އަދުގެ ޚާއްސަ

ވާހަކަ

Print

މުޙައްމަދު ބިން ޤާސިމް (1 ވަނަ ބައި): ނާހީދު (2)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ޢަބްދުﷲ ފާރޫޤު ޙަސަން

                                            (17 ޖުލައި 2011 (އާދީއްތަ) އާ ގުޅޭ....)

އަންހެންކުއްޖާ ކުއްލިއަކަށް ކުރިޔަށް ޖެހިލައިފައި  އެއްއަތުން  އަހުގެ ތިރީ  ހިރުގަނޑުގައި ހިފަހައްޓައިފިއެވެ. ޒަޚަމްވެފައިއޮތް  މިނިކާ ޖަނަވާރެއްހެން ތެޅިތެޅި އޮތް އަހުގެ އަނގައިގައި އަނެއްއަތުން ލަގަން ހަރުކޮށްފިއެވެ. ކުޅިބަލަންތިބި  މީހުން ޙައިރާންވެ އަންތަރީސްވެފައި ތިއްބައި އަންހެންކުއްޖާ އަސް މޮހައިލައިފައި އޭގެ ބުރިކަށިމައްޗަށް ސަވާރުވެއްޖެ އެވެ. އަސް ރުޅިއައިސްގެން ދެތިންފަހަރަކު ފަހަތު ދެމޮށްގަޑުގެ  މައްޗަށް ތެދުވުމަށްފަހު  ފުމެލައިފައި  ދުވަމުން ގޯތިތެރެއިން  ބޭރަށް ނިކުމެއްޖެއެވެ.

 ޝައިޚު  އަބުދުއްޝަމްސު ފަޚުރުވެރިކަމާއެކު  ބުނެލިއެވެ. "ޢަރަބިކަރައިގެ އަސްތަކަކަށް ސަލްމާއަށް  ނުދުއްވޭވަރުގެ އަހެއް  ވިހެވިފައި ނެތެވެ. ކަލާ ޝަރުތުން  ބަލިވެވަޑައިގެންނެވީތީ އަޅުގަނޑު  ހިތާމަކުރަމެވެ. ނަމަވެސް  ހިތްހަމަޖައްސަވާށެވެ.
Print

ގަވަރުނަރުގެ ގެކޮޅު

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ޞާދިޤު


މުޢާވިޔަތުގެފާނަކީ، އިސްލާމުންގެ ވެރިކަން ހިންގެވި އެންމެ ނަންހުރި އެއް ޚާންދާނު ކަމުގައިވާ ބަނޫއުމައްޔަތު ޚާންދާނުގެ ބާނީއެވެ. އިސްލާމީ ތާރީޚުގައި މި ޚާންދާނުގެ ވެރިކަމުގެ ޒަމާނަށް ދީފައިވާ ނަމަކީ، އުމަވީ ދައުރުގެ ވެރިކަމުގެ ޒަމާނެވެ.

އިމާމު ޙަސަނުގެފާނުގެ ލަފާދެއްވުމަށްފަހު، މުޢާވިޔަތުގެފާނު، އިސްލާމުންގެ ޚަލީފާއަކަށް ވެވަޑައިގަތުމަށްފަހު، ކީރިތި ރަސޫލާގެ ޞަޙާބީއެއް ކަމުގައިވާ
Print

ކަޅު ވިލާގަނޑު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



އާމިނަތު ނާޒުނީ، ތ.ހިރިލަންދޫ
      
އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށްފަހު، މަންމައާއި ބައްޕަގެ ޙަޔާތުގެ ބަގީޗާގައި ފޯދުނު އެންމެ ފުރަތަމަ ފިނިފެން މަލެވެ. ކޮންމެ ދުވަހަކު ފެނާއި ކާނާ ދީ، އެ މާ ފޮޅުވުމަށްޓަކައި ބުރަ މަސައްކަތް ކުރެއެވެ. އޭގެ ފޮނިކަމާއި މީރުވަހުން، ދިރިއުޅުމަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނައުމުގެ ފޮނި އުންމީދުގައެވެ. އަދި ހަމަ އެހެންމެ، މަލެއް ފޮޅި ފުރިހަމަ ވުމަށް އެޅިދާނެ ކޮންމެ ހުރަހަކުން ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ތައްޔާރުވެގެން ތިބޭ ޙާލުގައެވެ. ނަމަވެސް އެ މާ ފަރިނުވަނީސް ފިޔަތައް މިލައި މޯޅިވެދާނެކަމަށް ހީކުރީ ކާކު ހެއްޔެވެ؟
Print

