އަދުގެ ޚާއްސަ

ތިމާވެށި

Print

ރާގޮނޑިކޮލި

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ތިމާވެށި


އަޙްމަދު ސަމީޢު ށ.މިލަންދޫ
 
ރާގޮނޑި ކޮއްޔަކީ ދިވެހިން ދަންނަނަމެކެވެ. ނަމަވެސް މިމަހުގެ ނަން ކިތަންމެ ސާފުކޮން އެނގުނު ކަމުގައިވިޔަސް ރާގޮނޑިކޮއްޔަކީ އަސްލުގައި ކޮންމަހެއްކަން ކަނޑައަޅާ ބުނެދިނުންވަނީ ގިނަބަޔަކަށް ދަތިކަމަކަށެވެ.  ވީމާ ރާގޮނޑި ކޮއްޔަކީ ކޮންއެއްޗެއްތޯ ބެލުމަށްޓަކައި 1982 ވަނައަހަރާ 1983ވަނައަހަރު މިނިސްޓްރީއޮފް ފިސަރީޒް އެންޑް އެގްރިކަލްޗަގެފަރާތުން
Print

ހުވަންޏަކީ . . . .

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ތިމާވެށި



އަޙްމަދު ސަމީޢު ށ.މިލަންދޫ

ހުވަނި ނުވަތަ ހުވަންޏަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އުޅޭ ޚާސަކޮއް ވަރަށް ކުރީ ޒަމާނުން ފެށިގެން ރާއްޖޭގެ ގިނަބަޔަކު ދަންނަ ފަންޏެކެވެ. ގިނަބަޔަކަށް ނަން އެގުނު ކަމުގައިވިޔަސް މިފަނި ފާހަގަކުރަން ނޭނގޭކަން ފާހަގަ ކުރެވެއެވެ. ހުވަންޏަކީ އަހަރުގެ ވަކިދުވަސްވަރެއްގައި އާންމުކޮށް ހޫނުގަދަ މޫސުމުގައި ބައެއް ބާވަތްތަކުގެ ގަސްގަހުގައި އަޅާ ދޮޅުއިންޗި ނުވަތަ ދެއިންޗި ހުންނަވަރަށް ބޮޑުވާ ފަންޏެކެވެ. ރާއްޖޭގައި މިފަނި އެންމެ ބޮޑުވާކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް އެއް އިންޗިއަށެވެ. މިފަނި ފުރިހަމައަށް ބޮޑުވެފައިވާއިރު ފަނީގެ ބުރަކަށިމަތީގައިވާ ފާހަގަތަށް (5 ޖޯޑު ނޫތިކި އަދި 6 ޖޯޑު ރަތްތިކި) ވަރަށް ރީތިކޮން އެގެން ހުރެއެވެ. ހުވަނި އަޅަނީ ގަސްގަހުގައި ކަމުގައި ވިޔަސް ހުވަނީގެ އުނދަގޫ އެންމެ ބޮޑުވަނީ އިންސާނުންނަށެވެ. ދިވެހިންގެ ތެރޭގައި ހުވަނި އެންމެ ބޮޑަށް މަޝްހޫރު ވެފައި ވަނީވެސް ގަސްގަހާގެއްސައްވުރެ ބޮޑަށް އިންސާނުންނަށް ގެއްލުންދޭ އެއްޗެއްގެ ގޮތުގައެވެ. މިފަނީގެ އިނގިރޭސިން ކިޔާކަން ފާހަގަކުރެވިފައި ވެއެވެ.
Print

ސްކާލެޓް މެކޯ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތިމާވެށި


 ޝާކިރު

ގުރާ ސްކާލެޓް މެކޯ Scarlet Macaw އަކީ ބޮޑު ކުލަތައް ގިނަ ރީތި ގުރައެކެވެ. ބައެއްމީހުން ގަބޫލުކުރާ ގޮތުގައި ސްކާލެޓްއަކީ ދުނިޔޭގައިވާ އެންމެ ރީތި ދޫނިކަމުގައި ވާނެއެވެ. މިދޫނި އަހުލުވެރިވެފައިވާ ތަނަކީ އެމެރިކަން ޓްރޮޕިކްސް ގެ ފެހިކަންގަދަ ތެތްފިނި ޖަންގަލިތަކުގައެވެ. މިދޫނި އެންމެ އިރު ދެކުނު މެކްސިކޯ އިން އެމެޒޯނިއަން ޕެރޫ އަދި ބްރެޒިލްގައި ވެސް އުޅެއެވެ.  މި ދޫނިތައް ދިރިއުޅޭ މާހައުލު ހަލާކުވެ ނެތެމުން ދިއުމުންނާއި ދޫނީގެ ވިޔަފާރިކުރާމީހުންގެ އެތަކެތި ހިފުމުން ސަބަބުން މިދޫނިވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިއީ ހޮންޑިރަންHonduran   ގެ ގައުމީ ދޫންޏެވެ.
Print

މި ބިމަކީ، މުޤައްދަސް ބިމެކެވެ.

