ދީން

Print

ރޯދަ ހިފުން؛ ސައިންސުގެ އަލީގައި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޕްރޮފެސަރ ޙަސަން ޢުޤައިލް

ރޯދަހިފުމަކީ ދީނީކަމަކަށްވެފައި ދީނީގޮތުން ރަނގަޅު ހެޔޮ ކަންތައްތަކަކާއި ގުޅިފައިވާ ކަމެކެވެ. މިސާލަކަށް، ރަމަޟާންމަހު ދުނިޔޭގެ އެކިކަންކޮޅުތަކަށް ނިސްބަތްވާ ސައްތައިން ސައްތަ މުސްލިމުންގެ 1.79 ބިލިއަން މީހުން ރޯދަ އިގެ މަތިވެރި އަޅުކަމުގައި މަޝްޣޫލުވެ އެއްކައުވަންތަ ކަލާނގެއާ ކުއްތަންވުމަށް ތައްޔާރުވެއެވެ. މުސްލިމުން އެ މަހުގެ ފުރިހަމަ ސަވާބު ލިބިގަތުމުގައި އަވަދިނެތި އުޅެމުންދާއިރު، ރޯދައަށް ހުރުމުން އިންސާނާއަށް ޞިއްޙީގޮތުން ލިބިދޭ އެތަކެއް ފައިދާތަކެއްވާކަން، ފަހުގެ ޞިއްޙީ ހޯދުންތަކުންވަނީ އެނގިފައެވެ.
Print

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (11)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސިޔަރަތު

 

އިބްރާހީމް ރަޝީދު މޫސާ

211. ހިޖްރައިން 4 ވަނަ އަހަރު ޠުލައިޙަތު ބިން ޚުވައިލިދު މަދީނާއަށް ޙަމަލާދިނުމަށް ޓަކައި ތައްޔާރުވަމުންދާ ޚަބަރު ލިބިވަޑައިގަތުމުން ރަސޫލުﷲ ﷺ 50 މީހުންގެ ސަރިއްޔާއެއް އަބޫ ސަލަމަތުގެފާނުގެ އިސްވާރުކަމުގައި ފޮނުއްވިއެވެ. އަބޫ ސަލަމަތުގެފާނު މި ޙަމަލާއަށް ނުކުމެވަޑައިގެންނެވިއިރު އުޙުދު ހަނގުރާމައިގެ ޒަޚަމުތަކުން އަދި ފަސޭހަފުޅެއް ނުވެއެވެ. މި ޙަމަލާއިން އެނބުރި ވަޑައިގެންތަނާ އެކަލޭގެފާނުގެ ޒަޚަމުތައް ފަޅައިގެންގޮސް އެކަލޭގެފާނު އަވަހާރަވިއެވެ. އެހިނދު ރަސޫލާﷺ އަބޫ ސަލަމަތުގެފާނަށް ހެޔޮ ދުޢާކޮށްދެއްވިއެވެ. 

Print

قربان އާއި أضحية (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

އިބްރާހީމް ރަޝީދު މޫސާ

މާނަ

قربان  މި ބަސް އައިސްފައިވަނީ ޢަރަބި ބަހުގެ  قرب އިންނެވެ. އެއީ ކައިރިވުމެވެ. ދީނީ ވެށީގެ ތެރޭގައި قربان  ބޭނުން ކުރެވެނީ ﷲގެ ޙަޟްރަތާ ކުއްތަންވުމުގެ ގޮތުން ކުރެވޭ ކަމަކަށެވެ. ކީރިތި ޤުރްއާނުގައި މި ކަލިމަ ތިން އާޔަތެއްގައި އައިސްފައިވެއެވެ. 

