އަދުގެ ޚާއްސަ

މާދަރީބަސް

Print

ބަހަށް ލިބިފައިވާ ކުރިއެރުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް

މަޑަވެލީ ޢަލީ ނަޞީރު


ކުޑަވެސް ޝައްކެއް ނެތެވެ. ބަހަކީ، ދިރުން ލިގެންވާ އެއްޗެކެވެ. އެހެން ނަމަވެސް ބަހަށް ލިބިފައިވާ ދިރުމަކީ، އިންސާނުންނާއި، ޖިންނިޝައިޠާނުންނާއި، މާމެލާމެއްޔާއި، ގަސްގަނހާގެއްސާއި، މަސްމަހާމެއްސާއި، މިނޫނަސް މިފަދަ ތަކެއްޗަށް ލިބިފައިވާފަދަ އާދެ! ހެލިފެލިވެ، އުފެދިބޮޑުވެ، ނުވަތަ ޙަރަކާތްކުރުން ފަދަ ދިރުމެއް ނޫނެވެ.

Print

ދިވެހިބަސް މަރުވަނީހެއްޔެވެ؟

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ މާދަރީބަސް


މުޙަންމަދު އަޝްހަދު  ނަޞީބު/ ޅ. ނައިފަރު

1.    ތަޢާރަފް:


"ދިވެހިބަސް މަރުވަނީ ހެއްޔެވެ؟" އަދި "ލެންގުއޭޖް ޑެތް" އާއި ބެހޭގޮތުން އެކިބޭބޭފުޅުން ދައްކަވާފައިވާ ވާހަކަފުޅުތަކާއި ދިވެހިބަހުން މިހާރުކުރެވޭ ބޭނުންތަކީ ކޮބައިތޯ؟ މި މައުޟޫއުގައި ޢިލްމީގޮތުން އެކިބޭބޭފުޅުން ކުރައްވާފައިވާ ދިރާސާތަކުގެ މަޢުލޫމާތު ހިމަނާފައިވާނެއެވެ. މިގޮތުން ދިވެހިބަސް ދިރާސާކުރައްވާ ބޭބޭފުޅުންނާއި ދިވެހިބަހަށް ތަފާތު ގިނަގުނަ ޚިދުމަތްކުރެއްވި އަދި ކުރައްވަމުންގެންދަވާ ބޭބޭފުޅުންގެ ޚިޔާލާއި ޝުޢޫރު ހިމަނާލާފައިވާނެއެވެ. މީގެއިތުރުން ބަހުގެ ފަންނުގައި ފުންނާބުއުސް އަދި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބޭފުޅުން މިމަޢުޟޫޢުގައި ކޮށްފައިވާ ދިރާސާތަކަށްވެސް ބަލާލާފައިވާނެއެވެ.
Print

ލިޔެކިޔުމުގެ ތާރީޚަށް ނަޒަރެއް

ޝާޢިއުކުރީ އިޔާޒު ނަސީމް . ހިމެނޭބަޔަކީ މާދަރީބަސް


އިޔާޒު ނަސީމް

ދުނިޔޭގައި އިންސާނުން ދިރިއުޅެން ފެށިތާ މިހާރު ގާތްގަނޑަކަށް 50000 އަހަރު ވެދާނެ ކަމަށް ޢިލްމު ވެރީން ގަބޫލުކުރައްވައެވެ. ފުރަތަމަ އިންސާނާއާ އެކު، އިންސާނުންގެ މެދުގައި މުވާޞަލާތު ކުރުމުގެ މައި ވަސީލަތެއް ކަމުގައި ވެފައިވަނީ ބަހެވެ. މިއީ އިންސާނާއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތެވެ. ބަހަކީ އިންސާނުންގެ މުވާޞަލާތުގައި ބޭނުން ކުރެވޭ ވަސީލަތެއްގެ އިތުރުން، ވިސްނުމާއި ފިކުރުކުރުމަށް އިންސާނާ ބޭނުން ކުރާ އާލަތަކީ ވެސް ބަހެވެ.
Print

