އަދުގެ ޚާއްސަ

ދީން

Print

އެކްސެލުން ހެދި މުޢުޖިޒާތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުލްމުޢީދު ޙަސަން


ޝަބަކަތު މިޝްކާތިލް އިސްލާމިއްޔާ ވެބްސައިޓުގެ މެންބަރަކު، ޝަރުޢީ ފަތުވާއެއް ހޯއްދެވުމަށް އެދިވަޑައިގެން އެ ސައިޓަށް ސުއާލެއް ހުށަހެޅުއްވިއެވެ. އޭނާ ލިޔުއްވާފައި ވެއެވެ. "މި ހުށަހަޅާ ތަސްވީރުތަކާއި އޭގެ ތިރީގައި ލިޔެފައިވާ އެއްޗެއް ބެއްލެވުމަށްފަހު، އޭގެ ޙުކުމް ބަޔާންކޮށްދެއްވުން އެދި ދެންނެވީމެވެ."

އޭނާ ހުށަހަޅާފައިވާ ތަސްވީރުތަކަކީ، ވަރަށް ގިނަ އިސްލާމީ ވެބްސައިޓުތަކުން ފެންނަމުންދާ އެއްޗެކެވެ. އެއީ އެކްސެލުން ހަދާފައިވާ އެއްޗެއް ކަމަށް ބައެއް ލިޔުންތަކުގައި ވެއެވެ. އަދި އެ ލިޔުންތައް އިންޓަރނެޓްގެ އެއް ތަނުން އަނެއް ތަނަށް ނަކަލުކުރެވެމުން ދެއެވެ.

ތިރީގައި މިވަނީ، ނަންގަނެވިދިޔަ މެންބަރު ހުށަހެޅުއްވި ތަސްވީރުތަކާއި، ޝަބަކަތު މިޝްކާތިލް އިސްލާމިއްޔާ އިން ދެއްވާފައިވާ ޖަވާބުގެ ތަރުޖަމާއެވެ.

Print

ޙަދީޘުފޮތްތައް ލިއެވިފައިވާ މައިގަނޑު ގޮތްތައް

ޝާޢިއުކުރީ ޔާސީން ނަސީމު އަބޫބަކުރު . ހިމެނޭބަޔަކީ ދިރާސާ


ޔާސީން ނަސީމު އަބޫބަކުރު / މުގޫ ލ.މާވަށް


ކީރިތި ޤުރުއާން ފިޔަވައި އިސްލާމްދީނުގެ އެންމެ މުހިންމު މަޞްދަރަކީ ކީރިތި މާތް ރަސޫލާ މުޙައްމަދު صلّى الله عليه وسلمގެ ސުންނަތެވެ. އެހެންކަމުން ކީރިތި ޤުރުއާނެކޭ އެއްފަދައިން ސުންނަތަކީވެސް އަޅުގަނޑުމެން އެއާމެދު، ރައްކާތެރިވެ، އުނގެނި ދަސްކުރަންޖެހޭނޭ އެއްޗެކެވެ.
ކީރިތި ޤުރުއާން އަޅުގަނޑުމެންނާއި ހަމައަށް އައިސްފައިވަނީ ތަވާތުރުގެ ފުރިހަމަ މަގުންކަމާމެދު އަޅުގަނޑުމެންގެ ތެރެއިން އެއްވެސް އަޚަކު ޝައްކެއް ނުކުރާނެއެވެ. ނަމަވެސް ސުންނަތާމެދު، ތަފާތުގޮތްގޮތަށް ވާހަކަ ދެކެވޭ އަޑު މުޖުތަމަޢުގެ ތެރެއިން އަޅުގަނޑަށްވަނީ އިވިފައެވެ. އަޅުގަނޑަށް ލަފާކުރެވުނީ، އެއީ ސުންނަތާ ނުވަތަ ޙަދީޘާއި ބެހޭގޮތުން އޮޅުންފިލާފައި ނެތުމުގެ ސަބަބުން އަރާއަޅޮމެއްކަމުގައެވެ.
Print

އަލްޢައުލަމާ ( ބަވަނަކުރުން)

