ދީން

Print

ކޭތަ ނަމާދު ކުރާން ނުޖެހޭ ކޭތައެއް ހިފައިފާނެތަ؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިރާސާ

ޢަބްދުﷲ ރަޝީދު މ.ލިނެޓް

ޝައްކެއް ނެތި އެނގޭ ގޮތުން ކޭތަ ނަމާދަކީ، ކޭތަ ހިފުމުން ކުރުން ސުންނަތްވެގެންވާ، ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އިރުގައި ނުވަތަ ހަނދުގައި ކޭތައެއް ހިފައިފައި ހުރިކަން ޔަގީންވީއްސުރެ، ކޭތަ ވީއްލައިފުމަށް ދާންދެން، ނުވަތަ ކޭތަ ހިފާފައި ހުރެގެން އޮއްސިއްޖައުމަށް ދާންދެން، ދެމި އޮންނަ ވަގުތުކޮޅު ތެރޭގައި، ކޭތަ ނަމާދު ކުރުމީ ގަދަވެގެންވާ ސުންނަތެކެވެ. 

އެކަމަކު މިޒަމާނަކަށް އައިސް ކޭތަ ނަމާދު ކުރުމުގައި ފަނޑުހިޔަނި ހަނދު ކޭތައިގައި ކޭތަ ނަމާދު ކުރަން ނުޖެހޭ ކަމުގައި ދެކެ އެކަން އެބަ ދޫކޮށްލެވެއެވެ. އެއީ، ވެގެންވާންވީ ގޮތެއް ނޫނެވެ. އެއީ، ވަރަށް ވެސް ދެރަކަމެކެވެ. މި ބާވަތުގެ ކަންކަމަށް ރައުޔުކުރުމުގައި އެއްބާވަތެއްގެ ދެކަމެއްގައި، އެއް ކަމެއްގެ ޙުކުމުން، އަނެއް ކަމެއްގެ ޙުކުމް ދެނެގަނެ، ޢަމަލު ކުރާނެ ޞައްޙަ ގޮތް ކަނޑައެޅުމަކީ، އެއްވެސް ޚިލާފެއް އަދި ކިއެއްތަ ޝައްކުކަމެއް ވެސް ނެތި ޤުރުއާނާއި ސުންނަތުގެ އަލީގައި ތަނަވަސް ކަމެކެވެ. 

Print

'ދީނީ ހަރުކަށި' ފިކުރަކީ ކޮބައިކަމާއި އެކަމުގެ ސަބަބާއި އަދި އެކަމުގެ ހައްލުގެ މައްޗަށް ބަލައިލުން – (3)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

 

ޢަބްދުލްޣަފޫރު ޢަބްދުއްރަޙިމް، ގ. މަންޒިލް

(31 މެއި 2020 ގައި ޝާއިޢުކުރެވުނު ބައާ ގުޅޭ)

މި ލިޔުމުގެ ފުރަތަމަ ބައިގައި އިސްލާމް ދީނުގައި ދީނުގެ މަފްހޫމަކީ ކޮބައިކަމާއި އެ މަފްހޫމުގެ މާނަ ދެނެގަތުމުގެ ގޮތުން ދެނެގަންނަން ޖެހޭނޭ ހަތަރު ލަފްޒެއްގެ މާނަ ބަޔާންކުރެވުނެވެ. ދީނާއި އިސްލާމާއި ޝަރީއަތާއި ފިގުހާއި މި ހަތަރު ލަފްޒުގެ މާނައެވެ. މީގެ ތެރެއިން ދީނާއި އިސްލާމުގެ މާނަ ގުޅެނީ، މާތްކަލާނގެއަށް އީމާންވެ، ހެޔޮކަންތައްތައްކޮށް، އަދި، ނުބައިކަންތައް ކުރުމުން ދުރުވެ، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމާކަން އެބައިގައި ބަޔާންކުރެވުނެވެ. ޝަރީއަތާއި ފިގުހުގެ މާނަ ގުޅެނީ ހެޔޮގަތަކީ ކޮބައިކަން ކަނޑައަޅާލުމާއި އެ ގޮތް ތަފްސީލީ ސިފައެއްގައި ބަޔާންކުރުމާކަން ވެސް ފުރަތަމަ ބައިގައި ބަޔާން ކުރެވުނެވެ.

