އަދުގެ ޚާއްސަ

ވާހަކަ

Print

މަޖުބޫރު ލޯބި (13)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

ފައުޒިއްޔާގެ ފޯނުގެ ވަގުތު ކައިރިވަމުން އައިވަރަކަށް އޭނާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އަޖައިބެއްފަދަ ކަމެކެވެ...... ފޯނު ރަނގަބީލު ވެއްޖެއެވެ.

ރިސީވަރު އުފުލުމާއެކު އޭނާގެ ހިތް ތުރުތުރު އަޅައިގަތެވެ.

އެކަމަކު މިއީ ފައުޒިއްޔާގެ ފޯނެއް ނޫނެވެ. ވަހަކަ ދައްކަނީ ތާބުޝްއެވެ.

[މައްސަލަ ނިމިއްޖެ ހެއްޔެވެ؟ ޚަބަރު ކިހިނެއް ހެއްޔެވެ؟]
Print

ބަރުބާދުވީ ޙަޔާތް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



އަޙްމަދު ނާފިޢު, ބ.ދަރަވަންދޫ  

އައްޑު އަތޮޅު ހިތަދޫ / ބަރުބާދުގޭ އަލީ ސަލީމް (އަސްލު ނަމެއް ނޫން) އާއި އެރަށު / ބަރޯސާގޭ ހުސްނާ ޢުމަރާއި (އަސްލު ނަމެއްނޫން) ދެމީހުން ކައިވެނިކޮށްގެން އުޅޭތާ 20 އަހަރު ވީއިރު އެދެމަފިރިންނަށް 3 ކުދިން ވަނީ ލިބިފައެވެ. އެތިން ކުދިންގެ ތެރޭގައި ޢުމުރުން 10 އަހަރުގައި ބާލިޣުވެ ފުރާ ފުރިހަމަވެފައިވާ ޒުވާން ރީތި އަންހެން ކުއްޖަކު ހުރެއެވެ. އޭނާގެ ނަމަކީ ސާރާ އަލީ (އަސްލު ނަމެއް ނޫން) އެވެ. ސާރާ އަކީ އެދެމަފިރިންގެ އެންމެ ދޮށީ ދަރިފުޅުވެސް މެއެވެ. މި ތިން ކުދިންގެ އިތުރުން މިގޭގައި އިތުރު މީހަކު އުޅެމުން ގެންދެއެވެ. އެ މީހަކީ މާލެއަށް ނިސްބަތްވާ ހ.ދިލްކޮށާގޭ ފަރުހާދު މޫސާ (އަސްލު ނަމެއް ނޫން) އެވެ. ހުސްނާ، ސާރާ ވިހައިގެން ހަތަރު ވަނަ އަށް ވީ ދުވަހުން ފެށިގެން ފަރުހާދު އެ ގެއަށް ގޮސް އުޅެއެވެ.  ފަރުހާދު ހުސްނާ މެންނާ ރައްޓެހިކަމުގެ ގުޅުން އުފެދުނު ފަހުން އޭނާ ސ.ހިތަދުއަށް ހިނގައްޖެ ނަމަ ހުންނަނީ ވެސް ހުސްނާމެން ގޭގައެވެ.
Print

އެ ދުވެލި މަޑުކުރެވުނުނަމަ....

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ

      

އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ           

ދުވަހަކީ ހޮނިހިރު ދުވަހެކެވެ. މެންދުރުގެ ކެއުމަށް ތަށިމަތި ތައްޔާރު ކުރުމުގެ މަސައްކަތުގައި ފަރީޝާ ހޭބޯ ނާރައި އުޅެއެވެ. ފަޔާޒު ވަރަށް ބަޑުހައިވެފައި ހުރެ ފަރީޝާ އަށް ގޮވައިލިއެވެ. އަދިވެސް ކާން ނުހެދެނީ ހެއްޔެވެ. '' ނޫނެކެވެ. ކާން ތައްޔާރުވެއްޖެއެވެ.'' ދެކުދިން ގޮވައިގެން ކާ މޭޒުދޮށަށް އައުމަށް ފަރީޝާ ފަޔާޒަށް އިޝާރާތް ކުރިިއެވެ. ފަޔާޒު ދެ ކުދިން ގޮވައިގެން ގޮސް ކާން ފެށިއެވެ. އަދި ކައިނިމިގެން ފުން ނޭވާއެއް ލުމަށްފަހު ވަރުބަލިވެފައިވާ ރާގަކަށް ދަރިފުޅު ރީޝާ އާ ދިމާއަށް ބަލައިލަމުން ބުންޏެވެ.
Print

