އަދުގެ ޚާއްސަ

ވާހަކަ

Print

ކޮން މީހެއް؟ (6)

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

(16 އެޕުރީލު 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ނީނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނަސް އެ ގޮތަށް މީގެ ކުރީން ދުވަހަކު ވެސް ދާއޫދު މުޚާޠަބެއް ނުކުރެއެވެ. އަދި އެ ހުށަހެޅި ހުށަހެޅުން ގަބޫލުކުރާން ކިތަންބޭނުންވިޔަސް އެއީ ވަރަށް އުނދަގޫ ކަމެކެވެ. އަލޫފަށް އެނގިއްޖިއްޔާ މުޅިން ކަންތައް ގޯސްވީއެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ؟" ނީނާ އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން ދާއޫދު އަނެއްކާ ސުވާލުކޮށްލިއެވެ. "ކަމޯން. ސޭ ސަމްތިންގ، ޑިއަރ!"

"ދެވިދާނެ. ބަޓް......" ނީނާ ޝަރުޠެއް ކަނޑައަޅަން އުޅެފައި މަޑުކޮށްލިއެވެ.

Print

ކޮން މީހެއް؟ (7)

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

(17 އެޕުރީލު 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

"ޔެސް ޕްލީޒް" ނީނާ ޖަވާބު ދިނެވެ. "ވަޓްކެނައި ޑު ފޮރޔޫ؟"

"ފިލްމަށް ގޮސް ނީނާ ގާތު އިން އިރު ވަރަށް މީރު ސެންޓެއްގެ ވަސް ދުވި. މިއަދު ގަތް ސެންޓެއްތަ؟"

"ނޫން. ސެންޓެއް ނުގަންނަން. ސެންޓެއް ނުވެސް ޖަހަން." ދާއޫދު މި ދައްކަނީ ކޮން ވާހަކައެއްކަން ނުވިސްނޭ ހާލުގައި ނީނާ ބުނެލިއެވެ. "ވޮޓް ހެޕަންޑް، ދާއޫދު؟"

"އިޓްސް ނަތިންގ." ދާއޫދު ބުނެލިއެވެ. "އުނގުޅައިފައި ހުރި ލޯޝަންގައި މީރުވަސް ދުވައިތޯ ބަލައިލިޔަސް އޯކޭތަ؟"

Print

ކޮން މީހެއް؟ (5)

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށުއަޒީ)

(14 އެޕުރީލު 2020  ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ދާއޫދު ވަކި އެއްޗެއް ނުބުނެ ހީނލުމަށްފަހު ތިރިއަށް ފައިބައްޖެއެވެ. އަދި ޒިހުނީއާ ދިމާއަށް ބަލައިލުމަށް ފަހު ނީނާއާ މުޚާޠަބުކޮށް ބުނެލިއެވެ. "ނީނާ ދެން ފިހާރަ ތަޅުލައިފައި މިރޭ ދޭ. މާދަން ބްރީފިންގ ބާއްވާނީ. މާ ބޮޑަށް ލަސްވެދާނެ."  މިހެންބުނެފައި ނުކުމެ ޒިހުނީ ގޮވައިގެން "ޚާއްޞަ ދިރާސާތަކާއި ބޮޑެތި  އޯޑަރުތަކާ ބެހޭ އޮފީހަށް" ވަދެއްޖެއެވެ.

Print

ކޮން މީހެއް؟ (4)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

(13 އެޕުރީލު 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ދާއޫދަކީ ނީނާއަށް ވުރެ 15 އަހަރު ދޮށި މީހެއް ނަމަވެސް ބަލައިލާން އެއީ ހަމަ ވަރަށް ހިތްގައިމު ޒުވާނެކެވެ. އަދި ނީނާއަށް ކުރާ ގަދަރާއި ބުނާ ބަހުގެ އިތުބާރާއި ގަޑިއަށް ކަމޭހިތުމާއި ސާފުތާހިރުކަމާއި، ބަސް މަދުކަމާއި މި ހުރިހާ ސިފަތަކަކީ ނީނާގެ ހިތް ދާއޫދުގެ މައްޗަށް ލެނބެން މެދުވެރިވި ސަބަބުތައްކަމުގައި ވެއްޖެއެވެ.

