމަދު ފަހުމީ

ތަޢާރުފު

عَمَّارُ مُوصَلِي އަކީ،  CATARACTބަލީގެ މާހިރެކެވެ. އޭނާއަކީ ލޮލުގެ ސާޖަން އެކެވެ.  عَمَّارُ مُوصَلِي CATARACT އޮޕަރޭޝަން ކުރައްވައި ފަސޭހަ ކުރެއްވި އެވެ. މިއީ ލޯ ފުސްވާ ބައްޔެވެ. ވަރަށް ނުރައްކާތެރި ބައްޔެކެވެ.

ޙަޔާތުކެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު

عَمَّارُ مُوصَلِي އަކީ މޫޞަލްގެ ބޭފުޅެކެވެ. މީނާއާ ބެހޭގޮތުން ވެސް ޙަޔާތުގެ ކުރީކޮޅާ ބެހޭ މަޢުލޫމާތެއް އެނގޭކަށެއް ނެތެވެ. މީނާ ދުނިޔޭގައި އުޅުއްވީ ވަރަށް މަޝްހޫރު ބޭސްވެރިއެއް ކަމުގައިވާ އަލްޙާކިމް- 996މ ގެ ދުވަސްވަރުގައި ކަމަށް އެނގިފައި ވެ އެވެ.
Print

އަލްވަޒީރު އިބްރާހީމް މާފަތްތަކުރުފާނު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ދިވެހި


އިސްމާޢީލް ވަޙީދު (1999)

މާފަތްގޭ އަލްވަޒީރު އިބްރާހިމް މާފަތްތަކުރުފާނަކީ ދޮންމަނިކުގެ ދޮންތުއްތު (އިބްރާހީމް) އެވެ. އެއީ ބަބުރު ނައިބުކަލޭގެފާނު (މުޙަންމަދު ޙަބަޝީ) ގެ ކަޅު ޢަލިމަނިކުގެ ދޮންމަނިކު (ޢުމަރު މަނިކު) ދިއްފުށީ ޙުސައިން ހަނދޭގިރި ތަކުރުފާނުގެ މާކޮށާރު ޢަލިމަނިކުގެ މާކޮށާރު އިބްރާހީމް މަނިކުގެ މާކޮށާރު އާއިޝާ މަނިކެއާ ކައިވެނި ބައްލަވައިގެން ލިބިލެއްވި ދޮންތުއްތުއެވެ. ފަހުން އަލްވަޒީރު އިބްރާހީމް މާފަތްތަކުރުފާނެވެ. ބަބުރު ނައިބުކަލޭގެފާނު
Print

ނައްވާފުލްޤުދައިމީ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުލްމުޢީދު ޙަސަން

އޭނާގެ ފުރިހަމަ ނަމަކީ، ނައްވާފު ބިން ޢަބްދުއްރަޙުމާން އަލްޤުދައިމީ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް، އައްރިޔާޟު ގަ އެވެ. ތާރީޚަކީ، 14 ޖޫން 1976 އެވެ.

ކިޔަވާވިދާޅުވީ، ކިންގ ސުޢޫދު ޔުނިވަރސިޓީގަ އެވެ. ތަޢުލީމީ ރޮނގަކީ، ނޫސްވެރިކަމެވެ. ދަސްވެނިވެވަޑައިގެންނެވީ 2000 ވަނަ އަހަރުގަ އެވެ.

އަލްއުސްތާޛު ނައްވާފަކީ، މެދުއިރުމަތީގެ މަޝްހޫރު
Print

އައްޝައިޚުލް އުސްތާޛުލް މަރްޙޫމް މުޙަންމަދު ޖަމީލު ދީދީ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ދިވެހި


 މުޢާޒު

ދިވެހިރާއްޖޭގައިވެސް ތަފާތު އަދީބުން އުފެދިފައިވެއެވެ. މިގޮތުން އައްޝައިޚުލް އުސްތާޛުލް މަރްހޫމް މުހަންމަދު ޖަމީލު ދީދީ އަކީ ދިވެހި އަދަބީ ގުލްޝަނުގައި ހިމެނޭ މޮޅު އަދީބެކެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 01 މޭއި 1915މ. ގައެވެ. އެމަނިކުފާނަކީ ދިވެހި ގައުމަށް ޢިލްމީ، ދީނީ، އަދި އަދަބީ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

އެމަނިކުފާނަކީ ސާދާ ދިރިއުޅުމެއް އުޅުއްވި، ވަޤުތަށް ކަމޭހިތްތަވާ، މުރާލި ކަމުގެ ރީތި ނަމޫނާ އެކެވެ. ދީނަށް ހުރުމަތްތެރިކޮށް ހިތްތެވުމާއި އިންސާނީ ރީތި ސިފަތަކަކީ ހަޔާތުގެ ޝިއާރު ކަމަށް ހެއްދެވި ބޭފުޅެކެވެ.
Print

އަލްއަޚުޠަލުއްޞަޣީރް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުލްމުޢީދު ޙަސަން

އޭނާގެ އަސްލު ނަންފުޅަކީ، ބިޝާރާ ޢަބްދު ﷲ އަލްޚޫރީ އެވެ. "އަލްއަޚުޠަލުއްޞަޣީރް" އަކީ އޭނާގެ ޝާޢިރީ ލަޤަބެކެވެ. މިލަޤަބުގެ އަޞްލަކީ، އުމަވީ ޝާޢިރެއް ކަމުގައިވާ އަލްއަޚުޠަލެވެ. ބިޝާރާ އަށް "ޝާއިރުލް ޙުއްބި ވަލްހަވާ"

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