އަދުގެ ޚާއްސަ

ވާހަކަ

Print

މަޖުބޫރު ލޯބި (20)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

[މިސިޒް ޖަލާލީއެވެ. ތިޔައީ ހަމަ ޙަޤީޤަތުގައިވެސް ވަރަށްފިނޑި ކުއްޖެކެވެ. އަހަރެން މުޅިގެ ބަލައިފީމެވެ. އެއްވެސް މީހަކު ނެތެވެ. އަހަންނަށް ހީވަނީ ތިހިރީ ހިތްބިރު ގެންފައި ހެންނެވެ.]

ޖަޔާ ގޮނޑިން ތެދުވެއްޖެއެވެ. އޭނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ. [ޚުދް އަހަރެންގެ ލޮލުންދުށީމެވެ.]
[މީހެއްހެއްޔެވެ.]

[ހީވަނީ މީހެއް ހެންނެވެ.]
Print

ދިހަ ސިކުންތު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


އާދަމް ނަޞީރު އިބްރާހީމް  (2011)   
   
މެންދަމުން އަލިވެގެން ދިޔައީ އެވެ.  ހަސްފަތާލުގެ އައި. ސީ. ސީ. ޔޫ ގެ ކުރި މަތީ ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އޭނީ ޒީނިޔާ އެކަނި މާ އެ ކަންޏެވެ.  އިރު  އިރުކޮޅުން އޭނާ ކޮންމެ ވެސް ނަންބަރަކަށް އެބަ ފޯނު ކުރެ އެވެ. ''މިހާރު ހުޅުމާލެ އާ އަރާ ހަމަވަނީ'' އެންމެ ފަހުން ކުރި ކޯލަށް ލިބުނު ޖަވާބަކީ މި އެވެ.
Print

މަޖުބޫރު ލޯބި (19)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

[އާނއެކެވެ..........]

[މިހާރު މިގެންނަނީއެވެ. އަހަރެން މިހުންނަނީ ޖަޔާ ތެދުވުމުގެ އިންތިޒާރުގައެވެ.]

މިސިޒް ހެރަލްޑް ކޮޓަރިން ނުކުމެއްޖެއެވެ. ޖަޔާ އޮށޯވެލައިގެން އޮވެ ކޮޓަރި ތެރެއަށް ބަލަމުން ގެންދިޔައެވެ. ދުވާލުގެ އަލިކަން ފަނޑުވެފާވެއެވެ. ފަޟާއަށް މަސްތުކަމެއް ވެރިވެފައިވެއެވެ. ބެޑްރޫމް ޒީނަތްތެރި ކޮށްފައިވާގޮތް ވަރަށް ރީއްޗެވެ. އެހެންކަމުން އޭނާ ފިސާރި ބަލާހިތުން އަދި ހިތްހަމަ ޖެހިލައިގެން އޮވެ ބަލަމުން ގެންދިޔައެވެ. ކޮންމެ އެއްޗަކީ އަޖާބުކުރުވަނިވި ޚިޔާލީ އެއްޗެއް ފަދައެވެ.
Print

މަޖުބޫރު ލޯބި (18)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

ހިތްހަމަ ޖައްސާލައިގެން އޭނާ ލޯމަރާލައިފިއެވެ. އެކަނިވެރިކަމުގެ ބިރު އަދިވެސް އޭނާގެ ހިތަކުން ފިލާ ނުދެއެވެ. އޭނާ ޖަލާލީ ދެކެ ރުޅިއައެވެ.

އެންމެ ފުރަތަމަ ދުވަހު ކުރަން ޖެހުނު ތަޖުރިބާއަކީ މިއެވެ. ކުރިއަށް އޮތްތާނގައި ކިހިނެއްވާނެ ބާވައެވެ. އޭނާ ޚިޔާލުތަކުގެ ތެރޭގައި އޮވެގެން ވިސްނާލިއެވެ.
Print

