އަދުގެ ޚާއްސަ

ތާރީޚް

Print

ކ. ދޫނިދޫއަށް ނަޒަރު ހިންގައިލާއިރު...

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް

 

''ދޫނިދޫގެ މާޒީގައި ތަފާތު ކަންތައްތަކެއް ހިނގައިފައިވާކަން ދިވެހި ތާރީޚުން އެނގޭ''

 

 އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ

ކ. ދޫނިދޫ އޭ ބުނެފިނަމަ ކޮންމެ ބޭފުޅަކަށް ވެސް ސިފަވެގެން ދަނީ އެއީ ކުށްވެރިން ބައިތިއްބާ ޖަލެއްގެ ގޮތުގައެވެ. ނަމަވެސް ކ.ދޫނިދޫގެ ޒަމާންވީ މާޒީއަށް ނަޒަރު ހިންގައިލާއިރު މި މަންޒަރު ތަފާތެވެ. އެގޮތުން ބަލާއިރު، ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އަލްމަރުޙޫމް އަލްއަމީރު މުޙައްމަދު އަމީން ދީދީ ޗުއްޓީ ހޭދަކުރައްވާ ރަށެއްގެ ގޮތުގައި މި ރަށް ބޭނުން ކުރެއްވިއެވެ.
Print

ޣާޒީ ބަންޑާރައިން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް

ދިރާސީ މަޒުމޫނު:

ބޮޑުތަކުރުފާނު ޕޯޗްގީޒުން ބަލިކުރެއްވީ ޙިކުމަތުޢަމަލީގެ ބޭނުން ކުރައްވައިގެންތޯ އެވެ؟

ނުވަތަ ހަމައެކަނި ބާރުގެ ބޭނުން ހިއްޕަވައިގެންތޯއެވެ؟

 


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ތަޢާރުފު:
އައްސުލްޠާނު މުޙައްމަދު ތަކުރުފާނުްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ ދިވެހި އުއްމަދުގެ "ޞަލާޙުއްދީނުލްއައްޔޫބީ" ކަމަށާއި އެއީ ދިވެހިރާއްޖޭގެ "މަހާތުމާ ގާނދީ" ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަމުއެވެ. މާނައަކީ ދިވެހި ޤައުމިއްޔަތުގައި އެ ތަކުރުފާނަށް ލިބިވަޑައިގެންފައިވާ މަޤާމަކީ ދުނިޔޭގެ މަޝްހޫރު އަބްޠާލުންނަށް ލިބިވަޑައިގެންފައިވާ ފަދަ ނުވަތަ އެޔަށްވުރެ ވެސް މަތިވެރި  މަޤާމެކޭ ދެންނެވުމެވެ.
Print

ޤަދީމީ ޒަމާނުގައި ދިވެހިން އަޅުކަންކުރަން ގެންގުޅުނު ތަކެއްޗާއި ތަންތަނަށް ކިޔާ ނަންތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

1.ފެށުން

ދިވެހީންނަކީ އިހު އެވޭލާ ޒަމާނުއްސުރެ ދީނީ ކަންކަމަށް ސަމާލުކަން ދިން ބަޔެކެވެ. އެހެނީ ދިވެހިންގެ އެންމެ ދުވަސްވީ އާސާރު ކަމަށް ބެލެވިފައި ވަނީ ދީނީ އެކިއެކި ކަންކަމުގައި ހަދައިފައިވާ ބިނާތަކެވެ. މިފަދަ ތަންތަން ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ފެންނަން އެބަހުއްޓެވެ. ރާއްޖެއަށް އިސްލާމްދީން އައުމާ ގުޅިގެން ރައްޔިތުން އިސްލާމްދީން ބަލައިގަތީ އެއް ފަހަރާކަމަށް ޤަބޫލުކުރެވޭކަށް ނެތެވެ. އަދި ރާއްޖޭގެ އެންމެން އިސްލާމްދީން ޤަބޫލުކުރީ އެންމެން އެކަމަށް ރުހިގެންކަމަށް ވެސް ބުނެވޭކަށް ނެތެވެ. ދިވެހީން އެ މީހުންގެ ބުދު ދީނުގެ ނުވަތަ ހިންދީ ދީނުގެ ޢަޤީދާ ހިތުން ރުހުމުން ބަދަލުކޮށް އިސްލާމް ދީނަށް ބަދަލުވިނަމަ ކުރިން އެ މީހުން އަޅުކަން ކޮށް އުޅުނު ތަންތަން ތަޅައި ސުއްނާފަތި ކޮށްލީސްކަމަށް ބެލެވެއެވެ. ނަމަވެސް މި ފަދަ ތަންތަން ހުރީ ހަލާކުނުކޮށް ފަސްއަޅައި ފޮރުވައިފައެވެ.