***

Print

ކޮން މީހެއް؟ (2)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

(10 އެޕުރީލު 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ދާއޫދުގެ ފަރާތުން ފެނުނު ތަފާތު ކަންތައްތަކުގެ ސަބަބުން އެއީ އާދައިގެ މީހެއް ނޫންކަމަށް މުންޑޫގައި ކިޔައި އުޅުނެވެ. އެކަމަކު ދާއޫދު ކިޔާ އެހާ މަޝްހޫރު ވިޔަފާރިވެރިއެއްގެ ނަންވެސް އަޑުއިވިފައިނުވާކަމަށް ވެސް ބައެއް މީހުން ބުނެއެވެ. ދާއޫދުގެ ދީލަތިކަމާއި މުންޑޫއަށް އޭނާ އައި އަގުބޮޑު ބިޔަ ކާރާއި، މުންޑޫން އޭނާ ފުރައިގެން ދިޔަ ރީތި ބޮޑު ލާންޗަށް ވިސްނައިލިޔަސް މިއީ އާދައިގެ މީހެއް ނޫންކަން ވިސްނޭހައި ވެއެވެ.

Print

ކޮން މީހެއް؟ (3)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

(12 އެޕުރީލު 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ކޮންމެއަކަސް ފިހާރަ ރަޖިސްޓަރީކުރުމާއި އެކަމާ ބެހޭ މަސައްކަތްތައް ވެސް ކުރަންޖެހިފައިވާތީ، ޖެހިގެން އައި ދުވަހުން ފެށިގެން ވަޒީފާއަށް ނުކުންނަން ނީނާއަށް އަންގައިފިއެވެ. ނުވަޔަކުން ހަތަރަކަށް މަސައްކަތްކުރާ ގޮތަށެވެ. މަހަކު ވިހި ހާސްރުފިޔާއާއި އަހަރީ ބޯނަހުގެ އިތުރަށް ފިހާރައިގެ ވިހި އިންސައްތަ ހިއްސާ ވެސް ނީނާއަށް ދޭ ގޮތަށް އެއްބަސްވިއެވެ. ނަމަވެސް ފިހާރައިގެ ހިއްސާގެ ވާހަކަ އޮތީ ސިއްރެއްގެ ގޮތުގައި ބާއްވާން އެއްބަސްވެއެވެ. އަދި ޙިއްޞާ ދިނުމުގެ ކަންތައް ހަމަޖައްސާނީ ނީނާގެ މަސައްކަތް ހުންނަ ގޮތް ވަޒަންކޮށް، ދާއޫދު ހިތް ހަމަޖެހޭ ގޮތަށް މަސައްކަތް ކުރާ ނަމަ ކަމަށް ވެސް ނީނާއަށް ވަނީ އަންގައިފައެވެ.

Print

ކޮން މީހެއް؟ (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)   

"ކޮން މީހެއް؟" މިއީ ޚިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ހިމެނޭ އެއްވެސް ނަމަކީ އެއްވެސް މީހަކާ، ރަށަކާ، ތަނަކާ ގުޅުންހުރި ނަންނަމެއް ނޫނެވެ. އެ ފަދަ ނަމެއް، އެއް ވެސް މީހަކާ ނުވަތަ ރަށަކާ ނުވަތަ ތަނަކާ ދިމާވެއްޖެ ނަމަ އެއީ އިއްތިފާޤެކެވެ. މި ހާދިސާ އަކީ ވެސް ޚިޔާލީ ހާދިސާއެކެވެ.

މި ވާހަކައިގެ ބޮޑު ބައި ނިސްބަތްވަނީ ހައްދުންމައްޗަށެވެ. އެހެންކަމުން ވާހަކައިގެ ނަމަކަށް ވެސް އަތޮޅުވަންތަ ނަމެއް ޚިޔާރުކުރީއެވެ. ހައްދުންމަތީ ބައެއް ރަށްރަށުގެ ބަސްކޮށާރުގައި "ކާކު" މި ލަފުޒަކީ އޮންނަ ލަފުޒެއް ނޫނެވެ. އޭގެ ބަދަލުގައި ސުވާލުކުރާން ބޭނުންކުރާނީ "ކޮން މީހެއް" މި ޢިބާރާތެވެ. އެހެންކަމުން ވާހަކައިގެ ބަޠަލަށް ނިސްބަތްކޮށް އެ ނަން ބޭނުންކޮށްފައި ވަނީއެވެ.