1- މާތް ﷲ ވަޙީ ކުރެއްވިއެވެ. [ وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْـَٔاخَرِ] – ([آدم ގެފާނުގެ ދެދަރިކަލުންގެ خبر، حق ގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެދަރިކަލުން قربان އެއް ކުރިމަތިކުރެއްވިހިނދު (ކަންހިނގިގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން (قربان) قبول ކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން قبول އެއް ނުކުރެއްވިއެވެ.]) (المائدة : 27)

Print

(2) ޒާހިދު ޤާޟީ: ޒައިދު ބިން ޘާބިތު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

އިބްރާހީމް ރަޝީދު މޫސާ

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅާއިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރަން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު  އެންމެ ފޮނި  އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެ މީހުންގެ  ޙައްޤުތައް  ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތިން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

މާތްﷲ ރުއްސުންލެއްވި  ޒައިދު ބިން ޘާބިތަކީ ޤާޟީކަމާއި ކީރިތި ޤުރްއާން ޖަމާކުރުމުގެ މަސައްކަތް ކުރެއްވި ޞަޙާބީއެކެވެ. އެކަލޭގެފާނަކީ ވަރަޢުވެރި ޒާހިދު ޢާލިމެކެވެ.

Print

ބިގް ކްރަންޗް ތިޔަރީ

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް



މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

ޢިލްމުވެރިން ދެކިލައްވާގޮތުގައި މިކައުނު ފުޅާވަމުންދާ ފުޅާވުން އަބަދަށް ދެމިގެންވާ ކަމެއް ކަމުގައި ނުވާނެއެވެ. މިފުޅާވުމަށް ނިމުމެއް އަންނަ ދުވަސް އަންނާނެއެވެ. ސަބަބަކީ މި ފުޅާވާ ފުޅާވުމަކީ ބިގްބޭންގް ނުވަތަ ބޮޑުގޮވުމުގެ ސަބަބުން އެތިކޮޅުތައް ބުރަބުރައިގެންދާ ދިޔުމެވެ. މިއެތިކޮޅުތައް ދުރުވަމުންދާވަރު ދުވަހެއް ދުވަހަކަށް ދަނީ މަޑުވަމުންނެވެ. އެހެންކަމުން ގޮވުމުގެ ސަބަބުން އެތިކޮޅުތައް ބުރައިގެން ދުރުވެގެންދާ ބާރާއި އެ އެތިކޮޅުތަކުގެ މެދުގައި ހުންނަ ދަމާބާރާ އެއްވަރުވާ ދުވަހެއް އަންނާނެއެވެ. އަދި އެއަށްފަހު ބުރައިގެންދާ ބާރު ކުޑަވި ވަރަކަށް ދަމާބާރުގެ ސަބަބުން މިއެތިކޮޅުތައް އެއްވެ، އެކަތިގަނޑަކަށްވާނެއެވެ. ނުވަތަ އެއް ގެލެކްސީއަކަށް ވާނެއެވެ. ފުރަތަމަ ގޮވުމުގެ ކުރިން އެ ގެލެކްސީ އޮތްގޮތަށް ބަދަލުވާނެއެވެ. މި ތިޔަރީއަށް [ދަބިގް ކްރަންޗް ތިޔަރީ] ނުވަތަ ބޮޑު އެއްކުރެއްވުމޭ މިޒަމާނުގެ ޢިލްމުވެރިން ކިޔައެވެ.
Print

ރާބޯ މީހަކާއި ޢިލްމުވެރިއެއްގެ ވާހަކަ

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ޢަޤީދާ


ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ރާބީމޯހާ: މޭބިސްކަދުރު ކެއުމަކީ އަޅުގަނޑު ކުރާ ނުބައި ކަމެއް ކަމަށް ދެކެވަޑައިގަންނަވަންތޯ؟

ޢިލްމުވެރިޔާ: ނޫން.

ރާބޯމީހާ: އަޅުގަނޑު ކުޑަ ކުޑަ ވިނަކޮޅަކާއެކު މޭބިސްކަދުރު ކައިފިއްޔާ އެއީ ނުބައި ކަމަކަށް ވާނެތޯ؟

ޢިލްމުވެރިޔާ: ނޫން. އެއީ ނުބައި ކަމެއް ނޫން.
Print

ކްރިސްޓިއަން ކަނޑި (14)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.