މުޙައްމަދު ބިން ޤާސިމް (1 ވަނަ ބައި): ނާހީދު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ފާރޫޤު ޙަސަން

ޢަރަބި ވިޔަފާރިވެރީން އިންޑިއާގެ ހުޅަނގު އައްސޭރީގެ މުހިއްމު ބަނދަރުތަކާއި ސަރަންދީބާ (ސްރީލަންކާ) ވިޔަފާރީގެ ގުޅުން އުފައްދައިފައި ވަނީ ވަރަށް ކުރީ ޒަމާނުއްސުރެ ފެށިގެންނެވެ. ޢަރަބި ބައެއް ވިޔަފާރަވެރީން ޖާހިލިއްޔަ ޒަމާނުގައި ސަރަންދީބުގައި ވަޒަންވެރިވެއްޖެ އެވެ. ޢަރަބިކަރައިގައި އައު ދީނެއް ފެތުރެން ފެށުމުން ވެސް މި ދެންނެވި ވިޔަފާރިވެރީން އެބައިމީހުންގެ ކާބަފައިންގެ ދީން ދޫކުރާކަށް ޤަސްދެއްނުކުރި އެވެ. ނަމަވެސް ފާރިސީންނާއި ރޫމީންނާ ދެކޮޅަށް ހިނގަމުންދިޔަ ހަނގުރާމަތަކުގައި ޢަރަބީންނަށް ލިބެމުންދިޔަ މަތިވެރި ފަތަޙައިގެ ޚަބަރުތައް އިވޭންފެށުމުން އެބައިމީހުންގެ ޤައުމީ އަޞަބިއްޔަތު ހޭލަމުން ދިޔައެވެ.

އިހުޒަމާނުގައި އީރާނަކީ ޢަރަބިކަރައާ އަޅައިބަލާއިރު ތަރައްޤީވެފައިވާ ޤައުމެއް ކަމުގައި ބެލެވޭ ޤައުމެކެވެ.
Print

ދެވަނަ ފަހަރު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ


 

އިބްރާހީމް ޙުސައިން މަނިކު (1998)


ސާރިޔާ އޭނާގެ އަނދާ ހުލިވި ކައިވެނީގެ އަޅިކޮޅުގެ ތެރެއިން ސަލާމަތް ކުރެވުނު އަމިއްލަ ތަކެތި ތަރުތީބުން ފޮއްޓަށް އަޅަނީއެވެ. އޭނާގެ ރީތި ކަޅު ކަޅިރަވައިން ބަންޑުންވެގެން ކޯތާފަތް މައްޗަށް ކޯރު ދެމެމުންދާ ކަރުނަތައް ހިނދުހިނދުކޮޅުން އަތުގެ ފުށަތުން ފޮހެލައެވެ. އޭނާގެ ދުޅަވެ ބަޑި އަރާފައިވާ ކޯތާފަތްމަތިން ފިރިމީހާގެ އަނިޔާވެރި އަތުގެ ފަސްއިނގިލި، ޖެއްސި ދޮންދަނގަޑެއްހެން ފެންނަން ހުއްޓެވެ.