Print

ޙައްޖުމަހުގެ އަޅުކަންތަކުގެ ފިޤްހިއްޔާތުގެ ތެރެއިން (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

އިބްރާހީމް ރަޝީދު މޫސާ

ﷲ ސުބްޙާނަހޫ ވަ ތަޢާލާ ބައެއް ދުވަސްތައް ވަނީ އަނެއްބައި ދުވަސްތަކުގެ މައްޗަށް މާތް ކުރައްވައިފައެވެ. ބައެއް ރޭތައް އަނެއް ބައިރޭތަކުގެ މައްޗަށް އިސްކުރެއްވި ގޮތަށެވެ. ބައެއް ރަށްތައް އަނެއްބައި ރަށްރަށަށްވުރެ  މާތް ކުރެއްވި ގޮތަށެވެ. ހުކުރުދުވަހާއި، ޢަރަފާތުދުވަހާއި، ޢާޝޫރާދުވަސް ފަދައިންނެވެ. ރަމަޟާންމަހާއި ޙުރްމަތްތެރިވެގެންވާ މައްސަރުތައް ފަދައިންނެވެ. މައްކާއާއި މަދީނާ މާތްކުރެއްވި ބީދައިންނެވެ. ގެފުޅުގެ ޤަދަރާއި ހައިބަތު އުފުއްލެވި ގޮތަށެވެ.

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (4)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

 

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(18 ޖުލައި 2020 ގައި ޝާއިޢުކުރެވުނު ހިސާބާ ގުޅޭ)

އަލްފާތިހާ ސޫރަތުގެ މައްޗަށް ބަލައިލުން 3

އަލްފާތިޙާ ސޫރަތުން މިހާތަނަށް ބަލައިލެވުނީ އެ ސޫރަތުގެ ފުރަތަމަ ބައިގައި ހިމެނޭ ފަސް އާޔަތުގެ މައްޗަށެވެ. އެއްވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔަތުގެ ނިޔަލަށެވެ. އިސްވެ ދިޔަ ހަލަގާތަކުގައި ނަންގަނެވި ދިޔަ ފަދައިން، މި ފަސް އާޔަތުގައި ބަޔާންކުރެވިފައި ވަނީ މާތްﷲއަށް ޙަމްދުކޮށް، އެކަލާނގެއަށް ހައްގު އަދަބާއި އިހުތިރާމު އަދާކުރުމުގެ ވާހަކައެވެ. އެއަށްފަހު، އެކަލާނގެއާއި މުއުމިނާއާ އޮންނަ ގުޅުމުގެ ވާހަކައެވެ. ދެން، ތިރީގައި، އަލްފާތިޙާ ސޫރަތުގެ ދެވަނަ ބައިގައި ހިމެނޭ މިދެއާޔަތުގެ މައްޗަށް، – ހަވަނަ އާޔަތާއި ހަތްވަނަ އާޔަތުގެ މައްޗަށް – ބަލައިލާން ގަސްދުކުރަމެވެ.

Print

އީމާންކަމާއި ނަމާދު: މައިބަދައާއި ހުޅުތަކުގެ ފަރުވާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ޢަބްދުއްދާއިމް އަލްކަޙީލް
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



އެމެރިކާގެ ސައިންޓިސްޓުން ކުރެއްވި ފަހުގެ ދިރާސާއަކުން، ނަމާދުކުރުމުގެ މުހިންމުކަން ހާމަވެފައި ވެ އެވެ. މާތްވެގެންވާ އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ، ފަރުޟު ފަސް ނަމާދު ކުރުމަކީ، މައިބަދައާއި ހުޅުތަކުގެ ރިހުން ކުޑަކުރުމަށް އޮތް މޮޅު ފަރުވާއެއްކަން އެ ދިރާސާއިން އެނގިފައި ވެ އެވެ. އާދޭހެވެ. ނަމާދުގައި ހިމެނޭ ޤިޔާމާއި ރުކޫޢާއި ސަޖިދައިން، މައިބަދައާއި ހުޅުތަކަށް ލިބޭ ފައިދާ ވަރަށް ވެސް ބޮޑެވެ.
Print