އަލްއުސްތާޛު އަޙްމަދު މާޖިދު

ހަތްވަނަ ބާބު – މެދުޒަމާނުގައި ޔޫރަޕުގެ ބައިމަދު ޖަމާޢަތްތަކާ ދެކޮޅަށް ނެގުނު ކަނޑި

މެދުޒަމާނަކީ ޔޫރަޕުގެ ތާރީޚުގައި ހުޅަނގު ރޯމަނުންގެ ދައުލަތް ވެއްޓުމާ ހަމައިން ފެށިގެން މީލާދީން 1500 އިގެ އަހަރުތަކާ ހަމަޔަށް ވެއަތުވި ޒަމާނަށް ޔޫރަޕުގެ މުއައްރިޚުން ދީފައި ވާ ނަމެކެވެ. އެހެންކަމުން މީގެ ކުރީގެ ބާބެއްގައި އެ ބޭފުޅެއްގެ ވާހަކަ އަޅުގަނޑު ދެންނެވި ޝާރްލްމާން އަކީ ވެސް މެދުޒަމާނުގެ ބޭފުޅެކެވެ. އޭނާގެ ކަނޑީގެ ބާރުގައި މިހާރުގެ ޖަރުމަނާއި އަދިވެސް އެހެން ސަރަޙައްދުތައް ހިމެނޭ ބޮޑު ބިމުގައި ކްރިސްޓިއަން ދީން ފެތުރުއްވި ގޮތުގެ ބަޔާނެއް ވާނީ އިސްވެދެންނެވިފައެވެ.
Print

ﷲ ގެ ރުއްސެވުން

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ދީން

ޢަބްދުﷲ ނަޢީމު އިބްރާހީމް

މިދުނިޔޭގައި މީސްތަކުން އުޅެން ފެނިފައި އޮންނަނީ ދެ ގޮތެކެވެ. އެއްގޮތަކީ އަމިއްލަ ނަފުސު ރުއްސަން  (Self oriented)މަސައްކަތް ކުރުމެވެ. ނުވަތަ އަމިއްލަ އެދުންތައް ފުއްދަން މަސައްކަތް ކުރުމެވެ. ދެވަނަ ގޮތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުއްސެވުން  (God oriented)ހޯދަން އުޅުމެވެ.


މީހަކަށް ވެވޭނީ މިދެގޮތުން އެއްގޮތަކަށެވެ. އަމިއްލަ އެދުންތައް ފުއްދަން އުޅޭމީހާއަކަށް ﷲ ގެ ރުއްސެވުމެއް ނުލިބޭނެއެވެ. އޭނާ ދަތުރުކުރަން ޖެހޭނީ

Print

މުދަލު ޒަކާތުން ރޯދަވީއްލާ ދޮލަނގުތައް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

އިބްރާހީމް ރަޝީދު މޫސާ

މި ޒަމާނުގައި ރޯދަވެރިންނަށް ރޯދަވީއްލުމަށް ޓަކައި މުދަލު ޒަކާތް ދޭ ތަން ފެނެއެވެ. ބައެއް ފަހަރަށް މި ކަން ކުރަނީ ސީދާ މުދަލުގެ ވެރިޔާ އަމިއްލައަށެވެ. އަނެއްބައި ފަހަރަށް މި ކަން ކުރަނީ ޚައިރާތު ޖަމްޢިއްޔާތަކާ ޙަވާލުކޮށްގެންނެވެ. އެ ޖަމްޢިއްޔާތަކުން ކާބޯތަކެތި ގަނެ ފަޤީރުންނަށާއި މިސްކީނުންނަށް ދެއެވެ. ނުވަތަ ރޯދަވީއްލުމަށާއި ހާރުކެއުމަށް ދޮލަނގުތައް ތައްޔާރުކޮށްގެން  މިސްކިތްދޮށަށް ގެންދެއެވެ. މި ދޮލަނގުތަކަށް ”މަވާއިދުއްރަޙްމާނި“އޭ ކިޔެއެވެ. އަދި ބައެއް ރަށްރަށުގައި ރަމަޟާން މަހުގައި ފަޤީރުންނަށް އެހީވުމަށޭ ކިޔައިފައި ”ރަމަޟާން ދަބަސް“ ނުވަތަ ޕާރުސަލު ތައްޔާރުކޮށް ފަޤީރުންނަށް ބަހައެވެ. މި ކަމުގެ ޙުކްމާ ބެހޭ ގޮތުން ޢިލްމުވެރީންގެ ރައުޔުތަކަށް ބަލައިލުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ. 

