އަދުގެ ޚާއްސަ

ވާހަކަ

Print

މަޖުބޫރު ލޯބި (43)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

ބަދިގެއަކުން ނުނިކުމެވުނެވެ. ޖަޔާ އޭނާއާ އެކުގައި ކާން އައިސް މޭޒު ކައިރީގައި އިށީނުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. އެގޮތަށް ކެއުން އޭނާއަށް ޙަރާމެވެ.

[ކޮއިފުޅާއެވެ. ތިޔަކަހަލަ ކަންތައްތަކާމެދު ވިސްނާނީ އަމިއްލަ ސިފައަށް ބަލާފައެވެ.] ޖަލާލީގެ އެތެރެހަށިން އަޑުއައެވެ. [މިހާރު ކަލޭގެ އަގުވެއްޓިއްޖެއެވެ. އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރެއްގެ މަތިންނެވެ. މިހުރިހާ ދުވަހު ލިބުނު ތަޖުރިބާ ކޮބާ ހެއްޔެވެ.] އޭނާ އެނބުރި އައިސް ގޮނޑީގައި އިށީންނަމުން މޭޒުގައި ބޯޖަހާލިއެވެ.

ޖަލާލީ އެގޮތަށް އެތައް އިރެއްވަންދެން އޮތެވެ. އިންތިޒާރު ކުރަނީ ނޫންކަމެއްވެސް ނޭގެއެވެ. ޖަޔާ
Print

މަޖުބޫރު ލޯބި (42)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

އޭނާ ރަގަބީލަށް އޮބާލިއެވެ.

ދެވަނަ ހިނދުކޮޅުގެ ތެރޭގައި ފިޔަވަޅުގެ އަޑު އިވެން ފަށައިފިއެވެ. ފުންނާބު އުސްކުރި ފައިވާނުގެ ޓަކްޓަކް އަޑެވެ. އަދި މެދު ޢުމުރުގެ ސަމައްތަރު ހެޔޮ އަންހެނަކު ދޮރުހުޅުވާ ލައިފިއެވެ.

ޖަޔާ ފެނިފައި އޭނާ ޙައިރާން ވެއްޖެއެވެ. ދެން ހިނިތުން ވެލާފައި އުފާ ފާޅުކުރިއެވެ.

[ތިޔައީ މިސިޒް ޖަލާލީކަން ހަމަ ޔަޤީނެވެ.] އޭނާ އިސްތިޤްބާލު ކުރަމުން ބުންޏެވެ.
Print

އަނގަމަޑުރާނީ(2)

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

ސުވާލުކުރާ މީހާ: މާތްރަސްކަލާގެ މިއުޑާއި ބިމާއި ދެމެދުގައި ލައްވާފައިވާ އެއްޗެއްވެ އެވެ. އެކަމަކު އެއްޗެއް މި އުޑާއި ބިމާއި ދެމެދުގައިވާ ޖާގައަށް ވުރެ މާ ތަނަވަސްކަން ބޮޑެވެ. އެއީ ކޮން އެއެްޗެއް ހެއްޔެވެ؟
ދަތުރުވެރިޔާ: އެއީ މާރަސްކަލާންގެ معرفة  ވެރިކަމުގެ  އިލްމުން ނޫރު ލެއްވިފައިވާ ޢިލްމުގެ ވެރިޔާގެ ހިތެވެ. އެހިތުގެ ވެރިޔާގެ ޢިލްމު ވެރިކަމުގެ ނޫރު ބިމާއި އުޑާއި ދެމެދުގައިވާ ޖާގަ ފަހަނަޅައި، އުޑުގެމަތީގައި ވާތަނާއި، ބިމުގެ އަޑީގައި ވާތަނަށް އޭނާ ހިތުގެ ނޫރުގެ އަލިކަން ފޯރުވައިފައިވެއެވެ.
Print

މަޖުބޫރު ލޯބި (41)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

ދެން އަނެއްކާވެސް އެއްކަލަ ނިންމުން ކުރިމަތި ވެއްޖެއެވެ.. [ވާންވީގޮތެއް ވެދާނެއެވެ. ދެކެން ހުންނާނީއެވެ.]
އަދި........އޭނާ ރެއަށް ކައްކަން ފަށައިފިއެވެ. އޭނާއަށް އެނގޭ އެންމެ މޮޅަށެވެ. ކައްކާ އެއްޗެހީގެ ތެރޭގައި ހަނާކުރިމަހާ ޝާމީ ކަވާބު އަދި ހަޑުލު ކީރު ހިމެނެއެވެ.