ތިބާ އާއި އިސްލާމްދީން

ޝާޢިއުކުރީ އިސްމާޢީލް އަލީ ރ.ކަދޮޅުދޫ . ހިމެނޭބަޔަކީ ޢަޤީދާ

އިސްލާމްދީނަކީ ރަހުމަތުގެ ދީނެވެ.ކާއިނާތުގެވެރި އިލާހާއި،ތިބާ އާއި ދެމެދުގައިވާ ވަރުގަދަ ގުޅުމެވެ. މި ދީނަކީ ތިބާގެ މުޅި ވުޖޫދެވެ. އަދި ތިބާގެ ހެޔޮ ނަސީބާއި ހިތްހަމަޖެހުން ބިނާ ވެފައިވަނީ މިދީނުގެ މަތީގައެވެ.އިސްލާމްދީން ރަނގަޅު ހުރިހާ ސިފަތަކެއް ދަސްކޮށް ދެއެވެ. އަޚްވަންތަކަމާއި، ރަހުމާއިލޯތްބާއި، ހަމްދަރުދީއާއިކުލުނުވެރިކަމެވެ. ކެރުންތެރިކަމާއި، ހުޝިޔާރުކަމާއި،ވަފާތެރިކަމާއި، ތެދުވެރިކަމެވެ. އެއްބައިވަންތަކަމާއި، އިޚްލާސްތެރިކަމާއި، އަމާނާތްތެރިކަމެވެ. އިހުތިރާމުކުރުމާއި، މަޢާފުކުރުމާއި،ދީލަތި ކަމެވެ.ކެތްތެރިވުމާއި،ޝުކުރުކުރުމާއި،ކެތްތެރިވުމަކީ ވަރަށް މުހިއްމު ދެސިފައެވެ.ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން މަނާ ކުރުމަކީ ކޮންމެހެން ތިބާ ކުރަން ޖެހޭނެ ކަމެކެވެ.މި ލިޔެލެވުނީއިސްލާމީ ރިވެތި ސިފަތަކުގެ ތެރެއިން މަދު މިންވަރެކެވެ.އިސްލާމްދީން ނުރުހޭސިފަތަށްވެސް އެހާ ގިނަވާނެއެވެ. 

ކުކުޅުބިހަކަށް ނަޒަރު ހުއްޓާލަ ބަލާށެވެ.ބިހުގައި ލެވިފައިވާ ހަރުތޮށިގަޑުގެ ސަބަބުން އެތެރޭގައިވަ ހުރިހާ އެއްޗެއް ވަނީ ރައްކާތެރި ކުރެވިފައެވެ.މި ހަރު ތޮށިގަޑު ނުވާ ނަމަ ބިހުގެ ބޭނުން ނެތި ދިޔައީއެވެ. ހަމަ މިބީދައިން އިސްލާމްދީނަކީ ތިބާ ވަށައިގެންވާ ބޯތޮށިގަޑެކެވެ.ތިބާގެ ސަލާމަތާއި، ރައްކާތެރިކަން ގުޅިފައިވަނީ މަތިވެރި އިސްލާމްދީނާއެވެ..އިސްލަމްދީނާއި ނުލައި ތިބާގެ ހަޔާތަކީ ފަޅު ހަޔާތެކެވެ.

ބިހަކީ އެހާ އަގުބޮޑު އެއްޗަކަށް ނުވުމާއިއެކުވެސް މީހުން އެ ގެންގުޅެނީ ނުހަނު ފަރުވާތެރި ކަމާއި އެކުގައެވެ. އެއި ނާޒުކު އެއްޗަކަށް ވާތީއެވެ.ގެނެވޭ ކުޑަކުޑަ ހަރަކާތަކުން ބިހުގައި ރެނދު ލައެވެ.ބިސްތަޅައިގެންދެއެވެ.އިސްލާމްދީނަކީ ތިބާގެ މުޅި ޙަޔާތެވެ.ދެދުނިޔޭގެ ބާއްޖަވެރިކަމެވެ.މިފަދަ ބޮޑު ނިޢުމަތަކާއި މެދު ފަރުވާކުޑަ ކުރަން ހެޔޮ ވެދާނެތޯއެވެ.ތިބާ އިސްލާމްދީނަށް ރައްކާތެރިވާށެވެ.

