އަދުގެ ޚާއްސަ

އެނގޭތަ

Print

ދުނިޔޭގެ އެންމެ ބޮޑު 10 ކުތުބުޚާނާ

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އެނގޭތަ


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

ފޮތަކީ ޢިލްމު އުނގެނުމަށާއި، އެހެންމީހުންގެ ތަޖްރިބާތައް ދަސްކުރުމަށްޓަކައި ލިބިފައިވާ އެންމެ ރަނގަޅު އެއްވަސީލަތެވެ. ޢިލްމުވެރިންގެ މިފަދަޢިލްމީ މަސައްކަތްތައް ހޯދުމަށްޓަކައި ދާންއޮތް އެންމެ ރަނގަޅު އެއްތަނަކީ ކުތުބުޚާނާ އެވެ. އަޅުގަނޑުމެންގެ ތެރޭގައިކުތުބުޚާނާތައް އަދިވެސް ވަރަަަށް މަދެވެ. އަދި މި ލައިބްރަރީތައް ވެސް ވަރަށް ފަގީރެވެ. މުސްލިމުންގެ ތެރޭގައި ވެސް މިއީ ނިސްބަތުން ވަރަށް މަދު އަދި ވަރަށް ފެންވަރު ދެރަކޮށް ހުރި ކުތުބުޚާނާ ތަކެކެވެ.
Print

އަރާކި ގަސް

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އެނގޭތަ


މުސްލިމުންނާ ވަރަށް  ރަޙްމަތްތެރި ގަހެއް

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

ގަހުގެ ނަން


އަރާކި ގަހަކީ މުސްލިމުންގެ ޙަޔާތުގައި ވަރަށް މުހިއްމުގަހެކެވެ. މުސްލިމުންގެ ތެރެއިން ވަރަށް ގިނަބަޔަކު ޖީބަށްލައިގެން އުޅޭ ވެސް އެއްޗެކެވެ. އެހެންކަމުން މި ގަހާ، މި ގަހުން އުފައްދާ އަރާކި ބުރުހާ ބެހޭގޮތުން އެއްޗެއް އެނގުމަކީ އަޅުގަނޑުމެންނަށް ބޭނުންތެރި ކަމެއްކަމަށް ދެކެމެވެ. މި ގަހަށް ޢަރަބިބަހުން އަރާކު ގަހޭ ނުވަތަ  ޚިމްޠު ގަހޭ ކިޔެ އެވެ. ޢާއްމުކޮށް މިގަހަށް ކިޔަނީ  މިސްވާކު ގަހެވެ. ނުވަތަ ބުރުސްގަހެވެ. މިގަހުގެ ޢިލްމީ ނަމަކީ ސެލްވަޑޯރާ ޕަރސީކާSalvadorapersica އެވެ.
Print

ލޯބީގެ އާދަޔާ ޚިލާފު ނަމޫނާއެއް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުﷲ ނަޢީމު އިބްރާހީމް

އެއީ ލޯބީގެ ލާމަސީލު ބިނާ އެކެވެ. އެއީ ޝާހް ޖަހާން އޭނާގެ ލޯބިފުޅުވާ އަނބިކަނބަލުން މުމްތާޒް ބޭގަމް ގެ ހަނދާނުގައި ބިނާ ކުރެއްވި ގަނޑުވަރެކެވެ. އެއީ ދުނިޔޭގެ ހަތް ޢަޖާއިބުން އެއް ޢަޖާއިބެވެ. އެއީ ލޯބިވެރިންނާއި ޅެންވެރިން އެ މީހުން ޚިޔާލުތަކާއި ހުވަފެންތަކުގައި ގޮސް އުޅޭ މަޝްހޫރު ތަނެކެވެ. އާދެ، އެއީ އިންޑިއާގެ އާގްރާގައި ހުންނަ މަޝްހޫރު ތާޖް މަހަލެވެ.