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ދިރާސާ



އިބްރާހީމް އަޙްމަދު


އަލްޢައުލަމާ މިބަސް ސިޔާސީ އިޤްތިޞާދީ  ފޮތްތަކުގައި މިފަހަކަށް އައިސް ވަރަށް ގިނައިން ބޭނުން ކުރެވިފައި ހުރެއެވެ. މިބަސް ބޭނުން ކުރެވިފައި ހުންނަތަން ފެންނަނީ ދެގޮތަކަށް މާނަ ކުރެވޭ ގޮތުގައެވެ. ބަހުގެ ގޮތުން ބަލާނަމަ ޢައުލަމާ ނުވަތަ ބަވަނަ ކުރުމަކީ އެއްޗެއް މުޅި ދުނިޔޭގައި ބޭނުންކުރާ ކަމުގައި ވުމެވެ. ނުވަތަ މުޅި ދުނިޔޭގައިވެސް އެއް އުޞޫލަކުން އެކައްޗެއް ބޭނުން ކުރަމުން ގެންދިއުމެވެ.  އެހެންކަމުން  މިބަހުގައި ކުރެވޭ ދެމާނައިން ކުރެ ފުރަތަމަ މާނައަކީ މޮޑަންވުން Modernity ނުވަތަ ޒަމާނީވުމާއި އެއެއްޗެއްގެ މައްޗަށް ބަރޯސާ Inter-dependence ކުރުމެވެ. އަލްޢައުލަމާގެ އިގިރޭސި ބަހުގެ މާނައަކީ Globalization އެވެ. މިބަސް ނެގިފައިވަނީ އިނގިރޭސި ބަހުގެ ((Globe އިންނެވެ.( ދުނިޔޭގެ ބިމުންނެވެ.) ( އަޅުގަނޑުމެން މިއުޅޭ ދުނިޔެ) އޭގެ އަނެއްކޮޅަކީ (World) العا لَم  ދުނިޔެއެވެ . އަނެއްމާނައަކީ ކައުނު (Universe ) الكون އެވެ. މިއީ އަޅުގަނޑުމެންގެ ބަހުން މިކިޔާ ބައިނަލްއަޤްވާމީ ވުމެއް Internationalization)) ނޫނެވެ. އެހެންކަމުން މިދެބަސް އޮޅުވާލައިގެން ބޭނުން ކޮށްގެން ނުވާނެއެވެ.
Print

ސަމާލުވާންޖެހޭ ނިންމުންތަކެއް

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދިރާސާ



ޝަރްޢީގޮތުން ހުއްދަނޫން އިޖްތިމާޢީ ގުޅުންތަކާއި ޖިންސީ ގުޅުންތައް ހުއްދަކުރުމަށް


                   މުސްލިމުންގެ ކިބައިން އެދޭ އެދުން

އިބްރާހީމް ރަޝީދު މޫސާ

ޢާއިލާގެ ތެރޭގައި ދެމަފިރިން ގެ މެދުގައި ފުރިހަމަ ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި އަނބިމީހާ ފިރިމީހާގެ އަމުރަށް ކިޔަމަންގަތުމާއި ، ކައިވެނިކުރާއިރު ވަލީހޯދުން އުވާލުމާއި،  ތަރިކަމުދާބެހުމުގައި ފިރިހެނުންނާއި އަންހެނުން ތަފާތުކުރުން ހުއްޓާލުމާއި ،ފުރާވަރުގެ ކުދިންގެމެދުގައި ޖިންސީ ސަަޤާފަތް ހިފެހެއްޓުމެއްނެތި ފެތުރުމާއި ، ކޮންމެ މީހަކަށްވެސް ބޭނުން ޖިންސަކާއެކު އަރާމުޙާޞިލުކުރުމުގެ ޙައްޤުލިބިގެންވާކަން ޤަބޫލުކުރުމަށް، އދ.ގެ އަންހެނުންގެ މަރްކަޒުގެ 53ވަނަޖަލްސާ އިން ގޮވައިލައިފިއެވެ.

Print

ޚަދީޖަތުގެފާނުގެ ޢުމުރުފުޅު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުލްމުޢީދު ޙަސަން


ޚަދީޖަތުގެފާނުގެ ޢުމުރުފުޅާ ބެހޭގޮތުން ލިޔެފައިވާ ލިޔުމެއް، ބައެއް ޢަރަބި ވެބްސައިޓްތަކުން ފެންނަން ފަށައިފިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم، އެކަމަނާއާ ކާވެނި ބައްލަވައިގެންނެވި އިރު، އެކަމަނާގެ ޢުމުރުފުޅަކީ، 25 (ފަންސަވީސް) އަހަރު ކަމަށް އެ ލިޔުމުގައި ވެއެވެ. ނަމަވެސް، މުސްލިމުންގެ މެދުގައި މަޝްހޫރުވެފައިވަނީ، އޭރު އެކަމަނާގެ ޢުމުރުފުޅަކީ، 40 (ސާޅީސް) އަހަރު ކަމަށެވެ.


