އަދުގެ ޚާއްސަ

ތާރީޚް

Print

ބަދަލުވަމުން އަންނަ ދިވެހި މަސްވެރިކަން -01

ޝާޢިއުކުރީ އާދަމް ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ތާރީޚް


ޘަޤާފަތުގެ ތެރެއިން

އުތީމު އާދަމް ޢަބްދުއްރަހުމާނު (2003)

އާދަކާދައާއި ޘަޤާފަތު ބަދަލުވަމުން ދެއެވެ. ކަންކަމުގެ މައްޗަށް ލޯހުޅުވި އެ ކަންކަމާބެހޭ ގިނަގޮތްތައް ފެންނަމުންދާ ވަރަކުންނެވެ. ތަރައްޤީގެ ފާލަމުގައި ކުރިޔަށް ފިޔަވަޅު އެޅޭ މިންވަރަކުންނެވެ. ތިމާމެންކުރާ މަސައްކަތެއް ކަމަށްވިޔަސް އެކަމެއް އެހެންމީހުން ކޮށްއުޅޭގޮތަށް ފެނި ތަޢާރަފުވެ އެކަމެއްގެ ތެރެއަށް ވަދެވެމުންދާ ނިސްބަތުންނެވެ. ކަމާބެހޭ އައު އުފެއްދުންތަކާ ވަޞީލަތްތައް ލިބި އަތްމަތިވާ ފެންވަރަކުން ވެސް މެއެވެ.
Print

އޭ މޭޖަރ ފިލިޕްސް އެވެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް


     ހަނދާނާއި ތާރީޚްގެ ތެރެއިން:

    މިއީ މީގެ ފަންސާސް އަހަރުކުރިން ރާއްޖޭގައި ނިކުންނަމުން ދިޔަ ނޫހެއް ކަމުގައިވާ ވިޔަފާރި މިއަދުން ނަގާފައިވާ ލިޔުމެކެވެ.



ފޮނުވީ: މުހަންމަދު ޢަބްދުއްޞަމަދު

ކަލެއަކީ މީގެ ދެތިން އަހަރެއްގެ ކުރިން ، ދޫނި ސޫފާ ސޫފި ތަޖުރިބާ ކުރުމުގެ ނަމުގައި ، ދިވެހި ރާއްޖެއަށް ޒިޔާރަތްކުޅަ މީހަކީމު ނޫން ހެއްޔެވެ. އާއެކެވެ. ފައްކާ އިނގިރޭސި އަކީމު އެވެ.  އެ ދުވަހު ކަލޭގެ މައްޗަށް ދިވެހިންގެ ހިތްތަކުގައި އިސްތިޙްސާނާއި ހަމްދަރުދީގެ ޝުޢޫރުތައް، އުފެދިފައިވީ ކަން ކަށަވަރެވެ. ނަމަވެސް، އެންމެ ފަހުން މި ދިޔަ އެޕްރީލް މަހުގެތެރޭގައި ، ކަލޭ ދިވެހި ފަސްގަނޑުން ވަކިވެގެން ދިޔައީ، ދިވެހި ގައުމު ދެކެ ލޯބިވާ، ދިވެހި ރައްޔިތުންގެ ހިތްތަކުގައި  ކަލޭގެ މައްޗަށް ރުޅިވެރިކަމާ ނަފްރަތުގެ ޝުޢޫރުތައް އުފައްދައިފަ އެވެ.  ދިވެހި ރާއްޖެ ދެމިއޮތްހާ ދުވަހަކު ކަލޭގެ މައްޗަށް އެބައި މީހުންގެ ހިތްތަކެއް ހެވެއް ނުވާނެ އެވެ.
Print

ތައްޖެހުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


ޢަލީ މޫސާ ދީދީ (2003)