ތާޖް މަހަލަކީ އިންޑިއާ އަށް އަންނަ ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާ
Print

އެންމެ އަގު ބޮޑު 10 ހާދިސާ

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އެނގޭތަ


ދުނިޔޭގެ ތާރީޚުގައި ހިނގާފައިވާ އެންމެ އަގު ބޮޑު 10 ހާދިސާ


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

ދުނިޔޭގެ ތާރީޚަށް ބަލާއިރު އިންސާނުންނާ ވަރަށް ތަފާތު ހާދިސާތަކާއި ކާރިސާތަކާ ކުރިމަތިވެފައިވެ އެވެ. ޤުދްރަތީ ކަންތައްތަކާއި އިންސާނުންގެ ސަބަބުން ކުރިމަތިވެފައިވާ ކަންތައްތަކެވެ. ބައެއް  ހާދިސާތަކުގެ ގެއްލުން ވަރަށް ބޮޑެވެ. އަނެއްބައި ހާދިސާތަކުގެ ގެއްލުމުގެ މިންވަރު އަގުކުރަން ވެސް ނޭނގޭހާ ބޮޑެވެ. ބައެއް ހާދިސާތަކުގައި އެތައް އިންސާނުންނެއް މަރުވެ ފަނާވެފައިވެ އެވެ. ބޮޑެތި ރަށްތައް މުޅިންނެތިވެ ފުހެވިފައިވެ އެވެ.
Print

މި ވާހަކަ ނުކިޔައްޗެވެ.

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާ އެވެ.
 
ލަޠީފު އަޙްމަދު

ފަށަމުން ވެސް ބުނަމެވެ. މި ވާހަކަ ނުކިޔާށެވެ.


އަހަރެމެންނަކީ ތިން އެކުވެރިންނެވެ.  ނޫނެކެވެ. ޝައިޠާނާއާ އެކު ހަތަރު އެކުވެރިންނެވެ. އަހަރެމެން އެއްތަންވަނީ މަޖާކުރާށެވެ.  ކުޅޭށެވެ. ''ބިޓުން'' ނަގާށެވެ. 

އަންހެންކުދިން އަހަރެމެންގެ މަޅީގައި ޖައްސަމެވެ. މޮޅެތި ވާހަކަތައް ދައްކައިގެންނާއި، ހިތްއެދޭ ހަދިޔާތައް ދީގެންނާއި، ތަފާތު ރޭވުންތައް ރާވައިގެންނެވެ.  އެ ގޮތުން ރެސްޓޯރެންޓް، ކެފޭ ތަކަށާއި، ރަށުން ދުރުގައިވާ ދަނޑުހައްދާ ހިސާބަށާއި އަތިރިމައްޗަށް އެ ކުދިންގޮވައިގެން މަޖާނަގަން ދަމެވެ. ބައެއްފަހަރު ކާރަކީ ވެސް އަހަރެމެންގެ ''މަޖަލުގެ ދާނެކެވެ.''
Print

ޖިންނި ސަހަރު ... ތުރުކީވިލާތުގެ ބިމުއަޑީގައި

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އެނގޭތަ



 އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ

ތުރުކީވިލާތުގެ ބިމުއަޑިން ފުރިހަމަ ސަހަރެއް ފެނިފައިވާ ވާހަކަ ދެންނެވުމުން ޤަބޫލުކުރައްވަން ދަތިވެދާނެ އެވެ. ﷲގެ ކުޅަދުންވަންތަކަމާއެވެ! 1963 ގައި ތުރުކީވިލާތުގެ  ޑެރިންކޫޔޫ (Derinkuyu) ސަހަރުގެ މީހަކު އޭނާގެ ގޭގެ ފާރެއް ތަޅައިލަން އުޅެނިކޮށް އޭނާއަށް ފާރުގެ އަނެއްފަރާތުން ކުރިން ދެކިފައިނުވާ އާދަޔާޚިލާފު ކޮޓަރިއެއް ފެނުނެވެ. މި ކޮޓަރިން އެހެންކޮޓަރިއަކަށް އަދި މިކޮޓަރިން
Print

