އަދުގެ ޚާއްސަ

މާދަރީބަސް

Print

[ރިކައުންޓް]

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ލިޔުންތެރިކަމުގައި ހިމެނޭ ޢިބާރާތް(ޓެކްސްޓް)ގެ ތެރެއިން......

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށުއަޒީ)

(1)    ތަޢާރަފު:

ލިޔުންތެރިކަން ބެހިގެންވާކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ އާދައިގެ ބަހުރުވައާއި ވަޒަންބަހުރުވައެވެ. ނުވަތަ ނަސްރާއި ނަޒުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޅެން ބަހުރުވައާއި އާދައިގެ ޢިބާރާތެވެ. ބަހެއް ބޭނުންކޮށްގެން އިންސާނަކު ލިޔެއުޅޭ ހުރިހައި ބާވަތެއް މި ދެ ބައިގެ ތެރޭގައި ހިމެނޭނެއެވެ.  މީގެ ތެރެއިން ވަޒަން ބަހުރުވައަކީ ނިސްބަތުން މަދުބައެކެވެ. ގިނައީ ވަޒަން ބަހުރުވަ ނޫން އެހެން ބަހުރުވައެވެ. އާދައިގެ ޢިބާރާތެވެ. ޓެކްސްޓެވެ.
Print

ޑިކްޓޭޓަރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

އެ ވަރުގެ އަނިޔާވެރިޔަކު އަހަރެންގެ ޙަޔާތުގައި ވެސް ނުދެކެމެވެ. ޒާތްކޮޅުބޮޑުކަން އިންތިހާ އެވެ. ދުވަހަކު އޭނާ ކުރާ ކަމެއްގައި އޭނާގާތަށް ދާ މީހެއްގެ މަޝްވަރާއެއް ލަފާއެއް އަހާލުމެއް ނޯވެ އެވެ. ބޮޑާކަމާއި ކަންދެއްކުމޭ ބުނުން ފިޔަވައި މި ކަންކަމާ ގުޅޭ މުނާސަބު ބަހަކީ ވަކި ކޮބައިހެއްޔެވެ؟
Print

އަޑުއިވޭ ސުކުން

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


މުޙަންމަދު ޝާހިދު ޙަލީމު



ފަޟީލަތުއްޝައިޚު އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން، އައްތުޙްފަތުލް އަދަބިއްޔާ ގައި ލިއުއްވައިފައި ވެއެވެ. "ދިވެހި ތާނައިގައި ސުކުން ވާ އޮންނަނީ ހަަތަރު އަކުރެވެ. އެ ހަތަރު އަކުރަކީ (އަހަރެމެންގެ އެދުރު އައްޝައިޚު މުޙައްމަދު ޖަމާލުއްދީނު ބުނިއް ނާއިބު ޢީސަލް މުލަކީ ރަޙިމަހުﷲ   ވަނަފަޢަނާ ބިހީ. މިކަލޭގެފާނުގެ ތާނަލިއުމުގެ ގަވާއިދެވެ ކިޔުނު ފޮތުގައި ބުނުއްވި ފަދައިން) އުނިތޮށި ނުވަތަ، ތޫނު އޮށި، މި ދެ ބަހުގައި އެކުލެވުނު ހަތަރު އަކުރެވެ. މި ހަތަރު އަކުރުގައި ސުކުން ޖެހުނީމާ ކިޔެނީ ޢަރަބި ލިޔުމުގައި، އަކުރު އަކުރުގައި ސުކުން ޖެހީމާ ކިޔޭ ގޮތަކަށެއް ނޫނެވެ.
Print

ވަކިވާކަށް ބޭނުމެއް ނޫނެވެ.

