އަދުގެ ޚާއްސަ

އާދަކާދަ

Print

މަޖުބޫރު ލޯބި (11)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ އާދަކާދަ

27 އޮގަސްޓު (ހޮނިހިރު) އާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

[ބޭބޭއެވެ!] ފައުޒިއްޔާ ވާހަކައިގެ ތެރޭގައި ބުންޏެވެ. [ޖަލާލީ ބޭނުންވަނީ އަޚްލާޤު ރަނގަޅު އަންހެން ކުއްޖެކެވެ. އޭނާއަށް އިންނާނެ މީހަކު ނުލިބިގެނެއް ނޫޅެއެވެ. އެހެން ޤައުމެއްގެ އަންހެން ކުއްޖަކާ އިންނާކަށް އޭނާ ފަހަރެއްގައިވެސް ޤަބޫލެއްނޫނެވެ. އެހެނަސް އޭނާގެ ފައިސާގަނޑާމެދު ދަހިވެތިވެގެން މެހިތަކެއް ފަދައިން އޭނާ ވަށައިގެން އެތައް އަންހެން ކުދިންނެއް އެނބުރުނެވެ.
Print

ސަގާފީ ނަޒަރަކުން ރަމަޟާން މަހުގެ ތިން ދިހަ، ލ. ފޮނަދޫގައި. . . (2)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އާދަކާދަ




އަޙުމަދު ރަޝީދު، ލ. ފޮނަދޫ
                                                     (16 އޮގަސްޓް 2011 (އަންގާރަ) ގުޅޭ)

ދެވަނަ ދިހަ : ބުރަފަތި ދިހަ

ވައިބަޑި ދިހަ ނިމުމުން ދެން ފެށޭނީ ބުރަފަތި ދިހައެވެ. ބުރަފަތި ހެދުމަށް ވެސް މަގޫގަހުގެ އޮނުގެ ބޭނުން ހިފައެވެ. ދިއްގާ ދަނޑިން ނުވަތަ ދަކަނދާ ދަނޑިން ހަދާފައިވާ ބުރަފައްޗެއްގެ ޝާފްޓް މަހާލުމަށް ބޭނުންކުރަނީ މަގޫ ގަހުގެ ދަނޑިކޮޅެއްގެ އެތެރޭ މަދު ނަގައިގެން ހަދާފައިވާ އޮނުކޮޅެކެވެ.

ބުރަފަތި ހެދުމަށްޓަކައި ދިއްގާ ދަނޑިން ނުވަތަ މަގޫ ދަނޑިން ދެ ސޫތެއްހައި ތުނިކޮށް، ބައިފޫޓް ދިގު މިނުގައި މަށާލާފައިވާ ދެ ފަތިކޮޅެއް ހުރަސް ވާގޮތަށް މަލަރުކޮށްލައިފައި ހުންނާނީ ހިމަކޮށް، ވަށްކޮށް، ބައިފޫޓް ދިގުމިނުގައި މަށާލާފައި ދަނޑިކޮޅަކުންނެވެ. ހުރަސްކޮށްފައިވާ ބުރަފަތީގެ ހަތަރު ފިޔައިގައި ހުންނާނީ ކުލަޖައްސައިފައެވެ.
Print

ސަަގާފީ ނަޒަރަކުން ރަމަޟާން މަހުގެ ތިން ދިހަ، ލ. ފޮނަދޫގައި. . .

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ އާދަކާދަ



އަޙުމަދު ރަޝީދު، ލ. ފޮނަދޫ

ރަމަޟާން މަހަކީ އަޅުކަމާއި ތަޤުވާގެ މައްސަރެވެ. ދިވެހިންނަކީ ޒަމާނުއްސުރެން އަޅުކަންކުރުމުގައި ވެސް ނަމޫނާ ދައްކަމުން އަންނަ ބަޔެކެވެ. ޚާއްޞަކޮށް ރަމަޟާން މަހުގައެވެ. ފަރުޟު ފަސްނަމާދާއި ސުންނަތް ނަމާދުތަކާއި ސުންނަތްކަން ގަދަވެގެންވާ ތަރާވީޙް ނަމާދު ކުރުމާއި ކީރިތި ޤުރުއާން ކިޔެވުން ހިމެނެއެވެ.