Print

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (10)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސިޔަރަތު

 

އިބްރާހީމް ރަޝީދު މޫސާ


(8 އޭޕްރީލު 2020 ވަނަ ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)

194. ރަސޫލާ ﷺ ގެ ދަރިކަނބަލުން ރުޤިއްޔަތުގެފާނު އަވަހާރަވީ ބަދްރު ހަނގުރާމަ ހިނގި ދުވަހުއެވެ. އެކަމަނާއަކީ ޢުޘްމާނުގެފާނުގެ އަނބިކަނބަލުންނެވެ. އެކަމަނާ އަވަހާރަވީ ޢުމުރުފުޅުން 22 އަހަރުގައެވެ. ފަސްދާނު ލެވުނީ ބަޤީޢުގައެވެ. އެކަމަނާއަށް ލިބިވަޑައިގަތް ބޭފުޅަކީ ޢަބްދު ﷲ އެވެ.  އެ ދަރިކަލުން ވަރަށް ތުއްޕުޅުއިރު ވަނީ އަވަހާރަވެފައެވެ. ބަދްރު ހަނގުރާމައިގައި ޢުޘްމާނުގެފާނު ބައިވެރިވަޑައެއް ނުގަންނަވައެވެ. އެއީ ރަސޫލާ އަންގަވައިގެން ރުޤިއްޔަތުގެފާނުގެ އަރިހުގައި ހުންނެވުމަށް ޓަކައެވެ.

Print

(1) އިސްލާމީ ދައުލަތުގެ ފުރަތަމަ ޤާޟީ: މުޢާޛު ބިން ޖަބަލު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

އިބްރާހީމް ރަޝީދު މޫސާ

 

އިސްލާމްދީން ބާވައިލައްވައި، މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެމީހުން ޙިމާޔަތްކޮށް، ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު  އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެމީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

މި ބޭކަލުންގެ ތެރޭގައި ފާހަގަކޮށްލަން ޖެހޭ އެންމެ  ފުރަތަމަ ޤާޟީއަކީ (ފަނޑިޔާރަކީ) މާތް ﷲ ރުއްސުން ލެއްވި މުޢާޛު ބިން ޖަބަލެވެ.  

Print

ދަމުނަމާދާމެދު ސައިންސް ބުނަނީކީކޭ؟

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް

" ރޭ އަޅުކަން ކުރާށެވެ! ފަހެ އެއީ ބަލިމަޑުކަން ފައްސައިލާ ކަމެކެވެ."


އިބްރާހީމު ރަޝީދު މޫސާ

މާތްﷲ ރުއްސުންލެއްވި އަބުއްދަރްދާ ގެ އަރިހުން އިމާމު އަޙްމަދާއި ،އައްތިރްމިޛީ އާއި އަލްބައިހަޤީ އާއި، އައްޠަބަރާނީ އާއި ،އިބްނު ޚުޒައިމާ އާއި، އަލްޙާކިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލުﷲގެފާނު ވިދާޅުވިއެވެ.

عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأَبُ الصَّالِحِينَ قَبْلَكُمْ


وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ  


وَمَنْهَاةٌ عَنْ الْإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ



لِلدَّاءِ عَنْ الْجَسَدِ  


Print

ﷲ ވޮޑިގެންވެ އެވެ! އަދި އެ ކަލާނގެ ކުޅަދުންވަންތަ އެވެ! (4)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ޢަޤީދާ


13 ނޮވެމްބަރު (ހޮނިހިރު) އާ ގުޅޭ..

