އަދުގެ ޚާއްސަ

ތާރީޚް

Print

ދިވެހި ހަކުރު

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ތާރީޚް


އަލްއިޞްލާޙު - މަޖައްލާ (1933)



ސާހިބާ.  މަޖައްލަތުލް އިޞްލާޙުގެ މުދީރު މަނިކުފާނުއެވެ.

އަޅުގަނޑުމެން ރާ އެރީނަށް.  މީރީވެސް ދިވެހި ހަކުރެވެ.

ދިވެހި ރާއްޖޭގެ މީހުން މީގެ ފަސްދޮޅަހަކަށް  އަހަރު ކުރިއަކުން ބަނޑުކެއިމަކަށް، ހުދު އުއްސަކުރު، ދޯބުރާލު، ނަބާޒު ހަކުރު ކަޔެއް ނުއުޅެތެވެ.  އެތަކެތި ހުންނަނީ ބޭސްވެރިކަމަށް ގެންގުޅެން ގޭގޭގެ މަތާރަންފިލާމަތީގައި ފުޅިފުޅިޔަށް އަޅައިފައެވެ.  އެކަމަކު ތިޔާގިކަމީ ކަންނެތްކަމާއި ބަލާތަކުގެ ކުރިމައްޗަށް އަންނަކަމެކޭ.
Print

ކްރިސްމަހުގެ ޙަޤީޤަތަކީ ކޮބާ؟

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ތާރީޚް


ޢަބްދުﷲ ފާރޫޤު ޙަސަން

ކްރިސްމަސް ފާހަގަކުރުމަކީ މީލާދީން ހަތަރުވަނަ ސައްތައިގެ ކުރިން ކޮށްއުޅުނުކަމެއް ނޫނެވެ. ކްރިސްޓިޔަނުން ކޮންމެ އާދިއްތަ ދުވަހަކު ފައްޅިޔަށްގޮސް އަޅުކަންކޮށް އުޅުނެވެ. ނަމަވެސް ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގެންނެވި ދުވަސް ފާހަގަކުރުމުގެ ޚިޔާލެއް އެބައިމީހުންގެ ތެރެޔަކު ނެތެވެ. ދީނީގޮތުންވެސް އެކަމުގެ ވިސްނުމެއް ނުގެންގުޅެއެވެ. މީލާދީން ހަތަރުވަނަ ސައްތައިގެ ކުރީކޮޅު ރޯމުގައި އާދަޔާޚިލާފު ޙާދިޘާއެއް ހިނގިއެވެ. އެޙާދިޘާއަކީ އުށްބައްތި އީޖާދުވުމެވެ.

އެންމެ ފުރަތަމަ އުށްބައްތި އުފެއްދި ދުވަސްވަރު އާންމުން އުށްބައްތި ބޭނުންކޮށެއް ނޫޅެއެވެ. އުށްބައްތި ބޭނުންކުރުމަކީ އެދުވަސްވަރު އާންމުން އަތްފޯރާވަރުގެ ކަމެއްނޫނެވެ. އެހެންކަމުން އުށްބައްތި ބޭނުންކޮށް އުޅުނީ ހަމައެކަނި ޝާހީ ޚާންދާނުގެ މެމްބަރުންނެވެ. ނަމަވެސް އުށްބައްތި އީޖާދުކުރި ޒުވާނާގެ ހުވަފެނަކަށްވެފައިއޮތީ ވީހައިވެސް ބޮޑަކަށް އުށްބައްތި އާންމުކުރުމެވެ. ފުޅާދާއިރާއެއްގައި އުށްބައްތީގެ ވިޔަފާރި ހިންގުމެވެ.

