ތާރީޚް

Print

އައްސުލްޠާނު ޙަސަން ނޫރައްދީނުއްޘާނީ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް

އިސްކަންދަރު ކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުން


ޙަބީބާ ޙުސައިން ޙަބީބު

ތަޢާރުފު

    އައްސުލްޠާނު ޙަސަން ރޫރައްދީނަކީ ރާއްޖޭގައި އެންމެ ފަހުން ރަސްކަން ކުރެއްވި ހުރަވީ ދަރިކޮޅުން ރަސްކަން ވާރުތަވީ ރަސްކަލެކެވެ. މި ރަދުންގެ ކޮޅީނަންފުޅަކީ ކުލަ ސުންދުރަ ކައްތިރި ވަބަވަ މަހާރަދުންނެވެ. މި ރަދުންގެ ބައްޕާފުޅަކީ އައްސުލްޠާނު މުޙަންމަދު މުޢީނުއްދީން (ކުޑަބަންޑާރަ) އެވެ. މި ރަދުންގެ މަންމާފުޅަކީ ދަނޑިކޮށީގޭ ޒުލައިޚާދީދީ އެވެ.
  
Print

މާ ބޮޑު ދުވަހެއް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް


ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ހުކުރު ކުރެއްވުން


އަލްމަރުޙޫމު ޢަބްދުލްޙަކީމު ޙުސައިން މަނިކު (2004)

އެހެން ދުވަހެކޭ ވެސް އެއްގޮތަށް ހުކުރަށް ދާން ނަލަހެދިގެން ނިކުތީމެވެ. މުންނާރާއި ހަމަވި އިރު އެތާ ހުންނެވި ބޭކަލަކު ބުނުއްވީ މަޑު ކުރައްވާށެވެ. އޭރު މެދުޒިޔާރަތުގެ އިރުމަތީކަނާ ހިސާބުގައި ވެސް ވަރަށް ގިނަ ބަޔަކު ތިއްބާ ފެނިއްޖެ އެވެ. ދެން ހަމަ ދެކޮޅަށް ވެސް ހަމަ ވަނީ ގިނަ އެވެ.
Print

އިސްތިޢުމާރާއި ދިވެހިންގެ މިނިވަންކަން

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ތާރީޚް


މުޙައްމަދު ޢަޠީފު މަސްތަކާގެ / ގދ. ފިޔޯރީ

އަޅުވެތިކުރުމަކީ ދުރުޒަމާނުން ފެށިގެން އައި އިސްތިޢުމާރީ ހަރަކާތެކެވެ. އިސްތިޢުމާރުގެ  ލަފުޒީ މާނަ ކޮންމެ ގޮތަކަށް އޮތަސް، އޭގެ ނަތީޖާއަށް ބަލާއިރު އެއީ، އަތްގަދަކުރުމާއި ބާރުފޯރުވުމާއި ބޮޑެތި ބާރުގަދަ ދައުލަތްތަކުގެ ބާރުގެ ދަށަށް ނިކަމެތި ދައުލަތްތައް ވެއްދުމަށް ކުރެވެމުންދާ މަސައްކަތެވެ. މިކަމުގެ  ލަނޑުދަނޑިއަކީ ބޮޑެތި ބާރުގަދަ ދައުލަތްތަކުގެ މަޞްލަޙަތުތަކަށް ބާރުދީ ރައްކާތެރިކުރުމެވެ. އަދި އެގައުމުތަކުގެ ސިޔާސީ ނުފޫޒު އެހެން ގައުމުތަކުގެ މައްޗަށް
Print

ރާއްޖޭގައި ފުރަތަމަ ފެށި ނެޝަނަލް ހެލްތު އިންޝުއަރެންސް ސްކީމުގެ މައްޗަށް ތާރީޚީ ނަޒަރެއް