ވެބްސައިޓުތަކުން ފެންނަ ލިއުމުގައި ވެއެވެ. "ޚަދީޖަތުގެފާނުގެ ޢުމުރުފުޅާމެދު، މުއައްރިޚުން، އަށް ރައުޔު ބަޔާންކޮށްފައި ވެއެވެ." އެލިއުމުގައި ބުނެފައިވާ 8 (އަށް) ރައުޔަކީ، ކީރިތި ރަސޫލާ صلى الله عليه وسلم، އެކަމަނާއާ ކާވެނި ބައްލަވައިގެންނެވި އިރު، އެކަމަނާގެ ޢުމުރުފުޅު ބުނެދޭ އަށް ރައުޔެވެ. އެ ރައުޔުތަކާއި އެ ރައުޔުތައް ބަޔާންވެފައިވާ ކަމަށް ބުނެފައިވާ މަޞްދަރުތައް ތިރީގައި މިވަނީއެވެ.

Print

ރޭ އަޅުކަން ކުރާށެވެ! ފަހެ އެއީ ބަލިމަޑުކަން ފައްސައިލާ ކަމެކެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

ނޯޓް: މިއީ، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ ގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.


މާތްﷲ ރުއްސުންލެއްވި އަބުއްދަރްދާ ގެ އަރިހުން އިމާމު އަޙްމަދާއި ،އައްތިރްމިޛީ އާއި އަލްބައިހަޤީ އާއި، އައްޠަބަރާނީ އާއި ،އިބްނު ޚުޒައިމާ އާއި، އަލްޙާކިމު ރިވާކުރެއްވި ޙަދީސެއްގައިވެއެވެ. ރަސޫލުﷲގެފާނު ވިދާޅުވިއެވެ. (عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأَبُ الصَّالِحِينَ قَبْلَكُمْ وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ وَمَنْهَاةٌ عَنْ الْإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنْ الْجَسَدِ) "ތިޔަބައިމީހުންގެ މައްޗަށް قيام الليل (ރޭއަޅުކަންކުރުން) ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެއީ ތިޔަބައިމީހުންގެ ކުރީގެ ޞާލިޙުންގެ އާދައެކެވެ. ހަމަކަށަވަރުން قيام الليل އަކީ ﷲގެ ޙަޟްރަތާ ކުއްތަންކުރުވާ، ކުށްފާފަތައް ނަހީކުރާ، ފާފަތައް ފުހެލައި،  އަދި ހަށިގަނޑާދުރަށް ބަލިމަޑުކަން ފައްސާލައި ކަމެކެވެ."

Print

ޒަމާނުގެ ބަހުން މީސްތަކުންނާ މުޚާޠަބުކުރުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޑރ. ޔޫސުފުލް ޤަރުޟާޥީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ނޯޓް:
މިއީ، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ވެބްސައިޓުން ނަގާފައިވާ ލިއުމެކެވެ.



އަޅުގަނޑު ތަބާވި ޤަޥާޢިދުތަކުގެ ތެރެއިން އެއް ޤަޥާޢިދަކީ، މީސްތަކުންނާ، އެބައިމީހުންގެ ޒަމާނުގެ ބަހުން މުޚާޠަބުކުރުމެވެ. އެއީ އެބައިމީހުންނަށް ރަނގަޅަށް ފަހުމްވެ ދޭހަވާ ބަހެވެ. އެބައިމީހުންނަށް ނޭގޭ އުނދަގޫ ބަސްތަކާއި ޢާއްމުކޮށް ބޭނުންކޮށް ނޫޅޭ ބީރައްޓެހި ލަފުޒުތައް އަޅުގަނޑު އެއްކިބާކުރަމެވެ. އަޅުގަނޑު ބަލަނީ، ފަސޭހައިން ދޭހަވާ، އަދި ރަނގަޅު މާނަ އެކުލެވޭ ލަފުޒުތައް ބޭނުންކުރުމަށެވެ.