Print

ބަޑި އެދުރު ވަޑައިގަތީ ކޮންތާކަށް؟

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ތާރީޚް



މަޒުމޫނު: ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން (1928)

ބަޑި އެދުރަކީ ކާކުހެއްޔެވެ؟  އޭނާ ''ވަޑައިގެންވީ'' ކޮންތާކު ހެއްޔެވެ؟ ހާމުންޑިއާއި، ވިގަނީގެ ތަފާތަކީ ކޮބައިހެއްޔެވެ؟  ކުޑަފޫޅާއި ކަށްޑެއްވާއި ބުއްޑެވި ''ދިރިއުޅުނީ'' ކިހިނެއް ހެއްޔެވެ؟ މިތަކެއްޗާމެދު ކުރީގެ ދިވެހިން ގަބޫލުކުރަމުން އައި ޚުރާފީ ގޮތްތަކަކީ ކޮބައިހެއްޔެވެ؟

މި ސުވާލުތައް ހިތްޕުޅުގައި އުފެދޭނަމަ، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ ''ދިވެހި ތާރީޚާ ގުޅޭ ވަކި ޚަބަރެއް'' މި މަޒުމޫނުން  އެކަށީގެންވާގޮތުގައި އޭގެ ޖަވާބު ލިބޭކަމަށް ފެނެއެވެ.  އެހެންކަމުން، ފަންވަތުގެ އަހުލުވެރިންނަށް އެމަނިކުފާނުގެ އެ މަޒުމޫނު ހުށަހަޅާލަމެވެ. 

Print

ބުދު ''ކަތިލީ'' އިބުރާހީމު ހެއްޔެވެ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2009)

''މިއަދު ހެނދުނު މަސައްކަތް ފައްޓާން އިނިސްޕެކްޓަރު ދޮންމަނިކު ދިޔަލެކަށް ވުރެ އަވަހަށް، އައިސް ބުނީ '' ރޭގައި ބުދުގައި ގަލަކުން ޖެހިޖެހީނުން ކަނދުރާ ބިންދާލާ މޫނުމަތި ހަޑި ކޮށްލައިފިއެވެ. ތިރީގައިވެސް ކިތަންމެ ރެނދެއް އިތުރަށް އަޅައިފިއެވެ.'' ދެން އަވަސް އަވަހަށް އަޅުގަނޑު ގޮސް ބެލި އިރު، ބުދުގެ ކަރުދޮށުން ތަންގަނޑެއް ނެއްޓުމާއެކު، ކަރުވަނީ ބިނދިފައެވެ. އެކަމަކު، ބޮލެއް ނުވެއްޓެއެވެ. ކަންފަތު ފޫޅާއި، ނޭފަތާއި، ކަނާއަތްފަރާތުގެ ކޮނޑުމައްޗަށް، އަނިޔާ ލިބިފައި ހުއްޓެވެ. އެކަން ކުޅަގޮތަކާމެދު ވިސްނާލާއިރު، ފެނުނު ގޮތަކީ، މުންނާރުގެ އަނެއް ފަރާތުގައި ބަހައްޓާފައި ހުރި، ވެލިގަލުން އެއްގާ ހިފައިގެން، ބޭރު ބުރުގެ މަތީގައި ހުރެފައި، ބުދާ ދިމާޔަށް އެއްލީއެވެ. ނަމަވެސް އެ އެތިފަހަރު ބުދުގައި ނުޖެހި ދިޔަކަމުން، އެގާ ބުދުގެ ކައިރިޔަށް ވެއްޓިފައި އޮތެވެ. ދެން އަވަސް އަވަހަށް ގޮސް އަނެއްގާ ހިފައިގެން އައިސް، އެއްލީމާ ބުދުގެ މޫނުމަތީގައި ޖެހުނުލެއް ބާރުކަމުން ބުދު ބިންދައިގެން ދިޔައީ އެވެ. އެގާވެސް ބިންދައިގެން ގޮސް ދެބުރި އެތަނަށް ވެއްޓިފައި އޮތެވެ.''
Print

ޤައުމީ ކުތުބުޚާނާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


އާދަމް ނަޞީރު އިބްރާހީމް (2007)


ދިވެހި ރާއްޖޭގައި  ރަސްމީ ހައިސިއްޔަތެއް ލިބިދޭ ގޮތުގައި ކުތުބުޚާނާއެއް ހުޅުވުނީ 1945ވަނަ އަހަރުއެވެ. މި ކުތުބު ޚާނާ ހުޅުވިފައިވަނީ  '' ސްޓޭޓް ލައިބްރަރީ''ގެ ނަމުގައެވެ.   ކުތުބުޚާނާ ވުޖޫދަށްގެންނެވީ  ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާކިލެގެފާނެވެ.  އޭރު އެކިލެގެފާނު، ހުންނެވީ ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުގައެވެ.

