އަދުގެ ޚާއްސަ

އެނގޭތަ

Print

ހުވަފެން ތަޢުބީރު: މީހުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


މުސްކުޅިންނާއި، ޒުވާނުންނާއި، ކުޑަކުދިންނާއި، ދަންނަ މީހުންނާއި،

ނުދަންނަ މީހުން ފެންނަ ހުވަފެންތަކުގެ ތަޢުބީރު


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ތިމާ ދަންނަ މީހަކު ހުވަފެނުގައި ފެނިއްޖެނަމަ، އޭގެ މާނައަކީ، އޭނާގެ ކިބައިން ނުވަތަ އޭނާ ފަދަ މީހެއްގެ ކިބައިން އެއްޗެއް ލިބޭނެ އެވެ.
އެފަދަ މީހަކު ހުވަފެނުގައި ފެނިފައި، އޭނާގެ އަތުން އެދެވޭ އެއްޗެއް ލިބޭތަން ފެނިއްޖެނަމަ، އޭގެ މާނައަކީ، މަޤުބޫލު އެއްޗެއް ލިބޭނެ އެވެ.
ހުވަފެނުގައި ފެންނަ އެފަދަ މީހަކީ، މަތީމަޤާމެއްގައިވާ މީހެއްނަމަ، އޭނާގެ އެހީތެރިކަމާއެކު ވަޒީފާއެއް ލިބޭނެ އެވެ.
އޭނާގެ އަތުން ވަލެއް ފަދަ އެއްޗެއް ލިބޭތަން ފެނިއްޖެނަމަ، އެފަދަ މީހަކާ ގުޅުންބަދަހިވާނެ އެވެ.
އޭނާގެ އަތުން ނޭދެވޭ އެެއްޗެއް ލިބޭތަން ފެނިއްޖެނަމަ، ހުވަފެން ފެނުނު މީހާއާއި އެމީހަކާ ދެމެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފެދޭނެ އެވެ.
Print

ހުވަފެން ތަޢުބީރު: ބަންގި

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


އެއް ފަހަރު ނުވަތަ ދެ ފަހަރު، ތިމާ ބަންގި ގޮވައި ޤަމަތްދީފައި ފަރުޟު ނަމާދެއް ކުރަނިކޮށް ހުވަފެނުގައި ފެނިއްޖެނަމަ، އޭގެ މާނައަކީ، އެމީހަކަށް ޙައްޖުވުމުގެ ފުރުޞަތު ލިބުން ގާތްވެއްޖެ އެވެ.

މީހަކު މުންނާރަކަށް އަރާހުރެ ބަންގި ގޮވަނިކޮށް ފެނިންޖެނަމަ، އެމީހަކީ ޙައްޤުގެ މަގަށް ގޮވާލާނެ މީހެއް ކަމުގައި ވާނެ އެވެ. އަދި އެމީހަކަށް ޙައްޖުވުމުގެ ފުރުޞަތު ލިބިދާނެ ކަމަށް އުންމީދު ކުރެވެ އެވެ.

ވަޅެއްގެ ތެރޭގައި ހުރެ ބަންގި ގޮވަނިކޮށް ފެނިއްޖެނަމަ، ދުރު ދަތުރެއް ކުރުމަށް އެމީހަކު އެހެން މީހުންނަށް ބާރުއަޅާނެ އެވެ.
Print

ދުޢާ އިޖާބަ ކުރައްވާ އިސްމުފުޅެއް

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ އެނގޭތަ


ތަރުޖަމާ: މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް، އޭނާޒް/ބ.ދަރަވަންދޫ

