އަދުގެ ޚާއްސަ

ޝަޚްޞިއްޔަތު

Print

އަލްއިމާމު އިބްނު ތައިމިއްޔާ (ފަސްވަނަބައި)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


މުސްލިމުންގެ ސިޔާސީ މުފައްކިރުންގެ ތެރޭން...


                                 ވެރިޔަކު އިންތިޚާބުކުރުން
ޢަބްދުﷲ ފާރޫޤު ޙަސަން

ކުރީންވެސް ދެންނެވިފަދައިން އިސްލާމީ އުންމަތުގެ ހުރިހާދާއިރާތަކަކަށްވެސްވަނީ ބަޣުދާދުވެއްޓުމުގެ އަސަރު ފޯރައިފައެވެ. ޚާއްޞަކޮށް މުސްލިމުންގެ ވިސްނުމަށާއި، ސިޔާސަތަށް އޭގެ ސަބަބުން ވަނީ ވަރަށް ނުބައިއަސަރުތަކެއް ވެރިވެފައެވެ. އެހެންކަމުން އެޒަމާނުގެ މުފައްކިރުންވަނީ ކަންއޮތްގޮތުގެ ޙަޤީޤަތް ޤަބޫލުކުރެއްވުމުގެ މަގު ޚިޔާރުކުރައްވައިފައެވެ. އޭގެ އެންމެ ރީތި އެއްމިސާލަކީ އިބްނު ޠަޤްޠަޤާއެވެ. އިމާމު އިބްނު ތައިމިއްޔާއަކީވެސް އެކަލޭގެފާނުގެ ޒަމާން ލާޒިމުކުރާފަދައިން ޙަޤީޤަތް ޤަބޫލުކުރައްވާ ބޭކަލެކެވެ. އަނެއްކޮޅުން ޙަންބަލީ މަޒްހަބުގެ ބޭކަލެއްކަމުގައިވުމާއެކު ޝަރުޢީޤާނޫނުތަކާ ފުކެއްވެސް ފޭއަށްޖެހިވަޑައިގަންނަވާކަށެއް އެއްބަސްވެވަޑައެއް ނުގަންނަވައެވެ.
Print

މުސްލިމް ސައިންސް ދާނުން - 05

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


حَكِيْمُ يَحْيَي مَنْصُورُ

214ހ 832މ

އަޙްމަދު ފަހުމީ

ތަޢާރުފު

حَكِيْمُ يَحْيَي مَنْصُورُ އަކީ، ފަލަކީ ޢިލްމާއި ނުޖޫމީ ޢިލްމު ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ޝާހީ ދަރުބާރަށް ވަޑައިގަތީ ވެސް ނުޖޫމީ ޢިލްމުވެރިއެއްގެ ޙައިޘިއްޔަތުންނެވެ.

ޙަޔާތުގެ ކުރިކޮޅާއި ތަޢުލީމު

ޔަޙްޔާ މަންޞޫރަކީ، ލިޔަންކިޔަން ދަންނަ ޢިލްމުވެރި ޚާންދާނެއްގެ އަގުހުރި ދަރިއެކެވެ. ޔަހްޔާގެ ބައްޕާފުޅަކީ ވެސް ނުޖޫމީ ޢިލްމުވެރިއެކެވެ. އެ ދުވަސްވަރަކީ، އިރު ހަނދާއި ތަރިތަކުގެ އަސަރު ޤަބޫލުކުރާމީހުން ގިނައިން އުޅުނު ދުވަސްވަރެކެވެ. އޭރު ނުޖޫމީ ޢިލްމަށް ޝައުޤުވެރިވާ މީހުން ވަރަށް ގިނަ އެވެ.
Print

ކައިވެނި ބައްލަވައިގެންނެވިއިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅަކީ ކޮބާ؟

