އަދުގެ ޚާއްސަ

އެނގޭތަ

Print

ސުޢޫދީ ޢަރަބިއްޔާގައި ފެންބޮޑުވި ހާދިސާގެ ފޮޓޯތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


ސުޢޫދީ އަރަބިއްޔާއަކީ ޢާއްމުކޮށް ވާރޭ ވެހޭ ޤައުމެއް ނޫނެވެ. ނަމަވެސް މިއަހަރު އާދަޔާ ޚިލާފަށް ވާރޭވެހި އެޤައުމުގައި ވަނީ ފެންބޮޑުވުމުގެ ހާދިސާއެއް ހިނގާފަ އެވެ. ކުރިޔަށް އޮތް ވިއްސަކަށް އަހަރަކީ، ގިނައިން އެ ޤައުމަށް ވާރޭވެހޭނެ މުއްދަތެއް ކަމަށް މޫސުމާބެހޭ ފަރާތްތަކުން ލަފާކުރެ އެވެ. މިހެންވެ، ވާރޭފެން ޚަޒާނާކޮށް ރައްކާކުރާނެ ގޮތަކާމެދު ސުޢޫދީ ޢަރަބިއްޔާގެ ބައެއް ފަރާތްތަކުން މިހާރު ވިސްނަން ފަށައިފި އެވެ.

ޢަރަބި ކަރައިގައި ކޯރުތައް ދެމި، ބަގީޗާތައް ހެދުމުގެ ކުރިން ޤިޔާމަތް ނުވާނެ ކަމަށް އޮންނަ ޙަދީޘްފުޅެއްވެ އެވެ.
Print

ދުންފަތުގެ އިސްތިޢުމާލުކުރާ އެންމެ ހަގު ކުއްޖާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


އެންމެ ގިނައިން ދުންފަތުގެ އިސްތިޢުމާލު ކުރާ އެންމެ ހަގު ކުއްޖަކީ އިންޑޮނީޝިއާގެ ކުއްޖެކެވެ. އޭނާ ވަނީ، ޢުމުރުން ދެ އަހަރު ފުރުމުގެ ކުރިން ދުވާލަކު، ސާޅީސް ސިނގިރޭޓް ބޭނުންކޮށްފަ އެވެ. ނަމަވެސް މިހާރު އޭނާ ވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށްޓަކައި ފަރުވާ ލިބިގަންނަން ފަށާފަ އެވެ.

އަރުދީ ރިޒާލް ނަމަކަށް ކިޔާ އެކުއްޖާ، ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާފައިވަނީ، ޢުމުރުން 18 މަހުގަ އެވެ.
Print

ޢުމާނަށް ކުރާ ވިއްސާރައިގެ ބައެއް ފޮޓޯތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


މިހާރު ޢުމާނަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، އެ ޤައުމުގެ ހަ މީހަކު މަރުވެއްޖެ އެވެ.

ޢުމާނަކީ، ޢަރަބި ޖަޒީރާގެ އިރު ދެކުނުގައިވާ ޤައުމެކެވެ. އެ ޤައުމު އޮންނަނީ، ޔަމަނާއި ޔޫއޭއީ އާ ދެމެދުގައި، ސަޢޫދީ ޢަރަބިއްޔާ އާ އިންވެގެންނެވެ.

ތިރީގައި މިވަނީ، އެ ޤައުމުގައި ފެންބޮޑުވެފައިވާ މިންވަރު ދައްކާދޭ ބައެއް ފޮޓޯތަކެވެ.
Print

މިޒަމާނުގައި ނަބީކަމަށް ދަޢުވާކުރި ބައެއް އަންހެނުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


ވޭތުވެ ދިޔަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި ފަންސާހަށްވުރެ ގިނަ މީހުން ނަބީކަމަށް ދަޢުވާކޮށްފައި ވެ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ހިމެނެ އެވެ.