އެބިރުވެރި ހުވަފެނެއްފަދަ ކައިވެނި ނިމުމަކަށް އައިސްގެން އޭނާ ކުޑަކޮށްވެސް ދެރައެއް ނުވެއެވެ.
Print

ތައުބާ ވާންވީއެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ


ވިލާތަކުގެ ތެރެއަށް ހަނދު ނިވައިވުމާއިއެކު ކަނު އަނދިރިކަން ދުނިޔެއަށް ވެރިކުރުވައިފި އެވެ. އަހަރެން އިނީ އަތިރިމަތީގައެވެ. ބިރުވެރިކަން އިޙްސާސްކުރެވޭމެއެވެ. އެހެނަސް ފަހުން ލިބޭނެ ހިތްހަމަ ޖެހުން ބޮޑުވާނެތީ އިންތިޒާރު ކުރެވެނީ އެވެ. ގޭ މީހުންނަށް އެނގިގެން ހަޅޭއްލަވައި ތަންގަނޑު އެންމެންނަށް ބޭޒާރުވިޔަސް އެ އުފާވެރި އިޙްސާސްތަކާއި ދުރެއްނުވެވޭނެ އެވެ. އެ ބީހިލުމުގައިވާ އަރާމު ހިތަށް އިޙްސާސް ކުރެވުމުން މައިމީހާ ކޮންމެ ދުވަހަކު ކިޔާ އެއްޗިއްސާއި، ކުރާ އަނިޔާގެ ސަބަބުން ހަށިގަޑަށް ލިބޭ ވޭން ފިލައެވެ. އެއުފާވެރި ބައްދަލުވުން ނުބޭއްވިއްޖެ ނަމަ މޫޑު އެއްކޮށް ޚަރާބުވެއެވެ.
Print

އަށް ކަމަކުން ހުރިހާ ޢިލްމު

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ




ޢަބްދުﷲ ޞާދިޤު

ވަރަށް މާތް ބޭކަލަކު އޭނާގެ ގޭގައި ބޮޑެތި މީހުންނަށާއި ކުދީންނަށް ދީނީ ތަޢުލީމް އުނގަންނައިދެއްވަމުން ގެންދެވި ދުވަސް ވަރެކެވެ. މީސްމީހުން ޢިލްމަށް ފެންބޮވައިގަނެގެން ހުސްއަތާ އޭނާ ގާތަށް އާދެއެވެ. ދާއިރު ޢިލްމުގެ ބޮޑު ޚަޒާނާއެއް ހިފައިގެން ދެއެވެ.
 
މި މާތް ޢިލްމުވެރިޔާގެ ދަރިވަރަކު ވަރަށް ގިނަ ދުވަސް ވަންދެން އެ ބޭކަލެއްގެ ގާތުގައި ކިޔަވާން ހުއްޓެވެ. އެބޭކަލަކު ވެސް މި ކުއްޖަކާ މެދު ވަރަށް ބޮޑަށް ޚިޔާލު ބަހައްޓަވައެވެ. އަދި ނުހަނު ޝައުޤުވެރި ކަމާއެކު އޭނާ އަށް ކިޔަވައިދެއްވާމެއެވެ.
Print

އެ ޤަތުލުގެ ސިއްރު (22)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ



ސައިކުރާ އިބްރާހީމް ނަޢީމް
                                                    (6 މެއި 2011 (ހޯމަ) އާ ގުޅޭ...)

ކުއްލިއަކަށް ގޭގެ ފެންޑާމަތީގައި ހުރި ރަނގަބީލު ޖެހިއްޖެއެވެ. އަޙްމަދު ނުކުމެ ބަލައިލިއިރު ދެވަން ފުރައިގެ މީހަކު އައިސް ހުއްޓެވެ. އަޙްމަދު ނުކުތުމުން އޭނާ ބުންޏެވެ. "އަދު މިތާ ކައިރީގައިވާ ކޯރުގެ ކައިރިއަށް ގޮސް އިންޖީނު ބައްތެއްޔެއްގައި އުޅުނީ ކަލޭހެއްޔެވެ؟

އަޙްމަދު:-    އާނއެކެވެ! އަހަރެން ވެސް މިއީ، އެ ތާނގައި އުޅުނު އެކެކެވެ.