އާދަކާދަ ނިޔާކުރަމުން އައިގޮތުން ރާއްޖޭގެ ޤާނޫނީ ޙުކޫމާތެއް ޤާއިމުވުމުގެ ކުރިންނާއި އަދި އޭގެ ފަހުން ދުވަސްތަކެއްގައި ވެސް ރާއްޖޭގައި ހެދޭ ލަކުޑީގެ ތެރޭގައި ހިމެނޭ (ލަކުޑީގެ ގޮތުގައި ލަކުޑިއަށް ހިމެނޭ) ވައްތަރުތައް ހިމެނުނީ ބަންޑާރަ (ސަރުކާރުގެ) ލަކުޑި ކަމުގައެވެ. އަދި އޭގެއިތުރުން އަމިއްލަޔަށް ހެދިފަޔާއި މީސްމީހުން އިންދާހައްދާ ލަކުޑީގެ އިތުރަށް ދިވެހިރުއް، ބަނބުކެޔޮ، އަދި ކަށިކެޔޮ ފަދަ ގަސްރުކުން ބަޔެއް ސަރުކާރަށް ލިބިދެވޭ އުސޫލެއްވެސް ހަމަޖެހިފައިވިއެވެ. މިއުސޫލުން ކޯޑެއްގެ ގޮތުގައި އެ ޒަމާނުގައި ބޭނުންކޮށް ހެދީ " ތައްކަށި " ނުވަތަ " ތައްޖެހުމެވެ. " ނަމަވެސް މި " ހަމަ " ނުވަތަ އާދަކާދަ ނޫނީ ޤަވާޢިދު ނަވާރަސަތޭކަ ތިރީސް އަށްވަނަ އަހަރުން ފެށިގެން ހުއްޓިފައިވެއެވެ.
Print

ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުން

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް



ނަސީމާ މުޙައްމަދު (2004)

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވީ ދުވަސްވަރެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ނަމަވެސް، ބޭރުގެ ލިޔުންތަކުންނާއި އަދި ތުންތުންމަތިން އައިސްފައިވާ ވާހަކަތަކުން، މިރާއްޖޭގައި މީހުން އުޅޭތާ 2500 އަހަރަށްވުރެ ގިނަދުވަސް ވެދާނެ ކަމަށް ލަފާކުރެވެއެވެ. ޖޯގްރަފިކަލް ގޮތުން އިންޑިޔާ ކަނޑުގައި ދިވެހިރާއްޖެ އޮންނަ މަޤާމުން، ކައިރީގައިވާ ޤައުމުތަކުން، ޚާއްޞަކޮށް އިންޑިޔާއިން،
Print

ދިވެހިރާއްޖޭގެ ތަޢުލީމުގެ 75 އަހަރުގެ ދުވެލި - 02

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް


ކުރުކުރުކޮށް.....

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

1978 ނޮވެމްބަރ 11 ން ފެށިގެން ސަރުކާރުގެ ތަޢުލީމީ ސިޔާސަތަށް ގެނެވުނު ވަރަށް ބޮޑު ބަދަލެއްގެ ސަބަބުން އީ.ޕީ.އޯ (އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީސް) ގެ މަސައްކަތް ވަރަށް ބޮޑަށް ތަރައްޤީވެ ފުޅާވިއެވެ. ނަތީޖާއެއްގެ ގޮތުން އަލްއުސްތާޛު މުޙައްމަދު ޒާހިރުޙުސައިންގެ ބެއްލެވުމުގެ ދަށުން ހިނގަމުން އައި އީ.ޕީ.އޯ ގެ ނަން 1979 ޖެނުއަރީ 1 ން ފެށިގެން "އެޑިޔުކޭޝަނަލް ޑިވެލޮޕްމެންޓް ސެންޓަރ" (އީ.ޑީ.ސީ) ގެ ނަމަށް ބަދަލުކުރެވުނެވެ. އެހާތަނުން ފެށިގެން ރާއްޖޭގެ ތަޢުލީމީ ސިޔާސަތުގައި އީ.ޑީ.ސީ އަދާކޮށްފައިވަނީ ވަރަށް މުހިއްމު ދައުރެކެވެ.
Print

ދިވެހިރާއްޖޭގެ ތަޢުލީމުގެ 75 އަހަރުގެ ދުވެލި (1)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް


ކުރުކުރުކޮށް.....

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ދިވެހި ކާބަފައިންގެ އަގުހުރި މަސައްކަތުން "ދިވެހީންގެ މި ޢިއްޒަތްތެރި ބިމުގައި، ދިވެހީންގެ މުބާރިކު ފެހި ދަނޑުގައި" ކުރެއްވި ޢިލްމީ މުޑުވަކުން ފަޅައިގެން ހެދި ބޮޑުވި ޢިލްމީ ގަސްތައް މިއަދު މިވަނީ ބޮޑުވެފައެވެ. އަދި އަންނަނީ ބިޔަވަމުންނެވެ. ދުނިޔެ ދެއްކި ތަފާތު މޫސުންތަކާއެކުވެސް ނުމިޔެ އެ ގަސްތައް ދިރިހުއްޓެވެ. ބައެއް ފަހަރު މިލައި މޯޅިވަމުންނެވެ. އަނެއް ބައިފަހަރު އާކުރިތައް ފަޅައި ރޯވެ ހެދެމުންނެވެ.
Print

