އަދުގެ ޚާއްސަ

އެހެނިހެން

Print

އީޕީއެސް ސްކޫލް އަލުން ވުޖޫދަށް އަންނަކަމުގެ އުފާވެރި ޚަބަރު

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ އެހެނިހެން

 

އަދަބީ މުރާސިލު

ކުރީގެ މަޝްހޫރު އިސްކޫލެއްކަމުގައިވާ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސް ސްކޫލް) އުފެއްދިތާ ފަންސާސް އަހަރުފުރުނު އިރު، އެ އިސްކޫލު ވަނީ ބިލަބޮންގ ހައި އިންޓަރނޭޝަނަލަ ސްކޫލް ވުޖޫދަށް އައުމާއެކު މަޑުމަޑުން ހިނދިފައެވެ. އެ ސްކޫލްގެ ނަން ކުޑަކޮށް އިވުމަށް ފަހު އެ ސްކޫލްގެ ނަން ރަސްމީ ގޮތުން އަޑެއް ނީވެއެވެ. ނަމަވެސް އެއީ ދިވެހި އަގުހުރި އެތައް ދަރީންނެއް ބިނާކުރި ޚިދުމަތްތެރި ސްކޫލެވެ. ރާއްޖޭގައި އިނގިރޭސި މީޑިއަމުން ކިޔަވައިދޭންފެށި އަމިއްލަ ފުރަތަމަ އިސްކޫލެވެ. 

Print

ފައިސާއަޅާ ގަހުގެ ވާހަކަ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އެހެނިހެން

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

މާރިނުބޭ ނިކުމެގެން ދިޔުމުން، ހައްވަ ދައިތަ އޭނާގެ ފިރިމީހާ އަލިފުޅުބެ ކުރެން އަހައިލިއެވެ. ދުވަސް ގަނޑެއްކޮށްލައިފައި މާރިނު އަހަރުމެންގެއަށް މިއައީ އަނެއްކާ ކޮންކަމެއް ލައިގަތީ ހެއްޔެވެ؟ ދެން އަލިފުޅުބޭ ބުންޏެވެ. މާރިނަކީ ކުޑައިރުގެ އަހަރެންގެ ރައްޓެއްސެއް ނޫން ހެއްޔެވެ؟ އެހެންވެ، ސަލާން ގަލާންކޮށްލައި، ކަލާމުކޮށް ހާލުއަހުވާލު ބަލައިލާން ރައްޓެހިން އަންނާނެ ނޫން ހެއްޔެވެ؟

Print

އޮޑިޓުގެ ނިޒާމަށް ބަލައިލުމެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އެހެނިހެން

 

އަޙުމަދު ސިމާހު

"އޮޑިޓް" މިއީ އަޅުގަނޑުމެންގެ ތެރޭގައި ޢާންމުކޮށް ބޭނުންކުރާ ލަފްޒެކެވެ. އޮޑިޓް ނުވަތަ އޮޑިޓް ނިޒާމުގެ މާނަ އަޅުގަނޑުމެންގެ ތެރޭގައި އެކި ގޮތްގޮތަށް ބޭނުންކުރެވެއެވެ. އެއް ބަޔަކަށް ޤަބޫލުކުރެވޭ ގޮތުގައި އެއީ މީހުން ކުރާ ކުށްތައް ހޯދައި ތަޙުޤީޤުކުރާ ނިޒާމެކެވެ. އަނެއް ބަޔަކު ޤަބޫލުކުރާ ގޮތުގައި އެއީ ތަނުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންކަން ޙައްލުކުރާ ނިޒާމެކެވެ. އަނެއް ބަޔަކު ޤަބޫލުކުރާ ގޮތުގައި އެއީ ތަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ޓަކައި ބޭނުންވާ ލަފާ މެނޭޖްމަންޓަށް ނުވަތަ އެ ތަނެއްގެ އެންމެ އިސްވެރިޔާއަށް ދޭ ނިޒާމެކެވެ. އެއީ ހަމަ ނަމެއްގައި ޤާއިމުކޮށްފައިވާ ނިޒާމެއް ކަމަށް ޤަބޫލުކުރާ ބަޔަކު ވެސް މަދުން ނަމަވެސް އުޅެއެވެ. މިހެންކަމުން، މި ލިޔުމުގައި އިންޓާނަލް އޮޑިޓުގެ ނިޒާމަށް ބަަލައިލާނަމެވެ. 

