އަދުގެ ޚާއްސަ

އެނގޭތަ

Print

ހުޅަނގުގެ އޯގާތެރިކަން ... ނަމޫނާއެއް؟

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އެނގޭތަ


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ


އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އެމެރިކާ އިޤްތިޞާދު އަލުން ނެގެހެއްޓެވުމަށްޓަކައި ރާއްވަވާފައިވާ މަޝްރޫޢުތަކުގެ ދަށުން، ބޭކަރުކަންތައްތަކަކަށް ޚަރަދުކުރައްވަމުން ގެންދަވާކަމަށް އިދިކޮޅު ރިޕަބްލިކަން ޕާރޓީގެ ބައެއް ސެނެޓަރުން ތުހްމަތު ކުރައްވައިފައި ވެއެވެ. އެބޭފުޅުން ކުރެއްވި ދިރާސާއެއް ބުނާގޮތުގައި އެމެރިކާގެ އިޤްތިޞާދު ދިރުއްވުމަށް ރައީސް އޮބާމާ ރާއްވަވާފައިވާ މަޝްރޫޢުތަކުގެ ދަށުން ސަރުކާރުގެ ފައިސާއިން:

1-    މުސަޅެއް ދިރިއުޅޭގޮތް ބެލުމަށާއި މި މުސަޅު ބޭރުކުރާ ރޭޑިއޯ އެކްޓިވް މާއްދާތައް ބެލުމަށްޓަކައި 300 ހާސް ޑޮލަރު ހޭދަކޮށްފައިވެއެވެ.

2-     ކިންސާސާ ގައި ކުޑަމިންވަރެއްގެ އާމްދަނީ ލިބޭމީހުން ގެންގުޅޭ ކުއްތާތަކާއި ބުޅާތައް ނުވިހާގޮތް ހެދުމަށްޓަކައި 380 ހާސް ޑޮލަރު ހޭދަކޮށްފައިވެއެވެ.
Print

އަނބި މީހާގެ އުފާވެރިކަން- ގޭތެރޭގެ ހަމަޖެހުން

ޝާޢިއުކުރީ މުހަންމަދު ޢަބްދުޞަމަދު . ހިމެނޭބަޔަކީ އެނގޭތަ


މުހަންމަދު ޢަބްދުޞަމަދު / ހއ.އިހަވަންދޫ
 
ގޭގެ އޮޅިއަކީ އަނބިމީހާއޭ ބުނާއަޑު އަހަން ހެއްޔެވެ؟ ތިމާގެ އަނބި މީހާ ހިތްހަމަޖެހިފައި ހުރުމަކީ ދިރިއުޅުމަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެކެވެ. ގޭތެރޭގެ ހަމަޖެހުމާއި ޞުލްޙަ މަސްލަޙަތު ދެމިއޮތުމުގެ އަސްލެވެ. ތިމާގެ ޞިއްޙަތާއި ދިރިއުޅުމުގެ ސުލްޙަ މަސްލަޙަތު ބެލެންސް ކޮށްދޭ ކަމެކެވެ. ދަރިންގެ ތަރުބިއްޔަތާއި ތިމާގެ ސުލޫކު ތަރުބިއްޔަތުކޮށްދޭ ކަމެކެވެ. އެހެންކަމުން، ދިރިއުޅުމުގެ މި ހަޔާތުގައި އަނބިމީހާ އާއި އަޅާލައި އޭނާގެ އުފާވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމެކެވެ.
Print

އޫރު ރޯގާ އާއި މޫސުމީ ރޯގާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


އޫރު ރޯގާ އަށް ދޭ ބޭހަކީ، ރައްކާތެރި އެއްޗެއް ނޫނެވެ.

ޢުމުރުން ދިހަ އަހަރު ނުފުރޭ ކުޑަކުދިންނާއި މާބަނޑު އަންހެނުންގެ ގަޔަށް، އޮސްޓްރޭލިއާގައި އޫރު ރޯގާގެ ވެކްސިން ނުޖަހަ އެވެ.