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ތާރީޚް


މުޙައްމަދު އިސްމާޢީލުފުޅު

ޞިއްޙީ ޚަރަދުތައް ހަމަޖައްސައިދިނުމުގެ ޤައުމީ ނިޒާމެއްގެ އަޑު ނުވަތަ ނެޝަނަލް ހެލްތް އިންޝުއަރެންސް ސްކީމެއްގެ އަޑު ދިވެހި މުޖްތަމަޢުން ފުރަތަމަ އިވިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމްގެ ރިޔާސީ ދައުރުގައި، 1999މ. ވަނަ އަހަރު، އެމަނިކުފާނު އިޢްލާނުކުރެއްވި "20-20 ގެ ތަޞައްވުރު" ގައެވެ. މިތަޞައްވުރުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ "ދިވެހިރާއްޖޭގެ އާބާދީއަކީ ޞިއްޙީގޮތުން މިހާރަށްވުރެވެސް ހޭލުންތެރި، އަދި ޞިއްޙީ ރަނގަޅު އާދަކާދަތަކަށް އަހުލުވެރި ބަޔަކަށްވެސް ވާނެ.
Print

ޝަހީދުންގެ ދުވަހުގެ ތަހުނިޔާ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް


ޝަހީދުންގެ ދުވަހުގެ ތަހުނިޔާ، ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ.

މި އަދަކީ ދިވެހިރާއްޖޭގެ މި އަހަރުގެ ޝަހީދުންގެ ދުވަހެވެ. ޝަހީދުންގެ ދުވަހު އާ ކުރެވެނީ، ޕޯޗުގީޒުން މާލެ އަރާ ދިވެހި ރަސްކަން ފިރުކައިގެން، އަލިރަސްގެފާނު ޝަހީދު ކުޅަ ހިތާމަވެރި ޒިކުރާ އެވެ. ނުވަވަނަ ޙަސަން ރަސްގެފާނު ދިވެހިންގެ ދީން ދޫކޮށްލައްވާ ނަޞާރާދީނުގެ ޒުވާން އަންހެން ކުއްޖަކާ ހިތްޕުޅާވެ ޤައުމަށް ވެވަޑައިގަތް ބޮޑު ޚިޔާނާތުގެ ހިތްދަތި ނަތީޖާގެ ޢިބްރަތްތެރި ފިލާވަޅުތަކެވެ.
މާތް ﷲ އަޅުގަނޑު މެންނަށް ހެޔޮ ވިސްނުން ދެއްވާށި އެވެ. މި ފަދަ ކަންކަމުން މި ލޮބުވެތި ވަޠަން އަބަދުމެ ސަލާމަތް ކުރައްވާށި އެވެ.

Print

ފޮތެއްގެ ތަޢާރުފު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ތާރީޚް


ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ އިއްޔެއާއި އިހަށްދުވަސް


މުޙައްމަދު އިސްމާޢީލު ފުޅު


މިއީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ތާރީޚާ ގުޅޭގޮތުން އަޅުގަނޑަށް މިހާތަނަށް ހޯދުނު މަޢްލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތެކެވެ. މިފޮތް ލިއުމަށް އަޅުގަނޑު ބޭނުންވި މުހިންމު އެއްސަބަބަކީ ޞިއްޙީ ދާއިރާގައި ސާޅީހަކަށް އަހަރު އުޅުމުގެ ނަޞީބު އަޅުގަނޑަށް ލިބިފައިވާތީ އެމުއްދަތުގެތެރޭގައި އަޅުގަނޑު ދުށް ޞިއްޙީ ދާއިރާއާއި، އެދާއިރާގެ ޚިދުމަތްތައް، ފުޅާވެ ތަރައްޤީވަމުން އައި ގޮތާއި، ހިނގައިދިޔަ ތަރީޚީ މުހިންމު ޙާދިޘާތަކުގެ ހަނދާންތަކާއި، އަދި އޭގެ އިތުރުން ޞިއްޙީ ދާއިރާއާ ބެހޭގޮތުން ކުރިއްސުރެ ފެށިގެން މިހާތަނަށް
Print

އަލްއަމީރު ޙަސަން ފަރީދު ގެއްލިވަޑައިގަތުން

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް

މި ޚަބަރު ލިބުމާއެކު، މުޅި މާލެއަށާއި ރާއްޖެއަށް ޢާއްމު ވެގެން ދިޔައީ ބަޔާން ނުކުރެވޭފަދަ ފުން ހިތާމައެކެވެ.