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ މާދަރީބަސް


އުފެއްދުންތެރި ލިޔުން

އާދަމް ޝަރީފު - ރޯޒީ، ށ. ފުނަދޫ 

އަހަންނަކީ ފުނަދޫގެ ފެހި ޖައްވަށް ފިނިކަމާއި ހިތްފަސޭހަކަން ގެނެސް ދިނުމަށް މަސައްކަތް ކުރާ ގަސް ތަކުގެ ތެރެއިން ގަހެކެވެ. އެފަދަ ގަސް ތަކުގެ ތެރެއިންވެސް ޤަދަރު ކުރެވޭ ގަހެކެވެ. ފާއިތުވެ ދިޔަ ދުވަސް ތަކުގައި މިބިމުގައި ފައި ހަރުކޮށްގެން ހުރީ އަހަރެންގެ ސަބަބުން މި ރަށުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ ކަމާއި ހިޔާދިނުމަށެވެ. އަދި އެމީހުންގެ ހުސް ވަޤުތުތައް އަހަންނާއި އެކު ހޭދަ ކުރާ ބައިވެރިއެއްގެ ގޮތުގައެވެ. ފުނަދޫގައި ހުރި ބޮޑެތި ނިކަ ގަސް ތަކުގެ ތެރެއިން އަހަންނަކީ އެންމެ ގިނަމީހުންގެ އަހަރެންގެ ޙާލު ބަލައި އަހަންނަށް ޒިޔާރަތް ކުރާ ގަހެވެ.
Print

ދިވެހި ބަސް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް

 

އަލްމަރުޙޫމު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު


[ކޮންމެ ބަޔަކަށްވެސް އެބަޔަކު މޮށޭބަހެއް ނެޔެ ދެރަނުވާ،

      އޮންނައިރު މޭރުން ވެދާހެން ށޭނިކަން ހަމަ އައްސަވާ

ބަސްބަހީ މީހުން ހަދާ  އެއްޗެއް  ބަލަގަ  ނޫނޭ  ތެދޭ،

      އަސްތަ އަސްތާ ޤުދުރަތުގެ އޭ އެއްޗެކޭ ހަމަ ހިންގަވާ

މީހުނަށް ވެވިދާނެ  ކަމަކީ  ހޯދުމޭ  ދަސްކޮށް  މޮޅަށް،

      ހީއެވެތިގެން އުނގެނި އުޅުމުން އޭގެ ހުރިތައް ޢިދުޤަވާ]
Print

ދިވެހިބަހުން ވާހަކަ ދައްކާ އެއްވެސް މީހަކު ނެތް ދުވަހެއް އަތުވެދާނެބާ؟

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް



ޔުމްނާ މައުމޫން (2007)

[4 ނޮވެމްބަރ 1995 ގައި ކެމެރޫންގެ މަންބީލާ ސަރަޙައްދުގައި ވާހަކަ ދައްކާ ބަސްތަކުގެ ތެރެއިން ބަހެއް ކަމަށްވާ [ކަސާބޭ] ބަހުން ވާހަކަ ދައްކާ އެންމެފަހު މީހާ [ބޮގޮން] ނިޔާވިއެވެ. މީނާ ނިޔާވުމާއެކު [ކަސާބޭ] މި ބަސްވެސް މަރުވިއެވެ. (އުވި ނެތިގެން ދިޔައީއެވެ.) މީނާ ނިޔާވިއިރު މީނާގެ ކުދީން އެބަތިއްބެވެ. އެހެން ނަމަވެސް މި މީހުންނަކަށް [ކަސާބޭ] ބަހުން ވާހަކަ ދައްކާކަށް ނޭނގެއެވެ. [ބޮގޮން] ނިޔާވުމުން [ކަސާބޭ] ބަހުން ވާހަކަދައްކާ އެއްވެސް މީހަކު ދުނިޔޭގައި މިހާރަކު ނޫޅެއެވެ. އެހެންކަމުން [ކަސާބޭ] ވެސް [ބޮގޮން] އާއެކު ފަސްދާނު ލެވިގެން
Print

ދިވެހިބަސް؛ ދިވެހީންގެ ބަސް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް


ޢައްބާސް އިބްރާހީމް (2007)

މި އަދަކީ ދުނިޔޭގެ މާދަރީ ބަހުގެ ދުވަހެވެ. ކޮންމެ ބަޔަކުވެސް ވާހަކަ ދައްކާ އުޅޭ އެމީހުންގެ އަމިއްލަ ބަހާމެދު ވިސްނާ ފިކުރު ކުރުމުގެ ބޭނުމުގައި ގެންނަ ދުވަހެވެ. ދުނިޔެއިން ގެއްލެމުންދާ ބަސްތަކެއް ހުރިކަން ފާހަގަ ކުރެވިގެން އެކަމާމެދު ރަށު ފެންވަރުގަޔާއި ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ހަނދާންކޮށް ދިނުމަށްޓަކައި ފާހަގަކުރާ ދުވަހެވެ.
Print

ދިވެހިބަސް ހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައި....