މިލިޔުމުގައި ކުރުކޮށް ގެނެސްދީފައިވާނީ، އޭގެ ތެރެއިން ހަތަރު އަންހެނެއްގެ ވާހަކަ އެވެ. އެއީ، ޒަހުރާ އުންމުލް އަންބިޔާ އާއި، ސުރައްޔާ މަންޤޫޝާއި، އަލީސް ލުކުނާ އާއި، މަނާލު ވަޙީދެވެ. މި ލިޔުމާއެކުގައިވާ ފޮޓޯގައިވަނީ، މަނާލު ވަޙީދެވެ.
Print

އޭނާއަކީ މަހުދީގެފާނު ކަމަށް ދަޢުވާކުރި އެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


މި ޒަމާނުގައި މަހުދީގެފާނު ކަމަށް ދަޢުވާކުރާ މީހުން ގިނަވެއްޖެ އެވެ. ދާދި ފަހުން ޔަމަނުކަރައިގެ މީހަކު ވެސް މަހުދީގެފާނު ކަމަށް ދަޢުވާކޮށްފައިވެ އެވެ. އަދި ސުޢޫދީ ޢަރަބިއްޔާގެ އިރުމަތީ ބިތުގެ ރަށެއްގެ މިސްކިތެއްގައި ކުރު ޚުޠުބާއެއް ދިން މީހަކު ވެސް އެކަމަށް ދަޢުވާކޮށްފައިވެ އެވެ. އޭނާ ދިން ޚުޠުބާގައި މީހުންގެ ލޭ ކެކޭ ފަދަ ދީނީ ޝިޢާރުތައް ހަރުއަޑުން އުފުލި އެވެ. އަދި އޭނާއަކީ، އިންތިޒާރުކުރެވޭ މަހުދީގެފާނު ކަމަށް ބުންޏެވެ. އޭނާގެ މިބަސް ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރުމަށް ގޮވާލި އަޑު ޖައްވުގައި ގުގުމާލި ހިނދު، މިއަޑު އިވުނު މީހަކު ވަގުތުން ފުލުހުންނަށް މިކަން އެންގި އެވެ. ދެން ފުލުހުން އައިސް މިސްކިތުގައި އަޑުގަދަކުރި މީހާ ހައްޔަރުކޮށްގެން ގެންގޮސް ތަޙުޤީޤުކުރި އެވެ.

ޙަޤީޤަތް އެނގުނީ ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި އަލްޢަމީދު ޔޫސުފުލް ޤަޙުޠާނީގެ ވާހަކަފުޅުންނެވެ.
Print

އުޑާއި ބިމާ ދެމެދުގައި އޮންނަ ބިޔަ ހިލަގަނޑު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


އެ ހިލަގަނޑު އޮންނަނީ، ސަޢޫދީ ޢަރަބިއްޔާގެ އަލްއިޙުސާއު ސަރަޙައްދުގަ އެވެ. 2005 ވަނަ އަހަރު އެޔާބެހޭ ގޮތުން ފެތުރުނު ޚަބަރުގައިވެ އެވެ.

"ޚާލިޤުވަންތަ ރަސްކަލާނގެ ހުސްޠާހިރުވަންތަކަމުގެ ބޮޑުކަމާއެވެ! އެއީ އެއްވެސް ތަނެއްގައި ނުޖެހި އުޑާއި ބިމާ ދެމެދުގައި އޮންނަ ބިޔަ ހިލައެކެވެ. އޭގެ ޙަޤީޤަތް ބުނެދިނުމަށް ސައިންސްވެރިންވަނީ ނުކުޅެދިފަ އެވެ. އެޔާމެދު، އެ އަވަށްގަނޑުގެ މީހުން ވެސް ވަނީ އަންތަރީސްވެފަ އެވެ. އެއީ ސަޢޫދީ ޢަރަބިއްޔާގެ އިރުމަތީގެ ރަށެއްކަމުގައިވާ އަލްއިޙުސާއު ކައިރީގައި އޮންނަ، އައްތުވައިޘީރު އަވަށުގައި އޮންނަ ބިޔަ ހިލައެކެވެ. ކޮންމެ އަހަރަކު، އޭޕްރީލް މަހުގެ ތެރޭގައި އެ ހިލަ، ބިމުންމައްޗަށް 11 ސެންޓިމީޓަރު އުފުލި، ބިމުގައި ނުޖެހި އޮވެ އެވެ. އަދި އެގޮތުގައި 30 މިނިޓްއިރު ވަންދެން އޮވެ އެވެ.
Print

ނުކިޔަވާ ކުދިންނަށް ދޭ އަދަބު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