Print

ތާރީޚީ ނަޒަރަކުން ދުނިޔޭގެ ޑްރާމާ

ޝާޢިއުކުރީ ޢަލީ އިބްރާހީމް ކޮމަންޑޫ . ހިމެނޭބަޔަކީ އެހެނިހެން

ކޮމަންޑޫ ޢަލީ އިބުރާހީމް

 

މިފަންނުގެ މާހިރުން ލިޔުއްވާ ގޮތުގައި ޑްރާމާ އޭގެ ސާދާގޮތުގައި ދުނިޔެ އުފަންވީއްސުރެ އޮވެއެވެ. ނަމަވެސް އިންސާނީ ތަހުޒީބުގެ ފެށުމުގެ ކުރިން ޑްރާމާގެ ވުޖޫދު ފެންނާކަށްނެތެވެ. ޤަދީމީ ޒަމާނުގައި އެކި ގައުމުގައި ޑްރާމާ ކުޅެމުން އައިގޮތް ތަފާތެވެ. މުޙައްމަދު ވަޙީދު (2003) ބަޔާންކުރައްވާގޮތުގައި ގްރީކާއި ހިންދުސްތާނުގައި ޑްރާމާ ތަރައްގީވަމުން އައީ އެކުއެކީގައެވެ. 

"ގްރީކުގައި ޑްރާމާ ކުޅެމުން އައިސްފައިވަނީ ދީނީ ޙަފްލާތަކުގައެވެ. އެއިރު ޑްރާމާތައް ހުންނަނީ ޅެމުންނެވެ. މިދުވަސްވަރުގެ މަޝްހޫރު ޑްރާމާ ލިޔުންތެރިންގެ ތެރޭގައި އެސްކީލަސް، ޔުރިޕައިޑިސް، ސޮފޮކްލީޒް އަދި އެރިސްޓޮފަނީޒް ހިމެނެއެވެ" (އާދަމް ޒާހިރު، 2003، ޞ.2). 

Print

ނުވާނެޔޭ ނުކުރެވޭނެޔޭ ނުބުނާ ހުނަރުވެރި އަންހެން ކުއްޖާ

ޝާޢިއުކުރީ abjaab . ހިމެނޭބަޔަކީ އެހެނިހެން


ސާތިދާ މިއަދު ވެފައިވަނީ މުޅި ޤައުުމުގެ ފަޚުރަކަށެވެ.



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


އަޅުގަނޑު ރާއްޖޭން ބޭރަށް ކުރާ ކޮންމެ ދަތުރަކާ ގުޅިގެންވެސް ކޮންމެވެސް މަޢުލޫމާތުކޮޅެއް ފަންވަތުގެ ކިޔުންތެރީންނާ ޙިއްސާކޮށްލެވޭތޯ ބަލަމެވެ. ގިނަ ފަހަރަށް އަޅުގަނޑަށް ދިމާވާ ކަމެއްގެ ވާހަކައިންނެވެ. ނަމަވެސް މިފަހަރު ތިޔަ ބޭފުޅުންނާ މި ޙިއްޞާކޮށްލަނީ ތައިލެންޑްގެ މިއަދުގެ ފަޚުރު ކަމުގައިވާ ނާންގެ ވާހަކައެވެ. ލަވަކިޔުމުގެ ދާއިރާއިން މި ދިޔަ މަހު އާދަޔާ ޚިލާފު ބޮޑު ކާމިޔާބީއެއް ދުނިޔޭގެ ފެންވަރުގައި ޙާޞިލުކުރި ސާތިދާ ޕްރޮމްޕިރިޔާގެ ކާމިޔާބީގެ ވާހަކައެވެ.

ގިނަ ބަޔެއްގެ ކުރިމައްޗަށް، ޢާއްމުންގެ ތެރެއަށް ނުކުމެ ފުރަތަމަ ފަހަރަށް ސާތިދާ (ނާން) ލަވައެއް ކީ އޭނާގެ ޢުމުރުން 10 އަހަރުގައި، ސްކޫލް ލަވަމުބާރާތެއްގައެވެ.
Print

ކާކުހެއްޔެވެ؟ އުޅެނީ ކޮންތާކުހެއްޔެވެ؟

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އެހެނިހެން


"އަހަންނަކީ ޢިޝްޤެވެ. އަހަރެން ވަނީ އިންސާނާގެ ލޮލުތެރޭގަ އެވެ."


