އަދުގެ ޚާއްސަ

އެނގޭތަ

Print

އަމިއްލަ ކުރިއެރުމަށް ދުވާލަކު 15 މިނިޓް

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ އެނގޭތަ


އާދަމް ޝަރީފް މުޙައްމަދު،ރޯޒީ ށ.ފުނަދޫ

އަހަރެމެންގެ ތެރެއިން ގިނަމީހުންނަކީ އެމީހުންގެ އުމުރުގެ ގިނަ ވަޤުތުތަކެއް ބޭކާރު ގޮތުގައި ހޭދަކުރާމީހުންނެވެ. އެވަގުތުތައް އަމިއްލަ ކުރިއެރުމަށް ނުވަތަ އަމިއްލަ ނަފުސު މުއްސަނދިކުރުމަށް ހޭދަކުރާނަމަ މަދު އަހަރުތަކެއްގެ ތެރޭގައި މަޢުލޫމާތު މުއްސަނދި މީހަކަށްވެ ، ޙަޔާތުގައި ކާމިޔާބު މީހަކަށް ވެދާނެއެވެ.
Print

މައްކާގެ ބޮޑު ގަޑި

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން

މިހާރު ދުނިޔޭގައިވާ އެންމެ ބޮޑު ގަޑިއަކީ، މައްކާގެ ބޮޑު ގަޑި އެވެ. އެ ގަޑި ބަހައްޓާފައިވާ ބިނާގެ ޖުމްލަ އުސްމިނަކީ، 601 މީޓަރެވެ. މައްކާގެ ކޮންމެ ތަނެއްގައި ހުއްޓަސް މިގަޑި ފެންނާނެ އެވެ. އެހެންކަމުން މިއީ ޙައްޖާޖީންނަށް ނުހަނު ބޭނުންތެރި ލޭންޑްމާކަކަށް ވާނެ އެވެ. ބިނާވެށީގެ މާހިރުން ދެކޭ ގޮތުގައި އެ ގަޑީގެ ސަބަބުން މައްކާގެ މަލަމަތީގެ ރީތިކަން
Print

ދެ ލޯ ޕޮޕްކުރާ އަންހެނާ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އެނގޭތަ


ލިޔުނީ: އިބްރާހިމް އަޙުމަދު (ކަކާ) ރ.ކަނދޮޅުދޫ


އެމެރިކާގެ ޗިކާގޯއަށް އުފަން ކިމް ގުޑްމަންއަކީ އޭނާގެ ދެލޯ ޕޮޕްކުރުމަށް މަޝްހޫރުވެފައިވާ މީހެކެވެ. މިއަންހެންމީހާ، ބޮތްކެއް ފަދައިން އޭނާގެ ދެލޮލުގެ ކަޅި 12 މިލިމީޓަރ ހާތަން ބޭރަށް ނެރެއެވެ. ކިމްވަނީ "ފާދަސްޓް އައިބޯލް ޕްރޮޓްރިއުޝަން" ގެ ރިކޯޑްވެސް ހާސިލްކޮށްފައެވެ.
Print

ޙަރަކާތާއި ގްރެވިޓީގެ ޤާނޫނުތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ

ނިއުޓަންއަށް، ބިމަށް ދަމާ ބާރު ހޯއްދެވުނީ، އާފަލެއް ވެއްޓުމުން ކަމަށް ގިނަ ބަޔަކު ހީކުރެ އެވެ. ނަމަވެސް ޙަޤީޤަތްވަނީ އެ އާފަލާ މާދުރުގަ އެވެ.

ޚުލާޞާ ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

މީހަކު އާކަމެއް އަލަށް ހޯދުމަކީ، އޭނާއަށް ފަޚުރާއި ޝަރަފު ޙައްޤުވާނެ މޮޅު ކަމެކެވެ. ނަމަވެސް އޭނާ ދުނިޔެއަށް އައުމުގެ އެތައް ޤަރުނެއް ކުރިން، އެހެން ބަޔަކު ހޯދާފައިވާ ކަންތައްތަކެއް، އޭނާ އަލަށް ހޯދި ކަންތައްތަކެއް ކަމަށް ބުނުމަކީ ކިހާ ދެރަކަމެއްތޯ އެވެ؟ އެއީ، ސަލާމަތް ބުއްދި ހުރި، އިންސާފުވެރިޔަކު ޤަބޫލުކުރާނެ ކަމެއް ނޫންކަން ކަށަވަރެވެ.