އެމީހާ:-     ތިޔަހެންވިއްޔާ ކަލޭ އަހަރެންގެ ގެޔަށް ގޮސްލުން  އުނދަގުލަކަށް ވާނޭހެއްޔެވެ؟
Print

މަޖުބޫރު ލޯބި (7)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

30 އޭޕްރީލް (ހޮނިހިރު) އާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

ޖަޔާ ސިހިފައި ނަވީދުގެ މޫނަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގައި ހަރުކަށިކަން އެކުލެވިފާވެއެވެ. ލޮލުގައި ރުޅިވެރިކަމެވެ. އަދި ބުންޏެވެ. [ޖަޔާ ތިޔަހެން ހަދާފާނެކަމަކަށް ފަހަރެއްގައިވެސް އަހަރެން އުއްމީދެއް ނުކުރަމެވެ. ތިޔަ ދެއްކި ރުޅިއާމެދު އަހަރެން...........]

އޭނާގެ ވާހަކަ ހުއްޓާލިއެވެ. ދެން ކާރު ސްޓާޓް ކުރަމުން ބުންޏެވެ. [އަހަންނަށް ކިޔަވައިގެން ހުރި ރަނގަޅު ކުއްޖަކުވެސް ލިބިދާނެއެވެ. ކަލޭ..........] ޖަޔާ ރުއްސުމަށްޓަކާ އެންމެ ފަހުގެ ޙަމަލާދީފިއެވެ.
Print

މުދައްރިސް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ

 
ރޯޒީ ޝަރީފު

އޭނާ ރީއްޗެވެ. ފަރި އެވެ. އަސަރުގަދަ އެވެ. ފެންނަ އިރަށް އަޅައިގަންނަ ގޮތެއް ހުރެއެވެ. ޒުލްފާ ކުލާސް ގޮޑީގައި ހަމަޖެހިލަމުން ވަށައިގެން ހޯދައިލި އެވެ. އޭނާ މި ހޯދަނީ އޭނާއަށް އިއްޔެ ފެނުނު، އަލަށް ސުކޫލަށް ވަން، މުދައްރިސެވެ. އޭނާޔަކީ ނޯވޭގެ ރައްވެއްސެކެވެ. އޭނާގެ ނަމަކީ ރިޗަރޑް މެތިޔުސް އެވެ. މިއަދަކީ ޒުލްފާ ސުކޫލަށް ގަޑިޔަށް އައި ފުރަތަމަ ދުވަހެވެ. ސަބަބަކީ ވެސް ރިޗަރޑްސޯ ކަމަށް ވެދާނެއެވެ. ޙަޤީޤަތުގައި ޒުލްފާ ކިޔަވާ ހިތެއް ނުވެއެވެ. މިހާރު ވެސް ގުރޭޑް 9 ގައި އޭނާ ރިޕީޓްކުރާތާ މިއީ ތިންވަނަ އަހަރެވެ. ޒުލްފާ ވެސް އޭނާގެ މައިންބަފައިންގެ އަތުން މިބޭކާރު ޚަރަދު ކުރުވޭތީ ދެރަވެއެވެ.
Print

ކޯރުގެ އާ ނަން

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ޞާދިޤު

   
މުޢާވިޔަތުގެފާނުގެ ނަންފުޅު އަހަރެމެން އަހަމުއެވެ. އެކަލޭގެފާނަކީ، ޚަލީފާވެރި ބޭކަލުންގެ ޒަމާނުގައި ޝާމުކަރައިގެ ގަވަރުނަރެވެ. އެއީ އޭރު އިސްލާމީ ވެރިކަމުގެ އެއްބައެވެ.

ޢަލީގެފާނު ޝަހީދުވެ ވަޑައިގަތުމަށްފަހު، އެކަލޭގެފާނުންގެ ދޮށީ ދަރިކަލުން، ޙަސަނުގެފާނު، މުޢާވިޔަގެފާނަށް ބައިޢަތު ހިއްޕެވިއެވެ. އެއީ، އިސްލާމީވެރިކަމުގެ ވެރިޔަކަށް ވެވަޑައިގަތުމަށެވެ. އެހެން ގޮތަކަށް ބުނާނަމަ އިސްލާމުންގެ ޚަލީފާއަކަށް ވެވަޑައިގަތުމަށެވެ.
Print

އެ ޤަތުލުގެ ސިއްރު (21)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ


ސައިކުރާ އިބްރާހީމް ނަޢީމް
                                                     (30 އޭޕްރީލް 2011 އާ ގުޅޭ...)

