އަދުގެ ޚާއްސަ

އާދަކާދަ

Print

އަދަބިއްޔާތުން ވައްކަން ކުރުމާމެދު ޢިލްމުވެރިންގެ ރައުޔު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން


ކުރުކޮށް ބުނާނަމަ، އަދަބިއްޔާތުން ވައްކަންކުރުމޭ ބުނެވޭ ބަހުގެ މާނައީ، އެހެން މީހަކު ލިޔެފައި އޮންނަ އެއްޗެއް، އެ އޮންނަގޮތަށް ކޮޕީކޮށްގެން، ތިމާގެ އަމިއްލަ ނަމުގައި ޝާއިޢުކުރުމެވެ. ނުވަތަ އެހެން މީހެއްގެ އުފެއްދުމާއި ފިކުރު ނެގުމަށްފަހު، އޭގެ މަޞްދަރަށް އިޝާރާތްކުރުމެއް ނެތި، އޭގެ ބޭނުންކުރުމެވެ.

އަދަބިއްޔާތުން ވައްކަންކުރުމުގެ މާނައިގައި ހިމެނޭ ލިޔުންތައް، ފަންވަތުގައި ޝާއިޢުކުރެވޭ ކަމުގެ ޝަކުވާ ކުރެވެމުން އެބަދެއެވެ. އޭގެ މިސާލަކީ، ވިކި ޕީޑިއާ ނުވަތަ އެކިއެކި ފޮތްފޮތުގައިވާ ލިޔުންތައް، އޭގެ އަޞްލު މަޞްދަރު ބަޔާންކުރުމެއް ނެތި، ތިމާގެ އަމިއްލަ ނަމުގައި ޝާއިޢުކުރުމެވެ. މިހެންވެ، މިބާވަތުގެ ޢަމަލުތައް ނުކުރެއްވުމަށް ފަންވަތުގެ އެންމެހައި ލިޔުންތެރިންނަށް އިލްތިމާސްކުރަމެވެ. އަދި އެއްވެސް ލިޔުމަކާމެދު މިބާވަތުގެ ތެދު ޝަކުވާއެއް ފަންވަތަށް ލިބިއްޖެނަމަ، އެ ލިޔުމެއް ފޮހެލެއްވުމަށް، ފަންވަތުގެ އެޑިޓަރުންނަށް ދަންނަވަމެވެ.

ތިރީގައި މިވަނީ، އަދަބިއްޔާތުން ވައްކަންކުރުމާ ބެހޭގޮތުން، ޖާމިޢުލް އަޒުހަރުގެ ފަތުވާ ކޮމިޓީން ނެރުއްވާފައިވާ ފަތުވާއެއްގައި ހިމެނޭ މުހިންމު ނުކުތާތަކެވެ. މި ނުކުތާތައް ނަގާފައިވަނީ، އައްޝަރުޤުލް އައުސަޠު ނޫހުގެ 9021 ވަނަ ޢަދަދުންނެވެ.
Print

ހިޔަރަކާތްވިލޭރޭ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް (2009)

ދިވެހި އާދަކާދައިގެ ތެރޭން އުވިގޮސްފައިވާ އެއްކަމަކީ، ހިޔަރަކާތްވިލޭރޭ ފާހަގަ ކުރުމެވެ. ދިވެހިން ހިޔަރަކާތްވިލޭރެޔޭ ކިޔަނީ ޝަޢުބާންމަހުގެ ފަނަރަވިލޭރެއަށެވެ. އެރެޔަކީ ވަރަށް އިސްކަމެއް ދީގެން، ދީނީ އިޙްތިފާލެއްގެ ގޮތުގައި  ދިވެހިން ފާހަގަކުރަމުން އައި ރެ އެކެވެ.