ތަރުޖަމާ: އަޙުމަދު ނިޔާޒު / ދޯދި


ބުނެވެ އެވެ. ''ބުއްދި''، އެއްދުވަހަކު ލުޤުމާނު ޙަކީމުގެ އަރިހަށް އަ އެވެ.  ލުޤުމާނު ސުވާލު ކުރެއްވި އެވެ. "ތިޔައީ ކާކުހެއްޔެވެ؟  އުޅެނީ ކޮންތާކުހެއްޔެވެ؟" ޖަވާބުގައި "ބުއްދި" ދެންނެވި އެވެ. "އަހަންނަކީ ބުއްދި އެވެ. އަހަރެން އުޅެނީ އިންސާނާގެ ބޮލުތެރޭގަ އެވެ."
Print

ރަމަޟާންމަހުގެ ދީވާނުގައި (2)

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އެހެނިހެން


އެއްކޮށް،ލިޔުނީ: އަޙްމަދު އަޖްމަލް ޙާމިދު                               27 އޮގަސްޓް(ހުކުރު) އާ ގުޅޭ...

7.    ރަހުމަތްތެރިން ކުރާ އަނިޔާ

އެއްދުވަހަކު އެކުވެރި ދެ ރަޙްމަތްތެރިޔަކު ސަހަރާތެރޭ ހިނގަމުންދިޔަ އެވެ. އޭގެ ދެ މީހުން ސަހަރާގެ އަޑިގުޑަންތައް ހުރަސްކުރަމުންދިޔައީ އޮލަ ވާހަކައިގެ ތިބެއެވެ. މިހެން ގޮސް އެ ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަ ހޫނުވެގެން ގޮސް ބޮޑު ތަޅާފޮޅުމަކަށް ބަދަލުވެގެން ހިނގައްޖެ އެވެ. އޭގެތެރެއިން އެކަކު އަނެކަކުގެ މޫނުމަތީ ޖަހައިފި އެވެ. އަނިޔާވި އެކުވެރިޔާ އޭނާގެ ރަޙްމަތްތެރިޔާ ދެކެ ވަރަށް ގަދަޔަށް ރުޅިއަ އެވެ. ނަމަވެސް އޭނާ އެކަމުގެ ބަދަލެއް ނުހިފަ އެވެ. އޭނާ ބިންމަތީ  ދެކަކޫޖަހައި އިށީނެވެ. އަދި ބިމުގެ ވެލިގަނޑުގައި
Print

ރަމަޟާންމަހުގެ ދީވާނުގައި

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ އެހެނިހެން


އެއްކޮށް،ލިޔުނީ: އަޙްމަދު އަޖްމަލް ޙާމިދު

1.    ރޯނު އެދުރު

އެއްފަހަރަކު ޒުވާނަކު ޚަލީފާ މައުމޫންގެ އަރިހަށް ގޮސް އޭނާ އެއީ ބޮޑު ޢިލްމުވެރިއެއްކަމުގެ ދަޢުވާ އުފުލި އެވެ.  އޭނާ ދެންނެވި އެވެ.  "ޙަދީޘް ޢިލްމާބެހޭގޮތުން އަޅުގަނޑާ ސުވާލުކުރައްވަބައްލަވާށެވެ!  މަނިކުފާނު ކޮންމެ ސުވާލެއް ކުރެއްވިޔަސް، އަޅުގަނޑު ޖަވާބު އަރުވާނަމެވެ.

އޭނާ މިހެން ދެންނެވުމުން  ޚަލީފާ މައުމޫން އޭނާކުރެން ޙަދީޘް ފޮތްތަކުގެ ވަކި ބާބެއްގެ މަޢުލޫމާތާ ބެހޭގޮތުން ސުވާލުކުރެއްވި އެވެ. އެ ޒުވާނާ އަކަށް  ޖަވާބެއް ނުދެވުނެވެ. އެ މަނިކުފާނު ދެވަނަ ސުވާލެއް ވެސް ކުރެއްވި އެވެ. މި ފަހަރުވެސް އެޒުވާނާއަކަށް ޖަވާބެއް ނުދެވުނެވެ. ޚަލީފާ ކުރެއްވި އެއްވެސް ސުވާލަކަށް އެޒުވާނާއަކަށް ޖަވާބެއް ނުދެވުނެވެ.
Print

ބައެއް މުޞްޠަލަޙުގެ މާނަ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


މަރްޙޫމު
މީސްތަކުން އޭނާގެ ކުށްތައް ހަނދާން ނައްތާލާނެ ނަސީބުވެރިޔެކެވެ.