މަރުވީ ކޮންބަޔެއް ބާވައެވެ؟ ކާމިޔާބުލިބުނީ ކޮންފަރާތަކަށް ކަމެއް އަދިވެސް ނޭނގެއެވެ. މުޅިތަން އަދި ވެސް ވަނީ  އަނދިރިވެފައެވެ. . . . .  ކުއްލިއަކަށް  މުޅި ނައިޓްކްލަބްގެ އިލެކްޓްރިކް ދިއްލިއްޖެއެވެ. ބިންގަރާސް ކޮޓަރީގެ ތެރޭގައި ދެމީހަކު މަރުވެފައި ތިއްބެއެވެ. ކައިރީގައި ދާހިތްލައިފައި  ތިބީ މިސްޓަރ އަންވަރާއި އަޙްމަދު ފިޔަވައި ދެވަނަ ދެ މީހެއްނޫނެވެ. ކައިރީގައި ފިސްތޯލައިގެ ވަޒަންތައް ވަދެ ހުސްވެފައިވާ ދެހަށިގަނޑުގެ ވެރިންނަކީ ކޮންބައެއްތޯ ހޯދިހޯދުމުން  އެނގުނީ
Print

މޫނު ނިވައިކޮށްގެން ހުރި މުޖާހިދު

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ


ޢަބްދުﷲ ޞާދިޤު

ދުވަސްވަރަކީ، ރޫމު ރަސްގެފާނު ހިރަޤުލާއި އިސްލާމުންގެ މުޖާހިދުންނާ ދެމެދު ހަނގުރާމަ ހިނގަމުން ދިޔަ ދުވަސްވަރެވެ. ހިރަޤުލްގެ ލަޝްކަރުގައި ހިމެނޭ މީހުންގެ ޢަދަދު ވަރަށް ގިނައެވެ. އަދި އެމީހުންގެ އަތުގައި ހުރި ހަތިޔާރާއި އެނޫން ވެސް ހަނގުރާމަޔާބެހޭ ސާމާނު ނުލާހިކު މޮޅެވެ. ކަން މިހެން ހުރުމާއެކު އިސްލާމުންގެ ތެރެއިން މިހަނގުރާމައިގައި ބައިވެރިވަނީ ނުހަނު މަދު މީސްކޮޅެކެވެ. އިސްލާމުންގެ މުޖާހިދުން "ﷲ اكبر" ގެ އަޑު އުފުލައިލައިފައި ކުރިޔަށް އަރައިގެން ދާން ފެށުމުން ދުޝްމިނުންގެ ސިފައިން
Print

އެ ޤަތުލުގެ ސިއްރު (20)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ



ސައިކުރާ އިބްރާހީމް ނަޢީމް
                                                     (23 މެއި 2011 އާ ގުޅޭ...)

އޭނާ ނިކުމެ ހަށިފޮޅައިލައިފި އެވެ. އަދި ހިތާހިތުން  ބުނެލި އެވެ. "އޮފީލިޔާގެ ދަހިވެތިކަމުގައި މިސްޓަރ ވެސްޓް ނުވަތަ "ރަތް ތަރި" ނުވަތަ އޭނާގެ ގާއިމްމަޤާމު މިހާރު އުފަލުގައި ދަތުރުކުރާނެ އެވެ. ސިންގަޕޫރަށް ގޮސްގެން އޮފިލިޔާ ފެނިއްޖެ ނަމަ ކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ހުއްޓެވެ." . . . . . . . . . . . . . . . . . . . . . . .