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ތިމާވެށި


ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް


މިއީ އެމެރިކާގެ ދޮން މީހުން ގޮސް ރެޑް އިންޑިއަން ދަރިކޮޅުގެ މީހުން ގެ ބިން ގަންނަން އެދުނީމާ އެ މީހުންގެ ވެރިޔާ 1858 ވަނަ އަހަރު އޭނާގެ ރައްޔިތުންނާ މުޚާޠަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތަރުޖަމާ އެކެވެ.

މި ތަޤްރީރު މިހާރުވެސް ވޮޝިންގޓަނުގައި ރައްކާކުރެވިފައި އެބަ އޮތެވެ. ތިމާވެށްޓާ ބެހޭ ގޮތުން އަޑު އިވިފައިވާ އެންމެ ރީތި، އެންމެ އަސަރު ގަދަ ވާހަކަ ތަކުގެ ތެރޭގައި މި ތަޤްރީރު ހިމެނެ އެވެ.

Print

ދިވެހި ނަސްލު ނެތިގެން ހިނގައިދާނެބާ؟

ޝާޢިއުކުރީ މުޙަންމަދު ޝާރިފު . ހިމެނޭބަޔަކީ ތިމާވެށި


މުޙަންމަދު ޝާރިފު - ކިނާރާ / ޅ. ނައިފަރު

"އެއީ މީލާދީ ސަނަތުން ތިންހާސް ނުވަސަތޭކަ އަށްޑިހަ ފަސްވަނަ އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހެވެ. އޮސްޓްރޭލިއާގެ އާރކިއޮލޮޖިސްޓެއްކަމަށްވާ ޖޯން ބްރައުން އޭނާގެ އިލެކްޓްރިކް ރޮބަޓްތަކުގެ އެހީގައި އޮސްޓްރޭލިއާގެ ވީރާނަވެފައިވާ ރަށްފުށުގެ ސަރަހައްދަކުން ފެނުނު އާދަޔާ ޚިލާފު އިންސާނުންގެ ކަށިތަކެއް ނަގައި ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނީއެވެ. ޖޯން ބްރައުން އޭނާގެ އަމިއްލަ ގޭގައި އިނދެގެން ރޮބަޓްތައް ކޮންޓްރޯލް ކުރަމުން ގެންދަނީ އެކަމަށް ތައްޔާރުކުރެވިފައިވާ ހާއްޞާ މެޝިނަކުންނެވެ. ކުރިމަތީގައިވާ ކޮމްޕިއުޓަރތަކުން ވަރަށް ސާފުކޮށް ކަށިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ވަގުތުން ފެންނަގޮތަށް ވަނީ ޤާއިމްކުރެވިފައެވެ.
Print

ދޫނީގެ ބައެއް ސިއްރު

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ތިމާވެށި


 ޝާކިރު


ދޫނި ނިސްބަތްވެ ހިމެނިގެންވަނީ ބައިލޮޖިކަލް ކުލާސް 'އޭވްސް' ގައެވެ. ކޮންމެވެސް އެއްބާވަތެއްގެ ދޫންޏެއް ދުނިޔޭގެ ހުރިހާތަނެއްގައިވެސް ދިރިއުޅެވެއެވެ. މިސާލަކަށް ކިވީ ބާރޑް އަކީ ނިވްޒީލެންޑް ގައި ދިރިއުޅޭ ނުއުދުހެވޭ ދޫންޏެކެވެ. ދޫންޏަކީ އެމިނޯޓްސް

(amniotes) އެކެވެ. މިގްރޫޕްގައި މަންމަލިތަކާއި ދޫންޏާއި ޑައިނޯސަރ އަދި ފަނިފަޚުސާ ވެއެވެ. ގާތްގަނޑަކަށް 9000 އަށް ވުރެ ގިނަ ވައްތަރުގެ ދޫނިއުޅެއެވެ. މިބައިކުރެވިފައިވަނީ 24 އޯޑަރ އަށެވެ. އަދި 146 ފެމެލީ އަށެވެ. މިހާރު އުޅޭ ގިނަ ދޫނި ނިސްބަތްވަނީ "ނިއޮގްނަތެ" (Neognathae) ފެމެލީ އަށެވެ. އަނެއްބައި ވައްތަރުގެ ދޫނި ނިސްބަތްވަނީ މާކުޑަ ގްރޫޕެއްކަމަށްވާ ޕަލެއިއޮގްނަތެއި
(Palaeognthae) އަށެވެ. މިދަރިކޮޅުގައި ހިމެނެނީ ގިނިކާމާދޫންޏާއި ކިވީ އަދި އެމޫ އައި ރެއަ އައި އަދިވެސް އެހެން މިބާވަތުގެ ދޫނިތަކެވެ.
Print