ނާޖިޔާ ވަރަށް ފަރުވާތެރި ކަމާއެކު ކައްކަމުން ދިޔައެވެ. އޭނާއަކީ އަދި ޅަކުއްޖެކެވެ. އަމިއްލަ ގޭގައިވެސް އޭނާ ބަދިގެއަށް ވަންނަނީ ވަރަށްމަދު
Print

އަނގަމަޑުރާނީ(1)

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

އެއްސަހަރެއްގައި އުޅުއްވި ރަސްކަލެއް، އެރަސްގެފަނަށް އެ ސަހަރުގެ މީހުން ކިޔައިއުޅެ މަޝްހޫރު ނަމަކީ (އަނބިންނަށް ނުބައި ރަސްގެފާން) އެވެ. ރަސްގެފާނަކީ ރީތި ޒުވާން ބޭފުޅެކެވެ. ރަސްފާންގެ އާދަފުޅަކީ ކޮންމެވެސް ބޭފުޅަކާއި ކައިވެނިބައްލަވައިގެން ކުޑަދުވަސްކޮޅަކު އުޅުއްވުމަށްފަހު އަނބިކަނބަލުންގެ މައްޗަށް ކޯފާވެ ވަޑައިގެން އަނބިކަނބަލުން ގަތުލުކުރައްވައި، ދެން އެހެންބޭފުޅަކާ ކާވަނި ބައްލަވައިގަންނަވަނި އެވެ. ކޮންމެ އަނބިކަލަކަށް ވެސް އުޅުއްވެވެނީ ހަފްތާއެއް، ދެހަފްތާއެއް ހައި ދުވަހަކަށެވެ.
Print

މަޖުބޫރު ލޯބި (40)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

އޭނާއާމެދު ޖަލާލީ ބަލާނީ ކޮންލޮލަކުން ހެއްޔެވެ. ޖަލާލީ މިހާރު ހުރިހާ ގުޅުމެއް ކަނޑާލައިފިއެވެ. އޭނާ މިހާރު އެހުންނަނީ ހުރިހާ ލިޔުމެއް ފުރިހަމަ ވުމަށްފަހު ޖަޔާ ރަށަށް ފޮނުވާލުމުގެ އިންތިޒާރުގައެވެ.

ނާޖިޔާ ބޯހޫރާލިއެވެ. އަދި ވަރަށް ހިތްވަރާއެކު ޖަލާލީގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ދޮރުހުރީ ހުޅުވާފައެވެ. ޖަލާލީ ލޯމަރާލައިގެން ގޮނޑީގައި އޮތެވެ. އަތުގައި ރޯކޮށްފައިވާ ސިގިރޭޓެއް އޮތެވެ.
Print

ޗެޓު

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައި

ބިންމާ އިބްރާހީމް ވަޙީދު 

އަހަރެންގެ އޮފީހަކީ، ސައުވީސް ގަޑިއިރު ހުޅުވާފައި ހުންނަ އޮފީހެކެވެ. ކިތަންމެ ރެއަކު އަހަރެން ހޭލާހުންނަން ޖެހެއެވެ. ބައެއް ދުވަސްދުވަހު ގެ އަށް ދެވޭނީ ހައިހޫނުކަން ފިލުވާށާއި ނިދަން އެކަންޏެވެ. އެހެން ހުރިހާ ވަގުތަކު އުޅެންޖެހެނީ އޮފީހުގަ އެވެ. އޭގެ ސަބަބުން، ރަށުތެރެއަށް ނުކުމެ، އަހަރެން ފުރައިގެ، ފުރާވަރުގެ އެހެން ފިރިހެނުން ފަދައިން ބުރެއްޖަހާލާކަށް ވެސް ވަގުތެއްނުލިބެ އެވެ. ނަތީޖާއަކަށްވީ ހުސްހަށިބަޔަށް ހުންނަންޖެހުމެވެ. އުމުރުން ނަވާރަ އަހަރު ވީއިރު ވެސް އަހަރެންގެ ލޯބިވެރިއެއް ނުހުރެއެވެ.
Print

މަޖުބޫރު ލޯބި (39)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

[ދެން އަޅުގަނޑު ދަނީއެވެ.] މިސިޒް ހެރަލްޑް ފަޟާ ކިލަނބުވެގެން ދާތަން ދެކެފައި ޖަލާލީއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.