ތިން އަހަރު ފަހުން، 1948ވަނަ އަހަރު  '' ސްޓޭޓް ލައިބްރަރީ''ގެ ނަން  މަޖީދީ ލައިބްރަރީގެ ނަމަށް ބަދަލު ކުރެއްވި އެވެ.  މަޖީދީ ލައިބްރަރީ ކިޔުމުން މި ލައިބްރަރީގެ ނަން އެ ނިސްބަތްވަނީ އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ނަންފުޅަށެވެ.

Print

ރާއްޖެއަށް ފެނުނު ބައެއް ދުންތަރި

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ތާރީޚް


ލިޔުނީ: ތިންމީމު


ކާއިނާތުގައިވާ އެކިއެކި ކަންތައްތަކާއި ތަންތަން ހާމަކޮށްދެނީ ކަށަކުޅަދުންވަންތަ ކަލަކު ވޮޑިގެންވާކަމެވެ. އެކަލާނގެ ކުޅަދުންވަންތަކަމެވެ. ކުޅަދުންވަންތަކަމުގެ ހެކިތަކެވެ. ބައެއް ހެކިތައް އަބަދު ފެންނަން ހުރެއެވެ. ބައެއް ހެކިތައް އެކި ޒަމާނުގައި އެކިވަގުތުގައި ފެންނަން ހުރެއެވެ. ދުންތަރިއަކީ މިފަދަ ހެތްކެކެވެ. އެ ފެންނަނީ ފަލަކުގައި ބުރުޖަހަމުންދާއިރު ލޮލަށް ފެންނަ މިންވަރަށް ދުނިޔެއާ ގާތްވާތީއެވެ.

Print

ނިއު އިޔަރ: ލަދުޙަޔާތް ކުޑަކަމުގެ އާރަސްމިއްޔާތެއް

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ތާރީޚް


ޢަބްދުﷲ ފާރޫޤު ޙަސަން

އާ އަހަރު ފާހަގަކުރުމުގެ ރަސްމިއްޔާތު ފެށިފައިވަނީ މީލާދީން ނަވާރަވަނަ ސައްތައިގައެވެ. ސައްތައިގެ ފެށުމުގައެވެ. މިކަންތައް ފަށައިގަތީ އިނގިރޭސިވިލާތުގެ ކަނޑުގެ ސިފައިންގެ (ރޯޔަލް ނޭވީގެ) ޒުވާނުންނެވެ. ރޯޔަލް ނޭވީގެ ޒުވާނުން ޙަޔާތުގެ ގިނަ ދުވަސްތައް ހޭދަކުރަނީ ކަނޑުމަތީގައެވެ. ހަނގުރާމަ މަތީ އުޅަނދު ފަހަރުގެ ފޫހި ދަތުރުތަކުގެ ސަބަބުން ވަރުބަލިވުމުން އެބައިމީހުން މަސައްކަތްކުރަނީ މަނަވަރު ފަހަރުގެ ތެރެއިން ހިތްހަމަޖެހޭފަދަ ކަންތައްތަކެއް ފެނޭތޯއެވެ. އެގޮތުން އެމީހުން އެކިއެކި ހަފުލާތައް ބާއްވައެވެ. ރާބޮއެވެ. ނަށައެވެ. ވަރުބަލިވުމުން ވެއްޓި ނިދީގެ ދުނިޔެއަށް ވަދެވޭތޯ މަސައްކަތް ކުރެއެވެ. ވިދިގެން އަންނަ ދުވަހު ލޯހުޅުވާލާއިރު އަނެއްކާވެސް ލޮލުކޮޅަށްގޮސް އޮބާލާފައިވާތީ ފެންނަނީ މާސިންގާ ކަޑެވެ. އެކަނޑުގެ ބިރުވެރިކަމާއި ޠޫފާންތަކެވެ. ގަދަވަޔާއި ވިއްސާރައިގައި ރުޅިއައިސްގެން ޙަމަލާދޭ ބިޔަ ރާޅުތަކެވެ.