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު ވުޖޫދަށް އައި ގޮތް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަހެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 11 ވަނަ މާއްދާގައި ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާ ވާހަކައެކެވެ. މީގެ އިތުރުން އަޅުގަނޑުމެން ޤަބޫލުކުރާންޖެހޭ ޙަޤީޤަތަކީ ދިވެހިބަހަކީ އެންމެހާ ދިވެހިރައްޔިތުންގެ މާދަރީބަސްކަމެވެ. ދިވެހިރާއްޖޭގެ ރަސްމީ ބަހަކީ ވެސް އެއީ ކަމެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޤައުމީ ބަހަށް ދިވެހިރާއްޖޭގައި އިސްކަންދިނުމަކީ މުހިއްމުކަމެއްކަން ކަށަވަރެވެ.
Print

ބަސް ތަރައްޤީކުރުމަށް ލަފުޒު އިތުރު ކުރާނެގޮތްތައް

ޝާޢިއުކުރީ ފަތުޙުﷲ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ މާދަރީބަސް

ފަތުޙުﷲ އަޙްމަދު ރަޝީދު/ މޫރިތިގެ، ހއ. އިހަވަންދޫ

ބަހަކީ އިންސާނީ ވަންތަކަން ދައްކުވައިދޭ އެއްމެ މުހިއްމު އެއް ބަހާއެވެ. އެއް އިންސާނަކާ އަނެއް އިންސާނެއް ގުޅުވައިދޭ ވާސިތާއެވެ. އެކެއްގެ ޖަޒުބާތުތަކާއި ޝުޢޫރުތައް އަނެއްކާއަށް ހާމަކޮށްދޭ މާލިމީއެވެ. ބަހުގައި ހިމެނޭ ބަސްކޮށާރަކީ މި ހުރިހާ ކަމެއް ކުރުމުގެ އާރުކާޓީއެވެ. އެހެންކަމުން، ބަހަށް ދިރުން ގެނެސްދީ ބަހެއް ތަރައްޤީކޮށް ނެގެހެއްޓުމަށްޓަކައި އެންމެ އިސްދައުރެއް އަދާކުރާނީ ބަސްކޮށާރުންނެވެ. ބަސްކޮށާރު މުއްސަނދިކުރުމަކީ ބަސްދިރުވުމަށް ލިބިގެންދާ ބާރަކަށްވަނީ އެހެންވީމައެވެ. ދުނިޔޭގެ މަޝްހޫރު ބަސްބަހަށް ނަޒަރު ހިންގާލާއިރު ބަސްކޮށާރަށް ލަފުޒު އިތުރުކުރުމަށް ތަފާތު އުޞޫލުތައް ބޭނުންކޮށްފައިވާތީ ފެނެއެވެ. މިގޮތުން، ދިގުނަމަށް ކުރު ނަންނަން ދިނުން ނުވަތަ ކުރުކޮށްލުމާއި، ތަރުޖަމާކުރުމާއި، ދުލަށް ފަސޭހަ އުޞޫލަށް ޤަދީމީ ލަފުޒުތައް ބަދަލުކުރުމާއި ލަހުޖާތަކަށް ރަސްމީ ހައިސިއްޔަތު ދިނުން ފަދަ ކަންތައްތައް ފާހަގަކުރެވެއެވެ.
Print

"އުޖާލާވި ރަންތަރީ"ގެ އުޖާލާ އަލިކަން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް



ފާޠިމަތު އަމްނާ ޢަޒީޒު- ލ. މާވަށް



   "އެންމެ ދީލަތިވަންތަ ކީރިތި  ޖައްލަ ރައްބީއަށް ދުލުން،
                      ދެންނެވުން އެކަށޭނަހެން އަދު  ރަމްޒުކޮށް  ކިޔަމޭ  ސަނާ
   އެންމެހައި  ޢާލަމްތަކަށް  ބޮޑު ރަޙުމަތެއްކަމުގައި އެވާ
                      ނަން އިތުރު ކައު މުޞްޠަފާއަށް  ރަމްޒުކޮށް ކިޔަމޭ ސަނާ
   ޢިއްޒަތާ އަބުރާ  މި ދީނަށް  ދެއްވި ހޯދައި  މިންނަތުން
                      އާލުނާ  އަބްދާލުނަށް  މޮޅު  ރަމްޒުކޮށް  ކިޔަމޭ  ސަނާ"
Print

މަޒުމޫނުގެ މައިގަނޑު ބައިތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


މަޒުމޫނުގެ ތަޢާރަފުގައި ލިޔުންތެރިން ތަފާތު ތަޢުރީފުތައް ލިޔުއްވައިފައި ހުރެއެވެ.  މި ތަޢުރީފުތަކުގައި ޢިބާރާތުގެ ކުދިކުދި ތަފާތު ހުއްޓަސް ކޮށްފައިވަނީ ހަމަ އެއް މާނައެކެވެ.

