ވާހަކަ

Print

ސަބަބު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



މުޙައްމަދު ފިރުޒުލް

އެއީ އަހަރެންގެ ދެވަނަ ދިރިއުޅުމުގެ އަލަތު ދުވަހެވެ. އަމިއްލަ މަސައްކަތުން ނަފްސު ބަލަހައްްޓަން ފެށި ތާރީޚީ ދުވަސްވެސްމެ އެވެ. އެ ހަނދާންތައް އާވުމުން ކުރާ އަސްރުތައް ބަޔާންކުރަން ޢުޒުރުވެރިވަމެވެ. މި މަޤާމް އެކަމަށް ތަންނުދޭތީވެސްމެ އެވެ.

ކޮންމެއަކަސް އެފެށުންވީ ކާމިޔާބު ފެށުމަކަށެވެ. ދެ ތިން ހަފްތާގެ ތެރޭ މުޅި ޢޮފީހުގެ ރުހުން އަހަންނަށް މިލްކުވިއެވެ. ކޮންމެ ދުވަހަކުންހެން ލިބޭ ސިޓީތައް ހަތަރެސް ފައިގެ އިނގިލިތަކުން ގުނޭ ވަރަށްވުރެން މާގިނަވިއެވެ. ގޭގެ ފޯނު ލައިނަށް އަންނަ ކާކުކަން ނޭނގޭ މީހުންގެ  ކޯލުތައް އެވަރެވެ.
Print

އެ ޤަތުލުގެ ސިއްރު (19)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


ސައިކުރާ އިބްރާހީމް ނަޢީމް


                                                         (16 މެއި 2011 އާ ގުޅޭ)
އެ ވަގުތު އޮފީލިޔާއަށް އެތާނގައި އޮވެފައި ހަޅޭއްލަވައިގަނެވިއްޖެ އެވެ. އާދެ! ހުރިހާ ސިއްރެއް ބޭޒާރުވީ އެވެ. ނަމަވެސް ތަންދޮށުގައި އޮތް އަޙްމަދު އެ ހަޅޭކާ އެކުގައި އޭނާގެ އަތުގައި އޮތް ތިމަރަ ބަރުން އެ ކަލޭގެ ފައިގެ ބޮޑުވާ އިނގިލީގައި ޖެހިޖެހީނުން  ފިސްކޮށްލައިފިއެވެ.

ވީތަދާއި ލިބުނު ކުއްލި ސިހުމާއެކުގައި އޭނާއަށް ފަހަތަށް ޖެހިލެވިއްޖެ އެވެ. އަދި ފައިތިލައިގައި ހިފަހައްޓައިގެން ގުދުވެއްޖެ އެވެ. އެ ވަގުތު އަޙްމަދު ކުޑަކޮށް ބޯ ނެރެފައި، އަތުގައި އޮތް ބަރު އެ މީހާއާ ދިމާއަށް ހޫރައިލައިފި އެވެ. ބޮލުގައި ޖެހުނުހެން ހީވިއެވެ.
Print

ޚަލީފާގެ ވިސްނުންތެރިކަން

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ޞާދިޤު

ޚަލީފާ މުޢުތަޟިދަކީ، ބަޣުދާދުގައި ވެރިކަން ހިންގެވި ވަރަށް ނަންހުރި ޚަލީފާއެކެވެ.

އެއްދުވަހަކު ޚަލީފާ އޭނާގެ ވަޒީރަކު، ވަރަށް މުހިންމު ކަމަކު ދަތުރަކު ފުރުވައިލެއްވި އެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ވަޒީރު އެނބުރި ވަޑައިގެންފި އެވެ. އޭނާ އެ އެނބުރި ވަޑައިގަތީ ކީއްވެގެންތޯ އެއްސެވިއެވެ.
 
