އަދުގެ ޚާއްސަ

ޝަޚްޞިއްޔަތު

Print

އައްސުލްޠާން އިބުރާހީމް އިސްކަންދަރު

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ ދިވެހި

އައްސުލްޠާން އިބުރާހީމް އިސްކަންދަރު
(ސިރީކުލަ ރަންބީމަ ކައްތިރި ބަވަނަ މަހާރަދުން)

ޝަކީލާ ޙާމިދު


ރާއްޖޭގެ ތާރީޚުން އެނގޭގޮތުގައި އުތީމު ދަރިކޮޅަކީ ރާއްޖޭގައި ރަސްކަން ކުރެއްވި ދަރިކޮޅުތަކުގެ ތެރެއިން އެންމެ ޚިދުމަތްތެރި އެއްދަރިކޮޅެވެ. މިދަރިކޮޅުގެ ބާނީއަކީ ދިވެހި ޤައުމު ދެމިއޮތްހާ ދުވަހަކު އެދަރިއެއްގެ ޒިކުރާއަށް ފަނޑު ކަނމެއް އައުމެއްނުވާ މަޝްހޫރު ބަޠަލް އުތީމު މަހާރަދުންނެވެ. މިދަރިކޮޅުން ރަސްކަން ކުރެއްވި ގިނަ ރަސްރަސް ކަލުންނަކީ ދިވެހި ޤައުމަށް އަގުހުރި ޚިދުމަތް ތަކެއް ކޮއްދެއްވާފައިވާ ޝުކުރުވެރިވުން ޙައްޤު ދަރިންތަކެކެވެ.

Print

ޑރ. މުޙައްމަދު ޢިމާރާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުލްމުޢީދު ޙަސަން

ޑރ. މުޙައްމަދު ޢިމާރާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 8 ޑިސެމްބަރ 1931 ގަ އެވެ. އުފަން ރަށަކީ މިޞްރުގެ ކަފަރުއް ޝައިޚެވެ. އޭނާއަކީ، ލިއުންތެރިއެކެވެ. މުޙައްޤިޤެކެވެ. އަޒުހަރުގެ މަޖުމަޢުލް ބުޙޫޘިލް އިސްލާމިއްޔާގެ މެމްބަރެކެވެ.

ނުހަނު ތުއްޕުޅުއިރު، ކީރިތި ޤުރުއާން ހިތުދަސްކުރެއްވި އެވެ. އަދި ތަޖުވީދު
Print

ކަލޭގެފާނު މާ މޮޅުފުޅެވެ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


އަނީސް މަންޞޫރު

ކޮމިއުނިސްޓް ގައުމުތަކުން ނެރޭ ފޮތްތައް ކިޔުމަކީ އަޅުގަނޑު ނުހަނު ޝައުޤުވެރިކަމާއެކު ކުރާ ކަމެކެވެ. އެހެނީ އެ ފޮތްތަކުގެ ދޭހަ ފަސޭހަ އެވެ. އެންމެ ކުޑަކޮށް ތަންދޮރު ދަންނަ މީހާއަށް ވެސް އޭގައިވާ އެއްޗެއް ފަހުމްވާނެ އެވެ. ފަސޭހަ ލަފުޒުތަކުން، ނުހަނު އެދެވޭ މާނަތައް ގެނެސްދީފައިވާތީ އެވެ. އެއާމެދު ވިސްނާ ފިކުރުކޮށް ހަދަމެވެ. ކޮމިއުނިސްޓް ގައުމުތަކުގެ މުފައްކިރުންނަކީ ދޭހަކޮށްދިނުމުގެ ފަންނުގައި ފުންނާބު އުސް ބަޔެއްކަން
Print

މުސްލިމު ސައިންސް ދާން - 28

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ



أَبُوالْعَبَّاس أَحْمَدُبْنِ مُحَمَّدُ كَثِيْرُ اْلفَرْغَانِي

243/863
ތަޢާރުފު

މީނާ އަކީ، ޚަލީފާ މައުމޫނުއް ރަޝީދުގެ ޒަމާނުގައި ބިމުގެ ވަށަމިން ހޯދި ކޮމޮޓީގެ މެމްބަރެކެވެ. އޭނާ، ފެނުގެ ޠޫފާނާ ބެހޭ މަޢުލޫމާތު ހޯދޭފަދަ އާލަތެއް ވެސް އީޖާދު ކުރެއްވި އެވެ. އިރުގެ އަލިން ބެލޭގަޑި sun dial އީޖާދު ކުރެއްވި އެވެ.