Print

ކަނޑުން ފިރުކެމުން ވައިން އުދުހެމުން (7)

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ތާރީޚް

18 ޖުލައި (ހޯމަ) އާ ގުޅޭ..

ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު

ބޯޓުގެ އިންޖީނު އެހިންގައިލީއެވެ. ފުރަތަމަ، އެހިންގައިލީ އެއް އިންޖީނެވެ. އެއިންޖީނުގެ އާވި އުފެދުނުމުން، އެއްބުރަފަތި އެ އެނބުރިގަތީއެވެ...... އެ އނބުރިގަތީ ދެވަނަ ބުރަފައްޗެވެ. ދެން ތިނަވަނައެވެ.... ދެން، ހަތަރުވަނައެވެ. މިހާރު، ބޯޓުމިދަނީ ވަރަށް ހިތްގައިމުކޮށް ބިންމަތީ ދުވެލާފައެވެ..... މިހާރު، މަޑުމަޑުން، އެކަކަމު، ހަމަކަށަވަރުން، ބޯޓު މިއޮއް އަރަނީ މައްޗަށެވެ..... އައްޑޫ އަތޮޅުގެ ފެހިކުލައިގެ ގަސްތަކާއި،
Print

ކަނޑުން ފިރުކެމުން ވައިން އުދުހެމުން (6)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

15ޖުލައި (ހުކުރު) އާ ގުޅޭ..

އަ އް ޑޫ ން  -  ކޮ ޅު ނ ބަ ށް


ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު

....އަށް ގިނަގިނައިން ވެދުން ދަންނަވަމެވެ. މާތްﷲގެ ރަޙްމަތްފުޅުގެ ތަނަވަސްކަމުގެ ދަށުގައި، ތިޔަ އެންމެ ބެއިފުޅުން ގަދަވެވަޑައިގެން ތިއްބެވިކަމުގައި އުހައުކުރަމެވެ. އަޅުގަނޑުވެސް، ....އަޅުގަނޑު އަދުކޮޅުނބަށް އަތުވެއްޖައީމުއެވެ. އެކަމަކު އިރުކޮޅަކަށް ހިތުގެ ލޮލުގެ އަލިކަން، އައްޑުއަތޮޅަށް އަޅުވާލަމާތޯއެވެ؟
Print

ކަނޑުން ފިރުކެމުން ވައިން އުދުހެމުން (5)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

16 ޑިސެމްބަރު 2010 (އާދީއްތަ) އާ ގުޅޭ..

މިހާރު އައްޑުއަތޮޅުގެ ޚަބަރަކީ، "ހަނގުރާމައިގެ ސިއްރެވެ."


ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު

"ޑަންގީ" އަށް އައިސް، ހަވަރުތިނަދޫގެ ބަނދަރަށް ދޫކޮށްލެވުނީ ވަރަށް ގަދަކޮޅިގަނޑަކާއި އެކުގައެވެ. އަޅުގަނޑުމެންނަށް ރަނގަޅަށް ބަނދަރު ނުޖެހިގެން އުޅެނިކޮށް ޅަތުއްތޫއާއި، ޢަލީދީދީއާއި ދެމީހުން، ދޯންޏެއްގައި ބޯޓުކައިރިއަށް އަތުވެއްޖެއެވެ. އެދުވަހު ހަވީރު، އަޅުގަނޑުމެން ފައިފަލަބަލީގެ މީހުން ލާފައިވާ ރަށަށް ދިއައީމުއެވެ. އެރަށުގައި އަންހެނުންނާއި، ފިރިހެނުންނާއި، ކުދިންނާއިއެކު ގާތްގަނޑަކަށް 250 މީހުން އެބަތިބޫއެވެ.
Print

ދިވެހީންގެ އަޞްލު ދެނެގަތުމާ މެދު ޚިޔާލެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހީންގެ ޤަދީމީ ތާރީޚަކީ ނޭނގުމާއި އަނދިރިކަމުގެ ތެރެއަށް ގޮސް އޮޅުންބޮޅުންވެފައިވާ އެއްޗެކެވެ. ދިވެހީން މާތްވެގެންވާ އިސްލާމް ދީނަށް އެނބުރުމުގެ ކުރީގެ މަޢުލޫމާތެއް ހަރުދަނާ އަދި ސާބިތު ގޮތެއްގައި ފެންނާކަށް ނެތެވެ. ރާއްޖޭގައި ހުރި ޤަދީމީ އާސާރުތައް ވެސް އަޅުގަނޑުމެންގެ މި ޒަމާނަށް އައި އިރު ހުރީ ވީރާނާ ވެފައެވެ. ބައެއް ތަންތަން ވަނީ މުޅިން ނެތި ގޮސްފައި ވެސް މެއެވެ. ކަން މިހެން ހުރުމާއެކު ދިވެހީންގެ އަޞްލަކީ ކޮބައިތޯ ކުރެވޭ ބޮޑު ސުވާލަށް އަދިވެސް ވަނީ އެކަށީގެންވާ ޖަވާބެއް ނުލިބި އެވެ. އެހެންކަމުން މި ސުވާލުގެ ޖަވާބު ލިބިދާނެ ބައެއް ދިމަދިމާއަށް
Print

ދަރަވަންދޫގޭ ޙުސައިންދީދީގެ ޢިލްމީ ސަނަދު

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ތާރީޚް


ޙުސައިން ޞަލާޙުއްދީން

ބޮޑުގަލު މޫސާދީދީގެ ފުތް ދަރަވަންދޫގޭ ޙުސައިންދީދީގެ އެދުރުބެއިކަލަކީ އައްޑޫމީދޫ އައިސާބީގެދަރު ޙުސައިން ތަކުރުފާނުގެ ފުތް އަލްފަޤީހް އިބްރާހީމް ތަކުރުފާނު އަޚުލް ޤާޟީ މޫސާ ބަދްރުއްދީނެވެ. އައިސާބީގެދަރު ދޮންބެއްޔާއަކީ މި އިބްރާހީމް ތަކުރުފާނެވެ. މި ތަކުރުފާނަކީ ޤުރުއާން ހިތުދަސް ދަންނަބެއިކަލެކެވެ. ފިޤްހު ނަޙްވު ރަނގަޅަށް އޮޅުން ފިލައިގެން ހުންނެވި ބެއިކަލެކެވެ. ޔޫނާނީ ބޭސް ދެނެލައްވާ ޙަކީމެކެވެ. ތިލޭރު އަތްކަމާއި، ކަނބުރުވެރިކަމާއި، ފޭރާން ކުޅައުމާއި، މިކަންކަމަށް ކުޅަދާން މަސައްކަތްތެރިއެކެވެ. ދެބާވަތުގެ ވަޑާމަށް ކުޅަދާނަ މާވަޑިއެކެވެ. އާދަވެގެން މަހަށް ދުރުވާ ކެޔޮޅެކެވެ. މި ތަކުރުފާނުން
Print

ޞަލާޙުއްދީންގެ އުފަން ދުވަސް، އެ މަނިކުފާނުގެ ގަލަންކޮޅުން. . .