މަލިކު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް


މައުލަވީ ޢަލީ އިސްމާޢީލް ޢުމަރީ (މަލިކު)

ލަކްޝަދީބަކީ، އިންޑިޔާގެ މަރުކަޒީ ސަރުކާރުގެ ރަސްކަން ހިނގާ އަތޮޅެކެވެ. މި އަަތޮޅުގައި މީހުން ދިރިއުޅޭ ދިހަ ދީބާއި މީހުން ނޫޅޭ ކިތައްމެހައި ދީބުތަކެއް އެބަ ހުއްޓެވެ. މި އަތޮޅުގެ އާބާދުވެފައިވާ ދިހަ ދީބު ތެރެއިން މަލިކަކީ އެއްދީބެވެ. އިންޑިޔާގެ ހުޅަނގު ދެކުނު އިމަކީ މިއެވެ. މަލިކާއި އެއްމެ ކައިރީގައިވާ ކަލްޕޭންޏާއި، ލަކްޝަދީބުގެ މައިދީބު ކަވަރައްތިއާއި އަދި ކޮޗިން މަލިކު އޮތީ ތަރުތީބަށް 114 މޭލު، 136 މޭލު، 215 މޭލު ފޭގައި އެވެ.
Print

ފުލުހުންގެ ނަމުގެ އުފެދުމާއި މަސައްކަތުގެ ފެށުން

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ތާރީޚް


ފުލުސް


 ޝާކިރު

ފުލުހުންގެ ޚިދުމަތީ އިންސާނީ ތާރީޚުހާ ދޮށީ ޚިދުމަތެކެވެ. މި ބިމުގައި އިންސާނާ ގާއިމުވެ އުޅެން ފެށިދުވަހުން ފެށިގެންވެސް އެބައިމީހުންގެ ތެރޭގައި އަމާންކަން ދެމިއޮންނަން ބޭނުންވާނެކަން ގަބޫލުކުރާބަޔަކު އުޅޭނެކަން ކަށަވަރެވެ. މި ބިމުގައި އިންސާނުންގެ އާބާދީ ބޮޑުވެ ގަބީލާތަކަށް ބައިވެ އެބައިމީހުން ބިމުގެ ކަންކޮޅުތަކަށް ފެެތުރިގެން ދިއުމުން މި ދެންނެވި އަމާންކަން އޮންނަންޖެހޭ މިންވަރު އިތުރުވެ އެކަމުގައި އެ ގަބީލާއެއްގެ ވެރިއަކަށް ހުންނަ މީހަކަށް އެހީތެރިވާނެ ބަޔަކު އެބައެއްގެ ތެރެއިން ނުކުންނާނެކަމީ ޝައްކެތްނެތި އެނގޭ ކަމެކެވެ.
Print

ހަސަންމަނިކުގެ ބަނޑުފަޅާލެއްވުން

ޝާޢިއުކުރީ ޢަބްދުލްޙަކީމު ޙުސައިން މަނިކު . ހިމެނޭބަޔަކީ ތާރީޚް



ޢަބްދުލްޙަކީމު ޙުސައިން މަނިކު


އެދުރު އަހަންމައިދީޔާއި މީނާގެ ބޭބެ އަލިދީދީޔާ މި ދެބޭފުޅުންނަކީ ކުދި ސާހިބުންގެ ތެރޭގައި ހިމެނޭ ދެބެންނެވެ. އަލިދީދި މޮޔަވެއްޖެ އެވެ. އަނދަގޮނޑިޖެހީ  އެބޭފުޅުންގެ ގޭގަ އެވެ. އެ ގެ ހުންނަނީ މިހާރުގެ އާކަކާގެ އެ ހުންނަ ތަނުގެ ދިމާ އަނެއްފަރާތުގަ އެވެ. އަލިދީދީޔަށް އެނގިވަޑައިގެންފައި އޮންނަނީ އައްސުލްޠާނު މުޙަންމަދު ޢިމާދުއްދީން (ހަތަރެއް) ގެ ކަކާ ބޭކަލެއްކަމުގައިވާ ހަސަންމަނިކު ބަންޑާރައިންނަށް ދަންނަވައިގެން އަލިދީދި އަނދަގޮނޑި ޖެހީކަމެވެ. އެއްވެސް މޮޔަ އަކީ އެމީހަކީ މޮޔަބަލި ޖެހިފައިވާ މީހެއްކަމަށް ގަބޫލު ކުރާ މީހެއް ނޫނެވެ.
Print

