އަދުގެ ޚާއްސަ

ތާރީޚް

Print

ރާއްޖެއިން ތެޔޮ ފެނޭތޯ ބެލުން

ޝާޢިއުކުރީ އަންވަރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

 ޢަލީ ނަސީރު ގދ.މަޑަވެލި

    އާދެ! މިދުވަސްވަރަކީ އެކިއެކި ވަޢުދުތަކުގެ ދުވަސްވަރެކެވެ. ރިޔާސީ އިންތިޚާބް ކައިރިވަމުން އަންނާތީއެވެ. މި ވަޢުދުތަކަކީ އިންތިޚާބުގައި ވާދަކުރައްވާ ބޭބޭފުޅުން، އެބޭބޭފުޅުންގެ ޤާބިލުކަމާއި، ކެރިފޯރުންތެރިކަން ހާމަކޮށްދެއްވުމަށްޓަކައި ވިދާޅުވަމުންގެންދަވާ ވާހަކަފުތަކެއްކަމަށް ޤަބޫލުކުރައްވާ މީހުންވެސް މަދެއްނޫނެވެ.

ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި ތެޔޮފެނިއްޖެނަމަ، ފަތުރުވެރިކަން ދަށަށްދާނެއެވެ. އެހެން ނަމަވެސް އަޅުގަނޑުދަންނަވާނީ، ޤުދުރަތީވަޞީލަތްތަކާއި، މަސްނޫޢީ ވަޞީލަތްތަކުގެ ބޭނުމަކީ އިންސާނުން ތަރައްޤީވުމަށްޓަކައި ބޭނުންކުރާ ކަންކަމެވެ. ތަރައްޤީވުމަށްޓަކައި ބޭނުންކުރާ ކޮންމެ ވަޞީލަތަކީވެސް "އެވަޞީލަތެއްގެ ސަބަބުން" ދީނާއި ދުނިޔޭގެ މަޞްލަޙަތަށް ގެއްލުމެންނުވާނެ ކަމެއްކަމަށްވާނަމަ، މައްސަލައެއްއޮތް ކަމެއް ނޫނެވެ.

Print

ވޯރާ ވިޔަފާރިވެރިންގެ ނުފޫޒު ދިވެހީންގެ މައްޗަށް އެހާގަދަވީކީއްވެ؟

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ތާރީޚް


ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ

ތަޢާރަފު

ވޯރާއިންނަކީ އުތުރު ހުޅަގު އިންޑިޔާގެ ރައްޔަތުންނަށް އިހުގެ ދިވެހީން ކިޔާއުޅުނު ނަމެކެވެ. މީލާދީން 1857އަހަރުގެ ކުރިން ވޯރާއިންނާއި އެހެނިހެންވެސް ބޭރުގެ ވިޔަފާރިވެރިން ދިވެހިރާއްޖޭގައި ވިޔަފާރި ކުރަމުންއައީ ވަކި މޫސުމެއްގައި ރާއްޖެއަށް އައިސް މާލޭގެ ބޮޑުފާރުން ބޭރުގައި ވަގުތީ ހިޔާތަކެއް ޤާއިމުކޮށްގެން ކޮންމެ އަހަރަކުވެސް ހަތަރު މަހެއްހާ ދުވަހު ކަމަށް އަބްދުލް ހަކީމް ހުސައިން މަނިކު (2000) ބަޔާންކުރައްވައެވެ. ނަމަވެސް ދިވެހި ބޮޑުންގެ ތެރޭގައި އުފެދުނު ވާދަވެރިކަމެއްގެ ސަބަބުން ރާއްޖެއަށް ވިޔަފާރިކުރާން އައިސް އުޅުނު ވޯރާއިންނަށް ދާއިމީ ގޮތެއްގައި ރާއްޖޭގައި ވަޒަންވެރިވެގެން ވިޔަފާރިކުރުމުގެ ހުއްދަތައް ދެވެން ފެށުނެވެ.
Print