Print

އަދަބީ އުކުޅު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމް އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

(މިވާހަކަ ތަރުޖަމާ ކުރުމުގައި ދިވެހި މުޖުތަމަޢަށް ފައްތަން ވަރަށް ކުދި ބަދަލު އަޅުގަނޑު ގެނައީމެވެ.)

ބުރު ސޫރައަށް ބަލާއިރު އެއީ އެހައި ޚާއްޞަ މީހެކޭ އެއް ގޮތަކަށްވެސް ހިއެއް ނުވެއެވެ. އެއީ އިސްކޮޅުން ކުރު މީހެކެވެ. ހިކި މީހެކެވެ. މޫނުމަތީންވެސް އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ފެންނާކަށް ނެތެވެ. އޭނާއަކީ އެ ރީތި އޮފީހުގައި ޖެހިފައިވާ ހުތުރު ލައްގަނޑެކޭވެސް ހީވެއެވެ. ފުރަތަމަ ފެންނަ މީހަކަށް ހީވާނީ އޭނާއަކީ އޮފީހުގެ މަސައްކަތު މީހާ ކަމުގައެވެ. އަދި ބޭރުން އަންނަ މީހުންނަށް ދެއްކޭން ވެގެން ވެރިމީހާގެ ގޮނޑިއަށް އަރައި އިނީ ކަމުގައެވެ. އޭނާގެ އޮފީހުގެ ބޭރުގައި ހުރި ކޮޅުފިލާގޮނޑީގައި އިށީނދެގެން އިން ޕިޔޯނަކީވެސް އޭނާ އަށް ވުރެ ވަރުގަދަ ޝަޚްސިއްޔަތެއްގެ ވެރިއެކެވެ. އެކަމަކު އޭނާގެ ކުޑަކުޑަ ބޮލުގައި އޮތް ސިކުނޑިއަކީ އާދަޔާ ޚިލާފަށް މޮޅު ސިކުނޑި އެކެވެ. އޭނާއަކީ ނޫސް މަޖައްލާ ފަދަ ތަކެތި ޝާއިޢު ކުރާ އިދާރާއެއްގެ ވެރި އެކެވެ. އޭނާގެ ބެލުމުގެ ދަށުން ތިން މަޖައްލާއެއް ވަރަށް ކާމިޔާބު ކަމާ އެކު ނުކުމެ އެވެ.

Print

ގޯޅިތެރެ

ޝާޢިއުކުރީ ޙަސަން ރިޟާ، ތ.މަޑިފުށި . ހިމެނޭބަޔަކީ ވާހަކަ

 

ދަތުރު އައިފަހުން އެކި މީހުން އެތިބީ އެކިތަންތަނުގައި ޖެހިފައެވެ. ބައެއްމީހުން "ޖޯޑު" ހަމަކޮށްލައިގެންނެވެ. އަނެއް ބަޔަކު ރައްޓެހިންނާއި އެކުގައެވެ. އަހަރެންވެސް ޔާމީނާއި އެކު ކޮންމެވެސް ވާހަކައެއްގައި މަޑުކޮށްލީމެވެ. ދެމީހުން އެކަހެރިކަމުން ދައްކަމުން އައީ ދެމީހުންގެވެސް އަމިއްލަ ވާހަކައެވެ. އުކަމުން އައީ ޙަޔާތުގެ ބައެއް ޞަފްޙާތަކެވެ. "ދެން ކިޔައިދީބަލަ ކިޔަވަން އުޅުނު ދުވަސްވަރުގެ ވާހަކައެއް. ރަށުން ބޭރުގައި އުޅުނު އިރު ވަރަށް ކަންތައް އޮންނާނެ ނޫންތަ؟" ޔާމިންގެ މި ސުވާލުން އަހަރެންގެ ހިތް އެނބުރުނީ އެންމެ ދިމާއަކަށެވެ. ދެގޮތެއްނުވެ، ކޫރުމެއް އެޅިފައިނުވާ "އެ ވާހަކަ" އާއި ދިމާއަށެވެ.

