އަދުގެ ޚާއްސަ

އެނގޭތަ

Print

އޮބާމާގެ ޚިޠާބު

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އެނގޭތަ


އަރަބީންގެ އެއްބަޔަކު : އެއީ، ވަރަށް އީޖާބީ ޕޮޒިޓިވް ވާހަކަތަކެއް



އަނެއްބަޔަކު:  އެއީ، ހިތްދަމައިގަތުމަށް ބާޒާރަށް ނެރުނު ފޮލާ އެއް



އިބްރާހީމު ރަޝީދު މޫސާ

އެމެރިކާގެ ރައީސް ބަރެކް ޙުސައިން އޮބާމާ ، މިދިޔަ ބުރާސްފަތިދުވަހު ޤާހިރާގެ ކައިރޯ ޔުނިވަރސިޓީގައި އިސްލާމީ އުއްމަތާ މުޚާޠަބުކުރައްވާ ދެއްވި ޚިޠާބާމެދު ތަފާތު ފަރާތްތަކުން ފާޅުކުރަމުންދަނީ ތަފާތުޚިޔާލުތަކެވެ. މިޞްރުން ރަސްމީސިފައެއްގައި ، މިއީ ވަރަށްތާރީޚީ ޚިޠާބެއްކަމުގައި ސިފަކުރިއިރު، ޢާއްމުންގެ ވަރަށް ގިނަބަޔަކު ބުނީ މިއީ ވަރަށް އަނަރޫފަ ޚިޠާބެއްކަމަށެވެ. ބައެއްމީހުން ބުނާގޮތުގައި މިއީ " ތިޔަބޭފުޅުންގެ  ޕްރޮގްރާމް " ފަދަ  ނުވަތަ " ތިޔބޭފުޅުންނަށްޓަކައި ހޮވާލައިފާ ރީތި ލަވަކޮޅެއް " ފަދަ ޕްރޮގްރާމެކެވެ.
Print

ފޮޓޯ ނެގުނު ފުރަތަމަ ޖިންނި، ފޮޓޯ ނެގި މީހާ މަރާލިއެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން

މަތީގައި އެވަނީ، ސާލިމުލް ޖީރާންގެ ނަމުގައި މީހަކު، މަޖައްލާއެއްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ސުރުޚީގެ ޚުލާޞާ ތަރުޖަމާއެކެވެ. އެސުރުޚީގެ ދަށުގައި އޭނާ ލިޔެފައިވެއެވެ.

ޔޫއޭއީގެ ޒުވާން ކުދިންކޮޅެއް ޗުއްޓީ ހޭދަކޮށްލުމަށްޓަކައި، ރައުސުލްޚައިމާއަށް ދިޔައެވެ. އެކުދިން ދިޔައީ އެ ރަށުގެ ފަރުބަދަ މަތީ ހިސާބަކަށެވެ. ރޭގަނޑުގެ އަނދިރިކަން ވެރިވުމުން، މަޖާކޮށްލައި ވާހަކަ ދައްކާލަން އެ ކުދިން ތިއްބާ، ދުރުން އާދަޔާޚިލާފު އަޑެއް އިވެން ފެށިއެވެ. އެއްވެސް މީހެއްގެ ހިލަމެއްވެސް ނެތް ހިސާބަކުން އެކަހަލަ އަޑެއް އިވޭތީ އެކަމާމެދު އެކުދިން ވަރަށް ބޮޑަށް ޙައިރާންވިއެވެ. ދެން އެ އަޑު އިވޭ ދިމާއަށް އެކުދިން ދިޔައިރު، އެ އަޑު އިވެނީ، ފަރުބަދައެއްގައިވާ ހޮހަޅައެއްގެ ތެރެއިންކަން އެނގުނެވެ. އޭރު، އެ ހޮހަޅައިގެ ކައިރީގައި މުސްކުޅިއަކު ހުއްޓެވެ.
Print

ބައަގްރަފީ

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ އެނގޭތަ


މުޙަންމަދު ވަޙީދު މަޑުލު

މިއީ، ގްރީކް ދެ ލަފުޒަކުން ހެދިފައިވާ ބަހެކެވެ. އެއްލަފުޒަކީ ބައޯސް އެވެ. މާނައަކީ ޙަޔާތެވެ. އަނެއް ލަފުޒަކީ، ގްރެފީން އެވެ. މާނައަކީ ''ލިޔުން'' އެވެ. ބައަގްރަފީއަކީ އަދަބިއްޔާތުގެ ލިޔުންތަކުގެ ތެރޭން އެއް ވައްތަރެވެ. ބައަގްރަފީގެ މާނައަކީ، ޙަޔާތާމެދު ލިޔެފައިވާ ލިޔުމެކެވެ.