މައުޟޫޢުގެ ތެރެއަށް އަޅުގަނޑު ވަންނާނީ، ހަމަ އެކަނި ދިވެހިންގެ ދިރިއުޅުމުން އަޅުގަނޑު ދުށްތަނެއް ލިޔެލާ މީހެއްގެ ގޮތުގަ އެވެ. ތާރީޚީ ޙަޤީޤަތެއް ބަޔާންކުރާ މީހެއްގެ ގޮތުގަ އެވެ. ކަމަކީ ދީނީކަމެއްތޯ؟ ސުންނަތެއްތޯ؟ ބިދުޢައެއްތޯ؟ މި ސުވާލުތަކަށް ޖަވާބު ބޭނުންފުޅުނަމަ، ދީނުގެ މުޢުތަބަރު ދަންނަބޭކަލުން އަރިހުން އެ ޖަވާބު ހޯއްދެވުން ރަނގަޅުވާނެ އެވެ.
Print

މަސްބަހަ ޖާދޫ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން


ހިކަނދި މަސްބަހަ ކެއްކި ލިކުން،

މީދާ ހިތް މޮޅިވި ލިކުން،

ކައުޑެ ދެލޯ ކަނުވި ލިކުން،

ބޮއިގެހު ފަތް ވެރުން ލިކުން،

ދައިތާ ކިހިލޭ މުޅޯށި ހަރުވި ލިކުން،

Print

ބައެއް ފަޅޯގަހުގައި ފަޅޯ ނާޅަނީ ކީއްވެ؟

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ އާދަކާދަ


 
ލިޔުންތެރިޔާ؛  އާމިނަތު ޝާފިޔާ އާދަމް
ފޮނުވީ؛      އަޙުމަދު ސަމީޢު
 
ބައެއް ފަހަރު ގޯތިތެރޭގައި ވަރަށް ރީތިކޮން ހެދިފައި ހުންނަ ފަޅޯ ގަސްގަހުގައިވެސް ފަޅޮލެއް ނާޅާއެވެ. ނުވަތަ ފަޅޯ ހަރުނުވެ  ވަކިވަރަކަށް ފަޅޯ ބޮޑުވުމަށްފަހު ކުއްލިއަކަށް ވެއްޓިދާނެއެވެ. މިއީ ގަސް ހެދުން ދެރަވުމުން ނުވަތަ ގަހަށް ބޭނުންވާ ވަރަށް ކާނާ ނުލިބުމުން ނުވަތަ ގަހަށް ބައްޔެއް ޖެހިގެން ނޫނަސް ދިމާވެދާނެ މައްސަލައެކެވެ. މިކަން މިގޮތަށް ދިމާވާ ސަބަބު ދެނެގަތުމަށްޓަކައި ފަޅޯ ގަސް އުފެދިފައި ވާގޮތުގެ މަޢުލޫމާތު ބޭނުންވެއެވެ.
Print

ޢީދު ،ރޯދައަށް ހަނދުބެލުން

ޝާޢިއުކުރީ އާދަމް ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ޢަބްދުއްރަޙްމާން- ހއ. އުތީމު (2006) ފަތްތޫރަ 331

ކިޔައިއުޅެނީ ޢީދު ރޯދައަށް ހަނދުބެލުމެވެ. ފުރަތަމަ އޮންނަނީ ޢީދުގެ ވާހަކައެވެ. ރޯދަ އޮންނަނީ ފަހަތުގައެވެ. ނަމަވެސް އަހަރުގެ މަސްތަކާއި ދުވަސްތައް ތަރުތީބު ވެފައިއޮންނަ ގޮތުން ފުރަތަމަ ހަނދުބަލަންޖެހެނީ ރޯދައަށެވެ. ޢީދަށް ހަނދުބެލުން އޮންނަނީ ފަހުންނެވެ.