ނުބައި ނަންބަރެއް(2)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



މުޙައްމަދު ޝާހީން، ބޮކަރުމާގެ، އދ. ކުނބުރުދޫ

                                                   (7 ސެޕްޓެމްބަރ 2011 (ބުދަ) އާ ގުޅޭ)

ގެއަށްގޮސް ވަނުމާއެކު މައިގޭތެރޭ ސޯފާގައި ތިބި އަހަރެންގެ މަންމައާއި ބައްޕައާ ކުރިމަތިލާން ޖެހިއްޖެއެވެ. " ދަރިފުޅާ! ހާދަ ލަހަކުންނޭ މިހާރު ގެއަށް ތިއަންނަނީ! އެއްޗެއް ކައިފިންތަ؟ މިހާރަކަށް އަހިސް ކިހިނެއް ތިއުޅެނީ ؟ " ބައްޕަގެ ޝަކުވާއެވެ.

"މިވަގުތު އަހަރެން މިއުޅެނީ ވަރަށް ބޮޑަށް ބޮލަށް ތަދުވާތީ.. މިދަނީ ނިދަން" ސުވާލާ ގުޅުމެއްނެތް އަހަރެންގެ އަދަބު ކުޑަ ޖަވާބެވެ.

Print

ނުބައި ނަންބަރެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



މުޙައްމަދު ޝާހީން, ބޮކަރުމާގެ ، އދ. ކުނބުރުދޫ

ސައިކަލަށް އަރައި އިސްޓާޓުކޮށްލުމާއެކު ކުއްލި ލަތްކަކާއެކު ސައިކަލު ބާރު ސްޕީޑްގައި ދުއްވައިލީމެވެ. ފަހަތުގައި އިން އެކުވެރިޔާއަށް ލިބުނު ސިހުން ވެގެންދިޔައީ އަހަރެންނަށް ލިބުނު އުފަލަކަށެވެ. ހިތްހަމަޖެހުމަށެވެ. ހިނިގަނޑެއް ޖަހާލީމެވެ. ފުލުފުލުން އީނާޒު އާއި ކަމާލް ފަހަތުގައި ދެއެކުވެރިން ލައިގެން ސައިކަލުގައި ނައްޓައިލިއެވެ. އަހަރެމެންގެ މިސްރާބުހުރީ ޑައިނަމޯއާ ދިމާއަށެވެ. ތަނަކަށް ދާން ލަސްވެގެން ދާ ބަޔެއްފަދައިން އަހަރެމެން ސައިކަލް ދުއްވަމުން ދިޔައީ އިންތިހާދަރަޖައަށް ބާރު އިސްޕީޑެއްގައެވެ.
Print

މަޖުބޫރު ލޯބި (12)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

1 ސެޕްޓެމްބަރު (ބުރާސްފަތި) އާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

[ބޭބޭއެވެ!] ފައުޒިއްޔާ ވާހަކައިގެ ތެރޭގައި ބުންޏެވެ. [ޖަލާލީ ބޭނުންވަނީ އަޚްލާޤު ރަނގަޅު އަންހެން ކުއްޖެކެވެ. އޭނާއަށް އިންނާނެ މީހަކު ނުލިބިގެނެއް ނޫޅެއެވެ. އެހެން ޤައުމެއްގެ އަންހެން ކުއްޖަކާ އިންނާކަށް އޭނާ ފަހަރެއްގައިވެސް ޤަބޫލެއްނޫނެވެ. އެހެނަސް އޭނާގެ ފައިސާގަނޑާމެދު ދަހިވެތިވެގެން މެހިތަކެއް ފަދައިން އޭނާ ވަށައިގެން އެތައް އަންހެން ކުދިންނެއް އެނބުރުނެވެ. އޭނާ ބޭނުންވަނީ ތެދުވެރިކަމާއި އުފާވެރި ކަމާއެކު އުފާވެރި ދިރިއުޅުމެއް އުޅެލެވޭފަދަ މާތް އަންހެން ކުއްޖެކެވެ.
Print