މި ދެންނެވި އަޅުކަމުގެ އިތުރުން ރޯދަމަހަށް ޚާއްޞަ ކުޅިވަރުތައް ރާއްޖޭގެ ހުރިހައި ކަންކޮޅެއްގައިވެސް ކުޅެމުން އާދެއެވެ.
Print

އައްސިޔޯ: މުލަކަތޮޅު މުލަކުގެ ރޯދަވިއްލުމުގެ މައި ކެއުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އާދަކާދަ



ޙަސަން ޒަހީން

ރޯދަމަހުގެ ހަނދާންތަކަކީ އަބަދުވެސް އުފަން ރަށާ ގުޅިފައިވާ ހަނދާންތަކެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރޯދަމަހާ ގުޅިގެން ތައްޔާރުކުރާ އައްސިޔޯ ގެ ޚާއްޞަ ކަމުންނެވެ. ރޯދަމަހުގެ ކޮންމެ ދުވަހެއްގެ އިރު އޮއްސެމުން އަންނަ އިރު ރޯދަވިއްލުމަށް އައްސިޔޯ ނުހަދާ ގެއެއް ރަށުގައި ނުހުންނާނެޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މި ޚާއްޞަ ކެއުމަކީ މ.އަތޮޅު މުލަކުގެ ރައްޔިތުންނާ ގުޅި ލައިމެހިފައިވާ ކެއުމެކެވެ. ރޯދަވިއްލުމުގެ ސުފުރާ ފަޅުފިލުވައިލަދޭ ޚާއްޞަ ކެއުމެވެ. މުލަކުގެ ތާރީޚީ ހަނދާންތައް އާލާކޮށްދޭ ކެއުމެވެ.
Print

އިސްލާމީ ތަހުޒީބުގެ ނާރެހަކީ، މުޙައްމަދީ ރިސާލަތެވެ. (2)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ

22 ޖޫން (ބުދަ) އާ ގުޅޭ..

ޙައްޤާއި ބާޠިލް އޮޅުވައިލުމުގެ ކެމްޕޭނެއް

ޢަބްދުﷲ ފާރޫޤު ޙަސަން

އެހެންކަމުން ކްރިސްޓިޔަނުން ކަށީގެމަދުން ހިތްވަރު ނެރެގެން މަސައްކަތްފެށީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތުގެ ދަޢުވާއަކީ އިތުރުފުޅެއްކަން ސާބިތުކުރެވޭތޯއެވެ. ކީރިތި ޤުރްއާނަކީ އިތުރުސާހިބާގެ އަމިއްލަފުޅު ތަޞްނީފެއްކަމުގައި މީހުން ލައްވައި ޤަބޫލުކުރުވޭތޯއެވެ. އިތުރުސާހިބާ އެފޮތް "ތަޞްނީފު ކުރެއްވީ" ކްރިސްޓިޔަނުންނާއި ޔަހޫދީންގެ ގާތުން ވަނދުހޮއްވަވައިގެން ކަމުގައިވެސް ވާހަކަދެއްކިއެވެ.
Print

ކީރިތި ޤުރުއާނުގައިވާ السَّكِيْنَة ގެ އާޔަތްތައް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު     

السَّكِيْنَة  ގެ މާނައަކީ ހިތްހަމަޖެހުމާއި މަޑުމައިތިރި ކަމެވެ.(1) މިއީ [އެބަހީ: ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ السَّكِيْنَة އަކީ] އުނދަގުލާއި ދަތިކަން އަދި ބިރުވެރި ކަމުގެ ވަގުތުގައި الله ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅާގެ ހިތަށް ވައްދަވައިދެއްވާ ހިތްހަމަޖެހުމާއި މަޑުމައިތިރި ކަމެވެ. އިބުނުލްޤައްޔުމު - ރަޙިމަހު الله - ވިދާޅުވާ ގޮތުގައި، السَّكِيْنَة  އަކީ الله ތަޢާލާގެ ޙަޟުރަތުން ދެއްވާ އެއްޗެކެވެ. އެއީ އަމިއްލަ މަސައްކަތުން ލިބިގަންނަ އެއްޗެއްނޫނެވެ.(2) 
Print

ހަނދާނުގެތެރެއިން... (1) : މާވަށު ބޮޑު މާލޫދު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އާދަކާދަ



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ފެށުން:

ބޮޑު މާލޫދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް "ބާއްވަމުން" އައި ވަރަށް މުހިއްމު އިޖްތިމާޢީ ޢީދެކެވެ. ބޮޑު މާލޫދުގެ ސަބަބުން "ތުންބުރި ކާޅަށް ވެސް ކާންލިބޭނެ އެވެ." (މިއީ ހައްދުންމަތީގައި ބޭނުންކުރާ ބޯދާބަހެކެވެ. މާނައަކީ އެންމެ އާދައިގެ މީހާއަށް ވެސް މޮޅު ކެއުން ލިބޭނެ ވާހަކައެވެ.) މިކަމުގެ ސަބަބުން އިޖުތިމާޢީ ރޫޙު އާލާވެ އެކުވެރިކަން ބަދަހިވެ އެވެ. ދަސްވެފައި ހުންނަ ވަރަށް ގިނަ ހުނަރު ފަރިތަކޮށްލުމުގެ ފުރުޞަތު ފަހިވެއެވެ. އެކަމަކު އިޤްތިޞާދީ ގޮތުން ގެއްލުންތަކެއްވެސް
Print

ދިވެހީންގެ ސަގާފީ އައު އަހަރު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އާދަކާދަ


އިބްރާހީމް ސަޢީދު

ގައުމު ކުޑަޔަކަސް، މީސްކޮޅު މަދަކަސް، ދިވެހީންނަކީ ވެސް މުއްސަނދި ސަގާފަތަކާއި ދިގު ތާރީޚެއް އޮތް ބައެކެވެ. އަމިއްލަ ބަހަކާއި، އެބަސް ލިޔާނޭ އަމިއްލަ އަކުރެއް ލިބި ތިބި ފަޚުރުވެރިބައެކެވެ. ދިވެހިންގެ މާާހައުލުގައިވާ ތަކެއްޗަށާއި ދިވެހިންނާ ގުޅުން ހުރި ކަންކަމަށް ހޭލައި ތިބި ބައެކެވެ. މޫސުމާއި އަހަރުގެ ދުވަސްތައް ރަނގަޅަށް ދެނެތިބެ، ދިރިއުޅުމުގެ ކަންތައް އެރޮނގުން ބައްޓަންކުރަމުން ދިޔަ ތަހުޒީބު ބައެކެވެ. މިއަދު ދިވެހިތަކެއްޗަށް ދިވެހީން ބީރައްޓެހިވެ، ބޭރު ތަކެއްޗަށް ރޭރުވަމުން ދަނީ ދިވެހި ޒުވާނުންނަށް ދިވެހީންގެ މުއްސަނދި ސަގާފަތާއި ތާރީޚުގެ ތެރެއަށް ލޯހުޅުވައި ނުދެވޭކަމުންނެވެ.
Print

ދިވެހި ސަގާފަތުން ގެއްލި އުވިފައިވާ އުފެއްދުންތެރި އަދި ފުދުންތެރި ދިރިއުޅުމުގެ ހަނދާންތަކެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އާދަކާދަ



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިއްޔެ ދިވެހީންނަކީ ވަރަށް  ސާދާ ދިރިއުޅުމެއް އުޅެމުން އައި އަބުރުވެރި ބަޔެކެވެ. މަސައްކަތްތެރި މުރާލި ބަޔެކެވެ. އުފެއްދުންތެރި ފުދުންތެރި ބަޔެކެވެ. ބޭރު ތަކެއްޗަށް ރޭރު ނުވެ، އޭރު ލިބުނު އެއްޗަކުން ބޭނުންތައް ފުއްދައިގެން އުޅުނު ބަޔެކެވެ. ކާބޯތަކެތީގެ ގޮތުގައި ބޭނުންކޮށް އުޅުނީ ކަނޑުފަޅުންނާއި ދަނޑުފަނގުން ލިބޭ ތަކެއްޗެވެ. ބޭނުންކޮށް އުޅުނު ސާމާނާއި އާލާތަކީ އަމިއްލަ އުފެއްދުންތެކެވެ. އޮޑިދޯނިފަހަރު ބަނުމަށާއި ގެދޮރުއެޅުމަށް ބޭނުންކުރަނީ އަދި ހިފައިގެންގުޅޭ ސާމާނު ތައްޔާރުކުރަނީ ވެސް އަމިއްލަޔަށް އަމިއްލަ ތަކެތީންނެވެ. މި ހުރިހައި ކަމަކަށް ބޭނުންވާ މައިގަނޑު ވަސީލަތް (އަޞްލު މާއްދާ) ހޯދަނީވެސް ދިވެހި މާޙައުލުންނެވެ.