Print

ކުށްހީ

ޝާޢިއުކުރީ މާހިދު މުޙައްމަދު / ފްރެޝްކޯނަރ / ނ. ހެނބަދޫ . ހިމެނޭބަޔަކީ ވާހަކަ

ޝިހާމަކީ ނޫސް ރިޕޯޓުކުރުމުގެ ތަޖުރިބާއާއެކު އަމިއްލަ ނޫހަކާއި މަޖައްލާއެއްގެ އެޑިޓަރެކެވެ. މިއީ އޭނާ ހިތްވަރު އެލުވައިނުލައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ހަޔާތުގައި ކުރިމަތިވި ހިތްދަތި ދުވަސްތަކަށްވެސް ކެތްކޮށްގެންނެވެ. އާދައިގެމަތިން މިއަދުވެސް ޝިހާމް އިނީ އޭނާގެ މަސައްކަތް ނިންމާލުމަށްފަހު އެރަށު ތުނޑިމަތީގައެވެ. ވައި ޖައްސާލުމުގެ އިތުރުން އޭނާގެ ދިރިއުޅުމާމެދު ވިސްނާލާށެވެ. އޭނާގެ ވީރާނާވެ ޒަޚަމްވެފައިވާ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބޭތޯއެވެ. ތުނޑިމަތި ފެނުމުން އޭނާ ހަނދާނަށް އަންނަނީ އޭނާގެ މާޒީއެވެ. ވިސްނާނުލައި ދިރިއުޅުމުގައި ނެގުނު ފިޔަވަޅެއްގެ ސަބަބުން އޭނާ ބަރުދާސްކޮށްފައިވާ އޭނާގެ ހިތި އަދި ހިތްދަތި މާޒީއެވެ. އެއީ މީގެ ފަސް އަހަރު ކުރިއެވެ.

އާދައިގެ ދުވަހެކެވެ. ޝިހާމާއި އޭނާގެ ދެތިން ރަހުމަތްތެރިންނާއެކު ތިބީ ތުނޑިމަތީގައި ފިނިކޮށްލާށެވެ. އޮލަ ވާހަކައިގައި ތިއްބައި ޝިހާމްގެ ލޮލުގައި އަޅައިގަތީ އެމީހުންގެ ކުރިމަތިންލާފައި ދިޔަ އަންހެން ކުއްޖާއެވެ. އޭނާގެ ހިތުގައި މީގެ ކުރިން ނުޖަހާ ކަހަލަ ވިންދެއް ޖަހާލިއެވެ. "އޭ ބަލާބަލަ ބައެއް މީހުން އެއޮށްދާ ފަތްމިންޏަށް ގެއްލިފަ ތިބިވަރު" ޝިހާމް އެކުއްޖާއަށް ބަލަން އިންދައި އެތަނުން އެކަކު ބުންޏެވެ. ޝިހާމް ހިނިތުންވެލިއެވެ. އަދި އެކުއްޖާގެ ނަމަކީ ނިއުމާކަންވެސް އެމީހުންގެ ފަރާތުން އެނގުނެވެ. ފުރަތަމަ ނަޒަރުންވެސް ނިއުމާއަކީ މުއްސަނދި އާއިލާއެއްގެ ކުއްޖެއްކަން ޝިހާމަށް އެނގުނެވެ. ނަމަވެސް ޝިހާމަކީ އެފަދަ މުއްސަނދި މީހަކަށް ނުވިޔަސް އޭނާގެ ހިތުގައި ބިންވަޅުނެގުނީ ނިއުމާގެ އެ ލާސާނީ ސޫރައެވެ. ލަތީފީ ހަށިގަނޑެވެ. ބަލާ ފޫހިނުވާނެ ދެލޮލެވެ. އޭގެ ހަފުތާއެއް ފަހުން އެދެމީހުންގެ ލޯބީގެ ގުޅުން ފެށުނެވެ. ޝިހާމުގެ ހުށަހެޅުމަށް ނިއުމާ އާނބަސް ބުނީ ޝީހާމް ހީކުރިވަރަށްވުރެވެސް އަވަހަށެވެ. އެއީ ނިއުމާވެސް ޝިހާމެދެކެ ލޯބިވާތީކަމުގައި އޭނާ ގަބޫލުކުރިއެވެ. އޭރު ޝިހާމަކީ އާދައިގެ ނޫސް ރިޕޯޓަރެކެވެ.