މަޖުބޫރު ލޯބި (10)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

19 އޯގަސްޓު (ހުކުރު) އާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

ސަލާންގަލާމަށްފަހު ސޯފިޔާ ބުންޏެވެ. [އަހަރެންގެ ދައްތަ ފައުޒިއްޔާއާއި ކޮއްކޮ ރާފިޔާ އައިސް އެބަތިއްބެވެ.]

[އަޅުގަނޑު މިހާރު މިއަންނަނީއެވެ.] މިހެން ބުނެފައި އޭނާ އެނބުރިލައިފިއެވެ. އަތުގައި ހުރި އެއްޗެހިތައް އެއްފަރާތެއްގައި ބަހައްޓާފައި އަވަސް އަވަހަށް އިސްކުރުން އަތްދޮވެލައިފިއެވެ. އަދި ދޯޕައްޓާއިން އަތް ފޮހެމުން ގޯތި ތެރެއަށް ނުކުމެއްޖެއެވެ. ސޯފިޔާ މަންމައާއި ވާހަކަ ދައްކަން ހުއްޓެވެ.
Print

ކުށްވެރިޔަކީ އަހަންނެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



މަރިޔަމް ޒޫނާ މަތީން 
   

އެތަކެއް ހިތި ތަޖުރިބާތަކަކާއި ހިތްދަތި ދުވަސްތަކެއް ކަޑައްތު ކުރުމައްފަހު މި ރެއަކީ އައިހާގެ ހަޔާތަށް ވަރަށް ބޮޑު އުފާވެރިކަމެއް ވެރިކުރުވައިދިން ރެއެކެވެ. ހިތަށާއި ސިކުނޑިއަށް ފިނިކަމެއް ގެނެސްދިން ރެއެކެވެ. އަލަތު ކައިވެނީގެ ރެއެވެ. އެއީ އަންހެންކުއްޖެއްގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި އެއް ރޭކަން ގައިމެވެ. ޔަޒާނާއި އައިހާގެ ކައިވެނީގެ ހަފުލާއަށްޓަކައި ޔަޒާންގެ ގޭގެ ގޯތިތެރެ ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. ތަފާތު އެކި ކުލަކުލައިގެ ކުލަބޮކިތަކުން މުޅި ހިސާބުގަނޑު ވަނީ ޒީނަތްތެރި ކުރެވިފައެވެ. މެހުމާނުންނަށް ޚާއްޞަކުރެވިފައިވާ ގޮނޑިތަކާއި ނަން ހުސްކޮށް އަތުރައިފައިވާ ކާއެއްޗެހިން މުޅި ގޯތިތެރެވަނީ ފުރައިލައިފައެވެ.
Print