ދިވެހީންނާއި، ވާރުޚަރާޖު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


މަޑަވެލީ ޢަލީ ނަޞީރު

http://www.fanvai.info/images/stories/gst.jpgވާރުޚަރާޖަކީ، މިހާރު މިކިޔާ ޖީ.އެސް.ޓީ، އެވެ. ދިވެހި ކޮންމެ ރައްޔިތަކު ވެސް ވާރުޚަރާޖު ދައްކަން ޖެހެއެވެ. ވާރުޚަރާޖަކީ، ޢުމުރުން 15 އަހަރުން މަތީގެ ކޮންމެބޮލަކުން އަހަރަކު އެއްފަހަރު ސަރުކާރަށް ދައްކަންޖެހޭ ތަކެއްޗެވެ. ވާރުޚަރާޖުގެ ގޮތުގައި ނުވަތަ ވާރަށް، ކޮންމެ ބޮލަކުން (1) އެއްރާތާ ކަޑުމަސް ނުވަތަ (ފައިސާގެ ގޮތުގައި ކުދިބޮލި ބޭނުންކުރި ޒަމާނުގައި) ވަޅެއް ނުވަތަ ކަނޑައެޅޭ ވަކި ޢަދަދެއްގެ "ކުދިބޮލި" ނުވަތަ ސަރުކާރުން ކަނޑައަޅާފައިވާ، އަގުމަގުކުރެވޭ ކޮންމެ ވެސް އެއްޗެއް ނުވަތަ މިންވަރެއް ސަރުކާރަށް ދައްކަން ޖެހެ އެވެ. އެމީހެއްގެ ކިބައިގައި، ވާރުދޭންޖެހޭފަދަ ތަނަވަސްކަން ހުރިކަން ނުވަތަ ނެތްކަން ކަނޑައަޅުއްވަނީ، ސަރުކާރުންނެވެ. ވާރުދޭންޖެހޭ މީހަކު ވާރުނުދީފިނަމަ، އެމީހަކު ކުށްވެރިވާނެ އެވެ.
Print

ދިވެހިރާއްޖޭގެ، ލޯކަލްކައުންސިލުގެ ނިޒާމު (4)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


މަޑަވެލީ ޢަލީ ނަޞީރު

http://www.fanvai.info/images/stories/12344.jpgވޯޓްގެ ލިސްޓަށް ތިންވަނައަށް އިތުރުވީ އަތޮޅުކޮމިޓީ މެންބަރުންގެ ވޯޓެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ވޯޓުގެ ޙަޤީޤީ މަންފާ އަދި މިހާރު ވެސް ރައްޔިތުންނަކަށް ނޭނގެ އެވެ. އަދި ހަމަ އެހެންމެ ނޭގުމުގެ މައްސަލައެއްވެސް ނެތެވެ. އަދި އެނގުމުގެ ބޭނުމެއްވެސް ނެތެވެ. (އަޅުގަނޑު މިދެންނެވީ، ވަކިކަމަކަށް ލާ ވޯޓުގެ ވާހަކައެއްވެސް ނޫނެވެ.) މިހެނީ، ވޯޓްގެ ނިޒާމަށްބަލާއިރު (ބޭންކިން ސިސްޓަމުން) ރައްޔިތުންނަކީ "ރަހުނުކުރެވޭ" މުދާކަމަށްވެފައި، ބޭންކަށް ނަގާ މުދަލަކީ، ރަހުނު ކުރެވޭ ރައްޔިތުން ކަމަށްވާތީ އެވެ. މިއަށްވުރެ ތަފްޞީލުކޮށް ދަންނަވާނަމަ، ދެންނެވޭނީ ލޯނު އަދާކުރަން ޖެހެނީ، ރައްޔިތުންގެ ދަލާއި، ލެއިން ކަމަށެވެ.
Print

ދިވެހިރާއްޖޭގެ، ލޯކަލްކައުންސިލުގެ ނިޒާމު (3)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