ޝާޢިއުކުރީ އިޔާޒު ނަސީމް . ހިމެނޭބަޔަކީ ޚާއްޞަ


އިޔާޒު ނަސީމް

ކީރިތި ރަސޫލާ ޢާއިޝަތުގެފާނާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާގެ ޢުމުރުފުޅަކީ ކޮބައިކަމާ މެދު މިހާތަނަށް އެތައް ދިރާސާއެއް ކުރެވިފައިވެއެވެ. މި ދިރާސާތަކުން ޢާއިޝަތުގެފާނާ ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާއަކީ ފުރިހަމަ އަންހެނެއް ކަމާއި ކުޑަ ކުއްޖެއް ނޫންކަން ސާބިތުވެއެވެ. އެހެން ނަމަވެސް މުސްލިމުންގެ ތެރެއިން ވެސް ބައެއްމީހުން ޤަބޫލުކުރާ ގޮތުގައި ރަސޫލާ ޢާއިޝަތުގެފާނާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާއަކީ ޢުމުރުފުޅުން ވަރަށް ހަގު، ތުއްޕުޅު ބޭފުޅެކެވެ. އަދި މިކަން ވެފައިވަނީ ރަސޫލާގެ ޙަޔާތްޕުޅާ ބެހޭ ގޮތުން ނުކިއްސަރު ވާހަކަތައް ފެތުރުމަށް ޣައިރު މުސްލިމުންނަށް ލިބިފައިވާ ފުރުޞަތެއް ކަމުގައެވެ.
Print

ކީރިތި ރަސޫލާ އަކީ ޢާލަމްތަކަށް ފޮނުއްވި ރަޙްމަތެއް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ޚާއްޞަ


ދުނިޔޭގެ މައްސަލަތަކަށް އޮތް ޙައްލަކީ ރަސޫލާގެ މެސެޖްގައި ހިފުން


ޢަބްދުﷲ ނަޢީމު އިބްރާހީމް

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާ ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައި ވެއެވެ.

"އަދި ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި މެނުވީ ތިމަން ސުވާމީންގެ ކަލޭގެފާނު ނުފޮނުއްވަމެވެ." (އަލްއަންބިޔާއު 107)

ކީރިތި ރަސޫލާ ފޮނުއްވީ އެކަލޭގެފާނުގެ ޢަމަލުފުޅުތަކާއި ބަސްފުޅުތަކުން މީސްތަކުންނަށް ރަޙްމަތުގެ ދޮރު ހުޅުއްވައި ދެއްވާންކަން މި އާޔަތުން ވަރަށް ރަނގަޅަށް އެބަ އެނގެ އެވެ.
Print

ތާރީޚީ ނަބިއްޔާ

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުﷲ ފާރޫޤް ޙަސަން

މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަރީޢާއިން ދުނިޔެއަށް ލިބިފައިވާ އަގުހުރި ގިނަގުނަ ހަދިޔާތަކުގެ ތެރެއިން އެންމެ މުޙިންމު އެއްހަދިޔާއަކީ ކީރިތި ޤުރުއާނުގައި " މަޤާމު މަޙްމޫދު " ގެ ނަމުން ނަންދެވިފައިވާ އަގުހުރި ހަދިޔާ އެވެ. އިތުރު ސާހިބާގެ ޒަރީޢާއިން ދުނިޔެއަށްވަނީ މުޙަންމަދީ ނަބީކަން ނުވަތަ އިޢުތިރާފްވެވިފައިވާ ނަބީކަމުގެ ހަދިޔާ ލިބިފައެވެ. ޤަބޫލުކުރެވިފައިވާ ނަބީކަމުގެ ނަސީބު ލިބިފައެވެ. އިޢުތިރާފްނުވެ ފަރުނުޖެހޭފަދަ ނަބީކަމެއްގެ ހަދިޔާ ލިބިފައެވެ.

ކީރިތި ޤުރުއާންގައި ފަންސަވީހަކަށް ނަބީބޭކަލުންގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އެބޭކަލުންގެ އިތުރަށްވެސް މާތްﷲ ގެ ޙަޟުރަތުން ވަޑައިގެންނެވި ކޮންމެ ނަބީބޭކަލަކީ ތެދުވެރި ނަބީބޭކަލެކެވެ. އަޅުގަނޑުމެން މުސްލިމުން ކުޑަވެސް ތަފާތުކުރުމަކާނުލައި އެހުރިހައި ބޭކަލުންނަށް އީމާންވަމުއެވެ. ނަމަވެސް ކަނޑައެޅިގެންހުރި ޢަޤްލީ ދަލީލުތަކާއި ތާރީޚީ ހެކިތަކުގެ ބިންގަލުގެ މަތިން އެބޭކަލުން ވަޒަނަކުރަން ބޭނުންވާ މީހުން ނަބީބޭކަލުންނާ ބެހޭގޮތުން ވަރަށްގިނަ ކަންތައްތަކެއް އޮޅުންފިލުވާން ބޭނުންވެއެވެ. ދެނެގަންނާން ބޭނުންވެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ އެނަބީބޭކަލަކީ ކޮންޤައުމެއްގެ ކޮންރަށެއްގައި އުޅުއްވި ބޭކަލެއްކަމެވެ. ކޮންއިރަކު ދުނިޔެއަށް ވަޑައިގެންނެވި ބޭކަލެއްކަމެވެ. އެބޭކަލުންގެ މައިކަނބަލުންނާއި ބަފައިކަލުންގެ ނަންފުޅަކީ ކޮބައިކަމެވެ. އެބޭކަލަކު ވާހަކަފުޅު ދައްކަވައި އުޅުއްވީ ކޮންބަހަކުން ކަމެވެ. އެބޭކަލަކާ އެއްދުވަސްވަރެއްގައި އުޅުއްވި މުއައްރިޚުން އެބޭކަލެއްގެ ވާހަކަ ލިޔުއްވާފައިވާކަން ނުވަތަ ނޫން ކަމެވެ.
Print