ރޯދައަށް ހަނދުބަލާނީ ޝަޢުބާންމަހުގެ 29 ވަނަ ދުވަހު އިރުއޮއްސޭއިރުން ފެށިގެންނެވެ. ޢީދަށްނަމަ ރަމަޟާންމަހުގެ 29 ވަނަ ދުވަހުގެ ހަމަ އެގަޑީގައެވެ. ކޮންމެކަމަކީ ނުވަތަ ވަރަށްގިނަ ކަންކަމަކީ އެކަމެއް ހިގަމުން އަންނަ ގޮތްތަކަށް  ޒަމާނާއެކު ބަދަލުތަކެއް އަންނަ ކަންކަމެވެ. ތަފާތު ސަބަބުތައް މެދުވެރިވާތީއެވެ. މިގޮތުގެމަތިން ބަލާއިރު ޢީދު ރޯދައަށް ހަނދުބެލުމުގައިވެސް ކުރިން ކަންކުރަމުން އައިގޮތާ މިހާރުކަން ކުރަމުން އަންނަގޮތަށް މިވަނީ ވަރަށްބޮޑެތި އެހާމެގިނަ ބަދަލުތަކެއް އައިސްފައެވެ. މި މަޒުމޫނުގައި ދަންނަވައިލެވޭތޯ ބަލާނީ ގާތްގަނޑަކަށް މީގެ ފަންސާހަކަށް އަހަރުކުރިން ކަންކުރިގޮތެވެ. އަޅުގަނޑު ދުށްތަނާ ބައެއް އެހެން ހަރުބޭފުޅުންގެ ފަރާތްޕުޅުން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އަޅުގަނޑުގެ ރަށާ އަދި ކައިރި ބައެއް އެހެން ރަށްރަށުގައެވެ.
Print

ޡަރީފު ޚިޔާލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން


ޔަހޫދީންގެ ޢަސްކަރީ މުދައްބިރު އަދި ސިޔާސީ މުޙަންނިކު، މޯޝޭ ދާޔާން ކޮންމެވެސް ބަޔަކާމެދު ބުނެފައި ވެއެވެ. "އެބައިމީހުން އެއްޗެއް ކިޔައިފިނަމަ، އޭގައި ބުނާ އެއްޗެއް އެބައިމީހުންނަކަށް ފަހުމް ނުވެއެވެ."

މިބަސް، އަޅުގަނޑު އެންމެ ފުރަތަމަ އަޑުއެހީ، ޢަރަބި ޤައުމުތަކުގެ ހުކުރު ޚުޠުބާތަކުންނެވެ. އެއީ، ޢަރަބީންގެ ތެރޭގައި ވަރަށް މަޝްހޫރު ޢިބާރާތެކެވެ.

ފަންވަތުގެ ލިޔުންތަކަށް ބައެއް ފަރާތްތަކުން ދޭ ޚިޔާލުތަކަށް ބަލާއިރު، މޯޝޭ ދާޔާން ބުނެފައިވާ ފަދަ މިސާލުތައް ފެނެއެވެ. ތިރީގައި މިވަނީ، އެފަދަ މިސާލުތައް ތަމްސީލުކުރާ ޚިޔާލުތަކުގެ ތެރެއިން ތިން ޚިޔާލެކެވެ.

Print

ކުދިފިޔާ ހެއްދުން

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ އާދަކާދަ


އަޙްމަދު ސަމީޢު ށ.މިލަންދޫ

ކުދިފިޔަޔަކީ ވަރަށްފަހަކާޖެހެން ރާއްޖޭގައި ވަރަށް ގިނައިން ހެއްދި އެއްޗެކެވެ. އަދި ރާއްޖޭގައި ވަރަށް ރަނގަޅަށް ހެދި ވަރށްރަނގަޅަށް ފައިބާވެސް އެއްޗެކެވެ. މިގޮތުން ކުދި ފިޔާ ހެއްދުމަށް ޅ.މާފިލާފުށި،  ކުރެންދޫ ފަދަ ރަށްރަށް ވަރަށް މަޝްހޫރު ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވެއެވެ.  ޅ. މާފިލާފުށީގައި މިހާރުވެސް ފިޔާހައްދާކަމަށްވެއެވެ. ކުދިފިޔަޔަކީ ކޮންމެ ގެއެއްގައިވެސް އެގެއެއްގައި ބޭނުން ކުރާމިންވަރަށް ވަރަށްފަސޭހަކަމާއެކު ހެއްދިދާނެ އެއްޗަކަށްވާތީ މިފަހަރު މި ހުށައަޅާދެނީ ފިޔާހައްދާނެގޮތުގެ މަޢުލޫމާތެވެ.
Print

