އަދުގެ ޚާއްސަ

އާދަކާދަ

Print

ޢީދު މުބާރިކު

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އާދަކާދަ


ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފަންވަތުގެ ހީވާގީ ލިޔުންތެރީންނަށާއި، ތިޔަ ލޮބުވެތި ކިޔުންތެރީންނަށް އަރިސްކުރަމެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ވަޑައިގެންތިއްބެވި އެންމެހާ އަޚުންނާއި އުޚުތުންނަށް މަބުރޫރު ޙައްޖެއް މިންވަރު ކުރައްވާށި އެވެ. އިސްލާމީ އުންމަތަށް ބާއްޖަވެރިކަމާއި ފާގަތިކަން ފަހިކޮށްދެއްވާށި އެވެ.


                       - އިދާރާ -

Print

ރައްކާތެރި ނުރައްކާތެރި އެއްޗެކެވެ.

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އާދަކާދަ


މުޙަންމަދު ލަޠީފު ށ.މިލަންދޫ

ތިޔައީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. ތިޔައީ ވަރަށް ނުރައްކާތެރި މީހެކެވެ. ތިއައީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިއީ އަޅުގަނޑުމެން ވާހަކަ ދެއްކުމުގައި ވަރަށް ގިނައިން ބޭނުންކުރާ ބަސްތަކެކެވެ. ސުވާލަކީ ރައްކާތެރީ ކާކުތޯ އެވެ؟ ރައްކާތެރީ ކޮން އެއްޗެއްތޯ އެވެ؟ ރައްކާތެރީ ކޮންކަމެއްތޯ އެވެ؟
Print

އުވެމުންދާ ރާއެރިކަން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


ފާޠިމަތު ސަޢީދު

އެވޭލާ ޒަމާނުގައި ރާއެރިކަމަކީ ދިވެހިންގެ ތެރޭގައި ތަރައްޤީވެ ކުރިއަރަމުން އައި ވަރަށް ބޭނުންތެރި ފައިދާ ބޮޑު މަސައްކަތެކެވެ. ރުކުރާއިން އުފައްދާ ތަކެތި ބޭނުން ކުރެވެމުން އައީ ކެއުމަށާއި ރާއްޖެއިން ބޭރަށް ގެންގޮސް ވިއްކައިގެން އާމްދަނީ ހޯދުމަށެވެ. މިދެންނެވި މަސައްކަތް އެންމެ ފުޅާދާއިރާ އެއްގައި ކުރަމުން އައީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގަ އެވެ. ޚާއްޞަ ކޮށް ފުވައްމުލަކާއި އައްޑު އަތޮޅުގައެވެ.
Print

އައްތަވާޅި އާއި ތިންމުގޯލި އާއި ލޮންޑާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން

ލޮންޑާއާ ބެހޭ ގޮތުން ފަންވަތުގައި ލިއުމުން، އެއީ އައްތަވާޅި ކަމަށް ޚިޔާލު ހުށަހެޅުނެވެ. އަދި އެއީ ތިންމުގޯއްޔާ ވައްތަރު، އެހެނަސް އެއާ ވަރަށް ބޮޑަށް ތަފާތު ކުޅިވަރެއް ކަމަށް ވެސް ޚިޔާލު ހުށެހެޅުނެވެ.

މި ލިއުމުގައި ގެނެސްދީފައިވާނީ މިކުޅިވަރުތަކާބެހޭ ގޮތުން،
Print

ފުޓްބޯޅައަށްވުރެ ކުރިން ކުޅުނު ލޮންޑާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން

ލޮންޑާ އަކީ، އީދުގައި ކުޅޭ ކުޅިވަރުތަކުގެ ތެރެއިން އެންމެ ފޯރި ގަދަ އެއް ކުޅިވަރެވެ. މިހާރު ފުޓްބޯޅައަށް ދެވިފައިވާ މަޤާމު، އޭރު ލޮންޑާއަށް ދެވިފައިވި އެވެ. ނަމަވެސް ފުޓްބޯޅައިގެ މަޤުބޫލުކަން އިތުރުވިވަރަކަށް ލޮންޑާގެ މަޤުބޫލުކަން ދިޔައީ ކުޑަވަމުންނެވެ. މީގެ ތިރީހަކަށް އަހަރުކުރިން ލޮންޑާއަކީ
Print

މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި،

ދިވެހިރާއްޖޭގައި ކިޔަވައި ދެއްވާ  
އެންމެހައި ލޮބުވެތި މުދައްރިސުންނަށް،

ނުހަނު އިޚުލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮ އެދުންތައް ދަންނަވަމެވެ.