ކާފަ ދަރިފުޅު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



ޢަލީ މުނީޒު، ހދ. ނޮޅިވަރަން

 
ފަހަކަށް އައިސް ޙަސަނު ހުންނަނީ ނުތަނަވަސް ވެފަ އެވެ. ހާސްވެފަ އެވެ. ދިރިއުޅުމުގެ އަގުތަށް މަތިވާތީ އެވެ. އަތްމަތި ދަތިވެ ކުރަންޖެހޭ ޚަރަދުބަރަދު ގެ ބޮޑުކަމުންނެވެ. މާލެދަތުރުކޮށްގެން އިހު ލިބުނު އާމްދަނީ މިހާރު ނުލިބޭތީ އެވެ. އަތަށް އަރާ ފައިސާފޮތި ދޫވެގެންދާލެއް އަވަސްކަމުންނެވެ. ބައެއް ދުވަސްދުވަހު އެންމެ ދޮޅަހަކަށް ރުފިޔާ ލިބޭތީ އެވެ. އެ ލިބޭ މަދުމަދު ރުފިޔާކޮޅުން ބައިލާރިވެސް އިރުއަރާއިރު ނޯންނާތީ އެވެ.
Print

މަޖުބޫރު ލޯބި (17)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

19 ނޮވެމްބަރު (ހޮނިހިރު) އާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

ހުރިހާ ހިތްވަރެއްގައި ފިނި ހިފާފައިވެއެވެ. އެއްބަނޑު ތިމާގެ މީހުން ދޫކޮށްލާފައި އެތައް މޭލެއް ކަޑައްތުކޮށްފައި އޭނާ މިހިސާބަށް މިއައީ ޖަލާލީ އަށްޓަކައެވެ. އޭނާ މިތާގައި ނެތުމުން ޖަޔާގެ ހިތުގައި ކޮންމެވެސް ވަރަކަށް ކޫރުން އެޅިއްޖެއެވެ.

ވާހަކަ ދެކެވެމުން ދިޔައެވެ. ޖަޔާހުރީ ހަމަހިމޭނުންނެވެ. މިސިޒް ރަފީޤު އޭނާގެ ކައިރިއަށް އައިސް ބުންޏެވެ. [ނާޖިޔާއެވެ. ކަންބޮޑުނުވާށެވެ. ވިޔަފާރީގެ ކަންތައްތަކުގައި ޖަލާލީ އަބަދުވެސް އުޅެނީ އެކަހަލަ ގޮތަކަށެވެ.
Print

ނެތިދިޔަފަހުންނެވެ...

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



މުޙައްމަދު ޝާހީން، ބޮކަރުމާގެ، އދ.ކުނބުރުދޫ

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސެންދަނީއެވެ. މިފަދައިން ތަކުރާރުކޮށް ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދާނެއެވެ. އިރުގެ ގަދަ އަލިކަން ފަނޑުވެ ދުނިޔެއަށް އަނދިރިކަން ވެރިވަނީއެވެ. ނަމަވެސް ހައިޝަމްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލެއް ނާދެއެވެ. އެއެކަނިވެރިކަމާއި މާޔޫސްކަމެވެ. ހާސްކަމާއި ނުތަނަވަސްކަމެވެ. އާދައިގެ މަތީން މިއަދުވެސް ހައިޝަމް އެއިނީ، އޮއްސެމުންދާ އިރާއެކު، އުދަރެހަށް އަރާފައިބަމުން އެދާ ކުލަތަކާއި، ސާފުމޫދަށް ގެނުވާ ރަންދޯދީގެ ޖަރީކަމާއި، ޖެހޭ ހިތްގައިމު ވައިރޯޅީގެ ބީހުންތަކާއި، ގަސްގަހާގެހީގެ ހެލުންތަކުން އުފައްދަމުންދާ ހަމަހިމޭން މިއުޒިކުގެ އަޑުން ހިތްހަމަޖެހުން ހޯދުމަށް ސާފު ދޮންވެލި ތުނޑީގައި އިށީންދެލައިގެންނެވެ.
Print

މަޖުބޫރު ލޯބި (16)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

12 ނޮވެމްބަރު (ހޮނިހިރު) އާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

މުޅިގެ އާގޮތަކަށް ބަދަލުކުރުވިއެވެ. ވަރަށްރީތިކޮށް ތަރުތީބުން އެއްޗެހިތައް ބެހެއްޓިއެވެ. ބެޑްރޫމް މީރުވަސްދުވާ މާމަލުން ފުރުވާލިއެވެ. ކޮޓަރި ހީވަނީ މަލުގެ ދާނެއް ހެންނެވެ. ކުލަކުލައިގެ މާބުރުތައް މަލުން ފޮނި ބުއިމަށްޓަކާ އެކޮޓަރި ތެރެއަށް ވަންނަމުންދާ ކަހަލައެވެ. ނޫކަލައާ އަޅިކުލައިގެ ވިލާތައް ކޮޓަރިއަށް ވަންނަމުންދާ ކަހަލައެވެ.
Print