ނަސީމާ މުޙަންމަދު


އަލްއަމީރު ޙަސަން ފަރީދު ދީދީ ގެއްލިވަޑައިގެންނެވި ޚަބަރު މާލެއަށް ލިބުނީ، އެ ހާދިސާ ހިނގުމުގެ ހަތަރު ދުވަސް ފަހުންނެވެ. މި ޚަބަރު ލިބިވަޑައިގަތީ ކޮޅުނބުގައި ހުންނެވި އިނގިރޭސީންގެ ޗީފް ސެކްރެޓަރީ، އަންނަބީލް މުޙައްމަދު އަމީނަށް ފޮނުއްވި، ތިރީގައި މިދަންނަވާ ވައިރުލެސް މެސެޖުންނެވެ:  
Print

ޤައުމީ ޚިދުމަތުގެ ތިލަ ފަތުގައި ބުރަދަންހުރި ދެ ޝަޚްޞިއްޔަތު (3)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް


10 ފެބްރުއަރީ (ބުދަ)އާ ގުޅޭ..

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ޤައުމެއްގެ ތާރީޚަކީ، އެ ޤައުމެއްގެ މޫނު ބަލާ ލޯގަނޑެވެ. ޤައުމެއްގެ މުސްތަޤުބަލު ބިނާކުރަނީ އެ ލޯގަނޑަށް ބަލައިގެންނެވެ. ޤައުމު ބިނާވެގެން އަައިގޮތާއި، ޤައުމީ ޙަޔާތުގެ ތަފާތު މަރުޙަލާތަކުގައި ކުރިމަތިލައިފައިވާ ދައްޗާ ތުރާތައް، އެކަންކަމުން އެ ޤައުމެއްގެ ދަރީން މިންޖުކުރުމަށް އުފުލިފައިވާ ބުރަތަކާއި އޭގެ ނަތީޖާތައް  ބަޔާންކޮށްދޭ ދުލަކީ ޤައުމުގެ ތާރީޚެވެ. ޒަމާނުގެ އަތުން ވަޅުލައިފައިވާ ޙަޤީޤަތްތައް ޒުވާން ޖީލަށް ނެރެ ހާމަ ކޮށްދޭ މޭސްތިރިއަކީ ވެސް ކޮންމެ ޤައުމެއްގައިމެ ހަމަ އެ ޤައުމެއްގެ ތާރީޚެވެ. އިސްވެ ދަންނަވައިލެވުނީ އަޅުގަނޑުމެންގެ ޙަޔާތުގައި ފެނިދިޔަ ޤައުމީ އެއް ޝަޚުޞިއްޔަތެއްގެ ބައެއް ޚިދުމަތްތަކެވެ.  ދެން އޮތީ މި ދިރާސާގެ ދެވަނަ ފިޔަވައްސެވެ.
Print

ޚިދުމަތުގެ ތިލަ ފަތުގައި ޤައުމީ ދެ ޝަޚްޞިއްޔަތެއްގެ ބުރަދަން (2)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް



 އިންޑިއާގެ ވޯރާ ވިޔަފާރިވެރީންގެ އަތްދަށުން ދިވެހި އިޤްތިޞާދު ސަލާމަތްކުރެއްވުން:


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ޢަބްދުލްޙަކީމް ޙުސައިން މަނިކު (1997) ލިޔުއްވައިފައިވާ ގޮތުގައި ވޯރާ ވިޔަފާރިވެރިން މާލެ އައީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން IV ގެ ރަސްކަމުގައެވެ. މީލާދީން 1857 ވަނަ އަހަރުގެ މެދުތެރޭގައެވެ. [ވޯރާއިން މާލެއަށް ގަދަކުރުވީ ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. ]އެ މީހުން ރާއްޖެ އައިސް ކުރީ "ފޭރި ކާ ވިޔަފާރި" އެވެ.ދިވެހީންނަށް ދެމުން ދިޔައީ ބޮޑު ގެއްލުމެވެ. މި ގޮތަށް މިކަން ހިނގަމުން ދަނިކޮށް 1959 ވަނައަހަރު ވޯރާއިންގެ ވިޔަފާރި ހުއްޓާލުމަށް ނާޞިރު ކުރިމަތިލައްވައިފިއެވެ. ގާތްގަނޑަކަށް 105 އަހަރަށް ދެމިގެން ދިޔަ މި ވިޔަފާރި، ވޯރާއިންނަށް ތަފާތު ދަތިތައް ކުރައްވައި، 1 އޮގަސްޓް 1962 ގައި ނާޞިރު މުޅިން ހުއްޓުވައިލިއެވެ.]
Print