ތާރީޚް ދުށް އެންމެ މަތިވެރި އިންސާނާ

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުﷲ ފާރޫޤް ޙަސަން

އިނގިރޭސިވިލާތުގެ އޮރިއެންޓަލިސްޓެއް ކަމުގައިވާ މިސްޓަރ އީ. އީ. ކެލެޓް އޭނާ ލިޔުއްވި ފޮތެއްގައި އިސްލާމް ދީނުގެ ނަބިއްޔާ މުޙަންމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ މަތިވެރިކަމަށް އިޢުތިރާފްވެ ވަޑައިގެންފައިވެއެވެ. އޭނާ ލިޔުއްވާފައިވެއެވެ. " އިސްލާމްދީނުގެ ބާނީއަށްވުރެ ޙައިރާންކުރުވަނިވި އެއްވެސް ޝަޚްޞިއްޔަތެއް ތާރީޚުން ފެނިފައެއް ނުވެއެވެ. އެކަލޭގެފާނަށްވުރެ ފުން އަސަރެއް ދުނިޔޭގެ ތަޤްދީރަށް ފޯރުވި އެހެން މީހަކު ފެނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެކަލޭގެފާނަށް ވަރަށް އެކަށޭނަ ވެއްޓެއް ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފަހިވާގޮތަށް އެވެށި ބަދަލުކޮށްލައްވާނީ ކިހިނަކުންކަން އެކަލޭގެފާނު ދެނެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ދަތިއުނދަގޫ މައްސަލަތަކާ ކުރިމަތިލެއްވީ ނާކާމިޔާބީގެ ތެރެއިން ކާމިޔާބީ ޙާޞިލްކުރެއްވުމުގެ ޢަޒުމާ އެކުގައެވެ. އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވި ދުވަސްވަރުނޫން އެހެން ދުވަސްވަރެއްގައި އެނޫން އެހެން ތަނަކުން އެކަލޭގެފާނަކަށް އެފަދަ ކާމިޔާބީއެއް ލިބިވަޑައެއް ނުގަތީހެވެ. ހަމައެފަދައިން އެކަލޭގެފާނު ފިޔަވައި އެހެން އެއްވެސް މީހަކަށް އެއްގޮތަކަށްވެސް އެފަދަ ކާމިޔާބީއެއް ނުހޯދެކަމީވެސް ކަށަވަރު ކަމެކެވެ."
Print

އިބްނު ތައިމިއްޔާ (ހަތަރުވަނަ ބައި)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ

ދީނާއި ސިޔާސަތު

ޢަބްދުﷲ ފާރޫޤު ޙަސަން

އިމާމް އިބްނު ތައިމިއްޔާގެ އަރިހުގައި ދީނާއި ސިޔާސަތަކީ ގުޅިލާމެހިފައިވާ ދެކަންތަކެވެ. އޭގެތެރެއިން އެއްކަމެއް އަނެއްކަމަކާ ވަކިނުކުރެވޭނެ ދެކަންތަކެވެ. އިމާމުގެ އަރިހުގައި ދީނާއި ސިޔާސަތަކީ އޭގެތެރެއިން އެއްކަމަކާ ނުލައި އަނެއްކަމެއް ޚިޔާލަށްވެސް ނުގެނެވޭނެ ދެކަންތަކެވެ. އިމާމު ވިދާޅުވާގޮތުގައި ސިޔާސަތުގެ މަޤްޞަދަކަށްވާން ޖެހޭނީ މާތްﷲއާ ކުއްތަންވުމެވެ. އެކަލާނގެ ދީން ޤާއިމުކުރުމެވެ. މީސްތަކުން މާތްﷲއާ ކުއްތަންވާން އެދޭނަމަ، ދީން ޤާއިމްކުރުމަކީ އެބައިމީހުންގެ މަޤަސަދެއްކަމަށާއި އެދޭކަމެއްކަމުގައި ހަދާންޖެހޭނެއެވެ. އޭގެލާޒިމީ ނަތީޖާއެއްގެ ގޮތުން މާތްﷲގެ މަގުގައި ހިފެހެއްޓުމެއްނެތި  މުދާ ޚަރަދުކުރެވެއެވެ. އޭގެ ސަބަބުން ދީނާއި ދުނިޔޭގެ ލާބައާއި މަންފާ ޙާސިލުވެއެވެ.
Print

إمام البخاري

ޝާޢިއުކުރީ ޔާސީން ނަސީމު އަބޫބަކުރު . ހިމެނޭބަޔަކީ ޚާއްޞަ

                            
ޔާސީން ނަސީމު އަބޫބަކުރު .މާވަށް

އިމާމުލް ބުޚާރީއަކީ ޙަދީޘުޢިލްމުގައި އެންމެ ފުންނާބު އުސް އިމާމެވެ. ކީރިތި ޤުރުއާނަށް ފަހު އެންމެ ޞައްޙަކަން ބޮޑު ފޮތަކީ އިމާމު ބުޚާރީ ޖަމާކުރައްވައި، ލިއުއްވާފައިވާ " الجامع المسند الصحيح المختصر من أمور رسول الله صلى الله عميه وسلم وسنته وأيامه" ކަމުގައި އިސްލާމީ އުއްމަތް އިއްތިފާޤުވެ އިޖުމާޢުވެއެވެ.

އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ އަބޫޢަބުދުﷲ (އެއީ އެކަލޭގެފާނުގެ ކުންޔާއެވެ.) މުޙައްމަދު(ނަން)  ބިން އިސްމާޢީލު(ކާފާފުޅު)  ބިން އިބުރާހީމް(ދެވަނަ ކާފާފުޅު) ބިން އަލްމުޣީރާ ( ތިންވަނަ ކާފާފުޅު، އެކަލޭގެފާނަކީ މަޖޫސީއެކެވެ.)އެވެ. އުފަންވެ ވަޑައިގަތީ 194ހ ގައި ޝައްވާލު މަހުގެ 13ވަނަ ދުވަހުއެވެ.(4 އޯގަސްޓް 810މ)
Print

ސަލާމްލެއްވި އިދުރީސްގެފާނު

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ޚާއްޞަ


އިބްރާހީމް އަޙްމަދު

އިދްރީސް ޢަލައިހިއްސަލާމަކީ ޞިއްދީޤެއް ، ނަބިއްޔެއް ، އަދި ކެތްތެރިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އާދަމު ޢަލައިހިއްސަލާމަށްފަހު މިބިންމަތީގައި ފުރަތަމަ ލެއްވި ނަބިއްޔާ ، އަދި މިއީ ނޫޙު ޢަލައިހިއްސަލާމްގެ ކާފާުފުޅުގެ ބައްޕާފުޅެވެ. މިކަލޭގެފާނުގެ މައްޗަށް މާތްﷲ 30 ޞުޙުފު ބާވާލެއްވިއެވެ. އެކަލޭގެފާނު ގޮވާލެއްވީ މާތﷲގެ އެއްކައުވަންތަ ކަމަށެވެ. އެކަލޭގެފާނަށް 1000 އިންސާނުން ތަބާވިއެވެ. އަދި އެންމެ ފުރަތަމަ ޤަލަމުން އެއްޗެއް ލިޔުއްވީވެސް އެކަލޭގެފާނެވެ. އަދި އެންމެ ފުރަތަމަ ހެދުމެއް ފެއްސެވީވެސް މިކަލޭގެފާނެވެ. އަދި ފަހާފައިވާ ހެދުމެއް އެންމެ ފުރަތަމަ ތުރުކުރެއްވެވީވެސް މިކަލޭގެފާނެވެ. އަދި ތަރިތަކަށް ބައްލަވާ ދަތުރުފަތުރު ކުރައްވާ ހެއްދެވީ ވެސް މިކަލޭގެފާނެވެ.