ލަފުޒީގޮތުން ބަލާއިރު މަޒުމޫނުގެ މާނައަކީ އެއްޗިހިތަކެއް އެއްކޮށްގެން ޖަމާކުރެވިފައިވާ އެކައްޗެވެ. އަޅުގަނޑުމެން މަޒުމޫނޭ މި ކިޔަނީ އެއް މައިގަނޑުނަމަކަށް ބިނާކޮށްގެން ހޯދައިފައިވާ އެތައް ބައިވަރު މަޢުލޫމާތުތަކެއްގެ މައްޗަށް ލިޔެ އެއްކޮށްފައިވާ ޕެރެގުރާފުތަކަކަށެވެ.
Print

ދިވެހި ބަސްފޮތް ނެރެވުނު ޙަފުލާގައި ޑރ. ޙަސަން ޙަމީދު ދެއްކެވި ވާހަކަފުޅު

ޝާޢިއުކުރީ ޑރ. ޙަސަން ޙަމީދު . ހިމެނޭބަޔަކީ މާދަރީބަސް



الحمد لله رب العالمين اللهم صل وسلم على نبينا محمد وعلى آله وأصحا به أجمعين

ނާއިބު ރައީސް ޑރ މުޙަންމަދު  ވަޙީދު ޙަސަން މަނިކު، ބަސްކޮމިޓީގެ ރައީސް އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން،

ޗާންސެލރ ޑރ މުޞްތަަފާ ލުޠުފީ

ވަޑައިގެން ތިއްބެވި އެންމެހާ ހާޒިރީން

އައްސަލާމް އަލައިކުމް.
Print

އެސް. އެސް. ސީ އިމްތިޙާނުގައި ދަރިވަރުންގެ ދިވެހި ނަތީޖާ ދަށްވަނީ ކީއްވެ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް

ެ        
އާދަމް ނަޞީރު އިބްރާހީމް (2011)

މަދަރުސާގައި ކިޔަވަމުންދާ، ތިބާގެ ދަރިފުޅު ކޮންމެ ދުވަހަކު ކެމިސްޓްރީގެ އާ ''އެކްސްޕެރިމަންޓެއް'' ނުހަދަ އެވެ. އެކަމަކު ކޮންމެ ދުވަހު ދިވެހި ބަހުން އާ ވާހަކައެއް ދައްކަ އެވެ. އެ ދަރިވަރު ކޮންމެ ދުވަހަކު ''އެކައުންޓިންގ'' ގެ  އާ ނަންބަރު ތަކެއް ނުހަދަ އެވެ. އެކަމަކު ކޮންމެ ދުވަހަކު ދިވެހި ބަހުން އާ ޖުމުލަތަކެއް ހަދަ އެވެ.  ކޮންމެ ދުވަހަކު ބަޔޮލޮޖީގެ އާ ފިލާވަޅުތަކެއް ނުނަގަ އެވެ. އެކަމަކު ދިވެހި ބަހުން އާ ލަވައެއް ނުވަތަ އާ ވަހަކަ އެއް ނުވަތަ އާ ޚަބަރެއް އަޑު އަހަ އެވެ.
Print

އަމީނީ ދައުރާއި ދިވެހި އަދަބީ ކުރިއެރުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް

ދިރާސީ މަޒުމޫނު:


މުޙަންމަދު އަމީނު ދައުރުގެ އަދަބީ ޚިދުމަތްތަކުގެ ސަބަބުން، ދިވެހި އަދަބިއްޔާތަށް ކުރިއެރުންތަކެއް ލިބިފައިވެ އެވެ.

