އެނގޭތަ

Print

މަލާބާރުކަރަ އާއި ކަންނަންނޫރު އަލީރާޖާގެ ވެރިކަން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ


މަލާބާރުކަރަ އާއި ކަންނަންނޫރު
މަލާބާރުކަރައަކީ އިންޑިޔާ ބައްރުގެ ހުޅަނގުން-ދެކުނަށް ހިމަދިގުކޮށް އޮންނަ އައްސޭރިފަށެވެ. މި ސަރަޙައްދަކީ ދެކުނު އިންޑިޔާގެ އެންމެ ފިނި ސަރަޙައްދެވެ. މި ސަރަޙައްދުގެ އިރުމަތީ ފަރާތުގައިވާ ވާދީތަކަށް ޢާންމުކޮށް ވާރޭވެހެއެވެ. ބައެއް ލިޔުންތަކުގައި އިންޑިޔާގެ ކޮންކަނުން ފެށިގެން ކޭޕްކޮމޯރިން ސަރަޙައްދާ ދެމެދުގައިވާ ހުރިހާ ހިސާބުތަކަށްވެސް މަލާބާރުކަރަ ކިޔިފައިވެއެވެ.
Print

ޕޮމްޕޭގެ ނިމުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އެނގޭތަ



އިބްރާހިމް އަޙުމަދު (ކަކާ) ރ.ކަނދޮޅުދޫ

އިޓަލީގެ ޤަދީމީ ރަށެއްކަމުގައިވާ ޕޮމްޕޭގެ ރައްޔިތުންނަކީ، އިހުގެ ރޯމަނުންގެ ތެރޭގައި އުޅުނު އެންމެ ބޮޑެތި މުއްސަދިން އުޅެމުންދިޔަ ރަށްކަމަށް ބެލެވެއެވެ. އުފަލާއި މަޖަލުގައި 600 އެތައް އަހަރެއް އެމީހުން ހޭދަކޮށްފައިވާކަމުގެ ހެކިތައް ފެންނަން އެބަ ހުއްޓެވެ. ބުނެވޭ ގޮތުގައި އެ މީހުންނަކީ ޖިންސީ އުފާ ހޯދުމާއި، އެއް ޖިންސުގެ ގުޅުން ހިނގުމާއި، ރާބުއިމާއި، ޖުވާ ކުޅުމާއި، އަޅުންނަށް އިހާނެތި ގޮތްތައް ހަދައި މެރުމާއި، ދުނިޔަވީ އެންމެހާ މަޖަލުުގައި ހައްދު ފަހަނަޅައިފައިތިބި ޣާފިލް ބައެއް ކަމަށްވެއެވެ.
Print

އަންހެނުންނާ މެދު....

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


އަޙްމަދު ޢަބްދުﷲ ސައީދު

ފަލްސަފާވެރިން އެންމެ ގިނައިން އެއް ކަމެއްގައި ބަސްބުނެ ނަޒަރިއްޔާތައް އެކުލަވާލާފައިވަނީ ކޮން ކަމަކާ މެދުގައިތޯ ސުވާލުކޮށްފި ނަމަ، އޭގެ ޖަވާބަކަށްވާނީ އަންހެނުންނާ ބެހޭ ގޮތުންކަމުގައެވެ. ނުވަތަ އަންހެނުންނާއި ލޯތްބާ ބެހޭ ގޮތުންނެވެ. އޭގެ ތެރެއިން ބައެއް ނަޒަރިއްޔާތައް ޒަމާނާއި ހާލަތާއި ތަނުގެ ގޮތުން ހަގީގަތަކަށް ވަނީ އެކި މިންވަރަށެވެ. މިއީ ވެސް އޭގެ ތެރެއިން ބައެއް ނަޒަރިއްޔާތަކެވެ.
Print

ދުނިޔޭގެ އެންމެ ފުރަތަމަ ޢަޖާއިބު .... ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދުނިޔޭގެ 7 ޢަޖާއިބުގެ ތެރެއިން އެންމެ މަޝްހޫރު އެއް ތަނަކީ ސީނުކަރައިގެ ބޮޑުފާރު ކަމީ އެއްވެސް މީހަކު ދެބަސްވާނެ ޙަޤީޤަތެއް ނޫނެވެ. އެއީ ހަނދުގައި ތިބޭ އިރު ދުނިޔޭގެ ބިމުން އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަ ތަން ކަމަށް ބުނެވެ އެވެ. މިއަދު އަޅުގަނޑު ދަންނަވަން މި އުޅެނީ ދެހާސް އަހަރަށް ވުރެ ދިގު ތާރީޚެއް އޮތް، އަދި ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި 1987 ންފެށިގެން ޔުނެސްކޯއިން ފާހަގަކޮށްފައިވާ ބޮޑު ފާރުގެ ވާހަކައެއް ނޫނެވެ. އެކަމަކު ދެންނެވޭތޯ މި ބަލަނީ
Print

ދުނިޔޭގެ މާ ގަނޑުވަރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


އާދަމް ނަޞީރު އިބްރާހީމް (2011)