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިރާއްޖެ އުފެއްދި އެންމެ ކުޅަދާނަ އަދީބު އަލްޢައްލާތުލްފަޤީހިއްޝައިޚު ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތް މީލާދީ ތާރީޚަށް ނިސްބަތްކޮށް އެ ދުވަހަކީ "ދިވެހިބަހުގެ ދުވަސް" ކަމަށް ކަނޑައަޅައި އެ ދުވަސް ފާހަގަކުރަން ބަޔަކު އެބަ މަސައްކަތްކުރެ އެވެ. ދިވެހިބަހުން ބަސްމޮށި އުޅޭ މަލިކުގައި މި ދުވަސް ފާހަގަކުރުމަށް ވަރަށް ބޮޑެތި ތައްޔާރީތަކެއް ވަމުން އަންނަ އިރު ރާއްޖޭގެ ބަސްވާރުންތަކެއް އުފައްދަވައިފައިވާ "ލިޔުންތެރީންގެ ގުޅުން"
Print

ކުޑައިރުގެ ޚާއްޞަ ހަނދާންތަކެއް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

''މެދު ޒިޔާރަތުގެ ދިދަތައް ފެނުމުން މޭ ތެޅެންފަށައެވެ.''

ނަސީމާ މުޙައްމަދު

މިއީ ވަރަށް ދުރު ހަނދާންތަކެއްގެ ތެރެއަށް ކުރެވޭ ދަތުރެކެވެ.  ކުޑައިރުގެ ހަނދާންތަކެކެވެ. އަޅުގަނޑަށް ހީވާ ގޮތުގައި އެއީ 1946މ ވަނަ އަހަރުގެ ކުރީކޮޅެވެ. އޭރު އަޅުގަނޑުގެ އުމުރުން އޮތީ ހަތަރު އަހަރު ފުރިގެން ފަސް އަހަރަށެވެ.

އެއްރެޔަކު އަޅުގަނޑު ހުމާ އޮއްވައި، މުޙައްމަދު އަމީން އަޅުގަނޑުމެންގެ ގެޔަށް ވަޑައިގަތެވެ. އަދި އަޅުގަނޑު އުނދޯލީގައި އޮއްވައި ފެނިވަޑައިގަތުމުން، މަންމަމެން ކުރެން ޙާލު އައްސަވާފައި ވިދާޅުވިއެވެ.
Print

ހުޅުލޭ އެއަރޕޯޓް: ރައްޔިތުން ގުޅިގެން ކުރި ޤައުމީ މަސައްކަތެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ދިވެހީންނާއި މަތިންދާ ބޯޓު:

1939 ގައި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ފެށިގެން އޭގެ އަސަރު އެތެރިވަރިއަށް ކުރަން ފެށުމުގެ ކުރިން މަތިންދާ ބޯޓުގެ ވާހަކަ ގިނަ ދިވެހިން އަޑެއްވެސް ނާހައެވެ. ރާއްޖޭން ބޭރަށް ދިޔުމުގެ ފުރުޞަތު ލިބިފައިވި މަދު ބަޔަކަށް އެއީ ޖެހިލުންވާ އެއްޗަކަށް ނުވިޔަސް ގިނަ ދިވެހިންނަށް މަތިންދާ ބޯޓުގެ ވާހަކަ ވީ ބިރުން ފިތްކެނޑޭފަދަ ނުރައްކާތެރި ޚަބަރަކަށެވެ. އެކުން އެކަން އެ ގޮތަށް މެދުވެރިވީ އެ ޚަބަރު ރައްޔިތުންނަށް ފުރަތަމަ އިވުނު ގޮތުންވެސް މެއެވެ. 9  ޝަޢުބާން 1357 ގައި، ވަޒީރުއްދާޚިލިއްޔާގެ ނާއިބު މުޙައްމަދު ބިން ވެލާނާ މަނިކުފާނު ސޮއިކުރައްވައި ރާއްޖޭގެ އަތޮޅުތަކުގެ އަތޮޅުވެރިންނަށް ފޮނުއްވި "ބަހު"ގައި (ސިޓީގައި) މަތީންދާ ބޯޓުގެ ވާހަކަ ގެންނަވައިފައިވަނީ "...އަދި އަންގަމެވެ. ރޭގަނޑުގައި މަތިންދާ ބޯޓެއް އަންނަކަން އެނގިއްޖެ ނަމަ ހުރިހާ ބައްތިއެއް ވެސް ކުޑަކޮށް، ބޭރަށް އަލި ނުފެންނާނޭހެން ހެދުމަށާއި ......"
Print