                                                                      - ފަންވަތް -
Print

ތާރީޚީ ފުލޯކު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އާދަކާދަ


އަޙްމަދު ރަޝީދު ވައިޖެހޭގެ

ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގެ ތެރެއިން ފާހަގަކުރެވޭ މުހިންމު އެއް ބިނާއަކީ، މާލޭގައި މިހާރުގެ މެދުޒިޔާރަތް މަގަށް ބަޔެއް އަރާގޮތަށް ހުކުރުމިސްކިތު ގޯތިތެރޭގައި ހުރި މުންނާރެވެ. މިއީ އުތީމު ދަރިކޮޅުން ދިވެހިރާއްޖޭގެ ތަޚުތުގައި ރެނދަލި ކުރެއްވި އައްސުލްޠާން އިބްރާހީމް އިސްކަންދަރު ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ތާރީޚުގައި މަޝްހޫރު އިސްކަންދަރު ރަސްގެފާނު) ހިޖުރައިން 1085 ވަނަ އަހަރު ބިނާކުރެއްވި ތަނެކެވެ.
 
މި މުންނާރު ބިނާކުރެވިފައި ވަނީ،
Print

ރަމަޟާން ކަރީމް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ



ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް، ފަންވަތުގެ އަހުލުވެރިންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ދަންނަވަމު އެވެ.

މި ރަމަޟާންމަހަކީ ވެސް ތިޔަ ބޭފުޅުންނަށް ދަރުމައާއި ބަރަކާތުގެ މޫސުމެއް ކަމުގައި މާތް ﷲ ލައްވާށި އެވެ! އާމީން!



وكل عام وأنتم بخير
Print

މާހެފުން ތައްޔާރުކުރުމާއި މާހެފުން އޮޑި އެޅުން އަދި މާހެފުންދުވަސް ފާހަގަކުރުން

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ އާދަކާދަ


އަޙްމަދު ރަޝީދު އެސްޖެހިގެ ލ. ފޮނަދޫ

"ދުވަސްވަރަކީ 1990 ގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ރަމަޟާން މަސް ކައިރިވެގެން އައިއިރު އަހަރެން ހުރީ މާލޭގައެވެ. އަހަރެން ކިޔަވަން ހުންނަގެއަކީ ފަސްބުރިއަށް ނަގާފައިހުންނަ ގެއެކެވެ. ގޭގެ އެންމެ މަތީގައި ޓެރަހެއް އޮވެއެވެ. ޓެރަހުގެ ވަށައިގެން ރީތި ބަގީޗާ ގަސްތައް ހައްދާފައި ހުއްޓެވެ. އެދުވަހު އަހަރަމެން އުޅުނީ ޓެރަސްމަތި ރީތިކޮށް ކެއުމެއް ތައްޔާރު ކުރުމަށެވެ. އެދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ކުރިއަށް އޮންނަ ދުވަހެވެ. އާދެ، މާހެފުން ދުވަހެވެ.
Print

ދިވެހިންގެ އިޖްތިމާޢީ މިނިވަންކަން

ޝާޢިއުކުރީ އަޙްމަދު ޝަމީން ދޮންމަނިކު . ހިމެނޭބަޔަކީ އާދަކާދަ


އަޙްމަދު ޝަމީނު ދޮންމަނިކު (2010)

ދިރިއުޅުމުގެ ގޮތްތަކަކީ މުޅި ދުނިޔޭގައިވެސް އެއްބަޔަކު އަނެއްބަޔަކާ ތަފާތު އެއްޗެއްކަން އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަމެވެ. އަދި ބާރުދަގަ ފަރާތްތަކުގެ ގޮތްތަކާ އުސޫލުތައް އެނޫން ފަރާތްތަކުގެ އާދަކާދައާ ޡަޤާފަތްތަކަށް ފަސްއަޅާ ފޮރުވާލާނެކަމާއި، ކުދި ޘަޤާފަތްތަކުގެ އަހުލުވެރިންގެ އިޖްތިމާޢީ މިނިވަންކަން ގެއްލި ބާރުގަދަ ބާރުހުރި އަބާދީތަކުގެ އިޖްތިމާޢީ އަޅުވެތިކަމުގެ ދަށަށް ދާނެކަމީ
Print

ފަންވަތުގެ ލިޔުންތެރިން ތަޢާރުފުކުރުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ



ފަންވަތުގެ ލިޔުންތެރިން ތަޢާރުފުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުން އެބަދެ އެވެ.