Print

އިއްޔެގެ މާލެ - މާލޭގެ ކުނި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

ރާއްޖޭގެ ރަށްރަށުގައި ކުނިއުކާލުމުގެ ކަންކަން ޒަމާނުއްސުރެ ހިނގަމުން އައިސްފައިވަނީ ވަރަށް ކަންފަސޭހަ ގޮތަކަށެވެ.  ގޯތިގެދޮރު ކުނިކަހާލީމާ، އެއްވާކުނި، ހަމަ ކުރިމަތީ ޖެހިގެން އޮންނަ ވަލަށް އުކާލައިފާނެއެވެ. އެތަނުގައި ކިތަންމެ ބޮޑު ކިތަންމެ ހަޑި ކުނިފުންޏެއް އުފެދުނަސް ހެވެވެ.  ބައެއްފަހަރަށް އަތިރިމައްޗަށްވެސް އުކާލައެވެ.

މާލޭގައި ވެސް މިކަންއޮތީ މާ ރައްކާތެރި ގޮތަކަށް ނޫނެވެ. އަތިރިޔަށް  ހުސްވާ، ބައެއް މަގުމަގުގެ އަތިރިޔާވީކޮޅުގައި މީހުން ކުނިއުކާލައި، ބޮޑެތި ކުނިގޮނޑުތައް އުފެދިފައި އޮވެއެވެ. މި ގޮނޑުތައް މާބޮޑެތިވުމުން އަވަށު އޮފީސްތަކުން އެވަށެއްގެ   ރައްޔިތުންނެރެ މޫދަށް ގޮނޑުކަހާލަނީއެވެ.  އަހަރެއްގެ     ތެރޭކުނި އުފެދޭ މިންވަރެއް، ކުނީގެ ސަބަބުން ކުރިމަތިވެދާނެ
ނުރައްކާތެރިކަމެއް ބަލައި ދިރާސާ ކުރެވިފައެއް ނޯވެއެވެ.       (ފޮޓޯ: މާލޭ ދެކުނު ފަރާތު އަތިރިމަތި- އިރުމަތީކޮޅު)
         

Print

އިއްޔެގެ މާލެ - މާލޭގެ މަގުތައް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

މާލެއަކީ ޠަބީޢީގޮތުން، ރާއްޖޭގެ އެހެނިހެން ރަށްރަށްފަދަ ރަށެއްކަމުގައިވާތީ، މާލެއަކީވެސް ކުރީގައި ރުއްގަސްބޯ ވާބޯ ރަށެކެވެ. ފަސްގަނޑަކީ، ވެލިހިމުން ހިރަފުސް ވެލިގަނޑެކެވެ.

މާލޭގައި މީހުން އާބާދުވެ ގެދޮރު ޢިމާރާތް ކުރަންފަށައިފައިވަނީ މާބޮޑު ރޭވުމެއް ޕްލޭނެއް އެކަށައަޅައިގެނެއް ނޫނެވެ. ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކަންހިނގަމުން ދިޔަ ފަދައިންނެވެ. ވަލުތެރޭން އެމީހަކަށް ގަސްކަނޑައި ސާފުކުރެވުނު ބޮޑުމިނެއް އެއީ އެމީހެއްގެ ގޯތިކަމުގައިވެދެއެވެ.  ދައުލަތުގެ ފަރާތުން ގޯތިގޯއްޗާއި ބިންބިމުގެ މިލްކިއްޔާތުގެ ކަންކަން ބަލަހައްޓަވަމުންގެންދަވާތާ ވެސް ޒަމާންތަކެއްވެއްޖެއެވެ. 
Print