ދަރަވަންދޫ ބިބީ ޒިޔާރަތް

ޝާޢިއުކުރީ އަޙްމަދު ނާފިޢު . ހިމެނޭބަޔަކީ ތާރީޚް

 ''ދަރަވަންދޫގައި އުޅުއްވި ބިބީ އާއި ބިބީގެ 40 ބޭފުޅުންގެ ވާހަކަ''

އަޙްމަދު ނާފި
ޢު،  ބ.ދަރަވަންދޫ

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި ހުންނަ ބިބީ ޒިޔާރަތަކީ ދަރަވަންދޫގެ ދުވަސްވީ މީހުންނަށް ވެސް އަދި މިހާތަނަށް އޭގެ ހަޤީޤަތް ހޯދިފައިނުވާ އާސާރީ ބިނާއެކެވެ. ނަމަވެސް ގިނަ މީހުންގެ ދޫދޫމަތިން ކިޔޭ ފުލޯކް ވާހަކައެއްގެ ގޮތުގައި މި ވާހަކަ އައިސްފައިވާ ގޮތް (ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތަށް) ލިޔެލެވޭތޯ މަސައްކަތްކޮށްލާނަމެވެ. ބިބީންނަކީ ކޮން ބައެއްކަން ތިޔައިން ބޭފުޅަކަށް އެނގިވަޑައިގަންނަވަނީ ކިހާ ވަރަކަށް ބާވައެވެ!
Print

''ބޮޑުތަކުރުފާނަކީ ދިވެހިރާއްޖޭގެ ޖޯޖު ވޮޝިންގޓަނެވެ.''

ޝާޢިއުކުރީ އަޙްމަދު ޖަދުޢާން . ހިމެނޭބަޔަކީ ތާރީޚް


އަޙުމަދު ޖަދުޢާން

"ބޮޑުތަކުރުފާނަކީ، ދިވެހިރާއްޖޭގެ ޖޯޖް ވޮޝިންގްޓަނެވެ. ބޮޑުތަކުރުފާނަކީ ދިވެހި ގައުމުގެމަހާތުމާ ގާނދީއެވެ. ބޮޑުތަކުރުފާނަކީ ދިވެހި އުންމަތުގެސަލާހުއްދީނުލް އައްޔޫބީއެވެ." އާދެ، އަޅުގަނޑުމެން މިފަދަ ކިތަންމެ ބޭފުޅެއްގެ ނަންފުޅު، އެތަކުރުފާނަށް ނިސްބަތްކުރިއަސް އެތަކުރުފާނަށް ހައްޤު ތާރީފް ނުދެންނެވޭނެ ކަމީ  ޝައްކެއް އޮތްކަމެއް ނޫނެވެ.
Print

ކަނޑުން ފިރުކެމުން، ވައިން އުދުހެމުން (4)

ޝާޢިއުކުރީ މޫޙައްމަދު ދީދީ . ހިމެނޭބަޔަކީ ތާރީޚް


ހަވަރުތިނަދޫގެ އަންހެންކުދިންގެ ލޮލުގެ ސިގްނަލަކީ، ވަރުގަދަ ސިގްނަލެކެވެ.


ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު
                 6ޑިސެމްބަރު(ހޯމާ)އާ ގުޅޭ..

"ވަޑިދޮން" ފުރަތަމަ ކެމެރާއެއްގައި އަތްލީ އެދުވަހުއެވެ. ދެންނެވުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟ އާދެ! އަޅުގަނޑުމެން އެކުނާވިއްކާތަނަށްވަދެ، ކުނާތައް ބަލާން ފަށައިފީމެވެ. އެތާނގައި ވަރަށްރީތި ކުނާ ހުއްޓެވެ. އަދި ވަކިން ރީތި އެއްކުނާ ހުއްޓެވެ. ތުކި، އޮތެވެ. ކުނާ ވިއްކާން ދެކެވުނު ވާހަކައިގެ ތެރޭގައި، ވަރަށް ހެއްވާގޮތެއް ދިމާވި އެވެ. ކުނާ ވިއްކަންތިބި އެންމެންނާއި، ޕާރޓީގެ އެންމެން ދެއްކި ވާހަކައެއް މުޚާޠަބު ކުރެވުނީ އެއްކުއްޖަކަށެވެ. އިރުކޮޅަކު އުޅެފައި ބަލާލިއިރު، ކަމަކުދާކަށް ނެތެވެ.ޕާރޓީގެ ބައެއްމީހުންނާއި، އެކުނާ ވިއްކާންތިބި ބައެއްކުދީން، މިއޮއް ވާހަކަދައްކާ ނަގަނީ، އެހެންމީހުންނަށް ނުއެނގޭ ބަހަކުންނެވެ! ލޮލުގެ ސިގްނަލުންނެވެ. އަސްތާ!
Print

ކަނޑުން ފިރުކެމުން، ވައިން އުދުހެމުން (3)

ޝާޢިއުކުރީ Mohamed Ahusan . ހިމެނޭބަޔަކީ ތާރީޚް


24 ނޮވެމްބަރު (ބުދަ) އާ ގުޅޭ..

ސުމުއްވުމްއަމީރު، އަލްމަރުޙޫމު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު

ކޮޅިގަނޑު ހަމަޖެހުމަށްފަހު، ބޯޓުހުރީ ކޮން ހިސާބަކުތޯ ވިސްނާލިއިރު، އެނގުނު ހަމަ އެކަކުވެސް ބޯޓަކު ނެތެވެ. ވިއްސާރަގަނޑާއި ހުރެ އެދުވަހު މެންދުރު ފިލާ، މާލިމީންނަށް ނޭޅުނީއެވެ. ބޯޓު ހުރިތަނެއް ނޭނގުނު ކަމުގެ ނަތީޖާއަކަށްވީ، ކައްކާ ޙަސަން ތެޅުމެވެ! އަސްތާ! ކައްކާ ޙަސަނުގެ ވާހަކަ އަދި ނުދެންނެވޭ ދޮގެއްތޯއެވެ؟ އެއީ، އެއްކަލަ "ކުޑަފުކުންޖެހޭ" އެވެ. ބޯޓުގައިވާ ކޮންމެ ނުރަނގަޅު ކަމަކަށް، މާލިމީ ތަޅަނީ ކައްކާ ޙަސަނެވެ. ވައި ނުޖެހުނަސް ތަޅަނީ ޙަސަނެވެ! ވަގުތަށް ނުކެކުނަސް ތަޅަނީ ޙަސަނެވެ!
Print

ކަނޑުން ފިރުކެމުން، ވައިން އުދުހެމުން (2)

ޝާޢިއުކުރީ މޫޙައްމަދު ދީދީ . ހިމެނޭބަޔަކީ ތާރީޚް


8 ނޮވެމްބަރު (ހޯމަ) އާ ގުޅޭ..