އޫރު ރޯގާގެ ބޭސް ބޭނުންކުރާ ބައެއް މީހުން މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. (މިހާތަނަށް 40 މީހުން މަރުވެފައިވާ ކަމަށާއި، 12 މީހުން މުޅިން ވާ ވެފައިވާ ކަމަށް އެނގިފައިވެ އެވެ.)
Print

ޙައްޖާޖީންގެ ތެރޭގައި އޫރުރޯގާ ފެތުރިގެން ނުދެ އެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރީ، ގާތްގަނޑަކަށް 2300000 (ދެ މިލިޔަން ތިންސަތޭކަ ހާސް) ޙައްޖާޖީންނެވެ.

އޭގެތެރެއިން 700000 (ހަތް ސަތޭކަ ހާސް) ޙައްޖާޖީންނަކީ، ޤަވާޢިދާ ޚިލާފަށް ޙައްޖުވި ޙައްޖާޖީންނެވެ.

ޤަވާޢިދާ ޚިލާފަށް ޙައްޖުވި ޙައްޖާޖީންގެ ތެރޭގައި ގިނައީ މަސައްކަތު މީހުންނެވެ.
Print

ސުއާލާއި ޖަވާބު (1)

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


ތިރީގައި މިވަނީ، މަޢުލޫމާތަށް ލޯބިކުރައްވާ ބައެއް ފަރާތްތަކުން ކުރައްވަމުން ގެންދަވާ ބައެއް ސުއާލުތަކުގެ ޖަވާބެވެ. ފޯނުން ގުޅުއްވައިގެން ޖަވާބު ހޯއްދެވުމުގައި ބައެއް ބޭފުޅުންނަށް ދަތިތައް ކުރިމަތިވާތީ މި ސުއާލުތަކުގެ ޖަވާބުތައް ފަންވަތް މެދުވެރިކޮށް އެ ބޭފުޅުންނަށް އަރިސްކުރަމެވެ. އިތުރު ސުއާލެއް ވާނަމަ، ޚިޔާލު ހުށަހަޅުއްވާ ބައިގައި ލިޔުއްވުން އެދެމެވެ.

1.
ސ. ކީރިތި ޤުރުއާނުގައިވާ އެންމެ ބޮޑަށް އުންމީދު އާކޮށްދޭ އާޔަތަކީ ކޮބާ؟
ޖ. އައްޒުމަރު ސޫރަތުގެ 53 ވަނަ އާޔަތް. (قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنفُسِهِمْ لا تَقْنَطُوا مِن رَّحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ)
Print

އިންސާނާގެ ބަނޑުގައި މަޢުދަން ވިރުވާ އެސިޑެއް

ޝާޢިއުކުރީ އަސްލަމު ރަޝީދު . ހިމެނޭބަޔަކީ އެނގޭތަ


އަޙްމަދު ރަޝީދު -  އެސްޖެހިގެ ލ. ފޮނަދޫ

އެއާރޕޯރޓްތަކުން ސެކިއުރިޓީ ޗެކް ކުރާއިރު މިހާރަކަށް އައިސް ދިޔާތަކެތި އަތުން ނުވަތަ އަތްދަބަހުގައި އުފުލުމަކީ މަނާ އަދި ނުކުރެވޭ ކަމެކެވެ. ނުވަތަ މަނާކަމެކެވެ. އެހެންނަމަވެސް ވަރަށް ނުރައްކާތެރި ދިޔާއެއްޗެއް އިންސާނާއާއި އެކު އެއް މަންޒިލުން އަނެއް މަންޒިލަށް ގެންދަމުން ދެއެވެ. އެ ރައްކާކޮށްފައި ހުންނަނީ އިންސާނާގެ ގޮހޮރުގައެވެ.
Print