މަޖުބޫރު ލޯބި (15)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

7 ނޮވެމްބަރު (ހޯމަ) އާ ގުޅޭ

ގައްދޫ މުޙަންމަދު ރަޝީދު

އޭނާ އިސް އުފުލާފައި މަންމައާ ބައްޕައަށް ބަލާލިއެވެ. އޭނާގެ މުޅި ޙަޔާތުގައިވެސް މަންމައާ ބައްޕަ މިހާ އުފާވެފައިތިބި މަންޒަރެއް ނުދެކެއެވެ. ފަޚުރުވެރިކަމުގެ އިޙްސާސުން އެދެމީހުންގެ މޫނު ވިދާ ބަބުޅަމުން ދިޔައެވެ. އުފަލުންގޮސް ފައިވެސް ތުރުތުރު އަޅައެވެ. މިއަދު އެމީހުންގެ ދަރަޖަ ކިހާމަތިވެރި ހެއްޔެވެ.

އޭނާ ތާނިޔާ ދައްތައަށް ބަލާލާފައިވެސް ޙައިރާން ވެއްޖެއެވެ. ދައްތަގެ އޮއްސިފައިވާ މޫނު މިއަދު ކިހާވަރަކަށް އެބަ ވިދާބަބުޅާ ހެއްޔެވެ. އޭނާ މެހްމާނުންނާ އިސްތިޤްބާލު ކުރަމުން އެގެންދަނީ ކިހާ ޔަޤީންކަމަކާ އެކުގައި ހެއްޔެވެ.
Print

މަޖުބޫރު ލޯބި (14)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

19 ސެޕްޓެމްބަރު (ހޯމަ) އާ ގުޅޭ...

ގައްދޫ މުޙަންމަދު ރަޝީދު

[މިދަނީއެވެ. ދައްތާއެވެ.............] ޖަޔާ އެނދުން ތެދުވެއްޖެއެވެ. އަނެއްކާވެސް ފޮޓޯގަނޑު ނަގައިފިއެވެ. އިޙްސާންތެރިކަމާއެކު ބަލާލިއެވެ. ދެން އެނދުގެ ބޯލާކޮޅުގައިހުރި އޭނާގެ ފޮއްޓަށް ލައިފިއެވެ. ކާވެނިކުރަން ހަމަޖެހުނީއްސުރެ ޖަޔާ އެކަނި އިނދެގެން މިފޮޓޯއާ ވާހަކަ ދައްކާ ހަދައެވެ. ގޭތެރޭގައި އުފާވެރިކަމުގެ ތުނި ވާރޭވެހެމުން ދިޔަވަރަކަށް ޖަޔާގެ ޖަޒްބާތުތައް ފޮޓޯއިން ފުރިހަމަވަމުން ދިޔައެވެ.
Print

ސާދަ ވިލޭރޭ (10)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ



ބިންމާ އިބްރާހިމް ވަހީދު
 
                                                            (21 އޮކްޓޯބަރ 2011 ގުޅޭ)
ދަންވަރުގެ ވަގުތެވެ. މޭޒުމަތީގައިހުރި ސޯނާގަޑީގެ އަޑު ފިޔަވައި އެހެން އަޑެއް ނީވެ އެވެ. ޖެހިލި ވައި ރޯޅިއަކާ އެކުގައި، ފުރާޅުމަތީގައި ހުރި ހިކި ފަތްތައް ވަޔާ ބުރުއްސައިލި އަޑު އިވުނެވެ. ކޮޓަރިގައި ދިއްލައިފައިވާ ބޮކީގެ ފަނޑު އަލި، އިތުރަށް ފަނޑުވި ކަހަލައެވެ. މޫސަ އާއި ސައީދާ ތިބީ ނިދައިފައެވެ. ކުއްލިއަކަށް ސައީދާގެ ލޯ ތަންމިނަށް ހުޅުވައިލި އެވެ. އަދި ގަޔާވެފައި ހުރެގެން ސައީދާ ތެދުވި އެވެ.
Print

ޚާދިމުގެ އަރާމާމެދު....