Print

އަލަނިރު

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ވާހަކަ


ކޮމަންޑޫ ޢަލީ އިބުރާހީމް

ޙަބީބުގެ ޢުމުރުން އެންމެ 5 އަހަރު ނުވަނީސް އިބުރާހީމް ކައރިން ވަރިވެގެން ޚަދީޖާ އެހެން މީހަކާ އިނދެފިއެވެ. ޚަދީޖާ ވަކިވެ ދިއުމުން އިބުރާހީމުގެ ޙަޔާތަށް އައީ ވީރާނާ ދުވަސްތަކެކެވެ. ޙަބީބު ބަލަހައްޓަމުން ދިރިއުޅުމުގެ އެހެން މަސައްކަތްތަކަށް ކުރިމަތިލާނެ ވަގުތެއް ނުލިބެއެވެ. ސަބަބަކަށްވެފައިވަނީ ދޮށްޓަށްތިބި ދެބެއިންނަކީވެސް އަދި އަތްފައިނުޖެހޭ ކުދިންނަށްވާތީއެވެ. ދެވަނަ ކައިވެންޏެއް ކުރުމަށް އިބުރާހިމް ވިސްނިއެވެ. އެކަމަކު ދޮން ދަރިންތަކަކާ ޙަވާލުވާނެ އިބުރާހީމް ފުރައިގެ އެހެން އަންހެނަކު ރަށަކުން ނުވިއެވެ.

Print

މާވަޑި ޖަމީލާ

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ވާހަކަ


ކޮމަންޑޫ ޢަލީ އިބުރާހީމް


އަލިފުށީގެ ބޮޑު މާލޫދަށް މުޅި ރަށް ޒީނަތްތެރިވެފައިވަނީ އަލަތު ކައިވެންޏަކަށް އަންހެންކުއްޖަކު ޒީނަތްތެރިވެފައިވާ ފަދައިންނެވެ. ރަށުގެ ފައި އިނދޭ ފުރައިން ފެށިގެން ދުވަސްވީ މުސްކުޅިންނަށް ދާންދެން އެއްވެފައި އެތިބީ ރަށުގެ ބޮޑު މާލޫދަށް އަންނަ މީހުންނަށް މަރުޙަބާ ކިޔުމަށް ރަށުގެ އަތިރިމަތީގައެވެ.


ޒަމާނުއްސުރެ މި މައުލޫދަށް ބިލެތް އަޅައިގެން އަންނަ ޚާއްޞަ އެއްބަޔަކީ އަތޮޅަށް ނިޞްބަތްނުވާ އެކަމަކު ރަށާ އެންމެ ކައިރީގައި އޮންނަ އަވަށްޓެރި ކޮމަންޑޫގެ

Print

ފިރިހެނުންދެކެ ރުޅިއަންނަ ސަބަބު..

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ވާހަކަ

އަޙްމަދު ޝަކީލް ބ. ދަރަވަންދޫ

މިސްރުގައި އުޅުއްވި ރަސްކަލެކެވެ. ޢުމުރުފުޅުން ދެބައި ޢުމުރަށް ދިޔައިރުވެސް އެއްވެސް ދަރިކަލެއް އަދި ދަރިކަނބަލެއްވެސް ލިބިވަޑައެއް ނުގަންނަވަ އެވެ. މިގޮތުގައި ދުވަސްތައް ހޭދަވަމުން ދިޔައެވެ. އެއްދުވަހެއްގެ ހަވީރެވެ. ރަސްގެފާނުގެ އަނބިކަނބަލުން ބަގީޗާއަށް ނުކުމެ ވަޑައިގެން އުޅުއްވަނިކޮށް ވައިރޯޅިއަކާ އެކު އައިސް ކޮންމެވެސް އެއްޗެއް ނޭފަތުގެ ހިނދުރީގެ ތެރެއަށް ވަދެގެން ދިޔައެވެ. ނަމަވެސް އެކަމުން އެއްވެސް އުނދަގޫފުޅެއް  ލިބިވަޑައިނުގަންނަވާތީ މާ ބޮޑުކަމަކަށް ނުހައްދަވައެވެ.