ސާދަ ވިލޭރޭ (6)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހިމް ވަހީދު

                                                  17  އޮގަސްޓް 2011 (ބުދަ) އާ ގުޅޭ

އާދަމްމަނިކު އެއް މޮހޮރު ނަގާފައި ލަކުޑިކޮޅު މަތީގައި ޖައްސައިފައި، މަރުތޭލުން އެއް ފަހަރު، މަޑުމަޑުން ޖެހިއެވެ. ނާޒިމާގެ އެއް އަތުގެ އިނގިލިތައް ކުއްލިއަކަށް ހަރަކާތްކޮށްލި އެވެ. މުނީޒު މަޑުމަޑުން ނާޒިމާގެ ފައިގެ ކަށިމަތީގައި ހިފަހައްޓައިލި އެވެ. އާދަމްމަނިކު ދެވަނަ މޮހޮރު ވެސް، މަޑުމަޑުން ލަކުޑިކޮޅަށް ވައްދައިލި އެވެ. އެ ފަހަރު ދޮރުފޮތިގަނޑު ވަޔާ، އެއްފަހަރު ހިއްލުނެވެ. ނާޒިމާގެ ލޯ ކުއްލިއަކަށް މެރިލާފައި މަޑުމަޑުން ހުޅުވާލި އެވެ. ކަލަންޑަރުގެ ގަނޑު ވެސް ވަޔާ ހިއްލުނެވެ.
Print

ބީވެދިޔައީ ދެލޮލުގެ ނޫރު އެކަންޏެއްނޫނެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



އިސްލާޢިލް ޢަލީ، ރ.ކަނދޮޅުދޫ

މުޙައްމަދުގެކޮންމެ ބަލައިލުމެއްގައިވަނީ ފޮނިކަމާއި އަސަރެވެ. ހިތުގެ ވިންދާ ކުޅެލާފަދަ ޖާޒުބިއްޔަތު އޭނާއަށް ލިބިފައިވެއެވެ. އެ ބެލުމުގައިވާ އަސަރަކީ ދަގަތްފާނީ ބާރެއްކަން ކަށަވަރެވެ.

އަހަރެންގެ ހިތް އެމަޢުސޫމު ޒުވާނާ ފަތަޙަ ކުރިއެވެ. ކޮންމެ ނޭވާޔަކާއި އެކު އެނަން ދުލުން ބޭރުކުރެވޭ ވަރަށެވެ. لا إله إلا الله މަތިވެރި ކަލިމަފުޅުން ބަރަކާތް ހާސިލް ކުރުމުގެ ބަދަލުގައި އަހަރެން އަބަދުވެސް މަސައްކަތް ކުރީ އެނަން ކިޔާލެވޭތޯއެވެ. އެނަމުން ހިތްހަމަޖެހުން ހޯދޭތޯއެވެ.
Print

އުމުރުން ޅަ ފަހުލަވާނު

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ




ޢަބްދުﷲ ޞާދިޤު

މިއީ، މިއަދުގެ ތޭރަސަތޭކަ އަހަރަށް ވުރެންވެސް ކުރީގެ ވާހަކައެކެވެ. ދުވަސްވަރަކީ، އިންޑިޔާގެ ރާޖާ ދާހިރުގެ ސިފައިންނާއި އިސްލާމުންގެ މުޖާހިދުންނާ ދެމެދު ވަރުގަދަޔަށް ހަނގުރާމަކުރެވެމުންދިޔަ ދުވަސްވަރެވެ. މި އާރާއި ބާރުގެ ބޮޑާކަމުގައި އެ ރަސްގެފާނު ވަރަށް ގިނަ އަންހެނުންނާއި ކުޑަކުދީން ހައްޔަރުކޮށްގެން އަނިޔާވެރިވި އެވެ. މި ކުށެއްނެތް އަންހެނުންނާއި ކުޑަކުދީންނަކީ، ދިވެހިރާއްޖޭގެ ޖަޒީރާތަކުން ފުރައިގެން ދަތުރުކުރާ އުޅަނދުތަކުގައި ޢަރަބި ކަރަޔަށް ދަތުރު ކުރަމުން ދިޔަ ބަޔެކެވެ. ރާޖާ ދާހިރަށް މިކަން އެނގިވަޑައިގަތުމާއެކު އޭނާގެ ސިފައިން ފޮނުއްވައިގެން އެ އުޅަނދުތަކުގައި ހުރި މުދާތައް ފޭރި، އެ ކުށެއްނެތް އަންހެނުންނާއި ކުޑަކުދީން ހައްޔަރުކުރެއްވިއެވެ.
Print

މަޖުބޫރު ލޯބި (9)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

11 އޯގަސްޓު (ބުރާސްފަތި) އާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

[ދައްތާއެވެ. އެއީ ވަރަށް ބަދުނަސީބު ކުއްޖެކެވެ. އޭނާގެ ޙާލުގެ ވާހަކަ އަހައިފިއްޔާ ރޮވޭވަރު ވާނެއެވެ. ކިހާ ލޯބިވެތި ސިފައެއް ލިބިފައިވާ ކުއްޖެއް ހެއްޔެވެ. އެކަމަކު ޙާލުހުރީ ކިހިނެއްކަމެއް އެކަކަށްވެސް ނޭގެނެއެވެ.]