މުސްލިމު ޢިލްމުވެރިންވަނީ، ސައިންސްގެ މައިދާނުގައި އެތައް ޤާނޫނުތަކެއް
Print

އެތެރެ ހުސް، ގަބު މީހުން ބޮޑަށް އަޑުގަދަވާނެ އެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ފަޟީލަތުއް ޝައިޚު ޑރ. ޢާއިޟު ބިން ޢަބްދުﷲ އަލްޤަރްނީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



ރޭލެއް ދަތުރުކޮށްފައި ދާއިރު، އޭގެ ބުރިއެއް މާބޮޑަށް ތެޅެމުންދާނަމަ އެއީ ހުސް ބުރިޔެއްކަން ކަށަވަރެވެ. ވިޔަފާރިވެރިޔަކު އޭނާ ވިއްކާ އެއްޗެއް މާބޮޑަށް އިޝްތިހާރުކުރާނަމަ، އެއީ ރަނގަޅު އެއްޗެއް ނޫންކަން ޔަޤީނެވެ.

މި އުސޫލުން ބަލާއިރު، އެތެރެ ހުސް، ހަރުކަމެއް ނެތް މީހުން އަޑުގަދަވެފައި ހަޅޭއްލެވުން ގިނަވާނެ އެވެ. އެތެރެ ހުސް (ބޮޑުބެރު ފަދަ) ތަކެތިން ގަދަ އަޑު އިވޭ ބީދައިންނެވެ. ނަމަވެސް، ކެތްތެރިކަމާއެކު މަސައްކަތްކުރާ ހަރުދަނާ މީހުން ހަމަހިމޭންވެފައި ހިތްތިރިވާނެ އެވެ. އެހެނީ، އެމީހުންނަކީ ކާމިޔާބުގެ އޮނިގަނޑު ފަރުމާކޮށް، އުއްމަތުގެ ބިނާ
Print

ވަކަރު ކޮއްޓި

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ އެނގޭތަ


ޢާމިރު ރަޝީދު
 
ސްލެޓް ވްޑްޕެކާރ (Woodpecker)ގެ ނަމުން ނަންދީފައިވާ މިދޫނީގެ ދިގުމިނުގައި 11 އިންޗި ހުރެއެވެ.
މިހާތަނަށް މިދޫންޏަށް ދިވެހިނަމެއް ދެވިފައި ނުވުމާއި އެކު، ދޫނީގެ ދިރިއުޅުން ހުންނަގޮތަށްބަލައި މިދޫނީގެ ދިވެހިނަމެއްގެ ގޮތުގައި އަޅުގަނޑު "ވަކަރު ކޮއްޓި" ބޭނުންކޮށްފައިވަނީ އެވެ.

ވަކަރު ކޮއްޓި ޢާއްމު ގޮތެއްގައި ދިރިއުޅެނީ ގަސްގަހުގައި ހޮހަޅަ ހަދައިގެން، އެ ހޮހަޅަ ތަކުގައެވެ.
ޢާއްމު ގޮތެއްގައި މި ދޫނި އޭގެެ ދިގު ތުންގަނޑު ބޭނުންކޮށްގެން ގަސްގަހުގެ ވަކަރު ވަކަރުގަނޑު ތެރޭގައި ދިރިއުޅެމުންދާ އެކި އެކި ސޫފާ ސޫފި ހޯދުމަށް ވަކަރުގަނޑުގައި ތުނބުން ކޮށައި ކައިއުޅެއެވެ.
Print