އަލްއިމާމު ޢަލީގެފާނު ވިދާޅުވެފައި ވެއެވެ. (حدثوا الناس بما يعرفون، ودعوا ما ينكرون. أتريدون أن يكذب الله ورسوله؟) މާނައީ، "މީސްތަކުންނަށް އޮޅުންފިލާވަރަށް މީސްތަކުންނާ ތިޔަބައިމީހުން މުޚާޠަބުކުރާށެވެ! އެބައިމީހުން އިންކާރުކުރާ ތަކެތި ދޫކޮށްލާށެވެ! ﷲ އާއި އެކަލާނގެ ރަސޫލާގެ ބަސްފުޅުތައް ދޮގުކުރެވެން ތިޔަބައިމީހުން ބޭނުންވާނެ ހެއްޔެވެ؟"

Print

އިސްލާމީ ގެއަކީ، އުފާވެރިކަމުގެ މަންޒިލެކެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


އެތަން އާރާސްތުކުރެވޭނީ ނިކަން ލޯބިން ދިރިއުޅޭ ދެމަފިރިއަކަށެވެ. އެ ދެމަފިރިން އެތަން އާރާސްތުކުރާނީ، މަޥައްދަތާއި ލޯބިންނެވެ. ތެދުވެރިކަމާއި ވަފާތެރިކަމުންނެވެ. އިޙުތިރާމުކުރުމާއި އިޙުތިރާމު ލިބިގަތުމުންނެވެ.



ޢަބްދުލްމުޢީދު ޙަސަން


މާތްﷲ ޥަޙީކުރައްވާފައި ވެއެވެ. وَاللَّهُ جَعَلَ لَكُم مِّن بُيُوتِكُمْ سَكَنًا (އަންނަޙުލު: 80) މާނައީ، "އަދި ﷲ، ތިޔަބައިމީހުން ހިމޭންވެތިބޭ ތަންތަން ކަމުގައި، ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ގެތައް ލެއްވިއެވެ." އެހެންވީމާ، މުސްލިމުންގެ ގެދޮރު ވާންޖެހޭނީ، ހަމަޖެހިގެން ދިރިއުޅެވޭ ތަނެއް ކަމަށެވެ. އެތަނުގައި ދިރިއުޅޭއިރު އުފަލާއި އަރާމާއި ހިތްހަމަޖެހުން ލިއްބައިދޭ ތަނެއް ކަމަށެވެ. ހީވާގިކަމާއެކު އެކިއެކި ވަޒީފާތައް އަދާކުރުމަށްފަހު، އެނބުރި އައިސް، އަމާންކަމާއެކު އަރާމުކުރުމުގެ ވަގުތުތައް ހޭދަކުރެވޭ ތަނެއް ކަމަށެވެ.

Print

ކީރިތި ޤުރުއާނުގެ މުޖުތަމަޢުގެ ޑިމޮކްރެސީ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


މިއީ، ލީބިޔާގެ އަލްޤިޔާދަތުއްޝަޢުބިއްޔާ އަލްއިސްލާމިއްޔާ އަލްޢާލަމިއްޔާ އިން، ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި، 19 ނޮވެމްބަރ 2007 އިން 20 ނޮވެމްބަރ 2007 މ. އަށް ބޭއްވި ސެމިނާރ އަށް ހުށަހެޅުނު ކަރުދާހެކެވެ. މިކަރުދާހުގެ އަޞްލު، ޢަރަބި ބަހުން ތައްޔާރުކުރައްވައި، ސެމިނާރއަށް ހުށަހެޅުއްވީ، އައްޝައިޚު މުޙައްމަދު ޤުބާދު އަބޫބަކުރެވެ. މިކަރުދާސް  ދިވެހިބަހަށް ތަރުޖަމާކުރުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ސެމިނާ އިންތިޒާމުކުރެއްވި ފަރާތްތަކަށް އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ.
ޢަބްދުލްމުޢީދު ޙަސަން