އާދަމް ނަޞީރު އިބްރާހީމް (2011)

ބަހެއްގެ އަދަބީ ޙަރަކާތްތެރިކަމަށް  ބަދަލުތައް އައުމުގައި އެ ބަހެއްގެ އަހުލުވެރިންގެ ސިޔާސީ ޙާލަތު ވަރަށް ގިނަ ފަހަރަށް އިސް ދައުރެއް އަދާކުރެ އެވެ.  ސިޔާސީ ގޮތުން އަންނަ ބަދަލުތައް ވެސް ފެށެނީ، އިންސާނީ ފިކުރާ ހަމައިން ކަމަށްވެފައި، އަދަބިއްޔާތަކީ ވެސް އިންސާނީ ފިކުރުން އީޖާދުވާ ފަންނަކަށްވާތީ އެވެ. މި ގޮތުން ޤައުމެއްގެ ނިސްބަތުގައި ސިޔާސީ ބާރުވެރިކަން ލިބިފައިވާ އެންމެ އިސް ފަރާތުގެ ވިސްނުމާއި ފިކުރުގައި،
Print

ބުޅަލެއްގެ ޑައިރީން ގަނޑެއް.....

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


އެއްރޭގެ ހަތަރުދަން


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަހަންނަށް ގޭ ހުރިހާ އެންމެންވެސް ވަރަށް ހެވެވެ. އެހެންވެ އަހަރެންގެ އަޞްލު ޠަބީޢަތް ހާމަ ކުރާކަށް ނުކެރެއެވެ. އަހަރެން ނިދަނީ ގޭ ކައިރީ އަސްކަންޏެއްގެ ދަށުގައެވެ. އެއީ އެ ގޭ މީހުން ހިކިމަސް ގުދަން ކޮށްފައި ހުންނަ ތަނެވެ. ޖެހިގެން ހުންނަނީ ވަގުތީ ބަދިގެއެވެ. އެ ގެއަށް ގެންނަހައި މަހެއް ކައްކައި ހިއްކާއިރު އޭގެ ގަރުދިޔަގަނޑުން ރިހާރުކުރުހަދަނީ އެ ބަދިގޭގައެވެ. ނަތީޖާއެއްގެ ގޮތުން އަހަރެން ނިދާ ޖަގަހައިގައި އޮންނައިރު އަންނަ ވައިރޯޅިން ތަފާތު ވަސް ދުވައެވެ. ބައެއް ފަހަރު ގަރުދިޔަ ވަހެވެ. ރިހާކުރުވަހެވެ. ފިއްލެޔޮ ވަހެވެ. ހިކިމަސްވަހެވެ. ލޭކުނި ވަހެވެ. މަދު ފަހަރެއްގައި ބަތާއި ރިހަވަސްވެސް ދުވައެވެ. މިއީ އަހަންނަށް އެންމެ މީރު ބާވަތްތަކެވެ. މި ވަސްތައް މަށަށް ދުވާތީ ރޭގަނޑު ހަމަނިދި ނުނިދެއެވެ. މި ވަހުންވެސް ހިތްދަތިކަމާ އެއްވަރަށް ހިތް ހަމަ ޖެހުން ލިބޭތީއެވެ. ފަހަރެއްގައިވެސް ގުދަނުގެ ދޮރުފަތް ހަނދާން ނެތިގެން ނުލައްޕައި ގޭ މީހުން ނިދައިފިނަމަ މަސްގަނޑެއް ކައިލާނެ ފުރުޞަތުވެސް ލިބިދާނެކަމަށް ކުރެވޭ އުންމީދު ބޮޑެވެ.
Print

ރޭޑިއޯ ޕްރޮގްރާމަކަށް "އެނަލޮގް" ލިޔާނެ ގޮތުގެ ނަމޫނާއެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


 

ލޯފަން ކުއްޖެއްގެ އިޙްސާސް


މިއޮތީ އަހަރެން އެކަނިމާ އެކަންޏެވެ؟ ގާތުގައި އެކަކުވެސް ނެތެވެ. އަހަރެންގެ މި އެކަނިވެރިކަން އިޙުސާސްކުރަނީ ކާކުހެއްޔެވެ؟