އަލްއުސްތާޛު އަޙްމަދު މާޖިދު

ގެމޮވް ވިދާޅުވިގޮތުގައި ކާއިނާތު އުފެދުނީ ބިގް ބޭންގްގެ ގޮތުގައި ސިފަކުރެވޭ ބޮޑު ގޮވުމުގެ ސަބަބުން ކަމުގައި ވަނީނަމަ އެ ގޮވުމުގެ ނަތީޖާއެއްގެ ގޮތުން ކާއިނާތުގެ ޖައްވުގެ ތެރެއަށް ރޭޑިއޭޝަން (Radiation) ދޫވެފައި ހުންނަން ޖެހޭނެއެވެ. އެ ރޭޑިއޭޝަނަކީ ސައިންޓިފިކް ތަޙުޤީޤުތަކުގައި ދެނެގަނެވޭ، އަދި މުޅި ކާއިނާތުގެ ހުރިހާ ހިސާބެއްގައި އޭގެ އަސަރުތައް ހުންނަންޖެހޭ ރޭޑިއޭޝަނެކެވެ. ހުރިހާ ހިސާބެއްގައިވެސް އޭގެ އަސަރު ހުންނަން ޖެހެޔޭ ބުނެވުނީ
Print

ބާރެއްނެތް ފަރާތަކުން އެހީއަށް ނޭދޭށެވެ!

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

ފަރަންސޭސިވިލާތުގައި ސިހުރު ހެދުމާއި، ފާލުބެލުންފަދަ ކަންތައްތައް ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. ދިރާސާތަކުން ދައްކާގޮތުގައި 1984 ވަނަ އަހަރު ފަރަންސޭސިވިލާތުގައި ތިބި މީހުންގެ ތެރެއިން 8 މިލިއަން މީހުން ސިހުރުވެރިންނާއި، ރަމަލުވެރިންގެ ބޭނުން ހިފައެވެ. މާނައަކީ ކޮންމެ ހަތަރު މީހަކުން އެކަކު ސިހުރާއި، ފާލުބެލުން ފަދަ ކަންތައްތައް ޤަބޫލު ކުރެއެވެ.

ފަރަންސޭސިވިލާތުގައި ސިހުރު ހެދުމާއި، ފާލުބެލުން ވަނީ ވިޔަފާރިއަކަށް ވެފައެވެ. ޓެކްސް ނަގާ މަޙުކަމާއިން ބަޔާންކުރާ ގޮތުގައި އެތާނގައި މިބާވަތުގެ ފަންސާސްހާސް މީހުން
Print

ސޫފާސޫފި ކަތިލުމުގެ އިސްލާމީގޮތް

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ދީން

ޢަބްދު اللّه ފާރޫޤު ޙަސަން


އެއްގަމުމަސް ކެއުމާއި، ސޫފާސޫފި ކަތިލުމުގެ އިސްލާމީގޮތް

ސުވާލު:    ސޫފާސޫފި ކަތިލުމަކީ އިންތިހާދަރަޖައިގެ ރަޙްމުކުޑަ ޢަމަލެކެވެ. އެހެންވީއިރު، މުސްލިމުން އެއްގަމުމަސް ކަނީ ކީއްވެގެން ހެއްޔެވެ؟

ޖަވާބު:    މިހާރަކަށްއައިސް، މުޅި ދުނިޔޭގައިވެސް އެއްގަމުމަހުގެ ބަދަލުގައި ތަރުކާރީ ކެއުމުގެ މައްޗަށް ބާރުއެޅުމުގެ ޙަރަކާތެއް އަންނަނީ ހިންގަމުންނެވެ. ވަރަށްގިނަ މީހުން އެ ޙަރަކާތާމެދު ވިސްނައި އުޅެނީ، ސޫފިތަކުގެ ޙައްޤުތަކާ ގުޅުވައިގެންނެވެ.