Print

ނޯޓްކަރުދާސްކޮޅު

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ވާހަކަ


މުޙައްމަދު ޝައްމާން ޒަކީ


އަހަރެން ސިގިރޭޓެއް ނުބޮމެވެ. ކޮފީއެއް ނުބޮމެވެ. ރައްޓެހިންނާއިއެކު ހީ ސަމާސާ ކުރުމެއް މިހާރަކު ނެތެވެ. ހުރިހާ ކަމެއް ބަދަލުވީ ކުއްލިއަކަށެވެ. ހީވެސް ނުކުރާހާ އަވަހަށެވެ. ދުރުން މަންޒަރު ބަލަން ހުންނަ މީހާވެސް ކޮސްވާނެއެވެ. އަހަންނަށް ކުއްލި މި ބޮޑު ބަދަލު އައީ ކީއްވެހޭ ސުވާލުވެސް ކުރާނެއެވެ. މާޒީގައި އަހަންނަކީ ރަނގަޅަށް އުޅެނު މީހެއް ނޫނެވެ. އަހަންނަށްވުރެ ގިނައިން ދުވާލަކު ސިނގިރޭޓް ކޮފީ ބުއި އުޅުނު އިންސާނަކު ވާނެހެނެއް ހީއެއް ނުވެއެވެ. ނަމާދު ގަޑިއެއް އެހެން ގަޑިއެއް ނުބަލާ، ސައުވީސް ގަޑިއިރުގެ ތެރޭގައި ފަސް ގަޑިއިރު ކޮފީގައި ހޭދަކޮށް މުސާރައިގެ ބޮޑު ޕަރސެންޓެއް ބޭކާރު ކުރެވެއެވެ. ރައްޓެއްސަކު ގުޅާލުމުން ކޮފީ ނުދީއެއް ނުހުރެވެއެވެ. އަހަރެން ރައްޓެހިންދެކެ އެހާވެސް ލޯބިވެއެވެ.
Print

މަޖުބޫރު ލޯބި (48)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

ބައެއް ފަހަރަށް ކޮށްލެވޭ ކުޑަކުޑަ ކަމަކުން މިރީތި ހުވަފެންވެސް ފުނޑުފުނޑުވެގެން ހިނގައިދާނެކަމުގެ ބިރު އޭނާގެ ހިތު ތެރޭގައި އުފެދެއެވެ. އަދި ޖަޔާ ފަދަ ރަޙްމަތްތެރިއަކު ލިބުނީތީ އޭނާ ޝުކުރުކުރެއެވެ.

ޖަލާލީ މިހާރު އޭނާގެ އެކަނިވެރި ކަމާއިމެދު ބައެއް ފަހަރަށް ނާޖިޔާ ގާތުގައި ވާހަކަވެސް ދައްކަން ފަށައިފިއެވެ.

މިއީ ވަރަށް ވިއްސާރަ ހަވީރެކެވެ. މިއަދު އެމީހުންގޮސް މިތިބީ ރެސްޓޯރެންޓެއް ގައެވެ. ބިއްލޫރިން ހަދާފައިވާ މި ރެސްޓޯރެންޓަކީ ވިއްސާރައިގެ މަންޒަރު ދުށުމަށް ވަރަށް އެކަށޭނަ ތަނެކެވެ.

Print

ވީރާނާ ވެފައިވާ ޙަޔާތް މެގޭ...

ޝާޢިއުކުރީ އިއްޒާ އަހުމަދު ނިޒާރު . ހިމެނޭބަޔަކީ ވާހަކަ


      ބަދިގެދޮށުގައި ރާނާފައި ހުރި ފިނިއަށީގައި ފަންގެވިޔަން އެއިނީ ހަދަހާ ރީތި އަންހެނެކެވެ. ކަޅިރަވަ ތޫނު ދެލޮލެވެ. ކަޅު އިސްތަށިގަޑެކެވެ. އެންމެ ދޮން ނޫންނަމަވެސް ހަމުގެ ކުލައައްޔެވެ. ރީތި ތުނި ހަށިގަނޑެކެވެ. އޭނާއަކީ ފަސް އަހަރުގެ އަންހެން ކުއްޖެއްގެ މަންމައެކޭ ބުނުމުން ގަބޫލުކުރަން ދައްޗެވެ. ވިހެއުމަށްފަހުވެސް އޭނާގެ ރީތި ކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދިވެސް ސަނާގެ ރީތި ކަމަކީ ފިރެހެނުންގެ ހިތްތައް ކަތިލާފަދަ ރީތި ކަމެކެވެ.