ފައުޒިއްޔާ އާއި ރާފިޔާ އަސަރާއެކު އަޑުއަހަން ތިއްބެވެ.
Print

ސާދަ ވިލޭރޭ (5)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހިމް ވަހީދު
 
                                                (11 އޮގަސްޓް 2011 (ބުރާސްފަތި) އާ ގުޅޭ...)
ބިލެތްގަނޑު ފަޅައިލައިފައި ތަބަކަށް ލުމަށްފަހު، ފޯއްކޮޅެއް ވެސް އަޅައިލައިގެން ތަބަށް ހިފައިގެން ފައުޒިއްޔާ ނުކުތީ ގޯތިތެރެއަށެވެ. ގޯތިތެރެއަށް ވެރިވެފައިވާ އަނދިރިކަމަށް ވުރެ، އެ ދެމަފިރިންގެ ހިތަށް ވެރިވެފައިވާ އަނދިރިކަމާއި، ބިރުވަރިކަން މާ ބޮޑެވެ. މުނީޒު އޮތީ ބޭރު ޖޯލީގައި އޮށޯވެލައިގެން، ނިތްކުރި މަތީގައި އަތް ބާއްވާލައިގެންނެވެ. ހާމައަށް ފެންނަން އޮތް އުޑުގައި ފިޔަޖަހަމުންދާ ތަރިތަކަށް ބަލަހައްޓައިގެންނެވެ.
Print

މުޙައްމަދު ބިން ޤާސިމް (1 ވަނަ ބައި): ނާހީދު (3)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ޢަބްދުﷲ ފާރޫޤު ޙަސަން

                                                   (3 އޮގަސްޓް 2011 (ބުދަ) އާ ގުޅޭ...)

އަބުލްޙަސަނުގެ އެކުވެރީން ޝަބުނަމުން ތެމިފައިވާ ވިނަގަނޑުމަތީގައި ޗާދަރުތައް ފަތުރައިގެން އޭނާގެ ފަހަތުގައި ސަފަކަށް ކޮޅަށް ތިއްބެވެ. އަބުލްޙަސަން ނުހަނު ރީތި އަޑަކުން ސޫރަތުލްފާތިޙާ ކިޔެވުމަށް ފަހު އަނެއްކާވެސް ދެތިން އާޔަތެއް ކިޔަވައިފި އެވެ. ކީރިތި ޤުރުއާނުގެ މޫރިތި ލަފުޒުތައް ޢަބްދުއްޝަމްސްގެ ހިތުގައި ޚިޔާލުގެ ރާޅުބާނީތަކެއް އުފައްދައިލި އެވެ. އޭނާގެ އަވަށްޓެރީން ކަމުގައި ހިމެނޭ ޢަރަބީންގެ އެހެން މީހުންތައްވެސް އައިސް އޭނޭގެ ކައިރިއަށް އެއްވެއްޖެ އެވެ. އެބައިމީހުން އެބައިމީހުންގެ ޤައުމުގެ ޒުވާނުން އަޅުކަންކުރާ އައު ގޮތް ޝައުޤުވެރިކަމާއެކު ބަލަނީއެވެ. ރުކޫޢާއި ސުޖޫދަށް ފަހު ދެވަނަ ރަކުޢަތަށް ފެށުނު އިރު ޢަބްދުއްޝަމްސް އޭނާގެ އަމިއްލަ އިޚުތިޔާރުން ބޭރުވެއްޖެ އެވެ. އޭނާ މަޑުމަޑުން ފިޔަވަޅު އަޅަމުން، ނަމާދުކުރާން ތިބި މީހުންގެ ގާތަށް ހިނގައްޖެ އެވެ. ޖެހިލުންވެފައި އިރުކޮޅަކު ހުރުމަށްފަހު ޖަޒުބާތެއްގެ އޮއިވަރުގައި ދުވެފައި ގޮސް ސަފުގައި ހުއްޓިއްޖެ އެވެ.
Print