"އެންމެ ހަރުކަށި އަދަބު"

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން

މިހާރަކަށް އައިސް އެންމެ ގިނައިން އިވޭ އެއް ވާހަކައަކީ، ހަރުކަށި އަދަބު ދިނުމުގެ ވާހަކައެވެ. އިންޓަރނެޓްގައިވާ ދިވެހި ވެބްސައިޓްތަކުގައި ވެސް ހަރުކަށި އަދަބުގެ ވާހަކަ ގިނަވެއްޖެއެވެ. އެންމެ މަތީ ދަރަޖައިގެ ދޫތަކުން ވެސް އެ ވާހަކަ ދެއްކުން ގިނަވެއްޖެއެވެ.

ތިރީގައި މިވަނީ، ހަރުކަށި އަދަބު ދިނުމަށް ގޮވާލެވޭ ގޮތުގެ ބައެއް މިސާލުތަކެވެ.

Print

ސަމްބޮޑީ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން

"ސަމްބޮޑީ" ވާހަކަ، މި ދަންނަވާ ގޮތަށް ކިޔައިއުޅޭ އަޑު އެހީމެވެ.

ކުރީގެ ވަޒީރެއްގެ ކާރުކޮޅު ދުއްވަން ނިކަން މައްދިވެހި ޑްރައިވަރަކު އުޅުނެވެ. (ކުރިއޭ މިދެންނެވީ، މީގެ ތިރީސް އަހަރަށްވުރެ ކުރިޔަށެވެ.) އޭނާއަކީ، ވަރަށް ހީވާގި މުރާލި މީހެކެވެ. ފަރުވާތެރިކަމާއެކު ވަޒީފާ އަދާކުރެއެވެ. ދުވަހަކު ވެސް ގަޑި ނުޖެހެއެވެ. ނުހަނު އިޚުލާޞްތެރިއެވެ. މައްދިވެއްސެއްގެ ކިބައިގައި ހުންނާނެ ހުރިހައި ރިވެތި އަޚުލާޤީ ސިފަތައް އޭނާގެ ކިބައިގައި ވެއެވެ.
Print

ފެންޑާ ތެރޭގައި ބަދިގެ ނުހައްދަވާށެވެ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްމުޢީދު ޙަސަން


ފަރުމާކޮށްގެން، އެ ފަރުމާ ކުރަހައިގެން ގެދޮރު އަޅާ ޚިޔާލު ދިވެހިންގެ ތެރެއަށް އައިއިރު، އޭގައިވަނީ ފުރެއްދެ ކުލައެއް ޖެހިފައެވެ. އެހެން ނުވުމަށްވުރެ ބޮޑަށް ގާތީ އެހެން ވުމާއެވެ. އެހެނީ، ފަރުމާކުރާ މީހާގެ ވިސްނުމަށް ވެރިވެފައިވަނީ، ފުރެއްދެ ސަގާފަތެކެވެ. ދިވެހިންނާއި ދިވެހިންގެ ބޭނުންތަކާއި ދިވެހި ދިރިއުޅުމަށް އޭނާވަނީ ބީރައްޓެހިވެފައެވެ. ނަވާރަސަތޭކަ ނުވަދިހައިގެ ތެރޭގައި މީހަކު އޭނާގެ ނިދާކޮޓަރި ފަރުމާކުރުމަށްޓަކައި، ފަރުމާކުރާ މީހެއްގެ ގާތަށް ދިޔައިމާ ލަފާދެމުން ބުނެފައިވެއެވެ.

