އަދުގެ ޚާއްސަ

ދީން

Print

"ރޯދައިގެ އުއްމީދުކުރެވޭ ނަތީޖާ" - 1432 ހ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ފިޤުހު

ކޮންމެ މީހަކުވެސް އެމީހެއްގެ ނަތީޖާ އަމިއްލައަށް ވަޒަންކޮށްލާށެވެ!


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ޝައްކެތްނެތްގޮތުގައި، އަޅުތަކުންގެ ޢަމަލުތައް ބައްލަވައިވޮޑިގަތުމާއި އެ ޢަމަލުތަކަށް އެންމެ ޢަދުލުވެރި ޖަޒާދެއްވުމަކީ ހަމައެކަނި ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ކަމެކެވެ. މުއުމިނުންނަށް އަމުރުވެވިގެންވަނީ އެމީހަކަށް ކުޅަދާނަކަން ލިބުނު އެންމެ ފުރިހަމަގޮތެއްގައި ﷲ ތަޢާލާއަށް އަޅުކަން އަދާކުރުމުގައި ދެމިހުރުމަށެވެ. އަދި މިފަދައިން އަޅުކަން އަދާކުރަމުންދާއިރު، ތިމާގެ ޢަމަލުތައް ވަޒަންކޮށް ނަފުސު ހިސާބު ކުރުމަށް ވެސް އަންގަވައިފައި ވެއެވެ.
Print

2020ގައި ޔޫރަޕުގެ މުސްލިމު އާބާދީ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


އާދަމް ނަޞީރު އިބްރާހީމް

އިންޓަރ ނޭޝަނަލް ޖަރނަލް އޮފް އެންވަޔަރަންމެންޓަލް ސައިންސް އޮފް ޑިވެލޮޕުމަންޓު  ބުނާ ގޮތުން 2020ވަނަ އަހަރު  ޔޫރަޕުގައި މުސްލިމުންގެ ނިސްބަތް އިތުރުވެގެންދާނެއެވެ.  މި ޖާނަލްގައި ޝާއިޢުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި  ވަނީ، 1950ން ފެށިގެން ޔޫރަޕުގެ އެކި ސަރަހައްދުތަކުގެ ވަކި ވަކި ޤައުމުތަކުގެ މުސްލިމު އާބާދީއަށް ވަރަށް ތަފުޞީލުކޮށް ބަލައިލައިފައެވެ. އުނިވުމާ އިތުރުވުން އައިސްފައިވާ ގޮތް ދައްކައިދީފައެވެ. ވިހިވިއްސަށް ލަފާކުރާ ނިސްބަތް ހާމަ  ކޮށްފައެވެ.
Print

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (8)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސިޔަރަތު

 އިބްރާހީމް ރަޝީދު މޫސާ

(2020 މެއި 5 ވީ އަންގާރަ ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)

147. އަބޫބަކްރުގެފާނު މިނިވަންކުރެއްވި ޢާމިރު ބިން ފުހައިރާ،  ރަސޫލާ ﷺ އާއި އަބޫބަކްރުގެފާނަށް ޚިދްމަތް ކުރުމަށް ޓަކައި މި ދަތުރުމަތީގައި އުޅުއްވިއެވެ. 

148. މި ދަތުރުފުޅުގެ އާރުކާޓީއަކީ  ޢަބްދު ﷲ ބިން އުރައިޤިޠެވެ. އޭރު އޭނާއަކީ ކާފިރެކެވެ. 

149. ރަސޫލާ ﷺ އާއި އަބޫބަކްރުގެފާނާއި ޢާމިރު ބިން ފުހައިރާއާއި ޢަބްދުﷲ ބިން އުރައިޤިޠު މަދީނާއަށް ދަތުރުފުޅު ކުރެއްވީ އައްސޭރި މަގުންނެވެ. މި ދަތުރުފުޅުމަތީގައި އަޖައިބުން ފުރިގެންވާ އެތައް ކަންތައްތަކެއް ހިނގިއެވެ. މި ޙާދިސާތަކުގެ ތެރޭގައި:-  

Print

ކީރިތި ޤުރުއާނުގައި ذوالكفلގެފާނު (عليهِ السّلام)

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

عبدالعزيزجمال أبوبكر

މި ލިޔުން ވިދާޅުވަމުން ގެންދަވާއިރު ތިޔަ ބޭފުޅުންގެ ހިތްޕުޅަށް އެރުން އެކަށީގެންވާ ސުވާލަކީ ސަލާމްލެއްވި ޛުލްކިފްލިގެފާނަކީ ނަބީ ބޭކަލެއްތޯ ރަސޫލު ބޭކަލެއްތޯ ނުވަތަ ނޫންތޯ އެވެ. އަޅުގަނޑުގެ ހިތުގައިވެސް ފުރަތަމަ އުފެދުނީ ތިޔަ ސުވާލެވެ.