ކަށްވަޅު
މިހާތަނަށް އެއްވެސް މީހަކަށް ނުކުމެވިފައި ނުވާ އަނދަވަޅެކެވެ.

އެކުވެރިޔާ
ފައިދާއެއް ނެތް މީހެއް ކަމުގައި ވާއިރު ވެސް ހިތްހަމަޖެހުން ލިއްބައިދޭ މީހެކެވެ.

ތަޖުރިބާ
ދުލަށް އަންނަހައި ބަސްތަކެއް ބޭރުކޮށްނުލާ ހިފެހެއްޓުމަށް ދަސްކޮށްދޭ ފަންނެކެވެ.
Print

ސަޅި ގޮތްގޮތަށް ގަސް ހެއްދިދާނެ އެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ޢަބްދުލްމުޢީދު ޙަސަން


މިއީ، ހަދާފައިވާ ފޮޓޯތަކެއް ނޫން ކަމަށް ބުނެވެއެވެ.

ޙަޤީޤަތްކަމަށް ވާނަމަ، މިއީ ވަރަށް ބުރަ މަސައްކަތުން ނޫނީ ނުކުރެވޭނެ ކަހަލަ ކަމެކެވެ. ...

އެއް ގަހަކީ އެތައް ގަހެއް ގުޅުވައިގެން ހަދާފައިވާ ގަހެކެވެ. އަނެއް ގަސް އެހެރީ ހަރުގަނޑެއްގެ ސިފައިގައެވެ. އަނެއް ގަސް އެހެރީ މަގުގެ ދެފަރާތަށް ދެފައި ބާލައިގެންނެވެ.

ބައްލަވާލައްވާށެވެ!
Print

ކަރާއިން ވަރަށް ގިނަ އެއްޗެހި ހެދިދާނެ އެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ޢަބްދުލްމުޢީދު ޙަސަން


ޢާއްމު ގޮތެއްގައި ކަރާގެ ބޭނުންކުރަނީ ކެއިންބުއިމުގައެވެ. ނަމަވެސް ބައެއް ފަންނާނުން އެހެން ގޮތަކަށް އޭގެ ބޭނުންކުރެއެވެ. ފަންނާނުން އެއިން ހަދާފައިވާ ތަކެތި ތިރީގައިވާ ފޮޓޯތަކުގައި އެވަނީއެވެ. ބައްލަވާލައްވާށެވެ!

މި ފޮޓޯތައް ނަންގަވަން ބޭނުންވާ ބޭފުޅުން ލަސްނުކުރައްވައި އަވަހަށް ނެންގެވުން އެދެމެވެ. މާދަމާ އިރުއަރާއިރު، މި ތަނުގައި މި ފޮޓޯތައް ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ މިއީ އެހެން ސައިޓެއްގައިވާ ފޮޓޯތަކެކެވެ. އެސައިޓުން މި ފޮޓޯތައް ބޭރުކޮށްލައިފިނަމަ، މިތަނުގައި ވެސް މިޔެއް ނުހުންނާނެއެވެ.
Print

ކީރިތި ޤުރުއާން ލިޔެފައިވާ ކުކުޅުބިސްތަކެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ޢަބްދުލްމުޢީދު ޙަސަން


އިސްލާމީ ފަންނުތަކުގެ ތެރެއިން އަރާހުރި އެއް ފަންނަކީ، އަތުލިޔުމެވެ. މިފަންނުގައި، މުސްލިމު ފަންނާނުންނަކީ، ވަރަށް ވެސް ފުންނާބު އުސް ބަޔެކެވެ. މި ފަންނާއެކު ކުރިއަރާފައިވާ އަނެއް ފަންނަކީ، އިސްލާމީ ޒަޚުރަފާކުރެހުމުގެ ފަންނެވެ.