މީދާ ކާ ގަހެއް ފެނިއްޖެ

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ އެނގޭތަ


ޝާކިރު

ދޭތެރެ ދޭތެރެއިން (carnivorous species) "މިނިކާ ގަސް" ދުނިޔޭގެ އެކި ހިސާބުތަކުގެ ޖަންގަލިތަކުން ފެނިގެން ދެކެވޭ ވާހަކައަކީ އައު ވާހަކަތަކެއް ނޫނެވެ. ކިޔުންތެރިންނަށް މިގެނެސްދެނީ މިފަދަ ޚަބަރު ތަކުގެ ސިލްސިލާއަށް އިތުރުވި އައު ޚަބަރެކެވެ. މި ޚަބަރު ލިޔެފައިވަނީ،
THE TIMES OF INDIA, BANGLORE, Wednesday, August 19, 2009 އެވެ. މި ޚަބަރުގެ ތިރީގައި ފާޑުކިޔުމަށާއި ސުވާލުކުރުމަށް އަދި ޚިޔާލު ހުށައެޅުމަށް ނޫހުގައި ދީފައިވާ މެއިލް އެޑްރެސް ލިއެފައި ވާނެއެވެ.
Print

މަޝްހޫރު މީހުންގެ މަރު: ޖަވާބެއްނެތް ސުވާލު ތަކެއްގެ ތެރޭ!

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ އެނގޭތަ


 ޝާކިރު

މައިކަލް ޖެކްސަން 2009 ޖޫން 25 ވަނަ ދުވަހު ކުއްލަިއަކަށް މަރުވުމާ ގުޅިގެން ދުނިޔޭގެ މީޑިއާގައި ތަފާތު ގޮތްގޮތަށް ވާހަކަތައް ލިޔެ ފަތުރަމުން ގެންދިއައެވެ. މިގޮތުން ދެކެވުނު ވަހަކަތައް ދިފާއުކުރަމުން ސިލްފާ ބަންސާލް ބެންގްލޯރ ޓައިމްސް ގައި ލިޔެފައިވެއެވެ.

ޕޮޕް އައިކަން މައިކަލް ޖެކްސަން، އިއްޔެ ވަޅުލައިފިއެވެ.  މައިކަލް ޖެކްސަންއަކީ އެމީހެއްގެ މަރުގައި ޖަވާބެއް ނެތް ސުވާލުތަކުން ފުރިފައިވާ ހަމައެކަނި މަޝްހޫރު މީހާއެއް ނޫނެވެ. ދަ ޓައިމްސް އޮފް އިންޑިއާ 8 ޖުލައި 2009 ގެ ބެންގަލޯރ ޓައިމްސް ގައި Shilpa Bansal ލިޔެފައިވެއެވެ.

Print

ނަތަންޔާހޫ ގެ ރޭވުން ... ކޮންކަހަލަ ދަންތުރައެއްބާ !

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އެނގޭތަ



އިބްރާހީމު ރަޝީދު މޫސާ


އިސްރާއީލުގެ އައު ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ، ފަލަސްޠީނާއެކު ޞުލްޙަ ޤާއިމުކުރުމާ  ބެހޭގޮތުން ދެއްވާނެކަމަށް ވިދާޅުވި ޚިޠާބު އެންމެފަހުން ދެއްވައިފިއެވެ. މި ޚިޠާބު ދެއްވިތާ ހަފުތާއެއްހާދުވަސް ފާއިތުވި އިރުގައި ވެސް ޢަރަބިން މިޚިޠާބަށް  ސަމާލުކަމެއް ދިންހެނެއް ހިއެއް ނުވެއެވެ. ..ކީއްވެގެންބާވައެވެ؟ އެމީހުންނަށް މިވާހަކައަކީ ސަމާސާކަނޑައިފާ އެއާ މެދު ބެލޭވަރުގެ އެއްޗެއްކަމުގައި ނުވަނީ ބާވައެވެ؟ ނުވަތަ އީރާނުގެ އިންތިޚާބާ ވިދިގެން އެޤައުމުގައި ހިނގަމުންދާ ކަންތައްތަކާ ހެދި އަވަދިނެތުނީބާވައެވެ؟

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