އިބްނު މާޖާ، ޢާއިޝާ ރަޟިޔަﷲޢަންހާގެ ކިބައިން ރިވާ ކުރެއްވިއެވެ. އެއްދުވަހަކު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. [އޭ ޢާއިޝާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިމަން ކަލޭގެފާނަށް، އެ އިސްމުފުޅަކުން  ދުޢާ ދެންނެވުމުން ، ދުޢާ އިޖާބަ ކުރައްވާ އިސްމުފުޅެއް އުނގަންނަވާ ދެއްވިކަން ކަމަނާ ދެނެވަޑައިގެންވަމު ހެއްޔެވެ؟ ތިމަންކަމަނާ ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަން ކަމަނާގެ ބައްޕާފުޅާއި މަންމާފުޅަށްޓަކައި ކަލޭގެފާނު ތިމަންކަމަނާއަށް އެ އިސްމުފުޅު އުނގަންނަވާ ދެއްވުން ކީއްތޯ އެވެ.
Print

ޣަރުޤަދު ނުވަތަ ޔަހޫދީންގެ ގަސް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


ޣަރުޤަދު ގަހުގެ ވާހަކަ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ޙަދީޘެއްގައި ބަޔާންކުރައްވާފައި ވެ އެވެ. އެ ޙަދީޘުގައި ވަނީ، އެއީ ޔަހޫދީންގެ ގަހެއް ކަމަށެވެ. އަދި އެ ގަހުގެ ނިވަލުގައި ޔަހޫދީން ފިލާނެ ކަމަށެވެ. ޔަހޫދީން އެކަން ކުރާނީ، މުސްލިމުންނާއި ޔަހޫދީންނާ ދެމެދުގައި ކުރެވޭ ހަނގުރާމައެއްގަ އެވެ. އެ ޙަދީޘުގެ މާނައީ:

ހަމަކަށަވަރުން ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވި އެވެ.
Print

ކާޑިނަލް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


"ކާޑިނަލް" އަކީ، ކެތޮލިކް ފައްޅީގެ މަސްއޫލުވެރި ރަސްމީ މަޤާމެކެވެ.

"ކާޑިނަލް" އަކީ، "ކާޑިނަލުންގެ ކޮލެޖު" ގެ މެމްބަރެކެވެ.

ދަރަޖައިގެ ގޮތުން ކާޑިނަލް އަކީ، ޕޯޕުގެ މަޤާމާ ޖެހިގެން އޮންނަ މަޤާމެވެ.

ޕޯޕު އިންތިޚާބުކޮށް ޢައްޔަންކުރުމުގެ މަސްއޫލިއްޔަތަކީ، ކާޑިނަލުންގެ ޒިންމާއެކެވެ.

ޕޯޕު އަވަހާރަވެއްޖެނަމަ، އާ ޕޯޕަކު އިންތިޚާބު ކުރެވެ އެވެ.
Print

ކޭތައާ ބެހޭ ބައެއް ވާހަކަ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ

"ތިޔަބައިމީހުންނަށް ކޭތަ ފެނިއްޖެނަމަ، ފަހެ، ތިޔަބައިމީހުން ﷲ އަށް ދުޢާ ދަންނަވައި، ތަކުބީރުކިޔައި، ނަމާދުކޮށް، ޞަދަޤާތް ދޭހުށިކަމެވެ."

ޙަދީޘެއްގެ މާނަ

ޢަބްދުލްމުޢީދު ޙަސަން


އިހުގެ ބައެއް ޙަޟާރަތްތަކުގައި، ކޭތައާ ބެހޭ ގޮތުން ދައްކާފައިވާ ވާހަަކަތައް، މިޒަމާނުގައި ވާނީ ވަރަށް ހެއްވާ ވާހަކަތަކަކަށެވެ. ނަމަވެސް އެއީ އެޒަމާންތަކުގެ މީހުންގެ ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވުނު ވާހަކަތަކެއް ކަމުގައިވި އެވެ.