ދިވެހި ކާބަފައިން އެބައި މީހުންގެ އަބުރުވެރި ދިރިއުޅުން ވޭތުކުރުމުގައި ބޭނުންވާ ސާމާނު ހޯދުމުގެ އެންމެ މުހިއްމު ވަސީލަތެއް ކަމުގައި ދިވެހި ރުއް ހިމެނިފައިވި އެވެ.
Print

ވަލުހިނގުން: ކިހިނެއް ކޮށް އުޅުނު، ކޮންކަމެއް؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް (2011)

ފޮޓޯ އިން ތިޔަ ފެނިވަޑައިގަންނަވާ ކާށި، ތިބާ އަށް ވަރަށް ގިނަ ވާހަކަ އެބަ ކިޔައިދެ އެވެ. ތިބާގެ ކާބަފައިންގެ މުރާލި ކަމުގެ ވާހަކަ އެވެ. ދަމަކަށް އިރު އަރަން ދެން ދެފައި ދަމަދަމާފައި ނިދަން ނުތިބެ، ރިޒުޤު ހޯދުމަށްޓަކައި އެމީހުން މަސައްކަތު ނިކުންނަ ވާހަކަ އެވެ. ތިބާގެ ކާބަފައިންގެ ހެޔޮލަފާކަމުގެ ވާހަކަ އެވެ. އަނެކާގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތި މިންވަރެވެ. ތިބާގެ ކާބަފައިންގެ މަޖާ މިޒާޖެވެ. އުފަލާއި މަޖަލުގައި ނިޔަނެތިކަމާއެކު ވޭތުކުރި ދިވެހިންގެ ހިތްގައިމު ދިރިއުޅުމެވެ. ތަފުޞީލު ހޯދައިލުމަށްޓަކައި ވަލުހިނގުމަކީ ކޮބައިތޯ ބަލައިލަމާ ހިންގަވާށެވެ!
Print

ނައްޕި ދަތުރު

ޝާޢިއުކުރީ ޙަސަން ޝާކިރު މުޙައްމަދު . ހިމެނޭބަޔަކީ އާދަކާދަ


ޙަސަން ޝާކިރު މުޙަންމަދު

އަޅުގަނޑަށް ބޮޑު ތިލަދުންމައްޗަށް ކުރެވުނު ދަތުރަކީ، ވަރަށް ތަފާތު ތަޖުރިބާ ތަކެއްގެ މައްޗަށް ބިނާވެފައިވާ ދަތުރެކެވެ. އެދަތުރުގެ ހަނދާން ތަކުގެތެރެއިން ނައްޕި ދަތުރަކީވެސް ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ. އަތޮޅުތަކުގެ އާދަކާދަތަކުގެ ތެރެއިން ކައިރި ރަށްރަށަށާއި ތަންކޮޅެއް ދުރުގައިވާ ރަށްރަށަށްވެސް ދަރުދަތުރު ކުރުމަކީ، ޒަމާނުއްސުރެ ހިނގަމުންދާ ކަމެކެވެ.
Print

ކުޑަކުދީންނާއި އިސްލާމްދީން

ޝާޢިއުކުރީ ޙަސަން ޝާކިރު މުޙައްމަދު . ހިމެނޭބަޔަކީ އާދަކާދަ


ފޮތެއްގެ ތަޢާރުފު

ޙަސަން ޝާކިރު މުޙަންމަދު

ހާހާ ނުވަސަތޭކަ ސައުރަޔާއި ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު، އޭރު މިޞްރުގެޤާހިރާގައި ހުންނެވި ޔުނިސެޕްގެ މަންދޫބު މރ. އެޑްވަޑް ޖޭ. ލެނަޓްގެ އެދިވަޑައިގަތުމަކަށް، ކުޑަކުދިންނާއި މައިން ރައްކާތެރިކުރުމާއި ބިނާކުރުމާބެހޭ ގޮތުން ޔުނިސެފުން ކުރަމުންގެންދާ މަސައްކަތްތަކުގައި، އަޒްހަރު ޔުނިވަރު ސިޓީ ބައިވެރިވުމުގެ ގޮތުން އަޒްހަރުގެ އޭރުގެ އިމާމު، އަލްއިމާމުލް އަކްބަރު ފަޟީލަތުއްޝައިޚު ޖާދުލްޙައްޤު ޢަލީ ޖާޖުލްޙައްޤު އެކުލަވައިލެއްވި ދަންނަބޭކަލުންގެ ޚާއްޞަ ކޮމިޓީއަކުން އެކުލަވައިލެއްވި ދިރާސާއެއްގެމައްޗަށް ބިނާކުރައްވައިފައިވާ "ކުޑަކުދީންނާއި އިސްލާމްދީން" މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ، ރާއްޖޭގައި ހުންނަ ޔުނިސެފުގެއޮފީހުގެ އެދުމުގެ މަތިންނެވެ.
Print

"އަޅުގަނޑަކީ ބީރައްޓެއްސެއްނޫން!"