Print

ރާއްޖޭގެ ސްކޫލުތަކުގައި ދަނޑުވެރިކަމުގެ ޢިލްމު އުނގަންނައިދޭން ޖެހެއެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ދިރާސާ

އަންވަރު އިބްރާހީމް

ދެވަނަ ބޮޑުހަނގުރާމަ ފެށުމާއެކު އޭރުގެ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށަށް ވަފުދުތައް ފޮނުވިއެވެ. ހަނގުރާމައިން ލިބޭ ގެއްލުން ކުޑަކޮށް ކާބޯތަކެތީގެ ބާވަތްތައް ހައްދާން ރައްޔިތުންނަށް ނަސޭހަތްތެރިވުމަށެވެ. ކާބޯތަކެތި އަޅާ ގަސް އިންދުމުގެ ޕްރޮގުރާމުތައް ފެއްޓުމަށެވެ.  މުޅި ދުނިޔެއަށް ކުރިމަތިވި ތަދުމަޑުކަމުން އަރައިގަތުމަށް ދިވެހީން ހޭލުންތެރި ކުރުވުމަށެވެ. ނަމަވެސް އެކަން ކުރެވުނުލެއް އޭރު ވެސް އޮތީ ލަސްވެފައެވެ. ޢަމަލީ މަސައްކަތް ފެށުނުލެއް އޮތީ ފަސްވެފައެވެ. ވަގުތު އޮތީ ފާއިތުވެފައެވެ. ގިނަ ރައްޔިތުންތަކެއް މަގޫފަތް ކާންޖެހި، ބައެއް ރައްޔިތުން ބަނޑަށް މަރުވީ އެހެންވެއެވެ. އެ ހިތި ތަޖުރިބާ ތަހައްމަލު ކުރިތާ 70 އަހަރު ފާއިތުވީއެވެ. ނަމަވެސް ދަނޑުވެރިކަމަށް އޭރު ފެށި މަސައްކަތް އޮތީ ހުއްޓިފައެވެ. ދަނޑުވެރި ވިސްނުންވަނީ ގައުމީ ފާލުން ނެއްޓިފައެވެ. އެކަމާމެދު ދެކޭ ގޮތް އޮތީ ހީނުކުރާހައި ދަށަށް ވެއްޓިފައެވެ. މި ހާލަތަށް ދިވެހި ގައުމު ދިޔައީ އެތައް ޖީލަކަށް މުޑުވައްކޮށްދޭން ޖެހޭ ދަނޑުވެރިކަމުގެ ވިސްނުމަށް އިހުމާލު ވެވުނީތީއެވެ. މި އިހުމާލުގެ ހަގީގީ ކައްފާރާއަކީ ދަނޑުވެރިކަމުގެ ތަޢުލީމު ރާއްޖެއަށް ޢާއްމުކުރުމެވެ. ތަޢުލީމީ ނިޒާމުން ދަނޑުބިންތަކާއި ދަނޑުވެރިކަމަށާއި ދަނޑުވެރީންނަށް ލޯބި އުފެއްދުމެވެ. މިއީ ދިވެހި އިގުތިޞާދީ ދަމަނަކުރުމަށާއި ވަޒީފާގެ ފުރުޞަތު އިތުރު ކުރާށާއި ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ކޮންމެހެން ވެސް މިއަދު ކުރަންޖެހޭ ކަމެކެވެ. 

Print

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (22)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސިޔަރަތު

 

އިބްރާހީމް ރަޝީދު މޫސާ

(21 މެއި 2020 ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ)

417. އެހިނދު މުސްލިމުން ކާފިރުންގެ ފަހަތުން ބައެއް މީހުން ޤަތުލުކުރަމުން އަނެއްބަޔަކު ހައްޔަރުކުރަމުން ދިޔައެވެ. ކާފިރުން އެ މީހުންގެ އަނބިދަރީންނާއި މުދާތައް ފަހަތަށް ދޫކޮށް، ފިލާން މަސައްކަތްކުރިއެވެ.

418. ކާފިރުންގެ ހުރިހާ ޣަނީމާތައް މުސްލިމުންގެ އަތަށް އެރިއެވެ. އެއީ ވަރަށް ބައިވަރު ޣަނީމާތަކެކެވެ. އޭގެތެރޭގައި:-