[މުއްދަތު ހަމަވާއިރަށް އަންނާނަން ދޯއެވެ. އަހަންނަކަށް އެކަންޏަކު ނޫޅެވޭނެއެވެ. ހެރަލްޑަށް މިކަން އެނގޭނެއެވެ.] ޖަލާލީ ހޫނު ޖޯޝަކާއެކު ސަލާން ކޮށްލަމުން ބުންޏެވެ.

[އެއްވެސް ޝަކްވާއެއް އުފެދުނަކަ ނުދޭނަމެވެ.
Print

500 ދުވަސް

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހީމް ވަޙީދު
 
އަހަރެއްގައި، އާންމުކޮށް އޮންނަނީ 365 ދުވަހެވެ. އޭގެ ސިއްރަކީ ކޮބައިބާ އެވެ؟ އިންސާނާގެ ހަށިގަނޑުގައި، ދެލޮލާއި، ދެކަންފަތާއި، ދެއަތާއި ދެފައި ލައްވާފައިވެ އެވެ. ދެ ހިތް ނޯންނަނީ ކީއްވެ ހެއްޔެވެ؟ މި ހުންނަނީ ކޮންމެ ކޮންމެ މީހަކަށް އެނގޭނެ ކަންތައްތަކެއް ނޫނެވެ. ބައެއް ސުވާލަށް ދޭނެ ފުރިހަމަ ޖަވާބެއް ނޯވެއެވެ. އެކަމަކު، އެ ކަމުގައި ވަރަށް ބޮޑު ޙިކުމަތެއް ލައްވާފައިވާނެކަން ކަށަވަރެވެ.
Print

މަޖުބޫރު ލޯބި (38)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

[އޭނާއަށް ވަރަށް ވިސްނައި ދީފީމެވެ. އަނެއްކޮޅުން ބަލާއިރު އޭނާ މިތާނގައި އިންނާނީވެސް މަދު ދުވަސް ކޮޅަކުއެވެ.]

[އަހަރެން ތިޔަ ޚިޔާލު އެބަކުރަމެވެ. ރަށަށް ދިއުމުގެ އިންތިޒާމު ގާތްގަނޑަކަށް މިހާރު އޮތީ ނިމިފައެވެ.]

[އަދިވެސް އޭނާގެ ޚިޔާލު ބަދަލު ކޮށްލާނެނަމަ ކޮންފަދަތޯއެވެ.]
Print

ލިބާސް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ލިބާހަކީ އިންސާނާ ކިބުރުވެރި ކުރުވާ އެއްޗެކެވެ.

އޭނާގެ ހިތަށް އެރި އެވެ. ލިބާހެއް ނުލައި، މުޅީން ބަރަހަނާ ވެގެން ރަށު ތެރޭގައި ބުރެއް ޖަހައިލާން ވީއެވެ. ހުރިހައި މަގަކުން ހިނގައިލާން ވީއެވެ. އެކަމަކު...

އެއީ ފަސޭހަ ކަމެއް ހެއްޔެވެ؟
Print

މަޖުބޫރު ލޯބި (37)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

[ނާޖިޔާ ލޯހުޅުވާލިއެވެ. އަދި ޙައިރާން ކަމާއެކު މިސިޒް ހެރަލްޑްގެ މޫނަށް ބަލާލިއެވެ. އޭނާ އަވަހަށް ބުންޏެވެ. [ދެދުވަހޭ؟]

[ލައްބައެވެ!]

[ދެން ދާނީ ކޮންތާކަށް ހެއްޔެވެ؟]

[އަޅުގަނޑުގެ ޗުއްޓީ ދެދުވަހަށް ފަހުގައި ފެށެނީއެވެ.]

[ދެން ހަމަ ދާނީ ހެއްޔެވެެ؟]

[ލައްބައެވެ!]
Print

މަޖުބޫރު ލޯބި (36)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

                                                        15 އޮގަސްޓް (ބުދަ ) އާ ގުޅޭ.......
ކުރީގައި އޭނާ ހުރީ ވަރަށް މަޑުމައިތިރި މޫޑެއްގައެވެ. އެކަމަކު މިހާރު އޭގެ ބަދަލުގައި ހަރުކަށި އިންސާނަކަށް އޭނާ ބަދަލުވެއްޖެއެވެ..... އޭނާ ފޯރިއާއެކު މަސައްކަތުގައި އުޅެއެވެ. ނާޖިޔާ ރަށަށް ފޮނުވުމުގެ މަސައްކަތުގައެވެ. ވަރިކުރުމުގެ ކަންތަކުގައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޖަޔާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. މިހާރު އެއްވެސް ކަމަކާމެދު އޭނާއަކަށް ނުރޮވެއެވެ. ކަރުނަ ހިކިއްޖެއެވެ. ހުސްވެއްޖެއެވެ. ލޮލުން ކަރުނައިގެ ބަދަލުގައި މިހާރު ފެންނަނީ ވީރާނާކަމެވެ.
Print