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ މާދަރީބަސް


ދިވެހިބަސް ހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައި، ސުކޫލުތަކުން ދިވެހިބަހަށްދޭ ސަމާލުކަން އިތުރުކުރަން ޖެހެއެވެ.

އާދަމްޝަރީފް، ރޯޒީ/ށ.ފުނަދޫ

ފުނަދޫ ސުކޫލުގެ 2004 ވަނަ އަހަރުގެ ދިވެހި ހަފުތާ ނިންމުމުގެ ގޮތުން ބޭއްވި ހަފުލާގައި ށ.އަތޮޅުގެ ވަރަށް ޢިއްޒަތްތެރި ބޭފުޅަކު ވިދާޅުވިއެވެ. ''އެސް.އެސް.ސީ އިމްތިހާނުގެ ދިވެހިން އޭ ހޯދާ ކުދިންނަށްވެސް ރީތި ދިވެހިބަހުން ފަސޭހަކަމާއި އެކު ލިޔެކިޔައި އުޅުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.އެމީހުންގެ ލިޔުން ތަކުގައި އިމްލާކުށްވެސް ހުންނާނެ އެވެ.'' މި ވިދާޅު ވުމާއި މެދު އެރޭ ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅު ކުރިއެވެ. އެކަމާއި އިންކާރުކޮށް އެއީ ތެދު ވާހަކަ އަކަށް ނުވާނެ ކަމަށް ބުނެ އަޑު އުފުލިއެވެ. އަދި އެސް. އެސް.ސީ އިމްތިހާނުން ދިވެހިން އޭ ހޯދާ ކުދިންނަކީ ބަހުގެ ފެންވަރު ވަރަށް ރަނގަޅު ކުދިންނަށް ވާނެ ކަމަށް ވެސް ވަކާލާތުކުރިއެވެެ.އެފަދަ ކުދިންނަކީ ޙަޤީޤަތުގައިވެސް ދިވެހި ބަހަށް މޮޅު ކުދިންނަށް ވާނެ ބާވައެވެ!                         
Print

މަދުރަސީ މާހައުލުގައި މާދަރީބަހަށް އިސްކަންދޭންޖެހެ އެވެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް


                ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ އާދަ މުޖްތަމަޢުގައި އަށަގެންނެވުމަށްޓަކައި

ސްކޫލްތަކުގައި ދިވެހި ޙަރަކާތްތައް އިތުރުކުރުން މުހިއްމު.
މައިމޫނާ ޙުސައިން

އެއްޤައުމު އަނެއް ޤައުމާއި، އެއް އުއްމަތް އަނެއް އުއްމަތާއި ތަފާތުކޮށްދޭ އެންމެ ވަރުގަދަ ހަތިޔާރަކީ އެބައެއްގެ އަމިއްލަ ބަހާއި ސަގާފަތެވެ. އެބައެއްގެ އަމިއްލަ ބަހާއި ސަގާފަތު ކުރިއަރުވަން ތިބޭނީ ހަމަ އެ ޤައުމެއްގެ އަހުލުވެރިންކަން ޔަޤީނެވެ. ދުނިޔޭގެ ނިސްބަތުން މަދު މީސްކޮޅެއް އުޅެމުންދާ ޤައުމަކަށް އަޅުގަނޑުމެންގެ ރާއްޖެ ވީ ހިނދު، އިޤްތިޞާދީ، އިޖުތިމާޢީ އަދި ޢުމްރާނީ ގޮތުން ރާއްޖެ ކުރިއަރައި، ދުނިޔޭގެ އެހެން ޤައުމުތަކާ އެއް ސަފެއްގައި ފައިހަމަކުރެވޭތޯ ގަދަ އަޅައި މަސައްކަތް ކުރަމުންދާ މި ދުވަސްވަރު ތަފާތު ފެންވަރުގެ ތަފާތު ގިންތީގެ މީހުން އަޅުގަނޑުމެންގެ ރާއްޖޭގައި މަސައްކަތް ކުރަމުން ދާކަން ފާހަގަކުރެވެއެވެ.
Print