ބަދަލުވަމުންދާ ތަޙުޤީޤު

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ތާރީޚް


ޝާކިރު

އަޅުގަނޑު 1964 ޖަނަވަރީ 14 ގައި ސިފައިންގެ ވަޒީފާއާ ގުޅުނުފަހުން ވަރަށް މަދު ދުވަސްކޮޅެއްގައި މެނުވީ ސިފައިންގެ އޮފީހުގެ ތަޙުޤީޤާ ބެހޭ ބައި (އޭރުގެ ތަޙުޤީޤު އޮފީސް ފަހުން ފެހި އޮފީސް އަދި އޭގެ ފަހުން ފުލުސް އޮފީސް އަދި އެއަށްވުރެ ފަހުން ޕޮލިސް އޮފީސް) އަދި މިހާރުގެ ޕޮލިސް ހެޑްކްއޯޓާރޒްގައި ތަޙުޤީޤު ދާއިރާއާއި ވަރަށް ގާތުގައި އުޅުމުގެ ނަސީބު ﷲ ގެ ރަޙުމަތްފުޅުން ލިބިފައިވާ ވެއެވެ. ނަތީޖާއެއްގެ ގޮތުން ތާރީޚުގެ އެކި ދުވަސްވަރު ތަޙުޤީޤު ކުރުމުގެ ވައްޓަފާޅިއަށް އަންނަމުން ދިއަ ބަދަލުތައް ލޮލަށް ފެނުމުގެ ނަސީބު މިންވަރުވެވިފައި ވެއެވެ.
Print

ސްކައުޓުންނާއި މިހަރަކާތުގެ މައިގަނޑު މަޤްޞަދު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް



މުޙައްމަދު ޒަޔާން ޢަބްދުﷲ

ދުނިޔޭގައި އިންސާނުން ދިރިއުޅުން ބިނާކުރުމަށް ތަފާތު އެކިކަހަލަ ހުނަރު ތަކާއި ޙަރަކާތްތައް ދަސްކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ސަބަބަކަށް ވަނީ މިފަދަ ހުނަރުތަކާއި ގޮތްތައް  ނޭނގުމުގެ ސަބަބުން ދިރިއުޅުމުގައި ތަފާތު އެކި ގޮތްގޮތުން އުނދަގޫތަކާއި ކުރިމަތިލާންޖެހުމެވެ. މި ޙަޤީޤަތް މިވަނީ ޚުދު އަޅުގަނޑުމެންގެ މުޖުތަމަޢުންވެސް ފެންނަން ފަށަފައެވެ. މި ކަމުގެ ސަބަބުން އަޅުގަނޑުމެން އާދަކާދަޔާއި ސަޤާފަތަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބުރޫ އެރުމަކީ އެތައް މާހިރުންނެއް އެއްބަސްވެލައްވާ ކަމެކެވެ.
Print

ފުވައްމުލަކުގައި އޮޅުއަލަ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް


ފާރޫޤު އަޙުމަދު / ސަމާ
 
އޮޅުއަލައަކީ މީގެ ގާތްގަޑަކަށް 130 އަހަރުގެ ވެސް ކުރިން ކޮންމެވެސް މީހަކު ބޭރުން ގެނެސް ރަށުގައި އިންދާ ހެއްދި އެއްޗެކެވެ. އޮޅަކީ އަލަގަސްތައް ހުންނަ ބިމަށް ނުވަތަ އަލަ ދަނޑުތަކަށް ކިޔާނަމެކެވެ. އެންމެ ފުރަތަމަ ފުވައްމުލަކަށް އަލަގެންނެވި ކަމަށް ވަނީ ފުވައްމުލަކު އެޅަތޮށީގޭ ބޭފުޅެއްކަށް ކޮންމެވެސް ގޮތަކުން ބޮމްބޭއަށް ވަޑައިގެންނެވިގެން އެތަނުންނެވެ. އަލަ ފުވައްމުލަކަށް ގެންނެވި ބޭފުޅަކީ ފުވައްމުލަކު އެޅަތޮށީގޭ މުޙަންމަދު ދީދީ ކަމަށްވެސް ބައެއްމީހުން ބުނެއެވެ.