އިމާމިއްޔަ ޝީޢީން ސަޖިދަޖަހާ ހިލަގަނޑު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން

އިމާމިއްޔަ ޝީޢީންނަކީ، ޝީޢީންގެ ޖަމާޢަތްތަކުގެ ތެރެއިން ޖަމާޢަތެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި، ޚިލާފަތު ވާރުތަވުން ޙައްޤުކަން ބޮޑީ ޢަލީގެފާނަށެވެ. އެމީހުންނަށް އިމާމީންނޭ ކިއުނީ، ދީނީ ގޮތުން އިމާމާއަށް އެމީހުން ދޭ އަހައްމިއްޔަތެއްގެ ބޮޑުކަމުންނެވެ. އެމީހުންނަށް އިޘްނާ ޢަޝަރިއްޔާ އޭ ކިއުނީ، ބާރަ އިމާމުންނަށް އެމީހުން އީމާންވާތީ އެވެ. އިޘްނާ ޢަޝަރައަކީ
Print

ލޯތްބަކީ ލޯކަނު އެއްޗެކެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ

އަންހެނަކު ދެކެ ލޯބިވާ މީހާ ވެސް ހަމަ އެފަދަ އެވެ. ބުދަކަށް އަޅުކަން ކުރާ މީހެއް ފަދައިން އޭނާ އެއަންހެން މީހާގެ ވަށައިގެން އެނބުރެ އެވެ.

ފަޟީލަތުއް ޝައިޚު ޑރ. ޢާއިޟު ބިން ޢަބްދުﷲ އަލްޤަރްނީ

ޙަދީޘްފުޅެއްގައި ވެ އެވެ.

(حُبُّكَ الشَّىْءَ يُعْمِى وَيُصِمُّ)

ރިވާކުރެއްވީ: އިމާމު އަޙުމަދު.

މާނައީ، "ތިބާ އެއްޗެއް ދެކެ ލޯބިވުމަކީ، ލޯ އަނދިރިވެ، އަދި ކަންފަތް ބީރުވާ ކަމެކެވެ."

އަޅުގަނޑަށް ފެނިފައިވާ ކަންތައްތަކުގެ އަލީގައި، މިބަސްފުޅަށް ވަރަށް ބޮޑަށް އީމާންވަމެވެ. މިސާލަކަށް ވަކި ޢިލްމުވެރިޔަކު ދެކެ ލޯބިވާ މީހެކެވެ. އެ ޢިލްމުވެރިޔާ ވިދާޅުވާ ކޮންމެ އެއްޗެއް
Print

މަޠުމާޠާ: ބިންގަރާހުގެ އަހުލުވެރިންގެ ރަށް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން

މިހާރުވެސް އެރަށުގައި މީހުން ދިރިއުޅެ އެވެ. އެރަށަށް ޒިޔާރަތްކުރާ މީހަކަށް ފެންނާނީ، ފަޅުވެފައިވާ ޞަޙަރާއެއް ފަދަ ބިމެކެވެ. ދިރިތިބީންގެ އެއްވެސް އަސަރެއް ބިންމަތިން ނުފެންނާނެ އެވެ. ނަމަވެސް ބިމުގައި ކޮނެފައިވާ ވަޅުގަނޑަކަށް ފައިބައިފިނަމަ، ދިރިއުޅުމުގެ ހުރިހައި ކަމެއް ފެންނާނެ އެވެ.

މަޠުމާޠާ އޮންނަނީ ޓިއުނީޝިއާގެ ދެކުނުގަ އެވެ. އެރަށުގެ ބިމުގައި ކޮނެފައިވާ ކޮންމެ

ހަމަމިގަލަމުން

އިދާރާ

ވާހަކަ