ނުކިޔަވާ ކުދިންނަށް، އެކި ސަގާފަތްތަކުގައި ބޮޑެތި އަދަބު ދެވެ އެވެ. ކުރިން ދިވެހިރާއްޖޭގައި ވެސް އެފަދަ އަދަބުތައް ދެ އެވެ. ނާށިފަތި ކަރުގައި އެޅުވުމާއި ވަޅަށް ލުމާއި ގިތެޔޮ މިރުސް ލޮލަށް އެޅުމާއި އަނދިރި ކޮޓަރީގައި ހައްޔަރުކުރުން ފަދަ ކިތަންމެ ކަމެކެވެ. އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިވަނީ، އެފަދަ ލާއިންސާނީ ޢަމަލުތައް މާޒީގެ ތެރެއަށް ގޮސް އޮބާލާފަ އެވެ. ނަމަވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި އަދިވެސް އެފަދަ ކަންތައްތައް ކުރެވެމުން ދެ އެވެ.
Print

ހަމަ ޙަޤީޤަތުގައިވެސް އިންސާނެއްގެ ބޮލުން ދަޅު ފަޅައިފި

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ އެނގޭތަ



ޅޮހީ ޢަބްދުއްރަހީމް

ޗައިނާގައި އުމުރުން ސަތޭކަ އެއް އަހަރުގެ އަންހެނެއްގެ ބޮލުގައި ވަރަށް އާދަޔާ ޚިލާފު ގޮތަކަށް ދެ ދަޅު އެބަފަޅަ އެވެ. އޭނާ ގެ ދެ ދަޅު ފަޅަނީ ނިތް ކުރިންނެވެ. ލިންލޯ ވިލެޖުގެ ޒަންގް ރުއިފަންގު ނަމަކަށް ކިޔުނު މި އަންހެން މީހާގެ ބޮލުގައި ފަޅަމުންދާ ދަޅުގެ ސަބަބުން އޭނާގެ ޢާއިލާއާއި އަދި ހިސާބުގަނޑު މީހުން ވަނީ ހައިރާންވެ އަންތަރީސްވެފަ އެވެ. މި ދަޅު ފަޅަން ފެށީ މި ދިޔަ އަހަރުގެ ތެރޭގައި ކަމަށްވެ އެވެ. މިހާރު އެއްދަޅުގެ ދިގުމިން 6 ސެންޓިމީޓަރަށް ދިގުވީއިރު، ދެވަނަ ދަޅު ކިރިޔާ ނިތްކުރިން "މަލަސް'' ދައްކާލީ އެވެ.
Print

ހުވަފެން ތަޢުބީރު: ޖިންނި، ޝައިޠާނުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


އަލްއުސްތާޛު އަބޫ ސަޢުދު ވިދާޅުވެފައިވެ އެވެ. ތިމާ ޖިންނިއަކަށް ބަދަލުވާތަން ހުވަފެނުގައި ފެނިއްޖެނަމަ، އޭގެ މާނައަކީ އެމީހެއްގެ މަކަރުވެރިކަން ވަރުގަދަ ވެއްޖެ އެވެ.
ޖިންނީންގެ ސިޙުރުވެރިން ހުވަފެނުގައި ފެނުން ދަލީލުކުރަނީ، ސިފަ ބަދަލުކުރާ ޖިންނިއަށެވެ.

ގެއާ ކައިރީގައި ޖިންނި އުޅެނިކޮށް ހުވަފެނުގައި ފެނިއްޖެނަމަ، އެއިން ދަލީލުކުރެވެނީ ތިންކަމަކަށެވެ. ފުރަތަމަ ކަމަކީ، ގެއްލުމެވެ. ދެވަނަ ކަމަކީ، ނިކަމެތިވުމެވެ. ތިންވަނަ ކަމަކީ، ނަދުރެއް ނުފުއްދާ އޮތުމެވެ.

ތިމާގެ ކިބައިން ޖިންނީން ކީރިތި ޤުރުއާން ދަސްކުރާތަން ނުވަތަ ތިމާ ކީރިތި ޤުރުއާން ކިޔަވާ އަޑު ޖިންނީން އަޑުއަހާތަން ފެނިއްޖެނަމަ، އެމީހަކަށް ވެރިކަމެއް ލިބޭނެ އެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