6 މީދާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


އާދަމް ނަޞީރު އިބްރާހީމް

ކޮންމެ މީހަކު ވެސް އުޅެނީ ދުނިޔޭގައި އަލަށް ހިނގީ ކޮން ކަމެއްތޯ ބަލާށެވެ. ރާއްޖޭގެ މި އަދުގެ އެންމެ ފަހުގެ ހާދިސާތަކަކީ، ކާރިސާތަކަކީ ކޮބައިތޯ އޮޅުން ފިލުވާށެވެ. ބައެއް މީހުން ފޯނުންނެވެ. ބައެއް މީހުން ނެޓުންނެވެ. މޭޒުތަކުގެ މަތީގައި އަތުރައިލެވިފައި ވާ އެންމެ ފަހުގެ ކޮމްޕިޔުޓަރުތަކުގެ އެހީގައެވެ. އޮފީސްތެެރެއަށް އިތުރު ހައިބަތެއް ގެނެސްދެނީ އެއްދިމާއެއްގައި ވަކިން ތަރުތީބު ކުރެވިފައި ހުރި ފަތި ޓީވީ ބަރިއެވެ. ކޮންމެ ޓީވީ އަކުން ދައްކަނީ ވަކި ޗެނަލެކެވެ.  އަމިއްލަ ގައިގެ ހޫނުކަން ވެސް އިޙްސާސް ނުވާހައި ފިނިފިނި، މި މާހައުލުގައި  ގިނަ ބަޔަކު އަވަދި ނެތިފައިވަނީ ބޭރު ދުނިޔެއާއި ރާއްޖޭގައި ހިނދުން ހިނދަށް ވާ ނުވާ އޮޅުންފިލުވައި، ދިވެހިބަހުން  އެކުލަވައިލުމުގައެވެ.
Print

މަޖުބޫރު ލޯބި (35)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

އެހެން ނަމަވެސް އެލަފްޒުތައް އޭނާގެ ކަރުތެރޭގައި ތާށިވެއްޖެއެވެ. ލުއި ކަރުނައެއް ލޮލުގައި އުފެދިގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރިލައިފިއެވެ. އަދި އިނގިލީގެ ބަނޑުފުށުން ލޯކައިރި ފޮހެލިއެވެ. ހަމައެއާއިއެކު ހިނގައި ގަތުމަށް ފިޔަވަޅު ނެގިއެވެ.

[ނާޖިޔާއެވެ!] ޖަލާލީ ގޮވާލިއެވެ. އަޑުގައި ހުރީ އިންތިހާ ދަރަޖައިގެ ބީރަށްޓެހި ކަމެކެވެ.
Print

ހުރަ ގަނޑުވަރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


އާދަމް ނަޞީރު އިބްރާހީމް

ބޮޑުކޮޓަރިތެރޭ ހުރި ސޯފާގައި މުޖާހު އިށީނދެލީ  އަށެއްގެ ޚަބަރަށް ޓީވީގެ ކުލަ ބަދަލުވާތީ އެވެ.  މި ރޭ އޮންނަ މިނިވަން ދުވަހުގެ ޚާއްޞަ ޖަލްސާއަށް އޭނާ ދާންޖެހެނީ 9:00 އަށެވެ. ގޭގެ އެހެން އެއްމެން ޗުއްޓީ ނަގައިގެން ރާއްޖެއިން ބޭރަށް ގޮސް ވިޔަސް، އޮފީހުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ބާވަތުން، މުޖާހަށް ޖެހުނީ މި ފަހަރު ވެސް މާލޭގައި މަޑުކުރާށެވެ. ހަގީގަތުގައި އޭނާ ބޭނުންވަނީ ވެސް މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވާށެވެ. މިނިވަން ހިޔަލުން، ފިނިހިތް ކުރަމުން  ހިނިތުންވާށެވެ!
Print

މަޖުބޫރު ލޯބި (34)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

...... ފިރިމީހާގެ ޚިދްމަތަކީ އަޅުކަމެކެވެ. އަހަރެމެންގެ ހެޔޮ ދުޢާތައް އަބަދުވެސް ތިޔަ ދެމަފިރިންނާއި އެކުގައި ވާނެއެވެ. އަހަރެމެންގެ ކައިރީގައި ތިޔަ ދެކުދިން ތިބިނަމަ ކޮށްފަދަ ހެއްޔެވެ. އެދުވަސްވެސް އަދި ފެންނާނެއެވެ. އެހާތަނަށް މަންމަ ކެތްކޮށްގެން އިންނާނަމެވެ.]