ރޭގަނޑު އެންމެ އަނދިރި ވަގުތެވެ. މެންދަމުން އަލިވެ 2 ޖަހަނީއެވެ. އަޙްމަދު ފިސާރި ފަރުވާތެރިކަމާއެކު ފިލައި އިނީ ރޭގައި އޭނާ ނިދަން އޮތް ގޭގެ ދޮރުމަތީގައި ހުރި ގަސްތަކެއްގެ ތެރޭގައެވެ.
Print

ޢަދުލު އިންސާފުގެ މަތިވެރި މިސާލެއް

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ


ޢަބްދުﷲ ޞާދިޤު


"ސާހިބާއެވެ. އަޅުގަނޑު އައިސް މިހިރީ އިންސާފަށް އެދިގެންނެވެ. ﷲއަށްޓަކައި އަޅުގަނޑާމެދު އިންސާފުކޮށް ދެއްވާށެވެ. މީހަކު އާދޭހާއެކު ރޮމުން ރޮމުން ދެންނެވިއެވެ.

ކަލޭގެ މަސްއަލަ ހުށަައަޅާށެވެ. އަދި ހިތްހަމަޖައްސައިލައިގެން ހުންނާށެވެ. ކަލެއާމެދު ފުރިހަމައަށް އިންސާފުކުރެވޭނެ އެވެ.

"މާތް ވެގެންވާ ރަސްގެފާނެވެ! އަޅުގަނޑަށް ކިޔަނީ އަޒީމް ޢަލީ އެވެ.
Print

އަކުބަރު ރަސްގެފާނާއި ބީރުބޮލު ވަޒީރުގެ ބައެއް ވާހަކަތައް (3)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ


އާދަމްޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ


                                                       (25  މެއި 2011 އާ ގުޅޭ)
4. މޮޔައިންގެ ލިސްޓް

އެއްދުވަހަކު ރަސްގެފާނު ބިރުބަލްގެ ކިބައިން އެދިވަޑައިގަތީ ރައްޔިތުންގެ ތެރެއިން ލޯފަން މީހުންގެ އަދަދު ބުނުމަށެވެ. އެ އަދަދު ހޯދުމަށް ހަފުތާއެއްގެ މުހުލަތު ދެއްވުމަށް ރަސްގެފާނުގެ ކިބައިން އެދުނެވެ.

އޭގެ އަނެއްދުވަހު ބިރުބަލް ފައިވާން ހަދާ މީހަކަށްވެގެން ރަށުގެ މާރުކޭޓް ސަރަހައްދުގައި އިށީނދެލައިގެން އިނެވެ. އެތަން ފެންނަ ކޮންމެ މީހަކު ވެސް ސުވާލު ކުރެއެވެ. " ތިޔަ ކުރަނީ ކީއް؟ ބިރުބަލް! "
Print

އިތުބާރުކުރާނީ ކާކަށް ހެއްޔެވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ


މަރިޔަމް ސަނާ ޢަލީ

ޖުލައިމަހުގެ ވިއްސާރަ ރޭތަކުގެ ތެރެއިން ރެޔެކެވެ. ވިދުވަރުގެ ގަދަ އައްޔާއި، ގުގުރީގެ އަޑު ގަދަކަމުން އަހަރެން އޮތީ ކޮޓަރިން ނުކުންނަން ވެސް ނުކެރިފައެވެ. ވިއްސާރަ ރެއެއްކަމުން ޝިމްލާ ވެސް ވަރަށް އަވަހަށް ކޮޓަރިއަށް ވަދެ ނިދައިފި އެވެ. އަމީން ގެޔަށް ނާންނާތީ އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. ބާލީސް ދަށުގައި އޮތް ފޯނު ނެގުމަށްފަހު އަހަރެން އަމީންގެ ނަމްބަރަށް ގުޅައިލީމެވެ.