ޝާޢިއުކުރީ ހަސަން ޝާކިރު މުޙައްމަދު . ހިމެނޭބަޔަކީ އާދަކާދަ


ހަސަން ޝާކިރު މުޙައްމަދު

މީގެ ތިރީސް އަހަރު ކުރިން، މީލާދީ ސަނަތުން ހާހާ ނުވަސަތޭކަ އެކާހި ވަނަ އަހަރުގެ ފެބުރުވަރީ މަހު، ފުރަތަމަ ފަހަރަށް ރާއްޖެތެރޭގެ ރަށަކަށް ދިޔުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ.
Print

ދިވެހީންގެ އާދަކާދަ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އާދަކާދަ

ފޮތެއްގެ ތަޢާރުފު:

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


"މި ފޮތަކީ ދިވެހީންގެ ދިވެހިވަންތަކަން ދައްކައިދޭނެ ނަމޫނާއެއް ކަމުގައި އަޅުގަނޑު ދެކެމެވެ." އަދި "ޚާއްޞަ ގޮތެއްގައި ސްކޫލްކުދީންގެ ފިލާވަޅުތަކަށް އެހީވެދޭނެ އަދި އެކުދީންގެ ކާބަފައިންގެ ރަން ޒަމާނަށް އަލިއަޅުވައިދޭ ދަންމަރެއްކަމުގައި މި ފޮތް ވާނެ އެވެ."
Print

މިތުރުކަން ކެނޑިގެންދާ ސަބަބުތައް...

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އާދަކާދަ

 ... އެކި މީހުންގެ ނަޒަރުން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

މި ލިޔުމުގައި އަޅުގަނޑު މި ލިޔެލަނީ ދޭދޭ މިތުރުންގެ މެދުގައި އުފެދިފައި އޮންނަ އެކުވެރިކަމާއި ގާތް ރައްޓެހި، ރަޙުމަތްތެރިކަން ކެނޑިގެންދާ ސަބަބުތައް ކަމަށް އެކި މީހުން އެބައި މީހުންގެ އަމިއްލަ ތަޖުރިބާގެ އަލީގައި ކިޔައިދީފައިވާ ވާހަކަތަކެކެވެ. މިކަންކަމާމެދު ވިސްނައި ފިކުރު ކުރުމަށްފަހު މިފަދަ ސަބަބުތައް މެދުވެރި ނުވާނެ ގޮތަކަށް އަޅުގަނޑުމެންގެ އާދަތައް ބައްޓަންކޮށްލުމަށް ވިސްނިދާނެ އެވެ.
Print

ކުރޮއޭޝިޔާގައި ހޭދަކުރެވުނު ރޯދަމަހުގެ ހަނދާންތައް

ޝާޢިއުކުރީ އިޔާޒު ނަސީމް . ހިމެނޭބަޔަކީ އާދަކާދަ


މުސްލިމެއްކަމުގެ ދަޢުވާކޮށްކޮށްހުއްޓާ، މުސްލިމުން ދުށުމުގެ ނަސީބު ލިބިއްޖެ އެވެ!


އިޔާޒު ނަސީމު

ބައްދަލު ނުވާތާ ދުވަސްކޮޅެއްވެފައިވާ ރައްޓެއްސަކާ، މީގެ ދެތިން ދުވަސްކުރިން ބައްދަލުވި އެވެ. ދުވަސްކޮޅެއް ވެފައި ބައްދަލުވީތީ ޙާލު އަހުވާލު އަހައި، ބައްދަލުނުވެ އެހާ ދުވަސްވީ ކީއްވެގެންތޯ އަހާލީމެވެ. އޭނާ އައީ ރާއްޖެއިން ބޭރުގައި އުޅެފަ އެވެ. ބައްދަލުނުވެ ދުވަސްކޮޅެއްވީ އެހެން ވެގެންނެވެ.
Print