ވަޒީރު ދެންނެވިއެވެ. "މާތް ސާހިބާއެވެ! އަޅުގަނޑު ދަރުބާރުން ނުކުމެ ބާޒާރާ ހަމައަށް ދިޔަތަނާ މީހަކު ޢާންމުންގެ ތެރޭގައިހުރެ މި ސަރުކާރަށް ނުބައި ދުޢާކުރަނީއެވެ.
Print

އެ ޤަތުލުގެ ސިއްރު (18)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


ސައިކުރާ އިބްރާހީމް ނަޢީމް
 
                                                        (9 މެއި 2011 އާ ގުޅޭ)
އާދެ! މިސްޓަރ އަޙްމަދު އެވަގުތު އޮތީ ކިތަންމެ ރީއްޗެއްކޮށްވެސް ފުލުހުމީހާ މެރިކަމުގެ ތުހުމަތުން އެތަކެއް ހެތްކާއެކު ބެދެވިފައެވެ. ސަލާމަތްވާނެ ހަމައެންމެ ތަންފުކެއްވެސް ނެތެވެ. އަދި އަންވަރުގެ އަމުރާ އެއްގޮތްވާ ގޮތުގެމަތިން އޮފީލިޔާ ނުބެލެހެއްޓުނު ކަމުގެ ހިތާމަ އާއި ދެރަ އޭނާއަށް ލިބިފައިވަނީ އުއްމީދު ކެނޑޭފަދަ ދަރަޖައަކަށެވެ. . . . . . .  ހޭލެވުނުއިރު ފުލުހުން ސުވާލުކުރަނީއެވެ. އެހެން ކަމުން މިސްޓަރ އަޙްމަދު ގަސްތުކުރީ ޖެހިލުމެއްނެތި  ޖަވާބުދިނުމަށެވެ.
Print

ސްޕޭންގެ ވިޔަފާރިވެރިޔާ (2 ވަނަ ބައި)

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ޞާދިޤު

ޝަހަރުގެ ވަށައިގެންވާ، ދަތި އަނދިރި ހިސާބާ ދުރުގައި ތަނަވަސް މައިދާނެއް އޮވެއެވެ. އެތާނަގއި ހެދިފައިވާ ރީތި ކުދި ގަސްތަކާއި ވިނައިގެ ސަބަބުން އެތަން ވަކީން ރީތިކޮށްދެއެވެ. އިސްޕޭނުގެ އިސްލާމީ ވެރިކަމުގެ ފަރާތުން އެތަން ޚާއްޞަކޮށްފައި އޮންނަނީ ކުޅިވަރަށެވެ. އެހިސާބުގަނޑުގެ ކުދި ރަށްތަކާއި ބޮޑެތި ޝަހަރުތަކުގެ މީހުންނަށް ބައިވެރިވެވޭގޮތަށެވެ. އެމައިދާނުގެ އުތުރުފަރާތުގައި ވަރަށް ބޮޑު ޢިމާރާތެއް ހުރެއެވެ. އެ ޢިމާރާތުގެ އެކި ދިމަދިމާގައި މީހުންނަށް އިށީނދެވޭގޮތަށް ހަރުފަތްތަކާއި ގުންޒަރުތައް ހެދިފައިވެއެވެ. އެދުވަސްވަރު އިސްޕޭނުގައި ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ވަރަށް ޢާއްމު ކަމެކެވެ. މުބާރާތް ތަކުގައި ބައިވެރިވުމަށް ދޮނާ ކަޅަށް ވަކިގޮތެއް ޚާއްޞަކުރެވިފައެއް ނޯވެއެވެ.
Print

ސްޕޭންގެ ވިޔަފާރިވެރިޔާ

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ޞާދިޤު

ދުވަސްވަރަކީ، ސްޕޭންގައި މުސްލިމުންގެ ވެރިކަމާއި ބާރުއޮތް ދުވަސްވަރެވެ. ވެރިކަންކުރާ ރަށް ޤުރްޠަބާގައި ވަރަށް މަޝްހޫރު ބުއްދިވެރި ބޮޑު ވިޔަފާރިވެރިޔަކު އުޅުނެވެ. އޭނާގެ ނަމަކީ ޝައިޚް އިދްރީސްއެވެ. ނަމަވެސް ޢާއްމު ގޮތެއްގައި އޭނާއަށް ކިޔައިއުޅެނީ ސްޕޭންގެ ޝައިޚެވެ.

