އަދުގެ ޚާއްސަ

އެނގޭތަ

Print

ކައުބާ މައްޗަށް އިރު އޮލަނބުވުމުގެ ވާހަކައިގެ މައްޗަށް ނަޒަރެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އެނގޭތަ

ޢަބްދުﷲ ރަޝީދު މ.ލިނެޓް

މިއަދަކީ ކައުބާ މައްޗަށް އިރު އޮލަނބުވާ ނުވަތަ ކައުބާއާއި އެންމެ ކައިރިން އިރު ދަތުރުކުރާ ދުވަސްތަކުން ދުވަހެކެވެ. އަދު ޖީއެމްޓީން 09:17:56 ގައި އިރު ހުންނާނީ ކައުބާއާއި އެންމެ ކައިރިއަށް މިއަދު އިރަށް އާދެވޭނެ އެންމެ ކައިރީގައެވެ. އެއީ، މައްކާ ގަޑިން 12:17:56 އެވެ. މާލޭ ގަޑިން 14:17:56 އެވެ. 

ކައުބާގެ ޚައްޠު ޢަރުޟަކީ، 21 ދަރަޖަ 25 ދަގީގު 21 ސާނިޔާ އެވެ.

ކައުބާގެ ޚައްޠު ޠޫލަކީ، 39 ދަރަޖަ 49 ދަގީގު 34 ސާނިޔާ އެވެ.

Print

ސުވަރުގޭގެ ދޫނި

ޝާޢިއުކުރީ ނަޝީދު . ހިމެނޭބަޔަކީ އެނގޭތަ

ފާރިސީ އާދަކާދައިގައި ހޯމާ ނުވަތަ ހުމަ ކިޔާދޫންޏެއް އުޅެއެވެ. މި ދޫންޏަކީ އެގޭ މުޅި ޙަޔާތް އިންސާނީ ލޮލަށް

ފެންނަ ވަރަށްވުރެ މަތިން އުދުހުމުގައި ހޭދަކުރާ އެއްޗެކެވެ.އަދި ދުވަހަކުވެސް ބިމުގައި ފައި ނުޖައްސައެވެ. ބައެއް ގަބޫލުކުރުންތަކުގައި އެދޫނީގެ ފައެއް ނުހުރެއެވެ.

ފީނިކްސްއާ ވައްތަރު ނުވަތަ ހަށިގަނޑުގެ މަތީބައި ބާޒެއްހެންވާ މިދޫނި އެހެން ދިރޭއެއްޗެއް ޝިކާރަކޮށް އޭގެ މަހެއް ނުކައެވެ. އަކަމަކު ކައިއުޅެނީ މަރުވެފައިވާ ޖަނަވާރުގެ މުޅަމަހެވެ. ހަށިގަނޑުގެ ތެރޭގައި ދެޖިންސުގެ ހިއްސުއެކުލެވޭ މިދޫނި ބިސްއަޅަނީ ވައިގެ ތެރޭގައެވެ. ވައިގެ ތެރެއިން ބިމަށް ވެއްޓުމުގެ ކުރިން  ބިސްފީވެ އެއިން ޅަދޫނި ނުކުމެ އުދުހިގަނެއެވެ. 

Print

މުދައްރިސުންނަކީ މުހިއްމުބައެކެވެ

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އެނގޭތަ

teacher
އިސްމާޢީލް އަލީ ރ.ކަނދޮޅުދޫ

ޤައުމު އުޖާލާވެ ކުރިއަރައިގެންދާނީ އެޤައުމެއްގައި ތަޢުލީމީ ޒުވާނުން އުފެދިގެންނެވެ. ހަރުދަނާ އީމާނަކާއި ނުގުޑާފަދަ އަޒުމެއް އުފެދިފައިވާ ޒުވާނުން އެޤައުމެއްގައި އުފެދިގެންނެވެ.

މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިންނެވެ. ޤައުމަށްބޭނުންވާ ޒުވާނުން ތައްޔާރުކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާބަޔަކީ މުދައްރިސުންނެވެ. މިކަން މުޖުތަމަޢުގެ ހުރިހާ ފަރުދުން ހެޔޮހިތުން ޤަބޫލުކޮށް ބަލައިގަނެއެވެ. އެބައިމީހުންނަށް އިޙްތިރާމާއި ލޯބިދެއެވެ. އެބައިމީހުންގެ ބޭނުންތެރިކަން ވިސްނެއެވެ.
Print