ދަތި ނުކުރާށެވެ. ފަސޭހަ ކުރާށެވެ. (1)

ޝާޢިއުކުރީ އަޙްމަދު ޝަމީން ދޮންމަނިކު . ހިމެނޭބަޔަކީ އާދަކާދަ


އަސްލުލިޔުއްވީ: ޑރ. ޔޫސުފް އަލްޤަރަޟާވީ
ތަރުޖަމާ: އަޙުމަދު ޝަމީނު ދޮންމަނިކު


އެ ދީނަކީ އެކަލާނގެ އަޅުތަކުންނަށް މާތް ﷲ ބާވާލެއްވެވި ރަޙުމަތެކެވެ. މިއީ އެންމެ ކުރުގޮތަކަށް އިސްލާމްދީން ސިފަކުރެވޭނެ ޢިބާރާތެވެ.

މިއީ އެސިފަޔަކުން މާތް ﷲ ކީރިތި ޤުރުއާނުގައި އެދީން ސިފަކުރައްވާފައިވާ ސިފައެވެ. "އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ."
Print

ފައިސާ ... ފައިސާ ... ފައިސާ

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އާދަކާދަ


ފައިސާއާ މެދު ތިބާ ދެކެނީ ކިހިނެއް ހެއްޔެވެ؟


ތަރުޖަމާ: އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު


މިއީ "ފައިސާ" އާ ބެހޭގޮތުން އެކިއެކި މީސްމީހުން ބުނެފައިވާ ބައެއް ބުނުންތަކުގެ އަވަސް ތަރުޖަމާއެކެވެ. މީގެ އެއް ބޭނުމަކީ ފައިސާއާ މެދު ތިބާ މިހާރު ދެކޭގޮތް އަމިއްލައަށް ވަޒަންކޮށްލުމެވެ. ބައެއް ބުނުންތައް ރަނގަޅަށް ފަހުމުވުމަށްޓަކައި ދެތިން ފަހަރަކު ކިޔާލަން ޖެހިދާނެ އެވެ.
Print

ވަޒީފާ ........އެކާވީސްވަނަ ސައްތައިގެ އަޅުވެތިކަން

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އާދަކާދަ


"ބައްޕާ އެވެ! މާދަމާ ވެސް އޮފީހަށް ދާނަން ހެއްޔެވެ؟ ކޮއްކޮ އާ އެކީ ކުޅެލަން ހުންނާނީ ކޮންއިރަކު ހެއްޔެވެ؟''


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

ދުބައި ގައި  މީހަކު އުޅެތާ އަހަރެއް ވެއްޖެ އެވެ. އޭނާ ދިރިއުޅޭ ރީތި ފުލެޓުގައި އޭނާ ނިދާކޮޓަރިން   ފެންނަނީ (ވަގުތީ) އެންމެ އެނދެކެވެ. ކަނޑުގެ އައްސޭރިފަށުގައި، ގޮނޑުދޮށުގައި ހުރި މި ފުލެޓުގެ  ތެރެއިން އޭނާ އަށް އެނގެނީ  ހަމައެކަނި މި ކޮޓަރި އެވެ. މި ފްލެޓްގެ އެހެން ތަންތަން އޭނާ އަށް އަދި ބަލައެއް ނުލެވެ އެވެ.
Print

އެ ހަނދާން

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ އާދަކާދަ


މުޙަންމަދު ޝާހިދު ޙަލީމް

ދުވަހަކީ ހިޖުރީ ސަނަތުން 1431 ވަނަ އަހަރުގެ ޝައްވާލުމަހުގެ 27 ވަނަ ދުވަހެވެ. މީލާދީ ސަނަތުން 2010 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 6 ވަނަ ދުވަހެވެ. ހަވީރުގެ ވަގުތެވެ. އަޅުގަނޑު ހުރީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި، އެ އަތޮޅުގެ އަތޮޅުގޭގައި މިހާރު ޖަލްސާކުރާ މާލަމެއްގެ ގޮތުގައި ބޭނުންކުރަމުން ދާ، ކުރީން އަތޮޅުގޭގެ ކާކޮޓަރީގައެވެ. ޖެހިގެން އޮތް ބުރާސްފަތިދުވަހު އެ މާލަމުގައި އޮންނަ ތަމުރީނު ޕުރޮގުރާމަކަށް އެ މާލަން ތައްޔާރުކުރުމުގެ މަސައްކަތުގައެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