ދިވެހި ޅެމުގެ ބައެއް ރަންމުތް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ނަޞީރު އިބްރާހީމް (2009)

ޖަނަވަރީ މަހުގެ 15ވަނަ ދުވަހަކީ ދިވެހި ރާއްޖޭގެ ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރެވޭ ދުވަހެވެ.  ޅެންވެރިންގެ ދުވަސް ނިސްބަތް ކުރެވެނީ އަލްއުސްތާޛުލް މަރުޙޫމު އިބްރާހީމް ޝިހާބަށެވެ. އެ މަނިކުފާނުގެ ޅެންވެރިކަމުގެ ތަޚައްލުޞުގެ ތެރޭގައި ތިން ނަމެއް ހިމެނެ އެވެ. ޝާޢިރުއްޝަބާބެވެ. ގުލްފާމެވެ. އަދި ޘާޤިބެވެ.

އަލްއުސްތާޛުލް މަރުޙޫމު އިބްރާހީމް ޝިހާބު ދެމި އޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވީ، 1988ވަނަ އަހަރުގެ ޖަނަވަރީ މަހު، 15ވަނަ ދުވަހު އެވެ.  އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި އެވެ. 
Print

އަޅުގަނޑުގެ ނަޒަރުން ... ބައެއް އަދަބީބަސް (3)

ޝާޢިއުކުރީ އާދަމް ޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ޝަރީފު މުޙައްމަދު، ރޯޒީ، ށ. ފުނަދޫ

13. ތަފާތު ގެނައުމަކީ ހަޔާތުގެ ހަވާދެވެ.


އަބަދު އެއްގޮތަކަށް ޙަޔާތުގެ ކަންތައްތައް ގެންދިއުމުގެ ބަދަލުގައި ހަޔާތުގެ އެކި ދަންފަޅިތަކުގައި ކަންތައްތައް ކުރާގޮތް ބަދަލުކޮށްލުމަކީ ރަނގަޅު ކަމެކެވެ. އޭގެ ސަބަބުން ކުރިން ނުލިބޭ އުފާވެރިކަން ލިބި ކުރިން ނުލިބޭ ތަޖުރިބާތައްވެސް ލިބިގެންދާނެއެވެ. ކާނާއެއް ތައްޔާރު ކުރާއިރު އެއަށް ތަފާތު ވައްތަރުގެ ހަވާދު އެޅުމުން ރަހަ ބަދަލުވާ ފަދައިންނެވެ.

ކޮންމެ ހަވާދަކީވެސް ރަހައިގެ ގޮތުން ތަފާތު އެއްޗެކެވެ. ތަފާތު ވައްތަރުގެ
Print

ނަހަލާލު ބަސް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑު

މަޢުލޫމާތެއް ތިމާއާ ހަމަޔަށް ފޯރީމާ، އެކަމެއްގެ ދޮގުތެދު ބަލައިލެވެނީ މަދުމީހަކަށެވެ. ކޮންމެ މަޢުލޫމާތަކީ، ކޮންމެ ޚަބަރަކީ، ތެދު އެއްޗަކަށް ނުވާތީ، ބައެއް ފަހަރަށް ވަރަށް ބޮޑެތި އޮޅުންތައް ބައެއް މީހުންނަށް އަރައެވެ. ނަތީޖާއެއްގެ ގޮތުން ޙަޤީޤަތެއް ނެތް ކަމެއްގައި އެހެންމީހުންގެ ބޮލުގައި ނޭދެވޭ އިލްޒާމުތައް އެޅުވޭތަން އާދެ އެވެ. ނުބައި މަޢުލޫމާތުގެ ބޭނުން ނުބައިގޮތުގައި ހިފޭތަން ވެސް އާދެ އެވެ.
Print

އަޅުގަނޑުގެ ނަޒަރުން ... ބައެއް އަދަބީބަސް (2)

ޝާޢިއުކުރީ އާދަމް ޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ޝަރީފު މުޙައްމަދު، ރޯޒީ، ށ. ފުނަދޫ

6. މަސް ނުބެވުމުން މާފަންނު މީހުން ނުބައިކުރާނީ ކަނޑެވެ.


ކޮންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް އެމަސައްކަތަކުން ރަނގަޅު ނަތީޖާއެއް ލިބުން ބިނާވެފައިވަނީ އެމަސައްކަތެއް ކުރާ މީހެއްގެ ހުނަރުވެރިކަމަށާއި އެކަމަށް އޭނާދޭ ސަމާލު ކަމަށެވެ. މަސައްކަތްކުރަން ގެންގުޅޭ ހަތިޔާރު ގެންގުޅޭނެ ގޮތާއި އެތަކެތީގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފާނެގޮތް މިފަދަ މީހުންނަށް އެނގޭނެއެވެ. ނަމަވެސް މަސައްކަތުގެ ހުނަރުނެތް މީހެއްނަމަ ކަންތައްތައް ނުކުރެވުމުން އަބަދުވެސް ނުބައި ކުރާނީ ކަންކުރަން ގެންގުޅޭ ހަތިޔާރެވެ. ސަބަބކީ އެފަދަ މިހުންނަށް މަސައްކަތުގެ އާލަތްތައް ގެންގުލޭނެ ގޮތުގެ ހުނރުތައ
Print

އަޅުގަނޑުގެ ނަޒަރުން ... ބައެއް އަދަބީބަސް (1)

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ޝަރީފު މުޙައްމަދު، ރޯޒީ، ށ. ފުނަދޫ

ދިވެހި ބަހަކީ މުއްސަނދި ބަހެކެވެ. ބޭނުން ވާހަކައެއް ބުނެލެވޭ، ފަށުވި ޢިބާރާތްތައް ބޭނުންކޮށްގެން ލިޔެވޭ އަސަރުގަދަ ބަހެކެވެ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރަކީ ސާފު ދިވެހިބަހުން މުއާމަލާތުކުރުމުގައި ދިވެހިން ނުކުޅެދުންތެރިވާ މަންޒަރެވެ. ވަހަކަ ދެއްކުމުގައްޔާއި ލިޔެކިޔުމުގައި ހިސާބެއް ނެތް ވަރަށް ކުށްބަސް ބޭނުންކުރާ މަންޒަރެވެ. އޭގެ ސަބަބުން ދިވެހިބަސް ދަސްކުރާ އަދި ދިވެހިބަހަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ހިތްދަތި
Print

ދިވެހި ސައްޔާޙެއްގެ ގަލަމުން.....ޕެރިސް (04)

ޝާޢިއުކުރީ ޑރ. ޙަސަން ޙަމީދު . ހިމެނޭބަޔަކީ މާދަރީބަސް


އަދަބުއްރިޙްލާތު                                              11 އޮކްޓޯބަރު (އާދީއްތަ) އާ ގުޅޭ..

ޑރ. ޙަސަން ޙަމީދު


ކުރީ ޒަމާން ތަކުގައި ހަނގުރާމައިގައި ފަތަޙަ ލިބުމުން ބޯކު ބިނާކުރުމުގެ އިތުރަށް ކޮށް އުޅޭ އަނެއްކަމަކީ ބޮޑު ތަނބެއްގައި ހަނގުރާމަ ކާމިޔާބު ކުރި މިހާގެ ބުދެއް ނެގުމެވެ. މިއީ ރޫމީންގެ އާދައެވެ. މަޝްހޫރު ޔޫރަޕުގެ ހަނގުރާމަ އަކުން ކާމިޔާބުވުމުން، ނެޕޯލިއަންވެސް މިފަދަ ކަމެއް ކޮށްފައި ވެއެވެ. ވަރަށް އުސްކޮށް، ބޮޑު ތަނބެއް ހަދައި އޭގެ އެންމެ ކުރީގައި އޭނާގެ ބުދެއް ބެހެއްޓިއެވެ. ދެން އެ ހަނގުރާމައިން ޣަނީމާ ކުރެވުނު ހުރިހާ ބޮޑު ބަޑިއެއް ވިރުވާލާއިގެން އޭގެ ހުރިހާ ލޮއެއް ފަތްތަކަކަށް ހަދައި، އޭގައި ހަނގުރާމައިގެ މަންޒަރުތަކެއް ކުރަހައި ތަނބުގައި ވަށައިގެން ހަރުކުރިއެވެ.
Print

ރަނގަޅު ލިޔުމެއް ލިޔާނީ....