ތިޔަ ސުވާލުގެ ޖަވާބުގައި އާނއެކޭ ނުވަތަ ނޫނެކޭ ދަންނަވަން ނޭނގުނުކަމަށް ވިޔަސް ކަށަވަރުވާ ކަމެއް އެބަ އޮތެވެ. އެއީ ކީރިތި ޤުރުއާނުގައި ޛުލްކިފްލިގެފާނުގެ ނަންފުޅު އައިސްފައިވަނީ ނަބީ ބޭބޭކަލުންގެ ނަންފުޅުތަކުގެ ތެރޭގައި އެ ބޭބޭކަލުންގެ ނަންފުޅުތަކާ ވިދިގެންކަމެވެ. އަދި ފިޤުހު ފޮތްފޮތާއި މި ނޫނަސް ދީނީ ފޮތްފޮތުގައި މި ނަންފުޅު ޛިކުރުކުރައްވައިފައިވަނީ ނަބީބޭކަލުންގެ ގިންތީގައިކަމެވެ.

Print

އުޑުފުޅާވުން

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

ޢިލްމުވެރިންނަށް ތަރިތައް ހުންނަތަން ފެންނަން ފެށުމުން އެތަންތަން ދިރާސާ ކުރަން ފެށިއެވެ. އެތަކެތި އުފައްދަވާ ފައިވާ ސިފަތަކާއި އަދި އޭގެ އެހެނިހެން ސިފަތައް ދިރާސާ ކުރަން ފެށުމުން، އަހަރުމެންގެ ވަށައިގެންވާ ފަޟާއަކީ މެދުނުކެޑި ފުޅާވެ، ބޮޑުވަމުންދާ ތަނެއްކަން އެމީހުންނަށް ވަނީ އެނގިފައެވެ. މިކަން އެމީހުންނަށް އެނގުނީ ވަރަށް އާދައިގެ ތަޖުރިބާއެއް ކޮށްގެންނެވެ. މިތަޖުރިބާގައި ތަރިތަކުން ފޮނުވައިދޭ އަލި ބިއްލޫރި ޕްރިޒްމަކަށް އަޅުވައިގެން ފާޅުވާ ހަތް ކުލައާ މެދު ވިސްނާ ދިރާސާ ކުރިއެވެ. 20ވަނަ ޤަރުނުގެ ކުރީކޮޅު ހެދި މި ތަޖްރިބާއިން ހާމަވީގޮތުގައި ފަޟާގެ ތެރެގައިވާ ގެލެކްސީތައް އަހަރެމެންނާ ނުވަތަ އޭގެ އެކަތި އަނެކައްޗާ ދުރު ވަމުންދާ ބާރުމިން ބައެއް ފަހަރު އަލި ދަތުރުކުރާ ބާރުމިނާ ކައިރި ކުރާ ބާރު މިނެއްގައި ދުރުވަމުން ދެއެވެ. އަލި ދަތުރުކުރާ ބާރުމިނަކީ ގާތްގަޑަކަށް ސިކުންތަކު ތިންސަތޭކަ ހާސް ކިލޯމީޓަރެވެ.
Print

އިސްލާމްދީނާއި ޓެރަރިޒަމް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ޢަޤީދާ


މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ޓެރަރިޒަމަކީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލެވެ. ޓެރަރިޒަމުގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ އެފަދަ އަނިޔާވެރި ޢަމަލުތައް ހިންގާ ގިނަ މީހުން އެ ޢަމަލުތައް ހިންގަނީ ދީނުގެ ނަމުގައި ކަމަށް ވުމެވެ. ޚާއްޞަކޮށް އިސްލާމްދީނުގެ ނަމުގައި ކަމަށް ވުމެވެ.