މިހާރު އެއްވެސް މީހެއްގެ އަޑެއް ބަޑެއް ނީވެއެވެ. އެންމެން ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ކޮޓަރިތަކަށް ވަދެ ތިބީ ހެއްޔެވެ؟ އަހަންނަށް ވެސް ވަރުބަލިކަން އެބަ އިޙްސާސްކުރެވެއެވެ. ނިދުމަކީ ވާނުވާ ނޭނގި ތިބުމަށް ކިޔާ ނަމަކީތާއެވެ؟ އެހެންވީއިރު އެންމެން ނިދީބާވައެވެ؟ މަންމަމެން އެ ކިޔާ ރޭގަނޑު އައީކަން ނޭނގެއެވެ. ރޭގަނޑާއި ދުވާލަކީ ކޮބައިހެއްޔެވެ؟ ދުވާލާއި ރޭގަނޑު ވަކިކުރަނީ ކިހިނެއްބާވައެވެ؟ ރޭގަނޑު ވީމާ އިރުއޮއްސެނީއޭ ބުނާތީ އިވެއެވެ.
Print

ވާހަކަދެއްކުމުގެ އަދަބުތަކުގެ ތެރެއިން.......

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ލެއްވުމާއި ވިދާޅުވުން


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މި ލިޔުން އަޅުގަނޑު ޚާއްޞަކޮށްލާނީ ވާހަކަދެއްކުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ، މާތްދަރަޖަ އާއި އެންމެ މާތް ދަރަޖަ ބޭނުންކުރެއްވުމުގައި ގިނަ ބޭފުޅުންނަށް އެންމެ އޮޅުން އަރާކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ ނުކުތާއެއްގެ މައްޗަށެވެ.
        
ކަމަކާ ގުޅިގެން ޢާއްމު ގޮތެއްގައި "ލެއްވުން" މި މަޞްދަރު އިތުރުކުރެވެނީ ދެވަނަ ދަރަޖަ ކަމުގައިވާ މާތް ދަރަޖައިން ވާހަކަދައްކާއިރު އެވެ. އެންމެ މާތް ދަރަޖައިން ވާހަކަދައްކާއިރު ޢާއްމު ގޮތެއްގައި އިތުރުކުރެވެނީ "ވަޑައިގަތުން" މި މަސްދަރެވެ.
Print

ދިވެހީންގެ ޚާއްޞަ މަޚުރަޖް ގެއްލެނީއެވެ. ދެރައެއް ނުވޭހެއްޔެވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޢަރަބީން އެ އަޑަކާ މެދު ފަޚުރުވެރިވާ އަޑަކީ "ض" ގެ އަޑެވެ. ދިވެހީންގެ ވެސް އެފަދަ އަޑެއް އޮތެވެ. އެ އަޑުގެ ރަމްޒު ތާނައިގައި އޮތަސް އެ އަޑު ދިވެހީންގެ ތެރޭގައި މިހާރު ޢާއްމުކޮށް ބޭނުންކުރެވެޔެކޭ އަޅުގަނޑު ދަންނަވާހިތެއް ނެތެވެ. އަޅުގަނޑަށް އެ އަޑު އިވޭލެއް މަދުކަމުންނެވެ. ވަރަށް މަދު ބޭފުޅަކަށް އެ އަޑު ބޭނުންކުރައްވަން އެނގިވަޑައިގަތަސް މި ޖީލުގެ ޒުވާނުން އެ އަޑާ ބީރައްޓެހި ކަމުންނެވެ.

އަޅުގަނޑު މި ދަންނަވަނީ "ށ"ގެ އަޑުގެ ވާހަކައެވެ. މިއީ ދިވެހީންނަށް ޚާއްޞަ އަޑެކެވެ. އެހެން ބަހަކުން އަޅުގަނޑަށް ހަމަ ގައިމުވެސް ފާހަގަކުރެވިފައިވާ އަޑެއް ނޫނެވެ. ނެތެކޭ ދަންނަވާކަށް ނުކެރޭނެ އެވެ. އެކަމަކު ބުނެވޭ ގޮތުގައި މިއީ ހަމަ ދިވެހީންނަށް ޚާއްޞަ އަޑެކެވެ.
Print