ޚިދުމަތުގެ ތިލަފަތުގައި ޤައުމީ ދެ ޝަޚުޞިއްޔަތެއްގެ ބުރަދަން (1)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް


عޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)


މި ލިޔުމަކީ އެންމެފަހުން، ރާއްޖޭގެ އެންމެ އިސް މަޤާމު ފުރުއްވި ދެޝަޚްޞިއްޔަތުގެ ޤައުމީ ޚިދުމަތުގެ މައްޗަށް އެކުލަވައިލެވިފައިވާ ތާރީޚީ، ޢިލްމީ ދިރާސާއެކެވެ.



1-    ފެށުން:

ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސާއި 2 ވަނަ ރައީސަކީ ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ 2 ޒަޢީމުންނެވެ.
Print

ސައްޔިދު ދަންނަ ކަލޭފާނުގެ ދުޢާ

ޝާޢިއުކުރީ ޝާކިރު . ހިމެނޭބަޔަކީ ތާރީޚް


ޙުސައިން ޝާކިރު

ބުނެވޭ ގޮތުގައި ހިޖުރައިން މީގެ ތިންސަތޭކަ އެތަކެއް އަހަރުގެ ކުރިން ސީރިޔާގެ އޭރުގެ ވެރިރަށް ޙަމާޠް ގައި ސައްޔިދުނާ ޙަސަންގެފާނާއި ޙުސައިންގެފާނުގެ ދަރިކޮޅުން ފިރިހެން ބޭފުޅަކު އުފަންވެ ވަޑައިގެންނެވިއެވެ. (واللّه أعلم)  މި ތުއްޕުޅު ބޭފުޅާއަށް ނަންދިނީ ސައްޔިދު މުޙަންމަދު ޝަމްސުއްދީނުގެ ނަމުންނެވެ. މި ބޭފުޅާ ތަޢުލީމު ޙާޞިލްކުރެއްވީ މިޞްރުގެ ޖާމިޢަތުލް އަޒުހަރުންނެވެ. ސައްޔިދު މުޙަންމަދު ޝަމްސުއްދީނު ވެވަޑައިގަތީ އެޒަމާނުގެ ބޮޑެތި ޢިލްމުވެރިން ތެރެއިން ކުރިއަށް ނުކުމެ ވަޑައިގެން ހުންނެވި ބޮޑު ޢިލްމުވެރި އަކަށެވެ.
Print

އައްސުލްޠާން އިބުރާހީމް އިސްކަންދަރު

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ތާރީޚް


 ޝާކިރު

އައްސުލްޠާން އިބުރާހީމް އިސްކަންދަަރު ރަސްގެފާނަކީ، މި ދީނާ މި ގައުމާ ހުރެ ޝަހީދުވެ ވަޑައިގެންނެވި އަގުހުރި ދިވެހި ދަރިއެއްގެ ލޭފޮދުން ދެމިގެން އައި ދަރިކޮޅަކުން އުފެދިވަޑައިގެންނެވި އަގުހުރި ދިވެހި ބައްޕަކަށް އުފަންވެ ވަޑައިގެންނެވި ފިސާރިކެރޭ ދިވެހި ފިރިހެން ދަރިއެކެވެ. އެ ރަދުންނަކީ އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުންގެ ޝަހީދު  ޢަލީ ޚަޠީބު ތަކުރުފާނުގެ މަރިޔަމް ކަނބައިދި ކިލެގެ ގެ ދަރިކަބަލުން އައިމިނާ މާވާކިލެގެ ގެ އަގުހުރި ދަރިކަލުން ކަޅުތުއްކަލާއަށް، ފަހުން އައްސުލްޠާން މުހަންމަދު ޢިމާދުއްދީން އަށް ބައްޕަ ވިދާޅުވާ ބޭފުޅެކެވެ.
Print

މަލިކު ފޫހިފިއްލީގެ ތެރެއިން...