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ޞާދިޤު

އިސްލާމުންގެ އެންމެ ބޮޑު އެއް ވެރިޔަކު ކަމުގައިވާ ޚަލީފާ ޢުމަރުބުނު ޢަބްދުލްޢަޒީޒާ ބައްދަލުވުމަށް ރައްޓެއްސަކު އަތުވެއްޖެއެވެ. އޭނާގެ ނަމަކީ ރަޖާބިން ޙަޔާތެވެ. ސަރުކާރުގެ މަސައްކަތްތަކުން އަވަދިވެ ވަޑައިގެން، އޭނާ ގެންދެވީ، ޚަލީފާ ރޭގަނޑު އަރާމު ކުރައްވާ ކޮޓަރިއަށެވެ.

ޚަލީފާގެ އަމުރުފުޅާ އެއްގޮތަށް، ޚާދިމުން، އެ މެހުމާނަށް ވެސް އެކޮޓަރި ކޮޅުގައި ތަންމަތި އަޅައިދިނެވެ. ޚަލީފާގެ ޚާއްޞަ ޚާދިމު، ކޮޓަރިކޮޅުގެ އެއް ކަނެއްގައި އިނެވެ. އެއީ، ޚަލީފާ އަވަހާރަލެއްޕެވީމާ ނިދާން ކަމަށެވެ.
Print

ސާދަ ވިލޭރޭ (9)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ



ބިންމާ އިބްރާހިމް ވަހީދު
 
                                                       (06 އޮކްޓޯބަރ 2011 ގުޅޭ)
"އެކަނި އިންނަން ބިރެއްނުގަނޭ؟" ސައީދާ ސުވާލު ކުރި އެވެ.
"ނޫނޭ ވަރަށް ބިރުގަނޭ!" ގޮތްދައްކާލާފައި މޫސަ ބުންޏެވެ. "އަޅެ ސައީ ނުދާތި. ބަލަ މިހާރުވެސް އަހަރެން މިއޮއް ތުރުތުރު އަޅަނީ. ރޫޅެނީ. މަންމާ!"

"ހާދަހާ އާޓު ބޮޑު ފިރިހެނެކޭ. ވަރަށް ފޫހިވޭ ...." ހީނގެންފައި ސައީދާ ބުންޏެވެ. "އޭނާ އައިމާ މަށަށް ގުޅާތި."
Print

ދެކަފި

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



އަޙްމަދު ފަޔާޒް – އއ. ބޮޑުފޮޅުދޫ


ބުރަ ދުވަސް ކޮޅެކެވެ. އަބަދުވެސް ހުންނަން ޖެހެނީ ކޮންމެވެސް ކަމަކާ ދޭތެރޭ ފިކުރު ކޮށްލަކޮށްލައެވެ. ފިކުރަކީ ލިބޭ އާމްދަނީއާ ކުރަންޖެހޭ ޚަރަދާ ދިމާނުވުމެވެ. ބައެއް މީހުން ހިތަށް އަރާނެއެވެ. އަހަންނަކީ އަތްނބެއް ދަރިއެއް ހުންނަ މީހެއް ނޫނެވެ. ދެން ކުރަނީ ކޮން ޚަރަދެއް ހެއްޔެވެ؟ އެކަމަކު އެކަން އެނގޭނީ ބަލާ މީހަކަށެވެ.

އޮފީސް ނިމުނީ ރޭގަނޑުން ބަޔަކާ ލައިގެންނެވެ. ގެޔަށް މިސްރާބު ޖެހީ ވެސް އިތުރު އެހެން ކަމެއް ނުކޮށް ނިދައިލުމަށް އަޒުމް ކަނޑައަޅައިގެނެވެ. ގެއަށް އައިސް ވަރަށް އަވަސް ކޮށްލައިގެން އޮށޯތީމެވެ.
Print

ކަރުބަލާގެ ޝަހީދު

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ


ًޢަބްދުﷲ ޞާދިޤު

އަމީރު މުޢާވިޔަތުގެފާނުގެ އަވަހާރަވުމަށްފަހު، އެކަލޭގެފާނުގެ ދަރިކަލުން ޔަޒީދު ޚަލީފާކަމަށް އިސްވެވަޑައިގަތުމާއެކު ޔަޒީދުގެ ގަވަރުނަރުންނާއި އޮފިސަރުންނަށް އަމުރުކުރެއްވިއެވެ. "އަހަރެންގެ ޚަލީފާކަން ޤަބޫލުނުކުރާމީހުން ލައްވައި އަހަންނަށް ކިޔަމަންވުމަށް ހުވާކުރުވާށެވެ! އެކަމާ ދެކޮޅުހަދާ މީހަކު ހުރެއްޖެނަމަ އެ މީހަކު ވަގުތުން ޤަތުލުކޮށްލާށެވެ!"