ރާނާ ސިމެންތިޖެހުން އަދި މަޢުލޫމާތު ހޯދާ ލިބިގަތުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަޅުގަނޑު މި މަޒުމޫނުގައި މި ބަޔާންކުރަނީ މަޢުލޫމާތު ހޯދުމުގެ ވާހަކައާއި އެ މަޢުލޫމާތު ލިބިގަތުމުގެ ވާހަކައެއް ވެސް ނޫނެވެ. އަދި ރޭނުމާއި ސިމެންތި ޖެހުމުގެ ވާހަކައެއް ވެސް ނޫނެވެ. މިއީ ބަހުގެ ހަމަތަކުގެ ތެރެއިން މުހިއްމު ހަމައަކާ ބެހޭ ގޮތުން އަޅުގަނޑު ފާޅުކުރާ ޚިޔާލެކެވެ. މީގެ ކުރީން ވެސް ތަފާތު މައުޟޫޢުތަކަށް އަޅުގަނޑު އިންސާފުކޮށްފައިވާ ވާހަކައެކެވެ. ނަމަވެސް މިކަމަށް މުދައްރިސުންނާއި ލިޔުންތެރީންނާއި ކާތިބުންނާއި ޓައިޕިސްޓުންގެ ސަމާލުކަން އެހާ ބޮޑަށް އޮތް މައްސަލައެއް ނޫނެވެ. ހިތާމަހުއްޓެވެ!!
Print

ތިކިޖެހިތާނަ ނުވަތަ ތާނައިގައި ހުންނަ ތިކިޖެހި އަކުރުތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
        

1- ތާނަ ލިޔުމުގައި ބައެއް އަކުރުގައި ތިކިޖަހައިގެން ލިޔުން

ދިވެހިބަހަކީ މުއްސަނދި ބަހެކެވެ. ދިވެހީންނަކީ ދޫ ފަސޭހަ ބަޔެކެވެ. އެހެނީ ގިނަ ބަސްބަހުން ވާހަކަދައްކާ އަޑު އަހާއިރު، މާދަރީ ބަސް ނޫން ބަހެއްގެ އަކުރުތައް ކިޔަން އެމީހުންނަށް ވަރަށް އުނދަގުލެވެ. ނަމަވެސް ދިވެހީންނަށް ދިވެހި ބަހުގެ އަހުލުވެރީންނަށް އެއީ ހަމަ ދާދި ފަސޭހަކަމެކެވެ.

މިސާލަކަށް: ޖަޕާނު މީހުން އަޅުގަނޑު ނުވަތަ މޯލްޑިވްސް ކިޔަން އުޅޭއިރު "ޅ"ގެ ބަދަލުގައި އަދި "ލ"ގެ ބަދަލުގައި "ރ" ގެ އަޑު ނުކުމެއެވެ.
Print

ދިވެހިބަހުގައި ކަންއިތުރު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުﷲ ޢިމްރާން،  އދ. ހަންޏާމީދޫ

ކަންއިތުރަކީ ކަމަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ލަފުޒެއް ނުވަތަ ލަފުޒުތަކެކެވެ. އެހެނީ ކަންއިތުރުގެ ގޮތުގައި ލަފުޒެއްގެ އިތުރުން ބަޔާންވެސް އާދެއެވެ. މިހާތަނަށް ޝާއިޢު ކުރެވިފައިވާ ޤަވާއިދު ފޮތްތަކުގައިވެސް ބަޔާންކޮށްފައި ހުންނާތީ ފެންނަނީ ކަމަކަށް އިތުރު ސިފައެއް، ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ބަހަކީ ނުވަތަ ބަސްތަކަކީ ކަންއިތުރުގެ ގޮތުގައެވެ. މިގޮތަށް ކަންއިތުރު އައުމުގައި ކަމުގެ ކުރިއަށް އަދި ފަހަތަށްވެސް ކަންއިތުރު އާދެއެވެ. ވީމާ ކަންއިތުރަކީ ހިނގި، ހިނގާ، ހިނގައިފި، ހިނގާނެ ނުވަތަ ހިނގައިފާނެ ކަމަކަށް އިތުރު ސިފައެއް ގެނެސްދޭ ކޮންމެ ލަފުޒެއް ނުވަތަ ލަފުޒުތަކެއް ކަމަށް ދެންނެވިދާނެއެވެ.
Print

މުޅި އޮޑީގައި ޙަސަނު ދެފައި

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުﷲ ޞާދިޤު
     
މިއީ މިސާލު ބަހެކެވެ. މިސާލު ބަހޭ ކިޔަނީ ހިނގާފައި އޮތް ކަމަކަށް ނިސްބަތްވާގޮތަށް ޖަހާ މިސާލަށެވެ. މިކަން ވީގޮތް މި ދަންނަވަނީއެވެ.