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް



ޢަބްދުﷲ ނަޢީމު އިބްރާހީމް

ލަކްޝަދްވީޕަކީ އިންޑިއާގެ ޔުނިއަން ޓެރިޓަރީއެކެވެ. ވާހަކަ ދައްކައިއުޅޭ މައިގަނޑު ބަހަކީ މަލަޔާޅަމެވެ. އެކަމަކު ދިވެހިބަހުން ވާހަކަ ދައްކާ މީހުން ވަރަށް ގިނައެވެ. ޚާއްޞަކޮށް ލަކްޝަދްވީޕްގެ މިނިކޮއި އޭ ކިޔާ ރަށުގެ މައިގަނޑު ބަހަކީ ދިވެހި ބަހެވެ. އެމީހުން މި ބަހަށް ކިޔަނީ މަހަލް އެވެ. އަޅުގަނޑުމެން ކިޔާ މަލިކަކީ ލަކްޝަދްވީޕްގެ އެއް އަތޮޅެވެ. މި އަތޮޅުގައި މީހުން ދިރިއުޅެނީ އެންމެ ރަށެއްގައެވެ. އެއީ މިނިކޮއި އައިލެންޑެވެ.
Print

މިލަންދޫ މާކޯބަދަވި

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ތާރީޚް


ދިވެހި ފުލޯކު؛

މުޚްތާރު ޢަބްދުއްރަޙުމާނު - ނޫރާނީގެ ށ. މިލަންދޫ

ށ. މިލަންދުއަކީ ތަންކޮޅެއް ކުރީޒަމާނެއްގައި މީހުން އުޅެފައިވާރަށެކެވެ. ލަފާކުރެވޭގޮތުގައި މިލަންދޫ ފަޅުވެފައިވަނީ ހޮޅިންގެމީހުން ރާއްޖޭގެ އުތުރުގެ ރަށްރަށަށް އަރައި ފޭރި މީހުންމަރައި އުޅެންފެށުމުން، ފަޅު ހުންނަ ފަސޭހަރަށްރަށް ދޫކޮށް ، ލަފައި ފުރަން އުނދަގޫ ރައްރަށަށް މީހުންގެ ދިރިއުޅުން ބަދަލު ކުރުމުގެ ތެރޭންކަމަށެވެ.

މިލަންދޫ މާކޯބަދަވީގެ ވާހަކައަކީ އެކިމީހުންގެ ކިޔުމުގައި ތަފާތުހުރި ނަމަވެސް އަސްލުގައި ހަމައެއް ވާހަކައެކެވެ. އަޅުގަނޑު އަޑުއަހާފައިވާ އެންމެ މަޤްބޫލު ގޮތަށް އަޅުގަނޑު މިވާހަކަ މިލިޔަނީއެވެ.
Print

ދިވެހި ރާއްޖޭގައި، މުވާޞަލާތީގުޅުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


ޓެލެވިޜަން މޯލްޑިވްސުން ޓެލެކާސްޓުކުރުމަށް ލިޔެވިފައިވާ ރިޕޯޓެއް

އާދަމް ނަޞީރު އިބްރާހީމް(2008)

ކޮންމެ އަހަރެއްގެ މޭމަހުގެ 17ވަނަ ދުވަސް  ދުނިޔޭގައި ފާހަގަ ކުރެވެނީ، ބައިނަލްއަޤުވާމީ، މުވާޞަލާތާބެހޭ ދުވަހުގެ ގޮތުގާ... ރާއްޖޭގައިވެސް މި ދުވަސް ފާހަގަ ކުރަމުން އަންނަތާ ޒަމާންތަކެއް ވެއްޖެ... ސަބަބުތަކެއް ވެސް އެބަހުރި....