މަޖުބޫރު ލޯބި (8)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

11 ޖޫން (ހޮނިހިރު) އާ ގުޅޭ

ގައްދޫ މުޙަންމަދު ރަޝީދު

ޖަލާލީ މާޔޫސް ކަމާއެކު ބޯހޫރާލުމުން މަންސޫރާއި ތާބުޝް އަދި ޖެކްޝަން، ޝަވާލީގެ ވާހަކައިގައި ދިރުން އުފައްދަމުން ދަލީލުތައް ނެރެން ފަށައިފިއެވެ.
ޖެހިގެން އައިދުވަހު ޖަލާލީ ވިހިހާސް ޑޮލަރުގެ އަގުބޮޑު އަނގޮޓިއަކާ ލޮކެޓެއް ގަތެވެ. މީގެ އިތުރުން ކާވެންޏާ ބެހޭގޮތުން ޕާކިސްތާނަށް ގޮސް ޚަރަދުކުރާނެ ފައިސާވެސް ގިނަ ޢަދަދަކަށް ފައުޒިއްޔާ އަތަށް ދިނެވެ. އެހެން ހުރިހާކަމެއް ފައުޒިއްޔާގެ އަތް މައްޗަށް ދޫކޮށްލައިފިއެވެ.
Print

ސާދަ ވިލޭރޭ (4)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހިމް ވަހީދު

                                                 (7 އޮގަސްޓް 2011 (އާދީއްތަ) އާ ގުޅޭ..)

ނާޒިމާގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. "އަހަރެން ކަލެއަށް ފަންޑިތަ ހަދާނަން. ތި ހީކުރީ ކަލޭ އެކަނި ކަމަށްތަ މާލޭގަ ތިކަން ކުރަނީ؟" ނާޒިމާ ގޮންޖެހިއެވެ.

"ހަދާ!" ތިމާގެ ބާރާ މެދު އިސްމާއިލްފުޅަށް ލިބިފައިވަނީ ވަރަށް ބޮޑު ޔަގީންކަމެކެވެ. "ބޭނުން ވަރަކަށް ހަދާ! އެކަމަކު، އޭރުންވެސް ބޭޒާރުވާނީ ކަލޭ!"

Print

އެ ސޫރަ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ


މުޙައްމަދު ޝާހީން (ދ.ޤ. ޔުނިވަރސިޓީގެ ދަރިވަރެއް)

އެއީ ކާކުކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެމީހަކު ހުއްޓިގެން ހުރީ ލޯގަނޑެއްގެ ކުރިމަތީގައެވެ. މާހައުލަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރޭގައި އެމީހަކު ހުއްޓި ހުރި އިރު، އަލިކަމެއް ހޯދަމުން ގެންދިޔައީ އަތުގައިވާ އާދައިގެ ބައްތިއަކުންނެވެ. އެމީހާގެ މޫނު ލޯގަނޑުން ފެނުނު ހިނދު އަހަރެންނަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. އެއީ އަހަރެމެން އޮފީހުގައި މަސައްކަތްކުރާ މަސައްކަތު މީހެކެވެ. އޭނާގެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އޭރު އޭނާ ޗުއިންގަމެއް ފަދައެއްޗެއް ހަފަމުން ގެންދިޔަ އެވެ.
Print