{އަސްތާ! އެމަންޒަރު! ވާހް! ވާހް! ތިޔައިން އެއްވެސް ބޭފުޅަކު، ބައިސްކޯފުގެ "މިކީ މައުސް" ފީތާއެއްގައި، ބޮކެއް އަހެއްގެ މައްޗަށް އަރައިގެން، ހަނިކޯރެއްގެ މަތީން ދެފަރާތަށް ފުމެފުމެ އިންދާ، ދެކެވަޑައިގެންނެވި ހަނދުމަފުޅު ހުރިތޯއެވެ؟}

ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީން ދޮށިމޭނާކިލެގެފާނު

އާދެ! "ޑަންގީ" ދުވަމުން ދުވަމުން އެބަދެއެވެ. ކުރީ ރެއިގެ ނިންޖާއި އެދުވަހުގެ ވަރުބަލިކަމުގެ ސަބަބުން، އެރޭގެ ފަތިސްއަތަށް އެޅުމާއިއެކު، ވަރަށް ރަނގަޅަށް ނިދޭގޮތް ވެއްޖެއެވެ. ހޭލެވުނީ، އަނެއްދުވަހުގެ އިރު އުދަރެހުން އަރައަރާ ހުއްޓައެވެ. އެއިރު މާލެއަތޮޅުގެ ބައެއް ރަށްރަށް ފެންނާން ހުއްޓެވެ. އެންމެ ރަނގަޅަށް ބޯޓް ދުވާވަރަށް ވައިރޯޅިޖެހެއެވެ. ވައިޖެހެނީ ދެކުނުންނެވެ. އެދުވަހު މެންދުރުން އަނބުރާ ތިނެއްޖެހިއިރު،
Print

ފުރަމާލެއަކީ ޙަޤީޤަތުގައި ވެސް.....

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ތާރީޚް


ފުރަމާލެއަކީ ޙަޤީޤަތުގައި ވެސް ގިރާވަރުމީހުން ހޮވި ރަށެއް ހެއްޔެވެ؟


ޙުސައިން ޝާކިރު

މާއިހު އެވޭލާ ޒަމާނުއްސުރެ ކިޔެމުން އަންނަ ގޮތުގައި މާލެއަކީ ގިރާވަރުމީހުން މަހަށް ނުކުމެ އުޅުމުގައި ހޮވިރަށެކެވެ. "ދަ މާލްޑިވް އައިލެންޑާރސް، އަ ސްޓަޑީ އޮފް ޕޮޕިއުލަރ ކަލްޗަރ އޮފް އޭން އެންޝަންޓް ކިންގްޑަމް" ގައި ޒޭވިއަރ ރޮމޭރޮ-ފްރިއާސް ބަޔާންކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ ތާރީޚުން ނަން އެނގޭ ފުރަތަމަ ރަސްގެފާނު "މަލެއްފަދަ ކޮއި" ކޮއިމަލާ ކަލޯ އަކީ އިންޑިއާ މީހެކެވެ. ކޮއިމަލާ ކަލޯ ރާއްޖެއައިސް މާލޭގައި ވަޒަންވެރިވީ ގިރާވަރުމީހުންގެ އަތުން ހުއްދަ ހޯއްދަވައިގެންނެވެ.
Print

ކަނޑުން ފިރުކެމުން، ވައިން އުދުހެމުން (1)