އިދްރީސްއަކީ ޚާންދާނުގެ ގޮތުން މާ މާތް މީހެއްނޫނެވެ. އޭނާ ޙާޞިލްކޮށްފައިވާ ހުރިހާ އެއްޗަކީ ވެސް އޭނާގެ ހިންމަތާއި މިންނަތުގެ މޭވާ އެވެ. އޭނާއަކީ ނަންގެއްލިފައިވާ ޢަރަބީންގެ ޚާންދާނަކުން ދުނިޔޭގެ އަލިކަން ދެކެފައިވާ މީހެކެވެ. އޭނާގެ މައިންބަފައިން ދިރިއުޅުނީ އަތްމަތި ދަތިކަމާއެކު ނުހަނު ދަތި ޙާލުގައެވެ. އޭނާ ދުވާލެއްގެ ފުރާގު ހޯދުމަށްޓަކައި ވަޒީފާއެއް ލިބޭތޯ އެތަންމިތަނަށް ހިނގައި ވެސް އޭނާއަކަށް ކާމިޔާބެއް ނުތްވެވެ.
Print

ހުމާޔޫން ރަސްގެފާނާއި، ދުޝްމިނު ސިފައިންގެމީހާ

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ



عــبدالله صـادق

މިއީ މުޣަލް ރަސްކަލެއް ކަމުގައިވާ ހުމާޔޫންގެ ދުވަސްވަރު ހިނގި ހާދިސާއެކެވެ. ޝޭރުޝާހްސޫރީގެ ދިދައިގެ ދަށަށް މުޅި އަފްޣާން އެކައްޗަކަށްހަދައި އެއްކޮށްލިއެވެ. އެއަށްފަހު އެމީހުން ރަނގަޅަށް ހަނގުރާމަ ފަށައިފި އެވެ. އަދި މުޣަލް ރަސްކަމުގެ އެއްބަޔަށް އެމީހުން ވެރިވެގެންފިއެވެ. ޝަހެންޝާހް ހުމާޔޫން ބީރަމްޚާންގެ މަޝްވަރާގެ މަތިން އެއްކުރެއްވި ލަޝްކަރަކާއިގެން ކުރިޔަށް ވަޑައިގަތެވެ. ދާދިއަވަހަށް އަފްޣާނުގެ ވަރަށް މުހިއްމު ކިއްލާއަކަށް ހަމަލަ ދެއްވައިފިއެވެ.
Print

ހަމްދަރުދީ

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ




ًعــبدالله صـــادق

ހޫނު މޫސުމުގެ ރެއެކެވެ. ނުހަނު ހިތްފަސޭހަ ވަޔެއް އެތައް އަސަރަކާއެކު ގައިގައި ފިރުމަމުން ޖެހެމުން ދެއެވެ. ކުދިކުދި ތަރިތައް ނޫކުލައިގެ ބޮޑު ފަރުދާއެއްގައި ވިދަވިދާ ހުއްޓެވެ. ދުވާލުގެ ގަދަފަދަ ހޫނުގެ ސަބަބުން ދަތިކަމާއި އުނދަގުލާ ކުރިމަތިލާން ޖެހިފައިވާ އިންސާނުންނާއި ޖަނަވާރުތައް އަރާމު ހުވަފެންތަކުގެ ހިތްގައިމުކަން ހޯދަމުން ގެންދެއެވެ.

އަލްމަދީނަތުލްމުނައްވަރާގެ ގޯޅިތަކުގެ ތެރޭގައި އިންސާނަކު ހިނގައިލަހިނގައިލާ ހުއްޓެވެ.
Print

އެ ޤަތުލުގެ ސިއްރު (17)

ޝާޢިއުކުރީ SaIbNa . ހިމެނޭބަޔަކީ ވާހަކަ



ސައިކުރާ އިބްރާހީމް ނަޢީމް
                                                      (2 މެއި 2011 އާ ގުޅޭ...)