ޓެރަރިސްޓަކަށް ވިޔަސް އަދި އެހެން މީހަކަށް ވިޔަސް އެމީހަކު ކުރާކަމެއް ފުރިހަމައަށް ކުރާނީ އެކަމެއްގެ ރަނގަޅުކަން ޢަޤީދާއެއްގެ ގޮތުގައި ގަބޫލު
Print

ޒަމާނީ ފިޤުހީ މައްސަލަތަކުގެތެރެއިން .... (4)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ފިޤުހު



ޕްރީމެރިޓަލް ޖެނެޓިކް ސްކްރީނިންގ


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ތަޢާރުފު:


ޕްރީމެރިޓަލް ޖެނެޓިކް ސްކްރީނިންގ (الفحص الطبي قبل الزواج) އަކީ ކައިވެނި ކުރަން ބޭނުންވާ (އަންހެންމީހާ އާއި ފިރިހެންމީހާއާ) ދެމީހުންކުރެ މީހެއްގެ ކިބައިގައި ހުރި، ވިރާޘީގޮތުން (ދަރިފަސްކޮޅަށް) ނަޤުލުވަމުންދާ ނުވަތަ ގައިންގަޔަށްއަރާ ނުވަތަ އެ ނޫން ވެސް ބައްޔެއް ނުވަތަ ބަލިތަކެއް ދެނެގަތުމަށްޓަކައި، އެ ކަމަށް ޚާއްޞަ ކުރެވިފައިވާ ލެބޯޓްރީއެއް ނުވަތަ ކްލިނިކެއްގައި، ކައިވެނީގެ ޢަޤުދު ކުރުމުގެ ކުރީން ޠިއްބީ (medical) ގޮތުން ކުރެވޭ ތަޙުލީލު ތަކެކެވެ.[1]
Print

ހުކުރުދުވަސް

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދިރާސާ

 ދުވަސްތަކުގެ ސާހިބާ

إبراهيم رشيد موسى

ހުކުރުދުވަހަކީ   ހަފުތާގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އެދުވަހަށް يوم الجمعة  އޭ ކިޔުނީ އާދަމުގެފާނު ހެއްދެވިދުވަސްކަމުގައިވާތީއެވެ. އެދުވަހަށް يوم الجمعة  އޭ ކިޔުނީ ޤުރައިޝުން ދާރުއްނަދްވާ ގައި ޤުޞައްޔުގެފާނާ ބައްދަލުކުރައްވާތީއެވެ.ޖާހިލީޒަމާނުގައި އެދުވަހުގެ ނަމަކީ ޢުރޫބާ ދުވަހެވެ. (ނުވަތަ ޢަރަބިންގެ ދުވަހެވެ. ހުކުރުދުވަހަށް يوم الجمعة  އޭ  ކިޔުނީ އެދުވަހު މުސްލިމުން ހުކުރުނަމާދު ޖަމާޢަތުގައި ކުރުމަށްޓަކައި އެއްވާތީއެވެ.
Print

ރަމަޟާން މަހު މުސްލިމުންނަށް ލިބިފައިވާ ބައެއް ކާމިޔާބީތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

އަބޫ މުޙައްމަދު

ތަމްހީދު

ރަމަޟާން މަހޭ ބުނުމުން އަޅުގަނޑުމެންގެ ހިތްތަކަށް އާދަޔާ ޚިލާފު ޝުޢޫރުތަކެއް ވެރިވެގެން އާދެއެވެ. ތަޤުވާވެރިކަމާއި ރޫޙާނިއްޔަތު ދިރިގެން އާދެއެވެ. އަޅުކަމާއި ކެތްތެރިކަމާއި މި ހުރިހާ ކަމެއް ވެސް ހިތް މައްޗަށް އަންނާނެއެވެ. މިއީ ރަމަޟާން މަހާ ގުޅިގެން އަޅުގަނޑުމެންގެ ހިތްމައްޗަށް ކުއްލިއަކަށް ވެރިވެގެން އަންނާނެ ޝުޢޫރުތަކެވެ. 

Print

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (7)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސިޔަރަތު

 

އިބްރާހީމް ރަޝީދު މޫސާ

(4 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

115. ޢަޤަބާގެ ޝިޢުބެއްގައި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގެ މެދުތެރޭގައި ރަސޫލާއާއި އަންޞާރުންގެ 73 ބޭކަލަކާ ދެމެދުގައި ސިއްރު ބައްދަލުވުމެއް ބޭއްވުނެވެ. 