"ނިދާކޮޓަރީގެ ފާޚާނާއަކީ، ބަންދުކުރެވޭ ގޮތަށް ހުންނަ ތަނެއްކަމުގައި ވާކަށް ނުޖެހެއެވެ. މޭކަށިގަނޑާ ހަމައަށް އަރާވަރުގެ ފާރުބުރިއަކުން ފާޚާނާ ތަށި ނިވާކޮށްލީމާ ފުދޭނެއެވެ. ނިދާކޮޓަރީގެ އެއްކަނެއްގައި ފާޚާނާތަށި ބެހެއްޓިދާނެއެވެ."
Print

ތިރީސް ހަރުބަސް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

1. ދާންވީ ކޮން މަގަކުންކަން ނޭގޭ މީހަކަށް ކޮންމެ މަގެއް ވެސް ވަރިހަމަވާނެއެވެ.

2. މަންމަ މަރުވަންދެން ކޮންމެ މީހަކު ކުއްޖެއްގެ ގޮތުގައި ހުރެއެވެ. މަންމަ މަރުވެއްޖެނަމަ، ވަގުތުން އޭނާ މުސްކުޅިވެދެއެވެ.

3. ފަހަތުން އައިސް ތިބާގެ ގައިގައި ޖަހައިފިނަމަ، ތިބާ ހުރީ އެއުރެންނަށްވުރެ މާ ކުރީގައިކަން ދަންނާށެވެ!

4. ޙައްޤުގެ ބަސް ގަދަކަން ހޯދާނީ، ރިވެތިކޮށް ދައްކާ ވާހަކައިންނެވެ.

Print

ފުވައްމުލަކުގައި ފުޅަގިނެގުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


 ފާރޫޤު އަޙުމަދު / ސަމާ

ފަންވަތް ކުރަހަން ވަޅީން ހޭޅިމަގުން ދޭކުދިން / ދޭދޭ ތޮޅި ދެމަފިރިން ޅަދޮޅުވެޔޭ މުސްކުޅީން.
   
ބޯށީގަހުގެ ހިޔަލުގާ މަޑީފަތުގެން ސީލަރާ /  އަޑުއިވެޔޭ ތިބެ ގޮވާ  ޅިޔަނާހޭ  ވަޅީކޮބާ.
   
ހުޅައްމަހޯ ލަބާލަޔޯ ކަންނާލޯ ފުމެބަލަޔޯ / ހޯރަ  ތިރިވެ  ކާބަލަޔޯ  ރާޅާ  ކާބަލަޔޯ.
   
ހާލިނަގާ ބޯވެދޭ ކާލި ދެއަތަކަށް ކެނޑޭ / ރާއަމަތިންގޮސް ވެރޭ ލާތޮޅިގޮނޑުދޮށްފުރޭ.
   
ތިބެގެން އެކިވަރުވަރުން އަންހެނުނާފިރިހެނުން / ވިނަފަށުނާއި ގޮނޑުދޮށުން ދުވެނަގަމުންދޭހެމުން.
 
Print

ބާރަ ވިލޭރޭގެ ބޮޑު މާލޫދު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ


ކީރިތި މާތް ރަސޫލާ ސައްޔިދިނާ މުޙަންމަދު ޞައްލަﷲ ޢަލައިހި މަސައްލަމަ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ތާރީޚަކާމެދު ތާރީޚު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުރިކަމަށް އެނގިފައިވެ އެވެ.        އެ ރޭގެ ތާރީޚުގެ މައްޗަށް މުއައްރިޚުންގެ މެދުގައި ޚިލާފު އުފެދުނު ފަދައިން، އެ  ރޭގެ ޛިކުރާ އާކުރުމާއި، އެ ރޭ ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ އެއްވެސް ކަމެއް ކުރުމުގެ ޝަރުޢީ ޙުކުމާމެދު ދަންނަބޭކަލުންގެ މެދުގައި  ޚިލާފުތަކެއް ހުންނަކަމަށް ވެއެވެ. އެހެންކަމުން އެ ކަންކަމުގެ ހަމަ ނަހަމަ ކަނޑަ އެޅުއްވުން ދީނުގެ މުޢުތަބަރު ދަންނަ ބޭކަލުންގެ މައްޗަށް ދޫކޮށްލާފައި، މި މައުޟޫޢުގައި އަޅުގަނޑުގެ އިސްކޮޅުކާ ދިމާއިން  ފަށައިގަންނަމެވެ.