"މިރޭ ވަރަށް ބިޒީ... ތަންކޮޅެއް ލަހުންކަން ނޭނގެ ގެޔަށް ދެވޭނީ" އަމީން ބުންޏެވެ.
Print

އަކުބަރު ރަސްގެފާނާއި ބީރުބޮލު ވަޒީރުގެ ބައެއް ވާހަކަތައް(2)

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ވާހަކަ



އާދަމްޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ

                                                      (21  މެއި 2011 އާ ގުޅޭ)
2. ބިރުބަލް ވަގަކު ހިފުން

ބިރުބަލްގެ ތޫނުފިލިކަމާއި ބުއްދިވެރިކަމުގެ ސަބަބުން އެންމެން ވެސް އޭނާއަށް ވަރަށް އިޙުތިރާމްކުރެއެވެ. އަކްބަރު ރަސްގެފާނަށް ހައްލުކުރައްވަން ދަތިފުޅު ކޮންމެ ކަމެއްގައިމެ ބިރްބަލްގެ އެހީތެރިކަން ހޯއްދަވައެވެ.

އަކުބަރު ރަސްގެފާނަކީ ގަހަނާއަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. ޖަވާހިރާއި ރަނުގެ  އެތައް އަގޮނޓިފުޅެއްް ގެންގުޅުއްވާ ކަމަށް ވެއެވެ. އެމަނިކުފާނު އެންމެ ހިތްޕުޅާ ހަމަކުރައްވާ އަނގޮޓިފުޅު ވަނީ ވަށއިގެން މުތް ހަރުކުރެވި މެދުގައި ޖަވާހިރުގެ އެހެއް ހަރުކުރެވިފައެވެ.
Print

މުސްލިމުންނަކީ ބުނާބަހުގެ އިތުބާރު ހުންނަ ވަޢުދަށް ތެދުވެރި ބައެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ޞާދިޤު

މެންދަމުގެ ވަގުތެވެ. އިސްލާމީ ލަޝްކަރުގެ ވެރިޔާ ޢަމްރު ބުނުލްޢާޞް އެކަލޭގެފާނުގެ ފޭލިގެކޮޅުގެ ދޮރުކޮޅު މަތީގައި ހުންނަވައިގެން ތަންކޮޅެއް ދުރުން ފެނިވަޑައިގަންނަވާ ދެތިން ހިޔަންޏަކާ ދިމާއަށް ބައްލަވަނީއެވެ. އެ ހިޔަނިތައް އެއްފަރާތަކަށް ހިނގަމުން ދަނީއެވެ.

"މިބައި މީހުން މިދަނީ ކޮންތާކަށް ހެއްޔެވެ؟ އަނެއްކާ އެބައި މީހުންނާ ކޮންމެވެސް މުސީބާތަކާ ކުރިމަތިވީ ބާއެވެ!"
Print

އަކުބަރު ރަސްގެފާނާއި ބީރުބޮލު ވަޒީރުގެ ބައެއް ވާހަކަތައް

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ވާހަކަ


އާދަމްޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ

ތަޢާރުފު

އަކުބަރު ރަސްގެފާނާއި ބިރުބަލް ވަޒީރުގެ ވާހަކަ ތަކަކީ އިންޑިޔާއާއި ރާއްޖޭގައިވެސް ވަރަށް މަޝްހޫރު ވާހަކަ ތަކެކެވެ. ކުޑަކުދިން ވަރަށް ކުޑައިރުވެސް ކިޔައިދޭ ޢިބުރަތްތެރި އަދި މަޖާ ވާހަކަތަކެއްގެ ގޮތުގައެވެ. ވާހަކަ ކިޔައިދިނުމގެ ސަގާފަތުގެ ތެރޭގައި ހިމެނޭ މި ވާހަކަތައް މިހާރުވަނީ ތަފާތު ލިޔުންތެރިން އެކިއެކި ނަންނަމުގައި ފޮތްތަކުގައި ޝާއިޢުކުރައްވައި ޢާއްމު ކުރެވިފައެވެ.

އަކުބަރު ރަސްގެފާނު

 އަކުބަރު ރަސްގެފާނަކީ އިންޑިޔާގެ މުޣަލް ޚާންދާނުގެ 3 ވަނަ ރަސްގެފާނެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