ހިޔަރަކާތުގެ ބައެއް ބިދުޢަތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


ޝަޢުބާން މަސް ދެބައިވާ ރޭގައި ބައެއް މުސްލިމުން ކުރާ ނަމާދެއް ވެ އެވެ. އެ ނަމާދަށް ދިވެހިން ކިޔައިއުޅެނީ ހިޔަރަކާތް ނަމާދެވެ. ހިޔަރަކާތް އުފެދިފައިވަނީ ހިޔައާއި ރަކާތުންނެވެ. ހިޔައަކީ "ނުވަދިހަ ހަޔެއް" އެވެ. ރަކާތަކީ "ރަކުޢަތް" އެވެ. އެހެންވީމާ ހިޔަރަކާތުގެ މާނައަކީ، ނުވަދިހަ ހަ ރަކުޢަތެވެ. މިނަމާމެދު ވިސްނާލާއިރު، މިނަން އުފެދިފައިވަނީ، ހިސާބުގެ ދިހަ ވަޅުގެ ނިޒާމު ދިވެހިންގެ ތެރޭގައި ޢާއްމުވުމުގެ ކުރިން ކަމަށް
Print

ގައްޒާފީގެ ތަޤުރީރުގެ ބައެއް އުސްއަލިތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


އޮބާމާގެ އަސްލު ނަންފުޅަކީ، އަބޫޢަމާމާ ކަމަށް ގައްޒާފީ ވިދާޅުވި އެވެ.

އަބޫޢަމާމާ އަކީ "ފަގުޑިބެ" ކަމަށް ތަރުޖަމާ ކުރެވިދާނެ އެވެ.


ޢަބްދުލްމުޢީދު ޙަސަން


ލީބިޔާގެ ޒަޢީމު ކާނަލް މުޢައްމަރުލް ޤައްޛާފީ އަކީ ދުނިޔޭގެ އެހެން ޤައުމުތަކުގެ ވެރިންނާ ތަފާތު ބޭފުޅެކެވެ. ޖެހިލުމެއް ނެތި އޭނާ ދައްކަވަން ބޭނުންފުޅު ކޮންމެ ވާހަކައެއް ދައްކަވަ އެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެކޮޅަށް ވެސް އޭނާ ވިދާޅުވާން ބޭނުންފުޅު ކޮންމެ އެއްޗެއް ވިދާޅުވެ އެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ ކޮންފަދަ ވަރުގަދަ ބާރެއް ކަމެއް ޢާންމުންނަކަށް ނޭނގެ އެވެ.

ވަރލްޑްކަޕް 2010 ފެށުމާއެކު، ފީފާއާ ދެކޮޅަށް އޭނާ ދެއްވި ވަރުގަދަ ބަހުގެ ހަމަލައިން އޭނާވަނީ މުޅި ދުނިޔެ ސިއްސުވައިލައްވާފަ އެވެ.
Print

ޖިންނީންނާއި ޖިންނީންގެ ވައްތަރުތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ޖިންނީންނަކީ ކޮބާ؟

މާތް ﷲ ކީރިތި ޤުރުއާނުގައި ޖިންނީންގެ ވާހަކަ ބަޔާންކުރައްވާފައިވެ އެވެ. ކީރިތި ޤުރުއާނުގައި ޖިންނީންނަށް ޚާއްޞަކުރައްވާފައިވާ ސޫރަތެއްވެ އެވެ. އެއީ "ސޫރަތުލް ޖިންނި" އެވެ. ޖިންނީންނަކީ ބުއްދީގެ ބާރު ދެއްވާފައިވާ މަޚުލޫޤުންތަކެކެވެ.

ކީރިތި ޤުރުއާނުގައި ސިފަކުރައްވާފައިވާ ގޮތުގައި، ޖިންނީންނަކީ މާރިޖު އަލިފާނުން ހައްދަވާފައިވާ ބަޔެކެވެ. މާރިޖު އަލިފާނަކީ، ނޫކުލައިގެ އަލިފާން ހުޅުގަނޑެވެ. އެ ބާވަތުގެ ހުޅުގަނޑު ފެންނަނީ ގަދަޔަށް އަނދާ އަލިފާނުންނެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