ސަރ/މިސް، މިއީ 'ބީ' އެއްތަ؟ ނޫނީ 'ޑީ' އެއްތަ؟

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އެނގޭތަ

bdއަޙްމަދު ރަޝީދު ލ. ފޮނަދޫ

ޕްރީ ސްކޫލް ޓީޗަރުންނާއި ފަށާ ތަޢުލީމު ނުވަތަ ޕްރައިމަރީ ޓީޗަރުންނަށް މަތީގައިވާ ސުވާލަކީ ދަރިވަރުންގެ ފަރާތުން ވަރަށް ގިނައިން ކުރިމަތިވާނެ ސުވާލެކެވެ. މިހެން މިދެންނެވީ އަޅުގަނޑުވެސް ޕްރައިމަރީ ގްރޭޑްތަކަށް އިނގިރޭސި ބަސް ކިޔަވައިދިނުމުގައި ހޭދަކުރި ފަސް އަހަރުގެ ތަޖުރިބާއަށްވެސް ބަލާފައެވެ. ދަރިވަރުންނަށް 'ބީ' އާއި 'ޑީ' މި ދެ އަކުރު އޮޅުންއަރާގޮތް ވުމަކީ ވަރަށް ޢާއްމު ކަމެކެވެ. ނާރސަރީ ދަރިވަރުންގެ އިތުރުން ގްރޭޑް 1 ން ފެށިގެން 5 ގެ ދަރިވަރުންގެ ކިބައިންވެސް މިކަން ފާހަގަ ކުރެވެއެވެ.
Print

ތަންތަން ބަލައިލާނެ އެންމެ ތިން ދުވަސް ލިބިއްޖެނަމަ (ފަހުބައި)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


އަސްލު ލިޔުއްވީ: ހެލަން ކެލަރ 1933 ގައި
ތަރުޖަމާ: އަޙްމަދު ސަމީރު ޢަލީ

ހަމައަށް ފެންނަ މީހުންނެކޭ އެއްފަދައިން ތަންތަން ބަލައިލާން އަޅުގަނޑަށް ދެވަނަ ދުވަހެއް ލިބިއްޖެ ނަމަ އަޅުގަނޑު ކުރަން ބޭނުންކަމަކީ، އިންސާނާ އަށް ދެއްވާފައިވާ އާދަޔާ ޚިލާފު ފަންނު ތަކުގެ  ހުނަރު  ބޭނުންކޮށްގެން، އިންސާނާގެ ރޫހާނީ އެތެރެފުށް ދެނެގަނެވޭތޯ ބެލުމެވެ! އިނގިލަަތަކުގެ އެހީގައި އަޅުގަނޑަށް 'ފެނިފައިވަނީ' ކަނޑާނަގާފައިވާ ތަކެއްޗާއި  ބުދު ފަދަ ހިޔަނި ހުންނަ ތަކެއްޗެވެ. މިހާރު މި ލިބެނީ މަޝްހޫރު ކުރެހުންތައް ބަލައިލާނެ ފުރުސަތެކެވެ.
Print

ތަންތަން ބަލައިލާނެ އެންމެ ތިން ދުވަސް ލިބިއްޖެނަމަ (3)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


ލިޔުއްވީ: ހެލަން ކެލަރ 1933 ގައި
ތަރުޖަމާ: އަޙްމަދު ސަމީރު ޢަލީ

އަޅުގަނޑަށް ރައްޓެއްސެއްގެ މޫނު ދެނެގަނެވެނީ އިނގިލިތަކުގެ ކުރިން އެމީހެއްގެ މޫނުގައި އަތްލައިގެން ކަމަށްވާއިރު، ލޮލަށް ފެންނަ މީހުންނަށް މިއީ ވަރަށް ފަސޭހަ ކަމެކެވެ. އެމީހެއްގެ މޫނުގެ އެންމެ ޚާއްސަ ސިފަތައް ތިޔަ ބޭކަލުން ދެނިލައްވަނީ ހަމަ ކުޑަ ހިނދުކޮޅަކު ބަލައިލައިގެންނެވެ. ނަމަވެސް އެއްފަހަރުވެސް އެމީހެއްގެ އެންމެ މުހިންމު ސިފަތައް ދެނެގަތުމަށް މަސައްކަތް ކުރެއްވިންތޯއެވެ. ތިޔަ ބޭކަލުން ތިޔަ ހައްދަވާ ގޮތަކީ، އަވަސް އަވަހަށް މީހެއްގެ މޫނު ދެކިލާފައި އެހިސާބުން 'ދޫކޮށްލަނީ' ނޫންތޯއެވެ.
Print

ތަންތަން ބަލައިލާނެ އެންމެ ތިން ދުވަސް ލިބިއްޖެނަމަ (2)