އުފެދުމާއި ފަނާވުން

ޝާޢިއުކުރީ މުފީދު ތިންމީމު . ހިމެނޭބަޔަކީ ތިމާވެށި


ފޮނުވީ: ތިންމީމު

ދިވެހިރާއްޖެއަކީ ތިމާވެށީގެ ގިނަގުނަ މައްސަލަތަކެއް ދިމާވެފައިވާ ރާއްޖެއެކެވެ. ތިމާވެށީގެ ބޮޑެތި ގެއްލުންތައް ރާއްޖެއަށް ދަނީ ލިބެމުންނެވެ. ލިބެމުންދާ ގެއްލުންތަކާމެދު މިއަދު ފިކުރުކުރަން ޖެހިއްޖެއެވެ. ފިކުރުކުރަންވީ ކޮންކަންތަކަކަށްތޯއެވެ. ފިކުރުކުރަންވީ ރާއްޖޭގެ އުފެދުނު ގޮތާމެދުގައެވެ. ރަށްތައް އުފެދޭގޮތާ މެދުގައެވެ. ފަނާވަމުންދާ ގޮތާމެދުގައެވެ. ގިރިވޮޑެމުންދާ ގޮތާ މެދުގައެވެ. ރާއްޖޭގެ ރީތިކަން ދަމަހައްޓާނެ ގޮތަކާމެދުގައެވެ. މާޒީވެދިޔަ ތަނާމެދުގައެވެ. މިއަދުގެ ހާލަތާމެދުގައެވެ. މާދަމާ ކަންތައް ވެގެންދާނެ ގޮތަކާ މެދުގައެވެ. ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެ ގޮތަކާމެދުގައެވެ.
Print

ދިވެހިރުއް - ދިވެހިންގެ ރުއް

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ ތިމާވެށި


ޝާކިރު


ދިވެހި ރުކަކީ ދިވެހިންގެ ގައުމީ ގަހެވެ. ދިވެހިންގެ ދިރިއުޅުމުގައި ކޮންމެކަމަކާ ގުޅިފައިވާ ގަހެވެ. ސަރުކާރުގެ ފަރާތުން ދިވެހި ރުކަކީ ދިވެހިންގެ ގައުމީ ގަސްކަމުގައި ރަސްމީ ކޮށް ހަމަ ޖެއްސެވީ އަޅުގަނޑުމެންގެ ހަނދާނުގައެވެ.  އެހެންނަމަވެސް، އޭގެ މާކުރިންވެސް ދިވެހިރުކަކީ ދިވެހިންގެ ގަހެވެ. ދިވެހިންގެ ދިރިއުޅުމާއި ހުރިހާގޮތަކުން ގުޅި ލާމެހިފައިވާ ގަހެވެ.

ދިވެހިރުކަކީ ދިވެހިންގެ ގައުމީ ގަސްކަމުގައިވެ ދިވެހިންގެ ދިރިއުޅުމާއި ދިވެހިރުކާ ލާމެހި ގުޅިފައިވާ ގުޅުމުގެ މައްޗަށް ފަޚުރުވެރިވަމުން އަންނައިރު ދިވެހިރުއް ފުރަތަމަ ފެނުނު ތަނަކާމެދު ތަފާތުތަކެއް އެބަހުއްޓެވެ. ގިނަ ފަރާތްތަކަކުން ބުނަނީ ދިވެހިރުކުގެ ނެޓިވް ހިސާބަކީ ސައުތު އޭޝިއާ ކަމުގައެވެ. އަނެއްބަޔަކު ބުނަނީ ދިވެހިރުކުގެ އޮރިޖިންއަކީ ސައުތު އެމެރިކާ ކަމުގައެވެ. ފޮސުލް ރެކޯޑްތަކުން ދައްކާގޮތުގައި 15 މިލިޔަން އަހަރުކުރީގައި ދިވެހިރުއް ކަހަލަ ކުޑަރުކެއް ނިވް ޒީލެންޑްގައި ހެދިފައިވާކަމަށްބުނެއެވެ. އަނެއްބަޔަކު ބުނަނީ އެއަށްވުރެ ދުވަސްވީ ފޮސުލް އިންޑިއާގެ ރާޖިސްތާނާއި ޓެމިލް ނާޑޫ އަދި ކެރެއްލާއިން ފެނިފައިވާ ކަމަށެވެ. އަދި އެމީހުން ބުނަނީ ކެރެލާ ގެ މާނައަކީ "ލޭންޑް އޮފް ކޮކޮނަޓް" ކަމުގައެވެ.
Print