ސާދަ ވިލޭރޭ (3)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ



ބިންމާ އިބްރާހިމް ވަހީދު
 
                                                  (4 އޮގަސްޓް 2011 (ބުރާސްފަތި) އާ ގުޅޭ)
ޓެކުސީގައި ނާޒިމާ އައިސް ވިލިނގިލީ ފެރީ ޓާމިނަލްއަށް ފޭބިއިރު ފުރުމަށްޓަކައި މާގިނަ ބަޔަކު ނެތެވެ. އެ މާހައުލުގައި ވަނީ ފަޅުކަމާއި ހިތުގެ ވިންދު އަވަސްވާ ކަހަލަ ހަމަހިމޭންކަމެކެވެ. ފުރަން ތައްޔާރުވެފައިވާ ފެރީގެ އިންޖީނުގެ އަޑު ނޫން އެހެން އަޑެއް ނީވެއެވެ. ޓިކެޓު ކައުންޓަރުގައި އިން އަންހެން ކުއްޖާ ކައުންޓަރުގައި އަތުން ޖަހައިލިއެވެ. ނާޒިމާ ބަލައިލިއިރު، ޓިކެޓާއި ބާކީ ލާރި ހުއްޓެވެ. ހުރިހާ އެއްޗެއް ހިފައިގެން ނާޒިމާ ގޮސް  ފެރީއަށް އެރިއެވެ.
Print

ސާދަ ވިލޭރޭ (2)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ



ބިންމާ އިބްރާހިމް ވަހީދު

                                                    30 ޖުލައި 2011 (ހޮނިހިރު) އާ ގުޅޭ.

ނާޒިމާ ދާން އުޅެން ފެށުމުން އަނެއްކާވެސް ކުރިބެއްދިއެވެ. ކުއްލިއަކަށް ނާޒިމާގެ ދަތްދޮޅީގެ ތިރީގައި އިނގިލި ގައްސާލާފައި، މޫނު ރަގަޅަށް ބަލައިލުމަށްޓަކައި އިސް އުފުލާލިއެވެ. ނާޒިމާ ބަލަން ހުރެލާފައި، އެ އަތުގައި ޖެހިއެވެ. އަދި އެހެން ދިމާލަކަށް ހިނގައިގަތެވެ.  ނާޒިމާ ފަހަތް ބަލައިލިއިރު އެ މީހަ ފެންނާކަށް ނެތެވެ. އެކަމަކު ދެން އެނބުރިލިއިރު އަނެއްކާވެސް ނާޒިމާގެ ކުރިމަތީގައި އެމީހާ ހުއްޓެވެ. ނާޒިމަ ހުއްޓުނެވެ. އައިކޮޅަށް ހިނގައިގަތެވެ. ފަހަތް ބަލައިލިއިރު އަނެއްކާވެސް އެމީހާ ފެންނާކަށް ނެތެވެ.
Print

ސާދަ ވިލޭރޭ

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ




ބިންމާ އިބްރާހީމް ވަޙީދު
 

ވިދުވަރުގެ އަލިން މާހައުލު ބަބުޅައިލި ވަގުތު، ގުގުރީގެ އަޑުން ޖައްވު ގުގުމައިލި އެވެ. ހީވީ ކަންފަތް ބުޑުން ބަޑިއެއް ޖެހިހެންނެވެ. ވާރޭ ހުއްޓައިލައިފައި އޮތުމުން ނުކުތް މީހުންތައް ސިއްސައިގެން ގޮސްފައި ހިޔަލަށް ވަނެވެ. އުޑު ފެންނަ ހިސާބުގައި ހުންނަން އެކަކަށް ވެސް ނުކެރުނީ އެވެ. އެހެންނަމަވެސް، ނާޒިމާގެ ފިޔަވަޅަށް އެއްވެސް ބަދަލެއް ނާދެއެވެ. އަޒުމަކަށް ވެސް ބަދަލެއްނާދެ އެވެ. އެރޭ ނާޒިމާ ގެއިން ނުކުތް ފަހުން، ނާޒިމާގެ ހިތުގައި، އެފަދަ ކިތަންމެ ގުގުރިއެއް ޖަހައިފި އެވެ. އެހެން މީހަކަށް ނީވެނީ އެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