ދަތުރު އޮޑީގެ މީހުން ރަށެއްގައި ޖައްސާފައި ފެން ބަލައި ރަށަށް ފައިބަމުން އޮޑީގައި ބޭއްވީ ޙަސަނެވެ. ބޮއްކުރާގައި އެމީހުންނަށް އެއްގަމަށް ފޭބުނީ ވަރަށް ގިނައިރުވީ ފަހުންނެވެ. އެއީ ފަޅު ބޮޑު ކަމުންނާއި ފަޅު ދަތިކަމުންނެވެ.
Print

"ނަމަވުން"، މިއީ ޒަމާނުގެތެރޭގައި ހިމަނަންޖެހޭ ބައެއްކަމަށް ޤަބޫލުކުރަންތަ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ނަމަވުމާއި އެހެންޒަމާންތަކާ ހުރި ފުށުއެރުންތައް


މުސާ ޝަރީފު ޢަލީ ޝަރީފު، ދުންފިނިގެ، ލ. މާވަށް

1.    ތަޢާރުފު

ބަހުގެ ގަަވާއިިދާ ބެހޭގޮތުން، އެންމެ ފުރަތަމަ ވާހަކަދައްކައިފައި ވާ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 4 ވަނަ ޤަރުނުގެ ތެރޭގައި ގްރީކްގެ ބަސްވާރުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު ވެސް ދުނިޔޭގައި ވާހަކަދެކެވެމުން އަންނަ އެކި ބަސްބަހުގެ ޤަވާޢިދާމެދު ބަސްވެރިންނާއި ބަސްވާރުންނާއި ޢިލްމުވެރިން އަންނަނީ ޤަވާޢިދު ފޮތްތަކެއް ލިޔަމުންނެވެ. މި ގޮތުން، ދިވެހިބަހުގެ ގަވާއިިދާ ބެހޭގޮތުން ލިޔެފައިވާ އެންމެ އިހުގެ ލިޔުމެއްކަމަށް ބެލެވެނީ، ނައިބު ތުއްތު ލިޔުއްވާފައިވާ ތަޤްވީމުއްލިސާނިއެވެ. ނުވަތަ ތާނަލިޔުމުގެ ގަވާއިދެވެ. ނުވަތަ މި ދެ ފޮތެވެ.
Print

الله، إلـه، ربّ، މާތްރަސްކަލާނގެ، ރަސްކަލާނގެ، މާތްކަލާނގެ، އިނބަރަސްކަލާނގެ، އިނބަސުވާމީންގެ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


މި މަޒުމޫނުގެ މައިގަނޑުނަން ފެނިވަޑައިގަތުމުން މިއީ ދީނީ މަޒުމޫނެއްކަމަށް ހީފުޅުވެދާނެ އެވެ. މަޢާފުކުރެއްވުން އެދެމެވެ. މިއީ ހަމަ އަދަބީ މަޒުމޫނެކެވެ. ވީމާ މި ނުކުތާއަށް ސަމާލުކަންދެއްވައިގެން މި މަޒުމޫނު ވިދާޅުވެދެއްވުން އެދެމެވެ.

އަޅުގަނޑުމެން މުސްލިމުން ހިތުގެ އަޑިން ޤަބޫލުކުރާ ފަދައިން އަޅުގަނޑުމެން އެންމެން ހައްދަވައި ގެންގުޅުއްވައި ބަލަހައްޓަވައި ބޮޑުކުރައްވައި އަޅުގަނޑުމެންނަށް އެންމެހައި ނިޢުމަތްތައް ދެއްވަނީ  الله سبحانه وتعالى އެވެ.

އިތުރު މަޒުމޫން...

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