ޝާޢިއުކުރީ އަޙްމަދު ޝަމީން ދޮންމަނިކު . ހިމެނޭބަޔަކީ މާދަރީބަސް



އަޙްމަދު ޝަމީނު ދޮންމަނިކު (2006)

ކިއްސަރު ހެޔޮ އޮޑިއެއް ބަންނަން، ފަށަން ބެހެއްޓުމާހަމައިން، އެ ނެރުން ނިކުމެ ތަމަލަ ކަނޑު ކަފަން ފެށުމާ ދެމެދު ވަރަށް ގިނަ މަޑޫތަކެއް އިންދަންޖެހެއެވެ. ވަރަށް ގިނަ މަލަރުކުރުންތަކެއް މަލަރުކުރަންޖެހެއެވެ. އާދޭހެވެ. ހަމައެފަދައިން ރަނގަޅު ލިޔުމެއް ލިޔަން ގަލަން ކަރުދާސްގަނޑުގައި ޖައްސާލުމާ ހަމައިން އޭގެ ބުގިސް ބަސްތައް ހިތްތަކުގެ ދަރަކަށް ފޯރުމާ ދެމެދު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މާވަޑިޔާ ވެސް އަދި ލިޔުންތެރިޔާވެސް ވަރަށް ގިނަ އޮޅިތަކެއް ގިރާކުރަން ޖެހެއެވެ. އަދި ވަކިން ޚާއްޞަކޮށް ލިޔުން ތެރިޔާ ލިޔަނީ އަދަބީ ލިޔުމެއްނަމަ ވިސްނަންޖެހޭ ތަފާތު ދާއިރާތަކެއް ހުރެއެވެ. މިލިޔުމުގައި އަޅުގަނޑު ބަލައިލާނީ ރަނގަޅު އަދަބީ ލިޔުމެއް ލިޔާނެ ގޮތަށެވެ.
Print

ގިތެއު ގުޅި (3)

ޝާޢިއުކުރީ މުޙަންމަދު ޖަމީލު ދީދީ . ހިމެނޭބަޔަކީ މާދަރީބަސް

   
ރޭޑިޔޯ ތަމްސީލެއް (ފަހުބައި)

4 އޮކްޓޯބަރ (އާދީއްތަ)އާ ގުޅޭ...
                             ހަތަރުވަނަ ބައި

ލިޔުއްވީ؛ އަލްއުސްތާޛުލްމަރުޙޫމު މުޙަންމަދު ޖަމީލުދީދީ
ފޮނުއްވީ؛ އިލްޔާސް ޝުޖާޢު



        ތައްޚާނު: މޫސާ! މޫސާ!

        މޫސަ: އޯތް! ލައްބަ. އާދެ!

        ތައްޚާނު: ހެދުން އިސްތިރިކޮށް ތައްޔާރު ކޮށްފިންތަ؟

        މޫސަ: ތިޔަކަންތައް އޮތީ ކޮށްނިމިފައި ހެނދުނުއްސުރެވެސް.
Print

ދިވެހި ސައްޔާހެއްގެ ގަލަމުން ... ޕެރިސް (03)

ޝާޢިއުކުރީ ޑރ. ޙަސަން ޙަމީދު . ހިމެނޭބަޔަކީ މާދަރީބަސް


އަދަބުއްރިޙްލާތު                                            1 އޮކްޓޯބަރ (ބުރާސްފަތި) އާ ގުޅޭ..