ސަރާސަރު ސަރަހައްދަކަށް ދުރަށް ފަތުރާލެވިފައިވާ ގަދަނޫކުލައިގެ ރީތި ސާލެއްގެ އެކި ދިމަދިމާގައި  ފަންނީ އަތަކުން ހަރުކޮށްލެވިފައިވާ ހުދުކުލަޔާއި ފެހިކުލަ ހިމެނޭ މާތަކެއްހެން ރާއްޖޭގައި މީހުން ދިރިއުޅޭ ދުއިސައްތަ ރަށް މިވަނީ ޤުދުރަތުގެ އަތުން މާސިންގާނޫކަނޑުގެ އެކި ދިމަދިމާގައި އަތުރާލައްވާފާ... ކޮންމެ ދެރަށެއްގެ ދެމެދު މިވަނީ މާކަނޑުގެ ކެންޑުންތަކެއް...  ރާއްޖޭގައި މީހުން ދިރިއުޅޭތާ 2500އަށްވުރެ ގިނަ އަހަރުވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ދިވެހިން އެއްބަޔަކު އަނެއްބަޔަކާ މުވާޞަލާތުކޮށް ޚަބަރު މަޢުލޫމާތު ބަދަލުކޮށް ހެދީ ކޮން ވަސީލަތްތަކެއްގެ އެހީއެއްގައިބާ؟ ކޮންޓެކްނޯލޮޖީއެއް ބޭނުންކޮށްގެންބާ؟
Print

ޙަޤީޤީ ޒިކުރާ

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ތާރީޚް


ޝާކިރު (1994)

އާދެ، ކޮންމެ މީހަކުވެސް ގަބޫލުކުރާނެ ވާހަކައެކެވެ. އަމާންކަމެއްނެތް މުޖުތަމަޢެއްގައި ދިރިއުޅުމެއް ނެތެވެ. އެ މުޖުތަމަޢެއްގައި ވާނީ ބިރުވެރިކަމާއި ހަލާކެވެ. މުޖުތަމަޢަކަށް އަމާންކަމާއި ރައްކާތެރިކަން ހޯދާދިނުމަކީ އެމުޖުތަޢެއްގައިތިބޭ އަމަން ބަލަހައްޓާ ބައެއްގެ ވާޖިބެކެވެ. އެހެންކަމުން އަޅުގަނދުމެންނަކީ.........
Print

އިއްޔެގެ މާލެ (މާލޭގެ ބިންބިމާއި ގޯތި ގެދޮރު -01)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް



މާލޭގެ ބިމުގެ ކުޑަބޮޑުމިނަށް އައީ ކޮންބަދަލެއް؟

އާދަމް  ނަޞީރު އިބްރާހީމް

1960ވަނަ އަހަރު މާލޭގެ ބިމުގެ ބޮޑު މިނަކީ،  1.12އަކަކިލޯމީޓަރެވެ. އޭގެ ފަހުންވެސް އޭގެ ކުރިންވެސް މާލޭގެ ބިމުގެ ކުޑަބޮޑުމިނަށް އެކި ދުވަސްވަރު އެކިމިންވަރުގެ ބަދަލު އައިސްފައިވާނެއެވެ. ބިންހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރީންކަމުގައިވަނީނަމަ އެކަމުގެ ސަބަބެއްކަމުގައި ޠަބީޢީ ސަބަބެއް ހިމެނިފައިވުމީ ވަރަށްވެސް ގާތްކަމެކެވެ.   ބިންހިއްކުމުގެ މަސައްކަތްފެށުމަށްފަހު އެކި ދުވަސްވަރު އެބަދަލު އައިސްފައިވަނީ، އެމަސައްކަތް ކުރެވެމުންދިޔަ ނިސްބަތުންނެވެ.
Print

''ރާސްޓަސް'' އުފެދުނީ ނައިބުކަމާ ހިނގުމުގެ ތެރޭންނެވެ.