މިއީ އެކި އެކި މީހުންގެ ޙަޔާތާމެދު ލިޔެފައިވާ ލިޔުމެވެ. މި ވައްތަރުގެ ލިޔުން ވާހަކައެއްގެ ސިފައިފައި ލިޔެފައި ހުރެ އެވެ. އެހެންނަމަވެސް، މިއީ ޙަޤީޤަތުގެ މައްޗަށް ބުރަވެ، މީހެއްގެ ޙަޔާތުގެ ދުވަސްތަކުގައި ކަންތައްތައް ހިނގައި ދިޔަ ގޮތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.
Print

އަނގޮޓި

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


އެމް


އަނގޮޓި އެޅުމަކީ، އެންމެ ބޯދާ އާދަކާދަތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެ އާދަ ފެށުނު ގޮތަކާއި ތާރީޚެއް ނޭގެއެވެ. ބައެއް މީހުންގެ ނަޒަރުގައި، އަނގޮޓި އަޅަނީ، ވަށް އެއްޗެއް އަޅަންވެގެންނެވެ. ވަށްއެއްޗެއް އަޅަނީ، ވަށްބޮޅަކީ، އެންމެ ފުރިހަމަ ބައްޓަން ކަމުގައި ޤަބޫލުކުރެވިގެންނެވެ.

ބުނެވޭ ގޮތުގައި، އަނގޮޓި އެޅުމުގެ އާދަ، އޮޅުން ފިލާ ހިސާބުގައި އެއާ ގުޅިފައިވަނީ، އަޅުވެތިކުރުމެވެ. އަންހެނެއްގެ އަތުގައި އަނގޮޓިއެއް އެޅުމުން، އޭގެ މާނައަކީ، އެއީ ހިފާ ހައްޔަރުކޮށްގެން އަސީރުކޮށްފައިވާ އަޅު އަންހެނެކެވެ. މިމާނައިގައި އޭތި ފުރަތަމަ އަޅަންފެށީ، އަތާއި ފައިގައެވެ. ދެން ޒަމާނުގެ ދުވަސްތަކާއެކު، އޭގެ ސައިޒު ކުޑަވެ، ސިފަ ބަދަލުވެ، އިނގިލީގައި އަޅަންފެށީއެވެ.

Print

މޯބައިލް ޤުރުއާނުގައި ކުށެއް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އެނގޭތަ


ޔާސީން ނަސީމު އަބޫބަކުރު

ފާހަގަ ކުރެވިފައި އެވާ  އައިކަންގައި މޯބައިލްފޯންތަކުގައި ބޭނުން ކުރެވެމުންދާ ޑިޖިޓަލް ޤުރުއާނުގެ ބައެއް ޕުރޮގުރާމުތަކުގައި ކުށެއް އެކުލެވިގެންވާކަމަށް އަޅުގަނޑަށް ލިބުނު މެއިލްއެއްގައި ވެއެވެ. ވީމާ އެންމެހާ ބޭފުޅުންގެ ސަމާލުކަމަށް މިކަން ގެންނެވުން އެދެމެވެ.