އަޙުމަދު:- ސަމާސާ ނުކުރާށެވެ! އޭނާ އަތުލައިގަތީ ކިހިނެއްހެއްޔެވެ؟

އަންވަރު:- އަހާށެވެ! އަހަރެން އޮތީ މަރުވެފައެވެ. އަހަރެން މަރުވަމުން ވަޞިއްޔަތްކުރީ  އޭގެ އެއް ގަޑި އިރު ފަހުން ހިލްބާންސް ރޯޑްގެ 14 ނަންބަރު ގެޔަށް އަހަރެންގެ މަރުގެ ޚަބަރު ދިނުމަށެވެ. އެހެންކަމުން ބޭކަރ އެ ގަޑިޔަށް ގެއިން ނުކުމެގެން ހިނގައްޖެ އެވެ. އަދި އޭނާޔާ އެކުގައި އަނެއް މީހާވެސް ދިޔައެވެ.

ހިލްބާންސް ރޯޑްއަކީ، ގާތްގަޑަކަށް 60 މޭލުގެ ބާރުމިނުގައި ކާރުދުއްވިނަމަ ވެސް ދޮޅުގަޑިއެއްހައި އިރުން
Print

ވަޢުދު

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ޞާދިޤު

މުސްކުޅިޔަކު ބޮޑު ދަރުބާރަކަށް ވަދެގެން އަތުވެއްޖެ އެވެ. އެދަރުބާރުވަނީ މީހުންތަކުން ފުރިބާރުވެފައެވެ. އޭނާ ވަދެގެންއައީ އެއްވެސް ބިރެއް ޖެހިލުންވުމެއް ނެތިއެވެ. ދަރުބާރުގައި ތިއްބެވި އެންމެހައި އަމީރުންނާއި، ވަޒީރުން ތިއްބެވީ ހައިރާންފުޅުވެފައެވެ. އެއީ، އެ މުސްކުޅިމީހާގެ ހިތްވަރުގަދަކަމާއި، ޖެހިލުން ކުޑަކަން ދެކެވަޑައިގެންފައެވެ. އަދި އެ ބޭފުޅުންގެ ހިތްޕުޅަށް އެރިއެވެ. މިއަދު އެ މުސްކުޅި ފަކީރުގެ ޙަޔާތުގެ ބައްތި މުޅިން ނިވޭނެ އެވެ. ނަމަވެސް ރަސްގެފާނު
Print

އެ ޤަތުލުގެ ސިއްރު (16)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ



ސައިކުރާ އިބްރާހީމް ނަޢީމް
                                                     (25 އޭޕްރީލް 2011 އާ ގުޅޭ...)
އެކަކު ޓޯޗަކުން މުޅި ޤަބުރުސްތާނުގެ ތެރެއަށް އަލި ކުރަމުންގޮސް  ދާދިފަހުން ވަޅުލައިފައިވާ މީހެއްގެ މަހާނަ ކައިރިއަށް ހުއްޓިއްޖެ އެވެ.

އެއޮއް ބޮޑު ފަޅު ތާނގައި ޓޯޗެއްގެ ފަނޑު އަލީގެ ތެރެއިން އެ ތިން މީހުން ފެންނަނީ ބިރުވެރި ކަޅު ތިން ހިޔަނީގެ ސިފައިގައެވެ. އެކަކު އަތުން އިޝާރާތްކޮށްފި އެވެ. އެންމެ މިނިޓެއްވެސް ލަސްނުކޮށް އެބައިމީހުންގެ މަސައްކަތް ފެށިއްޖެ އެވެ. . . . . . . . . މަހާނަ ކޮންނަނީ އެވެ. ކަނު އަނދިރީގެ ތެރޭގައެވެ. އަލިކޮށްލަނީވެސް ބައެއް ފަހަރު އެވެ. އަތުން މެނުވީ ވާހަކަދެއްކުމެއްވެސް ނެތެވެ. . . . . .
Print

މަޖުބޫރު ލޯބި (6)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

23 އޭޕްރީލް (ހޮނިހިރު)އާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

[ނާޖިޔާއެވެ.......]

[ކީކޭތޯއެވެ.]

[ކޮންމެވެސް މީހަކު ބައްދަލުކުރަން އައިސް އެބަހުއްޓެވެ.]

