އަދުގެ ޚާއްސަ

އާދަކާދަ

Print

މީލާދީ އާ އަހަރުގެ ތަހުނިޔާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


މީލާދީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް، ފަންވަތުގެ އެންމެހައި އަހުލުވެރިންނަށް، ނުހަނު އިޚުލާޞްތެރިކަމާއެކު، ދަންނަވަމުއެވެ.
މި ފެށޭ އާ އަހަރަކީ، އެންމެހައި މުސްލިމުންނަށާއި މުޅި އިންސާނިއްޔަތަށް، ފާގަތި، ބާއްޖަވެރި އަހަރެއް ކަމުގައި މާތްﷲ ލައްވާށިއެވެ. އާމީން.
1 ޖެނުއަރީ 2009

ފަންވަތުގެ ހިންގުންތެރިންނާއި ލިއުންތެރިން.
Print

ހިޖުރީ އާ އަހަރުގެ ތަހުނިޔާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ހިޖުރީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް، ފަންވަތުގެ އެންމެހައި އަހުލުވެރިންނަށް، ނުހަނު އިޚުލާޞްތެރިކަމާއެކު، ދަންނަވަމުއެވެ.


މި ފެށޭ އާ އަހަރަކީ، އެންމެހައި މުސްލިމުންނަށާއި މުޅި އިންސާނިއްޔަތަށް، ފާގަތި، ބާއްޖަވެރި އަހަރެއް ކަމުގައި މާތްﷲ ލައްވާށިއެވެ. އާމީން.


1 މުޙައްރަމް 1430




ފަންވަތުގެ ހިންގުންތެރިންނާއި ލިއުންތެރިން.

Print

ދިވެހިންނާއި، ދިވެހި ސަންގު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ



އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)
 
 
އޭގެ ސަބަބުން ރަށްރަށުގެ މުޅި ރައްޔިތުން ސަމާލުކަމަށް ގެނުވިއެވެ.

އޭގެ ސަބަބުން، އެންމެންގެ ހިތުގައި ބިރުވެރިކަން އުފެއްދިއެވެ.

އޭގެ ސަބަބުން ރޯދަވެރިންނަށް އުފާވެރިކަން ދިނެވެ.

އޭގެ ސަބަބުން ދިވެހި ފަރުތަކަށް ޙިމާޔަތް ލިބިގެން ދިޔައެވެ.

އޭގެ ސަބަބުން ބައެއް މީހުން ފަނޑިޔާރުގެޔަށް ހާޒިކޮށް އަދަބު ވެސް ލިބިފައި އެބަހުއްޓެވެ.

Print

އާދަޔާ ޚިލާފުވުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ


ކިތަންމެ ނުރައްކާތެރި ނޭދެވޭ ކަމެއް ނަމަވެސް، އެކަމެއް އާދަވެއްޖެއްޔާ އެކަމަކުން ދުރުވެގަތުމަކީ އިންސާނުންނަށް ފަސޭހަ ކަމަކަށް ނުވެއެވެ.  އާދައިގެ ގޮތުގައި އެކި މީހުން ހޭނިފައި ތިބެނީ އެކި ކަންކަމަށެވެ. ބައެއް ކަންކަމަކީ ހެއްވާ ކަންކަމެވެ. ބައެއް ކަންކަމަކީ، ނުރައްކާތެރި ކަންކަމެވެ. އަދި ބައެއްކަންކަމަކީ ނޭދެވޭ ހުތުރު އާދަތަކެވެ.

ތިރީގައި މި ބަޔާން ކޮށްލަނީ، މި ކަހަލަ 4 ހާދިސާއެވެ.  ހަގީގީ ހާދިސާ ތަކެކެވެ.
Print

ބޮޑުޢީދުގެ ބޮޑުކަމާއެވެ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ


ބޮޑު ޢީދަކީ ހަމަ ބޮޑު ޢީދެވެ.  ބޮޑު އަޅުކަމަކަށް ފަހު އަންނަ ބޮޑު ޢީދެެވެ.  ގިނަ ދުވަސްތަކެއް އެ ޢީދުގެ ބަންދުގައި ހިމެނޭތީ، އެގޮތުންވެސް ބޮޑު ޢީދެެވެ. ހުރިހާ ގޮތަކުންވެސް މި ޢީދު ބޮޑެވެ.  ޚާއްޞަ ކޮށް މީގެ ތިރީހަކަށް ސާޅީހަކަށް އަހަރުގެ ކުރީން މިޢީދު މާ ބޮޑަށް ވެސް ބޮޑުހެން ހީވެއެވެ. މިހެން ދެންނެވުމުން

Print

ޢީދު މުބާރަކް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ބަރަކާތްތެރި އަޟުޙާ ޢީދުގެ މުނާސަބަތުގައި، ފަންވަތުގެ އެންމެހައި އަހުލުވެރިންނަށް، ތަހުނިޔާއާއި ހެޔޮ އެދުންތައް، ނުހަނު އިޚުލާޞްތެރި ކަމާއެކު، އަރިސްކުރަމެވެ.