ހުއްޓުމެއްނެތި ޖަޔާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އޭނާ ސިޓީ ކިޔަމުން ރޮމުން ގެންދިޔައެވެ.

ތިންވަނަގަނޑުގައި އޮތީ ތާނޫގެ ސިޓީއެކެވެ. މިއީ ކުޑަކޮށް މަޖާ ސިޓީއެކެވެ. ނަސޭޙަތާއިއެކު މަޖާ ވާހަކަތަކެއް ލިޔެފައިވެއެވެ. ޖަޔާގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. އަދި ސިޓީކިޔަމުން ދިޔައެވެ. އެތައް ވާހަކަ ތަކަކަށްފަހު ލިޔެފައިވެއެވެ.

[ޖަޔާއެވެ. ކޮއްކޮ ޙަޔާތުގެ މައިދާނުގައި ފައިތިލަ ސާބިތު ކޮށްފީމުއެވެ. ކޮއްކޮއަކީ އިންތިހާއަށް ރީތި ކުއްޖެކެވެ. ފިރިމީހާއަކީ ހުތުރު
Print

މަޖުބޫރު ލޯބި (33)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

ވަރީގެ ލަފްޒުން ޖަޔާއަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ލޯމަރާލުމާއިއެކު ދެކަންފަތަށް އިނގިލި ޖަހައިފިއެވެ. އަދި ބާރަށް ހަޅޭލަވައިގަތެވެ.
[ނާޖިޔާއެވެ! ނާޖިޔާއެވެ!] ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ.
ޖަޔާ ލޯހުޅުވާފައި ބަލާލިއެވެ.

މިސިޒް ހެރަލްޑް އޭނާއަށް ގޮވަނީއެވެ. އޭނާ ދެލޯ ބޮޑުކޮށްފައި ބަލަން ފަށައިފިއެވެ.

[ނާޖިޔާއެވެ. މާބޮޑަށް ފިކުރު ކުރައްވަނީތޯއެވެ. މިސިޒް ހެރަލްޑް އޭނާ ތެދުކޮށް ސޯފާގައި ބައިންދަމުން ބުންޏެވެ.

ޖަޔާ އަދިވެސް އިނީ ގަބުވެފައެވެ. ވަރަށް ފަރުވާތެރި ކަމާއިއެކު އޭނާ
Print

މަޖުބޫރު ލޯބި (32)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

[ކަލޭމެން މޮޔަވީ ހެއްޔެވެ؟] މަންމަ ގޮނޑީގައި އިނދެފައި ބުންޏެވެ. [އަނެއްކާ ހުވަފެނެއް ފެންނަނީ ނޫން ބާވައެވެ. ޖަޔާ އެއުޅެނީ އެމެރިކާގައެވެ....... އަދި......]

އެކަމަކު މަންމަގެ ބަސް ހުއްޓިއްޖެއެވެ.

[ޖަޔާއެވެ......!] ކުރިމަތީގައި ހުރީ ޖަޔާކަން އެނގުމާއިއެކު މޭގައި އަތް ޖައްސާލާފައި ހާސްކަމާއެކު ކޮޅަށް ތެދުވެއްޖެއެވެ.

[ޖަޔާ...... ދަރިފުޅު........... އެކަނި ހެއްޔެވެ............ ނުވަތަ ޖަލާލީ..........]
Print

މަޖުބޫރު ލޯބި (31)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

[ހުތުރު ކަން ފިޔަވާ އެހެން އެއްވެސް އައިބެއް ޖަލާލީގެ ފުށުން ފެނުނު ހެއްޔެވެ؟]

[އާނއެކެވެ.]

[އެއީ ކޮންކަމެއް ހެއްޔެވެ؟]


[އޭނާ އަހަންނަށް މަކަރު ހެދީއެވެ.]

[ކޮންމަކަރެއް ހެއްޔެވެ؟]

[އޭނާގެ ހުތުރުކަން ފޮރުވުމަށްޓަކައި އެހެން މީހެއްގެ ފޮޓޯ ފޮނުވީއެވެ.]

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