116. އެއްބަސްވެވުނު މީޢާދާ އެއްގޮތަށް ރޭގަނޑުގެ ވަގުތެއްގައި ނަބިއްޔާ ﷺ މަދީނާގެ 73 ބޭކަލުންނާއި 2 ބޭކަނބަލާއެކު ޢަޤަބާގެ ދެވަނަ އެއްބަސްވުން ޤާއިމުވެގެން ދިޔައެވެ. މި އެއްބަސްވުމަށް ޢަޤަބާގެ ދެވަނަ ބައިޢަތުގެ ނަން ދެވިފައިވެއެވެ. (އަންހެން ދެ ކަނބަލުންނަކީ: ނުސައިބާ ބިންތު ކަޢުބާއި އަސްމާއު ބިންތު މާޒިން ބިނުއް ނައްޖާރެވެ.)

 

Print

ބިގް ބޭންގް ތިއަރީ

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

ޢިލްމުވެރިން ވިދާޅުވަނީ މިގޮތަށް މިކައުނުގެ ބޮޑުމިން އިތުރުވަމުން ފުޅާވަމުންދާ ދިޔުމަށް ބަލާއިރު، މިފުޅާވުން ކުރިން އޮންނާނެކަމަށް ލަފާކުރެވެނީ ނުވަތަ މިފުޅާވުން ކުރީގެ ޒަމާނަށްދާނަމަ މިކައުނު އުފެދިފައިވާ މާއްދާވާނީ އެކުވެފައިވާ އެކަތިގަނޑަކަށެވެ. ނުވަތަ އެއް ގެލެކްސީ އަކަށެވެ. މި ގެލެކްސީގައި ހަކަތައާއި ބުރަދަން އާދަޔާ ޚިލާފަށް މަތިވާނެއެވެ. އަދި މި ގެލެކްސީ ގޮވާ އޭގެ ބައިތައް ބުރަ ބުރައިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ތަފާތު ގެލެކްސީތައް އުފެދިގެން ދިޔައެވެ.

މިއީ މިކައުނު އުފެދުނުގޮތާ ބެހޭގޮތުން ޢިލްމުވެރިން މިހާރު އެންމެ ޤަބޫލުކުރާ ތިޔަރީއެވެ. މި ތިޔަރީއަށް ކިޔަނީ [ބިގް ބޭންގް ތިއަރީ] ނުވަތަ ބޮޑު ގޮވުމެވެ. މިކައުނު ފުޅާވުމާއި މިކައުނުން އަހަރެމެންނަށް ފެންނަބައިގެ ކައިރި ފަށުގައި ކައުނީ ދުން ނުވަތަ ފުސް ތަކެއްވާކަން މިތިއަރީން ހާމަކޮށްދެއެވެ.
Print

ވަޢުދު ފުއްދުން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ޢަޤީދާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

ކީރިތި ޤުރްއާނުގެ އެންމެ ފުރަތަމަ ސޫރަތަކީ އަލްފާތިޙާ އެވެ. އަޅުގަނޑުމެން ޢާއްމުކޮށް ކިޔާ ގޮތަށް ނަމަ އަލްޙަމްދެވެ. އެ ސޫރަތުގެ 5 ވަނަ އާޔަތުގެ މާނަ ދަންނަވައިލާނަމެވެ. "އަޅަމެން އަޅުކަން ކުރަނީ އިބަސުވާމީންގެ ކިބަފުޅަށެވެ. އަދި އަޅަމެން ވާގިއެދެނީ އިބަސުވާމީންގެ ކިބަފުޅުންނެވެ."

ސޫރަތުލްފާތިޙާ އަކީ އެ ސޫރަތާނުލައި ނަމާދު ޞައްޙަ ނުވާ ސޫރަތެކެވެ. ނަމާދުގެ ކޮންމެ ރަކްޢަތެއްގައި އެ ސޫރަތް ކިޔަވަން ޖެހެއެވެ. ފަސްވަގުތު ނާޅައި ފަރުޟު ނަމާދުކުރާ މީހާ ރެޔަކާއި ދުވާލު 17 ފަހަރު "އަޅަމެން އަޅުކަން ކުރަނީ
Print

ޒަމާނީ ފިޤުހީ މައްސަލަތަކުގެތެރެއިން ... (3)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ފިޤުހު


ދަރިމައިވުމުގެ އާ ގޮތްތައް


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ތަޢާރުފު :

ޠަބީޢީގޮތުން ދަރިމައިނުވާ މީހުން ދަރިމައި ކުރުވުމަށްޓަކައި، 21 ވަނަ ޤަރުނުގައި އާ އީޖާދުތަކެއް ވަނީ ކޮށްފައެވެ. އަދި މި އާ ހޯދުންތަކުގެ އަލީގައި ދަރިމައިވާ ގޮތް ހަދައިގެން ކުދިން ހޯދުމަކީ އަދުގެ ދުނިޔޭގައި ޢާއްމު ކަމެކެވެ. މި ކަން އެންމެ ބޮޑަށް ޢާއްމުވެފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އާއި އެމެރިކާ ހިމެނެއެވެ.

އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހައި ކަމެއް އޭގައި ޝާމިލުވާ ދީނެއްކަމުން، ދުނިޔޭގައި އަލަށް އުފެދޭ ކޮންމެ ކަމަކާމެދު ވެސް މި ދީން ދެކެނީ ކިހިނެއްތޯ ބެލުމަކީ މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.
Print

ލޯތްބާއި ނަފުރަތު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

ފިލިޕް ޖޯން ބޭޔަރ  (Philip John Bayer)އަކީ މޮރޮކޯގެ ވަރަށް މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާއަކީ ކުއެކަރސްޓޭޓް ރިފައިނިންގ ކޮމްޕެނީގެ ބާނީއެވެ. އޭނާއަށް ލިބުނީ އެންމެ ފިރިހެން ދަރިއެކެވެ. މި ދަރިފުޅު މަރުވިއިރު ދަރިފުޅުގެ އަންހެން ދަރިޔަކު ހުރެއެވެ. އެއީ އެލީނާ ރިޗީ (Eleaner Ritchey) އެވެ.
Print

ޢުޘްމާނީ ޚިލާފަތުގެ ފެށުމާއި ނިމުން

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް


މަޑަވެލީ ޢަލީ ނަސީރު

ޢުޘްމާނީ ޚިލާފަތުގެ ފެށުމާއި ނިމުން

ޖުލައި 27، 1299ން ނޮވެމްބަރ 1، 1922 ށް

ޢައްބާސީ ދައުލަތުގެ ދުވަސްވަރަކީ، އިސްލާމީ ދައުލަތުގެ ތަރައްޤީ އާއި، ތަހުޒީބާއި، ތަމައްދުނު އޭގެ އެންމެ ބާރުމިނުގައި ކުރިއަރަމުންދިޔަ ދުވަސްވަރޭ ދެންނެވުމަކީ، ދޮގަކަށް ނުވާނެ އެވެ. އަދި ވަކިން ޚާއްޞަކޮށް ޚަލީފާ ހާރޫނުއްރަޝީދުގެ ދުވަސްވަރާއި، ޚަލީފާ މައުމޫނުގެ ދުވަސްވަރަކީ، ޢިލްމީކަންތައްތަކާއި އަދި އެހެނިހެން ކަންތައްތަކަށް އެނޫން ދުވަސްވަރެއްގައި އަހައްމިއްޔަތުކަން ދެވިފައި ނުވާފަދަ މަތީދަރަޖައަކަށް އަހައްމިއްޔަތުކަން ދެވިފައިވާ ދުވަސްވަރެކެވެ.
Print

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (6)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ

(3 މެއި 2020 (އާދީއްތަ) ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

99. ﷲ  ޢައްޒަ ވަ ޖައްލަގެ ޙަޟްރަތަށް ރަސޫލާ  ކުރެއްވި މި ޒިޔާރަތް ނިމިވަޑައިގަތުމުން، ޖިބްރީލުގެފާނުގެ އަރިހުގައި ބިމަށް އެނބުރި ވަޑައިގަތެވެ. އެއަށްފަހު ޖިބްރީލުގެފާނުގެ އަރިހުގައި އަލްމަސްޖިދުލްއަޤްޞާއަށް ވަޑައިގެންނެވިއެވެ. ދެން އެ ތަނުން ބުރާޤުގައި މައްކާއަށް އެނބުރިވަޑައިގަތެވެ.

Print

މިކައުނުގެ ހުރިހާ ދިރުމެއްގެ އަޞްލަކީ ފެނެވެ.