Print

ކީރިތި ރަސޫލާގެ ޢީދު މީލާދުގެ ތަހުނިޔާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި، ފަންވަތުގެ އެންމެހައި އަހުލުވެރިންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމުއެވެ.

12 ރަބީޢުލްއައްޥަލް 1430
9 މާރޗް 2009



ފަންވަތުގެ އިދާރާ

Print

ދޮނައެރި ކަނޑޫދޫ

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ އާދަކާދަ


ދިވެހި ފޯކުލޯރ ތަކުގެތެރެއިން

ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ

އިހުދިވެހިންނަކީ ބޭސްވެރިކަމުގެ ޑޮކްޓަރީ ފަރުވާ ދަންނަ ބައެއްނޫނެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެމީހުންގެ ހަތިޔާރަކީ ފަންޑިތައެވެ. ބަލިބައްޔާއި، ދަނޑުވެރި ކަމުގައާއި، މަސްވެރި ކަމުގައާއި، އަދި މިނޫނަސް ދިރިއުޅުމާއި ގުޅުންހުރި ހުރިހާ މަސައްކަތެއްގައެވެ. އެޒަމާނުގައި މީހުންދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެކަށީގެންވާ ޢަދަދަކަށް ކަންވެރިން ތިބެއެވެ. އެގޮތުން ނ. ކަނޑޫދޫގައިވެސް
Print

މިއީ ފަޅުރަށެކެވެ. ގޮތް ނޭގޭރަށެކެވެ.

ޝާޢިއުކުރީ އަޙްމަދު ނާފިޢު . ހިމެނޭބަޔަކީ އާދަކާދަ


ލިޔުނީ: އަޙްމަދު ނާފިޢު ބ.ދަރަވަންދޫ
 
ބ.އަތޮޅު ދަރަވަންދުއާ ދިމާ އިރުން އޮންނަ ފަޅުރަށެކެވެ.  ކުޑަކުޑަ ރަށެކެވެ. އައިދުއޭ  ބުނުމުން މިރަށް ދަންނަ މީހަކު ނަމަ ބިރުގަނެއެވެ. އަޅުގަނޑަށް އެނގިފައިވާގޮތުގައި ވަރަށް ކުރީ ޒަމާނުއް ސުރެންފެށިގެން ވެސް މިރަށަކީ ބަރަކާތްތެރި ރަށެއްގެ ގޮތުގައި ބ.އަތޮޅު މީހުން ދަނީ ފާހަގަކުރަމުންނެވެ.  ނަމަވެސް މިހާރުގެ ކުދިންނަށް މިކަން ނޭގި ހިނގައިދާނެއެވެ.
ބުނެވޭގޮތުގައި މިރަށުގައި
Print

މާބަނޑު މީހެއްގެ އާދޭސް

ޝާޢިއުކުރީ މަލިމް މުޙަންމަދު ދީދީ . ހިމެނޭބަޔަކީ އާދަކާދަ


މަލިން މުޙަންމަދު ދީދީ

އެއްދުވަހަކު   ފަނިފޮދެއް  ގިރައިލައިގެން އައިމާ ވެސް ގޮވިއެއްޗެތި އަހަރެންގެ ކަންފަތުން އެހީމެވެ.   އާނ! ތިޔަ އޮތީ އާ ކުކުޅަކަށް ގާބިހެއް އެޅިފާ. ދެނެއް މިގެއަކު ހަކުރުކޮޅެއް ހުއްޓަކަ ނުދޭނެ. އަނެއް ދުވަހަކު ތަންކޮޅެއް ލަހުން ނިދާ ތެދުވެވުނީމާ، އެދުވަހު ހަތަރުދަމު މައިދައިތަ އައިސް ''ފާތިހާ'' ކިޔަވަނީ އެވެ.  އަނެއްކޮޅުން ޅިޔަންބޭބެ ގޭގައި އުޅެނީވިއްޔާ އަބަދު އޭނާ އިންނަންޖެހެނީ ކޮންމެ ވެސް ކަމަކާ ރުޅި އައިސް ރަތް ވެފައެވެ.  ގޭގައި ނެތީވިއްޔާ މައިދައިތަގެ  ހުރި ނޭއްދާރުކަމުން އިންނާންވާނީ ހިތުގައިޖެހި ލަގޮނޑި ފަޅައިގެންދާވަރުގައެވެ.  ''ތިޔަ ނޫނަސް މީހުންބަލިވެ އިނދޭ، މިވަރުގެ ކަމެއް ނުދެކެން.
Print