Print

"ހަރުކަށި ފިކުރު" ހުއްޓުވައި ޢަޤީދާ ޙިމާޔަތްކުރުން: އެންމެންގެ ވާޖިބެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާން ޣައިރު މުސްލިމުން މަސައްކަތްކުރަމުން އަންނަތާ ވީ އެންމެ ދަހަރެއް ނޫނެވެ. މި މަސައްކަތުގައި "އެވެރީން" ޚަރަދުކޮށް ޙަރަކާތްތެރިވާތާ އެތައް ދަހަރެއް ވެއްޖެއެވެ. ބައި ޤަރުނަށްވުރެ ވެސް ގިނަ ދުވަސް ވެއްޖެއެވެ. "އެވެރީން" މި މަސައްކަތް ކުރަނީ އެކި ދުވަސްވަރު އެކި މިންވަރަށެވެ. މިހާރު މި ވަނީ އެ މަސައްކަތް މެކުހަށްޖަހައިފައެވެ. ބާޠިލަކީ ޙައްޤުކަމަށް ދަޢުވާކޮށް އަޅުވެތިކަމަކީ މިނިވަންކަންކަމަށް ދައްކައިގެންނެވެ. ހަރުކަށި ފިކުރޭ އަޅުގަނޑު މި ދަންނަވަނީ އިސްލާމް ދީނުގެ ސަމާޙަތާއި އަމާންކަމާއި ޙައްޤުތަކާ އިދިކޮޅު ފިކުރަށެވެ. އިންސާނީ ޠަބީޢާތާ ޚިލާފު މުންކަރާތްކަކީ "ޙައްޤު"ކަމަށް ބުނެ ބާޠިލާއި ޖާހިލިއްޔަތު ކުރިއަރުވާން މަސައްކަތްކުރާ އިބިލީހުގެ ފިކުރަށެވެ.

Print

(13) ވިސްނުންތޫނު ޤާޟީ: އިޔާސް ބުނު މުޢާވިޔަތު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

އިބްރާހީމް ރަޝީދު މޫސާ

 

އިސްލާމް ދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެ މީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

އިޔާސް ބުނު މުޢާވިޔަތަކީ ޢުމަރު ބިން ޢަބްދުލް ޢަޒީޒުގެ ޚިލާފަތުގައި ބަޞްރާގެ ޤާޟީ ކަމަށް އިސްކުރެވުނު ވަރަށް ވިސްނުން ތޫނު ، ޢަދްލު އިންޞާފަށް ވަރަށް ލޯބިކުރެއްވި ޤާޟީއެކެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒު އިޔާސުގެ ވިސްނުންފުޅު ތޫނުކަމާހެދި ޙައިރާންފުޅުވެ ވަޑައިގަތެވެ. ޤާޟީ  އިޔާސް ރައްކައުވީ ހިޖްރައިން 46 ވަނަ އަހަރުގައެވެ. 

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (2)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(12 ޖުލައި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

އަލްފާތިޙާ (އަލްޙަމްދު) ސޫރަތުގެ މާނާއިގެ މައްޗަށް ބަލައިލުމެއް - 1

ސޫރަތުގެ ނަން

އަލްފާތިޙާ އަކީ، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތަރުތީބު މަގަށް ބަލާއިރު، ފުރަތަމަ ސޫރަތެވެ. އާދެ، ކީރިތި ޤުރުއާން، 'ހުޅުވައިލަދޭ' –އަލްފާތިޙާ- ސޫރަތެވެ. ކީރިތި ޤުރުއާނުގެ 'މުގައްދިމާ'އެވެ. އަލްފާތިޙާ އެކުލެވިގެން ވަނީ ހަތް އާޔަތުގެ މައްޗަށެވެ. ސޫރަތް ފެށިފައިވަނީ ބިސްމި (ބަސްމަލާ) އިންނެވެ. މި ސޫރަތުގެ އާޔަތްތައް ގުނުމުގައި ބިސްމި ހިމަނައިލެވިފައި ވެއެވެ. އަދި ގިނަ އިލްމުވެރިން ބުރަވެވަޑައިގަންނަވަނީ ބިސްމިއަކީ އަލްފާތިހާ ސޫރަތުގެ އާޔަތެއް ކަމުގައެވެ. 

Print

އާޔަތަކާއި ފޮޓޯއެއް: މާސްގައި ގަސް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ޢަބްދުއްދާއިމް އަލްކަޙީލް
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



މާސްގައިވާ ގަސްގަހާގެހީގެ ފޮޓޯތައް ނެގިއްޖެ ކަމަށް، އެމެރިކާގެ ނާސާގެ ސައިންޓިސްޓުން ހާމަކުރައްވާފައި ވެ އެވެ. ނާސާއިން ދެއްކި ފޮޓޯތަކުގައި ވަނީ، މާސްގެ ބިމުގެ އަޑިގުޑަންތަކުގެ މެދުގައި ސަފުސަފަށް ހެދިފައިވާ ގަސްތަކެކެވެ. ގަނޑުވެފައިވާ ކާރބަން ޑައި އޮކްސައިޑްގެ ތުނިތުނި ފަށަލައެއް ލެވިފައިވާ ވެލިފުނިތައް ވެސް އެ ފޮޓޯތަކުން ފެނެ އެވެ. އެ ގަސްގަހާގެއްސަކީ، ޙަޤީޤަތުގައި މާސްގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ވެފައިވާ ވީރާނާގެ އަސަރެވެ. ބަހާރު މޫސުމުގައި މާސްގައިވާ އައިސްތައް ވިރުމުން ވެސް އެފަދަ އަސަރުތައް ފާޅުވެ އެވެ.
Print