ޝާޢިއުކުރީ ޢަބްދުލްޙަކީމު ޙުސައިން މަނިކު . ހިމެނޭބަޔަކީ ތާރީޚް



ޢަބްދުލްޙަކީމު ޙުސައިންމަނިކު

ނައިބުކަމާ ހިނގުން


ނައިބުކަމާ ހިނގުމަކީ، އައްސުލްޠާނު މުޙުޔިއްދީނު ޢާދިލުގެ ރަސްކަމުގައި ވަރަށް ފެންކޮށް  ފެށުނުކަމެކެވެ. މުޙަންމަދު ޝަމްސުއްދީނު ތިނެއްގެ ރަސްކަން ފެށިގެން އައި ދުވަސްވަރު ނައިބުކަމާއި ހިނގުމުގެ ކީރިތިކަމާއި މޫރިތިކަން ވަރަށް މައްޗަށް ހިނގައްޖެ އެވެ. ފަނޑިޔާރުކަމުގެ ވަލީ ހަވާލުކުރައްވާފައި ހުންނަވަނީ ބަންޑާރަ ނައިބުމަނިކުފާނާ އެވެ. ނަންފުޅަކީ، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނު ބަންޑާރަ ނައިބުމަނިކުފާނެވެ.
Print

ދިވެހި އެންވެރިކަން ބަދަލުވަމުންއައި ގޮތް، ކުރުގޮތަކަށް...

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް


އަޙްމަދު އަރުޝަދު މުޙައްމަދު ޕެންޒީމާގެ ހއ. މޮޅަދޫ

މަސްވެރިކަމުގެ ސިނާޢަތަށް އައި ސައެންސީ ކުރިއެރުމާއެކު، މިއަދު އަޅުގަނޑުމެން މިވަނީ މަސްވެރިކަމުގެ ތަފާތު ގޮތްތައް އުނގެނި އެގޮތްގޮތަށް އަޅުގަނޑުމެންގެ މި ދިވެހި ސިނާޢަތު ތަރައްޤީ ކޮށްފައެވެ. ނަމަވެސް ލިބޭ ކުރިއެރުންތަކާއި ގެނެވޭ ބަދަލުތަކަކީ އަޅުގަނޑުމެންގެ ފަސްމަގު ހަނދާން ނައްތާލުމަށް އޮތް ބަހާއެއް ކަމަށް އަޅުގަނޑު ނުދެކެމެވެ. އެގޮތުން މިއަދު ތަފާތު ކުރިއެރުންތަކާއެކު، ދިވެހި މަސްވެރިން ހިތްހަމަޖައްސާލައިގެން މިތިބީ އެންވެރިކަންފަދަ މަސްވެރިކަމުގެ އަސާސީ ބައެއް ކަންތައްތަކަށް ލިބިގެންދިޔަ ފަސޭހަތަކެއްގައި ހިފައިގެންނެވެ.
Print

ދިވެހިރާއްޖެއާއިމަލިކު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް



އިސްބަހެއް

ޑރ. މުނީރު  (މަލިކު)

އަލްފާޟިލްމޫސާ އަންވަރަކީ މާލެ އިސްދޫގޭ މޫސާމަނިކުގެ (އަތިރިގަނޑުވަރުގޭ ބާގޭދޮންމަނިކުފާނު) ގެ ބޭފުޅެކެވެ.މިޢާއިލާއިން1948 އާއި ހަމައަށް މަލިކުގައި ވެރިކަންކުރިއެވެ. އފ.މޫސާ އަންވަރު ނިސްބަތް ވެގެންވަނީ ، މާލޭ މަޑުފެހި ޢާއިލާއަށެވެ.

އފ.މޫސާ އަންވަރު ތަޢުލީމު ޙާޞިލުކުރެއްވީ، ވެއްލޫރުގެ ބާގިޔާތުއްޞާލިހާތުންނެވެ. އެއީ، ޖަވާހަރްލާލު ނެހުރޫމެންގެ ދުވަސްވަރެވެ. އިންޑިޔާ، އިނގިރޭސީންގެ އަތްދަށުން މިނިވަންވުމުގެ ހަރަކާތްތައް އެންމެ ވަރުގަދައަށް ހިނގަމުން އައިދުވަސްވަރެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