ދިވެހި ރުކާ ބެހޭ ބައެއް ޙަޤީޤަތްތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ތިމާވެށި


ޢަބްދުލްމުޢީދު ޙަސަން

1. ގާތްގަނޑަކަށް، ރުކުގެ 1500 ނައުޢު ވެއެވެ. ދިވެހި ރުކަކީ، އޭގެ ތެރެއިން އެއް ވައްތަރެވެ.

2. ދިވެހި ރުކުގެ ބިދޭސި ނަން އައިސްފައިވަނީ، ފުރެތިކާލު (ޕޯޗުގަލް) (1) ބަހުންނެވެ. އެ ބަހުން، Coco ކިޔަނީ ރާމާމަކުނަށެވެ. މި ނަމުން ދިވެހި ރުކަށް ނަން ކިއިފައިވަނީ، ކާށި، ރާމާމަކުނުގެ މޫނާ ވައްތަރު ކަމުންނެވެ.

3. ތުރުކީވިލާތުގައި ކާށްޓަށް ކިޔަނީ، "ނާރުޖީލު" އެވެ. އީރާނުގައި ކިޔަނީ، "ބާރިންޖު" އެވެ. އިބުނު ސީނާ، އެއަށް ދެއްވާފައިވާ ނަމަކީ، "ޖައުޒުލްހިންދު" އެވެ.
Print

ޑިޒާރސްޓަރސް އަށް ނަޒަރެއް

ޝާޢިއުކުރީ މިރާޒް މުޙައްމަދު . ހިމެނޭބަޔަކީ ތިމާވެށި


ލިޔުނީ : މިރާޒް މުޙައްމަދު

ދުނިޔޭގެ އާބާދީގެ ގާތްގަޑަކަށް 75 އިންސައްތަ ދިރިއުޅެމުންދާ ސަރަހައްދަކީ 1980 އިން 2000 ވަނަ އަހަރަށް މަދުވެގެން އެއްފަހަރު ނަމަވެސް ބިންހެލުމެއް، ޓްރޮޕިކަލް ސައިކްލޯންއެއް، ފްލަޑެއް ނުވަތަ ހަނަފަސްކަމެއްގެ އަސަރު ކޮށްފައިވާ ސަރަހައްދެކެވެ. މިފަދަ ޤުދުރަތީ ކާރިސާތަކަށް އަޅުގަނޑުމެން ހުޅުވިފައިވާ މިންވަރު އަދި މިކަންކަމުން އަޅުގަނޑުމެންނަށް ހުރި ނުރައްކާ ދެނެގަތުމުގެ މަސައްކަތްތައް ފުރިހަމަގޮތުގައި ކުރެވެން ފެށިފައި މިވަނީ މިފަހަކަށް އައިހެވެ.

Print

ތިމާވެއްޓަށް ގެއްލުން ލިބޭ ގޭސް ބޭރުކުރުމުގައި ރާއްޖޭގެ ހިއްސާ !

ޝާޢިއުކުރީ މިރާޒް މުޙައްމަދު . ހިމެނޭބަޔަކީ ތިމާވެށި

މިސައިޓުގައި ' މުޙިންމީ ... ސިއްހަތް ނުވަތަ ވެހިކަލް؟ ' މިސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމުގައި އަޅުގަނޑު ފާހަގަ ކޮށްލާފައިވާނީ ވެހިކަލްތަކުން ނުކުންނަ ދުމުގައި އެކުލެވޭ މައިގަނޑު ގޭސްތަކާއި އެއިން އިންސާނުންނަށް ހުރި ނުރައްކަލުގެ ވާހަކައެވެ. ނަމަވެސް މިފަދަ ގޭސްތައް ބޭރުކުރަނީ ހަމައެކަނި ވެހިކަލްތަކުންނެއް ނޫނެވެ. ތެޔޮ އަންދައިގެން ހިންގާ ކޮންމެ އެއްޗަކުންވެސް މިފަދަ ގޭސްތައް ޖައްވަށް ބޭރުކުރެއެވެ. އަޅުގަނޑުމެން ރާއްޖޭގައި މައިގަނޑުގޮތެއްގައި ކަރަންޓު އުފައްދަނީ ޑީސަލް ޖަނަރޭޓަރުގެ އެހީގައެވެ. މިއީވެސް މިފަދަ ގޭސް ބޭރުކުރާ އެއްޗެކެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