Print

ފަންހާމަސް

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ އެނގޭތަ


ޝާކިރު

ފަންހާމަހަކީ މޫދުގައި އުޅޭ ވިހަ ބާވަތުގެ މަސްތަކުގެ ތެރެއިން އެއްބާވަތެއްގެ ވިހަމަހެކެވެ. ފަންހާމަހަށް އިނގިރޭސި ބަހުން ކިޔަނީ ލަޔަންފިޝް އެވެ. އަދި މިމަހަށް މިނޫން އެތައް ނަމެއް ކިޔައެވެ. އޭގެ ތެރޭގައި ޓާކީ ފިޝް، ޑްރެގަން ފިޝް، ސްކޯޕިއަން ނުވަތަ ފަޔަރ ފިޝް ވެސް ކިޔާއުޅެއެވެ. މިމަސް ފާހަގަވެގެންދަނީ މީގައި ވަކިވަކިން ހުންނަ ދިގުކަށިތަކުން ނެވެ. އާންމުކޮށް ހުންނާނީ ރަތް، ފެހި، ނޭވީ ފެހި، މުށި، އޮރެންޖް، ރީނދޫ، ކަޅު އަދި މެރޫން ނުވަތަ ހުދުކުލައިން ރޮނގުދަމާފައި ހުންނަ ގޮތަށެވެ.
Print

ޕައިރާނާ ފިޝް (މިނިކާ މަހެއް)

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ އެނގޭތަ


ޝާކިރު

މިވައްތަރުގެ މަހަކީ މަސްމަހާމެއްސާއި ވެޔޮވެލާވެއްޔާއި ގަސްގަހާގެހި ކެއުމުގެ ގާބިލުކަން ލިބިފައިވާ މަހެކެވެ. މިއީ ސައުތު އެމެރިކާގެ ފެން ކޯރުތަކުގައި ދިރިއުޅޭ މަހެކެވެ. މި މަސް ޚާއްޞަވެގެންދަނީ މިމަހުގެ ތޫނު ދަތަކުގެ ސަބަބުންނާއި މަސްކެއުމަށް އޭގައި ހުންނަ ޝައުގުވެރި ކަމުންނެވެ. އެކަމަކު މިއީ، މަސް ޝިކާރަކޮށްގެން ކާ މަހެއް ނޫނެވެ. މަރުވެފައި ހުންނަ މަސްކައި ހަދާ މަހެކެވެ. މި މަހުގެ 38 ނުވަތަ 39 ވައްތަރުގެ ތަފާތު މަސް އުޅެއެވެ.
Print

ޞައްޙަ ޙަދީޡް

ޝާޢިއުކުރީ ޔާސީން ނަސީމު އަބޫބަކުރު . ހިމެނޭބަޔަކީ އެނގޭތަ



ޔާސީން ނަސީމު އަބޫބަކުރު. މާވަށް

ކީރިތި ޤުރުއާނަށް ފަހު އިސްލާމްދީނުގެ އެންމެ އިސް މަސްދަރަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތެވެ.

އެކަލޭގެފާނުގެ ސުންނަތް ލިބިގަނެވޭނީ ޞައްޙަ ޙަދީޘްތަކުންނެވެ. އެހެން ކަމުން ޞައްޙަ ޙަދިޘަކީ ކޮބައިތޯ އޮޅުން ފިލާފައި އޮތުމަކީމުހިންމުކަމެކެވެ.

މިމަޒުމޫނުގައި އަޅުގަނޑު ކުރުގޮތަކަށް ޞައްޙަޙަދީޘަކީ ކޮބައިތޯ ބަލަލައިފައިވާނެއެވެ.
Print

އިސްލާމީ ދައުލަތް ނިކަމެތިވާން ދިމާވި ސަބަބުތައް

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ އެނގޭތަ


އިބްރާހީމް އަޙްމަދު

އިސްލާމީ ދައުލަތް ނިކަމެތިވާން ދިމާވީ މައިގަނޑު ދެސަބަބަކާއި ހެދި ކަމަށް މުއައްރިޚުންނާއި ސިޔާސީ ތަޖްރިބާކާރުން ބަޔާން ކުރައްވައެވެ. އެއީ އިސްލާމުންގެ ތެރޭގައި އުފެދުނު ތަފާތު މައްސަލަތަކުގެ ސަބަބުން އައި ފިތުނަވެރި ޙަރަކާތާއި އިސްލާމީ އުއްމަތުގެ ތެރެއަށް ވަންނަމުން ދިޔަ ބޭރުގެ ނުފޫޒުތަކުގެ އަސަރުންނެވެ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