Print

ނަމާދުގެ ވަގުތު ފަސްކުރެވޭނީ ކިހާ އިރަކަށް؟

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ފިޤުހު

އަބޫ މުޙައްމަދު

 

ތަމްހީދު:

މާތް ﷲ ވަނީ މި އުއްމަތުގެ މައްޗަށް ރެޔަކާއި ދުވާލު، ފަސް ނަމާދު ފަރުޟުކުރައްވައިފައެވެ. އެ ނަމާދުތަކަކީ، ވަކި ޙިކްމަތަކަށްޓަކައި މާތް ﷲ މި އުއްމަތުގެ މައްޗަށް ފަރުޟު ކުރައްވައިފައިވާ ނަމާދުތަކެކެވެ. އެ ނަމާދުތަކަކީ، މާތް ﷲ ދެނެވޮޑިގެންވާ ވަކި ޙިކްމަތަކަށްޓަކައި، އެއަށް ވަކި ވަގުތުތަކެއް ކަނޑައެޅިފައިވާ ނަމާދުތަކެކެވެ. ނަމާދަކީ އިސްލާމް ކަމުގެ ދެވަނަ ރުކުނެވެ. މާތް ﷲ އަކީ ޙައްޤު ގޮތުގައި އަޅުކަންކުރެވޭނެ ހަމައެކަނި އިލާހުކަމަށާއި މުޙައްމަދުގެފާނަކީ މާތް ﷲ ފޮނުއްވި ރަސޫލާކަމަށް ހެކިވެ އިޤުރާރުވުމަށް ފަހު، އަދާކުރާންޖެހޭ ފުރަތަމަ އަޅުކަމަކީ ނަމާދެވެ. ނަމާދަކީ ދީނުގެ ތަނބު ކަމަށް ކީރިރި ރަސޫލާ ވަނީ ބަޔާންކުރައްވައިފައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ނަމާދުލައްވައިފައިވަނީ ވަގުތު ކަނޑައެޅިގެންވާ ފަރުޟެއް ކަމުގައެވެ. އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. إِنَّ الصَّلاَةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا   (ހަމަ ކަށަވަރުން ނަމާދަކީ މުއުމިންތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައި ވެއެވެ.) ކީރިތި ޤުރުއާނުގައި މާތް ﷲ އަންގަވައިފައިވަނީ ނަމާދުކުރާށެވެ! ނަމާދުކުރާނޭ ގޮތާއި ނަމާދުގެ ވަގުތުތައް އުއްމަތަށް އުނގަންނަވައިދެއްވީ ކީރިތި ރަސޫލާ (صلى الله عليه وسلم ) އެވެ.

Print

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (9)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ

(2020 މެއި 6 ވަނަ ދުވަހު ޝާއިޢޫކުރެވުނު ބައާ ގުޅޭ)

171. އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ފަރްޟު ފަސް ނަމާދު ފަރްޟު ކުރެއްވިއިރު މަޣްރިބު ނަމާދުނޫން ކޮންމެ ނަމާދެއްގައި އޮތީ ދެ ރަކްޢަތެވެ. މަޣްރިބު ނަމާދުގައި އޮތީ ތިން ރަކްޢަތެވެ. ރަސޫލާ މަދީނާއަށް ހިޖްރަކުރެއްވުމުން މެންދުރު ނަމާދާއި ޢަޞްރުނަމާދާއި ޢީޝާ ނަމާދުގެ ރަކްޢަތުގެ ޢަދަދު ހަތަރަކަށް އިތުރު ކުރެއްވިއެވެ. 