ޙަޔާތުގެ ކުރިކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު

فَرْغَانِيއަކީ، މޮޅު ފަލަކީ ޢިލްމު ވެރިއެކެވެ. ކާމިޔާބު ސިވިލް އިންޖިނޭރެކެވެ. ރަނގަޅު މެކޭނިކެކެވެ.
Print

މުސްލިމު ސައިންސް ދާން - 27

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


حَكِيْمُ أَبُومُحَمَّدُ اَلْعَْدْلِي اَلْقَايِنِي

377/995

އަޙްމަދު ފަހުމީ

ތަޢާރުފު

މީނާ އަކީ، ފަލަކީ ޢިލްމާއި ޢިމާރާތް ކުރުމުގެ ފަންނަށް މޮޅު ބޭފުޅެކެވެ. އަދި އޭނާ އަކީ، ހިސާބު ޢިލްމުގެ ތެރެއިން ޢިލްމުލް މަސާޙަތު ގެ ވެސް މާހިރެކެވެ.
Print

މުސްލިމު ސައިންސްދާން - 26

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އަޙްމަދު ފަހުމީ

عُطَارِدُ الْكَاتِبُ

214ހ 832މ
ތަޢާރުފު

عُطَارِدُ الْكَاتِبُ އަކީ، ލިޔުން ތެރިއެކެވެ. ރީތިކޮށް ލިޔުއްވާ ބޭފުޅެކެވެ. އެހެންކަމުން އޭނާގެ ނަމުގެ ފަހަތަށް اَلْكَاتِبُ (ކާތިބު) އައިސްފައިވަނީ އެވެ. އެހެންނަމަ ވެސް އޭނާ ބޮޑަށް ޝައުޤުވެރިވެ ވަޑައިގަތީ، މަޢުދަންތަކާ ބެހޭ ޢިލްމަށެވެ.

ޙަޔާތުގެ ކުރީކޮޅު އަދި ތަޢުލީމާއި ތަރުބިއްޔަތު

عُطَارِدُ ތަޙްޤީޤު ކުރިޔަށް ގެންދެވީ، މަޢުދަންތަކާ ބެހޭ ގޮތުންނެވެ. އެފަންނުގައި އޭނާ ފޮތް އެކުލަވައި ލައްވައިފައި ވެ އެވެ.
Print

މުސްލިމު ސައިންސްދާން - 25

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އަޙްމަދު ފަހުމީ

جَابِرُ بْنِ حَيَّانُ

198ހ 817މ ނުވަތަ 815
ތަޢާރުފު

ޖާބިރު ބިން ޙައްޔާނަކީ، ކީމިޔާ ޢިލްމު ނުވަތަ ކެމިސްޓްރީގެ ބައްޕަ ކަމުގައި ޤަބޫލުކުރެވެ އެވެ.

ބޮޑުފުޅުވުމާއި ތަޢުލީމާއި ތަރުބިއްޔަތު

ޖާބިރަކީ، ފަޤީރު ޚާންދާނެއްގެ ބޭފުޅެކެވެ. ކާބަފައިންގެ މަސައްކަތަކީ، ބޭސް ވިއްކުމެވެ. ޖާބިރުގެ ބައްޕާފުޅަށް ކުރެއްވުނު ކުށެއްގެ ސަބަބުން އޭނ
Print

މުސްލިމު ސައިންސްދާން - 24

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އަޙްމަދު ފަހުމީ

عَبْدُالْمَالِكُ اْلأَصْمَعِي

(213-831 ނުވަތަ 828)
ތަޢާރުފު

عَبْدُالْمَالِكُ އަކީ، ބައޮލޮޖީ އަށް ޝައުޤުވެރިވެ ވަޑައިގަތް ޢިލްމުވެރިއެކެވެ. ޚާއްޞަކޮށް ބައޮލޮޖީގެ މުހިންމު ގޮތްޕެއް ކަމުގައިވާ ޒޫލޮޖީއަށް عَبْدُالْمَالِكُ ޚާއްޞަ ޝައުޤެއް ބެހެއްޓެވި އެވެ. މީނާގެ ނަންފުޅު أَبُو سَعِيْدُ عَبْدُالْمَالِكُ اْلأَصْمَعِي  މި ގޮތަށް ވެސް އައިސްފައި ވެ އެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު
Print