Print

މަޖުބޫރު ލޯބި (47)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

 
ގައްދޫ މުޙަންމަދު ރަޝީދު

ރޮމުންވެސް އޭނާ ޖަލާލީ އަތުވެދާނެ ކަމުގައި ހީކުރިއެވެ. އޭނާ ހީކުރިގޮތުގައި ޖަލާލީ އުފަލުން ފޮޅެމުން އޭނާގެ ފަހަތުން އަންނާނެއެވެ. އޭނާގެ ވާހަކަ ޔަޤީން ކުރުމަށްޓަކައި ފަށްފަށްކޮށް ސުވާލުކުރާނެއެވެ.

އެކަމަކު އެހެނެއްވެސް ނުވިއެވެ.

އޭނާ އެތައް އިރެއް ވަންދެން އެގޮތަށް ކަރުނަ އޮހޮރުވަން އިނެވެ.

ކަރުނައިގައިވެސް ޚަޒާނާއެއްވެއެވެ. އެއީ ޙައްދެއްނެތް ޚަޒާނާއެއް ނޫނެވެ. ވަކި ދާއިރާއެއްގެ ތެރޭގައިވާ އެއްޗެކެވެ.
Print

އުފާވެރި ދިރިއުޅުމަކަށް ރަނގަޅީ މާލެހެއްޔެވެ؟ ނުވަތަ ރަށްފުށް ހެއްޔެވެ؟

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވާހަކަ


މުޙައްމަދު މުއާޒު

ކޮންމެ މީހަކީވެސް އުފާވެރި ދިރިއުޅުމެއް ބޭނުންވާނެ މީހެކެވެ. އަދި މިފަދަ ދިރިއުޅުމެއް ލިބޭނީ ރަނގަޅު ވަސީލަތްތަކެއް ހުރެގެންނެވެ. އަދި ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި އުފާވެރި ދިރިއުޅުމެއް ލިބޭނީ މަލޭގައެވެ. އަދި އަނެއްބޔަކު ޤަބޫލު ކުރާގޮތުގައި ރަނގަޅު އުފާވެރި ދިރިއުޅުމެއް ލިބޭނީ ރަށްފުށުގައި ދިރިއުޅެގެންނެވެ. އެހެންކަމުން އުފާވެރި ދިރިއުޅުމެއް ލިބޭނީ މާލޭގައި
Print

މަޖުބޫރު ލޯބި (45)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު
 
އޭގެ ފަހުގައި ޖަޔާ ނުފެނެއެވެ. ވިއްސަކަށް މިނެޓްއިރު ޖަލާލީ އެގޮތަށް ސޯފާގައި އޮތެވެ. ދެން ބަދިގެއާވީ ފަރާތަށް ހިނގައްޖެއެވެ.

އާދައިގެ މަތިން ކާންހަދާފައި ހުއްޓެވެ. ކުޑައެތިކޮޅެއް ކެއުމަށްފަހު ހުއްޓާލިއެވެ. ބަދިގޭ ތެރެއިން ވަރަށްމީރު ކާއެއްޗެއްގެ ވަސް ދުވައެވެ. އެކަމަކު ދެރަވެފައި އިންވަރުން އެތެރެ ބަލާލާހާ ހިތްވަރެއްވެސް ނުލިބުނެވެ. އަދި
Print

މަޖުބޫރު ލޯބި (44)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

 
[ނުކެރެންވީ ކީއްވެގެން ހެއްޔެވެ. ބުނަން ޖެހޭނެއެވެ.]

[ކޮންމެވެސް އެހެން ވާހަކައެއް ދައްކަވާށެވެ.]

[ކަމާނުބެހޭ ވާހަކަ ދައްކަން ވަރަށްގިނަ ވަގުތު އެބައޮތެވެ.]

[ޝަވާލީއަކީ ވަރަށްމަޖާ ބޭކަނބަލެކެވެ.]

[ވާހަކައިގެ މިޞްރާބު ބުދަލުކުރަން ނޫޅޭށެވެ.]

[އެންމެ ރަނގަޅެވެ. ރަނގަޅަށް ވާހަކަ ދެކެވޭނީ މިގެއަށް ދުރުވީމާ ނޫންތޯއެވެ.]

ހަމަމިގަލަމުން

އިދާރާ

ވާހަކަ