Print

ޙިމާޔަތުގެ އެގްރިމެންޓް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް

އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދު ކުރެވުނު



ޙިމާޔަތުގެ އެގްރިމެންޓް

ނަސީމާ މުޙަންމަދު (2005)

ދިވެހިން ޤަބޫލުކުރި އެންމެފުރަތަ މުޢާހަދާ ކަމުގައި ބޭރުގެ މުއައްރިޚުން ދެކެނީ 1573 ވަނަ އަހަރު އައްސުލްޠާނުލް މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ޕޯޗްގީޒުން ބަލިކުރެއްވުމަށްފަހު ގޯވާގައި ހުންނެވި ނުވަވަނަ ރަސްގެފާނަށް ކޮންމެ އަހަރަކު ފޮނުއްވުމަށް އެއްބަސްވި ތަކެއްޗާބެހޭ އެއްބަސްވުމެވެ. އެއިރުން ފެށިގެން އައިސް މީލާދީން 17 ވަނަ ޤަރުނުގެ ތެރޭގައި މިތަކެތި އިސްކަންދަރު ރަސްގެފާނު ކަނޑުއްވާލައްވަންދެން މިކަން ހިނގިއެވެ. އަވަށްޓެރި ސިލޯނުން ޕޯޗްގީޒުން ފޭބީ 1658 ވަަނަ އަހަރުއެވެ.
Print

ދާޚިލީ ހަމަ ނުޖެހުން

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ ތާރީޚް



ދާޚިލީ ހަމަނުޖެހުންތަކަށް ޖާގަ ދީފި ނަމަ، މިނިވަންކަމަށް ލޮޅުން އަރައިދާނެ އެވެ.



މުޙަންމަދު ވަޙީދު/މަޑުލު


މިނިވަންކަމަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. އަޅުވެތިކަމުގައި ތިބެން ޖެހުމުން ކުރާ ނޭދެވޭ އަސަރުތަކާއި، ހިތަށް ވެރިވާ ހިތް ދަތި އަސަރުތައް އަޅުގަނޑުމެން ހަނދާން ހުންނާނެ އެވެ.  މި ދަންނަވަނީ ފަހަރެއްގައި ވެސް  ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް ވެރިވެގެން ތިބި ފަނަރަ ވަރަކަށް އަހަރުގެ ވާހަކަ އެއް ނޫނެވެ. މި ދަންނަވަނީ ނޮވެމްބަރު ތިނެއްގެ ވާހަކަ އެވެ. ވާއެއް ނުވާއެއް ނޭނގި ހާސްކަމާއި ހިތްދަތިކަމާއި އެކުގައި ތިބެން ޖެހުނު ސަތާރަ ވަރަކަށް ގަޑީގެ ވާހަކަ އެވެ.
Print

ހުކުރުއެޅިއާއި ފޯކްލޯރ

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ ތާރީޚް

ފޯކްލޯރާއި ތާރީޚު

ޝަކީލާ ޙާމިދު / ބިޖިލީގެ ހއ. ކެލާ

ރަށުތެރެއިން އިވެނީ އުފާފާޅު ކުރުމުގެއަޑެވެ. ހުނުމާ މަޖާކުރުމުގެއަޑެވެ. އުފާނުކުރާންވީ ސަބަބެއްނެތެވެ. މަސްވެރިކަން ނުލާހިކު ރަނގަޅެވެ. ރަށުތެރެ އިންތިހާއަށް ތަނަވަހެވެ. ދުވަހަކީ ހުކުރުދުވަހެވެ. ޢާއްމުކޮށް ހުކުރުދުވަހަކީ މަހަށްދާ ދުވަހެއްނޫނެވެ. ހުކުރުދުވަހުގެ މެންދުރުކުރީގައި ރަށުތެރެއޮންނަނީ ވަރަށްހަމަހިމޭންކޮށެވެ. ހުކުރުކުރިން ކުޅިވަރުކުޅެ މަޖާކޮށް ހެދުމަކީ ކުޑަކުދިންވެސް ކޮށްއުޅޭ ކަމެއްނޫނެވެ. މަސްވެރިން ހެނދުނުހެދުނާ ހުކުރު ނަމާދަށް
Print