ޗައިނާގެ އިހުޒަމާނުގެ މީހުން ހީކޮށްގެންތިބީ، އިރުކޭތަ ހިފަނީ، ތިންނީނެއް ނުވަތަ ޑްރޭގަނެއް، އިރު ކާލަން އުޅޭތީ ކަމަށެވެ. މިހެންވެ، އިރުކޭތަ ހިފަން ފެށުމުން އެބައިމީހުން މައްޗަށް ދުނި ޖަހަ އެވެ. މިކަމުގެ ބޭނުމަކީ، އެ ޑްރޭގަނަށް ބިރުދައްކައިގެން، އޭތީގެ އަނގައިގެ ތެރޭގައި އިރު ނިވާވެދިއުން މަނާކުރުމެވެ. ދުނި ޖަހާއިރު، ބެރުޖެހުމާއި ދުންމާރި ފުމެމުން ގެންދެ އެވެ.
Print

އަންހެނުންގެ ސިފަތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ތަރުޖަމާ: އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ


އަންހެނުންގެ ރީތިކަން ބެހެނީ ތިން ބަޔަކަށެވެ. އެއީ

1- ފިރިހެނާގެ ހިތަށް ފެންނަ ރީތިކަން
2- ފިރިހެނާގެ ލޮލަށް ފެންނަ ރީތިކަން
3-  ޒީނަތްތެރިވުމަށާއި ހަށިގަނޑަށް އަޅައިލުމަށް އަންހެނާ ދޭ އަހައްމިއްޔަތުގެ ސަބަބުން އުނިއިތުރުވާ ރީތިކަން
Print

ކީރިތި ޤުރުއާނާބެހޭ މަޢުލޫމާތު (1)

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


ކިރިތި ޤުރުއާނުގައިވާ އެންމެ ދިގު އާޔަތަކީ، އަލްބަޤަރާ ސޫރަތުގެ 282 ވަނަ އާޔަތެވެ. އެ އާޔަތަށް ދެވިފައިވާ ނަމަކީ، "އާޔަތުއް ދައިނި" އެވެ. މާނައަކީ، ދަރަނީގެ އާޔަތެވެ. އެ އާޔަތުގައި ބަޔާންކުރައްވާފައިވަނީ، ދަރަންޏާ ބެހޭ ކަންކަމުގައި ޢަމަލުކުރަންވީ ގޮތެވެ.

ކީރިތި ޤުރުއާނުގައިވާ އެންމެ ކުރު އާޔަތްތައް:
1.    (طه) ޠާހާ: 1
2.    (يس) ޔާސީން: 1
Print

މަސްޖިދުލް އަޤުޞާ އާއި ޤުއްބަތުއް ޞަޚުރާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


ޤުއްބަތުއް ޞަޚުރާގެ ފޮޓޯ ވަރަށް ގިނައިން ފެނެ އެވެ. އޭގެ ބޮޑެތި ޕޯސްޓަރުތައް ވެސް ހަދާފައި ހުރެ އެވެ. ނަމަވެސް މަސްޖިދުލް އަޤުޞާގެ ފޮޓޯ ފެންނަނީ ވަރަށް މަދުންނެވެ. މިއަހަރު، ޙައްޖާޖީން ކުޑަކުދިންނަށް ގެނައި ބައެއް ހަދިޔާތަކުގައި ވެސް، ޤުއްބަތުއް ޞަޚުރާގެ ފޮޓޯ ޖަހާފައިވެ އެވެ.

ޤުއްބަތުއް ޞަޚުރާގެ ފޮޓޯ މުސްލިމުންގެ ތެރޭގައި ޢާއްމުކުރަނީ، ކޮން ބޭނުމަކު ބާވައެވެ؟ މިހާރު މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ހީކުރާ ގޮތުގައި، ޤުއްބަތުއް ޞަޚުރާ އަކީ، މަސްޖިދުލް އަޤުޞާ އެވެ. މާދަމާ، ޔަހޫދީން މަސްޖިދުލް އަޤުޞާ ތަޅާލައިފިނަމަ، މުސްލިމުން ހީކުރާނީ، އަދިވެސް މަސްޖިދުލް އަޤުޞާ އެބަހުރި ކަމަށެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