މަޑަވެލީ ޢަލީ ނަޞީރު

http://www.fanvai.info/images/stories/12344.jpgވޯޓުގެ ވާހަކަ ދިވެހިރާއްޖޭގައި ޢާއްމުކޮށް ދެއްކެވެން ފެށީ ރާއްޖޭގައިއޮންނަން ފެންނަނީ ރަސްކަމެއްތޯ ޖުމްހޫރިއްޔަތެއްތޯ މި ސުވާލާ ހިސާބުން ނެވެ. (އެއީ މުޙައްމަދު ޝަމްސުއްދީނު ރަސްކަމުން ޢަޒުލު ކުރުމަށްފަހު އެވެ. އެ ރަދުން ރަސްކަމުން ޢަޒުލުކުރީ 1934 ވަނަ އަހަރު އެވެ.) ރަސްކަމެއްތޯ / ޖުމްހޫރިއްޔަތެއްތޯ މި ނަމުގައި ފެއްޓި ކެމްޕޭނުގައި ބޭނުންކުރެއްވީ ތަރިއަކާއި، ދިވެހި ރުކެކެވެ. މާނައަކީ، އުޑުގައި ހުރި ތަރިއެއްގައި އަތްނުލެވުނަސް، ބިމުގައި އިން ރުކެއްގައި އަތްލެވޭނެ ކަމަށެވެ. އެއީ، ރަސްކަމަށް ތަރިއެއް، ޖުމްހޫރިއްޔަތަށް ރުކެކެވެ.
Print

ދިވެހިންގެ ޤަދީމީ ދަތުރު ފަތުރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

ދަތުރުފަތުރުގެ ވަސީލަތުން ޤަދީމީ ޒަމާނުގެ ދިވެހިން، ބޭރުގެ ބައެއް ޤައުމުތަކަށް ރާއްޖެ ތަޢާރުފު ކޮށްދީފައިވެ އެވެ.  


އާދަމް ނަޞީރު އިބްރާހީމް 

ދިވެހިރާއްޖެ އަކީ، ކަނޑު ދަތުރުފަތުރުގެ ސަބަބުން މީހުން އާބާދުވި ޤައުމެކެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ވަޒަން ވެރިންނަށް ރާއްޖެ އާދެވިފައިވަނީ، ކަނޑުމަގުންނެވެ. ޖުޣްރާފީ ގޮތުން ބަލާއިރު، ރާއްޖެ އަކީ، ވަށައިގެން މާ ކަނޑު އޮތް ޤައުމަކަށްވާތީ އެވެ.  ޚައްޠު އިސްތަވާގެ  މެދުގައި، ކުދި ޖަޒީރާ ތަކަކުން އެކުލެވިފައިވާ ރާއްޖެއެއްކަމުގައި ވާތީ އެވެ. އެހެންކަމުން ރާއްޖޭގެ ޤަދީމީ ރަށްވެހިން  އެކި އެކި ބޭނުންތަކުގައި ބޭރުގެ އެކި  ޤައުމުތަކަށް ދަތުރުކޮށް، އެ ޤައުމުތަކަށް ރާއްޖެ ތަޢާރުފު ކޮށްދީފައި ވާ ކަން އެނގެ އެވެ.
Print

ރޭޑިޔޯ ޓެލެފޯނާއި، ވޯކީޓޯކީ މުވާޞަލާތު

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ތާރީޚް


ޢަބުދުﷲ ޙިލްމީ
 
ހުވަދުއަތޮޅުގެ ފުރަތަމަ ހަމަނުޖެހުމަށްފަހުހަވަރުތިނަދޫގައި ހުންނައަތޮޅުއޮފީހުގައި މާލޭގެ ކަމާބެހޭ ފަރާތާ ގުޅޭގޮތަށް ސަރުކާރުންބަހައްޓަވައިފައިވާ ވަޔަރލެސް ސެޓެއް ހުއްޓެވެ. ނަމަވެސް "ސުވައިދީބު"ގެ ދެވަނަހަމަނުޖެހުން ހިންގި ރޭ އެސެޓުގެ ބޭނުމެއް ނުކުރެވޭގޮތަށް އެއަށްވަނީގެއްލުންތަކެއް ކޮށްފައެވެ. ހަވަރުތިނަދޫން މީހުން ބޭލުމަށްފަހު ގައްދޫގައިއަތޮޅުއޮފީސް ގާއިމުކުރުމާ ގުޅިގެން އެ އޮފީހުގައި ސަރުކާރުންބެހެއްޓެވީ "މާކަރީ ބްރޭންޑް"ގެ ރޭޑިޔޯ ޓެލެފޯން ސެޓެކެވެ. އެއީ 2 ޖޫން 1961ގައި މާލެއާ އަތޮޅުތަކާ ރޭޑިޔޯޓެލެފޯނުން ގުޅާލުމުގެ މަސައްކަތްހިނގަން ފެށުމާ ގުޅިގެންނެވެ. ހދ. އާއި އަދި 30 ސެޕްޓެމްބަރ 1965 ގައިއައްޑުއަތޮޅު އަތޮޅުއޮފީހުގައި
Print