ޒިޔާދުގެ ޚަލީފާކަން ޤަބޫލުނުކުރާ މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއްބޭފުޅަކީ، ސަލާމާއި ޞަލަވާތްލެއްވި، ކައުއިތުރު رسولﷲ ގެފާނުގެ ކާފަ ދަރިކަލުން، ޢަލީގެފާނުގެ ދަރިކަލުން އިމާމު ޙުސޭނުގެފާނެވެ. ޔަޒީދަކީ ޚަލީފާއަކު ކަމުގައި ޤަބޫލުފުޅު ކުރެއްވުމާމެދު އެކަލޭގެފާނު އިންކާރުވެ ވަޑައިގަންނަވަނީ ދެސަބަބަކަށްޓަކައެވެ.
Print

އަޖައިބެއްކަހަލަ ކައިވެންޏެއް

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ޞާދިޤު

މާތްރަސްކަލާނގެ ރަޙުމަތްލެއްވި ސަޢީދު ބުނު މުސައްޔަބަކީ ހިޖްރައިން ފުރަތަމަ ސައްތައިގެ ތެރޭގައި އުޅުއްވި މަޝްހޫރު މާތް ޢިލްމުވެރިއެކެވެ. މާތްރަސްކަލާނގެ ސަލާމާއި ޞަލަވާތްލެއްވި ކައުއިތުރު ރަސޫލާގެ ވަރަށްގިނަ ޞަޙާބީން އެކަލޭގެފާނު ދެކެވަޑައިގަތެވެ. އަދި ވަރަށްގިނަ އަހަރުތަކެއް ވަންދެން އެބޭކަލުންގެ އަރިހުން ޢިލްމު ޙާޞިލު ކުރެއްވިއެވެ. މިގޮތުން އެކަލޭގެފާނު ވަރަށް ބޮޑު ޢާލިމަކަށްވެވަޑައިގަތެވެ. އެއީ ކިހާ ބޮޑު ޢާލިމެއްތޯއެވެ؟
Print

ސާދަ ވިލޭރޭ (8)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ



ބިންމާ އިބްރާހިމް ވަހީދު
 

                                              (22 ސެޕްޓެމްބަރ 2011 ގުޅޭ)

ފޮށިތައް ހިފައިގެން އެ މީހުން ހިނގައިގަތެވެ. މޫސަމެންވެސް ހިނގައިގަތެވެ. މޫސަ ހުރީ ލެޕްޓޮޕް ކޮޑުގައި އަޅުވައިގެންނެވެ. އަދި، ހިނގުމުގައި ކުޑަކޮށް ކޮރުޖަހަމުން ގެންދިޔަ އެވެ.

"ދޭންވީނު މަގޭ އަތަށް؟" ނައީމްބެ ބުންޏެވެ.

މޫސަ ލެޕްޓޮޕް ދިނެވެ. އަދި ޝުކުރު ވެސް އަދާކުރިއެވެ.
މާލެއާ ޚިލާފަށް، ރަށުގެ މާހައުލު އަޑު މަޑުވެފައި، ރޯޅިތައް ނަލައެވެ.
Print

ހިނދުކޮޅެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



"އިންސާނީ ޙަޔާތުގެ ވާހަކައަކީ އެއިން އެހެން އިންސާނުން ތަޖުރިބާ ހާސިލްކޮށް ކުރިމަގު ސީދާކުރުމަށް އޮތް ވަސީލަތެކެވެ."