ޝާޢިއުކުރީ މޫޙައްމަދު ދީދީ . ހިމެނޭބަޔަކީ ތާރީޚް


ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީނު

މި ފޮތުގައި ވަނީ ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކުރައްވާފައިވާ ދެ ދަތުރުފުޅެއްގެ ދަތުރު ނާމާ އެވެ. ދަތުރުގެ ވާހަކަ އެވެ. މި ފޮތުގައިވާ މަޢުލޫމާތުތަކަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން މުހިންމު މަޢުލޫމާތުތަކެކެވެ. އަދަބީ ގޮތުންނާއި ތާރީޚީ ގޮތުނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ނުރައްކާތެރި ދަނޑިވަޅުގައި އެމަނިކުފާނު ކުރެއްވި ޚާއްޞަ  ތަޖުރިބާއަކަށް ވުމުން ވެސް މެ އެވެ. މި ފޮތް ފަންވަތުގެ ކިޔުންތެރިންނާ ހަމަޔަށް މި ގެނެސް ދެވެނީ ފޮތުގެ މުޞައްނިފުގެ ކުރު ތަޢާރުފަކާ އެކީގަ އެވެ.
        - ފަންވަތް -  
 
Print

ނަޞްރުގެ ދުވަސް ..... ސަބަބުގެ ދުވަސް!!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް



އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2010)

މެދު ގޭތެރެ ވަނީ ވަރަށް ބޮޑަށް ތައްޔާރު  ކުރެވިފަ އެވެ. ބިތްތަކާއި، ފަންގިފިލާ ވަނީ މާފަތިތައް ދަމައި ޒީނަތްތެރި ކުރެވިފަ އެވެ. އެކި ކުލަ ކުލައިގެ ފުއްޕާހަންތައް އެލުވިފައިވަނީ ކޯނިކޯންޏަށެވެ. މުޅި ގޯތިތެރެއަށް ލިބިފައިވަނީ ފަޅުކަމެއް ނެތް ހޭލަ މޭލަ ކަމެވެ. ބަދިގެ ފަރާތުގައި އޮތީ ހަވާދު ދެވުމާއި ކެއްކުމެވެ. ގިފިލި ފަރާތުގައި ހުރި މޭޒެއްގެ ދޮށުގައި ރަށުގެ އިސް ދެތިން މީހަކު ޙަރަކާތްތެރިވަމުންދެ އެވެ.  އަރައިގެން އައި އިރާ އެކު އެ މީހުން ތައްޔާރުވަމުން އެ ދަނީ އުމުރުން އަށެއްކަ އަހަރުގެ  ފިރިހެން ކުއްޖަކު ނަކަތްގެ ލެވުމަށެވެ. 
Print

ދިވެހި ޤައުމަށް ............

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް


ލިޔުއްވީ: ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީނު
ފޮނުއްވީ: މުޙައްމަދު ޢަބުދުއްޞަމަދު/އިހަވަންދޫ

މިއީ ސުމުއްވުލްއަމީރު  މުޙައްމަދު އަމީން ވަރަށް އާލާސް ކަންފުޅާ އުޅުއްވާ ޙާލުކޮޅެއްގައި، ފަރުވާކުރެއްވުމަށްޓަކައި ކޮޅުބަށް ފުރާވަޑައިގަންވަމުން، އޭނާގެ ލޯބިފުޅުވާ ދިވެހި ރަޢިއްޔިތުންނާ މުޚާޠަބުކުރައްވައި  ޝާއިޢުކުރެއްވި ލިޔުމެކެވެ. މި ލިޔުން ނަގާފައިމިވަނީ ސަރުކާރުގެ ޚަބަރު 117 ވަނަ ނަންބަރުންނެވެ. ( 1 ރަޖަބު 1372 )

ތިޔަ އެންމެ ބޭފުޅުންނަށާއި، އެންމެ ކަނބަލުންނަށާއި، ކަލުންނަށްވެސް މިހާރު އެނގިވަޑައިގެންފައި ވާނޭ ފަދައިން، ވަރަށް ބަލި ހާލެއްގައި އުޅެމުން، އަޅުގަނޑު މި އަދު ސިލޯނަށް ދިއުމަށް މި ފުރަނީ އެވެ. އާދޭހެވެ!

އިތުރު މަޒުމޫން...

ހަމަމިގަލަމުން

އިދާރާ

ވާހަކަ