ފޯކުލޯރ އާއި ތާރީޚު

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ ތާރީޚް


ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ

ދިވެހިބަހުގެ ރަދީފު (2000)ގައި ބުނާގޮތުން ފުލޯކުގެ މާނައަކީ ޚިޔާލީވާހަކައެވެ. ފުލޯކުވާހަކައިގެ މާނައަކީ އިހުއްސުރެ ކިޔެމުން އަންނަ އަސްލެއްނެތް ވާހަކަތަކެވެ. އިނގިރޭސިބަހުގައި  “Folklore” މިލަފުޒު ވަކިކޮށްލުމުން "ފޯކް" މިލަފްޒުގެ މާނަޔަކީ މީހުން ނުވަތަ ބައެވެ. ''ލޯރ'' މިލަފުޒު ''ފޯކް'' މިލަފްޒާއި ގުޅުނީމައި މީހުންނާއި ބެހޭ އެތައްކަމެއް ދޭހަކޮށްދެއެވެ. އެހެންކަމުން ޚިޔާލީ ވާހަކަޔާއި ފޯކުލޯރަކީ ކޮބައިކަން އެނގެންޖެހެއެވެ. ޚިޔާލީވާހަކައަކީ
Print

ދިވެހިދައުލަތުގެ ނިޝާން

ޝާޢިއުކުރީ ޢަބްދުﷲ ޒަމީރު . ހިމެނޭބަޔަކީ ތާރީޚް


ޢަބްދުﷲ ޒަމީރު

ދިވެހިރާއްޖޭގައި ދައުލަތުގެ ނިޝާން ނުވަތަ އެހެން ދައުލަތްތައް ފަދައިން “Court of Arms”  އެއް ބޭނުން ކުރަން ފުރަތަމަ ފަށާފައިވަނީ 16 ޖުލައި 1934 ގައެވެ. މިދެންނެވި ނިޝާނަކީ މައްޗަށް ހުޅުވިފައިވާ ހަނދުފަޅިއެއްގެ ތެރޭގައި ޖަހާފައިވާ ފަސްފިޔަ މަލެކެވެ. ތަރިއެކެވެ. ހަނދުފަޅި ތެރޭގައި ޢަރަބިއަކުރުން "އައްދައުލަތުލް މަޙްމިއްޔަތުލް މަޙަލްދީބިއްޔާ" އޭ  ލިޔެވިފައިވެއެވެ. އޭގެ މާނައަކީ ޙިމާޔަތް ލިބިގެންވާ ދިވެހިދައުލަތެވެ.
Print

ބޮޑުތަކުރުފާނު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް


އާމިނަތު ޒަޢީމާ

ބޮޑުތަކުރުފާނަކީ، ދިވެހި ޤައުމު ދުށް އެންމެ ވަރުގަދަ ޝަޚްޞިއްޔަތެވެ. އެންމެ މަތިވެރި ބަޠަލެވެ. އެންމެ ރޭވުންތެރި މުޖާހިދެވެ. އެންމެ ކުޅަދާނަ ހެއްވެވެ. އެންމެ ހިތްވަރުގަދަ ފަހުލަވާނެއެވެ. އެންމެ ހިކުމަތްތެރި ޙަކީމެވެ. އެންމެ ކެތްތެރި
Print

ދިވެހި ރާއްޖޭގެ ޢަޖާއިބުތައް

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ތާރީޚް


ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން (1933)

އޭދަފުށީ މިސްކިތުގެ ދެކުނު ފަރާތުން މިސްކިތުގެ ތަންކޮޅެއް ދުރުގައި އަޖާބެއްކަހަލަ ދިވެހި ރުކެއް އެބަ ހުރެ އެވެ. އެރުކަކީ މިހައިރު މެދުފަންތީގެ ރުކެކެވެ. އެރުކުގެ ކޮންމެ އެތެއް އައިސް އެތް ފަޅައިގެން ދާއިރު، އެތުގެ ތެރޭގައި ހުންނަނީ ކުޑަ ކުޑަ ދިވެހި ރުކެކެވެ. ދެން މި ކުޑަ ރުކުގެ ފަންތައް ވެސް ރީތިކޮށް ފޮޅެމުން، ހެދެމުން ގޮސްފައި، އެ އެ އެތް ހިކިގެން ވެއްޓޭއިރު އެތާއި އެކުގައި ވެއްޓި ދެއެވެ.
Print

އެކި އަހަރު ރާއްޖެ ވަޑައިގެންނެވި ބައެއް ޢިއްޒަތްތެރިން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


އާދަމް ނަޞީރު އިބްރާހީމް(2008)


1972

އިނގިރޭސި ރާނީ، ކުއީން އެލިޒަބަތު (2) 15 މާޗު 1972ގައި މާލެ ވަޑައިގަތެވެ.

1983

އޭޕްރީލްމަހުގައި މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙަންމަދު ރާއްޖެވަޑައިގެންނެވިއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