Print

މުސްލިމު ސައިންސް ދާނުން - 04

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ



مُوسَي شَاكِرُ

213ހ 831މ


 އަޙްމަދު ފަހުމީ

ތަޢާރުފު

مُوسَي ގެ ޙަޔާތް ފެށިފައިވަނީ ފޭރުމުން ނެވެ. އެހެންނަމަ ވެސް މާތް މީހެއްގެ ހެޔޮ ނަޞޭޙަތުގެ އަސަރުން އޭނާ މުޅިން ބަދަލުވެ عِلْمُ الْهَندَسَة-Geometry ގައި ދުނިޔޭގައި ނަންހުރި ޢިލްމުވެރިޔަކަށް ވެ ވަޑައި ގަތެވެ.

ޙަޔާތުގެ ކުރީކޮޅު

މޫސާގެ ޙަޔާތުގެ ބިންގާ އެޅުނީ ކައްޗަށެވެ. ނަމަވެސް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން އެ ކަލާނގެ އޭނާއަށް ތެދުމަގު ދެއްކެވި އެވެ. ސީދާ މަގުގައި އޭނާ ހިންގަވައިގެން އޭނާއަށް ވަޑައިގެންނެވުނު މަންޒިލަކީ، ވަރަށް އެދެވިގެންވާ މަޤާމެކެވެ.
Print

އަލްއިމާމު އިބްނު ތައިމިއްޔާ - (ތިންވަނަބައި)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުﷲ ފާރޫޤު ޙަސަން

ސިޔާސީ ނަޒަރިއްޔާތައް

ތެދުމަގުލިބިވަޑައިގެންތިއްބެވި ހަތަރު ޚަލީފާއިންގެ ދައުރު ނިމުމަށްފަހު އިސްލާމީ އުންމަތުގެ ވެރިކަމަށްއައި ހުރިހާ ޢާއިލާ ތަކަކުންވެސް ގެންދިޔައީ ޝަރުޢީ ޤާނޫނުތަކާ ދުރުހެލިވަމުންނެވެ. ދުވަސްތައްފާއިތުވަމުން ދިޔަދިޔަހެން ހާލަތުދިޔައީ ނުބައިން ނުބަޔަށް ބަދަލުވަމުންނެވެ. އެހެންކަމުން ސިޔާސީ މުފައްކިރުންގެތެރެއިން އިސްލާމީ ޤާނޫނުތަކުގެ މައްޗަށް އެބޭކަލުންގެ ސިޔާސީ ނަޒަރިއްޔާތަކުގެ ބިންގާއެޅުއްވި މުފައްކިރުންނަށް ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި އެންމެ އުނދަގޫ މައްސަލައަކީ އެބޭކަލަކު ދުނިޔޭގައި އުޅުއްވި ދުވަސްވަރެއްގެ ޙާލަތާއި ޝަރްއީޤާނޫނުތަކާ އެއްތައްގަނޑަކަށް ފެއްތެވުމެވެ. މިއީ ވަރަށްގިނަ މުފައްކިރުންނަށް ކަތިފިޔަވަޅުތަކެއް އެޅުއްވުނު ދާއިރާއެކެވެ. އެ ކަށިތަކުންފުރިގެންވާ މައިދާނުން އެބޭކަލުންގެ ފަސްބައިކޮޅު ސަލާމަތްކުރެއްވުމުގައި ކާމިޔާބު ހޯއްދެވި މުފައްކިރުން ކާމިޔާބު ހޯއްދަވައިފައިވަނީ ދައުލަތުގެ އެންމެ އިސްވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ ގައިކޮޅުގައި ހުރުން ލާޒިމު ސިފަފުޅުތަކާއި އެބޭފުޅެއްގެ ވާޖިބުތަކުގެ ދިގުފިހުރިސްތެއް ތައްޔާރުކުރައްވައިގެންނެވެ. އެބޭކަލުންނާ އެއްދުވަސްވަރެއްގެ ވެރީންގެތެރެއިން އެބޭކަލުންގެ ލިސްޓުގައިވާ ސިފަފުޅުތައް ނުހުންނަ ވެރީންނާމެދު އެފަދަބޭފުޅުން މަޤާމުތަކުގައި ބައިތިއްބުމާމެދުވެސް މަޤާމުން ދުރުކުރުމާމެދުވެސް ޚިޔާލުފުޅެއް ފާޅެއްނުކުރައްވައެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