ތިރީގައި މިވަނީ، ސަޢޫދީ އަރަބިއްޔާގެ ކުޅަދާނަ ފަންނާނެއްގެ އާދަޔާ ޚިލާފު މަސައްކަތްތަކެކެވެ. އޭނާވަނީ، ކުކުޅު ބިސްތަކެއްގައި ކީރިތި ޤުރުއާން އެއްކޮށް ލިޔެ، އޭގައި ޒަޚުރަފާ ކުރަހާފައެވެ. އޭނާގެ ނަމަކީ، އަޙުމަދުލް ޢަބްދާނެވެ. ހޮބީއެއްގެ ގޮތުގައި އަތުލިޔުމުގެ މަސައްކަތް އޭނާ ކުރާތާ ސާޅީސް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ބުނެވެއެވެ. ކުކުޅު ބިހެއްގައި، 4460 އަކުރު އޭނާ ވަނީ ލިޔެފައެވެ.
Print

އަތްތިލައެއްގެ ސިފައިގައިވާ ލުނބޯ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ޢަބްދުލްމުޢީދު ޙަސަން

އަތްތިލައެއްގެ ސިފައިގައިވާ ލުނބޮއެއްގެ ފޮޓޯ އިންޓަރނެޓްގައި ފެތުރެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ބައެއް މީހުން އެ ލުނބޯ އަތްތިލައެއް ކަމަށް ސިފަކުރިޔަސް އަނެއް ބަޔަކު ދެކެނީ އެއާމެދު އެހެން ގޮތަކަށެވެ. އެހެނީ، އޭގައިވާ އިނގިލިތައް ބޮޑަށް ވައްތަރީ، އަތްފައިގެ ވަކިތަކުން ޝިކާރަކުރާ ޖަނަވާރެއްގެ ވަކިތަކަކާއެވެ.

އެ ލުނބޮއާމެދު ވާހަކަދައްކާފައިވާ މީހުން، އެއަށް ނަޒަރު ހިންގާފައިވަނީ، އެބަޔަކަށް ލިބިފައިވާ ޢިލްމުގެ އަލީގައެވެ.
Print

އިހުގެ ބާ ފަހާފޮށީގެ އަގު މައްޗަށް ދަނީ، އެއިން ޖިންނި ގެނެވޭތީ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ފޮނުވީ: އެމް


ސަޢޫދީ ޢަރަބިއްޔާގެ މީހުން، މާ ބޮޑު އަގުގައި، ބާ ފަހާފޮށި ގަންނަ ވާހަކަ، ފެތުރުމާ ގުޅިގެން ފުލުހުން އެމައްސަލަ ތަޙުޤީޤުކުރެއްވިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ދިހާހާސް ސްޓާލިންގ ޕައުންޑަށް ފަހާ ފޮށްޓެއްމަގުން، ބައެއް މީހުން އެ ގަނެފައިވާ ކަމަށް އަޑުއަރާފައި ވެއެވެ. އަދި އޭގެ އަގު މައްޗަށް ގޮސް، އެ ލިބުން ދަތިވުމުން، ބައެއް މީހުން، ފަހާ ތަންތަނަށް ސިއްރިޔާތުގައި ވަދެ، އެ، ވަގަށް ނަގާފައިވާ ކަމަށް ވެސް ބުނެވުނެވެ.

Print

ފަންވަތުގެ ޢިއްޒަތްތެރި ކިޔުންތެރިންނަށް

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އެހެނިހެން


ރާއްޖެ އިސްލާމްވިދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ފަންވަތުގެ ފަރާތުން ތިޔަ ޢިއްޒަތްތެރި ކިޔުންތެރިންނަށް ދަންނަވަމެވެ. ދިމާވި ފަންނީ މައްސަލައެއްގެ ސަބަބުން، އާ ލިޔުންތައް ޝާއިޢުކުރުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. މި ކަމަށްޓަކައި ތިޔަ ޢިއްޒަތްތެރި ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ. މައްސަލަ ހައްލު ކުރެވޭތޯ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަމު އެވެ.  މާތް ﷲގެ ވާގިފުޅާއެކު،  މި އަދު ހަވީރު  މައްސަލަ ޙައްލުކޮށް އާ ލިޔުންތައް ޝާއިޢުކުރަންފެށޭނެކަމަށް އުންމީދުކުރަމެވެ.
www.fanvai.info



ހަމަމިގަލަމުން

އިދާރާ

ވާހަކަ