[އަޅުގަނޑާތޯއެވެ؟]
Print

އެ ޤަތުލުގެ ސިއްރު (15)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


ސައިކުރާ އިބްރާހީމް ނަޢީމް

                                                        (18 އޭޕްރީލް 2011 އާ ގުޅޭ...)

އަންވަރު:- އެންމެ ރަނގަޅެވެ. ދެން އެ ވާހަކައެއް ނުދައްކާނަމެވެ. ހަވީރުވެސް ވެއްޖެ އެވެ. އަހަރެމެންނަށް ލިބުނު ސިޓީތައް ބަލަމާ ހިނގާށެވެ! ވަގުތުކޮޅު ކުޑަކަމުން ނެގުނު ސިޓީތައް ވަރަށް މަދެވެ. ނަމަވެސް އޭގައިވެސް އަގުހުރި ތަކެތި ހުންނާނެ އެވެ. . . . . . . . . . .  

ދެ މީހުން ވެގެން ދަގަނޑު ފީފާ ވަޅުން ނަގައިފި އެވެ. ހުރިހާ ސިޓީތައް ބަލަން ފަށައިފި އެވެ.
Print

މަޖުބޫރު ލޯބި (5)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

16 އޭޕްރީލް (ހޮނިހިރު) އާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

ތާނޫއާއި މިސިޒް އަރްޝަދު ދެރަޙްމަތްތެރިންނަށް ވެއްޖެއެވެ. އެމީހުން އެކިއެކި ވާހަކައިގައި މަޝްޣޫލުވެގެން ތިއްބެވެ...... ދެގަޑިއިރު ކިޔަވާ ދިނުމަށްފަހު ޖަޔާ ގެއަށް ދާންވެގެން ތައްޔާރުވުމުން މިސިޒް އަރްޝަދު ތާނޫއާ ސަލާން ކޮށްލަމުން ބުންޏެވެ.
Print

އެ ޤަތުލުގެ ސިއްރު (14)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


ސައިކުރާ އިބްރާހީމް ނަޢީމް

                                                     (11 އޭޕްރިލް 2011 އާ ގުޅޭ ...)
އަޙުމަދުގެ މެޔަށް ފިސްތޯލައިގެ ދެތިން ހަތަރު އުންޑަ ގޮއްވައިލައިފި އެވެ. . . . . . . އާދެ! އަޙުމަދުގެ އަނގައިން ނާމާން ހަޅޭއްލަވައިގަތުމެކެވެ. . . . މަރުވެގެން ވެއްޓިއްޖެ އެވެ.

ހަމަ އެވަގުތު ކޮޓަރީގެ ބޭރުން އަޑެއް އިވޭން ފަށައިފި އެވެ. " ފިލައި އޮތީ ކޮންތާކުހެއްޔެވެ؟ އަހަރެމެންގެ ނައިޓް ކްލަބުން ރައްކާވެވިދާނެ ކަމަށްހެއްޔެވެ؟ . . . . . " ކުކުރަމުން ބުނާ އަޑު އިވުނެވެ. އަހަރެންގެ ނަމަ . . . ނަމަކީ . . . . ކެލެރޓް އެވެ.
Print

މަޖުބޫރު ލޯބި (4)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

23 މާޗު (ބުދަ) އާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

[ތިޔަކަން އެނގިދާނެއެވެ. ދެން ވާހަކަ ދައްކާނީ އަހަންނެވެ. އަހަރެން ހަމަ ނޭވާލާނީ އޭނާ ރުއްސާފައެވެ.] ޝަވާލީ ޢަޒުމްކަނޑައާޅަފަދަ އަޑަކުން ބުންޏެވެ. [އަހަރެމެން އެންމެންނަކީވެސް އޭނާގެ އެކުވެރިންނެވެ. ރަޙްމަތްތެރިންނެވެ. އޭނާއާމެދު ރަނގަޅުގޮތެއް ފެނޭތޯ ކޮންމެހެން ވިސްނަން ވެއްޖެ އެވެ.]
Print

ފަރުބަދަމަތީގެ ސިންގާ (7)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ


މުޙަންމަދު ޝާހިދު ޙަލީމް (1983)

(8 އެޕްރީލް 2011 ހުކުރުދުވަހުގެ ބަޔާ ގުޅޭ)
 
ޙަސަން ސިހިފައި ބަލައިލިއެވެ. އޭނާ ވަނީ ރަނގަޅަށް ބައްދައިލައިފައެވެ. އިޓަލީ ސިފައިންގެ ބައިގަނޑެއް، ރައިފަލުގެ އަމާޒު ފަތްގަނޑަށް އޭނާ ހަދައިގެން ތިއްބެވެ. ސަލާމަތްވުމުގެ ހުރިހައި މަގެއް ވަނީ ބަންދުވެފައެވެ.
 