މިކަމުގައި ބައިވެރިވެވަޑައިގެންނެވުމުގެ ދޮރު ވަނީ ފަންވަތުގެ އެންމެހައި ލިޔުންތެރިންނަށް ހުޅުވާލާފަ އެވެ.

ލިޔުންތެރިޔަކާ ބެހޭ ގޮތުން އަޅުގަނޑުމެން ތައްޔާރުކުރާ ތަކެތީގައި ހިމަނާނީ ލިޔުންތެރިޔާ ދެއްވާ މަޢުލޫމާތެވެ.
Print

ކުށުން އެއްކިބާކުރުން

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުﷲ ފާރޫޤު ޙަސަން

    މުފައްކިރެއްގެ ބަސްފުޅެއްގައިވެއެވެ.

It is not the severity of punishment that acts as deterrent. It is its inevitability

    އިންސާނާ ކުށްކުރުން ހުއްޓުވަނީ، އަދަބުގެ ހަރުކަށިކަމެއް ނޫނެވެ. އޭނާ ކުށުން އެއްކިބާކުރުވުމުގެ ސަބަބަކަށްވަނީ، އަދަބު ނުލިބި ނުދާނެކަމުގެ ކަށަވަރުކަމެވެ.
Print

މަންމަގެ ކަޓު ޚިޔާލު

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އާދަކާދަ


ބިންމާ އިބްރާހީމް ވަޙީދު

    "ދަރިފުޅު މެންދުރު ނަމާދު ކޮށްފިން؟" މަންމަ އެހި އެވެ. "އިރުކޮޅަކުން އަސުރަށް ގޮވާނެ.."

    "ކުރާނަމޭ!" ރުންކުރު ރާގަކަށް އަހަރެން ބުނީމެވެ. "އަދި ކިރިޔާ މި އައިސް ވަނީނު މަންމާ!"

    "ގެއްލުނު ރޯދަތައް ހިފައިފިން؟ މިހާރު އަނެއް ރަމަޟާން މަސް މިއޮއް އައިސް ޖެހުނިއްޔޭ!" މަންމަ އެހި އެވެ. "ކުރީ ފަހަރުގެ ރޯދަތައް ވެސް އަދި ހިފައިނުނިމޭ.. ދަރިފުޅަށް އެނގޭތަ އެއީ ކިހާ ބޮޑު..."

    "ހިފާނަމޭ!" އަހަރެން ބުނީމެވެ. "އަދި އެބައޮތެއްނު ވަން މަންތު!"
Print

ފޮތެއްގެ ތަޢާރުފް: ދޮންމޮހޮނާއި މިޔަރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ



 އަޙްމަދު އަޖްމަލް ޙާމިދު (2007)

         "އެ މީހަކު ސަލާންޖަހަން ގެންގުޅުނު ނާށިގަނޑު އެ މީހަކު މަރުވަންދެން ވެސް ގެންގުޅެން ޖެހޭނެ"

                                                          ޢަބްދުالله ޞާދިޤު

ލިޔުންތެރިޔާ

                                                        

ނަން: ޢަބްދުالله ޞާދިޤު

އުފަން ތާރީޚް: 11 ޖެނުއަރީ 1955

ތަޢުލީމް ޙާޞިލުކުރެއްވީ: އަލްމަދްރަސަތުއްޘަނިއްޔާ ( މިހާރުގެ މަޖީދިއްޔާ ސްކޫލް )

އަދާކުރައްވާ ވަޒީފާތައް:  ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޚާއްޞަ މުޝީރު        
Print

ނަބީބޭކަލުންގެ ނަންފުޅުތަކުން ނަންކިޔުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން


މުސްލިމެއްގެ ދަރިޔަކަށް ނަބީބޭކަލެއްގެ ނަންފުޅުން ނަންކިޔާނަމަ، އެދެވިގެންވަނީ، ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ނަބީބޭކަލެއްގެ ނަންފުޅުން ނަން ކިޔުމެވެ. ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވަނީ، 25 ނަބީބޭކަލުންގެ ނަންފުޅެވެ. ތިރީގައި މިވަނީ، އެ ނަންފުޅުތަކެވެ.