އިސްލާމީ ޝަރީޢާގެ އަޞްލު ބާވައިލެއްވި މައްސަރު

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ޢަޤީދާ

عـبدالعزيزجمـال أبوبكر

އަޅުގަނޑުމެން މިހާރު ހޭދަކުރަމުން މި ގެންދަނީ ޤުރުއާންގެ މައްސަރުގެ ދުވަސްތަކެވެ. އެ މަހެއްގައި ޤުރުއާން ބާވައިލެއްވި މަތިވެރި މަސަރެވެ. މީސްތަކުންނަށް ތެދުމަގެއްކަމުގައްޔާއި ތެދުމަގާއި ހެކި ބަޔާންކޮށްދެއްވުމަށްޓަކައި ބާވައިލެއްވި މަތިވެރި ފޮތެކެވެ.  ކީރިތި ޤުރްއާނަކީ، ސޫރަތުލް ފާތިޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް، ކިޔެވުން އަޅުކަމެއްގެ ގޮތުގައި ލައްވައި، ޖިބްރީލްގެފާނު މެދުވެރިކުރައްވައި، މީސްތަކުން އުޅޭންވީ ރަނގަޅު ގޮތްތައް ބަޔާންކުރެއްވުމަށްޓަކައި، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް މާތްﷲ ބާވާލެއްވި އެކަލާނގެ ކަލާމްފުޅެވެ. ޢިބާރާތާއި މާނައާއެކުގައެވެ. ފޮތެއް ކިޔެވުން އެއީ އަޅުކަމެއް ލައްވައިފައިވާ އެހެން އެއްވެސް ފޮތެއް މި ދުނިޔޭގައެއް ނުވެއެވެ.

Print

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (21)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ

(20 .05. 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

390. ރަސޫލާ ﷺ ޙުނައިނަށް ވަޑައިގެންނެވީ އެކަލޭގެފާނު މައްކާގައި ހުންނަވަނިކޮށް ހަވާޒިން ޤަބީލާގެ މީހުން ރަސޫލާއާ ދެކޮޅަށް ހަނގުރަމާކުރުމަށް ފައުޖުތައް ޖަމާ ކުރަމުންދާ ޚަބަރު ލިބިވަޑައިގަތުމުންނެވެ. 

391. ހަވާޒިނުން ރަސޫލާއާ ދެކޮޅަށް 20 ހާސް މީހުން ޖަމާ ކުރިއެވެ. އެމީހުން ރަސޫލާއާ ދެކޮޅަށް ނުކުތީ އަންހެނުންނާއި ކުޑަކުދީންނާއި އެމީހުންގެ ޖަމަލުތަކާއި ގެރިބަކަރިތައް ފަދަ މުދާތަކާއެކުގައެވެ. ހަވާޒިނުންގެ ވެރިއަކަށް ހުރީ މާލިކު ބިން ޢައުފެވެ. 

Print

ނަސްލީ އިމްތިޔާޒު .... އިބްލީހުގެ މިއްލަތް (2)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

އިބްރާހީމް ރަޝީދު މޫސާ

(27 ޖޫން 2020 ގައި ޝާއިޢުކުރި ބައިގެ ބާކީ)