އަހްމަދު ފަޔާޒް – އއ. ބޮޑުފޮޅުދޫ

ރަށުތެރެއަށް ވެރިވެފައިވާ އަނދިރިކަން އިތުރަށް ނަމާންކުރުވަނީ ޖެހެމުންދާ ބާރުވަޔާއި އިވެމުންދާ ބާރު ގުގުރިންނެވެ. ދިރިހުރި އެއްވެސް އެއްޗެއްގެ ނިޝާން ވެސް މަގެއްގެ މަތިން ފެންނާކަށް ނެތެވެ. ހީވަނީ ނާމާން ސަހަރާއެއްހެންނެވެ. ކަނުއަނދިރީގެ ތެރެއިން އެއްޗެއް ފެންނަނީ ވިދައިލާ ވިދުވަރުގެ ތެރެއިންނެވެ. ހާމައަށް އޮތް މަގުގެ ދެކައިރީގައި ކުދިކުދި ޖިފުޓިހެން އަޅައިފައިވާ ގެތައް ވެސް ހީވަނީ ދެންމެދެންމެ ވަޔާ އެއްލައިލައިފާނެހެނެވެ. ވިއްސާރަ އިރެއް އިރަކަށްވުރެ ބޯވެފައި ގުގުރީގެ އަޑު އިރެއް އިރަކަށްދަނީ ގަދަވަމުންނެވެ.
Print

ސާދަ ވިލޭރޭ (7)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ



ބިންމާ އިބްރާހިމް ވަޙީދު
 
                                                 (25 އޮގަސްޓް 2011 (ބުރާސްފަތި) އާ ގުޅޭ)

"ނޫނެކޭ!" މޫސަ ބުންޏެވެ. "ކުރިންވެސް ބުނީމެއްނު! އަހަންނަށް ހީވީ ކުރިމަތީގައި އަންހެން ކުއްޖަކު ހުރިހެން. އެކަމަކު، ވެދާނެ އެއީ ހީވި ގޮތެއް ކަމަށް ވެސް. ނުނީ ވެދާނެ ނާޑުވާއަށް ފައިން އެރުނީ ކަމަށްވެސް."

"އަހަރެން ބުނަން... މާބޮޑަށް ބިޒީކޮށް ތި އުޅެނީ. ސިކުޑިއަށް ރެސްޓެއްދީ!" އީސަ ނަސޭހަތް ދިނެވެ.

"މަށަށްވެސް އެބަ ހީވޭ ތިހެން. އެކަމަކު، މިރޭ މީ ވެޑިންއަށް ހަތަރުއަހަރު ފުރޭ ރޭ. ސެލަބްރޭޓު ކުރަން ތާކަށް ދާން ވެސް އެބަޖެހޭ. ކިހިނެއް ރެސްޓް ކުރާނީ؟" ގަޑިއަށް ބަލައިލަމުން މޫސަ ބުންޏެވެ.
Print

އެ ދުވަސް ފޮހެލެވޭނެ ހެއްޔެވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ


ލިޔުނީ: އަޙްމަދު ނާފިޢު ބ.ދަރަވަންދޫ

"ޝިފާ. ޝިފާ. ދަރިފުޅާ އަދިވެސް ހޭލާކަށް ނުވޭތަ؟ މިހާރު ގަޑިން އެހެރަ 7 ޖެހީ. އަދިވެސް ތިޔަ އޮތީ ނިދައިފައި. އަދި މިއީ ދަރިފުޅުގެ ފަހު އަހަރު. މި ފަހަރު ދަރިފުޅު ވާނެ ބަރާބަރަށް ސްކޫލަށް ދާން. އަދި ޓިއުޝަނަށް ވެސް ދާން. މަންމަ އަންނާނަން ދަރިފުޅު ފެންވަރަން ވާއިރަށް ސައި ހަދައިފައި. އަވަސް ކުރާތި!" ފަރީދާ މިހެން ބުނެފައި ބަދިގެ ފަރާތަށް ގޮސް ސައިތައްޔާރު ކުރަން ފެށިއެވެ.

ޝިފާ  އަވަސް އަވަހަށް ތެދުވެ ގަޑި ބަލައިލިއެވެ. "އަސްތާ! މިހާރު އެ އޮތް ސްކޫލަށްދާ ގަޑި ކައިރިވަނީ." މިހެން ހިތަށް އަރައި ތެދުވެ ފެންވަރައިލައިގެން ޔުނީފޯމް އަޅައި ތައްޔާރުވެލި އެވެ. އަދި ފޮތްތައް ހިފައިގެން ގެއިން ނިކުންނަން ފެށުމުން ފަރީދާ އެހިއެވެ.ފަރީދާ: ދަރިފުޅާ! މިއަދު ސައި ނުބޮއި ސްކޫލަށްދާ ދުވަހަކީތަ؟

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