"ފުރަންޒާ--" ޙަސަން ރުޅިއައިސްގެން ފުރަންޒާއާ ދިމާއަށް ބަލައިލިއެވެ.
Print

އެ ޤަތުލުގެ ސިއްރު (13)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


ސައިކުރާ އިބްރާހީމް ނަޢީމް
                                                       (4 އޭޕްރިލް 2011 އާ ގުޅޭ....)

މިހާރު ކޮޓަރިތެރޭން ފެންނާން ހުރި ބަޔަށް އެ މީހުން ފައިބާ ކަހަލަ އެވެ. ބޫޓުތަކުގެ އަޑު އިހަށްވުރެ ވެސް ގަދައެވެ. ވިސްނުންތެރި އަންވަރު އޭނާގެ ފައިދަށުގައިވާ ކަށްވަޅަށް ފުރޮޅައިނުލައި ވޭތޯ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ ފަދަ ނާމާން ދަނޑިވަޅުގައި އަޙުމަދު ހަމައެކަނި ވަހުތާނެއް ފަދަ ގޮތަކަށް މުޅި ކޮޓަރިތެރޭގައި އެނބުރެނީ އެވެ. އާދެ! ވަންނާނެ އެއްވެސް ތަނެއް ހަދާނެ އެއްވެސް ގޮތެއް ނެތިގެންނެވެ.

އަޙުމަދުގެ އެއް އަތުގައި ހިފައިގެން ހުޅުވައިފައިވާ ސިއްރު އަލަމާރީގެ ވަތްގަނޑުތައް
Print

ފަރުބަދަމަތީގެ ސިންގާ (6)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ



މުޙަންމަދު ޝާހިދު ޙަލީމް (1983)

(2 އެޕްރީލް 2011 ހޮނިހިރުދުވަހުގެ ބަޔާ ގުޅޭ)
 
ފަސް އަހަރު ވާންދެން އިޓަލީސިފައިންގެ ސައިލާބު ޢުމަރުލް މުޚްތާރުގެ ހިތްވަރުގަދަ "ދޮޅަހަކަށް" މުޖާހިދުންނާ ހަނގުރާމަ ކުރަމުން ގެންދިޔައެވެ. – 1930ގެ ދައުރު ފެށިއްޖެއެވެ.
Print

ފަރުބަދަމަތީގެ ސިންގާ (5)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ


މުޙަންމަދު ޝާހިދު ޙަލީމް (1983)

(26 މާޗު 2011 ހޮނިހިރުދުވަހުގެ ބަޔާ ގުޅޭ)
 
ދެން ހުރިހައި ފަރާތަކުން އެއް ފަހަރާ އެ ވެލިފުންޏަށް ހަމަލަދޭން ފެށްޓެވެ. އެހެން ބޯޓުތައް އޭގައި ހުރި ހުރިހައި ބޮމެއް އެތަނަށް އޮއްސައިލިއެވެ. އެއްވެފައިވާ ވެލިގާތައް ފުނޑުފުނޑުވެގެން ބުރަބުރައިގެން ދާން ފެށްޓެވެ. އިޓަލީސިފައިން، ކުރިން ގޮސްގޮސް ހުރި ޓޭންކުތަކުން، ފަސްފުންޏަށް ހުރިހައި ދިމާއަކުން ބަޑިޖަހާން ފެށްޓެވެ. ވެއްޔާއި ދުމުގެ ވިލާތައް ވަށައިގެން ފެތުރުނެވެ. ފަޒާ ބަޑިބޭހުގެ ވަހުން އެއްވަސްވިއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