އާދޭހެވެ! އެ ވިދާޅުވަނީ ޤިޔާމަތް ދުވަހު އެއްވެސް މީހަކަށް އެމީހަކު ދުނިޔޭގައި ކުޅަ ޞާލިޙު ހެޔޮ ޢަމަލެއްގެ ސަބަބުންނޫނީ ފައިދާއެއް ނުކުރާނެތެއެވެ. އޭނާގެ ނަސަބުން އޭނާއަށް މަންފާއެއް ނެތެވެ. މާތްﷲ ރުއްސުންލެއްވި ޒައިނުލް ޢާބިދީން ޢަލިއްޔު ބިން ޙުސައިން ބިން ޢަލީ ވިދާޅުވިއެވެ.(4) ((ހަމަކަށަވަރުން މާތްﷲ ސުވަރުގެ ހެއްދެވީ އެކަލާނގެއަށް ކިޔަމަންގަންނަ އަޅުންނަށް ޓަކައެވެ. އެއީ ޙަބަޝާގެ އަޅެއްކަމުގައި ވިޔަސްމެއެވެ. އެކަލާނގެ ނަރަކަ ހެއްދެވީ އެކަލާނގެއަށް އުރެދޭ މީހުންނަށެވެ. އެއީ ޤުރައިޝުންގެ ވެރިއެއް ކަމުގައިވިޔަސްމެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ: فَإِذَا نُفِخَ فِي الصُّورِ فَلَا أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَاءَلُونَ (5)  - ފަހެ، ތާޅަފިލި ފުމެލެވޭހިނދު ފަހެ، އެއުރެންގެ މެދުގައި އެދުވަހަކުން نسب ތަކެއް ނޯންނާނެތެވެ. އަދި އެކަކު އަނެކެއްގެ ކިބައިން ކަންތަކަށްއެދި سؤال އެއްވެސް ނުކުރާނޭމެއެވެ.)) 

Print

(12) ޢިއްފަތެރި ވަރަޢުވެރި ޤާޟީ: ޢަބްދުއްރަޙްމާނު ބިން ޒިޔާދު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

 

އިބްރާހީމް ރަޝީދު މޫސާ

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފުރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ  ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި  ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެމީހުން ޙިމާޔަތްކޮށް ޢަދުލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު  އެންމެ ފޮނި  އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ  ޙައްޤުތައް  ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދުލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

ޢަބްދުއްރަޙްމާނު ބިން ޒިޔާދު ބިން އަންޢުމުލް އިފްރީޤީ އަކީ ވަރަށް ވިސްނުންފުޅު ތޫނު ކޯފާ މަޑު ޤާޟީއެކެވެ. އެކަލޭގެފާނަކީ މުސްލިމުން ޤައިރުވާން ފަތަޙަކުރި ފަހުން މުސްލިމުންނަށް ލިބުނު އެންމެ ފުރަތަމަ ދަރިއެވެ. އެކަލޭގެފާނުގެ ބަފައިކަލުން ޒިޔާދު ބުނު އަންޢުމަކީ ޢުޤްބަތު ބިން ނާފިޢުގެ ލަސްކަރުގެ އިސް އަސްވާރެކެވެ. 

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (3)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(16 ޖުލައި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

އަލްފާތިޙާ (އަލްޙަމްދު) ސޫރަތުގެ މާނާއިގެ މައްޗަށް ބަލައިލުމެއް - 2

ސޫރަތުގެ ތަފްސީރު

ބިސްމިއަށް ފަހު، އަލްފާތިހާ ސޫރުގެ ދެވަނަ އާޔަތުގައި ވަނީ الحمد لله މިހެންނެވެ. މިއާޔަތުގައި އިރުޝާދު ދެވިފައިވަނީ މާތްﷲގެ ކިބަފުޅަށް ހަމްދުކުރުމަށެވެ. 'ޙަމްދަ' ކީ ހިތުގައި އުފެދޭ ޝުކުރާއި ތައުރީފުގެ އިހުސާސުތައް ދުލުން ފާޅުކުރާކުރުމަށް ކިޔާ ނަމެކެވެ. ޝުކުރު އަދާކުރަނީ އިހުސާންތެރިކަމާއި ވިދިގެންނެވެ. ހިތުންނާއި ދުލުންނެވެ. ތިމާއަށް އެހެން ފަރާތަކުން އިހުސާންތެރިކަމެއް ލިބިއްޖެނަމަ އެފަރާތަކަށް ދުލުންނާއި ހިތުގެއަޑީން ޝުކުރު އަދާކުރެވެއެވެ. ތައުރީފުކުރެވެނީ ރީތި ނޫނީ މޮޅެތި ސިފަތަކާއި އަދި ކަންކަމާއި ގުޅޭ ގޮތުންނެވެ.

Print

ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ބައެއް ޢަދަދުތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ޢަބްދުލްމުޢީދު ޙަސަން


މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް ދެއްވި ދެމިހުންނަނިވި މުޢުޖިޒާތަކީ، ކީރިތި ޤުރުއާނެވެ. ކީއްތޯއެވެ. ޖިންނީންނާއި އިންސީންނަށް ގެނެސް ނުގަނެވޭނެ އެތައް އިޢުޖާޒެއް އެކަލާނގެ، އެ ފޮތުގައި ލައްވާފައިވެއެވެ. އެކަން ބަޔާންކުރައްވައި ވަޙީކުރައްވާފައި ވެ އެވެ.