ޑރ. ޙަސަން ޙަމީދު
                                       

މިހާރު މިތަން ބަދަލުކޮށްފައިވަނީ އަސްކަރީ ދާރުލްއާސާރަކަށެވެ. އަދި ގުއްބުގެ ތިރީގައިވާ ސަންދޯކެއްގައި ވަނީ މަޝްހޫރު އިސްތިޢުމާރީ ވެރިޔާ، ނެޕޯލިއަން ބޮނަޕާރޓްގެ ކަށިތަކެވެ. މި ނެޕޯލިއަން އާ ބެހޭ ގޮތުން ދެތިން ލަފުޒެއް ނުލިޔެ ކުރިއަށް ދިއުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ނެޕޯލިއަންއަކީ 1769 ވަނަ އަހަރު އުފަންވި މީހެކެވެ. އޭނާ ސިފައިންގެ ތެރެއަށް ވަދެ އަސްކަރީ ހަރުފަތްތަކުން ވަރަށް އަވަހަށް ކުރިއަރަމުން އައިސް އުމުރުން 27 އަހަރުގައި އިޓަލީގައި އޮންނަ ފަރަންސޭސި ލަސްކަރުގެ ވެރިޔަކަށް ވިއެވެ. ފުރާންސަށް އައިސް އެތަނުގައި ޖެނެރަލަކަށް ވިއެވެ. އޭނާ ފަތަޙަ ކުރި ޤައުމުތަކުގެ ތެރޭގައި އެފްރިކާއާއި މެދުއިރުމަތީގެ އެތައް ޝަހަރުތަކެއް ހިމެނެއެވެ. މީގެ ތެރޭގައި މިޞުރު ވެސް ހިމެނެއެވެ.
Print

އެއްދަތް ވިއްކަން އުޅުނު މީހާ އިނީ ހައްޔަރުގައިބާ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް



އާދަމް ނަޞީރު އިބްރާހީމް


ޕްރިންސިޕަލަށް،       

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.             

ތިޔަ އިސްކޫލުގެ ގްރޭޑު ދިހައެއްގައި ކިޔަވަމުންދާ އަޅުގަނޑުގެ ދަރިފުޅު (އާމިނަތު އާފިޔާ) މި އަދު ބަލިވެ އިނުމުގެ ސަބަބުން،  ބޮލުގައި ރިއްސައި ހޮޑުލެވެނީ މާ ވަރަކަށެވެ. އެނދުން ތެދުވެ ހިންދެމިލެވޭހާ ހަކަތަ ވެސް ނެތެވެ.
Print

ގިތެއު ގުޅި (2)

ޝާޢިއުކުރީ މުޙަންމަދު ޖަމީލު ދީދީ . ހިމެނޭބަޔަކީ މާދަރީބަސް


ރޭޑިއޯ ތަމްސީލެއް:

13 ސެޕްޓެމްބަރ، (އާދީއްތައާ) ގުޅޭ...

ތިންވަނަ ބައި

 
ފޮނުއްވީ؛ އިސްޔާސް ޝުޖާޢު 
  ލިޔުއްވީ؛ އަލްއުސްތާޛުލްމަރުޙޫމު މުޙަންމަދު ޖަމީލު ދީދީ

 
( ފުރަތަމަ އިވެނީ ދުންބޯ އަޑު، ގުޑުގުޑާ ދަމާ އަޑު، އަންހެނުން ރަނޑުފާޑަށް ގިނަ އަންހެނުންތަކެއް ވާހަކަ ދައްކާ އަޑު. އެއްފަހަރާ ހީނގަންނަ އަޑު. އޭގެތެރެއިން )

ބީފާނު:        ވީކާ.....! ( ކާފު ދަމާލާފައި ) ވީކާ!
ވީކާ:        އާ...ދެ! ލައްބަ! އާދެ! މިދަނީ.
ބީފާނު:    ކީއްތަ ކުރަނީ....... އައްދޭ! މުޅިމޫނުން ދާހިއްލާފާ. ތެއުހޭނިފާ. ހާދަ ބޮޑު މަސައްކަތެއްގައި އުޅޭހެން ހީވެއޭ....... މޫސަ.
ވީކާ:    އަމައްޔާތް! އަޅުގަނޑު ނޫޅެން.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