މާތްﷲގެ ޙަޟްރަތަށް ޙަމްދު ހުއްޓެވެ. މި އިސްލާމީ އުންމަތަކީ މީސްތަކުންނަށް ނެރެދެއްވުނު ހެޔޮ އުންމަތް ކަމުގައި އެކަލާނގެ ލެއްވިއެވެ. މި އުންމަތުގެ މީހުން ހެޔޮކަންކަމަށް އަމުރުކޮށް، މުންކަރާތްތައް ނަހީކޮށް، ޢިއްޒަތްތެރިވަންތަ އެކަލާނގެ ޙަޟްރަތަށް އީމާންވާހައި ހިނދަކު، އެކަން އެގޮތުގައި ދެމިއޮންނާނެއެވެ. އެންމެ ސީދާވެގެންވާ މަންހަޖު، މިއުންމަތަށް އެކަލާނގެ ދެއްވާފައިވާ ކަމަށްޓަކައި ތަކުރާރުކޮށް އެކަލާނގެ ޙަޟްރަތަށް ޙަމްދު ދަންނަވަން ޖެހެއެވެ. މި އުންމަތަށް އެކަލާނގެ ދައްކަވާފައިވަނީ އެންމެ ހިތްހަމަޖެހޭ އެންމެ ލުއިފަސޭހަ މަގެވެ. އެއީ އެންމެ ސީދާވެގެންވާ ތެދުމަގެވެ. މި އުންމަތުގެ އަފުރާދުން މި ދުނިޔޭގައި ހިނގަންވީ އެމަގުންނެވެ. އާޚިރަތުގައި އެކަލާނގެ ރުއްސަވާވޮޑިގަތުމާއި ސުވަރުގެ ޙާޞިލުކުރުމަށްޓަކައެވެ.

Print

ޙަޤީޤަތާއި ވަހުމާ ދެމެދުގައި ދީން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޑރ. ޢަލީ ޖުމްޢާ (މިޞްރުގެ މުފުތީ)
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ﷲ ސުބްޙާނަހޫ ޥަތަޢާލާ، އެކަލާނގެ އަޅުތަކުންގެ ތެރެއިން ރަސޫލުބޭކަލުން ފޮނުއްވައި، އެބޭކަލުންނަށް ޥަޙީ ބާވައިލެއްވީ، ވަހުމުގެ އަނދިރީގެ ތެރެއިން، ޙަޤީޤަތުގެ އަލިކަމުގެ ތެރެއަށް މީސްތަކުން ނެރުއްވުމަށްޓަކައެވެ. އަދި މީސްތަކުން، އެމީހުންގެ ހަވާނަފުސާ ތަބާވުން ނަހީކުރައްވައި، ވިސްނައި ފިކުރުހިންގުމަށް އަމުރުކުރެއްވުމަށްޓަކައެވެ.

މީސްތަކުން ދިރިއުޅުމަށްޓަކައި، އެކަލާނގެ ކަނޑައަޅުއްވާފައިވާ، ނިޒާމުގައިވަނީ، ހެޔޮކަންކަމަށް އަމުރުކުރައްވައި، މުންކަރާތްތައް ނަހީކުރައްވާފައެވެ. އަދި އެ ނިޒާމުގައިވަނީ، މީސްތަކުން ދިރިއުޅެންވީ މަގު، ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. އެ ނިޒާމަށް އެކަލާނގެ ދެއްވާފައިވާ ނަމަކީ، "ސީދާވެގެންވާ ދީނެވެ." އަލްބައްޔިނާ ސޫރަތުގެ 5 ވަނަ އާޔަތުން އެކަން އެނގެއެވެ. އެއާޔަތުގައި ވެއެވެ. (وَذَلِكَ دِينُ الْقَيِّمَةِ) މާނައީ، "އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ." އެހެންނަމަވެސް، އެކަން ގިނަ ބަޔަކަށް ނޭނގެއެވެ. ސީދާވެގެންވާ ދީނުގައި، ޚާއްޞަ ސިފަތަކެއް ވެއެވެ. ބުއްދިއާއި އަޚުލާޤާއި މަޞްލަޙަތުތައް ރައްކާތެރިކުރުމާއި ބޭނުންތައް ތަހުޒީބުކުރުން އޭގައި ވެއެވެ. އަދި ގެއްލުމާއި ކިބުރުވެރިކަމާއި އަޚުލާޤީގޮތުން ދަށު ދަރަޖައިގެ ޢަމަލުތަކުން އެއްކިބާވުން އޭގައި ވެއެވެ. އާލު ޢިމްރާން ސޫރަތުގެ 14 ވަނަ އާޔަތާއި، ޞާދު ސޫރަތުގެ 26 ވަނަ އާޔަތުން މިކަންކަން އެނގެއެވެ.
Print

އިސްލާމްދީނުގެ ކުރީކޮޅުގައި ޝޫރާ ތަންފީޛުކުރެވުނު ގޮތުގެ ބައެއް ނަމޫނާތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ



މިއީ،  ލީބިޔާގެ  އަލްޤިޔާދަތުއްޝަޢުބިއްޔާ އަލްއިސްލާމިއްޔާ އަލްޢާލަމިއްޔާ އިން، ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި، 19 ނޮވެމްބަރ 2007 އިން 20 ނޮވެމްބަރ 2007 މ. އަށް ބޭއްވި ސެމިނާރ އަށް ހުށަހެޅުނު ކަރުދާހެކެވެ.
މިކަރުދާހުގެ އަޞްލު، ޢަރަބި ބަހުން ތައްޔާރުކުރެއްވީ، އަލްއުސްތާޛާ ޠަލްސޫމާ އަޙުމަދެވެ. މިކަރުދާސް  
ދިވެހިބަހަށް ތަރުޖަމާކޮށް  އެ ސެމިނާރއަށް ހުށަހެޅުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި    ސެމިނާ އިންތިޒާމުކުރެއްވި ފަރާތްތަކަށް އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ.

ޢަބްދުލްމުޢީދު ޙަސަން

މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ހުއްޓެވެ. އެކަލާނގެއީ، މީސްތަކުންނަށްޓަކައި ނެރެވުނު އެންމެ ހެޔޮ އުންމަތްކަމުގައި އިސްލާމީ އުންމަތް ލެއްވި ރަސްކަލާނގެ އެވެ. މި އުންމަތުގެ މީހުން ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރާހާ ހިނދަކު އެންމެ ހެޔޮ އުންމަތުގެ ގޮތުގައި ދެމި އޮންނާނެއެވެ.

Print

ތާރީޚުގެ ތެރެއިން ... ފަލަސްޠީނާއި ޤުދުސް

ޝާޢިއުކުރީ އިޔާޒު ނަސީމް . ހިމެނޭބަޔަކީ ދިރާސާ


އިޔާޒު ނަސީމް

ފަލަސްޠީނަކީ މެދުތެރޭ ކަނޑާއި އުރުދުން ކޯރާ ދެމެދުގައި އޮތް ބިމެވެ. މިއަދު މި ބިން ވަނީ އެތައް ބަޔަކަށް ބައި ކުރެވިފައެވެ. އިސްރާއީލާއި ހުޅަނގު އައްސޭރި އާއި ޣައްޒާ އޮތީ ފަލަސްޠީނުގެ ބިމުގައެވެ. ހަމަ އެފަދައިން މިއަދުގެ އުރުދުން އާއި ލުބުނާނާއި ސޫރިޔާގެ އިމުގެ ތެރޭގައި ވެސް ޤަދީމީ ފަލަސްޠީނަށް ނިސްބަތްވާ ބިންތައް އެބަހުއްޓެވެ. ވަކި ވެރިކަމެއްގެ ގޮތުގައި 1921 ވަނަ އަހަރު އުރުދުންގެ ރަސްކަން ޤާއިމުވުމުގެ ކުރީގައި އުރުދުން ނުވަތަ އެއިރުގެ ނަމުން ނަމަ "އިމާރަތު ޝަރްޤުލް އުރްދުން" އަކީ ވެސް ފަލަސްޠީނަށް ނިސްބަތްވާ ބިމެއްގެ ގޮތުގައި އޮތްތަނެކެވެ. މިހާރުގެ ފަލަސްޠީނު މީހުން ޤަބޫލު ކުރާ ގޮތުގައި ފަލަސްޠީނަކީ "އިމާރަތު ޝަރްޤުލް އުރުދުން" )ޓްރާންސްޖޯރޑާން( ނުހިމެނޭ ގޮތަށް "ފަލަސްޠީނުގެ ޤައުމީ ޤަރާރު" ގައި ބަޔާން ކުރެވިފައިވާ ފަދައިން 1920 ވަނަ އަހަރުން 1948 ވަނަ އަހަރަށް "ބްރިޓިޝް މޭންޑޭޓް ޕަލެސްޓައިން" ގެ ގޮތުގައި އޮތް ސަރަޙައްދެވެ. އެހެން ނަމަވެސް ޢާއްމު ގޮތެއްގައި މިއަދު ފަލަސްޠީނުގެ ނަމުން އިޝާރާތް ކުރެވެނީ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ފަލަސްޠީނުގެ ޢަރަބިންގެ ވެރިކަން ހިނގާ ސަރަޙައްދަށް އެކަންޏެވެ. ފަލަސްޠީނުގެ ޝަހަރުތަކުގެ ތެރެއިން އެންމެ މުހިއްމު ޝަހަރަކީ ޤުދުސްއެވެ. ޤުދުސް ނުވަތަ އޫރު ޝަލީމަކީ ފަލަސްޠީނުގެ ހިތެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