ދިވެހިރާއްޖޭގައި، ލޯކަލްކައުންސިލްގެ ނިޒާމު (2)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


މަޑަވެލީ ޢަލީ ނަޞީރު 

ފުރަތަމަ ބައިގައި ވާނީ، އަތޮޅުކޮމިޓީތައް އުފަންވެ އަދި ކަފުން ކުރެވުނު ހިސާބަށް ލިޔެފައެވެ. އަދި ހަމަ އެ ފަދައިން އެ ކޮމިޓީތައް އުވާލަން ޖެހުނު ސަބަބުތައް ވެސް (ކުރުގޮތަށް) ލިޔެފައިވާނެއެވެ. ވުމާއެކު، އެ ދުވަސްވަރު (ގދ.އަތޮޅުގައި) ހިނގާފައިވާ ބައެއް ޙާދިޘާތައް (ތާރީޚަށްޓަކައި) ޚުލާޞާ ކޮށްލުން އެއީ ވެސް އެންމެ ރަނގަޅު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެހެންނަމަވެސް އެ ވާހަކަތަކަށް ދިއުމުގެ ކުރިން ކޮންމެހެން ފާހަގަކޮށްލަން ޖެހޭ ވަރަށް މުހިންމު އެހެން ކަންކައްތަކެއް ވެސް އެބަހުއްޓެވެ.
Print

ގދ.ތިނަދޫ އެންމެ ތާރީޚީ ސަރަހައްދު

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ތާރީޚް


މަޑަވެލީ ޢަލީ ނަޞީރު

ހުވަދުއަތޮޅު ހަވަރުތިނަދޫގައި ދެވަނަ ފަހަރަށް މީހުން ވަޒަންވެރި ވުމަށްޓަކައި މަގުތަކާއި، ގޯތިދޭނޭ ތަންތަނާއި އެހެނިހެން ކަންކަމަށް އެ ރަށުގެ ބިންތައް ހަމަޖެއްސިއިރު، އެ ރަށާއި އަދި އެ އަތޮޅު ހިންގުމުގެ ކަންކަން ކުރުމަށްޓަކައި ބޭނުންވާނޭ ޢިމާރާތްތައް ޤާއިމުކުރެވުނީ ވެސް އޭގެ އެތައް އަހަރެއްގެ ކުރިންވެސް އެފަދަ ކަންކަން ބަލަހައްޓައި ކަންކަން ކުރުވި، ޢިމާރާތްތައް ހުރި ހިސާބު ބިމުގައެވެ.
Print

ދިވެހިރާއްޖޭގައި، ލޯކަލްކައުންސިލްތަކުގެ ނިޒާމު (1)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


މަޑަވެލީ ޢަލީ ނަޞީރު
 
އިދާރީގޮތުން ދިވެހިރާއްޖެ އަތޮޅުތައް މިހާރު ހިނގަމުންމިދަނީ، ލާމަރުކަޒީ އުޞޫލުން، ލޯކަލް ކައުންސިލް އޮތޯރިޓީއެއްގެ ދަށުން އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކެއް އުފެދިގެން އެތަންތަނުގައި ކައުންސެލަރުން ތިބެގެންނެވެ. މިގޮތަށް މިކަން ބައްޓަންވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގެ ހިޔާވަހިކަމުގެ ދަށުންނެވެ. ނަމަވެސް އެ ޤާނޫނާއި ބެހޭގޮތުން އެއްޗެއް ދަންނެވުމުގެ ކުރިން އަޅުގަނޑު ބަލައިލާނީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތުގެ މައްޗަށެވެ.
Print