މިއީ ބުރޫނާއީގެ ރަސްގެފާނު ޙަސަނުލްބުލްޤިޔާގެ  ގަނޑުވަރެކެވެ. ދުނިޔޭގެ އެންމެ ބޮޑު ގަނޑުވަރެވެ. ނަމަކީ، އިސްތާނާ ނޫރުލް އީމާނެވެ. މާނައަކީ، އީމާންކަމުގެ ދޯދިތަކުގެ ހިޔާވައްސެވެ.  1.4 ބިލިޔަން ޑޮލަރުގެ އަގުހުރި މި ގަނޑުވަރަށް ޒިޔާރަތް ކޮށްލަމާ ހިންގަވާށެވެ! އެކަމަކު، މި ގަނޑުވަރު ހުޅުވަނީ އަހަރަކު އެންމެ ތިން ދުވަހު އެވެ.
Print

ތިނެއްބައި ޤަރުނު ވެފައިވާ މާސިންގާ ފޮތެއް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


އާދަމް ނަޞީރު އިބްރާހީމް

ރަޙްމަތްތެރި ކިޔުންތެރިޔާ އެވެ! އިނގިރޭސިވިލާތުގެ މަޝްހޫރު ބްރިޓިޝް ލައިބްރަރީއަށް ޒިޔާރަތް ކޮށްލަމާ ހިންގަވާށެވެ! އަޅުގަނޑުމެން ދެމީހުން އެކަންޏެއް ވެސް ނޫނެވެ. އިތުރު ހަތަރު މީހުންނާއެކު މުޅި ޖުމުލަ ހަމީހުންނެވެ.  ސަބަބު ފަހުން ދަންނަވައިލާނަމެވެ.
Print

ދުނިޔޭގެ އެންމެ ކުރުމީހާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ

ސަތާރަ އަހަރު ފުރުނު އިރު، އިސްކޮޅުގައި އެއް ފޫޓު، ދިހަ އިންޗި.


އާދަމް ނަޞީރު އިބްރާހީމް

ދުނިޔޭގެ އެންމެ ކުރު މީހާގެ ގޮތުގައި މިހާރު ބެލެވިފައިވަނީ ފިލިޕީންސްގެ ރައްޔިތެކެވެ. އުމުރުން 17 އަހަރުގެ ކުއްޖެކެވެ. ނަމަކީ، ޖުންރޭ ބަލަވިންގެވެ.

ޖުންރޭ އުފަންވީ، ފިލިޕީންސްގެ ވެރިކަންކުރާ ރަށްކަމުގައިވާ،  މެނީލާއާ 570 ކިލޯ މީޓަރު ދުރުގައި އޮންނަ އަވަށެއްގަ އެވެ.
Print

ދުނިޔޭގެ އެންމެ އަގުބޮޑު ގަޑި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ

ޓޫ އޯ ވަން ކެރެޓް ޗޮޕަރޑް

އާދަމް ނަޞީރު އިބްރާހީމް

ރީތި ގަޑިއެއް އަތުގައި އަޅައިލާ ހިތްވާނަމަ، ފޮޓޯއިން އެ ފެންނަ ގަޑި ކިހިނެއްވާނެ ބާ އެވެ؟ މިއީ ތަފާތު ތިންކުލައެއްގެ ޖަވާހިރުން އަތްކަން އަޅައިފައިވާ ހިތްގައިމު ގަޑިއެކެވެ. މީގައިވާ އެންމެ ބޮޑު ތިންޖަވާހިރަކީ، ހުދުކުލައިގެ ޖަވާހިރަކާއި، ފިޔާތޮށި ކުލައިގެ ޖަވާހިރަކާއި، ނޫކުލައިގެ ޖަވާހިރެކެވެ. މި ތިންޖަވާހިރު ވެސް އެވަނީ އެންމެ ހިތްދަމައިގަންނަ ސޫރައިގަ އެވެ. ހިތުބައްޓަމަށެވެ.
Print

އަޙްމަދު - أحمد މި ނަންފުޅުން ރަމްޒުކޮށްދެނީ . . . .

ޝާޢިއުކުރީ އަޙްމަދު ރަޝީދު ޢަބްދުލްޤާދިރު . ހިމެނޭބަޔަކީ އެނގޭތަ

 
އަޙުމަދު ރަޝީދު

"އަޙްމަދު" މި ނަމަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތް ކުރެވޭ އެހެން ނަންފުޅެކެވެ. އުޑުތަކުގެ މަލާއިކަތްބޭކަލުން ބޭނުންކުރައްވަނީ މި ނަންފުޅެވެ. މި ނަމުގެ މާނައަކީ ގިނަގިނައިން މާތްﷲ އަށް ޙަމްދުކުރާ މީހާއެވެ. މި ނަމަކީ ދުނިޔޭގައި އެންމެ ޢާއްމުކޮށް މީހުންނަށް ކިޔައިފައިވާ ނަންތަކުގެ ތެރޭގައި ގުނައިލެވޭ ނަމެކެވެ. އެމެރިކާގެ މުސްލިމުންގެ ކޮންމެ 1220 މުސްލިމެއްގެ ތެރެއިން 1000 މުސްލިމުންގެ ނަމުގެ ކުރިއަށް "އަޙްމަދު" ކިޔައިފައިވާކަން އެމެރިކާގައި ކުރެވުނު ދިރާސާއަކުން ދައްކައެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