އާދަމު: އާދަމުގެފާނު އެއްހާސް އަހަރު ދުނިޔޭގައި އުޅުއްވި ކަމަށް ބުނެވެ އެވެ.
Print

ބޭރަށްހިންގުމަކީ ސުވަރުގޭގެ މަލެއްބާ؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން


އެއީ މިހާރަކަށް އައިސް އެންމެ ގިނައިން މާނަ ހޯދަން މީހުން މަސައްކަތްކުރާ އެއް ނަމެވެ. އެނަން ދެ ގޮތަކަށް ކިޔެ އެވެ. އެއް ގޮތަށް ކިޔާއިރު އެއިން ދޭހަވަނީ ބޭރަށްހިންގުމެވެ. އަނެއް ގޮތަށް ކިޔާއިރު އޭގެ މާނައަކީ ސުވަރުގޭގެ މަލެއް ކަމަށް ބުނެވެ އެވެ. އެއީ ޢަރަބި ނަމެއް ކަމަށް ބުނާ ފުރެއްދެ ވެބްސައިޓުތައް ވެ އެވެ.

ޢަރަބި ބަހުގެ އެންމެ ބޮޑު އެއް ބަސްފޮތް ކަމުގައިވާ ޤާމޫސުލް މުޙީޠުން އެނަން ނުފެނުނެވެ. ޢަރަބި ބަހުން ހަދާފައިވާ އެންމެ ބޮޑު އެއް ނަންފޮތް ކަމުގައިވާ، ލަހާއޮންލައިންގެ ނަންފޮތުން ވެސް އެނަން ނުފެނުނެވެ.
Print

ޤައުމީ ދުވަހުގެ ތަހުނިޔާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


ރާއްޖެ އިސްލާމްވީ ދުވަހުގެ އުފާވެރި ތަހުނިޔާ ފަންވަތުގެ ހީވާގި ލިޔުންތެރިންނަށާއި، ލޮބުވެތި ކިޔުންތެރިންނަށް އަރިސްކުރަމު އެވެ.


                                                       
Print

ޒުލައިޚާ ގެ މާނަ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން


ޒުލައިޚާ އަކީ މިޞްރުގެ ޢަޒީޒުގެ އަނބިކަނބަލުންގެ ނަންފުޅު ކަމަށް ކީރިތި ޤުރުއާނުގެ ބައެއް ތަފުސީރު ފޮތްތަކުގައި ވެ އެވެ. ޢަޒީޒު އަވަހާރަވުމަށްފަހު، ޔޫސުފުގެފާނު، އެކަމަނާއާ ކާވެނިބައްލަވައިގަތް ކަމަށް ވެސް ބުނެ ވެ އެވެ. ޔޫސުފުގެފާނަކީ، ބަނޫއިސްރާއީލުގެ ނަބީބޭކަލެކެވެ. އެހެންކަމުން، އެކަލޭގެފާނުގެ ވާހަކަ، ތައުރާތުގައި ވެސް ނަންގަނެވިފައި ވެ އެވެ.

ޔޫސުފުގެފާނާ ބެހޭގޮތުން، ތައުރާތުގެ ސިފުރުއްތަކުވީނުގައި ނަންގަނެވިފައި ވެ އެވެ.

"ފިރުޢައުނު (މިޞްރުގެ ރަސްގެފާނު) ޔޫސުފުގެފާނަށް "ޞަފުނާތު ފަޢުނީޙު" ގެ ނަންފުޅު ދެއްވި އެވެ. އަދި އޫން ގެ ކަހީނު "ފޫޠީ ފާރަޢު" ގެ ދަރިކަނަބަލުން "އިސްނާތު" އެކަލޭގެފާނަށް އަނބިކަނބަލެއް ކަމުގައި ވެދުންކުރެއްވި އެވެ." (ސިފުރުއްތަކުވީން: 45:41)
Print

ކީރިތި ޤުރުއާނުން ފެންނަ ކުށްތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ފަހުދު ރަސްގެފާނުގެ ޚަތިމާއި ކުވޭތުގެ ޚަތިމާއި އަޒުހަރުގެ ޚަތިމާއި މިޒަމާނުގެ ޑިޖިޓަލް ޚަތިމުން ވެސް ކުށް ފެނިފައިވެ އެވެ.