ވެލާނާގޭ އިބްރާހީމް ނާޞިރަކީ ޤައުމީ ބަޠަލެއް

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ތާރީޚް


މަޑަވެލީ ޢަލީ ނަޞީރު
    
މީލާދީން 1958 ން 1962 ގެ ދުވަސްވަރަކީ ދެކުނުގެ ބަޣާވާތުގެ ދުވަސްވަރެވެ. (އެދުވަސްވަރަކީ، މުއާޞަލާތުގެ ގޮތުން ވަރަށް ފަޤީރު ދުވަސްވަރެކެވެ.)ބޮޑުވަޒީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ) ފުރަތަމަ ފަހަރަށް ހުވަދުއަތޮޅަށް ވަޑައިގަތީ "މޯލްޑިވް ސްޓާރ" ގަ އެވެ. އެއީ 1959މ. ވަނަ އަހަރެވެ. ބޮޑުވަޒީރު އިބްރާހީމް ނާޞިރު ދެވަނަ ފަހަރަށް ހުވަދުއަތޮޅަށް ވަޑައިގަތީ "ސިލްވަރ ކްރެސްޓް" ގަ އެވެ. އެއީ 1962މ. ވަނަ އަހަރެވެ.ދެކުނު ގަޑުބަޑާއި ގުޅިގެން އައްޑުއަތޮޅަށާއި، ފުވައްމުލަކަށް އިބްރަހީމް ނާޞިރު ވަޑައެއްނުގަންނަވައެވެ.
Print

ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް


މުޙައްމަދު އިސްމާޢީލު ފުޅު ނައިފަރު

ކ. އަތޮޅު ގުރައިދޫގައި ހިނގަމުންދާ" ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒް " އަކީ 28 ފެބްރުއަރީ 1976 ގައި "ފަޤީރުން ބަލަހައްޓާ ވެރިޔާގެއޮފީސް" މިނަމުގައި ސަރުކާރުން އުފެއްދެވި އޮފީހެކެވެ. މިދެންނެވި ތާރީޚުގައި މިއޮފީހުގެ މަސައްކަތްތައް ފެށިކަމުގައިވިޔަސް މިއޮފީސް ރަސްމީގޮތުން ހުޅުވާފައިވަނީ 06 ޖޫން 1976 ގައެވެ. އޭގެފަހުން 11 ފެބްރުވަރީ 1991 ގައި މިއޮފީހުގެ ނަން "ދައުލަތުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު" މިނަމަށްބަދަލުކުރައްވާ،އަދި އޭގެފަހުން 27 އަގޮސްޓް 2001 ގައި މިތާންގެ ނަން " ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު" މިނަމަށްވަނީ ބަދަލުކުރައްވާފައެވެ.
Print

ތަބްރޭޒީތޯ؟ ނުވަތަ ބަރުބަރީތޯ؟

ޝާޢިއުކުރީ އިޔާޒު ނަސީމް . ހިމެނޭބަޔަކީ ތާރީޚް

ތަބްރޭޒީތޯ؟ ނުވަތަ ބަރުބަރީތޯ؟

ދިވެހިރާއްޖެ އިސްލާމް ކުރެއްވީ ކޮން ބޭކަލެއް؟

އިޔާޒު ނަސީމް

ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ދީން ގަބޫލު ކުރުމަކީ ދިވެހި ތާރީހުގެ މުޅިން އައު ބާބެއްގެ ފެށުމެވެ. ތާރީހުގެ މި މުހިއްމު ބާބަށް ބަލާލާއިރު، ދިވެހިރާއްޖެއަށް އިސްލާމް ދީން ގެންނެވި ބޭކަލަކާ މެދު ވަނީ ހިލާފު އުފެދިފައެވެ. މި ކަމުގައި ބުރަ ވާން ވީ ކޮން ކޮޅަކަށް ހެއްޔެވެ؟ މި ކަމާ މެދު ސުވާލު ކުރައްވަމުން، މަޝްހޫރު ތާރީހު އިލްމުވެރިޔާ އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލުޠްފީ ލިޔުއްވާފައި ވަނީ [ދިވެހިރާއްޖެއަށް އިސްލާމް ދީން ގެންނެވި
Print

ތާރީޚުގެ ތެރެއިން ދިވެހިރާއްޖޭގެ ނަން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް



ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ

     
2500އަށްވުރެ ގިނަދުވަސްވީ ދިވެހިތާރީޚުގައި ދިވެހިރާއްޖެއަށް ނިސްބަތްކޮށް ވަރަށްގިނަ ނަންތައް ބޭނުންކުރެވިފައި ވެއެވެ. އެގޮތުން މަހަލްދީޕް ، ލިޔުޝާން ، މޮލައި، ޖުޒުރުލް ކުޒަޙު ، މަހިލާދީޕް ފަދަ ނަންނަމުން ދިވެހިރާއްޖެއަށް ނަންދެވިފައި ވެއެވެ. މިފަދަ ތަފާތު ނަންތަކަކުން ދިވެހިރާއްޖެއަށް ނިސްބަތްކުރެވިފައި އެވަނީ އެކި ދުވަސްވަރު ދިވެހިރާއްޖެ ހުރަސްކޮށް ދަތުރުކުރި އެކިޤައުމުތަކުގެ ދަތުރުވެރީންނާއި ރާއްޖޭގެ މައްޗަށް ނުފޫޒުފޯރުވި ފަރާތްތަކުން އެބައިމީހުންގެ އަމިއްލަބަހުން، ކޮންމެބަޔަކުވެސް ދިވެހިރާއްޖެއަށް ނަންދީފައިވާތީ ކަމަށް ވެދާނެއެވެ.
Print

ދިވެހި ތާރީޚުގެ ތެރެއިން މަލާބާރީންނާއި ކަންނަންނޫރު ޢަލީ ރާޖާ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް


ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ


ތަޢާރުފު

މި މަޒުމޫނުގައި އަޅުގަނޑު ބަލައިލައިފައި ވާނީ ދިވެހި ތާރީޚުގައި އުތުރުކަރައިގެ މަލާބާރީންނާއި ކަންނަންނޫރު ޢަލީރާޖާ ފާހަގަކުރެވެމުން އައިސްފައިވާ ގޮތުގެ މައްޗަށެވެ. އެ ގޮތުން މަލާބާރުކަރައާއި، މަލާބާރީންނާއި، ކަންނަންނޫރާއި، ކަންނަންނޫރުގެ ޢަލީ ރާޖާއަކީ ކޮބައިކަން ބަޔާންކޮށްފައި ވާނެއެވެ. އަދިހަމަ މިބައިމީހުން ދިވެހި ތާރީޚުގެ ތެރެއިން ފާހަގަކުރެވެމުން އަންނަގޮތުގެ މައްޗަށް އަލިއަޅުވާލާފައި ވާނެއެވެ.
Print

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ - 1

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


މުޙަންމަދު އިސްމާޢީލުފުޅު

ދިވެހިރާއްޖޭގައި ނެޝަނަލް ހެލްތު އިންޝުއަރެންސް ސްކީމެއް އެންމެ ފުރަތަމަ ތަޢާރަފްވެގެންދިޔަގޮތާއި، އެ ސްކީމްގެކަންތައް ދިވެހި މުޖްތަމަޢުގައި ކުރިޔަށްދިޔަ މިންވަރާއި، އަދި އެންމެފަހުން އެ ސްކީމް ގެ މަސައްކަތްތައް ހުއްޓިގެންދިޔަގޮތުގެމައްޗަށް ކުރީގެ ތާރީޚެއްގައި ފަންވަތުގައި އަޅުގަނޑު ވާނީ ބަލައިލާފައެވެ.
Print

އިންޑަސްވާދީގެ ރަށްވެހިކަމާއި ދިވެހީން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް



ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ



ފެށުން

ދުނިޔޭގައި އުފެދު ޙަޟާރަތްތަކުގެ ތެރެއިން ދިވެހިރާއްޖެއާއި އެންމެ ގުޅުން ބޮޑު ޙަޟާރަތަކީ އިންޑިޔާގައި އުފެދުނު އިންޑަސްވާދީގެ ރަށްވެހިކަން ނުވަތަ އިންޑަސް ސިވިލައިޒޭޝަންކަމީ ދެބަސްވެވެންނެތް ހަޤީޤަތެކެވެ. އެހެނީ ރާއްޖޭގެ ވަޒަންވެރިންނާއި އިންޑަސް ޙަޟާރަތުގެ ވަޒަންވެރިންގެ ސިފަޔާއި އުޅުމާއި ދީނާއި އަޤީދާގެ އެއްގޮތްކަމެވެ. އަދި ރާއްޖެއިން ފެނިފައިވާ އާޘާރުތަކާއި އެއްގޮތް އެތައް އެއްޗަކާއި އެތައް ތަނެއް އިންޑަސްވާދީން ފެނިފައިވެސް ވާތީ އެވެ.
Print