މުސްލިމު ސައިންސްދާން - 23

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އަޙްމަދު ފަހުމީ

فَضْلُ بْنِ نَوْبَخْتُ

197ހ 816މ
ތަޢާރުފު

فَضْلُ بْنِ نَوْبَخْتُ އަކީ، ޤާބިލު ބައްޕައެއްގެ ޤާބިލު ދަރިކަލެކެވެ. އޭނާ، ފަށާ ތަޢުލީމާއި ތަރުބިއްޔަތު ޙާޞިލު ކުރެއްވީ، އޭނާގެ ބައްޕަގެ އަރިހުންނެވެ. އެއަށްފަހު މުޠާލަޢާ ކުރެއްވުމުގައި މަޝްޣޫލުވެ ވަޑައިގެންފި އެވެ. އަދި ބަޣުދާދު ބިނާކުރުމުގެ މަސައްކަތުގައި، ބައްޕައާ އެކީގައި މަސައްކަތް ފަށްޓަވައިފި އެވެ.
Print

މުސްލިމު ސައިންސްދާން - 22

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އަޙްމަދު ފަހުމީ

نَوْبَخْتُ  އާއި فَضْلُ بْنُ نَوْبَخْتُ

157ހ776މ  197ހ 816މ
ތަޢާރުފު 

ޢައްބާސީ ޚަލީފާ، އަބޫޖަޢުފަރުލް މަންޞޫރަކީ، ޢުމްރާނީ  ގޮތުން ވަރަށް ކުރީ ސަފުގައި ހުންނެވި ބޭފުޅެކެވެ. ބަޣުދާދު މުޅިން އަލުން ބިނާކުރެވުނީ، އޭނާގެ ޒަމާނުގަ އެވެ. މި ކަމަށްޓަކައި އިންޖިނޭރުންގެ ޖަމާޢަތެއް އުފެއްދުނެވެ. މި ޖަމާޢަތުގެ އިސްވެރިންގެ ގޮތުގައި ޢައްޔަން ކުރެވުނީ نَوْبَخْتُ އާއި فَضْلُ بْنِ نَوْبَخْتُ އާ ދެބަފައިންނެވެ. 
Print

ޚައްޠާޠު މުޙައްމަދު ޙުސްނީ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ

ޚައްޠާޠު މުޙައްމަދު ޙުސްނީ (1312 – 1389 ހ. ، 1896 – 1969 މ.)


ޢަބްދުލްމުޢީދު ޙަސަން


ޚައްޠާޠު މުޙައްމަދު ޙުސްނީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ޝާމުކަރައިގެ ދިމަޝްޤުގަ އެވެ. ތަޢުލީމުގެ ފުރަތަމަ އޮޅިތައް އޭނާ ގިރާކުރެއްވީ އެރަށުގަ އެވެ. އެންމެ ކުޑައިރުއްސުރެ، ޢަރަބި ލިޔުމާއި ކުލަޖެއްސުމަށް އޭނާ ލޯބިކުރެއްވި އެވެ. ޢަރަބި ލިޔުމުގެ ތަފާތު ވައްތަރުތައް އޭނާ ދަސްކުރެއްވީ އެޒަމާނުގައި އުޅުއްވި މޮޅު ޚައްޠާޠުން (ޢަރަބި ލިޔުމުގެ ފަންނާނުން) ގެ އަރިހުންނެވެ.

މުޙައްމަދު ޙުސްނީ، އޭނާގެ ބައްޕައާއެކު މިޞްރަށް ހިޖުރަކުރެއްވީ، 1331 ވަނަ އަހަރު ކަމަށް ބައެއް ލިޔުންތަކުގައިވެ އެވެ. ޚާއްޞަ ތަނެއްގައި ޢަރަބި ލިޔުމުގެ މަސައްކަތް ކުރައްވަން ފެށްޓެވުމުގެ ކުރިން، އެ މަސައްކަތް އޭނާ ކުރައްވާފައިވަނީ، ގޭގަ އެވެ. ޚާއްޞަ ތަނެއްގައި އެމަސައްކަތް ކުރައްވަން ފެށްޓެވީ، 1348 (1929) ވަނަ އަހަރުން ފެށިގެންނެވެ. އެއީ އޭނާގެ އަމިއްލަ ތަނެކެވެ. އެތަނުގައި ޢަރަބި ލިޔުމުގެ އިތުރުން، ފަންނީ އެހެން މަސައްކަތްތައް ވެސް ކުރެއްވި އެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