މި ޙައްޖު މޫސުމަކީ ވެސް، ތިޔަބޭފުޅުންގެ ދީންވެރިކަމާއި އީމާންތެރިކަން ތަރައްޤީވެގެން ދާނެ މޫސުމެއް ކަމުގައި މާތްﷲ ލައްވާށިއެވެ! އަދި ތިޔަބޭފުޅުންގެ ޙައްޖާޖީންނަށް އެކަލާނގެ މަބްރޫރު ޙައްޖެއް މިންވަރު ކުރައްވާށިއެވެ! އާމީން!

=ފަންވަތް=
Print

ތޫނު ހަމަލައިގެ ސިއްރު

ޝާޢިއުކުރީ ޝާޒް (ތަޖޫބެ) . ހިމެނޭބަޔަކީ އާދަކާދަ

މުޙަންމަދު ވަރަށް ބުރަކޮށް ޑިއުޓީގައި އުޅުމަށްފަހު އައިސް އޮށޯވެ ނިދީ ދާދި ދެންމެއަކުއެވެ. މުޙަންމަދު ވެފައިހުރި ވަރުބަލި ކަމެއްގެ ސަބަބުން އޭނާގެ ދެލޮލާއި ސިކުނޑި ނިދިއެއްކަމަކު އޭނާގެ އެއްގުނަވަން ނުނިދާކަން ރަނގަޅަށް ވިސްނާލުމުން އެނގޭހައިވެއެވެ. އާއެކެވެ. އޭނާގެ ބާލާ އޮމާންކޮށްފައިވާ ތުނބުޅި މަތިމަސްވަނީ ފިކުރެއްގެ ފުން ކަނޑަކަށް ގެނބިގެން ގޮސްފައެވެ. [އަހަންނަކީ ކިހާ ބަދުނަސީބު މީހެއް ހެއްޔެވެ؟ އަހަންނަށްއޮތީ ކޮންއުފަލެއް ހެއްޔެވެ؟ އަހަންނަކަށް މިނިވަންކަމެއް ނެތެވެ. މި މުޙަންމަދަކީ ކޮންފަދަ ބޮޑު އަނިޔާވެރިއެއްހެއްޔެވެ؟ އަހަންނަށް މުޙަންމަދުގެ އަނގަމަތީގައިއޮވެ ނިދާލުމުގެ ފުރުޞަތު ނުލިބޭތާ އަނގަމަތިން ބޭރަށް ބޯދިއްކޮށްލުމުގެ ހައްޤެއްވެސް ނެތެވެ. ކޮންމެ ދުވަހެއްގެވެސް މޯނިންގ އެކަނޑާލަނީ އަހަންނަށް ތޫނު ޖިލެޓަކުން ދެވޭ ހަމަލާއަކުންނެވެ. މަ ފަކީރު މިއޮންނަނީ ތިލައަޅުވާ ދަމަދަމާ ހަންކުރަކި ވެފައެވެ.] މުޙަންމަދުގެ ތުނބުޅި މަތިމަހުގެ ޚިޔާލުގެ އަސް މިހާހިސާބަށް ދުވިއިރު އެހިތާމަތައް ކަރުނައަށްވެ، އެކަނިވެރި ތުނބުޅިއަށް ރަނގަޅަށް ރޮވިއްޖެއެވެ. އެރުއިމުގެ އަޑުގަދަވެގެން މުޅިފެންޑާތެރޭ އެރުއިމުގެ އަޑު ގުގުމަންފެށިއެވެ. މި ގަދަވަމުން ދިޔައަޑާއެކު ޖެހިގެން އޮތް އެނދުގައި ނިދާފައިއޮތް ޝަރީފުގެ ތުނބުޅިއަށްވެސް ހޭލެވިއްޖެއެވެ. މުޙަންމަދުގެ ތުނބުޅި ރޮއެ ހިތާމަކުރާ މަންޒަރު ބަލަހައްޓައިގެން އޮންނާކަށް ޝަރީފުގެ ތުނބުޅިއަކަށް ކެތެއް ނުކުރެވުނެވެ. ހިތް ފަޅައިގެން ގޮސްފައިވާ އެތުނބުޅިއަށް ވިސްނައިދެވޭތޯ ޝަރީފުގެ ތުނބުޅި މަސައްކަތް ފެށިއެވެ.
Print

ދިގުމަސް މެރުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް (2009)

އަޅުގަނޑު ކުޑަ އިރު، ރަށުން ވަރަށް ގިނައިން ދުށް މަންޒަރެކެވެ. ރަށުގެ ވަރަށް ގިނަ ބަޔަކު ކޮށް އުޅޭ ކެޔޮޅުކަމެކެވެ. އެ ކެޔޮޅުކަމަށް އެމީހުން ކިޔައި އުޅެނީ ދިގުމަސް މެރުމެވެ. ދިގުމަހަށް ދިޔުމޭ ވެސް ކިޔައި އުޅެއެވެ. ތޮއްޑޫ މީހުންގެ ބަސްމަގުގައި ދިގުމަހޭ ކިޔަނީ،  އާންމުކޮށް ރާއްޖޭގެ ގިނަ މީހުން ކުރުމަހޭ މި ކިޔާ މަހަށެވެ.

ދުލަށް ކުރު، ލޮލަށް ދިގު މަހެއް ދޮގެއްތޯއެވެ؟

ހަމަމިގަލަމުން

އިދާރާ

ވާހަކަ