ދިވެހި ރަސްކަމުގައި އުތީމު ދަރިކޮޅުގެ ޚިދުމަތް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް



ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ


އުތީމު ދަރިކޮޅު    

ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ހަތަރު ވަނައަށް ރަސްކަންކުރި ދަރިކޮޅުކަމަށްވާ އުތީމު ދަރިކޮޅަކީ ހއ. އުތީމަށް ނިސްބަތްވާ ދަރިކޮޅެކެވެ. އެހެނީ އެ ދަރިކޮޅުން ދިވެހި ރަސްކަމުގައި ފުރަތަމަ ރެދަލިކުރެވުނު ރަސްގެފާނު އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ސިރީސަވާދީއްތަ މަހާރަދުންނަކީ ހއ. އުތީމަށް ނިސްބަތްވާ ބޭފުޅެކެވެ. އެހެންކަމުން މިދަރިކޮޅަށް އުތީމު ދަރިކޮޅުގެ ނަމުން ނަންދެވިފައި ވަނީ އެވެ.
Print

އޮނަވިހީގެ ބަދަލުގައި "ނަވާރަ" މި ނަން އުފެއްދީ ދިވެހި ކުޑަކުއްޖެކެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހީގެ ގުނުން ނުވަތަ ވިޔައަކުރުގެ ނަންތައް ދިވެހިބަހުން މި ހުންނަނީ އަވަށްޓެރި ޤައުމުތަކުގެ ބަސްތަކުގައި ވެސް ހުންނަކަހަލަ ގޮތަކަށެވެ. މި ގޮތަށް މި ދިމާވަނީ މި ހުރިހާ ބަސްތަކެއްގެ މައި ބަހަކީ އެއް ބަހެއް ކަމުގައިވާ ސާންސްކިރިތު ބަސް ކަމަށް ވާތީ ކަމަށް ދެންނެވިދާނެ އެވެ. މިސާލަކަށް: 1، 2، 3، ... އޭކު، ދޯ، ތީން،.... (ހިންދީ)، އެކައި، ދެކައި، ތުނައި،... (ސިންގަޅަ)، ސަތޫ، ދުއާ، ތިގާ.... (މެލޭޝިއާ)، އެކްޓާ، ދުއިދިއާ، ތިންދިއާ...... (ބަނގްލަދޭޝް)، ..... މިފަދަ ގޮތްގޮތަށެވެ.
Print

އިންދޫސް ވާދީގެ ރަށްވެހިކަން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް



އަބޫ ޠާސީން

ޙަޟާރަތަކީ އިނގިރޭސިބަހުން ކިޔާ ސިވިލައިޒޭޝަން (Civilization) އެވެ. Civilization މި ލަފުޒު ނެގިފައިވަނީ civis މި ލަފުޒުންނެވެ. މާނައަކީ citizen (ރައްޔިތުން)ނެވެ. ދިވެހި ބަހުން މި މަފްހޫމަށް ކިޔައިއުޅެވީ ރަށްވެހިކަމެވެ. ރަށްވެހިކަން މި ލަފުޒުގެ އަޞްލަކީ "ރަށްވެހި" މި ލަފުޒެވެ. މާނައަކީ "މަދަނިއްޔަތާއި ތަހުޛީބު ލިބިގެންވާ" އެވެ. އެހެންވީމާ ޙަޟާރަތަކީ އިންސާނުން ބިމުގެ ވަކި ސަރަޙައްދެއްގައި ޤާއިމުވެ ދިރިއުޅުން އާރާސްތުކޮށް ހަރުދަނާކަމާއެކު ދިރިއުޅުން ތަރައްޤީކޮށް ކުރިއަރަމުން ދިޔުމަށް މަގުފަހިވާފަދަ ގޮތަކަށް ޤާއިމުކުރެވޭ މުޖްތަމަޢެއްކަމަށް ދެންނެވިދާނެ އެވެ.

އިތުރު މަޒުމޫން...

ހަމަމިގަލަމުން

އިދާރާ

ވާހަކަ