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ އެނގޭތަ


ލިޔުއްވީ: ހެލަން ކެލަރ 1933 ގައި

ތަރުޖަމާ: އަޙްމަދު ސަމީރު ޢަލީ

އަޅުގަނޑުގެ ލޮލަށް އެއްގޮތަކަށްވެސް ނުފެންނާތީ އާއި އަޑުވެސް ނުއިވޭތީ ބައެއްފަހަރު ދެރަވެ ހިތާމަކުރެވެއެވެ. އެއީ ހަމަ އެކަނި އަތްޖައްސާލައިގެން އަޅުގަނޑަށް މި ލިބިގަނެވޭ ތަފާތު އިހުސާސުތަކުން މިލިބޭހާ އުފާ ލިބޭއިރު، ފެނުމާއި އިވުމުން މަހުރޫމުނުވެ، އެހެންމީހުންހެން، އަޅުގަނޑަށްވެސް ފަސް ހިއްސު ސަލާމަތުން ލިބުނުނަމަ އެނިއުމަތްތަކުގެ އަގު އަޅުގަނޑަށް ވަޒަންކުރެވޭނީ ކޮންފަދަ ފުން މާނައެއްގައިކަން  ހިތަށް އަރާވަރުންނެވެ! އަޅުގަނޑު މިހެން އިތަށް އަރަނީ ލޯއަނދިރިމީހަކަށް ވީތީބާއެވެ؟ ލިބިފައިވާ އުފަލެއް ލުއިލުއި ގޮތަކަށް ގަބޫލުކޮށްލައި ނުލިބޭ އެއްޗެއް ހޯދަން އުޅުމަކީ ހަމަ އިންސާނީ ތަބީއަތްބާއެވެ؟ މިހެން ހިތަށް އަރާ ސަބަބަކީ ދެލޮލަށް އެންމެ ފުރިހަމައަށް ފެނުމުގެ ހުރިހައި ކުޅަދާނަކަމެއް ލިބިފައިވާ މީހުންނަށް ހަގީގަތުގައި [ފެންނަލެއް] މަދުކަމުންނެވެ.
Print

ތަންތަން ބަލައިލާނެ އެންމެ ތިން ދުވަސް ލިބިއްޖެނަމަ (1)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


ލިޔުއްވީ: ހެލަން ކެލަރ (1933)

ތަރުޖަމާ: އަޙްމަދު ސަމީރު ޢަލީ


ނޯޓު: {ހެލަން ކެލަރ (27 ޖޫން 1880 ން 1 ޖޫން 1968އަށް)  ވެގެން ދިޔައީ މުޅި ދުނިޔޭގައިވެސް އެންމެ ފުރަތަމަ ބީއޭ ޑިގްރީ ހާސިލުކުރި މަންމަން، ލޯ ފަން މީހާކަމުގައެވެ. ލޯ ފަންވެ ބީރުވީ އުމުރުން އެންމެ ދޮޅު އަހަރުގައި މެނިންޖައިޓިސް ކަމަށް ބެލެވޭ، ވަރުގަދަ ހުމެއްޖެހިފައެވެ. މަޝްހޫރުވީ ލިޔުންތެރިއެއްގެ ގޮތުންނާއި، ސިޔާސީ ހަރަކާތްތެރި( އެކްޓިވިސްޓް)އެއްގެ ގޮތުންނާއި ނުކުޅެދޭމީހުންނާއި އަންހެނުންގެ ހައްގު ހޯދައިދިނުމާއި ހޭލުންތެރިކުރުމުގެ ގޮތުން ތަގުރީރުކުރެއްވި މުގައްރިރާއެއްގެ ގޮތުންނެވެ.
Print

ކަންކަމުގައި ކާމިޔާބީ ހޯދުމުގެ ސިއްރުތައް

ޝާޢިއުކުރީ ޕްރޮފެސަރ ޙަސަން ޢުޤައިލް . ހިމެނޭބަޔަކީ އެނގޭތަ


ޕްރޮފެސަރ ޙަސަން ޢުޤައިލް

ދިރިއުޅުމުގައި އެކި ރޮނގުރޮނގުން ކާމިޔާބީތައް ހޯދާމީހުންގެ ވާހަކަ ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް އަހަރުމެން އަޑުއަހަމުއެވެ. މިފަދަ ވާހަކަތައް އަޑުއިވުމުން އެމީހުންގެ ކާމިޔާބީގެ ފަހަތުގައި ވަނީ ނަސީބު ބާވައޭ ހިތަށް އަރާ ފަހަރުވެސް އާދެއެވެ. އަހަރުތަކެއްގެ ދިރާސާ ކުރުން ތަކަކަށްފަހު، ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި، ކާމިޔާބު މީހުން އެމީހުން ދިރިއުޅުމުގައި ބޭނުންވާ ކަންތައްތައް ހާސިލު ކުރަނީ

ހަމަމިގަލަމުން

އިދާރާ

ވާހަކަ