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

[أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا وَجَعَلْنَا مِنَ الْمَاء كُلَّ شَيْءٍ حَيٍّ أَفَلَا يُؤْمِنُونَ] (سورة الانبياء 30) މާނައީ: [އުޑުތަކާއި ބިންތައް އެއްވެފައިވަނިކޮށް ތިމަން ރަސްކަލނާގެ އެތަކެތި ވަކިވަކި ކުރައްވައި (ނިޒާމު ދެއްވަވައި) ހެއްދެވިކަން ކާފިރުވެގަތް މީހުނަށް ނޭނގެނީ ހެއްޔެވެ؟ އަދިތިމަން ރަސްކަލާނގެ ހުރިހާ ދިރޭ ތަކެތީގެ ޙަޔާތް، ފެނުން ދެއްވަވައި އުފެއްދެވީމެވެ. ފަހެ، މިފަދަ ނިޢުމަތްތައް ދެއްވުމާއެކުވެސް އެބައިމީހުން އީމާން ނުވަނީ ހެއްޔެވެ؟]
Print

ލޯބިވާ ދަރިފުޅަށް (3)

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ލޮބުވެތި ދަރިފުޅާއެވެ!

ތިބާ ނުކުރާ މަސައްކަތެއްގެ އުޖޫރައެއް ތިބާއަކަށް ނުލިބޭނެ އެވެ. ރިވާވެފައިވާ ވާހަކައެއްގައި ވެ އެވެ. އިސްރާއީލު ބާގައިގެ މީހުންގެ ތެރޭގައި އަޅުވެރިއަކު ހުށްޓެވެ. އޭނާ މާތްﷲގެ ޙަޟްރަތަށް އިޚުލާޞްތެރިކަމާއެކު އަޅުކަންކުރުމުގައި ހަތްދިހަ އަހަރު ހޭދަކުރި އެވެ. ދެން މާތް ﷲ މަލާއިކަތުންނަށް އޭނާ ދެއްކެވުމަށް އެދިވޮޑިގެން، އޭނާގެ ގާތަށް މަލާއިކަތް ބޭކަލަކު ފޮނުއްވެވި އެވެ. އެބޭކަލަކު ވަޑައިގެން ޚަބަރު ދެއްވީ، އޭނާ ކޮށްފައިވާ އަޅުކަމުގެ ގިނަ ކަމާއެކު ވެސް،
Print

ނަމާދުގެ އަޅުކަމާ ގުޅޭގޮތުން މީހުން ބަހައިލެވޭ ބައިތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ފިޤުހު


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ތިބާ ހިމެނެނީ މީގެ ތެރެއިން ކޮން ބައެއްގައިހެއްޔެވެ؟


ނަމާދަކީ އިސްލާމްކަމުގެ ދެވަނަ ރުކުނެވެ. އަދި ޤިޔާމަތް ދުވަހުގައި އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނެ ޢަމަލަކީ ނަމާދު ކަމުގައިވެސް ޙަދީޘްގައި އައިސްފައި ވެއެވެ. ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ޤިޔާމަތް ދުވަހުގައި އަޅާގެ ޢަމަލުތަކުގެތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނޭ ޢަމަލަކީ ނަމާދެވެ. ފަހެ، ނަމާދު ރަނގަޅުވެއްޖެނަމަ އޭނާގެ ހުރިހައި ޢަމަލެއް ރަނގަޅުވެދާހުއްޓެވެ. އަދި ނަމާދު ފާސިދުވެއްޖެނަމަ އޭނާގެ ހުރިހައި ޢަމަލެއް ފާސިދުވެދާހުއްޓެވެ."[1]
Print

ޚަލީލާއި ޛަބީޙުގެ އުފާވެރި ހަނދާން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް



ތަރުޖަމާކޮށް އެކުލަވައިލީ: އަޙްމަދު އަޖްމަލް ޙާމިދު

1. ގޮަވައިލެއްވި ގޮވައިލެއްވުން

އިބްރާހީމްގެފާނު ކަޢުބާ ބިނާކޮށް ނިންމެވުމުން، މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލެއްވުމަށް މާތް ﷲ އެކަލޭގެފާނަށް އަމުރުކުރެއްވިއެވެ. މިއަމުރުފުޅާމެދު އެކަލޭގެފާނުގެ ހިތްޕުޅުގައި ސުވާލު އުފެދުނެވެ. އެކަލޭގެފާނު ދެންނެވިއެވެ. "ޔާ ﷲ އެވެ. މިއަޅާގެ އަޑު އެހުރިހާ އެންމެންނަށް ފޯރާނީ ކިހިނަކުންތޯއެވެ؟" އެހިނދު މާތް ﷲ އެކަލޭގެފާނަށް އެންގެވީ އެކަލޭގެފާނުގެ ވާޖިބަކީ މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލެއްވުން ކަމަށެވެ. އެގޮވައިލެއްވުން އެންމެހާ މީސްތަކުންނަށް ފޯރުކޮއްދެއްވުމަކީ އެކަލާނގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