އަޒުހަރުގެ ޚަތިމުގެ 6000 ކޮޕީގެ ތެރެއިން ގަނޑުއޮޅިފައިވާ އެންމެ ޚަތިމެއް ފެނުމުން، 325 ޚަތިމުގައި ކުށްހުރި ކަމަށް ޚަބަރު ފެތުރުނެވެ.


ޢަބްދުލްމުޢީދު ޙަސަން


ކީރިތި ޤުރުއާނުގެ ކުށެއް ނެތް ނަކަލެއް ނެތް ކަމަށް ބައެއް މީހުން ބުނެ އެވެ. އަދި ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ލިޔެވުނު ޚަތިމުތައް ވަނީ، ވީރާނާވެފައި ކަމަށާއި، އެއިން ޚަތިމެއްގެ ފުރިހަމަ ކޮޕީއެއް ނެތް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. މިބާވަތުގެ ދޮގު ވާހަކަތައް ދައްކަނީ، އިސްލާމްދީނާމެދު ޝައްކު އުފައްދަން މަސައްކަތްކުރާ މީހުންނެވެ.

ކީރިތި ޤުރުއާނުގެ އެންމެ އިހުގެ ނަކަލެއް ބައްލަވާލައްވަން ބޭނުންފުޅުނަމަ، މިޞްރަށް ވަޑައިގެން އެކަން ކުރެއްވިދާނެ އެވެ. މިޞްރުގައިވާ ދުނިޔޭގެ އެންމެން ދަންނަ، އެންމެ މަޝްހޫރު އެއްތަނަކީ، ޖާމިޢުލް އަޒުހަރެވެ. ޖާމިޢުލް އަޒުހަރު ހުންނަ ސަރަޙައްދަށް ވަޑައިގަތުމުން، ހައިބަތުހުރި ތުރުކީ މުންނާރެއް ފެނިވަޑައިގަންނަވާނެ އެވެ. އެ މުންނާރަކީ، ޙުސައިނުގެފާނުގެ މިސްކިތްކޮޅުގެ މުންނާރެވެ. އެ މިސްކިތްކޮޅުގެ ތެރޭގައި، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އާއި، ޠާހިރު އަހުލު ބައިތުންގެ ބައެއް ތަކެތިކޮޅުތައް ރައްކާކުރެވިފައި ވެ އެވެ. ޢުޘްމާނުގެ ފާނު ލިޔުއްވި ހަތަރު ޚަތިމުގެ ތެރެއިން އެއް ޚަތިމު ވެސް އެތަނުގައި ވެ އެވެ.
Print

ދިވެހިންގެ ރީތި އާދަކާދަ

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އާދަކާދަ


އިބްރާހީމް ނަޢީމު

ދިވެހިންނަކީ ފެށުނީއްސުރެވެސް ރިވެތި އާދަ ތަކަކަށް އަހުލުވެރި ވެފައިވާ ބައެކެވެ. ދިރިއުޅުމުގެ ކޮންމެދިމާއަކަށް ބަލައިލި ނަމަވެސް މިދެންނެވި ބަހުގެ ތެދުކަން ސަބިތުވާނެއެވެ. އެކަކު އަނެކަކަށް އިޙްތިރާމު ކުރުމާއި ހެޔޮފޯރުވައި އެހީތެރިވުމަކީ ޒަމާނުއްސުރެވެސް ދިވެހިން ކުރަމުންއަންނަ ކަންތައްތަކެވެ. ނަމަވެސް މިދެންނެވި ހަމަތަކާ ޚިލާފު ބައެއްކަންތައްތައް މަދުމަދުން ނަމަވެސް ހިނގާތީ އެބަފެނެއެވެ. މިގޮތަށްދިމާވި ދެތިން ހާދިސާއެއް ފަންވަތުގެ އަހުލުވެރިންނާ ޙިއްސާކޮއްލައި، މިފަދަ ކަންކަމުގައި ތިޔަބޭފުޅުންގެ ތަޖުރިބާވެސް އޮޅުންފިލުވަލަން ބޭނުމެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