ހުވަދުއަތޮޅު މާމެންދޫގެ ތާރީޚުގެ ތެރެއިން: މާމެންދޫ މަކްތަބުއްލަޠީފިއްޔާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ތާރީޚް


ފޮނުވީ: ތިންމީމު


ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫއަކީ ކުރިއްސުރެ ތަޢްލީމަށް ލޯބިކުރާ ރައްޔިތެއް އުޅޭ ރަށެކެވެ. ރަށުގެ ތަޢްލީމީ ޙާލަތު އެކިދުވަސްވަރު އޮތީ އެކިގޮތަށެވެ. އެކިފެންވަރަށެވެ. މާ ތަފްސީލުކޮށް ރަށުގެ ތާރީޚު ލިޔެވިފައި ނެތްނަމަވެސް ފެންނަން ހުރި ލިޔުންތަކާއި ހެކިތަކުން މިކަންކަން އޮޅުންފިލައެވެ. މި ބަލާލަނީ، މަޝްހޫރު ދެކުނުގެ ބަޣާވާތަށްފަހު ރަށުގެ ތަޢްލީމު އޮތްގޮތުގެ މައްޗަށެވެ.

ދެކުނުގެ ބަޣާވާތަށްފަހު ރަށްވެރިކަމާއި ތަރައްޤީގެ ކުލަވަރުތައް ހުވަދުއަތޮޅު އުތުރުބުރީގައި ހިނގައިގަތީ އާދަޔާ ޚިލާފު ހަލުވިކަމަކާއެކުގައެވެ. އަތޮޅުގެ ތަރައްޤީއަށްޓަކައި އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ވަރަށްގިނަ ބުރަ މަސައްކަތްތަކެއް ކުރިއެވެ. މާމެންދޫގެ ރައްޔިތުންވެސް މި މަސައްކަތުގައި އަތުކުރި އޮޅާލިއެވެ. ނުލާހިކު ޖޯޝާއި ފޯރިއާއެކުގައެވެ. ތަރައްޤީގެ ރޮނގުގައި އަތޮޅުން ވަނައެއް ހޯދުމަށެވެ. ތަޢްލީމީ ރޮނގުން ވަނައެއް ހޯދުމަށެވެ.

Print

އިއްޔެގެ މާލެ - މާލޭގެ ނަރުދަމާ ނިޒާމު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)


މާލޭގެ ނަރުދަމާގެ ނިޒާމުގެ ވާހަކައަކީ މިއަދު ބައެއްމީހުންގެ ވިސްނުމުގައި ފަހަރެއްގައި ލަދުވާހަކަޔަކަށް ވެދާނެއެވެ.  ސަބަބަކީ އެޒަމާނުގައި ޙާލަތު ހުރި ގޮތެވެ. އޭގެ ސަބަބުން ދިމާވީ ޞިއްޙީ އަޚުލާޤީ އަދި އިޖުތިމާޢީ މައްސަލަތަކެވެ. އެންމެ މަތީ ފަންތީގައިވެސް މިކަންއޮތީ މިހެނެވެ.

ރާއްޖޭގެ ރަސްރަސްކަލުންގެ ގަނޑުވަރުގައި އަވަހާރަގަނޑުވަރު ކިޔާތަނެއް ހުންނަކަމަށްވެއެވެ. އަވަހާރަގަނޑުވަރަކީ، ގިފިއްޔެވެ. ''ފާޚާނާ''އެވެ. މިތަންތަނުގައި ޙާޖަތްފުއްދެނީ ބިމުގައި ވަޅުޖަހައިގެންނެވެ.  އަވަހާރަގަނޑުވަރުގައި ''ގުންތުރަކޮޅު'' ކިޔާ ދަނގަޑެއް އޮންނަކަމަށްވެއެވެ. ރަސްރަސްކަލުން އަވަހާރަގަނޑުވަރަށް ވެދެވަޑައިގަންނަވަންބޭނުންފުޅުވުމުން، މީހަކު އެދަގަނޑުން ބިމުގައި ވަޅުޖަހައިދެނީއެވެ.
Print