ދިވެހި ރާއްޖޭގެ އަޖައިބުތައް

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ އާދަކާދަ


ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން (1933)

ދިވެހި ރާއްޖެއަށްވުރެ ގިނަ ފިރީނާއި އިން އެކި އެކި އަންހެނުން ތިބި ހަމަ އެއްވެސް ތަނެއް މި ދުނިޔޭގައި އޮތްކަމެއް ނޭނގެއެވެ. ހޯދައިބަލައިފީވިއްޔާއި ސާޅީހަކަށް ފިރީނާއި އިން އެކިއެކި އަންހެނުން ހީވަނީ ފެނިދާނޭ ހެނޭ މިއަކީ ވެސް ކުޑަ އަޖައިބެއް ނޫނެވެ. މީ ހުސް އިސްލާމުން ތިބޭ ރާއްޖެއެކޭ މިއަކީ ނާގަބާޑިއެއް އަންޒަމާނެއް ނޫނެވެ.  އިސްލާމްވެރިކަމެއް ހިނގާ ރަނގަޅުތަނެކެވެ. އެކަމަކު މިބުނި އަޖައިބުގެ މައްޗަށް ބަލާއިރު، އެ އަކީ، ހުސް އަންހެނުންގެ ކިބައިގައި  ހުރިކަމެއް ނޫނެވެ. ދެބައި މީހުން ހަމަ އެއްވެގެން އުޅޭ ގޮތަކީޔޭ.

Print

ޅެންވެރިންގެ ދުވަހުގެ ތަހުނިޔާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޅެންވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް،
ނުހަނު އިޚުލާޞްތެރިކަމާއެކު، އެންމެހައި ޅެންވެރިންނަށް އަރިސްކުރަމެވެ.

18 މުޙައްރަމް 1430
15 ޖެނުއަރީ 2009


ފަންވަތް
Print

ފުޅަނތްގަށް ދިޔުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް (2009)


ފުޅަނތްގަށް ދިޔުމުގެ ކެޔޮޅުކަމަކީ، ވަރަށް ފޫހިފިލާ ޝައުޤުވެރި ކެޔޮޅުކަމެކެވެ. ހުކުރު ހޮނިހިރު ފަދަ ބަންދު ދުވަސްތަކުގައި ވެސް މި ކެޔޮޅުކަން ކޮށްލެވިދާނެއެވެ. ޗުއްޓީތެރޭގައި ރަށްރަށަށް ގޮސް އުޅުމުގައި ވެސް ކޮށްލެވިދާނެ ރަނގަޅު ކެޔޮޅުކަމެކެވެ.

ރަނގަޅަށް ފުޅަނގި ކޮށާ ދުވަހެއް ނަމަ މަޖަލާއެކު، ފަސް ހަ ގަޑި އިރުވެސް ފުޅަނގި ބޭނުމުގައި ހޭދަ ކުރެވިދާނެއެވެ. އެހެންކަމުން، ފުޅަނގި ބޭނުމުގެ ކެޔޮޅުކަން  ކުރެވިދާނެ ގޮތެއް ލިޔެލާނަމެވެ.

ފުޅަނތްގަކީ، މީރު ލައިގެންކާނެ އެއްޗެއް ތައްޔާރު ކޮށްލަންވެސް ރަނގަޅު މަހެއް ވިއްޔާއެވެ!

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