Print

މައްކާ ފަތަޙަކުރެއްވުން: ރޭވުމުގެ މޮޅުކަމާއި ތަންފީޒުކުރުމުގެ ކުޅަދާނަކަން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

އިބްރާހީމް ރަޝީދު މޫސާ

މައްކާ ފަތަޙަކުރެއްވުމުގެ ޙާދިސާއަކީ ރަމަޟާން މަހުގެ ރޫޙާނީ ޖައްވުގެ ތެރޭގައި ހިނގައިފައިވާ ތާރީޚީ ބޮޑު ޙާދިސާއެކެވެ. އިސްލާމީ ދައުލަތުގެ ޝާނާއި ޝައުކަތު ބަދަލުކޮށްލި ޙާދިސާއެކެވެ. ޝިރްކުގެ ކިއްލާތައް ކުދިކުދިވެގެން ގޮސް ތައުޙީދުގެ ކަލިމަފުޅު މަތިވެރިވެގެން ދިޔަ ޙާދިސާއެކެވެ. ހިޖްރައިން 8 ވަނަ އަހަރުގެ  20ވަނަ ދުވަހު (މީލާދީން 630 ވަނައަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު) މާތްﷲ އެކަލާނގެ ލޮބުވެތި ރަސޫލާގެ އަތްޕުޅު މައްޗަށް މި ދެއްވި ފަތަޙައަކީ ވަރުގަދަ ރޭވުމަކާއި ހަރުދަނާ ފިޔަވަޅުތަކެއްގެ ތެރެއިން ލައިފައި ވުޖޫދަށް ނެރުއްވައިދެއްވި ފަތަޙައެކެވެ.  

Print

ޤުރުއާނާއި ސުންނަތުގައިވާ އިޢުޖާޒުގެ އެކުމާފާނު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ފޮނުވީ: އެމް

ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައިވާ މުޢުޖިޒާތްތައް، މިޒަމާނުގެ ސައިންސްގެ އަލީގައި ކަޝްފުވެ ހާމަވަމުން ދެއެވެ. މިކަމަށް އަހަންމިއްޔަތު ދޭ ފަރާތްތަކުން، އިސްލާމްދީނުގެ ތެދުކަން ބަޔާންކޮށްދޭ ޒަމާނީ ޙުއްޖަތެއްގެ ގޮތުގައި އެ މުޢުޖިޒާތްތައް ހާމަކުރަމުން ގެންދެއެވެ. މި ބީދައިން މިކަން ކުރަމުންގެންދާ އެއްފަރާތަކީ، The quran miracles encyclopedia އެވެ. ނުވަ ބަހުން ތައްޔާރުކޮށްފައިވާ މި އެކުމާފާނު ވަނީ، އިންޓަރނެޓުގައި ޤާއިމްކޮށްފައެވެ.
Print

ފަޒާގެ ތަނަވަސްކަން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ޢަޤީދާ


ހާރޫން ޔަޙްޔާ
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

މި ކާއިނާތުގައި ހިމަނައި ކޮޅުން ނުލާހައި ގިނަ ނިޒާމްތައް އެބަ ހިނގަ އެވެ.  އަޅުގަނޑުމެންނަށް އިޙްސާސް ނުކުރެވުނު ކަމުގައި ވިޔަސް މި ހުރިހައި ނިޒާމެއް ކޮންޓްރޯލް ކުރައްވަނީ ﷲ އެވެ. މިސާލަކަށް އަޅުގަނޑުމެން ނިދާފައި ތިބޭ އިރު ވެސް އަދި ފޮތް ކިޔާ އިރުވެސް ނުވަތަ ހިނގާ އިރުވެސް އަޅުގަނޑުމެން މި ތިބެނީ ﷲ ގެ ކޮންޓްރޯލްގެ ދަށުގަ އެވެ. ﷲ މި ކާއިނާތާއި މި ކާއިނާތުގައި ލައްވާފައިވާ ގިނަގުނަ ތަކެތި ހައްދަވާފައި ވަނީ އެކަލާނގެ ކުޅަދުންވަންތަކަން އަޅުގަނޑުމެންނަށް ދެއްކެވުމަށްޓަކަ އެވެ. ކާއިނާތު ހައްދަވައި ހިންގަވާ ސަބަބު އަންގަވައި ދެއްވުމުގެ ގޮތުން ކީރިތި ޤުރްއާންގައި ﷲ އަންގަވާފައި ވަނީ މި

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