ގާސަންދޯކުގެ ޙަޤީޤަތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ތާރީޚް


މިއީ އަލްމަރްޙޫމް ޢަބްދުލްޙަކީމް ޙުސައިންމަނިކު، ފަތްތޫރައިގެ 297 ވަނަ ޢަދަދުގައި ލިއުއްވާފައިވާ މަޒުމޫނެކެވެ. މާތްﷲ، އެ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ! އާމީން!

ޢަބްދުލްމުޢީދު ޙަސަން


ދިވެހިންގެ ތެރޭގައި ޢާއްމުވެފައި އޮންނަނީ، ހަދި ރަސްގެފާނުގެ ސަންދޯއްފުޅު ކަމަށެވެ. އެހެންވީ ގޮތަކީ، އެ ރަސްގެފާނު އުޅުއްވިލެއް ނުބައިކަމެވެ. ޙައްޖަށް ވަޑައިގަތެވެ.

Print

އިއްޔެގެ މާލެ-1

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

މާލޭގެ ފެން

އާދަމް ނަޞީރު އިިބްރާހީމް

1970ވަނަ އަހަރު ރާއްޖޭގައި  މަރުވިކަމަށް ރެކޯޑްކުރެވިފައިވާ ކުޑަކުދިންގެ  %50.5 އަކީ ޞިއްޙީގޮތުން ރައްކާތެރިކަން ނެތް ނުސާފު ފެން ބޭނުންކުރުމުގެ ސަބަބުން މަރުވި ކުދިންކަމަށް އދ.ގެ ޞިއްޙަތާބެހޭ ޖަމިއްޔާއިން ބުނެފައިވެއެވެ.  މި ކަންފާހަގަކުރައްވާފައިވަނީ އެ ޖަމިއްޔާގެ ސެނިޓަރީ އިންޖީނިޔަރ މިސްޓަރ ކުކިއެލްކާގެ ރިޕޯޓެއްގަ އެވެ.  އެއަހަރު 1646 ކުދިން ރާއްޖޭގައި ޅަފަތުގައި މަރުވެފައިވެއެވެ. 

Print

ރަންނަމާރިއަކީ ކާކު؟

ޝާޢިއުކުރީ ޝާޒް (ތަޖޫބެ) . ހިމެނޭބަޔަކީ ތާރީޚް

ރާއްޖެ އިސްލާމްވީ ވާހަކާގައި އެބުނާ ރަންނަމާރި އަކީ ކާކުބާވައެވެ؟ މިއީ ރަންނަމާރީގެ “ފުލޯކު” ވާހަކަ އާއި ބެހޭގޮތުން އެންމެ ގިނައިން މީހުންކުރާ އެއް ސުވާލެވެ. އެއްބަޔަކު ބުނަނީ ރަންނަމާރިއަކީ ކަނޑުން އެރި ފުރޭތައެއް ކަމަށެވެ. އަނެއްބަޔަކު ބުނަނީއެއީ ކޮންމެ މަހަކު އެއްފަހަރު ބޭރު ޤައުމަކުން އަންނަ “ނަވެއް” ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެރަންނަމާރިއަކީ ރަސްގެފާނުކަމަށެވެ. މިރަންނަމާރީގެ ވާހަކައަކީ 100% ދޮގެއްކަމަށް އެއްބަޔަކު ބުނާއިރު މީގައި ހަޤީގަތްތަކެއް އެކުލެވިގެންވާކަމަށް އަނެއްބަޔަކު ބުނަމުން ގެންދެއެވެ. 

ހަމަމިގަލަމުން

އިދާރާ

ވާހަކަ