(قُل لَّئِنِ اجْتَمَعَتِ الإِنسُ وَالْجِنُّ عَلَى أَن يَأْتُواْ بِمِثْلِ هَذَا الْقُرْآنِ لاَ يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا) އަލްއިސްރާ: 88
މާނައީ، "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރުއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެ އެވެ."
Print

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (20)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ

(ކުރީގެ ބަޔާ ގުޅޭ)

371. ދެން އަބޫ ސުފްޔާން އަވަސްއަވަހަށް މައްކާއަށް ގޮސް މައްކާގެ އަހްލުންނާ ބައްދަލުކޮށް މި ޚަބަރު ދިނެވެ. އެމީހުންގެ ކިބައިގައި ރަސޫލާ ﷺ އާ ކުރިމަތިލާނެ ބާރެއް ލިބިގެން ނުވާކަމަށް ބުންޏެވެ. އެމީހެއްގެ ގެއިން ބޭރަށް  ނުކުތް މީހަކަށް ސަލާމަތްކަން ލިބިގެން ނުވާކަމަށް ވެސް އަބޫ ސުފްޔާން ބުންޏެވެ. 

372. އެއަށްފަހު ރަސޫލާ ﷺ އެކަލޭގެފާނުގެ ލަޝްކަރަށް މައްކާއާ ދިމާއަށް ދަތުރު ފެށުމަށް އެންގެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. [ތިޔަބައިމީހުންނާ ހަނގުރާމަ ނުކުރާ ބަޔަކާ ހަނގުރާމަ ނުކުރާށެވެ! އަދި ކުޑަ ކުދީންނާއި އަންހެނުން ޤަތުލު ނުކުރާށެވެ!] 

Print

ނަސްލީ އިމްތިޔާޒު .... އިބްލީހުގެ މިއްލަތް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

އިބްރާހީމް ރަޝީދު މޫސާ

ނަސްލީ އިމްތިޔާޒުގެ ބަލީގެ ޙަޤީޤަތް  މާތް ﷲ ކީރިތި ޤުރްއާނުގައި ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވައިފައިވެއެވެ. މި ކަމުގެ ސަބަބުން އިންސާނީ މުޖްތަމަޢާ ކުރިމަތިވާ ފަސާދައާއި، އަޅުވެތިކަމާއި، ބޮޑާކަމާއި ހަލާކުކުރުމާއި، އަތްގަދަކުރުންފަދަ ބޮޑެތި ވަބާތަކާއި ރޯގާތައް ވަރަށް ގިނައެވެ. 

ކީރިތި ޤުރްއާނުގައި އިންސާނާގެ ޙަޤީޤަތާއި، އިންސާނާ އުފެއްދެވި ތަފާތު ޢުންޞުރުތައް، ބަޔާންކޮށް ދެއްވައިފައިވެއެވެ. އިންސާނީ ނަސްލު އުފެދި ބޮޑުވަމުންދާ ތަފާތު ފިޔަވަހިތައް ކީރިތި ޤުރްއާނުގައްޔާއި މާތް ރަސޫލާގެ ބަސްފުޅުތަކުގައި އައިސްފައި ވެއެވެ.  އިންސާނާ އިންސާނަކަށް ވީތީ އިޙްތިރާމު ކުރަން ޖެހޭނެކަމާއި އިންސާނާއަށް ދިރިހުރި ޙާލުގައްޔާއި މަރުވެފައިވަ ޙާލުގައި ކަމޭހިތަން ޖެހޭނޭކަން އަންގަވައިފައިވެއެވެ. އިންސާނުން މެރުމާއި ، ޒަޚަމުކުރުމާއި،  ވިއްސިވިހާލިކުރުމާއި، އެކަހެރިކުރުމާއި، ނައްތައިލުމާ ދުރުހެލިވުމަށް އަންގަވައިފައި ވެއެވެ. އެއީ އިސްލާމީ ޝަރީޢަތުގައި ޙަރާން ކުރައްވައިފައިވާ ބޮޑެތި ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ. މި ލިޔުމުގައި މި ބަޔަށް ބަލައެއް ނުލާނަމެވެ.

އިތުރު މަޒުމޫން...

ހަމަމިގަލަމުން

އިދާރާ

ވާހަކަ